އަހަރެންނަކީ އެތަށް ބިރުވެރި ހާދަސާތަކާއި ކުރިމަތި ލާފައިވާާ ހިތްވަރުގަދަ އަންހެނެކެވެ. އެހެންކަމުން އަހަރެންނަކީ ބިރުވެރި އެތަށް ކަންކަމަށް ތަޖުރިބާ ހުރި މީހެކެވެ. އޭގެ ފަހުގައި އެންމެންނަށް ކޮންމެ ބޮޑު ޢީދަކު އަހަރެން ވާހަކަ ކިޔާދޭން ޖެހެއެވެ. އެއް ބޮޑު ޢީދަކު އަހަރެންގެ ރަށްޓެހިންނަށް ވާހަކަ އެއް ކިޔައިދިނުމަށް އެކުދިން އެދުނެވެ. ******************************************************************************** އެދުވަހު އަހަރެން ދިޔައީ އަހަރެންގެ ރަށްޓެހިންނާއެކު ހިނގާލުމަށެވެ. އެންމެން ތައްޔާރުވެ ނިމިގެން ގެއިން ނިކުތްއިރު އިރު އޮއްސެނީއެވެ. އެއީ ކޮންމެ ދުވަހަކު ވެސް ވާވަރެވެ. ނަމަވެސް ކޮންމެހެންވެސް މިރޭ ހިނގާލަން ދިއުމަށް އެންމެން ކިޔަންފެށުމުން އެންމެން ހިގާލަން ދިއުމަށް އަތިރި ފަރާތަށް ނިކުތެވެ. އެންމެންގެ މިސްރާބު ހުރީ އާމަގާ ދިމާލަށެވެ. އާމަގަށް ދިޔތަނާހެން އެކަކު ބުނެލިއެވެ. ” އެންމެން އަޑުމަޑުކުރޭ. ބަލާލަބަލަ އެހުރި މީ..މީހެއް. މި އޮއްފަދަ ރޭގަނޑު މޫ..މޫދު..މޫދުގައި” އޭރު ހުރިހާ އެންމެން ބިރުން ހުރެ އޭނާ އަތްދިއްކޮގެން ހުރި ދިމާލަށް ބަލާލިއެވެ. ބަލާލިތަނާހެން އެ މީހާ އެއްގަމާ ދިމާލަށް ބާރަކަށް އައެވެ. ކައިރިވާވަރަކަށް އޭތީގެ ސިފަ ރަނގަޅަށް ފެނުނެވެ. ” ސުބްޙާނަالله. އެއީ އިންސާނެއް ނޫން. އެއީ ފުރޭތައެއް. އެންމެން އާދޭ މިތަނަށް . އެވެސް އަޑެއް ނުލަށްވާތި. ” އަހަރެން ވައިއަޑުން ބުނެލިއެވެ. އޭރު އޭތި އައިސް އެއްގަމަށް އަރައިފިއެވެ . އޭތީގެ އަތުގައި ބޮޑު ރޯ މަހެއް އޮތެވެ. އިށީދެލެވުން ކަމެއް ނޭގެއެވެ. ރޯ މަސް ބުރި ކާން ފެށިއެވެ. ކާގޮތުން ހީވަނީ ބަޑަށް ހުރި އެއްޗެއް ހެންނެވެ. އަވަހަށް އަހަރެން އެކުވެރި ކުދިންނާއެކު ވަލުތެރެއިން ނިކުމެގެން އަވަހަށް ގެއާ ދިމާއަށް ދުއްވައިގަތީއެވެ. ތިން މީހުންގެވެސް ކައިރީގައި ހުރިކަން ނަސީބެވެ. ދުވަމުން ގޮސް އެމީހެއްގެ ގެއަށް ވަދުނީއެވެ. […]