އަހަރެން ހަމަޖެހިލީމެވެ. އެ ކިޔަނީ ކިކޭތޯ އަޑު އިވޭތޯއެވެ. ”ނޮން ކަޕްތާ އޯރ ސްތޮލްތޯރުމް ” އަހަރެންނަށް އެކިޔާއެއްޗެއް ސާފުކޮއް އިވުނެވެ. އެއި ދިވެއްސެއް ވެސް ނޫނެވެ. މަލަކްގެ ކަންފަތް ފާރުގައި ޖައްސާލިއެވެ. ވައިއަޑުތައް ކުއްލިއަކައް ހުއްޓި މުޅިތަން ހަމަހިމޭންވެގެން ދިޔައެވެ. ހަމައެއާއެކު ކުއްލިއަކައް ވަރައް ބާރު އަޑުފައްގަނޑެއް އިވިގެންދިޔައެވެ. ހީވީ ބޮޑު ބަރު އެއްޗަކުން ފާރުގައި ވަރައް ބާރަށް ޖެހިހެންނެވެ. ކަންފަތައް ވީތަދާއެކު މަލަކް ކަންފަތުގައި އަތްއެޅިއެވެ. ޔަގީނުންވެސް މީހަކު އެތަނުގައި އެބައުޅެއެވެ. އައިސްފައި ހުރި […]
އެ އަންހެން ކުއްޖާ ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. ސިކުނޑީގެ ބޮކި ދިއްލުނީ ދެނެވެ. އެ ގޮތް ކުޑަ އަޑުގެ ވެރިއަކީ ޝާޔާކަން އަހަރެންނަށް ޔަޤީންވިއެވެ. “އޭ! ޝާޔާ ފެނިއްޖެ! މި އޮތީ އޭނަ.” ޝާޔާގެ އަތް އަހަރެންގެ ހަށިގަނޑުން ދަމައިގަތެވެ. ސިކުންތެއް ވެސްް ނުވާނެއެވެ. ކޮޓަރީގެ ފިނި ހޫނުމިންވަރު އެއްވަރުވެ ދުވި ފަރުހަކި ވަސް ފިލަގެންދިިޔައެވެ. ޝަހާދަތް އިނގިލި ތެޅުވެން ފެށުނެވެ. އިސާހިތަކު މުޅި މީހާ ތެޅެމުން ފޮޅެމުން ތެދުވެވިއްޖެއެވެ. ކައިރީގައި ހުރި ފެންފުޅިން ފެން ކޯވަރެއް ބޯލަމުން އަހަރެންގެ ދެލޯ ހޯދީ ޓީޝާޓެކެވެ. ޓީޝާޓު ބޮލަށް މަހާލައިގެން ބޮޑު ދޮރުން ނުކުންއިރު ގޭދޮރު ކައިރީގައި ބައިންދާފައި އިން ޖޯލިފަތި ވަށައިގެން މީހުން އެއްވެފައި އޮތެވެ. މީހުންތައް ކޮއްޕަމުން އެންމެ ކުރީ ސަފަށް އަހަރެން އަރައިފީމެވެ. ޖޯލިފަތީގައި ހަމަޖެހިލައިގެން ނިދާފައި އޮތީ ޝާޔާއެވެ. އޭނާގެ މަންމައާއި ބައްޕަވެސް އޭރު އެތާ ހުއްޓެވެ. ޝާޔާގެ ހާލަތު ފެނިފައި އޭނާގެ މަންމަގެ ލޮލުގައި ކަރުނަ ހިލިފައި ހުއްޓެވެ. ވާނީ ވެސް އެހެންތާއެވެ. މުޅި މީހާ ގައިގައި އޮތީ ކިސަޑެވެ. ހެދުން ވީދިފައި އޮތް އިރު އަތުގެ ތަންތަން ވަނީ މަށައިގެން ގޮއްސައެވެ. “ދެންވެސް ގެންދަން ވީނު.” ރަހުމްކުޑަ ރާގެއްގައި އަހަރެންނަށް އެހެން ބުނެވުމުން މާއިންގެ މޫނު ސަފުތެރެއިން ދިއްލުނެވެ. “ކަލޭ ގޭ ކައިރީގައި ޝާޔާ ކީއްކުރީ؟” މާއިން އަޑުކޮޅަށް ބުންޏެވެ. ހުރިހާ އެންމެން ޝައްކުގެ ނަޒަރަކުން އަހަރެންނަށް ބަލާލިއެވެ. “އަހަންނަށް ތަ އިނގެނީ. މަ އޮތީ މިއޮއް ހުރިހާ އިރު ނިދާފަ.” އަހަރެން ބުނީ މުޅިޔަކުން ދޮގެއް ނޫނެވެ. ރަނގަޅުކަމުން ޝާޔާ ގަތް ގަނޑު ނުބުނެ ހުންނައިރު ވެސް ސަލާމަތެއް ނެތެވެ. ބުނަންވީ އެވެ. ބޭޒާރު ކޮށްލަންވީއެވެ. ވަގުތުން ޝާޔާގެ ދެލޯ ހުޅުވުނެވެ. ކަޅި ވެސް ޖަހާނުލާ އަހަރެންނަށް ބަލަން ފެށިއެވެ. މާއިން އައިސް ޝާޔާ އޭނާގެ އަތްދަނޑި މައްޗަށް ލިއެވެ. އޭރުވެސް ކަޅިޖަހާ ނުލާ ޝާޔާ ބަލަން އޮތެވެ. އަހަރެން ބޮލުގައި އަތް އަޅާ ބާރު ކޮށްލީމެވެ. ކުއްލިއަކަށް ބޮލަށް އެރި ތަދެއްގެ ސަބަބުންނެވެ. ބޮލުގައި ފިރުމަމުން އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. “ބޭޒާރު ވާނީ އަހަރެންނަށް ވުރެ ބޮޑަށް ކަލޭ.” ބޮލުތެރޭގައި އެއަޑު ގުގުމައިގެން ދިޔައެވެ. ވަށައިގެން މީހަކު ހުރި ތޯ އަހަރެން ހޯދީމެވެ. ނަމަވެސް ޝާޔާ ހޯދަން އައި އެކަކުވެސް އެވަގުތު ނެތެވެ. ކުރިން ވި ކަންތަކާ މިހާރު އެ އިވުނު އަޑުން ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ނަމަވެސް ކޯއްޗެއް ހެއްޔެވެ؟ ޝާޔާ އަހަރެންގެ ކޮޓަރިއަށް ނޭނގި ވަނީ ކިހިނެތް ހެއްޔެވެ؟ އައު ދުވަހަކަށް އިރު އަރައިފިއެވެ. ހެނދުނު ހަގަޑި ބައިވަނީއެވެ. އަވަސް އަވަހަށް އަނގަޔަށް ޕާން ފޮއްޗެއް ލަމުން ހަލުވި ހިނގުމެއްގައި އަހަރެން މިސްރާބު ޖެހީ މަދަރުސާއަށެވެ. ފަހަތުން މީހަކު އައިސް އަތުގައި ހިފާލި ވަގުތު ސިއްސައިގެން ގޮސް އަތް ފޮޅާލީމެވެ. ކުރިމަތީގައި ހުރީ ރަނާއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. “ރައްޔާން. ހާދަ ވަރެއް ވެފަ. މަށޭ.” ރަނާ ތުއި ގޮތަކަށް އަނގަ ހަދަމުން ބުންޏެެވެ. ހިނިތުންވެލާފައި އަހަރެން ރަނާގެ އަތުގައި ހިފާލީމެވެ. “ރައްޔާނަށް އިނގޭތަ. ރޭ ޝާޔާ ފެނުނީ ތިގޭ ކައިރިން ނޯ. ރޭގަ މަ ހުރީ ހޭލާ ފަތިސް އިރުވެސް. ޝާޔާގެ ހުންގަނޑު މައިތިރި ނުވެގެން. ފަތިހު ވީތަނާހެން ހުން ކެނޑުނީ. ބުނީ އަންނާނަމޯ ސުކޫލަށް ވެސް. ދެން ނޭނގެ މަށަކަށް. އެހިން ކިހިނެތް ހޭ ވީ އެދުވަހު. ޝާޔާ ބުނީ ހަނދާނެއް ނެތޯ!” ރަނާ ވާހަކަދައްކަމުން ދިޔައިރު އަހަރެން ހުރީ ކަނުލާ އަޑުއަހާށެވެ. “ދެން މަށޭ ކިޔައިގެން އެއްޗެކޭ ބުނިތަ؟” އަހަރެން އެހެން އެހުމުން ރަނާ މޫނަށް ވައްތަރެއް ޖައްސާލިއެެވެ. “ކީއްވެ ރައްޔާންގެ ވާހަކަ އަހަން ވީ؟” ރަނާ ވެސް ކޮށްލީ ސުވާލެކެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ ރޭގަ ޝާޔާ އަަހަރެންގެ ކޮޓަރިއަށް ވަދެ އަހަރެންނަށް ބެހުނީ އޭ ބުނީމާ ޖޯކަކަށް ވާނީ ހުދު އަހަރެންނެވެ. އެއްޗެކޭ ނުބުނެ ކުރިއަށް ހިނގައިގަތީ ގަޑިޖެހޭތީއެވެ. އޭރުވެސް ބޮލުގައި ނުކުޅަދާނަ ވާވަރުގެ ރިހުމެއް ހުއްޓެވެ. އެސެބްލީ ގަޑިއެވެ. ހުރިހާ ދަރިވަރުން ތިބީ ސުކޫލް ހޯލުގައެވެ. އަހަރެން އިނީ މާއިން ކައިރީ އިށީދެގެނެވެ. މާއިން ހުރީ އަދިވެސް ރުޅިއައިސްފައި ކަން އޭނާގެ ކުނި މޫނުން ވެސް އެނގެއެވެ. އަހަރެންގެ ލޯ ހޯދަމުން ދިޔައީ ޝާޔާއެވެ. އަންހެން ކުދިންގެ ފަޅިއަށް ދެލޯ އުކަމުން ދިޔައިރު ކައިރީގައި ހުރި މާއިންގެ ރުޅި ހައްތަހާ އިތުރުވިއެވެ. “ކާކު ތަ މާ ވަރަކަށް ތި ހޯދަނީ؟ ރަނާ އެއިނީ ނު އެންމެ ކުރީ ސަފުގަ؟” މާއިންެ ނުރުހުންވެފައި ހުރެ ސުވާލުކުރިއެވެ. މި ހޯދަނީ ޝާޔާއޭ ބުނެފިއްޔާ އަހަރެން އަތުކޮޅަށް ހޫރާލާނެކަން ޔަޤީނެވެ. އަހަރެން ހިނިތުންވެލާފައި ހިމޭނުން އިނީމެވެ. ސުކޫލަށް އައިއްޔާ ކޮންމެވެސް އެއް އިރަކުން ފެންނާނެވެ. ޝާޔާ ރޭގައި އެގޮތަށް ކަންތައް ކުރީ ކީއްވެތޯ އަހަރެން އޭނާ ގާތުގައި އަހަން ބޭނުމެވެ. އެސެބްލީ ނިންމާފައި ހުރިހާ ދަރިވަރުންތައް ޓީޗަރުންގެ އިންޒާރަށް ސަމާލުކަމެއް ނުދީ ދޮރު ކައިރީ ނުކުންނަށް ފުނިޖެހުނެވެ. ކޮއްޕާ ގަޅުވަމުން ހުރިހާ އެންމެން ވެސް ބޭނުންވީ އަވަނެއް ކަހަލަ ހޫނު ހޯލު ތެރެއިން ނުކުންނާށެވެ. އެންމެ ފަހަތު ސަފުގައި މާއިންއާއި އަހަރެން ހުރީ ތިމާގެ ދަލުން ފެންވެރިފައެވެ. ރުޅިއައިސް ދަތް ކުޑިވިކަމުން މާއިން އޭނާގެ ކުރިމަތީ ހުރި ފުދޭވަރަކަށް ފަލަ ފިރިހެންކުއްޖެއްގެ ބުރަކަށީގައި ބޮޑިއެއް އަޅާލިއެވެ. އެ ކުއްޖާ ރުޅިއައިސް މާއިންއަށް ބަލާލި ވަގުތު އޭނާގެ ރުޅިގަނޑުހިދިއްޖެއެވެ. ވާނީ ވެސް އެހެނެއެވެ. މާއިން އަކީ ޖާނުން ވަރުގަދަ އިސްކޮޅު ހުރި ފަނާކުރުވަނިވި ރުޅިއެއްގެ ވެރިއެއްކަން ހުރިހާ އެންމެނަށް އިނގޭތީއެވެ. އަހަރެން އަނގަމަތީގައި އަތް އަޅާލީ މަޖާވެގެނެވެ. “ރަނާ ދެކެ ލޯބި ވޭތަ؟” އަހަރެންނަށް ބޮލުގައި އަތް އަޅައި ބާރުކޮށްލެވުނެވެ. ހީވަނީ ސިކުނޑިތެރެއަށް އެ އަޑު ފޭދިގެން ވަންނަހެނެވެ. ވަށައިގެން އަހަރެން ހޯދަން ފެށިީމެވެ. އޭރު މާއިންއާއި އަހަރެން ހުރީ ހޯލުން ބޭރުގައެވެ. ހުރިހާ އަންހެން ކުދިން ކިލާހަށް ދިޔަކަން އަހަރެންނަށް އިނގެއެވެ. އެއީ އެވެރިން ނިކުތީ އަހަރުމެންނަށް ވުރެ ކުރިން ކަމަށް ވާތީއެވެ. ބޮލުގައި ހަރުފައެއްގެ ދުލުން ލައްވާއަޑުތައް ލައްވަމުން ވާހަކަ ދައްކަނީ ޔަޤީނުންވެސް އަންހެން ކުއްޖެކެވެ. އަނެއްކާ ޝާޔާ ހެއްޔެވެ؟ “ޝާޔާ؟” މަޑުމަޑުން ފޫޅަށް އިވޭ ވަރަށް އަހަރެން ޝާޔާއަށް ގޮވާލީ ހިތުގައި ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދުނީމައެވެ. ޝާޔާ ކޮންމެވެސް ސިހުރެއް އަހަރެންނަށް ހަދަނީ ހެއްޔެވެ؟ ބޮލުގައި އަތް އަޅަމުން އަހަރެން ހިނގައިފައި ދިޔައީ ސުކޫލުގެ ކޯޓްޔާޑަށެވެ. އެތާ ހުރި ގޮޑިއެއްގައި ހަމަޖެހިލައިގެން އަހަރެން އިށީނީމެވެ. އެވަގުތު ލޮލުކޮޅަށް އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް އަހަރެން ފަޒާއަށް ދޫކޮށްލީމެވެ. ބިޔަ އަނބުގަހުގެސަބަބުން ހިތަށް ފިނިކަން ލިއްބައިދިނެވެ. ގައިމުވެސް މިހިސާބަކު ޝާޔާއެއް ނެތެވެ. “ކިހިނެތް ވީ؟” އަހަރެން ގޮޑިން ނުވެއްޓުނީ ކިރިޔާއެވެ. ޝާޔާ ބިން ފަޅާފައި އެތަނަށް ފާވި ކަހަލައެވެ. “ކޮންއިރަކު މިތަނަށް ތި އައީ؟ އަހަރެން ހައިރާންވެފައި ޝާޔާގެ މޫނަށް ބަލަމުން އެހީމެވެ. އެވަގުތުވެސް ރޭގައި ވި ކަންތައް އަހަރެންގެ ސިކުނޑިއަށް ސިފަވުމުން ލަދުން އިސްޖެހުނެވެ. “ތީ އެއް ނޫން އަހަން ޖެހޭ ސުވާލަކީ. ހެހެހެހެ. ރޭގައި މެދުކަނޑާލަން ޖެހުނީމަ ވަރަށް ފޫހި. ހިނގާ އެހެރަ ގަސްތަކު ތެރެއަށް.” ޝާޔާ އަހަރެން ފަލަމަސްގަނޑުގައި ފިރުމަމުން ތުންފަތް އޫކޮށްލިއެވެ. އަހަރެން އަނގަ ހުޅުވައިގެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝާޔާއަކީ ލޮލުކޮޅުން ވެސް ދުވަހަކު އަހަރެންނަށް ބެލި މީހެއް ވެސް ނޫނެވެ. މީހެއްގެ މިޒާޖު އެއް ރެއިން ބަދަލެއް ނުވާނެއެވެ. “ތީ ޝާޔާތަ؟” އަހަރެން އެހެން އެހުމުން ޝާޔާގެ މޫނުން ނުރުހުމުގެ ކުލަވަރު ފާޅުވިއެވެ. “ޝާޔާ ހެނެއްނު ހީވަނީ. އަހަރެން ބޭނުން ވާ ކަންތައް ރައްޔާންއަށް ނުކޮށްދެވިއްޖިއްޔާ ހަނދާންކުރާތި ރައްޔާން ލޯބިވާ ހުރިހާ އެންމެންގެ ދުވަސް ދުއްވާލާނަން.” ޝާޔާ އެހެން ބުނެލި ވަގުތު އޭނާގެ މޫނަށް އައި ބަދަލު ފެނިފައި ހުރި ތަނަށް ކުޑަކަމު ނުދެވުނީ ކިރިޔާއެވެ. އަވަސްއަވަހަށް ނޭވާލަމުން އަހަރެން ފަޔަށް ލެވުނު ހުރިހާ ބާރެއް ލާފައި ދުއްވައިގަތީމެވެ. ފަހަތުން އެއްޗެއް ވެއްޓުނު އަޑެއް އިވުނެވެ. އަހަރެން ފަހަތަށް އެނބުރި ބަލާލިއިރު ޝާޔާ ބިންމަތީގައި އޮވެގެން ތެޅި ފޮޅެނީއެވެ. “ކިހިނެތްވެފަތަ ކަލެއަށް ތި ހުންނަނީ؟!” މާއިން ފަހަތުން ދުވެފައި އައިސް ޝާޔާ އޭނާގެ އަތްދަނޑިމައްޗަށް ލިއެވެ. “ދެންވެސް ހެލްތު ރޫމަށް ގެންދެބަ. ދައްކަބަ. އަޅޭ. އެއްކަލަ ހުންގަނޑު އަނެއްކާވެސް.” ރަނާވެސް މާއިންގެ ފަހަތުން އައިކަން އަހަރެންނަށް ރެޔަކާލީ އޭނާގެ އަޑުންނެވެ. އަހަރެން ހުރީ ގަބުކައިފައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް އަހަރެން ކިޔަމުން ދިޔައީމެވެ. އެއީ ޝާޔާއެއް ނޫނެވެ. ޔަޤީނެވެ. އެއީ ޝާޔާއެއް ނޫނެވެ. *****************************************************
”ފަކް ” އަހަރެންގެ ގާތަށް ވަރަށް ރުޅި އެރިއެވެ. ދޮރު ހުލުވާލަން ތަޅުގައި ހިފާލަން ބަލާލިވަގުތު ގައިން ހިބިގައިގެން ދިޔައެވެ. އެ ދޮރުގައި އެއިނީ ބޭރުން ތަޅުއަޅުވާފައެވެ. ” ދެން އަހަރެން ނުދާނަން އެ ތަނަށް ” އަވަހައް ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އެނދުމަތީގައި އިށީންނަމުން އަހަރެންބުނީމެވެ. ” ކިހިނެއްވީ ؟ ” މަލަކް އިނީ ވަރަށް ހައިރާންވެފައެވެ. ”އެކޮޓަރި ހުރީ ބޭރުން ތަޅު އަޅުވާފައި…އެކޮޓަރިއަކަށް އެއްވެސް މީހަކަށް ނުވަދެވޭނެ” ” ސޯ….އެއީ ޖިންނިއެށް ؟…މަލަކް ހީގަތެވެ. […]
ސްކޫލް ނިމުނު ހިސާބުން ފެށިގެން އަހަރެން ހުރީ ކޮލެޖަށް ދާހިތުންނެވެ. ނާރސިން ކިޔަވާހިތުން އުޅޭތަން ވަރަށް ދުވަސް ވެއްޖެއެވެ. އެންމެފަހުން އެތަށް ކޮލެޖުތަކައް އެޕްލިކޭށަން ލައިގެން އެއްކޮލެޖުން ހޮވިއްޖެއެވެ. މަލަކް ވެސް ހޮވުމުން ވަރަށް އުފާވިއެވެ. މަލަކް އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކުގައި އުޅޭތަން ވެސް ވަރަށް ދުވަސް ވެއްޖެއެވެ. މާލޭގައި އާއިލާގެ އެއްވެސް ބަޔަކު ނޫޅޭތީވެ އަހަރެމެން ވިސްނީ ކޮލެޖް ޑޯރމް ގަ އުޅޭށެވެ. ނަސީބަކުން އެތަނުން އެއް ޑޯރމް ލިބުނެވެ. އެވެސް […]
ގަޑިން ރޭގަނޑު 9 ޖެހީއެވެ. އަހަރެން އިނީ ފިލާވަޅު ހަދާށެވެ. ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. އަހަރެން ނޫން އެހެން ދަރިއެއް މަންމައާއި ބައްޕައަށް ނުލިބުމުން ހުރިހާ އެއްޗެއް ދީގެން ފުދިގެން އަހަރެން ބަލާބޮޑުކުރުމަށް ކުރި މަސައްކަތް ކިތަންމެހާވެސް ފުރިހަމައެވެ. ކޮޓަރީގައި ޖަހާލާފައި ހުރި ކަބަޑުގައި މެޑައްޔާއި ތަށިތައް ތަރުތީބުކޮށް އަތުރާލާފައި ވެއެވެ. އަހަރެންގެ ކާމިޔާބީގެ އަސްލަކީ އެ ހެޔޮ ބައިންބަފައިން ކަމާމެދު ޝައްކެއްނެތެވެ. އަހަރެންނަށްފިލާވާޅަށް ވުރެ ބޮޑަށް ވިސްނެމުން ދިޔައީ ރާނާއާއި ދޭތެރޭގައެވެ. ފޯނުގެ އަލްބަމް ހުޅުވާލީ […]
ރަށުތެރޭގައި އެންމެ ލާނެތްވާނީ އަހަރެންގެ ރައްޓެހިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަދަރުސާ ނިންމާފައި އެ ނުކުންނަ ގޮތަށް އަހަރުމެން ގެޔަށް ވަންނަނީ ރޭގަނޑު ކާ ގަޑި ޖެހުނީމައެެވެ. ރަށު ސުކޫލުގައި ގްރޭޑު ދިހައެއް ކިޔެވުމަށްފަހު ހުރިހާ އެންމެން އެއްބަސްވީ މޭލެ ގޮސް އޭލެވެލް ކިޔަވާށެވެ. ނަމަވެސް އަދި އެއް އަހަރު އެބަ އޮތެވެ. އޯލެވެލް ހަދާ އަހަރެވެ. އެދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. މޫސުން ރީތިވެފައި މަޑު ފިނިވައިރޯޅިއެއްވެސް ޖެހެމުންދިޔައެވެ. ސުކޫލް ނިންމާފައި އަހަރުމެން ހިނގަމުންދިޔައީ އަތިރިޔާ […]
އަހަރުމެން ގެ ތެރޭގައި އެކި ފާޑު ފާޑު މީހުން އުޅެމުން ދެއެވެ . އަދި އެކި ކަން ކަން ކުރަމުން ކުރާ މީހުން ގެންދެއެވެ . ފަންޑިތަ ހަދާމީހުން ވެސް އުޅެމުން ދެއެވެ . އެމީހުން އެކަން ކުރަމުން ގެންދަނީ ދެމަފިރިން ދޭތެރެ ޖެއްސުމާއި އަދި އެ ނޫން ވެސް ކަންކަން ކުރުމަށެވެ . އާދެ ! ޖިންނީ ނަކީ އަހަރުމެން ގެ ތެރޭގައި އުޅޭ އެއްޗެކެވެ . އަދި އިންސާނުންގެ ސިފާގައި އެ އެއްޗިހި ފެނިގެން […]
“އެއްކަލަ ދޮންބެ.. އަނެއްކާ އެފެށީ…ވަރަށް ފޫހިވޭ” ޔާނާ ތުންކޮޅު ހަދާލިއެވެ. ޔާނާ ތުންފަތަށް ހަދާލިގޮތުން ޒީދާން ގެ އިތުރުން އެތާތިބި އެންމެން ހިނިއަތުވެއްޖެއެވެ.އެ މަންޒަރުބަލަން ސަލީމް އާ އެލީސާ ތިބީ ހިތްހަމަޖެހިފައެވެ.އެލީސާ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ރޯޒް ފްލޭމް” އަށް މީގެ 26 އަހަރުފަހުން އުފާވެރިކަން ވެރިވީއޭ އެލީސާގެ ހިތަށްއެރިއެވެ. އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާނޭ ފަދަ ގޮތަކަށް އެ ހަންދާންތަށް ވަނީ ހިތުގެ އެންމެ އަޑީގައި ހަރުވެފައެވެ.އެ ރޫޙާނީ ބިރުވެރިކަން އަބަދުމެ އަބަދަށް އޭނާއަށް އުނދަގޫކުރާނެއެވެ. […]
“ބޭން!” ރަށުގެ ގޮނޑުދޮށުގައި އަލިދީދީ އިނީ މާޔޫސް ކަންމަތީގައެވެ. އިރު އޮއްސެމުން ގޮސް ކަނޑުގެ ތެރެޔަށް ގެނބިގެން ދިޔަކަހަލަ އެވެ. އަވަހަށް ތެދުވީ ގެޔަށް ދާށެވެ. ރަނގަޅަށް ނުތެދުވެވިގެން އުޅެނިކޮށް މުންޑޭ ދުވެފައި އައިސް އަލިދީދީ ކުރިމައްޗަށް ވެއްޓިގަތެވެ. “އަލިދީދީ! އަވަސް ކުރޭ! ކަލޭގެ އަމާ…! …ގެންދަނީ…!” އަލިދީދީ ގެޔާ ދިމާލަށް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ޖެހިގަތީ ޕޯޗުގީޒު ސިފައިންގެ މީހެއް ގައިގައެވެ. އޭނާ ރުޅިން އެއްޗެކޭ ކިޔައިފައި އަލިދީދީ ބިމަށް ގަޅައިލިއެވެ. ގެއި ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ އެ ނުބައި ބާޣީންގެ ދެމީހުންނެވެ. އަލިދީދީ ގެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ލެޔާ ވަނީ ކުޅެލާފައެވެ. ރަހުމުކުޑަ ގޮތަކަށް ވަނީ އޭނާގެ މަންމަ އަވަހާރަ ކޮށްލާފައެވެ. ވެލިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. މަންމަ ލައިގެން އޮތް ލިބާސްވެސް ވަނީ ތަންތަނުން ވީދި ލެއިން ފޯވެފައެވެ. ********************************************************** ********************************************************** އައްސުލްތާން އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ވަނީ 1573 ވަނަ އަހަރު އޭނާގެ ދެބެންނާއިއެކު ދިވެހި ޤައުމު ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ސާލާމަތް ކޮށްދީފައެވެ. ނަމަވެސް އޭގެ ކުރިން ޕޯޗުގީޒުން ވަނީ 1558 ގައި ދިވެހި ޤައުމަށް އަރައި ސުލްތާން އަލީ 6 ޤަތުލްކޮށް ރާއްޖެ އެމީހުންގެ އަނިޔާވެރިކަމުގެ ދަށަށް ގެނެއްސައެވެ. އެ ނުލަފާ ބާޣީންގެ ވެރިޔާ އަނދިރި އަނދިރިންގެ އަތްދަށުގައެވެ. އަދި ކިއެއްތޯ، އިސްލާމް ދީން ދޫކޮށް ނަސާރާ ދީން ގަބޫލުކުރި އެންމެ ފުރަތަމަ ދިވެހި ދަރިއަކީ ސުލްތާން ހަސަން 9، ހިމެނެއެވެ. އެއީ ވަރަށްވެސް އަނދިރި ދުވަސްތަކެކެވެ. ދިވެހި ރާއްޖޭގެ ކަނޑު ލެއިން ރަތްކޮށްލި ދުވަސްތަކެވެ. *********************************************************** *********************************************************** އަނދިރި އަނދިރިންގެ ކުރިން ދިވެހި ޤައުމުގައި ރަސްކަން ކުރީ ސުލްތާން އަލީ 6 އެވެ. އޭނާ ޤަތުލް ކޮށްލީ 1558 ވަނަ އަހަރުގައެވެ. އަހަރަކީ 1570 ވަނަ އަހަރެވެ. އަލިދީދީ ވަނީ އޭނާގެ މަންމަ ވަޅުލުމަށްފަހު އޭނާގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ ގޮވައިގެން އެހެން ރަށަކަށް ދިޔުމަށް ތައްޔާރު ވެފައެވެ. އޭނާގެ އެކުވެރިޔާ މުންޑޭ ބުނާ ގޮތުގައި އެރަށަކީ ޕޯޗުގީޒުންގެ އަތް ނުފޯރާ ހިސާބުގައިވާ ރަށެކެވެ. ނަމަވެސް އެރަށަށް ދިޔުން އެއީ ފުރާނައަށް ނުރައްކާވާނެ ކަމަކަށް ވަނީ ވެފައެވެ. […]