ރޭގަނޑު މީހުން ނިދާ، ފައިހިލަވަޅު އޮބުނީމާ އެއީ އަހަރެމެން ގޯތި’ބުޅާތައް‘ރަސްކަން ކުރާ ގަޑިއެވެ.މި ދައްކަނީ އުޒައިރު،ޒަޔާ އަދި ޒީވާގެ ވާހަކައެވެ.އެ ތިން މީހުންނަކީ ބުޅަލުގެ އުސޫލުން ރޭގަނޑު ނުނިދާ ހޭލާ ’ދަމަށް‘ ތިބެފައި ދުވާލުވީމާ ނިދާ ބައެކެވެ.ތިން މީހުން އެއްތަންވާ ރެއަކު ވިއްޔާ ވަރަށް ފޯރި އަރުވައިލާނެއެވެ.ކަމަކަށް އޮންނާނީ ގޭމުކުޅުމާއި، ފިލްމު ބެލުމާއި ޓިކްޓޮކް ހެދުމެވެ. ކުރިންވެސް ބުނިހެން އެ ތިން މީހުން ވަރަށް ގުޅޭނެއެވެ.’ސިބްލިންގްސް ނައިޓޭ‘ ކިޔާ ތިން މީހުން ސަކަރާތް ގަންނައިރު އަހަރެން މީ […]
އައްސަލާމު ޢަލައިކުމް! “އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ” މި ވާހަކައަކީ އަޅުގަނޑު އަލަށް މި ވެބްސައިޓެއްގައި ލިޔަން ފަށާ ވާހަކައެކެވެ. މި ވާހަކައިގެ އެޕިސޯޑް ތައް ވެބްސައިޓަށް އަޕްލޯޑު ކުރުމަށް ފަހު އެއްވެސް ވަރަަކަށް ކުށް ހުންނަ ކަމަށްވަނީ ނަމަ އެކަންކަން ފާހަގަ ކޮށްދިނުން އެދެމެވެ. އަލަށް ލިޔާ ދިގުވާހަކަ އަކަށް މި ވާހަކަ ވާތީ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން. ޝުކުރިއްޔާ! 🤍
ކޮފީއަކަށް ’ސިކުވެފައި‘ ހުރިވަރުން ބަދިގެ ފަރާތަށް ޖެހިލީ ކޮފީއެއް ތައްޔާރު ކޮށްލާނަމޭ ހިތާއެވެ.އޭރުވެސް މުޅި ސޯފާ ވެރިކޮށްލައިގެން ޒީވާ އޮތެވެ.ދޭތެރަކުން އަހަންނާއި ދިމާލަށް ބަލައިލާފައި ކަޅިއަޅައިލައެވެ.ހީވަނީ އަހަންނާއި އެއް ވައިގެ ތެރެއަށް ނޭވާލާން ޖެހޭތީ ވެސް އުނދަގޫވެގެން އުޅޭހެންނެވެ. **** ކޮފީ ތަށި ތައްޔާރުނުކުރެވިގެން އުޅެނިކޮށް އަނެއްކާވެސް ދެތިން ފަހަރަކު އެޕާޓުމަންޓުގެ ބެލް އަޅާލައިފިއެެވެ. ޒީވާ ހަމަ ހިލާ އޮތް ތަނުން ގުޑުވައި ނުލިއެވެ. ’ބޮލަށް ނުކުޅަދާނައޭ ދޭބަލަ އެ ދޮރުގަނޑު ހުޅުވަން!‘ ޒީވާ ރުންކުރުކަމާއި އެކުގައި […]
ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން، ކުރިމަތިން ފެންނަން އޮތް ކާރޫ ބާރޫ ބޮޑު މަގަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އަހަރެންގެެ ބޮލުގައިވަނީ ގަދަ ރިހުމެއް އުފެދިފައެވެ.ނުވިސްނަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެ ޚިޔާލުތައް އަހަރެންގެ ސިކުނޑި ކަމުން ދަނީއެވެ.އިންޒާރެއްނެތި އަހަރެންގެ ދިރިއުޅުމަށް ބިންދާލި އެބިޔަ ރާޅުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމާއި މެދު ސުވާލު އުފެދިއްޖެއެވެ. އަހަރެންގެ މުޅި ދިރިއުޅުމަކީ ދޮގެއްގެ ގޮތުގައި ސިފަކުރެވިގެން ހިނގައްޖެއެވެ. **** މި ދުނިޔެމަތީގައި ތަކުލީފެއް އުފުލަން ނުޖެހޭ މީހަކު ނިކަން […]
އަލަގަހަކުން ކެޔޮ ނިރެއް ފަޅާނެތަ؟! އަހަރެންގެ އަސްލަކީ ކޮބާ؟! މަސްލަހަތަށްޓަކައި އަމިއްލަ ނަފްސުގެ ހަމަޖެހުން ނަގާލެވިއްޖެ! ކީއްވެތަ އަހަންނަށް އެހާ ނަފްރަތު ކުރަނީ؟ މިއީ ކިހާބޮޑު އޮޅުވާލުމެއް؟
މަންމާއެވެ. ތިއީ އަހަރެންނަށް ދުނިޔެމަތީ ލިބުނު ރަޙްމަތެކެވެ. އެންމެ އަގުބޮޑު ޖަވާހިރެވެ. އަހަރެންގެ ދިރިއުޅުމުގެ ހަޤީޤީ އަސްލެވެ. މުއްސަނދިކަމެއް ނުލިބުނަސް އަހަރެންގެ ދިރިއުޅުން ތަނަވަހެވެ.އެއީ ހަމަ ތި މަންމަ ދިން ނަސޭހަތްތަކާއި އަމަލު ކުރާނެ ގޮތް ބުނެދީ، ދިން އިރުޝާދު ތަކުންނެވެ. މަންމާއެވެ. އަހަރެން އެންމެ ކުޑަ ދުވަހުން ފެށިގެން ތަނަވަސް ކަމާއި އެކު ދިރިއުޅެވެނީ މަންމަގެ ލޯ ބޯ ކޮށައިގެން ކުރި ބުރަ މަސައްކަތުންނެވެ. އެ ދުވަހު އަހަރެންގެ ހައްޤުގައި އެކުރި ބުރަ މަސައްކަތްތަކަށް އަހަރެންގެ […]
ޒައިނާ އާއި ޒަކުވާން ގެ ލޯބީގެ ގުޅުމަށް އެތަކެއް ވެގެން ހިގައްޖެއެވެ . އެއް ދުވަހަކަށް ފަހު އަނެއް ދުވަހެއް ޒަކުވާން އާއި ޒައިނާ ގެ ގުޅުމަށް ވަނީ ވަރު ގަދަ ވެގެން ގޮސްފައެވެ . ކުދި ކުދި މައްސަލަ ތަކެއް ޖެހުނެއް ކަމަކު ޒަކުވާން އާއި ޒައިނާ ގެ ލޯބީގެ ދުވަސްތައް ދަނީ ފައްކާ ވަމުންނެއެވެ. ” ޒައީ އެބައިން ވާހަކަ އެއް ބުނެލަން ވެފާ .. އެކަމަކު އެއީ ސަޕްރައިސް އެއް ” ޒަކުވާން […]
(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.) ފިނިފިނި ރޭގަނޑެއްގެ ހަމަހިމޭން ވަގުތެވެ. ނިދީގެ މީރުކަމަށް އެދިއެދި އަހަރެން އެނދުމަތީގައި ދެކައިރިއަށް ފުރޮޅިލަފުރޮޅިލާ އޮތީމެވެ. އެހެނަސް ހިތަށް ލިބިފައިވާ ނުތަނަވަސް ކަމާއި ބިރެއްގެ ސަބަބުން އަހަރެން ނިދިން މަޙުރޫމްވިއެވެ. ތުއްތު ޢުމުރުގައި މައިންބަފައިން ވަކިވުމަށް ފަހު ފާއިތުވެދިޔަ ކޮންމެ ދުވަހަކީ ވެސް އަހަންނަށް ވޭންދެނިވި ދުވަސްތަކެކެވެ. ބައްޕަ ގާތުން ވަރިވުމަށް ފަހު މަންމަ، ބައްޕައާއި އަހަރެން މުޅިން ވަކިކުރުވިއެވެ. އޭގެ ފަހުން ފާއިތުވި ތޭރަ އަހަރުގެ […]
(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.) އަހަރެންނާއެކު އޮފީހުގައި މަސައްކަތްކުރާ ރަޙުމަތްތެރިއެއްގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޕާޓީ ނިންމާލުމަށްފަހު ގެއަށް ދިއުމަށް މިސްރާބު ޖެހުނުއިރު ބާރަ ޖަހަނީއެވެ. އެކުވެރި ޒައިދާނާއެކުގައި ދެވޭގޮތް ނުވުމުން އަހަރެން ޕާޓީއަށް ދިޔައީ އެކަނިމާއެކަނި ފައިމަގުގައެވެ. އަހަރެންގެ މާ ގިނަ އެކުވެރިންނެއް ނުތިބެއެވެ. ސަބަބެއްނެތިއެއް ވެސް ނޫނެވެ. އަހަންނަކީ އެކަނިވެރިކަމާއި ހަމަހިމޭންކަމަށް ލޯބިކުރާ މިޒާޖެއްގެ ވެރިއެކެވެ. އެހެންކަމުން އަހަންނަށް ގެއަށް ދާން ޖެހުނީ ވެސް އެކަންޏެވެ. އިސްދަށަށްޖަހައިގެން މަޑުމަޑުން މަގުގެ […]