ހަތަރު އަންހެންކުދިން އެކީ އޮލަ ވާހަކައެއްގަ ތިބެގެން ކޮލެޖުން ނިކުމެގެން އައިއިރު ރޭގަނޑު ދިހަގަޑި ބައިވުމާގާތްވަނީއެވެ. އެވަގުތު މަގުމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައިރު، މެދުމިނަކަށް ފިނިރޯޅިވެ ކޮންމެސް ވަރަކަށް ހަނދުގެއަލިކަން ފެންނަން ހުއްޓެވެ. ޒުވާން އަންހެންކުދިންގެ މިސްރާބުހުރީ ކޮލެޖާއި ނުހަނު ކައިރިން ފެންނަން ހުރި ދެބުރި އިމާރާތަށެވެ. އެކުދިންގެ ދިރިއުޅުން ހަމަޖެހިފަވާ އެޕާރޓްމެންޓެވެ. ދޮރުހުޅުވާލާފަ އެތެރެއަށް ވަދެވުމާއެކު އެންމެން ސޯފާތަކަށް ތިރިވެ ދުވަހުގެ ބުރަވާހަކަ ދެއްކިއެވެ. މިއަދު ހަމަނޭވާލެވޭވަރުމިވީ އަދިކިރިޔާއެވެ. ކިތަންމެ ވަރުބަލިވެފަ ތިއްބަސް އެކަކުވެސް […]
ނޯޓް: މީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް. ފެނުން މައްޗަށް ބޯހިއްލައިލި އާދަނު ސިހިގެންދިޔައީ މުޅި ދުނިޔެ ބައްދާފައިވާ އަނދިރިކަން ފެނިފައެވެ.ވިއްސާރައިގެ ބޯކަޅު ވިލާތަކުން އުޑުމަތި ބަނަވެފާ އޮތަސް ދުވާލެއްގަ މިހާ އަނދިރިކަން ވެރިކޮށްލި މީފުރަތަމަ ފަހަރެވެ.ތޫފާނެއްފަދަ މިބޯ ވިލާ ގަނޑުގެ ވައި އުތުރުން ޖެހެންފެށުމުން މޫދުގައި އޮތް އާދަނު ގުޑުގުޑުޖަހައިގަތެވެ.މުންޑު ގަނޑު ރަނގަޅު ކޮށްލަމުން އާދަނު އަވަސްވެގަތީ އެއްގަމަށް އަރާށެވެ.ގޮނޑުދޮށުގައިވެސް މީހަކު ފެންނާކަށްނެތެވެ.މިހިރަ ކަޅުވިލާގަނޑެއް ފެނިފަ ހިޔަލެއްގަ ހުރެ ނިކުންނަން ކެރޭނީ […]
(ނޯޓް:މިއީ މީގެކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް) ހަވީރު ފަސް ގަޑި ބައިވުމާއެކި ނައިރާ ނިކުމެ މަގުމަތީ ކުޅެން ހުރި ފަސްއަހަރުގެ އަންހެން ދަރިފުޅު ގެއަށްވެއްދިއެވެ.ޝައިތޯނާ ބިމަށް ވެރިވެގަންނަ މިގަޑީގައި ދަރިފުޅު ބޭރުގައި ގެންގުޅުމަކީ ދުވަހަކުވެސް ނައިރާ ކުރިކަމެއްނޫނެވެ. ދަރިފުޅުގެ އަތްފައި ދޮއްވާލައިގެން ގެނެސް ގޮނޑީގައި ބައިދަމުން މޮޑުނު ބަތްތަށި ހިފައިގެން ނައިރާއައިސް އިށީނދެލީ ގާތުގައެވެ.”މަންމާ އަޅެ ގޯސްޓް އުޅޭ ވާހަކައެއް ކިޔާދީބަލަ..އޭރުން ކާނީ..”ފުރަތަމަ ސުވާ އަނގައަށް ދިމާކުރުމުން ބޮޑާހާކާލާފައި ދަރިފުޅު ބުންޏެވެ.އެއްދުވަހުވެސް ވާހަކައެއް […]
(ނޯޓް:މިއީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް) ވިއްސާރައިގެ އިންޒާރު ދީގެން ކަޅުވިލާތަކުން ބަނަވެފައިވާ އުޑުމައްޗަށް ކަޅިއެއްލަމުން ލީވާން ނިކުތީ އޮފީހުންނެވެ.އަތުކުރީގައިވާ ގަޑިއަށް އަވަސް ނަޒަރެއް ދެމުން އޭނާ ގޮސް އެރީ ދުރުގައި ޕާކްކޮށްފައިވާ ސައިކަލަށެވެ.އެއާއެކު ތުނިތުނިކޮށް ވާރޭކަނި ޖަހަންފެށުމުން ލީވާން ސައިކަލު ދުއްވާލީ ވާރޭ ބޯނުކުރަނީސް މަންޒިލަށް ފޯރާތޯއެވެ.ނާސަރީއިން ލޯބިވާ ދަރިފުޅު ނިމޭގަޑިއަށް ކޮންމެހެންވެސް ނުދެވިއްޖާ ފަރިފުޅު ދެރަވެ މައްސަލަޖައްސާނެތީއެވެ.އެކަނިވެރި ބައްޕައެއްގެ ގޮތުގައި މަންމައަކާ ނުލާ ތުއްތު ދަރިއަކު ބެލުމަކީ ކުޑަކަމެއްނޫނެވެ.ބޮޑު […]