Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިލޯބި

ރިއާން 3

kaayaa Level 1
October 23, 2019 3 Mins Read
12 Comments

ސިއްސާގެން ގޮސް ކާޔާ އަށް ބައްދާލެވުނީ ރިއާންގައިގައެވެ. ކުއްލިއަކަށް ކާޔާ އައިސް ބައްދާލުމުން

ރިއާންހުރީ ހަދާނެގޮތް ހުސްވެފައެވެ.

ރިއާންއަށް ކުރަމުން ދިޔަ

އިހްސާސްތަކަކީ މީގެކުރިން ދުވަހަކުވެސް ވީގޮތެއް ނޫނެވެ.

މަޑުންމަޑުން ރިއާންގެ އަތް ހަރަކާތްކޮށްލިއެވެ.

ކާޔާގެ އަތުގައި މަޑުމަޑުން ހިފާލުމުން ކާޔާ އަށް

މިހުރެވުނުގޮތް ރޭކާލީ އަދި ކިރިޔާއެވެ.

ލަދުން ހަދާނެގޮތްހުސްވެފައިހުރި ކާޔާ އަށް އިސްއުފުލާ

ބަލާލެވުނީ ރިއާން އައި ދިމާއަށެވެ.

މިހާކާރިން ރިއާންފެނުމުން ކާޔާއަށް ބުނަންނޭނގޭ އިހްސާސްތަކެއް ކުރަންފަށާފިއެވެ.

ހިތްތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ.ރިއާންގެ ފިރިހެންވަންތަ މޫނަށް ބަލަންހުރެވުނީ ކިހާއިރަކުކަމެއް ކާޔާއަށްވެސް ނޭނގެއެވެ. ރިއާންގެ ފިރިހެންވަންތަކަން އިތުރުކޮށްދޭ ތުނބުޅިއާއި އެދެލޮލުގެ ޖާދޫގައި ނުޖެހިދާނީ މަދުބައެކޭ ކާޔާހިތަށް އެރިއެެވެ. ރިއާން ހުރީ ކިތައްމެހާވެސް ހިތުގައި ފޮރުވާފައިވާ ލޯބި ކާޔާގާތު ބުނަން ބޭނުންވެފައެވެ. ނަމަވެސް އަދި މާއަވަހޭ ހިތައް އަރާ މަޑުކޮށްލީއެވެ. ކާޔާއަށް ވާރޭހުއްޓާނުލާނެހެން ހީވުމުން ހިނގައިގަތީ ދާންށެވެ. ދަނީތާ! ރިއާންއަށް ކާޔާ ހިނގައިގަތުމުން ބުނެވުނެވެ. “ހޫމް، ހިޔެއްނުވޭ ވާރޭ ހުއްޓާލާނެހެން އަވަހަކަށް އެހެންވެދެން ދަނީ” ރިއާން އަށް ބަލާލުމަށްފަހު ކާޔާބުނެލިއެވެ. ކާޔާއެކަނި ދާކަށް ރިއާން ހިތްހަމައެއްނުޖެހުނެވެ. އެހެންވެ ކާޔާ ފަހަތުން ރިއާންވެސް ހިނގައިގަތެވެ. އަހަރެން އެކަނި ގޮސްފާނަން! ކާޔާ ހިތްހަމަ ނުޖެހުނެވެ.  ކާޔާގެ މިޒާޖު ކުއްލިއަކަށް ބަދަލުވުމުން ރިއާން ދެރަވިއެވެ.އަނެއްކާ މަށަށް ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ! ރިއާން އަށް އަހާލެވުނެވެ.ނޫނެކެ ބުނެ ކާޔާ ދުވެފައި ގޮސް ގެޔަށް ވަނެވެ.

“ދަރިފުޅާ ކާޔާ!!” ދޮރުގައި ޓަކިޖަހަމުން ގޮވަމުން ދިޔައީ ކާޔާގެ މަންމައެވެ. ރަޝީދުއާ މަރީނާއަށް ލިބިފައިވަނީ އެންމެ ކުއްޖެކަމުން ކާޔާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެދަރިފުޅަށް ކުޑަވެސް އަނިޔާއެއް އަދި ދެރައެއް ލިބޭކަށް ނޭދޭނެއެވެ. ދަރިފުޅާ ދެން ތެދުޥޭ އޮފީހަށް ވެސް ދާންޖެހޭނެއްނު. ” މި ތެދުވީއޭ މަންމާ” ކާޔާ މޯޅިއަކަށް ދެމެމުން ބުނެލިއެވެ. ކާޔާއިނީ ދެފިކުރެއް މަތީގައެވެ. އޮފީހަށް ދާންވީބާއޭ ނުދާނީބާއެ ހިތަށް އަރާ އިނދެވުނެވެ. އަނެއްކާވެސް މަންމަ ގޮވާލުމުން ކާޔާއެދުން ތެދުވެ އޮފީހަށް ދާން ތެދުވިއެވެ. ކަޅުކުލާއިގެ ގަމީހަކާ ގަދަނޫކުލައިގެ ޖިންސެއްގައި ހުރި ކާޔާ ނިކަން ފުރިހަމައެވެ. ތުންފަތުގައި މަޑުލިޕްސްޓިކް އެއް ޖައްސާލުމަށްފަހު ލޯގަނޑުން ބަލާލިއެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ވޫލް ކޮޅަކުން އައްސާލުމަށް ފަހު ދަބަސް ނަގާގެން ހިނގައިގަތީ ބަދިގެއާދިމާއަށެވެ.”މަންމާ ހިނގާ ސައިބޯން، މިހާރު ގަޑިވެސް ޖެހެން ވަރަށް ކާރިވެއްޖެ އެކަމު މިއަދުވެސް ދާނީ މަންމަ އަތުން ހަދާފައި ހުރި މަސްހުނި ކާގެން” މަރީނާ އައިސް ކާޔާބޮލުގައި ފިރުމާލިއެވެ. މަންމަ ދެކެ ހާދަ ލޯބިވާކުއްޖެކޭ ދޯ !. ސައިބޮއެ ނިންމާލުމަށްފަހު ކާޔާތެދުވީ އޮފީހަށް ދާށެވެ.

އޮފީހަށް ވަދެގެންއައި ކާޔާފެނުމުން ނީންދުވެފައި އައިސް ކާޔާއަތުގައި ހިފާ ގެނެސް ގޮނޑީގައި ބޭނދިއެވެ. “އެއްކަލަ ނީން ، މިހާރު ކިހިނެއް ވެގެން ތިއުޅެނީ” ނީންގެ ލާނެއްކަމުން ކާޔާ އޮފިސްތެރޭގއި އެހާ ފޫއްސެއް ނުވެއެވެ. “އަސްލުވެގެން މިއުޅޭ ގޮތަކީ ރާއިން،’ ރާއިން ކޯއްޗެއް ؟. ކާޔާއަށްވެސް މަޑަކުން ނުހުރެވުނެވެ.ނީން މިދައްކަން އުޅޭ ވާހަކަ ކާޔާ އަށް ކުޑަކޮށް ރޭކާލިއެވެ. ނީންއަށް، ރާއިން ކަމުދާކަން ކާޔާއަށްވެސް އިނގެއެވެ. “އަސްލު ރޭގައި ރާއިންމަގޭ ކާރިގައި ރަށްޓެހިވާން އެހީ!” އަސްލުތަ މަ ވަރަށް އުފާވެއްޖެ ނީން އަބަދުވެސް އުފަލުގައި ހުންނަން މަބޭނުންވަނީ ކާޔާވީ އުފަލުން ނީނައަތުގައި ހިފާލުމުން ބުނެލިއެވެ. ކީކޭ ބުނަންތަ ތި ވިސްނަނީދެން ކާޔާ ނީންކުރެން އަހާލިއެވެ. “އަހަރެން އަބަދުވެސް ރާއިންއާ ގަޔާވޭ އޭނައަކީ ވަރަށް ރަނގަޅު މީހެއް އެހެންވެ އަހަރެން މިވިސްނަނީ އާނއޭކޭބުނަން”ނީންކަހަލަ މަޖާ ލާނެއް މީހަކު ދިރިއުޅުމާ ދޭތެރޭ ވިސްނާކަން އެނގުމުން ކާޔާ ވަރަށް އުފާވިއެވެ.                                                            އޮފީހަށް ވަދެގެންއައި ރިއާން ފެނުމުން ކާޔާ އިސްޖަހާލުމަށްފަހު މަސައްކަތާގެން އުޅެންފެށިއެވެ. ރިއާން ފެނުމުން ކާޔާއަށް މިހާރު އުނދަގޫވަނީއެވެ.ރޭގައި ކަންތައް ހިނގައިދިޔަގޮތް ހިތައް އެރުމުން ކާޔާ ލަދުގަންނަނީއެވެ. ރިއާން އަށް ހުރެވުނީ ކާޔާއަށް ބަލަން ގެއްލިފައެވެ. “އޭޭޭ!! ބަލަ މި އޮފީހޭ! ” ރާއިން އައިސް މަޑުމަޑުން ރިއާން އަށް ޖެއްސުންކޮށްލިއެވެ. ރިއާން ވެސް އަވަސްވެގަތީ މަސައްކަތްތައް ނިންމާލާށެވެ. ވަދެގެން އައި ރާއިދު އެންމެންގެ ސަމާލުކަން ހޯދުމަށް ފަހު ރާވާފައިވާ ދަތުރުގެ ވާހަކަ އެންމެންނަށް އެންގިއެވެ. “އަސްލުމީ އެކުވެރިކަން އަދި އޮފީސްމީހުންގެ ގުޅުންވަރުގަދަ ކުރަން ރާވާފައިވާ ދަތުރެއް އަދި ދަތުރެއް ނުދާތާ މާގިނަ ދުވަސްވީމައާއެކު މިފެށޭ ހުކުރު ދުވަހުގެ ފަތިހު ފުރާނީ މިކޮޅުން ،ފަޅުރަށަކަށް ދާނީ ރޭކޮށްފައި އޭގެ އަނެއް ދުވަހު ހުރެފައި މިކޮޅަށް އަންނާނީ! ” ރާއިދުއަކީ އޮފީހުގެ ބޮޑުމީހެއްކަމަކު ހުރިހާ އެންމެނާވެސް ވަރަށް މަޖާކޮށް ވާހަކަ ދައްކާ އުޅޭނެއެވެ. ނުދެވޭ މީހަކު ހުރިއްޔާ މިހާރު ބުނެލަންވާނެ އޭރަށް ލިސްޓްގައި ނަން ޖަހަން އިނގޭނީ” .

ރާއިދު މިހެން ބުނުމަށްފަހު އެނބުރެދާން ހިނގާއިގަތުމަށް ފަހު ރިއާންއަާ ދިމާއަށް އެނބުރި ދާ މީހުންގެ ނަން ލިސްޓެއް ހެދުމަށްބުނެ ކެބިން އަށް ވަންނަން ދިޔައެވެ. ރިއާން ދަތުރުދާ މީހުންގެ ނަންތައް ލިޔެނިންމާލުމަށްފަހު ކާޔާކާރިޔަށް ގޮސް ދަތުރު ދަންހޭ އަހާލިއެވެ. އާންއެކޭ ބުނެ  ،ރިއާން އަށް ބަލާވެސްނުލާ ތެދުވެގެން ކާޔާ ހިނގައިގަތުމުން ރިއާންގާތަާށް ރުޅިއައެވެ. ގޮވާލުމުންވެސް ކާޔާ ބަލާނުލުމުން ރިއާން ގޮސް ކާޔާ އަތުގައި ހިފިއެވެ. ރިއާންގެ މި އުޅުމުން އެންމެން ތިބީ ހައިރާންވެފައެވެ. “އަހަރެން ގޮވާ އަޑު ނީއްވޭތަ ! ކީއްވެތަތި އަަހަރެން އިގްނޯރ ކުރަނީ!” ރިއާންގެ މި އުޅުމުން ކާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.”އަހަރެން އަތުންދޫ ކޮށްބަލަ ، މީހުން ބަލަނީއޭ، ރިއާން ދެކެ މަ ނާދެ ރުޅިއެއް” ކާޔާއަތަށް ތަދުވާންފެށުމުން ރިއާންއާ ދިމާއަށް ބުނެލިއެވެ. ރިއާންއަށްވެސް މިކަންތައް ކުރެވުނު ގޮތް ހިތައް އެރުމުން ކާޔާއަތުން ދޫކޮށްލިއެވެ.                 ނީން އައިސް ކާޔާ އަތުގައި ހިފާގެން ބޭރަށް ނުކުތެވެ.ރާއިންވެސް ރިއާންގޮވާގެން ދިޔައީ ކޮފީއަކަށެވެ. “ކައި! މަސުަވާލެއް ކޮށްލަންތަ؟ ” ނީން ބޭނުންވަނީ ރިއާންއާ ކައި އާ ދެމީހުންގެ ދެތެރޭގައި ޖެހިގެން މިއުޅޭ މައްސަލަ އެނގޭށެވެ. އެއްވެސް އެއްޗެއް އޮޅުވާނުލާ ނީންއަށް ކިޔާދިނެވެ.  “ދެން އެއީ އެވަރު ކަމެއް ނޫނެއްނު ، ރިއާން ނުދެކޭނެ ކައިއާ ދޭތެރެ ގޯސްކޮންނެއް. އޭނަ ކައި ދެކެ ލޯބިވޭ. ކައިއަށް ނޭނުގުނަސް މަށަށް އިނގޭ އޭނަ ކައިއަށް ބަލާވަރު ދެން އަދި އެރެގައި އެހެންވީއޭ ކިޔާފައި ރިއާން އިގްނޯރ ނުކޮށްބަލަ ، އޭނަ ވަަރަށް ދެރަވިމަ ކަންނޭނގެ މިއަދު އެހެން  އެ ކަންތައް ދިމާވީ.”  ލޯބިވިއަސް އޭނަ ނުބުނެއެއްނު ، އެހެންތަ ކަންތައް ކުރަންވާނީ. ދެން އަޅާނުލާ އަހަރެން ބޭނުމެއްނޫން ރިއާންގެ ވާހަކަ ދައްކާކަށް ،ހިނގާދާން މިހާރުގަޑިޖެހުނިއެއްނު” ކާޔާ ބެލީ މައުލޫ ބަދަލުކޮށްލެވޭތޯއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ އޮފީހުގައި އެންމެން ދަތުރަށް ތައްޔާރުވުމަށްޓަކައި ލިސްޓްހަދާ ދުވަހެވެ. ބޭނުންވާނެ ސާމާނު ގަނެ އެންމެން ނިކަންފޯރިއާއެކު މަޖާނަގަމުން ދިޔައެވެ. ރިއާން އައި ރާއިންއަކީ ދަަތުރުގެ ކަންކަން ހަމަޖައްސަން ރާއިދު

ނަގާފައިވުމުން

ރިއާންމެން ބެލީ ވީހާވެސް ފުރިހަމައަށް ދަތުރު

ތައްޔާރުކުރާށެވެ.

“މަންމާ!، ދެން އެވަރަށް ނުވިސްނަބަލަ ހަމަ އެންމެ

ރެއެއްނު އޭގެ އަނެއްދުވަހު އަންނާނަމޭ . ކުޑަ ކުއްޖަކަށް ވިސްނާދޭ ފަދައިން ކާޔާ ބެލީ މަންމަ

 އަށް ވިސްނަދީ ހަމައަކަށް އަޅުވާށެވެ. ” ކައި، ކިތަމެއްވަރަށް ތިހެން ކިޔަސް މަންމަ

ކައި އަންނަންދެން ހުންނާނީ އެހެން. މަރީ ދައްތަ ހާސްނުވެބަަލަ.

އަހަރެން ހުއްޓައްކައި

 އަށް ދެރަގޮތެއް ވިޔަޔަކަ ނުދޭނަން.

ނީން އަށް އިނގެޔޭ މަރީ ދައްތަ ތި އަބަދުވެސް ހުންނަ ގޮތެއްނު ކައި ތަނަކަށް ދަންޔާ.

 ދޯ ކައި. ަހަހަ.

 ނީންގެ ވާހަކަތަކުން މަރީނާގާތަށް ހިނި އައެވެ.

ސާބަސް ނީން ، މަންމަ މަދެކެ ލޯބިވާލެއް ބޯޑު ކަމުން ދެރަވަނީ އެ ދޯ ހަމަ.

 ކާޔާވެސް ބެލީ މަންމަ ހެއްވާލެވޭތޯއެވެ. ނީން ދެން ހިނގާނިދަން އުޅެމާ

 ފަތިހު ހޭލަން ވެސް ޖެހެއެއްނު ،

މަންމާ ދެން އަހަރުމެން ނިދާލަނީ މަންމަވެސް ދޭ ނިދާލަން” ކާޔާ ގުޑްނައިޓްއޭ ބުނެ މަންމަ

ގައިގައި ބައްދާލުމަށްފަހު ނިދަން އެރިއެވެ.

މާ ފަތިހާ ހޭލަން ޖެހޭތީ ކައިގެ ބުނުމަކަށް ނީންވެސް ނިދީ ކައި މެންގޭގައެެވެ.

Share Article

Follow Me Written By

kaayaa

Level 1

Other Articles

Previous

ލޯބި ނުވެވުނުނަމަ -2-

Next

ލޯބި ވާނަނޭ އަބަދުވެސް ކިޔުންތެރިންނަށް

Next
October 24, 2019

ލޯބި ވާނަނޭ އަބަދުވެސް ކިޔުންތެރިންނަށް

Previews
October 23, 2019

ލޯބި ނުވެވުނުނަމަ -2-

12 Comments!

  1. Meekkomee says:
    October 24, 2019 at 12:56 am

    Varah reethi ingyyy … Masha Allah ??whn is next part curiously waiting for it ??????? LYSM ❤️❤️❤️❤️????

    1. kaayaa says:
      October 24, 2019 at 12:26 pm

      SOON . THANKS MEEKO 🙂

  2. ❤️lamee❤️ says:
    October 24, 2019 at 4:59 am

    Varah reethi ❤️❤️❤️❤️❤️

    1. kaayaa says:
      October 24, 2019 at 12:26 pm

      THANKS LAMEE

  3. Shina says:
    October 24, 2019 at 8:19 am

    Vvvvv reethi when next part ???????????

    1. kaayaa says:
      October 24, 2019 at 12:27 pm

      THANKS SHINA . SOON 😉

  4. Lamko says:
    October 24, 2019 at 1:07 pm

    Owww varah reethi…. Whn is nxt part….

  5. Alaà says:
    October 24, 2019 at 3:09 pm

    Vvv beautiful

  6. Yan says:
    November 23, 2019 at 1:34 pm

    Varah reethi ? whn is nxt part

  7. Anna says:
    January 26, 2020 at 2:43 pm

    Kobaa tha next part…..haadha dhuvahekey mi vany

  8. ??? says:
    February 22, 2020 at 6:38 am

    Vvv reethi mi story…???…Kobaa next part…….Haadha dhuvaheh vejjey…☹️☹️☹️…Ehkoh mi story kiyaalan libeyne kamah ummeedhu kuran…???

  9. No name? says:
    May 18, 2020 at 2:16 am

    Thedheh haadha gina dhuvaheh naganee 3 vana part vx upload kuran.. Aslu mi vhk vrh habeas ingey ekm thankolheh avahah next part up kohladheyne kamah ummeedhu kuran??

Comments are closed.



All Right Reserved!