“މަންމާ” މިއްލީއަށް ރޮއެގަނެވުނީ ސްޓްރެޗަރއެއްގައި ގެންދަމުން ދިޔަ އޭނާގެ މަންމަ ފެނިފައެވެ. އެ ލޮބުވެތި މޫނުގައި އެތައް ކޫރުންތަކެއް އެޅިފައިވީ އިރު ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ މަަންމަ ގެ ފަހަތުން ލެއިން ތަތްތެޅިފައި ތިބި އޭނާގެ ބައްޕައާއި ބޭބެގެ އިތުރުން ފަހަރިވެސް ގެން ދިޔައީ އޭނާގެ ލޯކުރިމަތީގައެވެ. ހަމައެއާއި އެކު ތުއްތު މާލް މެޑިކަލް ޓީމްގެ މެމްބަރެއްގެ އަތުގައި އޮތް ތަން ފެނި މިއްލީއަށް ހީވީ މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ދެފައިން […]
ސިއްސާގެން ގޮސް ކާޔާ އަށް ބައްދާލެވުނީ ރިއާންގައިގައެވެ. ކުއްލިއަކަށް ކާޔާ އައިސް ބައްދާލުމުން ރިއާންހުރީ ހަދާނެގޮތް ހުސްވެފައެވެ. ރިއާންއަށް ކުރަމުން ދިޔަ އިހްސާސްތަކަކީ މީގެކުރިން ދުވަހަކުވެސް ވީގޮތެއް ނޫނެވެ. މަޑުންމަޑުން ރިއާންގެ އަތް ހަރަކާތްކޮށްލިއެވެ. ކާޔާގެ އަތުގައި މަޑުމަޑުން ހިފާލުމުން ކާޔާ އަށް މިހުރެވުނުގޮތް ރޭކާލީ އަދި ކިރިޔާއެވެ. ލަދުން ހަދާނެގޮތްހުސްވެފައިހުރި ކާޔާ އަށް އިސްއުފުލާ ބަލާލެވުނީ ރިއާން އައި ދިމާއަށެވެ. މިހާކާރިން ރިއާންފެނުމުން ކާޔާއަށް ބުނަންނޭނގޭ އިހްސާސްތަކެއް ކުރަންފަށާފިއެވެ. ހިތްތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ.ރިއާންގެ ފިރިހެންވަންތަ މޫނަށް ބަލަންހުރެވުނީ ކިހާއިރަކުކަމެއް ކާޔާއަށްވެސް ނޭނގެއެވެ. ރިއާންގެ ފިރިހެންވަންތަކަން އިތުރުކޮށްދޭ ތުނބުޅިއާއި އެދެލޮލުގެ ޖާދޫގައި ނުޖެހިދާނީ މަދުބައެކޭ ކާޔާހިތަށް އެރިއެެވެ. ރިއާން ހުރީ ކިތައްމެހާވެސް ހިތުގައި ފޮރުވާފައިވާ ލޯބި ކާޔާގާތު ބުނަން ބޭނުންވެފައެވެ. ނަމަވެސް އަދި މާއަވަހޭ ހިތައް އަރާ މަޑުކޮށްލީއެވެ. ކާޔާއަށް ވާރޭހުއްޓާނުލާނެހެން ހީވުމުން ހިނގައިގަތީ ދާންށެވެ. ދަނީތާ! ރިއާންއަށް ކާޔާ ހިނގައިގަތުމުން […]
ނީން އަށް އަޅެތިނޫން ކަމެއްކުރަންވެސް ނޭނގެ ދޯ!. މިތާގަ މަޑުން އިނދެވޭތޯ ބަލާބަލަ. “އޭ! މަ ބުނީ މިއަދު އެއްކަލަ ރިއާން މެންގެ މެޗު އޮންނާނެއްނު ، ހިނގާ އެތަނަށް ގޮސްލާފަ އަންނަން. ނީން މެޗު ބަލާހިތްވެފަ ހުރި ވަރުން ކާޔާ ކާރިގައި ކިޔަންފެށިއެވެ. މަނެތް ދާހިތެއް ނީން ދާންވީއެއްނު ގޮސްލާފަ އަންނަން މައިންނާނަން މިތާގައި. އޯކޭ އެބުނެ ނީން ހިނގައިގަތީ މެޗު ބަލަންދާށެވެ. ފޯރިއާއެކު ކުޅެމުންދިޔަ މެޗުގެ ބުރޭކް ގަޑިކަމުން ރިއާން ދިޔައީ ނީން ފެނުމުން […]
އެއީ މީގެ ފަސް ވަރަކަށް މަސް ކުރިއެވެ. އަހަރެން އެ ރަށަށް ދިޔައީ ކޮލެޖު ދަރިވަރުންގެ އަހަރީ ދަތުރުގައެވެ. އަހަރުމެން ގޮސް ތިބީ ދެކުނުގެ ރަށެއްގަ އެވެ. އެ ރަށުގައި ބޮޑު ދޮންވެލި ތުނޑިއެއް އޮންނަ ފަންނެއް އޮވެއެވެ. އަހަރުމެންގެ ދަތުރުގައި ހިމެނޭ 35 ދަރިވަރުން ނިންމީ އެ ތަނުގައި އޯވަރ ނައިޓެއް ހަދާލުމަށެވެ. ދަތުރަށް ބޭނުންވާނެ ހުރިހައި އެއްޗެއް ހަމަކޮށްގެން އަހަރުމެން އެތަނަށް ދިޔައީ ރަށު ޕިކަޕެއްގައެވެ. އިރު އަރަންދެން އެ ފަންނުގައި ތިބުމަށް ނިޔަތްގަނެ، […]
ހަތަރު އަންހެންކުދިން އެކީ އޮލަ ވާހަކައެއްގަ ތިބެގެން ކޮލެޖުން ނިކުމެގެން އައިއިރު ރޭގަނޑު ދިހަގަޑި ބައިވުމާގާތްވަނީއެވެ. އެވަގުތު މަގުމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައިރު، މެދުމިނަކަށް ފިނިރޯޅިވެ ކޮންމެސް ވަރަކަށް ހަނދުގެއަލިކަން ފެންނަން ހުއްޓެވެ. ޒުވާން އަންހެންކުދިންގެ މިސްރާބުހުރީ ކޮލެޖާއި ނުހަނު ކައިރިން ފެންނަން ހުރި ދެބުރި އިމާރާތަށެވެ. އެކުދިންގެ ދިރިއުޅުން ހަމަޖެހިފަވާ އެޕާރޓްމެންޓެވެ. ދޮރުހުޅުވާލާފަ އެތެރެއަށް ވަދެވުމާއެކު އެންމެން ސޯފާތަކަށް ތިރިވެ ދުވަހުގެ ބުރަވާހަކަ ދެއްކިއެވެ. މިއަދު ހަމަނޭވާލެވޭވަރުމިވީ އަދިކިރިޔާއެވެ. ކިތަންމެ ވަރުބަލިވެފަ ތިއްބަސް އެކަކުވެސް […]
ކުއްލިއަކަށް އެ ހުނުންގަނޑާއި ނުބައި ވަސްގަނޑުވެސް ކެނޑިގެންދިޔައެވެ. ޝަލީންގެ ފޯނުން ބަންގީގެ މަތިވެރި އަޑު މުޅިތަނުގައި ގުގުމާލީ އެވަގުތުއެވެ. *********************** މުޅިތަން ހުދު އަތްޔަކުން އަލިކޮއްލީ ކުއްލިއަކަށް ކަނިޖަހާފައި ޖެއްސުނު ލައިޓުންނެވެ. ބަންލާފައި ދޮރުހުޅުވުނު އަޑަށް އެންމެންގެ ހިތްތައްވެސް ގުޑިގެން ދިޔަފަދައެވެ. އޭރުވެސް މުޅި ތަނުގައި ގުގުމާލަމުން ދަނީ ބަންގީގެ މަތިވެރި އަޑެވެ. “ނާ….ލީން…ނިކުމެބަލަ….އަވަހަށް ނުކުމެބަލަަ….މިތާ ތިބުމަކީ ރަނގަޅުކަމެއް ނޫން…” ހިތް އަވަސްވެފައިވާ ރާގަކަށް ޒީދާން ބުނެލިއެވެ. ޔާނާ ދުވެފައި ކަހަލަގޮތަކަށް ނުކުތްއިރު ޝަލީން ނުކުތީ އަވަސް […]
މޫދާ ފުދޭވަރަކަށް ކައިރީގައި ހުރީ ވީރާނާވާން ކައިރި ވަފައިވާ ގެއެކެވެ. ތިންމީހުންވެސް ގޭގެ ދޮރުކައިރީ މަޑުކޮއްލިއެވެ. ޒީދާން ޝަލީން އާ ޔާނާއަށް ބަލާލަމުން އެގޭގެ ދޮރުހުޅުވާލަން ތަޅުގައި ހިފާ އަނބުރާލިއެވެ. މުރަނަ އަޑަކާއެކު ދޮރުހުޅުވުނުއިރު އެ ގޭގައިވަނީ އަނދިރިކަމެވެ. ******************** ޒީދާން އެތެރެއަށް ވަންނަން ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ޔާނާ ޒީދާންގެ އަތުގައި ހިފާލިއެވެ. “ތިއްތިބޭ….އެތެރެއަށް ވަންނާނެ ކަމެއް ނެތް….” ޔާނާ ދެފަރާތަށް ބޯހޫރާލަމުން ބުނެލީ ބިރުގެންފައި ހުރެއެވެ. “ނާ……އެ އޯކޭވަނޭ ވަދުނަސް….ދޮންތައާ ތިއްތިބެވެސް މި ހުރީނު….ހާސް […]
ލޯނޗު އެރަށާ ގާތް ކޮއްލުމާއެކު އެންމެން ފޭބިއެވެ. ރިޝްވާން އޭނާގެ ދެ އަހަރުގެ ދަރުފުޅު ރީމް ގޮވައިގެން ފަޅުރަށެއްކަމައްވާ ހިމިއްޗަށް ފޭބުމާއެކު ރީމް ރޯން ފެށިއެވެ. އެވަގުތު ރީމްގެ ބޮޑުވެފައިވާ ދެލޮލުން ބަލަމުންދިޔައީ ނިކަގަހާ ދިމާލަށެވެ. ************** ރިޝްވާން ރީމް ރޯންފެށުމުން މަސަލަސްކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ނިކަގަހާ ދިމާލަށް ދެލޯ ބޮޑުކައްލައިގެން ބަލަން ހުރި ރީމްގެ އަޑުދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. “ޒޯ…ރީމްއަށް ކާންދޭންވީނުން…ބަނޑުހައިވީ ކަންނޭގެ…” ރިޝްވާން އޭނާގެ އަނބިމީހާ ޒޯޔާގާތު ބުނެލީ ރީމް އާމެދު ކަންބޮޑުވެފައިވާ […]
ޒަފް ޒަފީންގެ ވާހަަކަތަކަށް ދެކުދިން ބޯ ޖަހާލިއެވެ. އަދި އެ ގޮތަށް އަމަލުކުރަން ނިންމިއެވެ. ******* ”މާހިލް ބަލއިގެންް އުޅޭތި… ފަސްޓް އެއިޑް ބޮކުސް އަބަދުވެސް އަތުގަ ބާންޖައްޗޭ….”’ މާހިރު މާހިލް އަށް ނަސޭހަތް ދެމުން ދިޔައީ އަދި އަލަށް އެ މީހުން ރަށަކަށް ދާތީއެވެ. އެއީ ހ.އ ގައި އޮތް އެންްމެ ނުރައްކާތެރި […]