ހަގަޑި ބައިވަންވާއިރަށް ބަނދަރު މަތީގައި ހުންނަންޖެހޭ ކަން ހަނދާންވުމުންނެވެ
***************************************************************
ފަޒާގައި ވަނީ ތެތްފިނިކަން ހިފައިފައެވެ. އުޑުގަައި ޖަމާވަމުން ދިޔަ ބިޔަ ވިލާތަކުގެ ފަހަތުގައި އިރު ލަދުން ފިލިއެވެ. އިރުގެ އެންމެ ދޯއްޖެއް ވެސް އެ ވިލާތަކުގެ ފާރުން ފޫއަޅުވައެއް ނުލެވުނެއެވެ. ރަށުގެ އަންހެންވެރިން ނުކުމެ ގޯތި ކުނިކެހުމުގެ މަސައްކަތުގައި އުޅޭ މަންޒަރު އަހަރެން ބަލަމުން ދިޔައީ ފޫހިކަމާއި އެކީގައެވެ. ބަނަ އުޑަށް ބަލަމުން ކޮނޑުގައި އޮތް ދަބަސް ހެޔޮވަރު ކޮށްލީމެވެ. ގަޑިން ހަގަޑި ވިއްސެވެ. މިއަދު ވާރޭ ވެހޭނެއޭ ކިޔާފައި ކެންސަލް ކޮށްލައިފިއްޔާ ކޮން ފަދަ ހެއްޔެވެ؟
ލަސް ހިނގުމެއްގައި އަހަރެން ދިޔައީ ރަނާގެ ގޯތި ކުރިމަތިން ލައިފައެވެ. އަހަރެންގެ މަގްސަދު ހާސިލްވިއެވެ. ރަނާ ޝާޔާއާއި ވާހަކަ ދައްކަމުން އަަހަރެންގެ ކުރިމަތިން ދިޔައެވެ. ޝާޔާ ފެނުމުން އަހަރެންގެ ހިނގުން އަވަސްކޮށްލީމެވެ.
“ރައްޔާން. ހޭ” ރަނާ ހިނިތުންވެލާފައި އަހަރެންގެ އަތުގައި ހިފާލިއެވެ. އެއާއިއެކު ބުނެދޭން ނޭނގޭ އަރާމު ހޫނެއް އަހަރެންގެ ހަށިގަނޑަށް ވެރިވިއެވެ.
“ރައްޔާން ހާދަ އަވަހަކަށް ހޭލައިގެން. ރޭގަ ނިދިންތަ އަނެއްކާ؟”
އެއްލޯ މަރަމުން ޝާޔާ މަލާމާތުގެ ރާގަކަށް ބުންޏެވެ. ރޭގަ ވެދިޔަ ކަންތައްތަކުގެ ހަނދާން އާލާވިއެވެ. ދަތް ކުނޑި ވިކާލަމުން އަހަރެން ރަނާ ޝާޔާ ކައިރިން ދުރަށްލީމެވެ.
“ރަނާ. އަހަރެން އެބަޖެހޭ ޝާޔާއާ ކުޑަ ވާހަކައެއް ދައްކަން. އެކަނި…”
ރަނާގެ މޫނުން ފެނިގެން ދިޔައީ ހަސަދަވެރިކަމެއް ނޫނީ އެހެން އިހުސާސެއް ކަމެއް ނަގައިގަންނާކަށް އަހަރެންނަކަށް ނޭނގުނެވެ. ދެލޯ ހަނި ކޮށްލަމުން ރަނާ ކުރިއަށް ހިނގައިގަތީ އެއްޗެކޭ ނުބުނެއެވެ.
“އޯ ނޯ! ބިޓު ކަޑަ ކޮށްލާކަށް ނުވާނެއެއްނު..”
މަޖާވެފައި ޝާޔާ ރަނާއާއި ދިމާއަށް ނިއް އެއްލަމުން ބުންޏެވެ. އޭރު ރަނާ ބާރަކަށް ފައި ތަޅަމުން ދަނީއެެވެ.
“ކަލޭ ރޭގަ ކީއްކުރީ؟! މިހާރު ބުނޭ! އެހެން ނޫނިއްޔާ….”
އަހަރެންގެ އަޑު ކައްސާލީ ޝާޔާގެ މޫނަށް އެޅުނު އަޅި ހުޅުނބުތަކުގެ ބާނިންނެވެ.
“ޝާޔާއަށް ހެދިގޮތަށް އަހަރެންނަށް ވެސް ހަދާނީތަ؟! ކަލޭ ތީ ބޮޑު ފިނޑިއެއް! ފިރިހެނުންނަށް ހުރި ހުތުރެއް!”
ޝާޔާގެ އަޑު ބަރުވެގެން ދިޔައެވެ. އޭނާގެ ލޯވެސް ބޮޑުވެފައި ކަޅި ރަންކުލައަކަށް ބަދަލުވިއެވެ. މިހާރު އެއީ ޝާޔާއެއް ނޫނެވެ.
“ޝުކުރު ކޮށްބަލަ ޝާޔާއަށް އަދިވެސް އެކަން ނޭނގޭތީ! އަަހަރެންގެ މަޤްސަދު ހާސިލް ނުވަނީސް އޭނަޔަކަށް ނޭނގޭނެ. އެހެން ނޫނަސް މިހާރު ހަމަހަމައެއްނު؟ ރޭގައި ހިނގި އެއްވެސް ކަމެއްގެ ހަނދާނެއް ނެތެއްނު؟”
އަތް ފޮޅާލަމުން ހަންޑި ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. އަދި އަހަރެންގެ މޭމަތީގައި ހާމައަށް ހުރި ލޯލިތަކަށް ކުޅެލަމުން އަހަރެންގެ ކަރުދޮށުގައި ވަސްގަތެވެ. ގަތް ފަކުރަކުން އަތުގެ މުއްބާރުކޮށް ފަހަތަށް ޖެހިލެވުނެއެވެ. ހަންޑީގެ ހިނިގަނޑު މަޑުވަމުން ގޮސް ލޮލުގެ ރަންކުލަ ފިލައި މަޑު މުށި ކުލައަކަށް އެޅުނެވެ.
“ހޫ! ކޮންވާހަކައެއްތަ ދައްކަން ތިއުޅެނީ؟”
ދަނޑެއްގައި ބޯޅަ ޕާސްކޮށްލާހެން މިހާރު އެއީ ހަގީގީ ޝާޔާއެވެ.
މީހާ ހަމައަކަށް އަޅުވާލަމުން އަހަރެން ކޮށްލީ ސުވާލެކެވެ.
“ރޭގަ އަހަރެންނަށް ގުޅިންތަ؟”
ޝާޔާ ޖަވާބުގައި ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ.
“ރޭގަ ދެން ނޯމަލް ނޫން ކަމެއް ވިތަ؟”
އަހަރެންގެ ސުވާލު އިވުމުން ޝާޔާ އިސްޖަހާލިއެވެ. އޭނާގެ ލޮލުގައި ކަރުނަ ހިލޭހެން ހީވިއެވެ.
“އަހަރެންގެ ލައިފް އެއްވެސް އިރެއްގައި ނޯމަލް އެއް ނޫން. ކިހިނެތްވީ ރައްޔާން؟ ހާދަ ވަރަކަށް އަހަރެން ކުރާ ކަމެއް ތި ބަލަނީ؟ ކުރާނެ ކަމެއް ނެތުނީތަ؟”
ޝާޔާ ކަރުކެހިލަމުން ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުދާސްކަމެވެ. ވަރުބަލިކަމެވެ. މަޖާވާން އުޅުނަސް ޝާޔާގެ މޫނުން އެތަކެއް ކުލަތަކެއް އަރައި ފައިބަމުން ދިޔައެވެ. ދިރިއުޅުމުން ފޫހިވެފައި ހުންނަ ކަހަލައެވެ. އެޅިހާ ބަތަކަށް ރިހަ އަޅާނަމޭ އެ ދެލޮލުން ބުނާ ކަހަލައެވެ. އަހަރެން ހިން ދިރުވާލީމެވެ. ކުރެވުނު ކަންތަކާ މޮޔަ ހީވެވުނެއެވެ. ޝާޔާގެ ފިޔާތޮށި ކުލައިގެ ތުންފަަތަށް ނަޒަރު ހުއްޓުނެވެ. ވަގުތު މަޑުޖެހިލިއެވެ. ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޝާޔާއައި ކައިރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެވަގުތު ބޮޑާހޭކި ވިލާތައް ފޫއަޅުވާލައިފައި ރަން ދޯއްޖެއް ޝާޔާގެ މޫނަށް އެޅުނެވެ. އަހަރެންގެ ނޭވާ ހުއްޓުނެވެ. މާމުުއި ކުލައިގެ ދެލޮލުގައި އަހަރެންގެ ސޫރަ ފެނުނެވެ. އޭނާގެ ކޯތާފަތަށް އެރި ޖަންބު ކުލައިން އަހަރެންގެ ހިތް އަވަސްކޮށްލިއެވެ. ޝާޔާއަކީ އަންހެންވަންތަ އަންހެނެކެވެ. ވެނީލާ ކުލައިގެ ހަންގަނޑުން ދުވި މީރު މަޑުވަހަކުން ހިއްސު ހޭލުއްވާލިއެވެ. ހަނދާނަށް އައީ މާޒީގައި ސަފްހާތަކުގެ ތެރެއިން ހިތުގައި ވަޅުލައި ކަފުންކުރި ރެއެއްގެ މަތިންނެވެ. އަހަރެންގެ ނަޒަރުގެ ތޫނުކަމުން ޝާޔާ ލަދުން އިސްޖަހާލިއެވެ.
“ކަލޭމެން ކީއްތި ކުރަނީ؟”
ޝާޔާއާއި އަހަރެން ދުރުކުރަމުން މެދަށް ދެމިގަތީ މާއިންނެވެ. އެވަގުތު ވެސް އެދިޔައީއެވެ. މޮޔަވީ މިހިތެވެ. ކުއްވެރިކުރެވުނީ މި ޒަމީރެވެ. ނުބައި ހުރިހާ ކަމެއްގެ އަސްލަކީ އަހަރެންނެވެ. ޝާޔާއަށްޓަކައި އުފެދުނު ނަފްރަތުގެ އަލިފާނަށް ޕެޓްރޯލް އެޅީ ހުދު އަހަރެންގެ އަމިއްލަ އަތުންނެވެ. ނަމަވެސް މި އަލިފާނުގައި އެނދީ ޝާޔާ އެކަންޏެއް ނޫނެވެ.
ބަލަން ނުުހުރެ ބާރަކަށް އަހަރެން ހިނގައިގައިތީ ޝާޔާ ވާނުވާގަ ބަހައްޓާފައެވެ.
ބަނދަރު ކައިރިއަށް އާދެވުނުއިރު ފައިނާންއާއި އެއްކޮށް ވާހަކަ އަޅުވާލާފައި އިން ރަނާ ފެނި އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ރަނާ ފެނުނީމާ އަބަދުވެސް ވަނީ އެހެނެވެ. ހިތުގެ ތެޅުން މަޑުވެ ހަމަޖެހެއެވެ. އުފާވެއެވެ. ރަނާއަކީ ފޮނި ހަކުރާއި ވާރޭގެ ދުނިތަކެވެ. ޝާޔާއަކީ ވަރުގަދަ ތޫފާނާއި ކަށިން ބަރާވެފައި އޮތް ފިނިފެންމާތަކެވެ. ދެ އަންހެނުންގެ މެދުގައި ވަނީ އުޑާއި ބިމާއި ވާހާ ތަފާތެވެ.
“އެންމެން ހަމަވީތަ؟ ފަހަރަކު ކުއްޖެއް އަރާ އިނގޭ! މިހާރު މި ފުރަނީ. ދިޔާނާ މިސް އަތުގައި އޮތް ފޯމުގުގައި ނަމާއި އިންޑެކްސް ލިޔެފައި ދޯންޏަށް އަރަންވީ!”
އަހަރެންގެ އިސްކޮޅު އަސްލަމް ސަރ އާއި އެއްވަރެވެ. އަސްލަމް ސަރގެ ނޭވާއިން އަރަމުން ދިޔަ ސިގިިރޭޓު ވަސް ނޭފަތަށް ފޯރުވިއެވެ. އިސްތަށިގަނޑު ކޮށާލާފައި ހުރިއެއް ކަމަކު އަސްލަމްގެ އިސްތަށިގަނޑު ކުރިން ހުންނަނީ ހުޅި ޖަހާލެވެހާ ދިގުކޮށްކަން އަހަރެން ހަނދާން އެބަހުއްޓެވެ. މިހާރު ޓީޗަރަކަސް އަދި މީހުންގެ އިހުތިރާމް ލިބުނަސް އެއްއިރެއްގައި އަސްލަމްއަކީ ހަތަރު ކަޅި ވެސް ހަމަނުކޮށްލެވޭހާ މީހުން ބިރުގަންނަ މީހެކެވެ. އެކަމުގެ ހަޤީޤަތް ވެސް އަހަރެންނަށް އިނގެއެވެ. އަސްލަމްއާއި ދިމާވީވެސް އޭނާގެ ބައްޕަ އާދަންބެގެ ގެއަށް ގޮސް އުޅުމުގެ ތެރޭގައެވެ.
އަސްލަމް ނިއްއެއްލަމުން އަހަރެން ކައިރީ ދޯންޏަށް އަރާށޭ އިޝާރާތަކުން އަންގާލިއެވެ. ފަސް އެނބުރި ބަލާލިއިރު މާއިންއާއި ޝާޔާ ފޯމުގައި ނަން ޖަހަނީއެވެ. ދޯނިއަށް އަރާފައި އެންމެ ކުރީ ސަފުގައި އިށީނީމެވެ. ހުރިހާ އެންމެންގެ އަޑު ދޯނީގެ އިންޖީނަށް ވުރެ ބާރެވެ. އެކަކު އަނެކަކަށް ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ޢީދެއް އައިސްގެން އުޅޭހެނެވެ.
“އޯކޭ! ސޯ.. މީ އޯވަރ ނައިޓް ޓްރިޕެއް އިނގޭ! މި ޓްރިޕްގެ ބޭނުމަކީ ޓެކްނޮލޮޖީއާއި އެހެނިހެން ވަޞީލަތްތައް ނުލާ އިންސާނުންނަށް ކުރީގައި ދިރިއުޅުނީ ކިހިނެތްކަމާއި މެދު ރީސަރޗް ކުރުން. އެހެންވީމާ ފޯނު ގެނައި ކުދިން އަސްލަމް ސަރ އަށް ފޯނު ދޭތި ރަށަށް ދެވުމުން! އަންޑެރސްޓުޑް؟”
ދޯނި ދުއްވަމުން ރަށާއި ދުރުވަމުން ދިޔައެވެ. އުޑުމަތި ފުދޭވަރަކަށް ބަނަވިޔަސް ކަނޑުއޮތީ އޮމާންކޮށެވެ. ކުރީ ސަފުގައި އިންއިރު ފަހަތުގައި ތިބި މީހުން ގަންނަ ގަނޑެއް ނުފެނެއެވެ. އެއަށްވުރެ ސިކުނޑީގައި ހިނގަމުން ދިޔަ ހައިޖާނު ބޮޑެވެ.
ތިމާ މީހަކަށް ދިން އަނިޔާއެއް އަނބުރާ ތިމާއަށް ލިބޭނެއޭ ބުނާ އަޑު އަހަރެން އަހަމެވެ. ވީ ވެސް އެހެނެވެ. އަހަރެންނަށް ވެސް ހައްޤުވާ އަދަބު ލިބޭނެއެވެ. ނަމަވެސް އަހަރެން ކުރީ ކުށެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަހަރެން ހިފީ ބަދަލެވެ. ލޮލަށް ލޮލެވެ. ނަގާލި އަބުރު ހޯދީމެވެ. ރުޅި އަންނަ ކަމަށް ހަދައިގެން އުޅުނަސް ހަޤީޤަތުގައި ހިތަށް އުދަނގޫވިއެވެ. ލިބުނު ހަމަޖެހުމެއް ވެސް ނެތެވެ. ލޯބިވީ އެހެން މީހެއް ދެކެއެވެ. ނަމަވެސް ހަށިގަނޑުގެ އަރާމާއި މޭވާ ދެވުނީ އެހެން މީހަކަށެވެ. މިއޮތީ ދެން ވާ ކަމެއްތާއެވެ.
ހިޔާލީ ނައު ގެނބުނީ މާއިން ބޮލުގައި ބޮނޑިއެއް އަޅާލުމުންނެވެ. ތަދުވިވަރުން އަހަރެން ރުޅިއައިސް ދެލޯ ބޮޑުކޮށްލީމެވެ.
“އޭ! ކެޕްޓަނާ ނުބެހެ އިނގޭ!” ޝާޔާ އައިސް މާއިން ކައިރީ ހުއްޓުނެވެ. މާއިން މަޖާވެފައި ޗޮކެއް ޖަހަމުން ޝާޔާގެ އަތުގައި ހިފާލިއެވެ. ޝާޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. މާއިންގެ އަތް ފޮޅާލަމުން ދޯނިން ފައިބަމުން ދިޔަ ރަނާއާއި ފައިނާނާއި އަރާ ހަމަކުރިއެވެ. އަހަރެންނަށް މާއިންގެ ހިތް ދެފަޅި ވި އަޑު އިވުނު ކަހަލައެވެ. އެހާވެސް މާއިންއަށް އަސަރުކުރުވައިފިކަން ދޭހަވިއެވެ. ކުރާނީ ކީއް ހެއްޔެވެ؟ ޝާޔާ އެއްއިރެއްގައި ވެސް މާއިންއާއި ދޭތެރޭ އެ ނަޒަރަކުން ނުބަލައެވެ.
“ހާޓް ބުރޭކް ވީތަ؟ ދެންވެސް ބުދެއް ހެން ނުހުރެ ހިނގާބަ” މާއިންގެ ކޮނޑަށް އަތް އެއްލަމުން އަހަރެން ހިނގައިގަތީ އެއްގަމަށެވެ. އިސްޖަހައިލައިގެން މާއިން ދިޔަގޮތުން ލާނެތް ހިނިތުންވުމެއް އަހަރެންގެ މޫނަށް ފާޅުވިއެވެ.
ަ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.



Varah reethi
Thank you Ibsha for your support
So Rayyan raped her? But how is the Jinn related to any of that? There seems to be sorcery in the past too? This is making me curious..
Raya was it? When is the next episode? Waiting for it
The dots will be connected soon
Next episode will be uploaded shortly
Thanks for reading 🙂
Waiting for those dots to connect.. But ofcoz some dots need to be kept unconnected dhw.. N ofcourse some dots can be disconnected in reconnected too.. To keep curiousity on going.. I like how the story is going on..
Ma Sha Allah???…Vvv rythi ingey story..
Btw kihineh baa dhw vaan miulheny???..
I think Rayyaan raped her❤❤❤…Im so curious to knw wats gonna b happen???..keep going oppa
Vv salhi❤❤❤..so curious???..whn next dear???…
Vv rythi mibai vec???..So curious to knw wats gonna b happen next???..
Waiting fr da next curiously❤❤❤..
Jiji, Thank you
You’re the best
Hama varah salhi
Thank you for reading
..?❤Vv salhi mi part vec
Varah salhi sifa kurun
Curious to know what happens next
Thank you, Leem
Wowwww…this story?????neyge dhn bunaane ehcheh vx…v v nyc????
ޝުކުރިއްޔާ ކޮށްދެއްވި ކޮމެންޓަށް
mi vaahaka varah reethi. varah suspense. dhn varah drama ves eba oi.
Neyge dhn vaane gotheh ves
i love this rayyan character. He is funny and also wise at the same time
Ranaa ah vure i ship rayyan and shaaya
Waiting for next part
Rayyan is not really wise but yes i tried to make him a bit sarcastic. Maybe mature. But not wise. 😛
Thank you for reading. 🙂
V loabi story line gendhaagoi Masha Allah, so curous…. when next part…..
Thanks for the compliment, Zaan
When is the next part it is so excited ??
Thanks for reading 🙂
waiting for the next part .kon iraku next part upload kuraany so curious
Hi, Mariyam
Thank you for reading
Next part is currently pending
I will read all .
Mi vaahaka nimendhen i will read ??
Mi vaahaka liyaa theeve rainoppa ah maruhabaa??
Aslu ves mi vaahaka varah kiyaa hivay thank you
ޝުކުރިއްޔާ ތި ދެއްވާ ސަޕޯޓަށް
Your welcome
haadha kurey
ކުރު ފަހަރާއި ދިގު ފަހަރު އަންނާނީ
ކިޔުއްވީތީ ޝުކުރިއްޔާ
Vr habu ngey??
Shukuriyya, aisha
Sifakurun hama heskiyaafa salhi
Thanks for noticing, Bitto
Wow it was really really really nice