ހިމާޔަތެއް ނެތިފައި 2 ވަނަބައި

- by - 0- October 31, 2019

“މަންމާ” މިއްލީއަށް ރޮއެގަނެވުނީ ސްޓްރެޗަރއެއްގައި ގެންދަމުން ދިޔަ އޭނާގެ މަންމަ ފެނިފައެވެ. އެ ލޮބުވެތި މޫނުގައި އެތައް ކޫރުންތަކެއް އެޅިފައިވީ އިރު ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ މަަންމަ ގެ ފަހަތުން ލެއިން ތަތްތެޅިފައި ތިބި އޭނާގެ ބައްޕައާއި ބޭބެގެ އިތުރުން ފަހަރިވެސް ގެން ދިޔައީ އޭނާގެ ލޯކުރިމަތީގައެވެ. ހަމައެއާއި އެކު ތުއްތު މާލް މެޑިކަލް ޓީމްގެ މެމްބަރެއްގެ އަތުގައި އޮތް ތަން ފެނި މިއްލީއަށް ހީވީ މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ދެފައިން ވާގި ދޫވެ ބޮލަށް ބަރުވާ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.

*****************************************************************************

ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން މޭ ފިތޭކަހަލަ އިހުސާސްއެއް ވީނަމަވެސް އޭނާ ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވިއެވެ. އާއިލާ އެންމެން ފުރާނަޔާއި ހަނގުރާމަ ކުރަމުން ދަނިކޮށް އޭނާ ހިތްވަރު އެލުވާލައިފިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ.؟ ގައިގެ އެތަން މިތަނުގައި އަޅަމުން ދިޔަ ވޭނަށް ފަރުވާލެއް ނެތި އޭނާ ދުވެ އެމްބިޔުލާންސް ކައިރިއަށް ދިޔައެވެ.  އަދި ދެންމެ އެރުވި މީހުންނަކީ އޭނާގެ އާއިލާކަމަށް ބުނުމުން އެމީހުން އޭނާ އެމްބިޔުލާންސް އަށް އެރުމުގެ ފުރުސަތު ދިނެވެ. މިއްލީ އެރި އެމްބިޔުލާންސްގައި އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން އިތުރު ދެމީހަކު ބާއްވާފައި އޮތެވެ. އެ އެންމެން ކައިރީ ޑޮކްޓަރުން ހަރަކާތްތެރި ވަމުން ދިޔައިރު އޮސިޖަން މާސްކްތަކުން އެމީިހުންގެ އަނގަމަތިވީ ނިވާ ވެފައެވެ. މިއްލީއެކޭ އެއްފަދައިން ދެތިން މީހަކު އެމްބިޔުލާންސްގައި ތިބިއިރު އެ މީހުންގެ ގިސްލުމުގެ އަޑު ކެނޑިގެނެއް ނުދެއެވެ. މިއްލީއަށް ކުރިމަތީގައި ބަހައްޓާފައި ހުރި ދެ އެނދުގައި އޮތް އޭނާގެ މަންމައާއި ބައްޕައަށް ބަލަން ހުރެވުނީ ހިނދުކޮޅަކަށެވެ. ރޮވެން ފެށުމާއެކު އޭނާއަށް އިސްޖަހާލެވުނެވެ. ބާރު ސްޕީޑެއްގައި ދުއްވާލި އެމްބިޔުލާންސްގެ މިސްރާބު ހުރީ ޣައްޒާގެ ޝިފާ ހޮސްޕިޓަލާ ދިމާލަށެވެ. ރުއިން ކޮންޓްރޯލް ކުރުމަށް އިސްޖަހައިލައިގެން އިން މިއްލީއަށް އިސްއުފުލާލެވުނީ އޭނާގެ ބައްޕަގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެވަގުތު ބަލިކަށިކަމާއެކީ ލޯ ހުޅުވާލައިގެން އޮތް އޭނާގެ ބައްޕަ ފެނި ދުވެފައި އޭނާގެ ބައްޕަ އޮތް އެނދާ ދިމާލަށް ދެވުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އެވަގުތު ލޭގެ އަސަރު ފެންނަމުން ދިޔަ އެެ ބައްޕަގެެ އަތްތިލައިގައިި ހިފެވުމާއެކުު އޭނާއަށް ގިސްލެވެން ފެށުނެވެ. އެވަގުތު ގައިގައިި އަޅަމުން ދިޔަ ވޭނާއެކު ވަރަށްް އުނދަގުލުންް އަބްދުލްޣަފޫރު އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރިއެވެ. “ދަރިފުޅާ! ބައްޕަމެން ނެތްކަމުގައި ވިޔަސް ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިޔަށް ދާތި. މިހެން ބުނާއިރުވެސް މިބައްޕަޔަށް އިނގޭ މިފަސްް ގަނޑުގައިި ހިތްހަމަޖެހުމެއް އުފާވެރިކަމެއް ނުލިބޭނެކަންް.  އެކަމަކުވެސް މާތްރަސްކަލާނގެ ހަނދުމަކޮށްް އަބަދުވެސް ކޮންމެ ކަމަކީވެސް އިމްތިޙާނެއްކަމުގަ ބަލާތި. އަދި ކޮންމެކަމެއްގައިވެސްް ކެތްތެރިކަން އިސްކުރާތި. އަދި ކޮންމެ ޙާލެއްގައި ދަރިފުޅު ވީނަމަވެސް މާތްްﷲގެ ހަޒްރަތުންް އުއްމީދު ކަނޑާނުލާތިި. ދަރިފުޅާާ ބައްޕަޔަށް ހީވަނީ މިއީ ދަރިފުޅަށް ބައްޕަ ފެންނާނެ އެންމެ ފަހު ފަހަރުހެން. ދަރިފުޅާ! ދަރިފުޅު ހިމާޔަތްކޮށްދިނުމަށްޓަކައި ދަރިފުޅުގާތު ނުހުރެވޭކަމަށްޓަކައިި…. ބައްޕަޔަށް ….މަޢާފުކޮށްދީ…..” އަބްދުލްޣަފޫރުގެ އަނގައިން ނިކުުތް  ބަސްތަކާއެކު މިއްލީގެ ގިސްލުން ވީ އިތުރެވެ. “ބައްޕާ…” ވައި އަޑަކުން މިއްލީއަށްް އޭނާގެ ބައްްޕަޔަށްް ގޮވާލެވުނު ވަގުތަކީ އަބްދުލްޣަފޫރުގެ ދެލޯޯ މެރިގެން ދިޔަ ވަގުތެވެ.އެހިނދު މިއްލީއަށް އޭނާގެެ އަތަށްބާރު ކުރެވިފައިވި އަބްދުލްޣަފޫރުގެ އަތުން ވާގިދޫވެެ ވެއްޓުނު އިހުސާސްވިއެވެ. އެވަގުތަކީ އެމްބިޔުލާންސް އައިސް ހޮސްޕިޓަލުގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތުކަމަށްވުމާއެކު އަވަސް ފަރުވާއަށް އެންމެން ގެންދެވުނެވެ.

***************10 ގަޑިއިރު ފަސް******************************************

އެމެޖެންސީގައި ފަރުވާ ދެމުންދިޔަ ކޮޓަރީގެ ކުރި މަތީ މިއްލީއަށް ހުރެވުނު އިރު އޭނާއެކޭއެއް ފަދައިން އެތައް ބަޔަކު އެ ޙާލުގައި އެތަނުގައި ތިއްބެވެ. އޭނާ ނުރޯން ކިތަންމެ މަސައްކަތް ކުރިއެއް ކަމަކު ކަރުނަތައް އޮހިފަ ދަނީ އިޚްތިޔާރަކާ ނުލައެވެ. އެހެނީ އޭނާގެ ބައްޕަ ބުނެލި ބަސްތައް ހަނދާންވާ ކޮންެމެ ފަހަރަކު ހިތްވަރު އެލޭ ފަދަ އިހުސާސެއް ކުރެވެުން ދިޔައެވެ. ހިނދެއް ހިނދަކަށް އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ތުރުތުރުލުން ދިޔައީ ގަދަވަމުންނެވެ. އާއިލާ އެންމެންގެ ޙާލު ރަނގަޅުވުމަށް މެދުކެނޑުމެއް ނެތި ދުޢާކުރެވެމުން ދާއިރު މިއްލީއަށް މިއަދު ސްކޫލަށް ނުގޮސް  ގޭގަ ހުރެވުނު ނަމައޭ ހިތަށް އެރި ޢަދަދެއްވެސް ނޭނގެއެވެ.

ކުއްލިއަކަށް އެމެޖެންސީ ބައިން ނުކުތް ޑޮކްޓަރުން ފެނި އެންމެން ހެން އެދިމާލަށް ދުއްވައިގަތެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އާއިލާގެ ނުވަތަ އެކުވެރިންގެ ޙާލު އެނގުމަށް ކެތްނުލަވާފައި ތިބި އިރު މިއްލީއަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އަޅާލުންވީ ދަތި ކަމަކަށެވެ. މީހުންގެ ހޯބޯލެވުންތަކުގެ އަޑު ގަދަވެފައި ވީ ނަމަވެސް  އޭނާއަށް އިސްޖަހައިލައިގެން ހުރެވުނީއެވެ. ޑޮކްޓަރުންގެ ފަރާތުން އެއް ބަޔަކަށް އުފާވެރިކަމުގެ ޚަބަރުތައް ލިބެމުން ދާއިރު އަނެއް ބަޔަކަށް އެ ޚަބަރުތައްވަނީ ހަބަރަށްވުރެވެސް ހިތިއެއްޗަކަށެވެ. އެއާއި އެކު ހިތްތަށް ކުދިކުދިވެ ގިސްލުމާއި ހަޅޭކުގެ އަޑުން މުޅިތަން ގުގުމާލައެވެ. “ޕޭޝަންޓް އަބްދުލް ޣަފޫރުގެ އާއިލާގެ އެއްވެސް ބޭފުޅަކު މިވަގުތު އެބަ ހުންނެވިތޯ؟” އިސްޖަހާލައިގެން ހުރި މިއްލީއަށް އިސް އުފުލާ ބަލާލެވުނީ ހަރު އަޑަކުން އޭނާގެ ބައްޕަގެ ނަން ކިޔާލުމުންެނެވެ. ތޮތްޖެހިފައި ތިބި މީހުންގެ ތެރެއިން ފުރޭނެމުން ގޮސް ޑޮކްޓަރގެ ކައިރިއަށް ހުއްޓެވުނު އިރު މިއްލީގެ ހިތުގެ ތެޅުން ބާރުވެއްޖެއެވެ. “ޑޮކްޓަރ ބައްޕަ އާއި ކޮއްކޮމެން އެންމެން ރަނގަޅުތޯ؟” ކުރެހިފައިވާ އަޑަކުން މިއްލީ އޭނާގެ ސުވާލު ޑޮކްޓަރާ އަމާޒުކޮށްލިއިރު. އޭނާ މަސައްކަތް ކުރީ އެއްވެސް ޝުޢޫރެއް މޫނުމަތިން ދައްކާނުލާ ހުރި ޑޮކްޓަރގެ މޫނުމަތިން އެއްވެސް ކަމެއް ދެނެގަތެވޭތޯއެވެ. “އައިމް ސޮރީ. ބަޓް ވީ ކުޑުންޓް ސޭވް ދެމް” ހިނދުކޮޅެއްގެ ސުކޫތަކަށްފަހު އެއަޑު އިވުމާއެކު މުޅި ދުނިޔެ އަނދިރިވި ކަހަލަ އިހުސާސެއް ކުރެވުނެވެ. ޑޮކްޓަރ އަދިވެސް އެއްޗެކޭ ކީނަމަވެސް އޭނާއަށް ފަހުން އެކީ އެއްވެސް އެއްޗެއް ނޭނގުނެވެ. މުޅިތަން އަނދިރިވެ އޭނާ ބިންމައްޗަށް މައްޗަށް ވެއްޓެން ދިޔައެވެ. ނަމަވެސް ބިންމަތީ ގައި އެހަށިގަނޑު ޖެހުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ސަލާމަތް ކުރިއެވެ. މިއްލީ ވެއްޓުމުގެ ކުރިން ހަލުވި ހަރަކާތާއެކު އޭނާ ސަލާމަތްކުރީ ދެންމެ މިއްލީއަށް ޚަބަރު ދިން ޒުވާނާއެވެ. ޑޮކްޓަރ ކޯޓުގައި ހުރުމުން އެ ޒުވާނާގެ ގައިގައި ހަރުދަނާ ފާޑުޖަހާއިރު ލިބިގައިވި ބާރުގަދަ މުލަށްދަނޑި އާއި ހެދިހުރި ފިރިހެންވަންތަ ހަށިގަނޑު ފެނުނު އަންހެންކުއްަޖެއްގެ ހިތް އަތުން ދޫވެގެން ދާނެކަން ޔަޤީނެވެ. އެޒުވާާނާ ބަލާކަށް ނުހުރެ އެންމެ ފުރަތަމަވެސް މިއްލީ އެ އަތްދަނޑިމައްޗަށް ނެގިއެވެ.  މިއްލީ ގޮވައިގެން އޮބްޒަވޭޝަން ރޫމް އާއި ދިމާލަށް މިސްރާބު ޖެހިއިރު ފަހަތުން ދެތިން ނަރުހުންވެސް އައެވެ.

“ޑޮކްޓަރ އާޔަން !! ޔޫނީޑް ޓު ކަމް ވިތްމީ . ޔޫ ވޯންޓް ބިލީވް ދިސް ބަޓް ދިސް އިޒް އަ މިރެކަލް. ދަ ބޭބީ އިޒް  ބްރީތިންގް.”  އެނދުގައި މިއްލީ ބާއްވާފައި ތެދުވުނު ޒުވާނާއަށް ބަހެއް ނުބުނެވެނީސް ދުވެލައިފައި ވަން ނަރުސް ކުއްޖާ މާނޭވާލަމުން ބުނެލިއެވެ. “ކީކޭ؟” އެ ޒުވާނާއަށް ލިބުނު ހައިރާން ކަމާއެކު އެހެން އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. “ޔެސް ޑޮކްޓަރ ދަ ބޭބީ އިޒް ބްރީތިންގް ބައި ހިޒް އޯން”ނަރުސް ކުއްޖާ އަނެއްކާވެސް ބުނެލިއެވެ.

ާއާޔަންއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް އެ ނަރުސްކުއްޖާގެ ހަރަކާތްތަކުން އެއީ ތެދެއްކަން ހާމަވަމުން ދިޔައެވެ.”ކޯލް ޑޮކްޓަރ ކިމް އައިވިލް ބީ ކަމިންގް” ނަރުސްކުއްޖާ ކައިރީ އެހެން ބުނެލުމަށްފަހު އޭނާ އަވަސް ހަރަކާތާއެކު މިއްލީއަށް ފަރުވާ ދޭން ފެށިއެވެ. ފަރުވާ ދިނުމަށްޓަކައި އެނދުގައި ބާއްވާލެވިފައި އޮތް އަންހެންކުއްޖާ ގެ މޫނު ފޮތިކޮޅު ހިއްލާލުމާއެކު އާޔަންގެ ހަރަކާތްތަކަށް ކުޑަ މަޑު ޖެހުމެއް އައެވެ. އެހެނީ އަންހެންކުއްޖާގެ ދެލޮލަށް ހިޔަނި އެޅިފައިވި ބޯ އެސްފިޔަތަކާއެކު ހުދުވެފައިވާ އެ މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. އާޔަން އަށް ކަޅި ޖަހާނުލާ އެ މޫނަށް ބަލަން ހުރެވުނުއިރު ހޭވަރިކަންވީ ކައިރީ ހަދަންވީ ގޮތެއް ނޭނގިފައި އިން އެހެން ނަރުސްކުއްޖެއް ދެ ފަހަރު ގޮވާލުމުންނެވެ. ހަމަބިމަށް އާދެވުމާއެކު އޭނާއަށް އޭނާގެ ނަފުސު ކޮންޓްރޯލްކޮށްލެވުނެވެ. އޭނާ އެ އަންހެންކުއްޖާއަށް ވީގޮތް ބެލުމަށްފަހު އައިވީ އެއް ގުޅާލިއެވެ. އަދި ދޭން ޖެހޭ އިތުރު ބޭސްތައް ގަނޑުކޮޅެއްގައި ލިޔެލުމަށްފަހު ހޭ އެރުމުން އޭނާއަށް ގޮވާލާށޭ ބުނެ އާޔަންން މިސްރާބު ޖެހީ އައިސީޔޫ އާ ދިމާލަށެވެ. .

އައިސީޔޫ ރޫމްގެ ދޮރުފަތް ހުޅުވާލުމާއެކު އެތެރޭގައި ތިބި ދެ ޑޮކްޓަރުންގެ އިތުރުން ނަރުހުންގެ ނަޒަރު އޭނާއަށް އަމާޒުވިއެވެ. އާޔަން ލަސް ހިނގުމެއގައި ގޮސް ކުރިމަތީގައި އޮތް ތުއްތު ފުރާނައަށް ބަލާލިއެވެ.އެ ތުއްތުކުއްޖާ އެކަނި ނޭވާލަމުން ދިޔަ ތަން ފެނުމުން އޭނާއަށް އަދިވެސް އެކަން ޤަބޫލުކުރަން ދަތިވިއެވެ.އެހެނީ އެކުއްޖާ ގެނައިރު އޮތް ޙާލު އެނގޭނީ ޚުދު އޭނާއަށް ނޫން ހެއްޔެވެ. އެކުއްޖާގެ ސިކުނޑީގެ އިތުރުން ފުއްޕާމެއަށާއި އެ ތުއްތު ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ލިބިފައިވި ގެއްލުންތަކުން އެކުއްޖާ ދުނިޔޭގައި އޮންނާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް އިރު ވެލެންޓިއަރަށް ލާފައި ބޭއްވީވެސް އެކުއްޖާގެ އާއިލާއަށް އެކުއްޖާ އެންމެފަހު ފަހަރަށް ދައްކާލުމުގޮތުން ޚުދު އޭނާގެ ދެއަތުންނެވެ. ވުމާއެކު އޭނާއަށް އަދިވެސް ވެސް އެކަން ޤަބޫލުކުރުންވީ ދަރިކަމަކަށެވެ.  އެހެންކަމުން އޭނާ ދެތިންފަހަރު އެކުއްޖާގެ ހިތު ވިންދު ވެސް ބެލިއެވެ. “ކިހިނެއް ވެގެން ތިއުޅެނީ ޑޮކްޓަރ އާޔަން؟.” ޑޮކްޓަ ކިމްގެ ހަރު އަަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް ހަމަ ބިމަށް ފޭބުނެވެ.  ލޮލުކުރިމަތީ ފެންނަމުން ދިޔައީ ތެދު ޙަޤީޤަތެއްކަން ހާމަވުމާއެކު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. އެހިނދު އޭނާއަށް މޫނުގައި އަތް އަޅާ ހުރިތަނަށް ތިރިވެވުނެވެ. އެވަގުތު ކައިރީގައި ތިބި ޑޮކްޓަރުން ވެސް ހިނިތުންވެފައި ތިބެމެ އައިސް އޭނާގެ ކޮނޑުގައި ހިފާލިއެވެ. “އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ ހައު އިޒް ދިސް އީވެން ޕޮސިބަލް…؟” އޭނާ ކަރުނަތައް ހިންދާލުމަށްފަހު އޭނާއަށް ޚާއްސަ ކުރެވިފައިވާ  ރޫމްއާއި ދިމާލަށް މިސްރާބު ޖެއްސެވެ. އޭނާއަށް އެ ރޫމްއަށް ވަނދެވުމާއެކު މޭޒުކައިރީ ހުރި ގޮނޑިއަށް ވެއްޓިގަނެވުނެވެ. މެދުކެނޑުމެއް ނެތި ބޮލުގައި ރިއްސަމުން ދިޔައީތީ އޭނާ މަޑުމަޑުން ނިތްކުރީގައި އަތް ހިންގާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ބެހެއްޓިފައި ހުރި ފޮޓޯ ފްރޭމްއެވެ. އެވަގުތު އޭނާގެ ުުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ރިއްސަމުން ދިޔަލޮލުގެ މަތިންވެސް އޭނާ ހަނދާން ނެތުނުފަދައެވެ. ނަމަވެސް އޭނާގެ ހިނިތުންވުން ދެމިގެން ދިޔައީ ދެތިން ސިކުންތަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ފަނޑުވަމުން ގޮސް އެއްކޮށް ގެއްލުނެވެ.

އެވަގުތު އެމޫނުމަތިން ފެންނަމުން ދިޔައީ ވަރަށް ބޮޑުވޭނެއްގައި އުޅެމުން ދާކަހަލަ ހަރަކާތްތަކެވެ. އޭނާ ކުރިމަތީގައި ހުރި މޭޒުގައިގައި ބޯއަޅާލުމަށް ފަހު ކައިރީގައި ހުރި ކަލަންޑަރަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ އަމިއްލަ އުފަން ފަސްގަނޑަށް ދެވެން މާގިނަ ދުވަހެއް ނެތުމުންނެވެ.ނަމަވެސް އޭނާގެ މާޒީގައި ކުރެވުނު ކުށް ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ނަފްސު ބިރުވެރިކަމުގެ ތެރޭ ގެނބިގެންދެއެވެ.

އޭނާއަކީ އެމެރިކާގެ އޭތިސްޓް އާއިލާއަކަށް އުފަން ކުއްޖެކެވެ. މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅުކަމުން މުޅި އެ ޚާންދާނުގެ އެންމެންވެސް އޭނާދެކެވަނީ އަމަށަކު ލޮތްބެއް ނޫނެވެ. އޭނާ ބޭނުންހާކަމެއް ބޭނުންހާ ވަގުތަކު ކޮށް ދެމުން ދިޔަ ކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުން ދިޔަކަމެވެ. ދުނިޔޭގެ ވަގުތީ އުފާތައް ހޯދުމުގައި މެދު ނުކެނޑިމެ އުޅެމުން ދިޔައިރު އޭނާއަށް އޭނާއަށްވުރެ މާ ބާރުގަދަ ފަރާތެއް ވާކަމެއްވެސް ނޭނގެއެވެ. ތަފާތު ކުށްތަކުގައި ޝާމިލްވެ ޖަލުގެތޭރިތަކުގެ ތެރެޔަށްދިޔަ ނަމަވެސް އޭނާގެ އާއިލާއިން އޭނާގެ ދިފާޢުގައި ނިކުންނަނީ ފައިސާގެ ބާރުގައެވެ. ފައިސާގެ ބާރުގައި އޭނާ ކުރަމުން ދިޔަހާ ކުށްތަކަށް ފަސްއަޅާ ފޮރުވަމުން ދިޔައިރު އެކަމުގެ ސަބަބުން އެތައް  ބަޔެއްގެ ދިރިއުޅުމަށް ކުރި އަސަރަށް އެއިން އެއްވެސް މީހަކު އަޅައެއްނުލައެވެ.ހަމައެއާއިއެކު އާޔަން އަކީ އަންހެންކުދިންގެ ހިތްތައް އޭގެ މަޤާމުން ދޫވެދާނޭ ފަދަ ސޫރައެއް ލިބިފައިވާ ޒުވާނެކެވެ. ހަމަ އެކަނި އެ ތޫނު ނަޒަރުން އެކަނިވެސް އަންހެން ކުދިންގެ ހިތްތައް ފަތަޙަކޮށްލާފަދަ ބާރެއް އޭނައަށް ލިބިފައިވާ ކަހަލައެވެ. އެ ބައިމަތި ފުޅާ

މޭމައްޗާއި ހެދި ހުރި ހަށިގަނޑުގެ އިތުރުން އެ މެސްމެރައިޒިންގް ލޮލުގެ ތެރެއަށް ގެނބި ނުދާނޭ އެއްވެސް އަންހެން ކުއްޖެއް ނުވާނޭކަން އޭނާއަށް ކަށަވަރުވާފަދައެވެ. ނަމަވެސް އެ ހަށިގަނޑު ދެއްވި ފަރާތަށް ޝުކުރު ކުރުމުގައި އޭނާގެ އޭނާއަށް ލިބިފައިވި އެސޫރަ ބޭނުންކުރަމުން ދިޔައީ އޭނާގެ ދުނިޔަވީ ބޭނުންތަކަށެވެ. ފެނުނުހާ މަލަކުން ފޮނިބޮމުން ދިޔައިރު އޭނާއަށް މިނޫންދުވަހެއް ވާކަމެއްވެސް ނޭނގެއެވެ.

އާޔަންއަކީ އަޚްލާޤީ ގޮތުން ކިތަންމެ ދަށްފެންވަރެއްގައި ހުރިނަމަވެސް ކިޔެވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ޒުވާނެކެވެ. އެގޮތުން އޭނާވަނީ ކާމިޔާބުކަމާއެކު ޑޮކްޓަރ ކަމުގެ ރޮނގުން ގިނަގުނަ ސަނަދުތަކެއް ހާސިލުކޮށްފައެވެ. ޑޮކްޓަރަކަށް ވުމުގެ އުއްމީދުގައި އޭނާ ކިޔަވަމުން ދިޔައީ އޭނާގެ އާއިލާގެ ބޮޑު ހިއްސާއެއް އޮންނަ ޔުނިވަރސިޓީއެއްގައެވެ. ވުމާއެކު އެކޮލެޖުގައި އޭނާގެ ނުފޫޒު ވަރަށް ބޮޑެވެ. ހަނގާކުުމުގައި އިސްކޮށް އުޅުމުގެ ނަތީޖާއެއްގެ އެތައްކުދިންނެއްގެ ދިރިއުޅުން އޭނާގެ ދެއަތުން ހަލާކުކޮށްލެވުނެވެ. މިނިވަން ދޫންޏެއްހެން އުޅެމުން އޭނާ އުޅެމުންދަނިކޮށް އޭނާހެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލީ އޭނާއަށް އެޅުނު ކަތިި ފިޔަވަޅަކުންނެވެ. އެ ކަމުގެ ސަބަބުން އޭނާ ޖަލުގެ ތޭރިތަކުގެ ތެރެޔަށް ނުގޮސް ސަލާމަތްވީ ފައިސާގެ ބާރުގައެވެ. އެކަމުގެ ސަބަބުން މުޅި ތަފާތު އެކި މައްސަލަތަކެއް ކުރިމަތިވަމުން ދިޔުމާއެކު އޭނާގެ އާއިލާއިން ނިންމީ ޓްރެއިނިންގެ ނަމުގައި ފަލަސްތީނަށް ދާން ތައްޔާރުވުމުންދިޔަ މެޑިކަލް ޓީމަކާއެކު އާޔަން ފޮނުވާލުމަށެވެ.

ނުނިމޭ

މި ވާހަކައި ގެ 3 ވަނަ ޕާރޓް އިންޝާﷲ ހުކުރު ދުވަހު އަޕްކޮށް ދޭނަން.

 

 

0

binthi ahmed ❤️

A girl who loves to read and write stories.🖤🖤❤️❤️

You may also like...

Leave a Reply

Your email address will not be published.