އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެން އިތުރަށް ނިދަން ބޭނުން ނުވާތީ އަވަހަށް ތެދުވެގެންް ނަމާދައް ދާން ތައްޔާރު ވީމެވެ. ނަމާދު ކުރުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަހަރެންނަށް ވެގެން ވާނަމަ ރޭގަނޑު ނުނިދާ ހޭލާ އިނދެގެން ރޭ އަޅުކަން ކުރާނެމެވެ. ނަމާދުކުރުމައް ތައްޔާރުވެގެން އަހަރެން މިސްކިތައް ދާން ގެއިން ނިކުތް އިރު ރަތް ކުލައިގެެ ދިގު ހެދުމެއްގައި އަންހެން ކުއްޖަކު ހުއްޓެވެެ. އެކަމައް އަހަންނެއް ސަމާލުކަމެއް ނުދެމެވެ. އަހަރެން […]
ނާޒް އަކީ އަހަރެންނަށް އަށާރަ އަހަރު ފުރުނު ދުވަހު ދިމާވި ކުއްޖެކެވެ. އަހަންނަށް އެކުއްޖާ ވަރަށް ކަމުދިޔައެވެ. އަހަރެން ވެސް ލަސް ތަކެއް ނު’ުކޮއް ލޯބިވާ ވާހަކަ ބުނީމެވެ. އޭނާވެސް އަހަންރެން ދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އަހަންނަށް މިހާރު ގިނަ ވަގުތު ހޭދަ ކުރެވެނީ ނާޒް ކައިރީގައެވެ. ނާޒްވެސް މެއެވެ. ނާޒް އުޅެނީ އެކަންޏެވެ. ފަޅުތަނެއްގަަ ކަހަލައެވެ. އެ ގެއަކީ ވަލުތެރޭޭަގައި ހުންނަގެއެކެވެ.