Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ރޫހާނީ ބިރު – 5 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
September 18, 2019 2 Mins Read
34 Comments

ކުއްލިއަކަށް އެ ހުނުންގަނޑާއި ނުބައި ވަސްގަނޑުވެސް ކެނޑިގެންދިޔައެވެ. ޝަލީންގެ ފޯނުން ބަންގީގެ މަތިވެރި އަޑު މުޅިތަނުގައި ގުގުމާލީ އެވަގުތުއެވެ.

***********************

މުޅިތަން ހުދު އަތްޔަކުން އަލިކޮއްލީ ކުއްލިއަކަށް ކަނިޖަހާފައި ޖެއްސުނު ލައިޓުންނެވެ. ބަންލާފައި ދޮރުހުޅުވުނު އަޑަށް އެންމެންގެ ހިތްތައްވެސް ގުޑިގެން ދިޔަފަދައެވެ. އޭރުވެސް މުޅި ތަނުގައި ގުގުމާލަމުން ދަނީ ބަންގީގެ މަތިވެރި އަޑެވެ.

“ނާ….ލީން…ނިކުމެބަލަ….އަވަހަށް ނުކުމެބަލަަ….މިތާ ތިބުމަކީ ރަނގަޅުކަމެއް ނޫން…” ހިތް އަވަސްވެފައިވާ ރާގަކަށް ޒީދާން ބުނެލިއެވެ. ޔާނާ ދުވެފައި ކަހަލަގޮތަކަށް ނުކުތްއިރު ޝަލީން ނުކުތީ އަވަސް ފިޔަވަޅުތަކެއްގައެވެ. ރޫހާނީ ކަންތައްތަކަށް ފޯރިހުއްޓެއްކަމަކު މި ރޫހާނީ ބިރުވެރިކަން ޝަލީންގެ ހިތްވެސް ގުޑުވާލައިފިއެވެ. ތިން މީހުން ކުރިއަށް ހިނގައިގަތީ ފަސްއެނބުރި އެގެއާދިމާލަށް ބަލާލުމެއްނެތިއެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން ތިންމީހުންވެސް ކުރިއަށް ހިނގަމުންދިޔައެވެ.

“ތިއްތިބޭ…..އަހަރެން ބޭނުން ރޭ ވުމުކުރިން މާލެ ދާން….” ހިނގަމުންދިޔަ ތިންމީހުންގެ މެދުގައިވާ ހަމަހިމޭންކަން ނައްޓާލަމުން ޔާނާ ބުނެލިއެވެ. ޒީދާން އެކަމާ އެއްޗެކޭ ބުންނަން އަނގަހުޅުވާލުމާއެކު ޝަލީން އެކަމާ އެއްބަސްވުމުން ޒީދާން އެއްބަސްވީ އޭނާގެ ކޮއްކޮމެން އެހާ ބިރުން ހުރުމުންނެވެ.

“ތިއްތިބޭ….އެކަމު މަންމަމެން ކައިރީ ބުނާނީ ކީކޭ…” ޒީދާން ކުރިއަށް ފިޔަވަޅެއް އަޅާލާލުމާއެކު ޝަލީން ސުވާލުކޮއްލިއެވެ.

“ދެން….ތެދުތެދައް ވީ ހުރިހާކަމެއް ކިޔާދޭން ޖެހޭނީ….” ވިސްނާލަން ހުރުމަށްފަހު ޒީދާން އިސްތަށިގަނޑުތެރެއަށް އަތް މަހާލަމުން ބުނެލީ މަންމަމެން ގަބޫލުކުރާނެފަދަ އުޒުރެއް ނުވިސްނުމުންނެވެ.

**********************

“ސަ…ސަލީމް….” ޒީދާން އެގޭގައި ކަން ހިނގައިދިޔަގޮތުގެ ވާހަކަ ކިއިދިނުމުން އަލީސާއަށް ސަލީމްގެ އަތުގައި ހިފަހައްޓާލެވުނީ މާޒީ ހަނދާންވާން ފެށުމުންނެވެ. ސަލީމް އޭނާގެ އަންހެނުންގެ ކޮނޑުގައި ހިފަހައްޓާލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ޒީދާންއަށް ބަލާލަމުން ޒޯޔާމެން ކައިރިއަށް ދިޔުމަށް ބުނެލިއެވެ.

“ސަލީމް…އަނެއްކާ އަހަރެމެންގެ ދަރިންނަށްވެސް އެގޮތައް ކަންތައް ވަނީތަ…އަހަ..” ހާސްކަން އެކުލެވިފައިވާ އަޑަކުން އަލީސާ ބުނަމުން ދިޔަ ޖުމުލަ ހުއްޓުމަކަށްއައީ ސަލީމް ވާހަކަ ދައްކަން ފެށުމުންނެވެ.

“އަލީސާ….ތިހެން ނުވިސްނަބަލަ…..އެއީ އަލީސާގެ ކުށެއްނޫނޭ….” ކަރުނުން ލޯފުރުނުނަމަވެސް އެ ކަރުނަތައް ހިނދާލަމުން ސަލީންވެސް ބުނެލީ އެ ބިރުވެރި ދުވަސްތަށް ފަނޑުގޮތަކަށް ލޯމައްޗަށް ފެނިލުމުންނެވެ.

“ސަލީމް…ހިނގާ މާލެދާން…” އާދޭހުގެ ރާގަކަށް އުންމީދުން ފުރިގެންވާފަދަ ގޮތަކަށް ސަލީމްއަށް ބަލާލަމުން އަލީސާ ބުނެލިއެވެ. ހިނިތުންވެލަމުން ސަލީމް ބޯޖަހާލީ އަލީސާ ހާސްވާނެވަރު އަނދާޒާކުރެވުމުންނެވެ.

*****************************

ގަޑިން ހަތަރުގަޑި ސާޅީސްފަހެއް ހިނގަނީއެވެ. “ރޯޒްފްލޭމް” ގޭތެރޭގައިވާ ހަމަހިމޭންކަމުގެ އަޑާއި އެކުވެގެން އިވެނީ ގަޑީގެ ކަށިހިނގާ އަޑެވެ. ކުއްލިއަކަށް ގޭގެ ދޮރުހުޅުވުނެވެ.

“މަންމާ…އަޅުގަނޑު އެންމެ ރަނގަޅުތޯ ކޮޓަރިއަށް ދިޔަސް….ވަރަށް ވަރުބަލިވެއްޖެ…” ޒީދާން ވަރުބަލިކަމާއެކު ބުނެލިއެވެ. އަލީސާ ބޯޖަހާލުމާއެކު ޒީދާން ސިޑިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

“މަންމާ…އަޅުގަނޑުވެސް….” ޝަލީންއާ ޔާނާ އެއްފަހަރާހެން ބުނެލިއިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަން ހުރީ ވަރުބަލިވެފައިވާފަދަ އަސަރެވެ. ކުރިން ފެންނަން ހުރި ބިރުވެރިކަމުގެ ބަދަލުގައި އެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަ ޖެހިފައިވާފަދަ އަސަރެކެވެ.

“އާނ…ޔާނާއާ ޝަލީންވެސް ދޭ ކޮޓަރިއަށް….ރިފްޝަންމެންވެސް ދޭ ކޮޓަރިއަށް…..ވަރުބަލިވެފައެއްނު މިހާރު ހުންނާނީ….” އަލީސާ އެހެން ބުނެލުމާއެކުހެން ފެނުނީ ހުރިހާ އެންމެންވެސް ކޮޓަރިއަށް ދިއުމަށް ހިނގައިގަތްތަނެވެ.

އަނެއްކާވެސް މުޅި ތަނަށް ވެރިވީ މަރުފަދަ ހަމަހިމޭންކަމެކެވެ. މިފަހަރު އެ ހަމަހިމޭންކަން ނައްތާލީ މުޅިތަނުގައި ގުގުމާލި ސަލީމްގެ ފޯނު ރިންގްވަމުންދިޔަ އަޑެވެ.

“މިގަޑީގަތަ…އާނ….މިނޫންގަޑިއެއްގަ ނުވާނެތަ….ހްމްމްމް….އޯކޭ…އެހެންވިއްޔާ މިހާރު މިދަނީ…އާނ…އޯކޭ…” ފޯނު ކަނޑާލަމުން ސަލީމް އަލީސާ އާދިމާލަށް ބަލާލިއެވެ.

“ކިހިނެއްވީ….ކާކު އެގުޅީ…..” އަލީސާ އަހާލިއެވެ.

“އައިމަން…..ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެގެން ނިކަން އައިސް ބަލާށޯ….މި ދަނީ އިނގޭ…” އަލީސާއަށް ބަލާލުން ސަލީމް ބުނެލީ ހިނިތުންވެލަމުންނެވެ. އަލީސާވެސް ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“ތި އެއްޗެހިލާގެންތަ ދަނީ؟….” ސަލީމް ދާން ހިނގައިގަތުމުން އަލީސާ އަހާލިއެވެ.

“އާނ….ދެން އެކަމާ ނުވިސްނައްޗޭ އިނގޭ….” އަލީސާއާ ދިމާލަށް ބަލާލަމުން ސަލީމް ބުނެލިއެވެ. އަލީސާ ބޯޖަހާލުމުން ސަލީމް ހިނގައިގަތެވެ.

****************************

“އާހް….ކިހާ ދެރަ ކަމެއް……ދޫކުރާށޭ…….މަންމާ….އަހަރެންގެ އަތް…ހާދަ ތަދެއްވެޔޭ…..ހަހަހަހާއްހާ…..ކަލޭ މަގޭ ކައިރިޔައް ނާންނާތި…..އެހެންނޫނީ މާ ރީއްޗެއްނުވާނެ…” އެކިއެކި ވައްތަރު ޖައްސަމުން އެނދުގައި އައްސާފައޮތް އަންހެން ކުއްޖާ ބުނަމުން ދިޔައިރު އިސްތަށިގަނޑު ހޭވިފައިވާއިރު މޫނުމަތީގައި ދާތިކިތައް ވިދަމުންދިޔައެވެ. ކުއްލިޔަކަށް އެ އަށިގަނޑު ތެޅެންފެށީ އެޔެއް މިއެއް ބަލާފައެއްނޫނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ބުނެދޭށޭ ރުހެމޭ 77

Next

ހުވަފެނަކީ ބިލާހެކެވެ. – 7

Next
September 19, 2019

ހުވަފެނަކީ ބިލާހެކެވެ. – 7

Previews
September 18, 2019

ބުނެދޭށޭ ރުހެމޭ 77

34 Comments!

  1. malsamalkkomal says:
    September 18, 2019 at 6:34 pm

    Salaam readers….sorry ingy mihaa lahun up kurevuneema….
    Soo kihineh hen heevanee evee….kaakubaa dhw eii…..
    Kiyaalaafa comment eh koalahcy….
    Lve u all❤❤❤

  2. jiji says:
    September 18, 2019 at 6:40 pm

    Eyy me first dhw..kiyaafa will comment ingey

    1. jiji says:
      September 18, 2019 at 7:00 pm

      Aww..hama speechless ingey mallu lavkolhaa..ekm adhi miahvure vx dhigukoh genesdheyn masahkaiy kohlahchey..waiting for the next..Curious to know whom the girl is..ly mallu❤??????

    2. Malsa Moosa says:
      September 19, 2019 at 7:07 pm

      Awwn..thanks jiji….yeah…next part dhigu koaladhynan…lve ya..?

    3. Malsa Moosa says:
      September 19, 2019 at 7:06 pm

      Ehehe..oks..congrats..jiji..?

  3. malsamalkkomal says:
    September 18, 2019 at 6:59 pm

    Ehehe…yesshh jiji…..congrats….?♥

  4. LoVelY gIrL says:
    September 18, 2019 at 7:06 pm

    Nice

    1. Malsa Moosa says:
      September 19, 2019 at 7:08 pm

      Thanks lovly girl..

  5. jiji says:
    September 18, 2019 at 7:24 pm

    V habbu ingey mi bai..Malu v moluu..Lav ya more more❤?

    1. Malsa Moosa says:
      September 19, 2019 at 7:09 pm

      Ehehe..thanks jiji….lve ya more..♥

  6. Sifam says:
    September 18, 2019 at 9:25 pm

    Reethi story genesdheefa in goiyh. Ummeedhu kuran story nimendhenves thigothuga genesdheyne kamah

    1. Malsa Moosa says:
      September 19, 2019 at 7:09 pm

      Thanks shifam…yeah…will try ingy..?♥

  7. Meekkomee says:
    September 18, 2019 at 9:59 pm

    Meekko second dhww mi faharu….BTW ??????OMG Masha Allah varah varah reethi mi part ves??????????whn is next part malkko?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ waiting ?????LYSM???❤️❤️❤️❤️

    1. Malsa Moosa says:
      September 19, 2019 at 7:12 pm

      Thanks meekko..Ehehe mifaharu 2nd dhw…dhn jiji abadhuves first hoadhaa gothejves nygey..?…nd next part insha allah varah avahah..lysm..?

  8. Unknown girl says:
    September 18, 2019 at 11:35 pm

    Varah riithi….. when next

    1. Malsa Moosa says:
      September 19, 2019 at 7:13 pm

      Thanks Unknown girl…Isha Allah varah avahah..??

  9. Cutie says:
    September 19, 2019 at 7:10 am

    EY mal haadha Mooney????????

    1. Malsa Moosa says:
      September 19, 2019 at 7:13 pm

      Awwn..thanks cutie..♥

  10. Cutie says:
    September 19, 2019 at 7:11 am

    Molhey*

  11. Cutie says:
    September 19, 2019 at 7:12 am

    When is next part

    1. Malsa Moosa says:
      September 19, 2019 at 7:14 pm

      Insha Allah varah avahah..?

  12. Cutie says:
    September 19, 2019 at 1:51 pm

    Mal this is so beautiful❤️❤️❤️??? varrah kolhu ingeyyy

    1. Malsa Moosa says:
      September 19, 2019 at 7:14 pm

      Thanks cutie
      ..?

  13. Cutie says:
    September 19, 2019 at 1:52 pm

    Molhu*

  14. ❤️lamee❤️ says:
    October 3, 2019 at 10:06 am

    Kon iraku next part . Varah reethi . Thankolheh dhigu kohlahchey.

    1. malsamalkkomal says:
      October 7, 2019 at 5:18 pm

      Sorry lam..?.

  15. Yan says:
    October 6, 2019 at 9:41 am

    When is the nxt part comming ?

    1. malsamalkkomal says:
      October 7, 2019 at 5:18 pm

      Sorry yan.

  16. malsamalkkomal says:
    October 7, 2019 at 5:17 pm

    Sorry guys..mal varah bodhu reason akaa hedhi dhn mi vaahka eh nuliyevyne.cant say the reason..sorry hope u guys understand.

  17. ❤️lamee❤️ says:
    October 7, 2019 at 9:22 pm

    it’s Ok , dhen heekuran vaanan umurah evaahaka nimumakaa Hama ah gennaane kamah , . Mi vaahaka aslu fashaafa in goih varah reethi . Keep it up dear ?????????????????????❤️❤️❤️❤️❤️

    1. malsamalkkomal says:
      October 8, 2019 at 8:33 pm

      Thanks lamm…varah ufaa vehje understand veema.yh..insha allah waanan umurah nimumakaa hamayah genesdheynan.?.thanksaa?.

  18. Yan says:
    October 8, 2019 at 7:20 am

    It’s ok waanan umurah nimumakah genes dhehjey the story is nice ????????????????????

  19. malsamalkkomal says:
    October 8, 2019 at 8:34 pm

    Thanks yan…vvv varah ufaavehje understand veema…insha allah waanan unurah nimumakaa hamayah genesdheynan.?.thanksaa?.

  20. Imsha says:
    September 15, 2020 at 10:18 am

    Mal V V V reethi vaahakaeh p 6 when??????? ??

Comments are closed.



All Right Reserved!