Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދުޝްމަން – 5

Rainoppa Level 210 Stories100 Comments
July 3, 2019 3 Mins Read
10 Comments

ހޭލެވުނު އިރު މެންދަމު ބަރާބަރު ތިނެއް ޖެހީއެވެ.
ވަށައިގެންވީ އަނދިރިކަމެވެ. އަހަރެންގެ ހިތުގައި ވަނީ ހާސްކުރުވަނިވި ބިރުވެރިކަމެއް އުފެދިފައެވެ. ހިތްވެސް ތެޅެމުން ދިޔައީ އެހާމެ ހަލުވި ކޮށެވެ. ހީވަނީ ދުވެފައި ރަށް ވަށާ ފަސްބުރު ޖެހިހެނެވެ. މުޅި މީހާ އޮތީ ދަލުން ފެންވެރިފައެެވެ. މުޅި ގައިގައި އަތް އުނގަޅަމުން އަަހަރެން ތެދުވީ ބޮކި ދިއްލާށެވެ. ދުރުން ހޯނެއް ޗޮކެއް ޖަހާލި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެ ނޫނިއްޔާ އަޑެއް ބަޑެއް ނީވެއެވެ. އިވެނީ އަހަރެންގެ އަވަސްވެފައި ވާ ނޭވާގެ އަޑު އެކަންޏެވެ. ޒާތެއްގެ ލޮނުވަހެއް ނޭފަތަށް އުދަނގޫކުރަމުން ދިޔައެވެ. އެއީ ގައިމުވެސް ލައިގެން ހުރި ޔުނީފޯމުން އަރާ ވަހެެކެވެ. ގަމީހުގެ ވަސް ބަލަމުން ބޮކި ދިއްލާލީމެވެ. އެވަގުތު ކޮޓަރިއަށް އައި އަލިކަމާއި އެކު އަހަރެންގެ ސިފަވެސް ލޯގަނޑުން ފެނުނެއެވެ. ހިތް ނުހުއްޓުނީ ކިރިޔާއެވެ. ހުދު ކުލައިގެ ގަމީހުގައި ލޭތިކި ބުރައިގެން ގޮއްސަ ހުރިއިރު ކަނާތު އަތުގައި ލޭ ހިކިފައި ހުއްޓެވެ. އިސްތަށިގަނޑު ހޭވިފައި އޮތް އިރު މޫނުގައި ވަނީ ތެޔޮކަމެވެ. ކޮޓަރިތެރޭގައި ހިއްޕާލާފައި ހުރި ލޮނާއި ލޭގެ ވަހުގެ އަސްލު ޔަގީންވިއެވެ.
ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެވުނީ ކިހާ އިރަކަށް ކަމެއް ނޭނގެއެވެ. ވަގުތާއި އަހަރެންގެ ނޭވާ އެކުއެކީ ހުއްޓުނު ކަހަލައެވެ. ވަރުގަދަ ކަމެއް މިރޭ ހިނގައިފިއެވެ. ނަމަވެސް ކޯއްޗެއް ހެއްޔެވެ؟ ހަނދާންވަނީ މެންދުރު ލޮލަށް ނިދި ސަވާރުވި ވަގުތު ކޮޅު އެކަންޏެވެ. ނޭނގި ދެއަތުން ކުރެވުނީ ކިހާ ނުބައި ކަމެއް ހެއްޔެވެ؟
ފާހަނަޔަށް ވަދެފައި ލައިގެން ހުރި ޔުނީފޯމް ބާލައި ފެންވަރާލީމެވެ. އަހަރެންގެ ބަނޑުގައި ވަކި އެޅިފައި ހުރިކަން ފެނުނީ ގަމީސް ބޭލިފަހުންނެވެ. ހީވާގޮތުން ނަމަ އިންސާނެއްގެ ނިޔަފަތީގެ ނިޝާނެވެ. ވަކި މަތީގައި ހުރި ލޭތައް ހިކިފައި ހުރުމުގެ ސަބަބުން އެހާ ދިލައެއް ވެސް ނުނަގައެވެ. ފުން ވިސްނުމެއްގެ ތެރޭގައި ހުއްޓާ ފެންވަރައި ވެސް ނިމިއްޖެއެވެ.
މެސެޖެއް އައި ކަމުގެ ރަނގަބީލު ފޯނު އަޅާލި ވަގުތު އަތުގައި އޮތް ތުވާލި އެއްލާލައިފައި އަވަސްވެގަތީ ފޯނު ނެގުމަށެވެ. މާއިން ގެ މެސެޖެކެވެ.
“ބުރޯ. ކައެ ދަންވަރު ތުނޑި ކައިރި ކީއްކުރީ؟”
މެސެޖު ކިޔާފައި އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަށިގަނޑުގައި ލޭ އުގުޅައިގެން ދަންވަރު ތުނޑީކޮޅަށް ގައިމުވެސް އަހަރެން ދިޔައީ މަސް ބާނާކަށް ނޫނެވެ. އިނގިލިތައް ތުރުތުރު އަޅާ ހާލުގައި ފޯނު އިތުރަށް ހާާވާލީމެވެ. ޝާޔާގެ ފަންސާސް ތިން ސިކުންތުގެ ފޯނު ކޯލެއް މިރޭ ހައެއް ޖެހިއިރު ލިބިފައި އިނެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަމުގެ އިހުސާސް ކުރެވުނެވެ. ޝާޔާގެ ހަންޑި އަހަރެންނަށް ކަމެއް ކުރީއެވެ. އަވަލީއެވެ. ނޫނީ އަހަރެން ނިދީގައި އޮއްވާ ރޫހާނީ ބާރުން ގެންދިޔައީއެވެ. ނިދި ފަހުން ކުރި އެއްވެސް ކަމެއްގެ ހަނދާން ނެތުމުން ހައިރާނެއް ނުވިއެވެ. ހާސްވީ ގައިގައި ހުރި ލޭ ފެނުމުންނެވެ. ޝާޔާ މިރޭ ކާކަށް ކީއް ކުރީ ހެއްޔެވެ؟
އަފްނޯސް ކައްޓެއް ޖެހުނުހެން އަހަރެން ރަނާގެ ނަންބަރަށް ޑައިލް ކޮށްލީމެވެ. އެއްފަހަރު ގުޅިއްޖެއެވެ. ދެފަހަރު ގުޅިއްޖެއެވެ. ހިތާހިތުން ރަނާގެ ސަލާމަތަށް ދުޢާކުރެވުނެވެ. އަހަރެންގެ އަތުން ރަނާއަށް ގެއްލުމެއް ދިންކަމުގައި ވަނީނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ. ކަންފަތުގައި ފޯނު ޖަހައިިގެން ނިއްކުރިއަށް އަތް އެއްލައިގެން އޮއްވައި ރަނާގެ މަޑުމޮޅި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
“ރައްޔާން…ގަޑިން ވީ އިރު އިނގޭތަ؟ ކިހިނެއްވީ؟”
ރަނާ ސަލާމަތުން ހުރިކަން ޔަގީންވި ހިނދު އާދައިގެ ދޮޮގެއް ހަދާލީމެވެ.
“ހަމަ ހަނދާންވީ. ގުޑް ނައިޓް.”
ފޯނު ބާއްވަމުން ރަނާގެ ރަކި ހިނިގަނޑު ސިކުޑީގައި ހަރުލިއެވެ. މިހާރު ކަންތައްތައް ބޮއްސުންލާ ހިސާބަށް ގޮއްސިއެވެ. ކަރުތާ މަތިން ފެން ނުދަނީސް ޝާޔާގެ މި މުސީބާތުން ސަލާމަތްވާންވީއެވެ. ފޯނުގެ ކޮންޓެކްޓު ލިސްޓު ހާވަމުން ގޮސް ހޯދަން އުޅުނު ނަންބަރު ފެނިއްޖެއެވެ. އެއީ ނަމެއް ނުޖަހާ އިން ނަންބަރެކެވެ. ކޯލް ލޮގްއަށް ބަލަންޏާ ގުޅާފައި އިނީ މިދިޔަ އަހަރެވެ. ނަންބަރަށް ގުޅާލުމާއި އެކީ ހަތަރު ވަނަ ރިންގަށް ފޯނު ނެގިއެވެ.
“އާދަންބެ. އަނެއްކާ ވެސް ބޮޑު ކަމެއް ލައިގަނެގެން މިއުޅެނީ” އާދަންބެ މަޖާވެފައި ހިނިގަނޑެއް ޖަހާލިއެވެ.
“ތިހާ ޅައިރު ވެސް ކަލޭމެން ކުދިންނަށް ކަމެއް ނުވާ އިރެއް ނުދޭ ދޯ؟”
އާދަންބެ މިގަޑީގައި ހޭލާ އުޅޭނެކަން އަހަރެންނަށް އިނގެއެވެ. އާދަންބެއަކީ އެ ޒާތުގެ މީހެކެވެ.
“މަޖާ ނުވެ އަޑުއަހާބަ. މި ޝާޔާއަށް ޖިންނި އަވަލައިގެން މިއުޅެނީ. ދެން އަހަަންނަކަށް ނޭނގެ. އެކަމް މީތި އުޅެނީ މަށާ ހިތާވެގެން. ޝާޔާ ގައި ތެރެއަށް ވަދެގެން އުޅޭ އެއްޗެއް.”
އެނދުން ތެދުވެގެން އަތް ހޫރުވަމުން އަހަރެން އާދަންބެ ކައިރީގައި ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދިނީމެވެ.
“ނޭނގެ ތިއަށް އެއްޗެކޭ ބުނާކަށް. އެއްޗެއް ހަދާލަން ޖެހޭނީ. ވެދާނެ ކުރިން ހެދި އެތިން ކޮންމެވެސް ކަމެއް ގޯސްވީކަމަށް”
އާދަންބެ އެއްޗެއް ހަފަމުން ވާހަކަ ދައްކަމުން ދިޔައެވެ.
“އޭ؟ ނުބުނޭ ތިހެން! ނުވާނެ އެހެނެއް! ޝާޔާއަށް ހަނދާން ހުންނާނެއޭތަ ތިބުނަނީ؟”
އަހަރެން ނިއްކުރީގައި ހުރި ދާތައް އަތުގެ ނުފުށުން ފޮހެލީމެވެ.
“ވެދާނެ. ދެން ބަލަމާ. މިވަގުތު ބިޒީ. މާދަން ރޭ އާދޭ!”
އާދަންބެ ފަރުވާކުޑަ ގޮތަކަށް ބުނަމުން ފޯނު ކަނޑާލިއެވެ.
ގަބުކައިފައި ހަށަންބަނެލައިގެން ވިސްނަން އަހަރެންނަށް ހުރެވުނެއެވެ. ތިމާ ފޭހި އިލޮށިގަނޑު އަނެއްކާ ތިމާގެ ލޮލަށް ވަނީ ހެއްޔެވެ؟ އެހެން ކަމުގައި ވަނީނަމަ އަހަރެންގެ މުޅި ހަޔާތް އަނދިރި ކޮށްލާނެއެވެ. މާޒީގައި ކުރެވުނު މޮޔަ ކަމަކުން މުޅި މުސްތަޤްބަލު ބަރުބާދުވާން އުޅޭކަމުގެ އިންޒާރު ލިބެމުން ދިޔައެވެ.
އަތުކުރީގައި އޮތް ގަޑި ދިއްލުމުން ބަލާލިއިރު ހަތަރު ގަޑި ބައިވަނީއެވެ. އެވަގުތު ފަތިހު ނަމާދުގެ ބަންގި ފަޒާގައި ގުގުމައިގެން ދިޔައެވެ. ނަމަވެސް އަހަރެންގެ ކަންފަތުގެ ހިނދުރި ހީވަނީ ފަޅައިގެން ގޮސްދާނެ ހެނެވެ. މުޅި ގައިން ދިލަ ހޫނެއް ނަގައި ކަށީގައި ނުކުޅަދާނަ ވާވަރަށް ރިއްސާލިއެވެ. އިސާހިތަކު ބަންގީގެ އަޑު މަޑުވެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ވެސް ނިމުމަކަށް އައެވެ. މިހެން މިވީ އަލަށް ނޫންކަމުން ގަޔަށް ޓީޝާޓެއް މަހާލަމުން އެނދަށް އަރާ އަހަރެން ބެލީ ނިދާލެވޭތޯއެވެ. ހަ ގަޑި ބައިވަން ވާއިރަށް ބަނދަރު މަތީގައި ހުންނަންޖެހޭ ކަން ހަނދާންވުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

ޝައިމް ގެ ކިޔުން ތެރިންނަށް

Next

733 ( ހަތަރުވަނަބައި )

Next
July 3, 2019

733 ( ހަތަރުވަނަބައި )

Previews
July 3, 2019

ޝައިމް ގެ ކިޔުން ތެރިންނަށް

10 Comments!

  1. Ibsha says:
    July 3, 2019 at 7:40 am

    Varah reethi

    1. Rainoppa says:
      July 3, 2019 at 8:45 am

      Thank you

  2. ❤️Rap Monsta Oppa❤️ says:
    July 3, 2019 at 8:57 am

    Nice

  3. jiji says:
    July 3, 2019 at 9:58 am

    Fabulous…Amazing storyy…Whn next oppa????❤❤❤❤???????????

  4. Rayyan says:
    July 3, 2019 at 4:49 pm

    Vee haaves ahavahkah up kohladhinun edhen next part

  5. drax says:
    July 3, 2019 at 5:20 pm

    It’s getting interesting and making me more curious
    Waiting for next part

  6. Luc!f3r says:
    July 5, 2019 at 3:17 am

    Athiri machchah gos mashifaa roamas kaigen dhw e aee??

    1. Rainoppa says:
      July 5, 2019 at 2:09 pm

      ވެދާނެ ހަމަ. ޝުކުރިއްޔާ ކޮށްލެވި ކޮމެންޓަށް

  7. RAIN LOVER GIRL says:
    July 5, 2019 at 6:38 pm

    WOW

  8. Ash says:
    July 11, 2019 at 8:02 pm

    It is do nice ??

Comments are closed.

Next Episodeދުޝްމަން – 6←


All Right Reserved!