733 ( ހަތަރުވަނަބައި )
ޑެސްކް ގައި އިންކުއްޖާ އާ އަރާހަމަވުމުން ހައިރާންވެފައި އެއަންހެން ކުއްޖާ އަހަރެމެންނަށް ބަލާލިއެވެ.
” ހާއި…އަހަރެން މީ…’
” ތި ރޫމް ބަދަލްކުރަން ރިކްއެސްޓް ކުރި ކުއްޖާ ދޯ ”
” އެތަނުން އެއްކުއްޖެއް…ކިހިނެއް އެނގުނި ؟ ” އަހަރެން ވަރައް ހައިރާން ވިއެވެ.
”ސޮރީ އަޅުގަނޑައް ތިކުދިން ދެއްކި ވާހަކަ އަޑު އިވުނީ ”
” ކިހިނެއް ވެގެން ކޮޓަރި ބަދަލް ކުރަން ބޭނުންވަނީ ؟”
އަހަރެން ހުރީ ވަރައް ލޮޑުވެފައެވެ. އެހެންނޫނަސް ހަދާނެ ދޮގެއްވެސް ނޭންގުނެވެ.
” އެއީ ޖެހިގެން ހުރި ކޮޓަރިން ފާޑުފާޑު ގެ އަޑުތަށް އިވި އުނދަގޫ ވަތީ..އަދި މީހެއް ވެސް ފެނުނު ”
” މީހަކު ؟”
” ހޫމމ”
” ރޫމް 733 އިން ؟ ”
” ދޮރުދަށުން ބަލާލި ވަގުތު ފެނުނީ ”
އެ އަންހެން ކުއްޖާ ބޯ ހަލުވާލިއެވެ.
” އަޅުގަނޑައް ކިޔަނީ ރާނިޔާ ”
” އަޅުގަނޑު އެކޮޓަރިއާ ބެހޭގޮތުން ވަރައް ރިސާރޗްކުރިން ”
” އަޅުގަނޑަށް ހީވަނީ ތިކުދިންނަށް އެހީ ވެވިދާނެހެން ނޫނީ އެންމެ ކުޑަމިނުން މައުލޫމަތު ކޮޅެއް ފޯރު ކޮއްދެވިދާނެ ހެން ”
” އަސްލުވެސް ތަ ” ބުނާން ނުކެރިފައި ހުރެވެސް އަހަރެން ބުނީމެވެ.
” އަޅުގަނޑު އުޅެނި ރައިޓް ހޯލްގެ 310 ގަ. މިއަދު 4 ޖަހާއިރު އަޅުގަނޑު އެތަނައް ދާނީ ”
” ތެންކިޔޫ ”
” އަޅުގަނޑު މެން މިއައީ ޕެރަނޯރމަލް ސޮސައިޓީއަށް ގޮސް ފައި ”
” އެއީ ވަރައް ބޭކަރު ކަމެއް ” ރާނިޔާ ބުމަ އަރުވަލިއެވެ.
” ސޯ ހަތަރެއް ޖަހާއިރު އަޅުގަނޑު ދާނެން ”
” ރަނގަޅު ” ރާނިޔާ ހިނިތުން ވެލިއެވެ.
4 ނުޖަހަނިސް އަހަރެން ހުރި ރާނިޔަގެ ޑޯރމައަށް އައިސް އެވެ.
ރާނިޔާ އަހަރެންގެ އިނަތިޒާރުގައި ހުއްޓެވެ.
މީ މިއަދު އަހަރެން މި ވާހަކަތައް ކިޔާދޭ ދެވަނަ ފަހަރެވެ. ރާނިޔަ އަހަރެން ވަހަކަ ކިޔާދެމުން ދިޔައިރުވެސް އެކިކަހަލަގެ ސުވާލުތައް ކުރަމުން ދިޔައެވެ. ވާހަކަތައް ކިޔާދި ނިމުމުން ރާނިޔާ ގޮނޑީގައި ލެގިލައި ފުންނޭވާއެއް ބެރުކޮއްލިއެވެ.
” ގަބޫލެއްވެސް ނުކުރެވޭ ” ރާނިޔާ ބޯހަލުވަލިއެވެ.
” އަބަދުވެސް އެ ކޮޓަރިއާ ބެހޭގޮތުން އެކިކަހަލަގެ ވާހަތައް އަޑުއިވޭ ”
” އަޅުގަނޑު ކިޔާދިން ހުރިހާ ވާހަކަ ތަކަކީ ތެދު ”
” އޯކޭ…މިހާރު އެކަހަލަކެ ކަމެއް ނުވޭތަ ؟”
” މީހަކު ވައި އަޑުން ވާހަކަ ދައްކާ އަޑު އިވޭ…ދެން ކުޑަދޮރުތައް ބާރައް ހުޅުވިފައި ލެއްޕޭ އަޑު އިވޭ…އެކަމް ދުވާލުގަޑީ އެދޮރުތައް ހުންނަނީ އަބަދުވެސް ހުޅުވިފައި”
ރާނިޔާ ބޯޖަހާލިއެވެ.
” އަހަރެންނައް ހީއެއްނުވޭ ތި ކުދިންނައް އެއްވެސް ނުރައްކަލެއް އޮތްހެނެއް …733 އާ ވިހާވެސް ދުރުން އުޅެންވީ”
” އަޅުގަނޑު ޔަގީނުންވެސް އެތަނައް ނުވަންނާނަން ”
” ގަބޫލްކުރަން ”
” އެ އެތި އެއީ ވަރައް ވިސްނުންތޫނު އެއްޗެއް…ދޮގު ހަދާނެ އަހަރެމެންގެ ބޮލައް އެރެވޭތޯ”
” އެއީ ކޮންއެއްޗެއްކަން އެނގެތޯ ”
”އެއީ ވަރައް ދުވަސްވެފައިވާ ވަރައް ނުރައްކާތެރި އެއްޗެއްކަމައް މީހުން ކިޔަނީ ”
އަހަރެން ރާނިޔާގެ ކޮޓަރިއަށް ނަޒަރު ހިންގާލިމެވެ. މުޅި ކޮތަރި ތެރެވަނީ އެކިކަހަލައިގެ ފޮތްތަކުން ފުރިފައެވެ. ނޫސްކަރުދާސްތަކެއް ވެސް އަލަމާރިގާތުގައި ހުއްޓެވެ.
” އަޅުގަނޑަށް ހިއެއްނުވޭ އެއްވެސް ކަމެއް ވެގެން ވިޔަސް އަޅުގަނޑު އެކޮޓަރިއަށް ވަންނާނަންހެނެއް ”
” އެނގޭ އެކަމް ވަރައް ބަލާގެން އުޅެންވާނީ …މިހާރުވެސް 5މީހުން މަރުވެއްޖެ ”
”ފަހެއް ؟” އަހަރެންގެ ދެލޯ ބޮޑުވިއެވެ.
” އަހަރެން މިކަމާ ބެހޭގޮތުން ވަރައް ރިސާރޗްކުރިން ”
”އެންމެ ފުރަތަމަ މަރު 1961 ގަ ކުޑަދޮރުން ފުންމާލައިގެން ސޯފިޔާ މަރުވީ..1968ގަ ހަސަން ވެސް ކުޑަދޮރުން ފުންމާލީ…ޝާހިދާ 1975 ގަ ދަންޖެހުނީ …ދެން އެންމެ ފަހުން މަރުވި ކުއްޖާ މަލީކް 1992ގަ ދަންޖެހުނީ”
” 5 ވަރު އެވެސް އެއްކޮތަރި އެއްގައި… ކީއްވެ އެތަނުގައި ދިރިއުޅެން ހުއްދަދެނި؟” އަހަރެންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.
” އެކޮޓަރިއަކު ނޫޅެއެންނު އެއްވެސް މީހެއް އެއީ މިހާރު ސަޕްލައި ކްލޯސެޓް އެންނު ”
” އެކަމަކު ކުރިން ؟”
” އާއްމުކޮއް މަރުވިތާ އަހަރުކޮޅެއް ފަހުން އޭރު އެތަނުގައި ކިޔަވަން އުޅުނު ހުރިހާކުދިން ގްރޭޖުއޭޓް ވުމުން ދެން އެތަން ހުޅުވަނީ ”
” އޭރު އިންޓަރނެޓް ވެސް ނެތުމުން އަލައް އަންނަ އެއްވެސް ކުއްޖަކައް މިތަނުގައި އެކަހަލަގެ ކަމެއް ވިކަން ވެސްނޭންގޭނެ”
”1992 ގައި މަލީކް މަރުވުމުން މުޅި ނޯރތް ހޮލް އެއްކޮއް ބަންދު ކޮއްލި..އެއައްފަހު އާ ކޮޓަރިތަކެއް ވެސް ހެދި ”
” ދެން އެހެންވީރު އެތަނުގައި އެއުޅޭ އެތި ބޭނުންވަނި ކޮންކަމެއް ؟”
” ބިރު..ތަދު…މީހުންނައް އުނދަގޫ ކުރަންބޭނުންވަނީ ”
”އެއްވެސް މީހަކައް ނެންގޭ އެއީ ކޯޗެއްކަމެއް ވެސް”
” އޯކެ…އަހަރެމެންނައް އެނގެނި އެއާބެހެގޮތުން ދެން ކޯޗެއް ؟”
” އަހރެންނައް އެނގެނީ އެއެތި އުޅެނީ އެކޮޓަރީގައި ކަން އަދި ކޮޓަރިން ބޭރުގައި އެތިގެ ބާރު ފަނޑުވެގެން ދާކަން ”
މި މައުލުމަތު ތަކަކުން ވެސް އަހަރެންނައް ނުފުދުނެވެ.
” ކިހިނެއް ވެގެން މީހުން އެހެން ހަދަނީ ”އަހަރެން މަޑުމަޑުން އަހާލީމެވެ.
” މަރު ވީ ކުދިން ؟”
އަހަރެން ބޯޖަހާލީމެވެ.
” އެވިޑެންސް ފައިލްސް ތަކުގައި ހުރި މަރުވި ކުދިން ކުރަހާފައި އަދި ލިޔެފާ ހުރި ބައެއްއެއްޗެހިގެ ވާހަކަ….ގިނަ ކުރެހުންތައް އެއީ ކޮންއެއްޗެއްކަންވެސް ޕޮލިހުންނައް ނޭނގުނު ” ވަރައް ބިރުވެރި އެއްޗެހި އޭގައި ވަނީ ”
” މަރުވި މީހުން ކުރަހާފައި ހުރި އެއްޗެހި ؟”
”ހޫމް..އެތަނުގައި އެއުޅޭއެތި އެމީހުން މޮޔަކޮއްލީ ކަންނޭންގެ ”
” ބައެއްމިހުން ކިޔާ މިތަނުގައި މިކަންތައް ތައް ހިނގަންފެށި 1961 ގަ ކޮންމެސް ކުދިންތަކެއް އުއިޖާ ބޯރޑް ގޭމެއް ކުޅުނުފަހުންނޭ ”
” މިކަންތައް އެނގޭނެ މިހަކައްމިތަނުގައި ހުރި މާހިރުބެ އެކަނި ”
”މާހިރުބޭ ؟ ” އަހަރެން އަހާލިމެވެ.
”މާހިރްބޭ އެއީ މިތަނުގައި މަސައްކަތް ކުރާ މުވައްޒަފެއް..1961 ގަވެސް މިތަނުގައި ހުރި މީހެއް ”
” މަހިރުބެ އާ ބައްދަލްކޮއް ސުވަލުކުރަން ވީއެންނު”
”ދިމަވޭތޯ ބަލަމާދޯ ”
”މާދަމާ ؟”
” ޓްރައިކުރާނީ ދޯ ”
އަހަރެމެން އުޅެ އުޅެ މަހިރް ބެ އާ ދިމަ އެއް ނުވިއެވެ. އަހަރެމެން މަހިރްބޭ އާބައްދަލް ކުރަން އުޅޭކަން އެނގިގެން ފިލަން އުޅެނީހެންވެސް ބައެއްފަހަރު ހިވެއެވެ. އެކަމަކު ވެސް އުނމީދު ގެއްލުވާލަން ބޭނުމެއް ނުވިއެވެ. މިތަނުގައި މަސައްކަތްކުރަންޔާ އަދި ދިމަވެދާނެއެވެ.
އިއަންގެ ޑޯރްމް ގައި ނިދަންފެށިފަހުން މަލަކް އާދިމަވަނީ ވަރައް މަދުންނެވެ. އަހަރެމެން ކިޔަނީ ދެ އެއްޗެއްކަމައްވެފައި އަހަރެމެންގެ ކޮޓަރިއަށް ނުދާތިއެވެ.
އަހަރެންގެ ކޮޓަރިއަށް އަހަރެން ދަނީވެސް އާއްމުކޮއް މެންދުރު އަދި ހަވީރު އެއްފަހަރުއެވެ. އެކޮޓަރިގައި ހުންނަ ކޮންމެ ވަގުތަކުވެސް މިހަކު އަހަރެންނަސް ބަލަން ހުންނަހެން ހީވެއެވެ. ބޮޑު ތޫފާނެއްއަންނަންވެގެން މުޅިތަން ހިމޭންވެފައިވާފަދައެވެ. އީދް ކައިވަމުން އަންނަނިއެވެ.
މިރޭ ކޮޓަރިއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. މިހާރު އިރުއޮއްސި އަނދިރިވެސް ވެއްޖެއެވެ.
މަލަކް ވި އަލްޔަންގެ ގާތުގައެވެ. މަލަކް ބުނީ މަލަކް ހުންނާނީ މަލަކްގެ ބައެއްލާއެއްޗެހި އަލްޔަންގެ ކޮޓަރިއަށް ގެންގޮސްފައިވާކަމަށެވެ. ވީމާ ދެން އެހާއަވަހަކަށް މިކޮޓަރިއަށް އަންނާކަށް ނުޖެހޭނެއެވެ.
ފެންވަރައިގެން އައިސް ލޯގަނޑުގެ ކައިރިގައި އަހަރެން މަޑުކޮށް ލީމެވެ. މިރޭ އިއަން އާއިއެކު ޕާޓިއަކައް ދާންވެގެން ރެޑީވާންފެށީމެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް މިތަނުން ނުކުމެގެން ދާށެވެ. ކޮޓަރި ހަމަހިމޭންކަމުންވެސް އަހަރެން ބިރުގަންނަން ފެށިއެވެ. ލެޕް ހުޅުވާލައި އެކްސްއޯގެ ލަވައެއްޖަހާލަމުން އަޑުބާރުކޮއްލީމެވެ.
” އައިމް ކަމިން އޯވާރ..ކަމިން އޯވާ..”
ލަވާގެ އަޑުދަށުން ލަވަކިޔަމުން އިސްތަށިގަނޑުގައި ފުނާއަޅަންފެށިމެވެ.
”އުޕްސް” އަހަރެންގެ އަތުން ވޫލްކޮޅު ވެއްޓުނެވެ. އަވަސް އަވަހައް ގުދުވެ ވުލްކޮޅު ނެގީމެވެ.
ޖަހަފައިވާ ލަވަ ނިވިފައިވާކަން އަހަރެންނަށް ފާހަގަވިއެވެ.
ލޯގަނޑައް އަހަރެން ބަލާލީމެވެ. އަހަރެންގެ މެގަނޑު އަނގަޔަށް އައިފަދައެވެ. މިހާރު އަހަރެންނަށް މިހުރެވުނީ އަހަރެންގެ ކޮޓަރީގައެއްނޫނެވެ.
އަހރެންގެ ފަހަތުގައި ހިރަފުހާއި ތަތްތެޅިފައިވަ ގޮދަޑިތަކާއި ހުޅުވިފައިވަ 733 ގެ ކުޑަދޮރުތައް ފެންނަން ހުއްޓެވެ. ލޯބޮޑުކޮއްލާފައި އަހަރެން ކޮޓަރިތެރެއަށް ބަލަން ހުއްޓާ ފަހަތުން ވަރައް ބާރައް އެއްޗެއް ދިޔަތަން ފެނުނެވެ. ސިއްސައިގެންފައި ފަހަތައް އެނބުރި އަހަރެން ބަލާލީމެވެ. މީ މިހާރު އަހަރެންގެ ކޮޓަރިއެވެ. ވާނުވާ ނޭންގި ހުރި ހާހު އަނެއްކާވެސް ލޯގަނޑައް އެނބުރި ބަލާލިމެވެ.
ލޯގަނޑުން ފެންނަނީ އަހަރެން 733 ގައި ހުއްޓައެވެ. ދެލޯބޮޑުކޮއްލާފައި ލޯގަނޑައް ބަލަން ހުއްޓައި އަހަރެންގެ ފަހަތުން އޮރެންޖްކުލައިގެ ދެލޯ ދިއްލިގެން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Reethi
Omg I’m so curious
Reethi mi part ves ??
Waiting for next part
OMG woow v nice
and v curious veyeba
OMG???…Just fabulous..Dear whn next??
Fabulous story… wow whne nextt?
Salhi ey
Exo fan eh dhw. Ekm kurin kee part eh ga engenee BTS Army eh kamah. Fake love ge bai aieem I heekuree you a kee BTS fan eh kamah. Hehe….Vaahaka v reethi……masha allah. Your born to be a story writer ??
I am dyn out of fear……its awsme ur an incredible writer!!!!