ސިއްސާގެން ގޮސް ކާޔާ އަށް ބައްދާލެވުނީ ރިއާންގައިގައެވެ. ކުއްލިއަކަށް ކާޔާ އައިސް ބައްދާލުމުން ރިއާންހުރީ ހަދާނެގޮތް ހުސްވެފައެވެ. ރިއާންއަށް ކުރަމުން ދިޔަ އިހްސާސްތަކަކީ މީގެކުރިން ދުވަހަކުވެސް ވީގޮތެއް ނޫނެވެ. މަޑުންމަޑުން ރިއާންގެ އަތް ހަރަކާތްކޮށްލިއެވެ. ކާޔާގެ އަތުގައި މަޑުމަޑުން ހިފާލުމުން ކާޔާ އަށް މިހުރެވުނުގޮތް ރޭކާލީ އަދި ކިރިޔާއެވެ. ލަދުން ހަދާނެގޮތްހުސްވެފައިހުރި ކާޔާ އަށް އިސްއުފުލާ ބަލާލެވުނީ ރިއާން އައި ދިމާއަށެވެ. މިހާކާރިން ރިއާންފެނުމުން ކާޔާއަށް ބުނަންނޭނގޭ އިހްސާސްތަކެއް ކުރަންފަށާފިއެވެ. ހިތްތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ.ރިއާންގެ ފިރިހެންވަންތަ މޫނަށް ބަލަންހުރެވުނީ ކިހާއިރަކުކަމެއް ކާޔާއަށްވެސް ނޭނގެއެވެ. ރިއާންގެ ފިރިހެންވަންތަކަން އިތުރުކޮށްދޭ ތުނބުޅިއާއި އެދެލޮލުގެ ޖާދޫގައި ނުޖެހިދާނީ މަދުބައެކޭ ކާޔާހިތަށް އެރިއެެވެ. ރިއާން ހުރީ ކިތައްމެހާވެސް ހިތުގައި ފޮރުވާފައިވާ ލޯބި ކާޔާގާތު ބުނަން ބޭނުންވެފައެވެ. ނަމަވެސް އަދި މާއަވަހޭ ހިތައް އަރާ މަޑުކޮށްލީއެވެ. ކާޔާއަށް ވާރޭހުއްޓާނުލާނެހެން ހީވުމުން ހިނގައިގަތީ ދާންށެވެ. ދަނީތާ! ރިއާންއަށް ކާޔާ ހިނގައިގަތުމުން […]
ނީން އަށް އަޅެތިނޫން ކަމެއްކުރަންވެސް ނޭނގެ ދޯ!. މިތާގަ މަޑުން އިނދެވޭތޯ ބަލާބަލަ. “އޭ! މަ ބުނީ މިއަދު އެއްކަލަ ރިއާން މެންގެ މެޗު އޮންނާނެއްނު ، ހިނގާ އެތަނަށް ގޮސްލާފަ އަންނަން. ނީން މެޗު ބަލާހިތްވެފަ ހުރި ވަރުން ކާޔާ ކާރިގައި ކިޔަންފެށިއެވެ. މަނެތް ދާހިތެއް ނީން ދާންވީއެއްނު ގޮސްލާފަ އަންނަން މައިންނާނަން މިތާގައި. އޯކޭ އެބުނެ ނީން ހިނގައިގަތީ މެޗު ބަލަންދާށެވެ. ފޯރިއާއެކު ކުޅެމުންދިޔަ މެޗުގެ ބުރޭކް ގަޑިކަމުން ރިއާން ދިޔައީ ނީން ފެނުމުން […]
“ރިއާން!” ރާއިން އެއްލި ބޯޅަ އައިސް ޖެހުނީ ރިއާންގެ ގައިގައެވެ.”ކުޅޭއިރު ތަންތަނަށް ނުބަލާށޭ ރިއާނޫ!… ރާއިން އެވަރުންވެސް ބެލީ ރިއާން ރުޅި އަރުވާލެވޭތޯއެވެ. “ރާއިން. ރާއިންވެސް ވެއްޖެއްނު ކުޅޭއިރު ތަންކޮޅެއް ބަލައިލަގެން ކުޅެން!”. ރިއާން އަކީ މަޑުމައިތިރި މިޒާޖެއް ހުންނަ ކުއްޖެއް ކަމުން ބުނިލޭ މަޑުކަމުން ރާއިން ގާތަށް ހިނިއައެވެ. “އޯކޭ ދެން ހިނގާ ދާން ، މާދަމާ މެޗުން ވާނެ އަހަރުން މޮޅުވާން.” އަރާއިގެން އައި އިރާއެކު ކާޔާ އިނީ އަތިރިމަތީގައެވެ. އިރުއަރާ މަންޒަރު އަދި އިރުއޮއްސޭ މަންޒަރާކީ ކާޔާ އެންމެ ބަލާލަން ހިތްހަމަޖެހޭ ވަގުތެވެ. ކާޔާ ސިއްސާގެން ދިޔައީ ނީން ކާޔާ ސިއްސުވާލުމުންނެވެ. ކާޔާ ކީވެތަ އަބަދު މިތަނަށް މިގަޑީގައި އަންނަނީ ، އަހަރެން ކާޔާ ގެޔަށްވެސް ގޮއްސަ […]