Skip to content
އެސްފިޔަ

ނާޒް 1

އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެން އިތުރަށް ނިދަން ބޭނުން ނުވާތީ އަވަހަށް ތެދުވެގެންް ނަމާދައް ދާން ތައްޔާރު ވީމެވެ. ނަމާދު ކުރުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަހަރެންނަށް ވެގެން ވާނަމަ ރޭގަނޑު ނުނިދާ ހޭލާ އިނދެގެން ރޭ އަޅުކަން ކުރާނެމެވެ. ނަމާދުކުރުމައް ތައްޔާރުވެގެން އަހަރެން މިސްކިތައް ދާން ގެއިން ނިކުތް އިރު ރަތް ކުލައިގެެ ދިގު ހެދުމެއްގައި އަންހެން ކުއްޖަކު ހުއްޓެވެެ. އެކަމައް އަހަންނެއް ސަމާލުކަމެއް ނުދެމެވެ. އަހަރެން ދާންބޭނުންވީ މިސްކިތަށެވެ.

މިސްކިތައް ގޮސް އަހަރެން ވަތް އިރު ގަމަތް ދެނީއެވެ. އަހަރެންވެސް ނަމާދުގައި ބައިވެރިވީމެވެ. ނަމާދު ކޮށް ނިމިގެން އަހރެން ގެއަށް އައިރު އެތާ އެއަންހެން ކުއްޖާ ހުއްޓެވެ. އަހަރެން މިބުރު މާ ބޮޑު ސަމާލުކަމެއް ނުދީ ގެއަށް ވަންނަން ދިޔައީމެެވެ.”ޒާން.” އަހަންނަށް ހުއްޓެން މަޖުބޫރުވިއެވެ. އެއަންހެން ކުއްޖާ އަހަންނަށް ގޮވާލިއެވެ. ”ކިހިނެއްވީ.؟” އަހަރެން ވާހަކަ ދެއްކީ އޭނާޔާ ފުރަގަސް ދީގެން ހުރެއެވެ. ”ޒާން އަހަރެން މީ ނާޒް… އަހަރެން ޒާން އަށް މި ގޮވީ ކަމަކު. އަހަންނަށް އެކަން ކޮއްދެވިދާނެތަ؟”ނާޒް އަހަންނާ ވާހަކަ ދައްކަން ފެށިއެވެ.”ބުނީމަ ދޯ އިނގޭނީ…” އަހަރެން ބުނެލީމެވެ.

”އަހަރެންނަށް ކޮންމެ ދުވަހަކު ފަތިސް ނަމާދު ބަންގިއަށް ގޮވާދީބަލަ…” ނާޒް ބުނެލިއެވެ. ”ވަޓް؟ ކިހިނެއް.؟ އަހަރެން މީ ސޯނާ ގަޑިއެއްތަ… ރަށުގެ ރައްޔިތުންނަށް މަ ވީ ގޮވަން ފަތިސް ނަމާދަށް.. ހޭލަން… ” އަހަރެން އައީ އަމަށަކު ރުޅިއެއް ނޫނެވެ.” އޮންލީ ނޮކް ދި ޑޯރ..” ގޭގެ ދޮރަށް ނާޒް އިޝާރަތް ކޮއްލަމުން ބުނެލިއެވެ. ”އޯކޭ.. އެކަމް އަހަންނަށް އަހާލެވިދާނެ ދޯ ކީއްވެތޯ ތިކަން ކުރަން އަހަންނަށް ޖެހެނީީ އަދި ނާޒް ފިޔަވައި އެހެން މީހަކު ތި ގޭގެ އުޅޭތޯ؟” ޒާން ސުވާލް ކޮއްލިއެވެެ. ”އަހަރެންގެ މަންމައާއި ބައްޕަ ވީ އަހަރެން ވަރަަށް ކުޑައިރު ނިޔާވެފަ އަދި ދެން ހުންނަނީ ކޮއްކެއެއް… އޭނާ އޭނާ.. މީގެ ދެހަފްތާ ކުރިން ވަނީ ކެންސަރު ބަލީގައިި ނިޔާވެފަ.. މިއީ އަހަރެންގެ އަސްލު ގެއެއް ނޫން.. މީ އަހރެންގެ އެކުވެރިޔެއްގެ ގެ… އަދި އެއްހަފްތާ ވީމަ އެކޮޅު ގެއައް ބަދަލު ވާނަން…” ނާޒް ބުނެލިއެވެ.

”އަދި އެއްވާހަކަ އަހަންނަށް އިނގޭޭ ޒާން އުޅެނީ ތި ބޮޑު ގޭގަ އެކަނިކަން އިނގޭ .” ނާޒް ބުނެލި އެވެ. ”ތިބުނީ އަހަރެންގެ ގެއައް ކަލޭޭ ވައްދަންވީ އޭތަ…؟” އަހަރެން ބުނީމެވެ.”ނޫން ތިހެެންް ހީނު ކުރޭ…… އަހަރެން ދަނީ… މިހާރު މާ ލަސްވެއްޖެ. ” ނާޒް ބުނެލިއެވެ. އޭނާ އެބުރި ގެއައް ދިޔައެވެ. އަހަރެންނަށް ވިސްނެމުން ދިަޔައިީީ އެ އަންހެން ކުއްޖާ އާ މެދުއެވެ. އެއީ ކާކު ހެއްޔެވެ؟ ނޭނގެ އެވެ. މާދަމާ މި ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަނަމެވެ. އަހަރެން ހިތުގައި ވަނީ މި އަޒުމެވެެ.

އޭގެ ނޫން އަނެއްދުވަހުގެ ފަތިސް ވަގުތެވެ. އަހަރެން ނަމާދު ކޮއްގެން ނާޒްގެ ކާރިއައް ދިޔައީމެވެެ.އަހަރެން އެގޭގައި ޓަކި ދިނީމެވެ. ދޮރު ކުއްލިއަކައް ހުޅުވުނެވެެ. އަހަރެން އެތެރެއަށް ވަނީމެވެ. ކުރިއައް ދިމާވާން އުޅޭ ހާދިޘާ ނޭނގޭ ހާލުއެވެ. އަހަރެން އޭނާ ހޯދާނަމެވެ. އަދި ޖަވާބު ވެސް ހޯދާނަމެވެ. ސުވާލުވެސް ކުރާނަމެވެ.ގެއަކީ ތަނަވަސް ގެއެކެވެ. ނަމަވެސް އެހެން ގޭތަކާ ހިލާފައް ގޭގައި ހުރީ ހުސް ރަތް ކުލައެވެ. އަދި ގޭތެރެ ޒީނަތްތެރި ކުރުމުގައި ބޭނުން ކުރެވިފައި ވަނީ ޖިންނި މަލެވެ. އަހަންނަށް ފެނުނީ އެންމެ ދޮރެކެވެ. އެ ދޮރުގައި ވަނީ ރަތް ކުލަ ލެވިފައެވެ. އަހަރެން އެ ދޮރުގައި ޓަކި ޖަހާލީމެވެ. ކުއްލިއަކަށް އެ ދޮރު ވެސް ހުޅުވެނެވެެ. އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ.

▪〰ނުނިމޭ〰▪

Comments (6)

  1. Luc!f3r

    Few mistakes.. Nice story line.. Waiting

    1. Ishhhu
      Luc!f3r

      Thank u. I will try my best next time

  2. Rifu

    wow.. Ma Shaa allah… Vvvvv nice story.. Keep it up ingey… When next????

    1. Ishhhu
      Rifu

      Thank u. Insha allah Wednesday

  3. drax

    Reethi mi part
    Waiting for next part
    I like next part to be little longer

    1. Ishhhu
      drax

      Thank u. Will try to make it long.

Comments are closed.