(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) އޮފީސް ނިންމާލާފައި ހާޒިމް ނުކުތްއިރު ގަޑިން ހަތަރެއް ޖަހާ ބޮޑު ވެއްޖެއެވެ. އުފަލުންހުރެ ހިނގައިގަތީ ލިބިފައިވާ ބޮޑު ނަސީބުގެ އުފާވެރި ހަބަރު މަންމައަށް ދޭށެވެ. ކަންތަށްވީ ހާޒިމްގެ ހިތުގައި އޮތް ގޮތަށެވެ. ހާޒިމްއަށް ކޯހެއް ހެދުމުގެ ފުރުސަތު ލިބުން ވެގެން ދިޔައީ އެކަމުން އާބިދާއަށް ވަރަށް އުފާވެރިކަން ގެނުވި ކަމަކަށެވެ. އެ އުފާވެރި ހަބަރު އަޑު އިވުމާއެކު އާބިދާ ވަގުތުން ގުޅީ […]
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) އެއް ހަފްތާ ފާއިތު ވެގެން ހިނގައްޖެއެވެ. އާހިލްގެ މަރުގެ ހާދިސާ ދެންމެ ހިނގި ކަމެއްހެން އަދިވެސް ހާޒިމްގެ ސިކުނޑީގައި ހަރުލާފައި އެބަ ހުއްޓެވެ. އާހިލް މަރުވެގެން ދިޔުން ވީ ހާޒިމްއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ބަލިކަށިކަމެއް ގެނުވި ކަމަކަށެވެ. ލޯ މަރާލިއަސް ހީވަނީ އާހިލް އެ އިމާރާތުގެ މަތިން ފުންމާލާތަން ފެންނަ ހެންނެވެ. ލޯ ހުޅުވައިގެން ހުއްޓަސް ހީވަނީ ކައިރީގައި […]
ރުޅިއައިސްފައި ހުރިކަމަށް ހެދެމުން ޔަނާލް އެކޮޓަރިން ދިއުމުން ނިކްހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޔަނާލްގެ ސަބަބުން ނިކްހާ އަށް ހިނިތުންވާން މަޖުބޫރު ކުރެއެވެ. އެހެނަސް އޭނާ އެކަނި ވެއްޖެނަމަ ނުތަނަވަސްކަން އައިސް ވަށާލަނީ ހިނދުފުކެއްގެ ތެރޭގައެވެ. ނިކްހާ ކޮޓަރިން ނިކުތީ ޔަނާލް މެންނާއެކު ވާހަކަ ދައްކާލާ ހަދާލުމަށެވެ. އެ ވިސްނުންތަކާއި ދުރުވާނީ އެއިރުން ކަމަށްވާތީއެވެ. “ދަރިފުޅާ އައިސްބަލަ… މިހައިރު ހެދުން ހެޔޮވަރު ކުރީތަ…” ނިކްހާ ކޮޓަރިން ނިކުތްތަންފެނި ފަރީޝާ ގޮވާލިއެވެ. “ހޫމް… ހެދުން ވަރަށް ހެޔޮވަރު އެކަމަކު […]
މިހައިރަކަށް އައިސް ނިކްހާއަށް އަބަދު ވިސްނެނީ ފެންނަމުންދާ ގޮތްނޭނގޭ ހުވަފެންތަކާއި ދޭތެރޭގައެވެ. މި ހުވަފެން ތަކެއްގެ ސަބަބުން ނިކްހާގެ މިޒާޖަށްވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. ބަސް މަދުވުމާއި އަބަދު ނެގިމަޑުވެފައި އިނުމާ ނިދަން އުނދަގޫވުން ފަދަ ކަންކަމެވެ. ނިދާލެވޭ ވަގުތަކު ނަމަ ފެންނަނީ ފާޑެއެއްގެ ހުވަފެނެކެވެ. މިއިން ކޮންމެ ހުވަފެނަކުން ވެސް އޭނާއަށް ދެނީ އިންޒާރެއް ފަދައެވެ. ތަފާތު ގޮތްގޮތައް ފެނުނު ނަމަވެސް ދޭހަވަނީ އެއްމާނައެކެވެ. އޭނާއަށް މިހާވަރަކުން މި ފެންނަ ހުވަފެން ތަކުގައި އަސްލެއް […]
ނިކްހާ އަށް ހޭލެވުނީ ހޫނުއަރާތީއެވެ. އެއިރު ޔަނާލް އޮތީ ނިދާފައެވެ. ނިކްހާ ބޭރަށް ނުކުމެލީ ސާފުވައިކޮޅެއް ހޯދާލުމުގެ ބޭނުމުގައެވެ. މެންދަމުގެ ވަގުތު ކަމުން މާހައުލުގައި ވަނީ މަޑު ތެތްފިނި ކަމެކެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިނގަމުން ދިޔަ ނިކްހާ އަށް ގެއާއި މާދުރަށް ދެވުނުއިރުވެސް އެކަމުގެ ހިލަމެއްވެސް ނުވިއެވެ. އަނގައިން މަޑުމަޑު ރާގެއް ގޮއްވާލަމުން ލޯހުޅުވާލި އިރު ނިކްހާއަށް ބިރުންގޮސް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި އޮތް ބޮޑުފެންކޯރުން ބޮޑެތި ކިނބޫތައް އަނގަހުޅުވައިގެން ތިބިއިރު ނިކްހާ އަށް އިންތިޒާރު ކުރާކަހަލައެވެ. […]
” ސަޕްރައިޒް ” އައިޝާގެ ލޯ މަތީގައި އަޅާފައިވާ އަތް ނައްޓައި ލަމުން ވާރިޝް ހީލި އެވެ. އެ އާއި އެކު އައިޝާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވާލި އެވެ. ފެނުނު މަންޒަރުން އައިޝާގެ ދެލޯ ބޮޑު ވެގެން ދިޔަ އެވެ. ބިރުން ފަހަތަށް ޖެހެވުނެވެ. ” ނޫން… ނޫން… އަހަންނަށް ދެރަ ގޮތެއް ނުހަދާތި…. ވާރިޝް…. އަހަރެން ސަލާމަތް ކުރޭ…” އައިޝާ ފަހަތް ބަލައިލި އިރު ވާރިޝްގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. ކުރިމަތީ ގައި […]
އެވަގުތު ވަދެގެން އައި ޑަކުޓަރު ފެނި ޔަނާލް އަވަސް އަވަހަށް ކޮޅަށް ތެދުވެލީ ނިކްހާގެ ހާލަތު ހުރިގޮތް އެނގެން ކެތްމަދުވެފައި ހުރެއެވެ. “ޕޭޝަންޓް މިއޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި… ސިކުނޑިއަށް ލޭއެޅިފައި ހުރުމުގެ ސަބަބުން ވަރަށް އަވަހަށް ބޮލުގެ އޮޕަރޭޝަނެއް ކުރަން އެބަޖެހޭ… ހޭނާރާ މިދާ ކޮންމެ ވަގުތަކީ ޕޭޝަންޓް ގެ ފުރާނައަށް ނުރައްކާ ވާނޭކަމެއް…” ޑަކުޓަރުގެ އަނގައިން ބޭރުވި ބަސްތައް ޔަނާލްގެ ހިތްފޫއަޅުވާލާފައި ދިޔަފަދައެވެ. އެކުވެރިޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން އެމޫނަށް ބަލައިލީ މާޔޫސްކަމާއި އެކުގައެވެ. […]
އެއިރު ނިކްހާގެ ބޮލުން ފައިބަމުން ދިޔަލެއިން ސިޓިންރޫމްގެ ހުދު މާބްލްސްތައް ރަތްވަމުން ދިޔައެވެ. ޔަނާލް ނިކްހާގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއިރު އަޑުންއަޑުނަގައި ރޯންފެށުނެވެ. އެއްފަހަރު ނިޝާ ކޮޓަރި ދޮރާ ދިމާއަށް އަނެއްފަހަރު ނިކްހާ އާ ދިމާއަށް ބަލަމުން ދިޔަ ޔަނާލް އަށް އެކޮޓަރި އަށް ވަންނާކަށް ނުކެރުނެވެ. ހާސްވެފައި އިންވަރުން އާއިލާ މީހަކަށް ގުޅަން ވެސް ހަނދައިން ވީ އިރުކޮޅެއް ފަހުންނެވެ. އަވަސް އަވަހަށް ޔަމާން އަށް ގުޅާ ކުރުގޮތަކަށް ވީގޮތް ކިޔައިދިނުމަށްފަހު އަވަހަށް އައިސްދިނުމަށް ބުނަމުން […]
“އޯމައިގޯޑް… އަޅޭ… އަލްޙަމްދުލިﷲ….” އޭލެވެލް ޓެސްޓު ތަކުގެ މާކްސް ޝީޓު ފެނުމުން ނިކްހާ އަށް އުޅެފައި ނޫޅެވުނު ގޮތެއްވެސް ނޭނގުނެވެ. ކުޑަކުއްޖެއްހެން ހަޅޭއްލަވައި ގަނެފައި ފުންމައި ގަތެވެ. ކައިރީގައި ހުރި ޔަނާލް އުޅަނބޯށިން ޖަހާލުމާ އެކު ވަށައިގެން ނަޒަރު ހިންގާލާފައި ރަކިވެގެން އިސްދަށަށް ޖެހީ އެތާތިބި އެންމެންގެ ނަޒަރު އޭނާ އަށް އަމާޒު ވެފައިހުރިކަން އެނގުމުންނެވެ. ތިން މާއްދާއިން އޭ ސްޓާރ ލިބިފައި ވާއިރު ދެން ހުރި މާއްދާ ތަކުން ނިކްހާ އަށް އޭލިބިފައި ވެއެވެ. ޔަނާލް […]