733 ( ފަސްވަނަބައި )
ލޯގަނޑުން ފެންނަނީ އަހަރެން 733 ގައި ހުއްޓައެވެ. ދެލޯބޮޑުކޮއްލާފައި ލޯގަނޑައް ބަލަން ހުއްޓައި އަހަރެންގެ ފަހަތުން އޮރެންޖްކުލައިގެ ދެލޯ ދިއްލިގެން ދިޔައެވެ.
ހަޅޭލަވައިގަންނަމުން އަހަރެން ކޮޓަރިން ނުކުތީ ދުވަމުންނެވެ. ބަންލާފައި ދޮރުޖަހާފައި ދަމުން އަހަރެން ރާނިޔާއަށް ގުޅީމެވެ.
” ދެން އަހަރެންނަށް މިކަމެއް ނުވާނެ ”
” ދެން ދުވަހަކުވެސް އެކޮޓަރިއަށް ދާކަށް އަހަރެން ބޭނުމެއް ނޫން ”
އަހަރެންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.
” ކިހިނެއްވީ ؟ ”
އަހަރެން ދެންމެ ވި ހުރިހާކަމެއް ކިޔާދިނިމޖެވެ.
” ދެން ކިހިނެއް ހަދާން ބޭނުމީ ؟” ރައިނާ އަހާލިއެވެ.
” އަހަރެން ބޭނުމީ މިކަން ރަނގަޅަށް އެނގޭ މިހަކާ ވާހަކަ ދައްކަން…މިކަމައް ހައްލެއް ހޯދަން”
” މަދަމާ ކޮންމެސް ގޮތަކުން މަހިރުބޭ އާ ބައްދަލް ކުރަން ވި އެންނު ”
ބުނަން ފަސޭހައެވެ. ޔަގީނުން ވެސް މާހިރުބެ އަހަރެމެންނާ ވާހަކައެއް ނުދައްކާނެއެވެ. އާދެސްކޮއްގެން ވެސް އަހަރެމެން މިކަމައް ހައްލެއް ބޭނުމެވެ.
” މާހިރު ބޭ ދާނެ ކޮންމެ ދުވަހަކު ހެނދުނު މިތާގާތުގައި ހުންނަ ކެފޭއަކަށް ”
”އެތަނުން ދިމާވާން ވީއެންނު ” ރާނިޔާ ބުންޏެވެ.
” 7:30 ؟ ”
އެގަޑީ އަހަރެންނައް ކުލާހެއްވެސް އޮންނާނެއެވެ. އެކަމަކުވެސް ހެވެ. ރާނިޔާ ގާތު އެގަޑީގައި ބައްދަލް ވާނަން ކަމައް ބުނެ އިއަން އަށް އަހަރެން ގުޅީމެވެ.
ޕާޓީއަށް ދިޔައިރު އަހަރެންގެ މޫނުމަތިން ފެންނަން ހުރި ހާސްކަންފެނި އިއަން ވަރަށް ސުވާލުކުރިއެވެ. އިއަން މާގިނައިން ސުވާލުކުރަން ފެށުމުން އަހަރެން ކަންދިމާވިގޮތް ކުރުގޮތަކަށް ކިޔާދިނިމެވެ. އަހަރެން މޮޔަވީއޭ އިއަން ހީނުކޮއްފިއްޔާ ރަނގަޅޭހިތައްއެރިއެވެ.
11 ޖަހާކަންހާއިރު ޓެރަސް މައްޗައް އަހަރެންނުކުތީ ސިނގެރޭޓެއް ރޯކޮއްލައިގެންނެވެ. ފޯނައް ބަލާލަން ވެސް ހިތައްއެރީ އެތަނުގައި އިށީންދެލުމައްފަހުއެވެ. މަލަކްގެ ވޮއިސްމެސެޖެއް އިނުމުން ހައިރާންވިއެވެ. މެސެޖްގައި އައިތް ޖައްސާލަމުން ފޯނު ކަންފަތުގައި ޖެހިމެވެ.
” ހެ ރީން ވަރައް ކަޑަ ކަމެއް ވެއްޖެ…އަލްޔަން ބޭނުންވަނީ އީދްގެ ފުރތަމަރޭ 733ގަ ހޭދަކޮއްލަން އޭނަ ގެ ރައްޓެހިންނާއެކު…އަހަރެން ވަރައް އާދޭސް ކުރިން އެކަމަކުވެސް އެއްބަހެއް ނުވި…ނެންގެ މަށަކަށް ކުރާނެކަމެއް”
ފޯނު ޖިބައްލުމައްފަހު އަހަރެން އައީ އިއަންގެ ގާތަށެވެ. އިއަން ގެ ގަތުގައި އަހަރެން ގެއަށް ގެންދިޔުމައް އަހަރެން އެދުނިމެވެ.
ހެނދުނު އަހަރެންނައް ހޭލެވުނި އަހަރެންގެ ފޯނު އެލާރމަވުމުންނެވެ. އަވަސް އަވަހައް ރީތިވެގެން އަހަރެން ދިޔައީ ރާނިޔާ ހޯދަށެވެ. އަހަރެންގެ އިންތިޒާރުގައި ރާނިޔާ ކޮލެޖް ގޯތިތެރޭގައި ހަދާފައި ހުރި އަށްޓެއްމަތީގައި އިނެވެ. ރާނިޔާއާއި އަރާ ހަމަވުމުން ހިނިތުންވެލަމުން ކޮފީތައްޓެއް ދިއްކޮއްލިއެވެ.
”ކިހިނެއް ވީ ތިހެނީ؟” އަހަރެން ހައިރާންވެފައި ރާނިޔައަށް ބަލާލީމެވެ.
”ރޭގެ މެސެޖުތައް”
” ރޭގަ އަހަރެން މެސެޖް ކުރިން ؟”
”ހޫމް އެކެއްޖެހިއިރު ”
” އެ ކޮޓަރިއަށް އެއްވެސް މީހަކު ނުވަންނަތާ މިހާރު ވަރައްގިނަ އަހަރު ވެއްޖެ ”
” މަރުވި ހުރިހާމީހުން ވެސް މަރުވީ އެމީހުން އެކަނި އެކޮޓަރީގައި ހުރެފައި ސޯ އެހަގިނަކުދިން އެކަނި އެކޮޓަރިއަށް ދަންޔާ އެމިހުންނައް އެއްވެސް ނުރައްކަލެއް އޮތްހެނެއް ހީއެއްނުވޭ ”
އަލްޔަންމެން އެތަނައް ދާންއުޅޭކަން ރާނިޔާގާތުބުނެވުނީ ކޮންއިރަކުތޯ އަހަރެންގެ ހިތައްއެރިއެވެ.
”މާހިރުބޭ މިތަނައް އަންނާނީ ކޮންއިރަކުން ؟ ” މަގުމައްޗައް ބަލާލަމުން އަހަރެން ބުނީމެވެ.
” 20 މިނެޓް ކުރިން ” ރާނިޔާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. 30 ވަރަކައް މިނެޓް ވާންދެއް އަހަރެމެން އެތަނުގައި ތިބީމެވެ. އެންމެ ފަހުން މިއަދުވެސް މާހިރުބޭ އަހަރެމެންނައް ފިލީކަމައް އަހަރެމެން ނިމީންމީމެވެ. އަހަރެމެން މާހިރުބޭ ހޯދަން މިތަނަނައް އަންނާނެކަން އެނގުނީ ކިހިނެއްކަމެއް ނޭންގުނެވެ.
މާހިރުބޭ ކޮބާތޯ ބަލާލަން ދެން އަަހަރެމެން ދިޔައީ އެޑްމިން އޮފީހަށެވެ. އެޑްމިން އޮފީހުގެ ޑެސްކްގާތައް އައިސް މަޑޫކޮއްލުމުން އެތަނުގައި އިން އަނހެންމީހާ އަހަރެމެންނަށް ބަލާލީ ފިނިގޮތަކަށެވެ.
މާހިރުބޭގެ ވާހަކަ އެހުމުން އެމީހާ އަހަރެމެންނަށް ބަލާލީ ރުޅިވެރިގޮތަކަށެވެ.
”މާހިރު މިއަދު ނާދޭ ”
” ދެން ނުވެސް އަންނާނެ ”
” އިއްޔެ ވަޒިފާއިން ވަކިވީ….ކަލޭމެންނައް ދެން މާހިރު އަށް އުނދަގުލެއް ނުކުރެވޭނެ ”
” އަޅުގަނޑުމެން ބޭނުންވީ ވާހަކަ އެއް އަހާލަން ”
” މިހާރުވެސް ބޭނުން” އަހަރެންގެ ވާހަކަ މެދު ކަނޑާލަމުން ރާނިޔާ ބުންޏެވެ.
” އަހަރެންގެ ފަރާތުން އެއްވެސް މައުލުމާތެއް ނުލިބޭނެ ” އެތަނުން ތެދުވެގެން ދަމުން އެއަންހެންމީހާ ބުންޏެވެ.
” ދެން ކިހިނެއް ހަދާނީ ؟” ރާނިޔާއަށް އަހަރެން ބަލާލީމެވެ.
” މާހިރްބެ ނެތިއްޔާ ދެން ނެތް ކުރާނެ ކަމެއް” ރާނިޔާ ފުން ނެވާއެއް ދޫކޮއްލިއެވެ.
” މަށެއް ނުދާނެއް އެކޮޓަރިއަކައް ”
” ނަސީބެއްނު….އަފްރީންމެން އެހެން ކޮޓަރިއަކައް ބަދަލްކުރަން މިއަދު ހުއްދަ އައިސްފި ”
” އަސްލުވެސް ތަ ” އަހަރެންން ގަބޫލެއްވެސް ނުކުރެވުނެވެ.
” އެ ކޮޓަރި އެހެން ކުއްޖަކައް ނުދިނުމަށް ވެސް ބޮސްގެ ގާތު އަހަރެން އެދުނިން ”
” ތެންކް ޔޫ ” އަހަރެން ހިނިތުން ވެލީމެވެ.
” އެކަމަކު އަދި އެހެން ކޮޓަރިއަކައް ބަދަލްވެވޭނީ ހޯމަދުވަހު”
” އޯކޭ ދެން މި ކުޑަދުވަސްކޮޅު ކެތްކޮއްލާނީ ތާ ދޯ ”
”މަލަކް ގާތު ބުނަންވީ ” މަލަކް އަށް ގުޅަން ފޯނުނަގާ ހުޅުވާލިއިރު އަދި ނުހުޅުވާ އިން ވޮއިސް މެއިލްއެއް ފެނުމުން ހައިރާންވިއެވެ. ފޯނުނަގާ ކަންފަތުގައި އަހަރެން ޖައްސާލީމެވެ.
” ހާއި ރީން އިޓްސް މީ އަގެން…..މި އައީ އަލްޔަން އާ ވަރައް ޒުވާބު ކޮއްފާ…މިރޭ އޭނަ ގާތު އޮންނާކަށް މަށެއް ބޭނުމެއް ނޫން…ސޯ..އަހަރެން މިދަނީ 734 އައް…އަހަރެން ވަރަށް ނިދިއައިސްފި….ގޫޑް ނައިޓް….ލަވް ޔޫ”
” ޝިޓް ” އަހަރެންނައް ބުނެވުނެވެ.
ހައިރާންވެފައި ރާނިޔާ އަހަރެންނަށް ބަލާލިއެވެ.
” މަލަކް ރޭ ނިދީ އަހަރެމެންގެ ޑޯރމްގަ ”
ރާނިޔާގެ އަނގަ ހުޅުވުނެވެ.
”މަލަކް އަށް އެއްވެސް ކަމެއް ނުވާނެދޯ” އަހަރެން ބުނީމެވެ.
‘733 އަށް ނުދަންޔާ އެއްވެސް ކަމެއް ނުވާނެ ”
” މަލަކް އެއް ނުދާނެ އެތަނައް ”
733ގެ ކުޑަދޮރުތައް ފެނުމުން އެކޮޓަރިއަށްވެސް މަލަކް ނުވަންނާނެކަން ޔަގީނެވެ. އަބަދުވެސް އުސްތަންތަން ދެކެ ބިރުގަންނަ މަލަކް ކޮޓަރީގެ ދޮރުން ބޭރުވެސް ބަލާނުލާނެއެވެ.
” ދެން ކުރާނެ އިތުރު ކަމެއް ނެތިއްޔާ ލައިބްރަރީއަށް ދާން ވިއެންނު ”
އަހަރެންނައް ދެން ކުލާސް އޮންނާނީ 10 ޖަހާއިރު ކަމުން ރާނިޔާއާއެކު ލައިބްރަރިއަށް ދިޔުމަށް އެއްބަސް ވީމެވެ.
ލައިބްރަރީގައި އިން އަންހެންމީހައަށް މިހަރު 1000 އަހަރު ވާނަ އުޅޭނެ ކަންނޭންގެއެވެ.
ކުޑަ ކުޑަ ފެންކަޅިވެފައިވަ ދެލޮލެވެ. ހަންގަނޑުވެސް އޮތީ ވަރައް ބޮޑައް ރޫޖެހިފައެވެ. އެކަމަކު ހިތްހެޔޮ މީހެއް ހެން ހީވެއެވެ. އަހަރެމެން ހޯދަން ބޭނުންވާފޮގެ ނަން ބުނުމުން ހިނިތުން ވެލަމުން އެތަން ދައްކާލަދިނެވެ.
އެތަނުން އަހަރެމެން ބޭނުންވާ މައުލޫމާތު ހުރި އެއްވެސް އެއްޗެއް ނުފެނުނެވެ.
އެއަންހެން މީހާއަށް އަހަރެމެންނާހެދި އުނދަގޫ ވާނަފެށިހެން ހީވިއެވެ. ފޮތްކިޔަން އިނދެފައިވެސް ބައެއްފަހަރު އަހަރެމެން ކުރަނީ ކޮންކަމެއްތޯ ބަލާލައެވެ.
” އައިމް ސޮރީ…..މިތަނުގައި އުއިޖާ ބޯރޑްސް އާ ބެހޭ އެއްވެސް ފޮތެއް ހުންނާނެތޯ ” އެ އަންހެން މީހާގެ ގާތުގައި މަޑުކޮއްލަމުން އަހަރެން ބުނީމެވެ.
”އެއީ ކޮންކަމަކު ”
”ކޮލެޖް ކެ ކަމަކު ވެއްޖިއްޔާ ރަނގަޅު ” އެއަނހެންމީހާގެ ބުނެލިއެވެ.
”ކޮލެޖް ކަމަކު” އަވަސް އަވަހައް އަހަރެން ބުނީމެވެ.
” ދޮގު…ޕާސަނަލް ރިސާޗް ”ރާނިޔާ ބުންޏެވެ.
” އަޅުގަނޑު މެން ނޫޅެން އުއިޖާ ބޯރޑައް އެއްވެސް ކަމެއް ކުރާކައް ” އަހަރެން ބުނީމެވެ.
” ރަނގަޅު… ދެން އެކަހަލަކެ ކަމެއް ބަލާނެހާ ހިއްވަރެއް އަހަރެންގެ ގަޔަކު ނެތް ”
” ދެން ؟” ރާނިޔާ ތަކުރާރުކޮއްލިއވެ.
” މިތަނުގައި އެކަހަލަގެ މައުލޫމާތު ހުންނަ ފޮތް ވަރައް މަދުވާނެ”
” މިސް އަރްމާނީ އަޅުގަނޑުމެން މިއުޅެނީ 1961 ގަ މިތަނުގައި ހިނގި ކަންތައް ހޯދަންވެގެން”
އަހަރެންގެ ވާހަކަ މެދު ކަނޑާލަމުން ރާނިޔާ ބުންޏެވެ.
” އޭގެ ފަހުން މިވާކަންތައްތައް ވެސް ބަލަން ”
” މީ ސިއްރެއް ނޫން 1961 ގަ އެކޮޓަރީގައި ކުއްޖަކު އަމިއްލަ އައް މަރުވީ ”
”ފަސްކުދިން ”
” އެނގޭދޯ އެކަން ” ރާނިޔާ އިތުރުކޮއްލިއެވެ.
”މިސް ވާހަކަ ދައްކާގޮތުން ހީވަނީ ހުރިހާކަމެއް އެނގިގެން ވާހަކަ ދައްކާހެން”
” އަޅުގަނޑު މެންނައް ކިޔާދޭންވި އެންނު ތޯ…އަޅުގަނޑުމެން ބޭނުންވަނީ މިކަން ހުއްޓުވަން”
” މިކަމެއް ނުހުއްޓުވޭނެ” މަޑު މަޑުން މިސް އަރްމާނީ ބުންޏެވެ.
” ތިކަމާ ވީހާވެސް ދުރުން އުޅުނިއްޔާ ރަނގަޅުވާނީ ”
” ކުރިން ވެސް ކުދިން މަރުވި އަދިވެސް ވާނެ ” މިސް އަރްމާނީ އިތުރުކޮއްލިއެވެ.
” އަހަރެން ދުވަހަކުވެސް އެރޭގެ މަތިން ހަނދާން ނުނެތޭނެ..ސޯފިޔާއާއެކުގައި އެ ކޮތަރީގައި އުޅުނީ އަހަރެން..އެ ކުޑަކުޑަ ދޮރުން ސޯފިޔާ ފުންމާލިތަން އަހަރެންނަށް ފެނުނު…އަހަރެންނައް ނިދިން ހޭލެވުނު ވަގުތު ސޯފިޔަ ކުޑަދޮރުން ބޭރައް ނުކުންނަނި..އެތާ ބޭރު އިންނަ ކުޑަ ލަކުދިގަނޑުމަތީގައި ހުރެފައި ކުއްލިއަކައް ފުންމާލީ”
” އައިމް ސޮރީ…އަޅުގަނޑަކައް ނޭނގޭ ތިކަމެއް” ރާނިޔާ އިސްދަށައް ޖަހާލިއެވެ.
” އަޅާނުލާ ދެން އެކަމެއް އެއްވެސް މީހަކައް ބަދަލް އެއްނުކުރެވޭނެ ”
” އެހެން ކޮޓަރިއަކައް ބަދަލް ވެވޭތޯ ތިކުދިން އުޅޭ ”
ރާނިޔާ އާއި އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ގައިން ހީބިހިނަގައިގެންދިޔައެވެ. އެނބުރި އައިސް މިސް އަރްމާނީގެ ގާތުގައި މަޑުކޮއްލީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Me first dhww.. BTW mi bai vec vv rythii enge?..whn next..
Nice whn is the nxt part ? can’t wait
wow. v nice story. and v mysterious.? kon irakun next part neranee❤
I am seconed right.
Mi part ves reeth
vaahaka thankolheh interesting kollan feney
(ninmun v.reethi)
Story V. Salhi… V. Reethi.. Keep it up.. Love you
When is the next part gonna upload???? Waiting curiously for this story…. mi story hama varah habeys ummedhu kuran nimendhen genesdheyne kamah?….. plx upload it soon??
I’m Just (JUNGSHOOK) V salhi. I’m 13 years old but still enjoying this story. Keep up the good work! You nice keep going. ❤❤