ރާނިޔާ އާއި އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ގައިން ހީބިހިނަގައިގަތެވެ. އެނބުރި އައިސް މިސް އަރްމާނީގެ ގާތުގައި މަޑުކޮއްލީމެވެ. ” މިސް ކީއްވެ ބުނީ 733ގެ ކުޑަދޮރުތައް އެހާ ކުދި ވާހަކަ؟…އަޅުގަނޑުވެސް އެ ދޮރުތައް ދުށިން އެދޮރުތަކުގައި ފަސްވަރަކައް ފޫޓް ހުންނާނެކަން ޔަގީން ” އެދޮރުން ފުންމާލާކަށް އުދަނގުލެއް ނުވާނެއެވެ. ” ތި ކިޔަނީ ކަނުގައި އިންނަ ކޮޓަރީގެ ވާހަކަ…އެއީ ސަޕްލައިރޫމް…733 އިންނާނީ އެ ކޮޓަރިއާ ޖެހިގެން ” ”ނޫން ނޫން އެއީ 734 ” […]
އަހަރެންނަކީ އެތަށް ބިރުވެރި ހާދަސާތަކާއި ކުރިމަތި ލާފައިވާާ ހިތްވަރުގަދަ އަންހެނެކެވެ. އެހެންކަމުން އަހަރެންނަކީ ބިރުވެރި އެތަށް ކަންކަމަށް ތަޖުރިބާ ހުރި މީހެކެވެ. އޭގެ ފަހުގައި އެންމެންނަށް ކޮންމެ ބޮޑު ޢީދަކު އަހަރެން ވާހަކަ ކިޔާދޭން ޖެހެއެވެ. އެއް ބޮޑު ޢީދަކު އަހަރެންގެ ރަށްޓެހިންނަށް ވާހަކަ އެއް ކިޔައިދިނުމަށް އެކުދިން އެދުނެވެ. ******************************************************************************** އެދުވަހު އަހަރެން ދިޔައީ އަހަރެންގެ ރަށްޓެހިންނާއެކު ހިނގާލުމަށެވެ. އެންމެން ތައްޔާރުވެ ނިމިގެން ގެއިން ނިކުތްއިރު އިރު އޮއްސެނީއެވެ. އެއީ ކޮންމެ ދުވަހަކު ވެސް ވާވަރެވެ. ނަމަވެސް ކޮންމެހެންވެސް މިރޭ ހިނގާލަން ދިއުމަށް އެންމެން ކިޔަންފެށުމުން އެންމެން ހިގާލަން ދިއުމަށް އަތިރި ފަރާތަށް ނިކުތެވެ. އެންމެންގެ މިސްރާބު ހުރީ އާމަގާ ދިމާލަށެވެ. އާމަގަށް ދިޔތަނާހެން އެކަކު ބުނެލިއެވެ. ” އެންމެން އަޑުމަޑުކުރޭ. ބަލާލަބަލަ އެހުރި މީ..މީހެއް. މި އޮއްފަދަ ރޭގަނޑު މޫ..މޫދު..މޫދުގައި” އޭރު ހުރިހާ އެންމެން ބިރުން ހުރެ އޭނާ އަތްދިއްކޮގެން ހުރި ދިމާލަށް ބަލާލިއެވެ. ބަލާލިތަނާހެން އެ މީހާ އެއްގަމާ ދިމާލަށް ބާރަކަށް އައެވެ. ކައިރިވާވަރަކަށް އޭތީގެ ސިފަ ރަނގަޅަށް ފެނުނެވެ. ” ސުބްޙާނަالله. އެއީ އިންސާނެއް ނޫން. އެއީ ފުރޭތައެއް. އެންމެން އާދޭ މިތަނަށް . އެވެސް އަޑެއް ނުލަށްވާތި. ” އަހަރެން ވައިއަޑުން ބުނެލިއެވެ. އޭރު އޭތި އައިސް އެއްގަމަށް އަރައިފިއެވެ . އޭތީގެ އަތުގައި ބޮޑު ރޯ މަހެއް އޮތެވެ. އިށީދެލެވުން ކަމެއް ނޭގެއެވެ. ރޯ މަސް ބުރި ކާން ފެށިއެވެ. ކާގޮތުން ހީވަނީ ބަޑަށް ހުރި އެއްޗެއް ހެންނެވެ. އަވަހަށް އަހަރެން އެކުވެރި ކުދިންނާއެކު ވަލުތެރެއިން ނިކުމެގެން އަވަހަށް ގެއާ ދިމާއަށް ދުއްވައިގަތީއެވެ. ތިން މީހުންގެވެސް ކައިރީގައި ހުރިކަން ނަސީބެވެ. ދުވަމުން ގޮސް އެމީހެއްގެ ގެއަށް ވަދުނީއެވެ. […]
ހަގަޑި ބައިވަންވާއިރަށް ބަނދަރު މަތީގައި ހުންނަންޖެހޭ ކަން ހަނދާންވުމުންނެވެ *************************************************************** ފަޒާގައި ވަނީ ތެތްފިނިކަން ހިފައިފައެވެ. އުޑުގަައި ޖަމާވަމުން ދިޔަ ބިޔަ ވިލާތަކުގެ ފަހަތުގައި އިރު ލަދުން ފިލިއެވެ. އިރުގެ އެންމެ ދޯއްޖެއް ވެސް އެ ވިލާތަކުގެ ފާރުން ފޫއަޅުވައެއް ނުލެވުނެއެވެ. ރަށުގެ އަންހެންވެރިން ނުކުމެ ގޯތި ކުނިކެހުމުގެ މަސައްކަތުގައި އުޅޭ މަންޒަރު އަހަރެން ބަލަމުން ދިޔައީ ފޫހިކަމާއި އެކީގައެވެ. ބަނަ އުޑަށް ބަލަމުން ކޮނޑުގައި އޮތް ދަބަސް ހެޔޮވަރު ކޮށްލީމެވެ. ގަޑިން ހަގަޑި ވިއްސެވެ. މިއަދު […]
ލޯގަނޑުން ފެންނަނީ އަހަރެން 733 ގައި ހުއްޓައެވެ. ދެލޯބޮޑުކޮއްލާފައި ލޯގަނޑައް ބަލަން ހުއްޓައި އަހަރެންގެ ފަހަތުން އޮރެންޖްކުލައިގެ ދެލޯ ދިއްލިގެން ދިޔައެވެ. ހަޅޭލަވައިގަންނަމުން އަހަރެން ކޮޓަރިން ނުކުތީ ދުވަމުންނެވެ. ބަންލާފައި ދޮރުޖަހާފައި ދަމުން އަހަރެން ރާނިޔާއަށް ގުޅީމެވެ. ” ދެން އަހަރެންނަށް މިކަމެއް ނުވާނެ ” ” ދެން ދުވަހަކުވެސް އެކޮޓަރިއަށް ދާކަށް އަހަރެން ބޭނުމެއް ނޫން ” އަހަރެންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ” ކިހިނެއްވީ ؟ ” އަހަރެން ދެންމެ ވި ހުރިހާކަމެއް […]
ކުޑަކުޑަ ކުއްޖެކެވެ. ބަލާބެލުމައް ހީވަނީ އުމުރުން 10 ނޫނީ 9 އަހަރުގެ ކުއްޖެއް ހެންނެވެ. ވަރަށް ހުދު ހަނގަނޑެއްގެ ވެރިއެކެވެ. އަދި ކަޅުކަނގަދަ އިސްތަށިގަޑާއެކު އެ ރަތްކަންގަދަ ތުންފަތް ހުރުމުން ވައްތަރީ ކޮރިއާހިސާބުގެ ކުއްޖެއްހެންނެވެ. އަދި އެންމެ ހައިރާނވަނީ އެކުއަޖާގެ ކައިރީގައި ހުރި މީހާ ފެނުމުންނެވެ. އަދި އެ އަންހެންމީހާ އެކުޖާއައް މުޙާތަބުކުރީ ޝައިމްއޭ ކިޔާފައެވެ ޝައިމް ކައިރީ ހުރީ ޒުހުރާއެވެ. ޒުހުރާ މަޑުމަޑުން ޝައިމް ގެ އަތުގައި ހިފައިގެން ގެޔެއްގެ ތެރެއައްވަދުނެވެ. ޝައިމްގެ އެކުޑަކުޑަ ހިތުގައި ބިރުވެރިކަން އުފެދެނެވެ. ވާނުވާނެނގިހުރި ޝައިމް ބާރަކައް ޒުހުރާގެ އަތައް ބާރުކޮށްލިއެވެ. ޒެހުރާ ދިޔަގޮތަށް ދޮސް ވަދުނީ އެގޭގެ ވީރާނާ ވެފައިއޮތް ކުޑަކުޑަ ކޮތަރިއަކަށެވެ. އެތާނގައި މުސްކުޅި އުމުރުގެ ފިރިހެން މީހެއް އިނެވެ. އެ މީހާ ޒުހުރާފެނުމުން ހީލުމައށް ފިހު އައިސް ޝައިމް ގާތުގައި އެކޮޓަރީގައި ހަމައެކަނިހުރި އެނދައް އިޝާރަތް ކުރުމައްފަހު ބުޏެވެ. “އަވަހަށް ކޮއްކޯ މިތާ އޮށޯވެލާ” އެ ބޭބެ ވަރަށް ހިއްހެޔޮ ކަމާއެކު އެހެން ބުނުމުން އަވަހައް ޝައިމް ގޮސް އޮށޯތީއެވެ. މިހާހިސާބަށް […]
ޑެސްކް ގައި އިންކުއްޖާ އާ އަރާހަމަވުމުން ހައިރާންވެފައި އެއަންހެން ކުއްޖާ އަހަރެމެންނަށް ބަލާލިއެވެ. ” ހާއި…އަހަރެން މީ…’ ” ތި ރޫމް ބަދަލްކުރަން ރިކްއެސްޓް ކުރި ކުއްޖާ ދޯ ” ” އެތަނުން އެއްކުއްޖެއް…ކިހިނެއް އެނގުނި ؟ ” އަހަރެން ވަރައް ހައިރާން ވިއެވެ. ”ސޮރީ އަޅުގަނޑައް ތިކުދިން ދެއްކި ވާހަކަ އަޑު އިވުނީ ” ” ކިހިނެއް ވެގެން ކޮޓަރި ބަދަލް ކުރަން ބޭނުންވަނީ ؟” އަހަރެން ހުރީ ވަރައް ލޮޑުވެފައެވެ. އެހެންނޫނަސް ހަދާނެ ދޮގެއްވެސް […]
ހޭލެވުނު އިރު މެންދަމު ބަރާބަރު ތިނެއް ޖެހީއެވެ. ވަށައިގެންވީ އަނދިރިކަމެވެ. އަހަރެންގެ ހިތުގައި ވަނީ ހާސްކުރުވަނިވި ބިރުވެރިކަމެއް އުފެދިފައެވެ. ހިތްވެސް ތެޅެމުން ދިޔައީ އެހާމެ ހަލުވި ކޮށެވެ. ހީވަނީ ދުވެފައި ރަށް ވަށާ ފަސްބުރު ޖެހިހެނެވެ. މުޅި މީހާ އޮތީ ދަލުން ފެންވެރިފައެެވެ. މުޅި ގައިގައި އަތް އުނގަޅަމުން އަަހަރެން ތެދުވީ ބޮކި ދިއްލާށެވެ. ދުރުން ހޯނެއް ޗޮކެއް ޖަހާލި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެ ނޫނިއްޔާ އަޑެއް ބަޑެއް ނީވެއެވެ. އިވެނީ އަހަރެންގެ އަވަސްވެފައި […]
އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެން އިތުރަށް ނިދަން ބޭނުން ނުވާތީ އަވަހަށް ތެދުވެގެންް ނަމާދައް ދާން ތައްޔާރު ވީމެވެ. ނަމާދު ކުރުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަހަރެންނަށް ވެގެން ވާނަމަ ރޭގަނޑު ނުނިދާ ހޭލާ އިނދެގެން ރޭ އަޅުކަން ކުރާނެމެވެ. ނަމާދުކުރުމައް ތައްޔާރުވެގެން އަހަރެން މިސްކިތައް ދާން ގެއިން ނިކުތް އިރު ރަތް ކުލައިގެެ ދިގު ހެދުމެއްގައި އަންހެން ކުއްޖަކު ހުއްޓެވެެ. އެކަމައް އަހަންނެއް ސަމާލުކަމެއް ނުދެމެވެ. އަހަރެން […]
އެއީ ޝާޔާއެއް ނޫނެވެ. ޔަޤީނެވެ. އެއީ ޝާޔާއެއް ނޫނެވެ. ******************************** ހެލްތު ރޫމް ބޭރުގައި އަހަރެން އިނީ ކަންބޮޑުވެފައި ހުރި މާއިން ކައިރީގައެވެ. ދެއަތް މޮޑެމުން އަހަރެން ދެފައި ތަޅުވަމުން ދިޔައިރު ހުއްޓާނުލާ އަދިވެސް ކުރުސި ކިޔަމުން ގެންދިޔައީމެވެ. ޝާޔާގެ މޫނުގެ އެއްފަޅި ބަދަލުވިގޮތް އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގުނެވެ. އޭނާގެ އެއްލޯ ރަން ކުލައަކަށް އެރިއިރު ކަޅި ބޮޑުވެފައި ކަޅުކަން ގަދަވިއެވެ. މޫނުގެ އެއްފަޅީގައި އަޅިކުލައިގެ ހުޅުނބުތަކެއް ފަޅާ ޝާޔާގެ އަނގައިން ފެންނަން ހުރި ދަތްތައް ވެސް […]