ހެނދުނުގެ ވަގުތެވެ.ރެޑްރޯސް ގޭ އެންމެން ވެސް އަވަދިނެތި ތައްޔާރީތައް ވަމުން ދިޔައީ އާ ގެ އަކަށް ބަދަލުވުމަށެވެ އެންމެންގެވެސް މުނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.”މޯމް..ކޮބާތަ އައިގެ ހެޑްސެޓް؟.. މުނީރާ އަށް ގޮވާލަމުން މިކްޔާ ބުންޏެވެ.މިކްޔާ އަކީ މުނީރާ ގެ ހުރި އެންމެ ހަގު ދަރިފުޅެވެ.”މިކޫ މަންމަ އަކަށް ނޭނގެ ހަމަ އެއްގޮތަކަށް ވެސް..”މުނީރާ ބުންޏެވެ.އިރުކޮޅެއްނުވެ ކާޔާ ތައްޔާރުވެގެން އޭނާގެ ދަރިފުޅު ކައިލް ގޮވައިގެން ސިޓިންރޫމަށް އައެވެ.ކާޔާ އަކީ މުނީރާގެ އެންމެ ދޮށީ ދަރިފުޅެވެ.ކައިލް އަކީ ކާޔާ ގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.ކާޔާ ގެ ފިރިމީހާ ވަނީ ކާރު އެކްސިޑެންޓް އެއްގާ މި ދުނިޔެ އަށް އަލްވަދާއު ކިޔާފާއެވެ.ެ.އިރުކޮޅެއް ނުވެ މިކްޔާ ދުވަމުން ދުވަމުން ސިޓިން ރޫމް އަށް އައެވެ.އެންމެން އައިސް ހަމަވުމުން ކާމިލް އެންމެންގެ ފޮށިތަށް ކާރަށް އެރުވިއެވެ.އަދި ދެހިވަލާ[ލަންކާގެ އަވަށެއް]ގައި ހުންނަ ގެ އަކަށް ދާން މިސްރާބު ޖެހިއެވެ.ކާމިލް މެންގެ އާއެލާ އަކީ ރާއްޖެ ބައެކެވެ.އެހެން ނަމަވެސް ދިރިއުޅެނީ ލަންކާ ގައެވެ.ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ ގޮތުންނެވެ. ދެ ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު އެ މީހުންގެ މަންޒިލް ކަމުގައިވާ ލެވެނިއާ އަށް ދެވުނެވެ.އެ ގެ އަށް ދެވުމާ އެކު މިކްޔާ ދުވެފަ ގޮސް އެ ގެ އަށް ވަނެވެ.އެ ގެ އަކީ ތަނަވަސް ބޮޑު ގެ އެކެވެ.މުޅިއަކު 4 ކޮޓަރި ހުރެއެވެ.މިކްޔާ ފަހަރަކު ކޮޓަރިއެއް ބަލަމުން ގޮސް އެންމެ ފަހަށް އިން 4 ވަނަ ކޮޓަރި އަށް ވަންނަން ތަޅުގަ ހިފާލި އެވެ.ކޮޓަރި ތަލުލާފަ ހުރުމުން މިކްޔާ މޫނު މައްޗަށް ވައްތަރެއް ޖައްސާލަމުން ފުރަތަމަ ކޮޓަރިއައް ވަނެވެ.ދެ ވަނަ ކޮޓިރީގަ މުނީރާ އާއި ކާމިލް އެވެ.ތިންވަނަ ކޮޓަރީގާއި ކާޔާ އާއި އޭނާގެ ދެ އަހަރަށް ދާ ކައިލް އެވެ.އެންމެން ވެސް ކޮޓަރީގަ ތިބެ ވަރުބަލި ފިލުވާލުމަށް ފަހު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް ކާމޭޒު ދޮށަށް އައެވެ.”މީހާ މީރުކޮށް ކައްކާ އަތްބަކު ނުލިބޭނެ”އަނގަ އަށް ބަތް ސުވާ އެއް ލަމުން ކާމިލް ބުންޏެވެ. ކައި ނިންމާލުމަށް ފަހު ކާޔާ ފިޔަވައި އެންމެންވެސް ކޮޓަރިތަކަށް ވަދެ ނިދައިފިއެވެ.ކާޔާ އުޅެނީ އޭނާގެ ދަރިފުޅު މަސަލަސް ނުކުރެވިގެންނެވެ.ދަރިފުޅު ހުއްޓާ ނުލުމުން މަންމަ އަށް ގޮވަން ވެސް ހިތައް އެރި އެވެ.ނަމަވެސް މަންމަ ހުންނާނީ ވަރުބަލި ވެފާ ކަމުން ނުގޮވާން ނިންމީމެވެ.މިއީ ކާއިލް ދުވަހަކުވެސް އުޅުން ގޮތެއް ނޫނޭ މިކްޔާ ހިތައް އެރިއެވެ.އެވަގުތު މިކްޔާ ގެ ހިތުގައި ނޭނގި ނަމަވެސް ބިރުވެރި ކަމެއް އުފެދުނެވެ.ނަމަވެސް އެކަންތައް މާ ބޮޑު ކަމަކަށް ނުހަދާ ، ހިތަށް ވިސްނާ ދިނީ އެއީ އާ ތަނަކަށް ބަދަލުވުމުން އައެ ބަދަލެއް ކަމަށެވެ.އަދި ދުވަސް ކޮޅަކުން ހޭނޭނެ ކަމަށެވެ. ވަރަށް އިރުން އުޅެގެން ކާއިލް ނިދައިފިއެވެ.ދަންވަރުގެ ވަގުތެވެ.ކާޔާ އަށް ހޭލެވުނީ ތަނެއްގަ ވަރަށް ބާރަށް ތަޅާ އަޑުއިވުމުންނެވެ.ފެނުނު މަންޒަރުން ކާޔާ ގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.ކާއިލް އެއް އެނދަކު ނެތެވެ.މަގޭ ދަރިފުޅާ އޭ ކިޔާ ކާޔާ ކޮޓަރިން ބޭރަށް ނިކުތެވެ.ފެނުނު މަންޒަރުން ކާޔާ ހުރީ އަންތަރީސް ވެފަ އެވެ.އޭނާގެ ދަރިފުޅު ހަތަރުވަނަ ކޮޓަރީ ދޮރު ކައިރީ ހުރެގެން ބާރުބާރަށް ދޮރުގައި ޖަހަނީ އެވެ.ކާޔާ ދުވެފައި ގޮސް ދަރިފުޅު އުރައިލައިގެން ކޮޓަރި އަށް ގެންދިޔައެވެ. އާ ދުވަހަކަށް އިރު އަރައިފިއެވެ.އެންމެން ވެސް އެ މީހެއްގެ އަމިއްލަ މަސައްކަތައިގެން ގޭތެރޭ އުޅެ އެވެ.ދުވާލުގެ އެވަގުތު ވަރަށް ހަމަ ހިމޭން ކޮށް ދިޔަ އެވެ.ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ.ކުރީ ރެ އެވޭ ވެސް އެއްފަދައިން މިރޭ ވެސް ކާއިލް ނުނިދާން ވެގެން ރޮނީ އެވެ.ކާޔާ އަށް ކާއިލް ނުހުއްޓުވިގެން މުނީރާ އަށް ގޮވިއެވެ.މުނީރާ އައިސް ކާއިލްނިންދަވާފާ ދިއުމުން ކާޔާ ހަމަ ޖެހިލައިގެން ނިދަން އޮށޯތެވެ.ރަނގަޅަށް ނުނިދެނިސް އަނެއްކާ ވެސް ތަނެއްގަ ތަޅާ އަޑު އިވިގެން ގޮސް ބެލިއިރު ކާއިލް 4 ވަނަ ކޮޓަރީގެ ދޮރުގަ ތަޅަނީ އެވެ.ކާޔާ ވަރަށް ބޮޑަށް ބިރު ގަތެވެ.އިތުރަށް އެތާ މަޑުނުކޮށް ކާއިލް އުރާލައިގެން ދުވަމުން ގޮސް މަންމަ އަށް ގޮވި އެވެ.އިރުކޮޅެއްނުވެ މަންމަ ކޮޓަރި ދޮރު ހުޅުވުމުން ބިރުން ހުރިވަރުން މަންމަ ގައިގަ އޮޅުލަިގަނެވުނެވެ.އަދި ހަމަ އަކަށް އެޅިލަމުން މަންމަ އަށް ހުރިހާ ވާހަކަ އެއް ކިޔާދިނެވެ. މަންމަ ހުރީ ކުރިން އެވާހާކަ ނުބުނުމުން ކުޑަކޮށް ހިތް ހަމަ ނުޖެހިފަ ،ނަމަވެސް ވަގުތުގެ ގޮތުން އެއްވެސް އެއްޗެކޭނުބުނެއެވެ.އެރޭ މިކްޔާ ނިދީ މަންމަ ކައިރީގަ އެވެ.އެ ރޭގެ ބާކީ އޮތް ބައި ވަރަށް ހަމަ ހިމޭން ކޮށް ދިޔަ އެވެ. އާ ދުވަހަކަށް އިރު އަރައިފިއެވެ.އެންމެން ވެސް ސިޓިން ރޫމް ގަ ތިބީ ރޭ ގަ ހިނގާދިޔަ ހާދިސާ އާ މެދު މަސްވަރާ ކުރާށެވެ.އެންމެންވެސް ނިންމީ ފާލުބެލުމަށް ފަންޑިތަވެރިއަކު ގެނައުމަށެވެ. ހަވީރުގެ ވަގުތެވެ.އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ފަންޑިތަވެރިޔާ ގެ އަށް އަންނާނެ އިރަކަށެވެ.އިންތިޒާރުގައި މާކަ ގިނަ އިރު ހުންނާކަށް ނުޖެހުނެވެ.ފަންޑިތަ ވެރިޔާ އެންމެ ފުރަތަމަވެސް އައިސް ކާއިލް މެލުމަށް ފަހު 4 ވަނަ ކޮޓަރީ ދޮރުމަތީ ހުއްޓުނެވެ.ތަޅުލާފަ ހުރުމުން ނުވަދެވުނެވެ. އަދި ކިޔައިދޭން ފެށިއެވެ.”މި ގެ އަކީ މީގެ 6 ަހަރު ކުރިން 1 އަހަރުގެ ކުއްޖަކު މަރާލާފަ އޮތް ގެ އެއް..މި ވޭތުވެ ދިޔަ 6 އަހަރުގައި އެއްވެސް ބަޔަކަށް މިތާކު ނޫޅެވުން..އެހެން ވީމަ ވީ އެންމެ ހާ އަވަހަކަށް އެހެންތާކަށް ބަދަލުވެވޭތޯ އުޅެންވީ.. 1 އަހަރު ފަސް މިހާރު އެ މީހުން އެހެން ގެ އަކަށް ބަދަލުވެގެން އުފަލާ އެކީ ވަގުތުތަަަަަައް ހޭދަ ކުރަމުން ދިޔަ އެވެ ނިމުނީ
ދޯންޏަށް އަރައި ހަމަޖެހިލިތަނާހެން މާއިން އިނީ ނިދާފައެވެ. ދޯންޏަށް އެރިއިރު ޝާޔާެގެ ކަތި ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވެފައި ހުރި ހެނެވެ. އިއްޔެއަށް ފަހު ޝާޔާ ކައިރިން ރަނާ ނުނައްޓައެވެ. އަބަދުވެސް ހަށިފާރަވެރިއެއްހެން އޭނާ ހުންނަނީ ޝާޔާއާއި ވިއްދާފައެވެ. ސަބަބެއް ނޭނގެއެވެ. ގިނައީ ވެސް އަހަރެންނަށް ނޭނގޭ އެއްޗިއްސެވެ. ޝާޔާގެ ލޮލުގައި އެތަކެއް ސިއްރެއްވާކަން ޔަޤީންވެއެވެ. އިންތިޒާރު ކުރެވެނީ އޭނާ ބުނާނެ ދުވަހަކަށެވެ. ނޫނީ އެ އިންތިޒާރަށް އަމިއްލައަށް ނިމުމެއް ގެންނާނީ ހެއްޔެވެ؟ […]
“އައްދޭ އަހަންނަކީ އެހެން ފިރިހެނުން ކަހަލަ މީހެއް ނޫން. ކާކުކަން އިނގެމާ ދޯ. އަހަންނަށް ކިޔަނީ ޔޫސުފް. ނަންވެސް ނުބުނެ ތަ ދާނީ؟” އަންހެން ކުއްޖާގެ ފަހަތުގައި ހުރެ އެކުއްޖާގެ މަޑު އަތްތިލާއިގަ ހިފާލަމުން ޔޫސުފް އަހާލިއެވެ. “އަހަންނަށް ކިޔާ….. ކަމަނަ” “ހަގީގަތުގަ ވެސް ކިޔަނީ ކަަމަނަތަ ” އެ ނުދަންނަ އަންހެން ކުއްޖާއާ ވާހަކަ ދެއްކުމުގެ ނިޔަތުގައި ޔޫސުފް އަހައިލިއެވެ. “ޢާނ! ޢަހަންނަށް ކިޔަނީ ކަމަނަ އަދި އަހަންނަށް ރަނގަޅީވެސް އަަހަންނަށް ކަމަނަ އޭ ކިޔާފަ […]
އެރޭ ދަންވަރު ބާރަ ޖަހަން ގާތްވަނީއެވެ. ފަޅު ގެޔެއްގެ އެތެރޭގައި އަހަރެން ހުރީ ތުނި ގަމީހެއް ލައިގެނެވެ. ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މަސް ކައްކަން އޮންނަ ފިރިހެނެއްގެ ގައިން ދުވާ ވަސް މީނައަށް ރަނގަޅަށް އަންގާލާނަމެވެ. ބާރަގަޑި ބައިވާން ވާއިރަށް ކޮޅުކޮޅަށް ބޯ އެއްލަމުން ޝާޔާ އެބަ އާދެއެވެ. ވާރޭގެ ކަނި ޖަހަން ފެށީވެސް އެ ވަގުތެެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިން ހީބިހި ނަގައިގެން ދިޔައެވެ. ކެތްމަދުވެ ޝާޔާ ލައިގެން ހުރި ކަރުވަޅު ބޮޑު އަތްކުރު […]
ހިތް ގައިމު ރީތި ގޮނޑު ދޮށެއްގައި ޔޫސުފް އިށީންދެގެން އިނީ މާދުރު ނޫން ހިސާބެއްގައި އޭނާގެ އަށް އަހަރުގެ ދަރިފުޅު އައިދަން، ވެއްޔާއި ކުޅޭތަން ބަލާށެވެ. އައިދަންގެ އުމުރުން ތިން އަހަރުގައި އޭނާގެ މަންމަ ނަފާ ވަނީ އެދެބަފައިން ދޫކޮށް އެހެން ފިރިހެނަކާއި އެކު ގޮސްފައެވެ. ހަލާލު ފިރިމީހާއާއި ބަނޑު އަޅައި ވިހެއި ދަރިފުޅު ދޫކޮށްފައި ދާން ނަފާ ނިންމި ސަބަބަކަށް އޭނާ ބުނީ، އަނތްބަކާއި ދަރިއެއް ގެންގުޅެވޭނެ ފެންވަރު ޔޫސުފްގެ ކިބައިގާ ނެތުމެވެ. ނަފާ ގާތު […]
ޝާޔާ އަމިއްލައަށް މަރުވަން އެ އުޅެނީ އަހަރެންނާއި ހެދިއެވެ. ޝާޔާގެ މަރު އެޅޭނީ އަހަރެންގެ ބޮލުގައެވެ. ވަގުތު ބޭކާރުނުކޮށް ގައިގައި ނެތް ހިތްވަރު ލަމުން އަހަރެން ބަކަ ތަޅައިގަތީމެވެ. ކުރެވެނީ ކީއްކަމެއް ނޭނގެއެވެ. އިނގޭ އެއްޗަކީ އަދި އަޑިއަށް ނުދާ ކަމެވެ. ފަޔާއި އަތް ހޫރަމުން އެއްލަމުން، ނޭވާ ލަމުން ޝާޔާ ގެއްލުނު ހިސާބަށް ވެސް ދެވިއްޖެއެވެ. ވެލިގަނޑުގައި ފައި ޖައްސަން މަސައްކަތްކޮށްފިއްޔާ ގެނބޭނެކަން އަހަރެންނަށް އިނގެއެވެ. ވަށައިގެން ބެލިއްޖެއެެވެ. ލޮނުގަނޑު އެތެރެއަށް ވެސް ބެލިއްޖެއެވެ. ޝާޔާގެ […]
“ކީއްވެ ތިހެން ތި ބުނީ؟” އަހަރެންގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ހަންޑި ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ މޫނުމަތިން ދޭހަވި މަލާމާތުގެ ކުލަވަރު ފެނިފައި ވަރުގަދަ ރުޅިއެއް ހަށިގަނޑުގައި އަނދަން ފެށިއެވެ. “ރައްޔާން…ޕިސް..ޕިސް.. އަހަރެން ދޮގެއް ހެދިޔަސް ތެދެއް ހެދިޔަސް އޭގެ ތަފާތު ކަލެއަށް ވަކިވާނެތަ؟” ވެލިގަނޑުގައި ދެއަތް ޖައްސާލަމުން އޭތި ބަލާލީ މާސިންގާ އުޑަށެވެ. “ކަލޭ އެރޭ މަރާލީ ކާކު؟” ވަގުތު ބޭކާރު ކުރާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. ސީދާ އެހީ އެންމެ މުހިންމު ސުވާލެވެ. […]
އެކަމަކު އޭރައް މަލަސްވެއްޖެއެވެ. ދެވަނަ ސިކުންތުގައި މަލަކް އެއް ނެތެވެ. މަލަކްގެ ވޭނީ ހަޅޭކުގެ އަޑު މުޅި ކޮޓަރީގައި ފެތުރިގެން ދިޔައެވެ. ރާނިޔާ ދުވެފައިގޮސް ކުޑަދޮރުން ބޭރައް ބޮދިއްކޮއްލިއެވެ. ރާނިޔާއަށް ވެސް ހަޅޭ ލަވައިގަނެވުނެއެވެ. ކޮލެޖް ކޭންޕަސްގައި ތިބި ކުދިންތައް ވެސް މަލަކްގެ ގާތައް އެއްވާންފެށިއެވެ. މުޅިކޮލެޖް ހަލަބޮލިވެގެން ދިޔައެވެ. މަލަކްގެ ގަތައް އެއްވެ ތިބި ބައެއް ކުދިންގެ ރުއިމާއި ހަޅޭކުގެ އަޑުވެސް އިވެމުން އައެވެ. އަހަރެން ހުރި ހުއްޓުންއަރާފައެވެ. ވާނުވާވެސް ސިނކުނޑިއަށް ނަގާ ނުގަތްފަދައެވެ. މަޑު […]
އިސްޖަހައިލައިގެން މާއިން ދިޔަ ގޮތުންް ލާނެތް ހިނިތުންވުމެއް އަހަރެންގެ މޫނަށް ފާޅުވިއެވެ. ދޯނިން ފޭބިއިރު މުސްކުޅިވަރެއްގެ ފިރިހެނަކާއި އަންހެނެއް ހުރިހާ އެންމެންގެ އިސްތިގުބާލަށް ތިއްބެވެ. ކޮންމެ ކުއްޖަކަށް ކުރުނބަލެއް ދެމުން ހޫނު މަރުހަބާއެއް ކިއެވެ. އަސްލަމް ސަރގެ ފަރާތުން އިނގުނު ގޮތުގައި އެއީ މިރަށް ބަލަހައްޓާ ދެމަފިރިންނެވެ. ރަށް އެހާ ބޮޑެއް ނޫނެވެ. ނަމަވެސް އެއީ ޤުދުރަތުގެ ރީތި މިސާލެކެވެ. ވިދުވަރެއް ހުރި ހުދު ވެއްޔެވެ. ބިއްލޫރިއަށްވުރެ ސާފު މޫދެކެވެ. ބިޔަ ގަސްތަކާއި ދޫނި ސޫފާސޫއްޕެވެ. މާއިންގެ މޫނުގެ ކުލަވަރުވެސް ރަށުގެ ރީތިކަމުން ހަމައަކަށް އެޅުނެވެ. އަހަރެންވެސް ވަށައިގެން […]