ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އެޒުވާނާއެ ތެދުވީ ކަށިންނެތް ހިތްވަރު ލައިގެންނެވެ. ތެދުވެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުމާއެކު އަނެއްކާވެސް އެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޮހެންފެށިއެވެ. ވަށައިގެން އިވެމުންދާ ކުޑަކުދިންނާއި ، ބޮޑެތިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ރުއިމާއި ގިސްލުމުގެ އަޑުން އޭނާގެ ކަންފަތްވީ ބައްވެފައެވެ. ޒަޚަމްވެފައި ތިބި މީހުންނަށް އެހީތެރިވަމުން ދިޔަ ޑޮކްޓަރުން އަވަސް ހަރަކާތްތަކާއި އެކު އެމީހުންނަށް ދެވެން އޮތްހާ ފަރުވާއެއްދެމުން ދިޔަނަމަވެސް އެތައްބަޔަކު މި […]
“މަންމާ” މިއްލީއަށް ރޮއެގަނެވުނީ ސްޓްރެޗަރއެއްގައި ގެންދަމުން ދިޔަ އޭނާގެ މަންމަ ފެނިފައެވެ. އެ ލޮބުވެތި މޫނުގައި އެތައް ކޫރުންތަކެއް އެޅިފައިވީ އިރު ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ މަަންމަ ގެ ފަހަތުން ލެއިން ތަތްތެޅިފައި ތިބި އޭނާގެ ބައްޕައާއި ބޭބެގެ އިތުރުން ފަހަރިވެސް ގެން ދިޔައީ އޭނާގެ ލޯކުރިމަތީގައެވެ. ހަމައެއާއި އެކު ތުއްތު މާލް މެޑިކަލް ޓީމްގެ މެމްބަރެއްގެ އަތުގައި އޮތް ތަން ފެނި މިއްލީއަށް ހީވީ މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ދެފައިން […]