ޔާނީ…ދިގު އިސްކޮޅެއްގެ ވެރި ޔާނީ އަކީ ވަރަށް ރީތި ކުއްޖެކެވެ. މަޑު މުށިކުލައިގެ ލޮލާއި ދިގު ފަން އިސްތަށިގަނޑަކީ ޔާނީ ރީތިކަން އިތުރުކޮށްދޭ ދެ ސިފައެވެ. އަހަރެންނަށް ޔާނީ ވަރަށް ރީއްޗެވެ. އަބަދުކަހަލަގޮތަކަށް އަހަރެންނަށް އިނދެވެނީ ޔާނީ ގެ ހިޔާލުތަކުގައެވެ. ކޮންމެ ރެޔަކުހެން އަހަރެންގެ ހުވަފެނުގައި ޔާނީ ފެނެއެވެ. ޔާނީ އަހަރެންނަށް އެންމެ ފުރަތަމަ ފަހަރު ފެނުނު ދުވަސްމަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެއީ މިއަހަރުގެ ކުރީކޮޅެވެ. ފުރަތަމަ ސެމިސްޓާރގެ ފުރަތަމް ކުއާޓާއެވެ. އެއީ ކެމިސްޓްރީ […]
އަލަމާރި މަޑުމަޑުން ހުޅުވިގެން ދިޔަ އަޑު އިވުނެވެ. އިސްއުފުލާލައި އަލަމަރިއަށް އަހަރެން ބަލާލީމެވެ. އަނދިރި ގަނޑުގެ ތެރެއިން ހުދުދިގުކުލައިގެ މޫނެއް ފެންނަހެން ހީވެގެން އަހަރެން އެ ދިމާއަށް ހިނގައިގަތީމެވެ. ހަމަ އެގަތުތު ރާނިޔާ އައިސް އަހަރެން އަތުގައި ހިފާ ތަޅުވައިގަތެވެ. ” ހިނގާ މިތަނުން ދާން ” ރާނިޔާ އަހަރެންގެ އަތުގައި ހިފާ ދަމަން ފެށިއެވެ. މުޅި ކޮލެޖް އޮތީ ހަލަބޮލިވެފައެވެ. ޕޮލިސްކާރުތަކާއި އެމްބިއުލާންސްގެ އަޑު މުޅި ތަނުގައި ފެތުރެމުން ދިޔައެވެ. އެދުވަހުގެ ފަހުން އަހަރެން އެ […]
އެކަމަކު އޭރައް މަލަސްވެއްޖެއެވެ. ދެވަނަ ސިކުންތުގައި މަލަކް އެއް ނެތެވެ. މަލަކްގެ ވޭނީ ހަޅޭކުގެ އަޑު މުޅި ކޮޓަރީގައި ފެތުރިގެން ދިޔައެވެ. ރާނިޔާ ދުވެފައިގޮސް ކުޑަދޮރުން ބޭރައް ބޮދިއްކޮއްލިއެވެ. ރާނިޔާއަށް ވެސް ހަޅޭ ލަވައިގަނެވުނެއެވެ. ކޮލެޖް ކޭންޕަސްގައި ތިބި ކުދިންތައް ވެސް މަލަކްގެ ގާތައް އެއްވާންފެށިއެވެ. މުޅިކޮލެޖް ހަލަބޮލިވެގެން ދިޔައެވެ. މަލަކްގެ ގަތައް އެއްވެ ތިބި ބައެއް ކުދިންގެ ރުއިމާއި ހަޅޭކުގެ އަޑުވެސް އިވެމުން އައެވެ. އަހަރެން ހުރި ހުއްޓުންއަރާފައެވެ. ވާނުވާވެސް ސިނކުނޑިއަށް ނަގާ ނުގަތްފަދައެވެ. މަޑު […]
ރާނިޔާ އާއި އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ގައިން ހީބިހިނަގައިގަތެވެ. އެނބުރި އައިސް މިސް އަރްމާނީގެ ގާތުގައި މަޑުކޮއްލީމެވެ. ” މިސް ކީއްވެ ބުނީ 733ގެ ކުޑަދޮރުތައް އެހާ ކުދި ވާހަކަ؟…އަޅުގަނޑުވެސް އެ ދޮރުތައް ދުށިން އެދޮރުތަކުގައި ފަސްވަރަކައް ފޫޓް ހުންނާނެކަން ޔަގީން ” އެދޮރުން ފުންމާލާކަށް އުދަނގުލެއް ނުވާނެއެވެ. ” ތި ކިޔަނީ ކަނުގައި އިންނަ ކޮޓަރީގެ ވާހަކަ…އެއީ ސަޕްލައިރޫމް…733 އިންނާނީ އެ ކޮޓަރިއާ ޖެހިގެން ” ”ނޫން ނޫން އެއީ 734 ” […]
ލޯގަނޑުން ފެންނަނީ އަހަރެން 733 ގައި ހުއްޓައެވެ. ދެލޯބޮޑުކޮއްލާފައި ލޯގަނޑައް ބަލަން ހުއްޓައި އަހަރެންގެ ފަހަތުން އޮރެންޖްކުލައިގެ ދެލޯ ދިއްލިގެން ދިޔައެވެ. ހަޅޭލަވައިގަންނަމުން އަހަރެން ކޮޓަރިން ނުކުތީ ދުވަމުންނެވެ. ބަންލާފައި ދޮރުޖަހާފައި ދަމުން އަހަރެން ރާނިޔާއަށް ގުޅީމެވެ. ” ދެން އަހަރެންނަށް މިކަމެއް ނުވާނެ ” ” ދެން ދުވަހަކުވެސް އެކޮޓަރިއަށް ދާކަށް އަހަރެން ބޭނުމެއް ނޫން ” އަހަރެންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ” ކިހިނެއްވީ ؟ ” އަހަރެން ދެންމެ ވި ހުރިހާކަމެއް […]
ޑެސްކް ގައި އިންކުއްޖާ އާ އަރާހަމަވުމުން ހައިރާންވެފައި އެއަންހެން ކުއްޖާ އަހަރެމެންނަށް ބަލާލިއެވެ. ” ހާއި…އަހަރެން މީ…’ ” ތި ރޫމް ބަދަލްކުރަން ރިކްއެސްޓް ކުރި ކުއްޖާ ދޯ ” ” އެތަނުން އެއްކުއްޖެއް…ކިހިނެއް އެނގުނި ؟ ” އަހަރެން ވަރައް ހައިރާން ވިއެވެ. ”ސޮރީ އަޅުގަނޑައް ތިކުދިން ދެއްކި ވާހަކަ އަޑު އިވުނީ ” ” ކިހިނެއް ވެގެން ކޮޓަރި ބަދަލް ކުރަން ބޭނުންވަނީ ؟” އަހަރެން ހުރީ ވަރައް ލޮޑުވެފައެވެ. އެހެންނޫނަސް ހަދާނެ ދޮގެއްވެސް […]
އަހަރެން ހަމަޖެހިލީމެވެ. އެ ކިޔަނީ ކިކޭތޯ އަޑު އިވޭތޯއެވެ. ”ނޮން ކަޕްތާ އޯރ ސްތޮލްތޯރުމް ” އަހަރެންނަށް އެކިޔާއެއްޗެއް ސާފުކޮއް އިވުނެވެ. އެއި ދިވެއްސެއް ވެސް ނޫނެވެ. މަލަކްގެ ކަންފަތް ފާރުގައި ޖައްސާލިއެވެ. ވައިއަޑުތައް ކުއްލިއަކައް ހުއްޓި މުޅިތަން ހަމަހިމޭންވެގެން ދިޔައެވެ. ހަމައެއާއެކު ކުއްލިއަކައް ވަރައް ބާރު އަޑުފައްގަނޑެއް އިވިގެންދިޔައެވެ. ހީވީ ބޮޑު ބަރު އެއްޗަކުން ފާރުގައި ވަރައް ބާރަށް ޖެހިހެންނެވެ. ކަންފަތައް ވީތަދާއެކު މަލަކް ކަންފަތުގައި އަތްއެޅިއެވެ. ޔަގީނުންވެސް މީހަކު އެތަނުގައި އެބައުޅެއެވެ. އައިސްފައި ހުރި […]
”ފަކް ” އަހަރެންގެ ގާތަށް ވަރަށް ރުޅި އެރިއެވެ. ދޮރު ހުލުވާލަން ތަޅުގައި ހިފާލަން ބަލާލިވަގުތު ގައިން ހިބިގައިގެން ދިޔައެވެ. އެ ދޮރުގައި އެއިނީ ބޭރުން ތަޅުއަޅުވާފައެވެ. ” ދެން އަހަރެން ނުދާނަން އެ ތަނަށް ” އަވަހައް ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އެނދުމަތީގައި އިށީންނަމުން އަހަރެންބުނީމެވެ. ” ކިހިނެއްވީ ؟ ” މަލަކް އިނީ ވަރަށް ހައިރާންވެފައެވެ. ”އެކޮޓަރި ހުރީ ބޭރުން ތަޅު އަޅުވާފައި…އެކޮޓަރިއަކަށް އެއްވެސް މީހަކަށް ނުވަދެވޭނެ” ” ސޯ….އެއީ ޖިންނިއެށް ؟…މަލަކް ހީގަތެވެ. […]
ސްކޫލް ނިމުނު ހިސާބުން ފެށިގެން އަހަރެން ހުރީ ކޮލެޖަށް ދާހިތުންނެވެ. ނާރސިން ކިޔަވާހިތުން އުޅޭތަން ވަރަށް ދުވަސް ވެއްޖެއެވެ. އެންމެފަހުން އެތަށް ކޮލެޖުތަކައް އެޕްލިކޭށަން ލައިގެން އެއްކޮލެޖުން ހޮވިއްޖެއެވެ. މަލަކް ވެސް ހޮވުމުން ވަރަށް އުފާވިއެވެ. މަލަކް އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކުގައި އުޅޭތަން ވެސް ވަރަށް ދުވަސް ވެއްޖެއެވެ. މާލޭގައި އާއިލާގެ އެއްވެސް ބަޔަކު ނޫޅޭތީވެ އަހަރެމެން ވިސްނީ ކޮލެޖް ޑޯރމް ގަ އުޅޭށެވެ. ނަސީބަކުން އެތަނުން އެއް ޑޯރމް ލިބުނެވެ. އެވެސް […]