ރިއާން 2
ނީން އަށް އަޅެތިނޫން ކަމެއްކުރަންވެސް ނޭނގެ ދޯ!. މިތާގަ މަޑުން އިނދެވޭތޯ ބަލާބަލަ. “އޭ! މަ ބުނީ މިއަދު އެއްކަލަ ރިއާން މެންގެ މެޗު އޮންނާނެއްނު ، ހިނގާ އެތަނަށް ގޮސްލާފަ އަންނަން. ނީން މެޗު ބަލާހިތްވެފަ ހުރި ވަރުން ކާޔާ ކާރިގައި ކިޔަންފެށިއެވެ. މަނެތް ދާހިތެއް ނީން ދާންވީއެއްނު ގޮސްލާފަ އަންނަން މައިންނާނަން މިތާގައި. އޯކޭ އެބުނެ ނީން ހިނގައިގަތީ މެޗު ބަލަންދާށެވެ.
ފޯރިއާއެކު ކުޅެމުންދިޔަ މެޗުގެ ބުރޭކް ގަޑިކަމުން ރިއާން ދިޔައީ ނީން ފެނުމުން ނީން ކަރިޔަށެވެ. “ރިއާން ކޮބާ މެޗުން މޮޅުވައްޗޭ މަ އެވަރަކުން މިއައީވެސް ރިއާން މެން ކުޅޭތަންބަލަން އެހެންވީމަ ވާނެ މޮޅުވާން.” ނީން ގެ މޮޅުވާހަކަ ފެށުމުން ރިއާން ގާތަށް ހިނިއައެވެ. އައްދޭ! ނީން އަނެއްކާވެސް ރިއާން އާދިމާއަށް ބުނެލިއެވެ،. ކޮންމެހެން މަގޭކުރިމަތީގައި ތިހެން ހޭނެ ކަމެއްނެތް ތި ހިނިތުންވުމުން ކާޔާ މޮޔަކޮށްލަން އުޅޭ. “ހަަހަހަ” އޯކޭ ކޮބާތަ ކާޔާ! ރިއާން އަހަން ބޭނުންވެގެން އުޅޭ ސުވާލު ނީންއާ ކޮށްލިއެވެ.
“ކާޔާ އެބައިން އަތިރިމަތީގައި ރިއާންގެ އިންތިޒާރުގައި ، ދާންވީއެއްނު . ލާނެއް ފާޑަކަށް ނީން ބުނެލިއެވެ. ރިއާންގެ ހިތުގައި ކާޔާ އަށްޓަކައިވާ ލޯބި އަދިވެސް ވަނީ ހިތުތެރޭގައި ފޮރުވާލާފެއެވެ. ރިއާން ކިތަންމެ ބޭނުން ވިއަސް ބުނަން ނުކެރިގެން އުޅެނީ ރިއާން ގެ ހުންނަ މަޑުމައިތިރި މިޒާޖުގެ ސަބަބުންނެވެ. “އޯކޭ ނީން އަހަރެން ދަނީ މެޗު ފެށުނީއެއްނު ” ރިއާން އެހެން ބުނެލުމަށް ފަހު ދިޔައީ ކުޅޭށެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ރިއާން އަށް ބަލައެވެ. 23 އަހަރުގެ ރިއާން އަކީ މީހުންގެ ލޯބި ހޯދަން އިނގޭ މީހުންނަށް އިހްތިރާމް ކުރާކުއްޖެއް ކަމުން އެންމެންވެސް ރިއާންދެކެ ލޯބިވެއެވެ. ރަށުގަ ކުޅޭ ކޮންމެ ފުޓްބޯޅަ މެޗެއްގެ ގޯލްކީޕާރ އަކަށް ރިއާން ނަގަނީ ރިއާންގެ މޮޅުކަމުންނެވެ. މެޗުނިމިގެން ދިޔައީ ރިއާންމެންގެ ޓީމް މޮޅުވެގެންނެވެ.
އިރުއޮއްސި ރޭގަނޑުގެ އަނދިރިކަން ވެރިވެއްޖެއެވެ. ކާޔާ އިނީ ބޭރު ޖޯލީގައި ނީންގެ އިންތިޒާރުގައެވެ. ސައިކަލުގައި ރާއިން އާއި ރިއާން އައީ ކާޔާ މެންގޭ ކާަރިގައި ހުރި ފިހާރައަށެވެ. ދަޅެއް ނަގާގެން ނުކުން ރިއާންއަށް ކާޔާ ފެނުމުން ހުއްޓެވުނެވެ. އެރީތިކަން ފެނި ރިއާން އަށް ކާޔާ އަށް އެދެވުނެވެ. ރިއާންގެ މީހަކަށް ކާޔާ ހަދަން ބޭނުންވިއެވެ. ހަމައެކަނި ޜީތި ސިފައެންނޫނެވެ. ރިއާން އަށް އެންމެ ކަމުދަނީ ކާޔާގެ މަޑުމަތިރި މިޒާޖެވެ. މީހުންނަށް ބަލާ އަދި އިޙްތިރާމް ކުރަން އިނގޭކުއްޖަކަށްވީމައެވެ. ފަންރީތި އިސްތަށިގަނޑެއް ލިބިފާއިވާ ކާޔާ އަކީ ރަށުގެ ގިނަ ފުރާވަރުގެ ފިރިހެން ކުދިން ބޭނުންވާ ކުއްޖެކެވެ. ނަމަވެސް ކާޔާގެ ހިތުގައިވަނީ އެހެން މީހެކެވެ. އެމީހަކަށް ހިތް އެދެވުނަސް ކާޔާވަނީ ހިތުގައި އެލޯބި ފޮރުވާލަފައެވެ. ނޫނީ ކާޔާ އަށް އިންތިޒާރު ކުރެވެނީ އެމީހަކު ކާޔާ ގާތު ލޯބިވާވަހަކަ ބުނަންދެންނެވެ. ކާޔާއަށް ބަލަން ގެއްލިފާއި ހުރި ރިއާން ސިއްސާގެން ދިޔައީ ރާއިން އައިސް ކާޔާއޭކިޔާ ނިކަން ބާރަށް ގޮވާލުމުންނުވެ.ފޯނަށް ގެއްލިފާއިން ކާޔާވެސް ދިޔައީ ސިއްސާގެންނެވެ. ރާއިން އަކީ ނިކަން ލާނެތް މީހެކެވެ. ރިއާން އަށް ދިމާކޮށްލާނެ ފުރުސަތެއްވެއްޖިއްޔާ ދިމާކޮށްނުލާ ރާއިންއަކަށް ނުހުރެވެއެވެ. ހިނިގަނޑެއް ޖަހާލަމުން ކާޔާ ކާރިޔަށް ރާއިންއައެވެ. “ހާދަ ބާރަކަށް ތިގޮވީ ސިއްސާގެން އަހަރެން ދިޔައީ”.ކާޔާ ހިނިތުންވެލަމުން ރާއިންއަާ ދިމާއަށް ބުނެލިއެވެ. ރިއާންވެސް މަޑުމަޑުން އައިސް ރާއިން ކާރިގައި އިންޖޯލީގައި ޖައްސާލިއެވެ. “ކީއްވެފަ މިތާގަ އެކަނި ، މީހެއްގެ އިންތިޒާރުގަތަ” ރާއިން އަހާލިއެވެ. ނީން އަންނަންދެން މިމަޑުކުރަނީ.
ނީން އެޔޮތްއަންނަނީ އެއްނު، ނީން އަންނަތަން ދައްކާލުމުން ރާއިން ބުނެލިއެވެ. ރިއާން ކާޔާ ދިމާއަށް ބަލާވަރުން ކާޔާހުރީ ލަދުންނެވެ. “އެއްޗެކޭވެސް ނުބުނެބަލައެއްނު ، މީ އަޖާބެއްކަހަލަ މީހެއް!” ކާޔާގެ ހިތާހިތުން ކިޔާލިއެވެ. ” ކައި ދާންވީއެއްނު، ވަރަށް ލަސްވެއްޖެ ދޯ” ނީން ހުރީ ވަރުބަލިވެފައެވެ. ދުވެފައި މިއައީ މަ ބިރުން އަސްލު ، ހާދަ އަނދިރިއޭދޯ މަގުމަތީގައި ލައިޓުވެސް އިނީ ތަޅާގެން ގޮސްފަ. ނީން ދުވެފައި އައީ ކީއްވެކަން ކާޔާ މެންނަށް ކިޔާދިނެވެ. “ދެން އަހަރެން ކަރީގައި ބުނިނަަމަ ނީން ބުނި ކޮަންމެ ތާކަށް ގެންގޮސްދޭނަން” ރާއިންއަށް މަޑަކުން ނުހުރެވުނެވެ. އެހާވެސްލާނެއް ވާނެއެވެ. ކާޔާއާ ރިއާންގާތަށް ހިނިއައެވެ. އައްދެ! “މަށައް ތިކަން އިނގޭނަމަތާ ހަހަހަ ، ” ނީންވެސް ވަކި ރާއިންއަށް ދުލެއްނުކުރިއެވެ. އެއްވަރުގެ ލާނެއްދޭމީހުުންނެވެ.
ހިނގާ ކޮފިއަކަށްދާން އެންމެން ، ނީން އެހެން ބުނުމުން ރާއިން އާއި ކާޔާ އެކެއްއަނެކެކަށް ބަލާލެވުނެވެ. ހިނގާ ދާން ، މަ އިން ،ކޮފީއެއްނު. ހަހަހަ ރާއިން ސައިކަލަށް އަރާފައި ނީންއަށް ގޮވާލިއެވެ. ސައިކަލުގަ ދާންވީއެއްނު ވިއްސާރަ ނަގަނީ އެއްނު އޮއްސާލުމުކުރިން ދެވޭވަރު ވާނެ. ނީންވެސް އެކަމާ އެއްބަސްވިއެވެ. ދެން ތިބީ ކާޔާއާ ރިއާންއެވެ. ނީންއަށް ބަލާލެވުނީ ރިއާންއާ ދިމާއަށެވެ. ދެން އަރާބަލަ އަވަހަށް ސައިކަލަށް ކައި ގޮވާގެން ދޯ ކާޔާ!. އެއްކަލަ ނީންގެ ބޮޑު އަނގަ، ކައި އާދެ ސައިކަލަށް އަރަން ރިއާން މަޑުމަޑުން ކާޔާ އަށް ގޮވާލިއެވެ. ކާޔާ ލަދުންހުރެވެސް ގޮސްސައިކަލަށް އެރިއެވެ.
ކޮފީގައި ތިބިއިރުވެސް ކާޔާ އާ ރިއާން ތިބީ ހައްޕުކިޔާގެންނެވެ. ތަނުގެ ހަމަހީމެންކަން ނަގާލާފައި ވަނީ ނީންއާ ރާއިންގެެ މަޖާ ވާހަކަތަކުންނެވެ. ރިޔާން މެންނާ ކާޔާމެންނަކީ އެއްއޮފީހެއްގައި މަސަކަތްކުރާ ބައެއްކަމުން ،އާއްމު ގޮތެއްގައި ކޮފީތަކަށް ގޮސް އެއްކޮށް އުޅެއެވެ. އޮފިސް މޭޓުންނަށް ތުރެއް ކާޔާއާ ނީންގެ ގުޅުމަކީ މާއެކުވެރި އަދި ވަރުގަދަ ގުޅުމެކެވެ. ހަމަ އެގޮތައް ރިއާންއަދި ރައިން އަކީވެސް ބެސްޓް ފރެންޑުންނެވެ.
“ނީން މިހާރު މާލަސްވެއްޖެނު ހިނގާދާން ދެން ، މާދަމާ އޮފީހަށް ވެސް ދާންޖެހޭނެއްނު”ގަޑި އަށް ބަލާލުމަށްފަހު، ކާޔާ ،ނީންގާތު ބުނެލިއެވެ. ހިނގާ ދޯ ދާން މާދަމާ އޮފީހުންވެސް ދިމާވާނެއެއްނު ނީން އެހެން ބުނެލުމަށްފަހު ތެދުވީދާންށެވެ. ރާއިން އަށް ފޯނެއް އައުމުން ފޮނު ނަގާ މި އަންނަނީއޭ ބުނެ ނީންއަށް ގޮވާލިއެވެ. ނީން ދާންވީއެއްނު މަށާއެކު މަ ނީން ގެއަށް ވަށްޓާލާނަން ގެއާވެސް ކާރިއެއްނު، ރިއާން! ރިއާން ދޭބަލަ ކައި ގޮވާގެން އޭނަ ގެޔަށްލާން، ރިއާން މެންގެޔާ ކާރިއެއްނު. މަ އެބަ ޖެހޭ ވަރަށް އަވަހަށް ގެޔަށްދާން ރާއިން މިހެންބުނެ ނީން ގޮވާގެން ނައްޓާލަފިއެވެ. “ހިނގާ ދާން ، އެމީހުންވެސް އެދިޔައީއެއްނު ރިއާން ކާޔާ އަށް ބަލާލަމުން ބުނެލިއެވެ.
ސައިކަލުމަތީގައި އިން އިރު ކާޔާގެ ހިތްތެޅޭވަރުން ކާޔާއަށްވެސް އުނދަގޫވާވަރުވިއެވެ. ކުއްލިއަކަށް އޮއްސާލި ވާރެން ސަލާމަތް ވާން ރިއާން ސައިކަލު މަޑުކޮށްލިއެވެ. ކާރީގައި ހަދަންފަށާފައިވާ ފަޅުގެޔަކަށް ކާޔާގެ އަތުގައިހިފާގެން ދުވެފައި ރިއާންވަނެވެ. ހަމަޖެހިލަމުން ކާޔާ އައި ދިމާއަށް ބަލާލެވުނެވެ.މިހުރެވުނު ގޮތް ހިތަށް އަރާ ކާޔާގެ އަތުން ދޫކޮަަށް ލިއެވެ. ސޮރީ ! މަޑުމަޑުން ރިއާން ބުނެލިއެވެ. އޮކޭ އެ ބުނެ ކާޔާ ހިނިތުންވެލިއެވެ. ކުއްލިއަކަށް ޖެހި ގުގުރިން ކާޔާ ސިއްސާގެން ދިޔައެވެ.
12 Comments!
Comments are closed.

Vvvv reethi mi part vx…..hama hebeys….waiting for the nxt part
thank you kairaa. 🙂
When next part ?????????????????
insha allah tommorow <3
Omg varah varah reethi mi part vx… Im so speechlesss…… Whn next part… Im waiting for next part
Oh it’s my special story dho. Kaayaa next part Kon iraku? By the way this part is also very nice
tommorow. thank you umny hope ur gona like the next part too … keep waiting.
tommorow. thank you umny hope ur gona like the next part too … keep waiting.
Varah varah reethi…maa sha allah waiting for the next part….
🙂 soon
V reethi mi part vx…… Whn nxt???
Kaayaa hangouts use kurantha