ކާރު އައިސް މަޑުކޮށްލީ ބޮޑު ރަތް ދޮރެއްގެ ކުރިމައްޗަށެވެ. ޚުބާބް : ދޮންތާ މީ މުލިއާގެ ތައް. އެވަރުންވެސް ދޮންތަމެންގެ ޖަވާބެއް ނައެވެ. އިޝާރަތުން އެތެރެއަށް ވަންނަށް އެންގީއެވެ. ދޯރާ ދިމާލަށް މިސްރާބު ޖަހާފައި ހުއްޓާ ސައިކަލެއްގައި އައި ދެ މީހަކު އެތަނަށް މަޑުކޮށްފިއެވެ. އަނެއްކާ އެއީ ކޮންބައެއް ބާއެވެ. އެވެސް ހަމަ މި ދަޢުވަތަށް ރޯދަ ވީއްލަން އައި ދެ މީހުން ހެއްޔެވެ؟ ބާސިލް އާއި ލީނިޔާ އަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. […]
ރޭގަނޑުގެ ވަގުތެއެވެ . ރޭގަނޑުގެ ނާސްތާ ކުރުމަށް ޒައިނާ އާއި ޒައިނާ މަންމަ އަދި ބައްޕަ . ރޭގަނޑުގެ ނާސްތާ ކުރުމަށް މޭޒު ދޮށުގައި ތިއްބެއެވެ . ޒައިނާ ވިސްނުން ތެރި ކަމާ އެކު ގޮވާލިއެވެ ” މަންމާ ބައްޕާ އަޅުގަނޑު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިއްޖެއިން ” ޒައިނާ މަޑުމާއިތިރި ކަމާއެކު ބުނެލިއެވެ ” އަނެއްކާ ކޮން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީ ” ލޮއިއްބާ އެކު މަންމަ ( އާބިދާ ) އަހާލިއެވެ . […]
ފަތިހުގެ ހިތްގައިމު ވަގުތެވެ. ފަޒާގައިވަނީ ތެތްފިނި ކަމެއް ހިފައިލާފައެވެ. އެ ހަމަހިމޭން ވަގުތު މާދުރު ނޫން ގެއަކުން ނިކުތް އަންހެންކުއްޖާގެ މިސްރާބު ހުރީ އަތިރިމައްޗަށެވެ. މަޑު އެހެނަސް ފަރި ހިނގުމެއްގައި އޭނާ ފިޔަވަޅު އަޅަމުން ދިޔައެވެ. ހިނގަމުން ހިނގަމުން އައިސް އޭނާ މަޑުކޮށްލީ ރާޅުޖަހާ ހިސާބުގައެވެ. އެ ހިމުން ދޮންވެލިގަނޑުމަތީގައި ކަކުނިތަކާއި ބަރަވެލިތައް ދުވާތަން ބަލަން އޭނާ ހުއްޓެވެ. ދެން އޭނާގެ ނަޒަރު ހުއްޓިގެންދިޔައީ އަރަމުން ދިޔަ އިރަށެވެ. ކަނޑުގެ ސަތަހައަށް ވެސް ރަންއަލި ވިރުވާ އަޅުވާހެން […]
” އަސްލު މި ވީ ކުޑަ ދުވަސް ކޮޅު އަހަރެން ޒައިނާ މަތިން ވަރަށް ހަނދާން ވި ވާހަކަ ދައްކަން ވެސް ބޭނުން ވި ” ޒަކުވާން ގެ އުދާސް ތައް ޒައިނާ އަށް ބައްޑުން ކޮއްލިއެވެ . އަދި ޒައިނާ އާ ލޯބީގެ ގޮތުން ގުޅެން ބޭނުން ވީ ވާހަކަ ވެސް ޒައިނާ ކައިރީގައި ބުންޏެއެވެ . ” އަދިރީގެ ތެރެއިން ، އަލި ކަން ލިބުނޭ ފެނުނިމާ ތިމާ ބިނަން ބޭނުމޭ ” ޒައިނާ […]
އައްސަލާމު ޢަލައިކުމް ކީމޭ އަލްވަދާޢުގެ 3 ވަނަ ބައި ލަސްވަމުންދާތީ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. މިދުވަސްކޮޅަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްވަރަށް ވާތީއާއި ޖޮބްގައި ބިޒީކޮށް އުޅެން ޖެހުމާއި އެކީ ވާހަކައިގެ 3 ވަނަ ބައި ނިންމާލުމަށް ވަގުތު ނުވެވެވެނީއެވެ. އިންޝާ ﷲ، ވަރަށް އަވަހަށް 3 ވަނަ ބައި އަޕްލޯޑް ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. ކިޔުންތެރިން ތިޔަ ދެއްވަވަމުން ގެންދަވާ ސަޕޯޓަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އެންމެހާ ފަރާތްތަކަށް […]
ޒައިނާ އަށް ވަރަށް ނަސޭހަތް ލައިދިނިއެވެ . ރޮއެފައި ކަމުން ޒައިނާ މޫނު ދޮވުލުމަށް ރާނިޔާ ބުނެލިއެވެ . އެންމެ ކައިރީން މަސައްކަތް ކޮއްދޭން ހުރީ ރާނިޔާއެވެ . ސަބަބަކަށް ވަނީ ކޮންމެ ދެރަ ކަމެއް ގައި ވެސް ކޮންމެ އުފާވެރި ކަމެއް ގައި ރާނިޔާ އެހީތެރި ވެގެން ދިއެވެ . ދުވަސްތައް ފާއިތުވެގެން ހިގައްޖެއެވެ .. ޒައިނާ އިހުނަށްތުރެން ކިޔެވުމަށް އެތަކެއް މަސައްކަތް ކުރަމުން ގެދިޔައެވެ . ރާނިޔާ އެ ވާހަކަ ދެއްކުމުން ޒައިނާ ކިޔަވަން […]
ރަނގަޅަށް ތަރާވިސް ވެސް ކުރެވުނުކަމެއް ނޭނގެއެވެ. ނަމާދަށް ހުރި އިރުވެސް ފެންނަނީ އެ ރީތި ފެންމިންޔެވެ. ކޮޅަށް އެތައް އިރަކު ހުރުމުގެ ސަބަބުން ފައިގައި ރިއްސުމުގެ އިތުރުން ބަޑުހައިވެސް އިންތިހާއަށް ވަމުންދިޔައެވެ. މިސްކިތުން ނިކުމެގެން ސައިކަލުގައި ބާރުބާރަށް ގެއަށް ދިޔައިމޭވެ. ދުވެ ބަޑި ބަޑި އަޅާފައި ކާގެއަށް ދެވުނު އިރު މާނޭވާލެވެނީއެވެ. އޭރު ދޮންތައާ އިތުރު އަންހެން ކުއްޖެއްވެސް ބަދިގެ ތެރޭގައި އުޅެމުންދިޔައެވެ. މީހެއްގެ ހިލަން ވެގެން ކަންނޭނގެއެވެ. އެކުއްޖާ ފަހަތަށް ބަލާލިއެވެ. ފެނުނު ސޫރައަކުން އަހަރެން […]
އެޕިސޯޑް 38 ގައި ކުޑަ މައްސަލަ އެއް އުޅޭތީ އެބައި އަލުން ރަނގަޅޫ ކުރުމަށްފަހު 39 ވަނަ ބަޔާއި އެކު މިވަނީ ކިޔުންތެރިންނާ ހަމަޔަށް ގެނެސް ދެވިފައި … ” ނާއިފް އެ އުޅެނީ ވަރަށް އަވަހަށް ލާމަށް ދާން… ނައިރާ ހިޔެއް ނުވޭ އެކަމަކު ދާނެ ހެންނެއް.. އަހަންނަށް އިނގޭ އެއްޗަކީ ނާއި ވަރަށް ލައިކް ވޭ ޒިވްކޮ ދެކެ.. ” ”ހިނގަ ދޮންތިވެސް ފޮނުވާލަން ނާއިބެ އާ އެއްކޮށް އޭރުން […]
މިއަހަރު އަހަރެންގެ ކިޔެވުން ނިމޭނެއެވެ. އަހަންނަކީ ނަރުހެކެވެ. ނަރުހަކަށްވީ ހަމަ އެންމެ މީހަކަށްޓަކައެވެ. ލޯބިވާ ކޮއްކޮއަށް ޓަކައެވެ. ސުކޫލުގައި އުޅުނު އިރު ނަރުހަކަން ވާނެކަމަށް ވަރަށް އަޒުމުގައި ކޮއްކޮ ބުނާނެއެވެ. އަހަރެން ވާން ބޭނުންވީ ދިވެހި މުދައްރިސަކަށެވެ. ކުދިންނަށް ކިޔަވައިދީ ތަފާތު ލިޔުން ލިޔެ ހެދުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަންކަމެވެ. ދެން އެދުވަހެއް ނާއްނާނެވެ. މިއަދު އަހަންނަކީ ނަރުހެކެވެ. މީހެއްގެ ކުލަނުވި ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި އަހަރެންގެ ހުރިހާ އުފާތަކެއް މިހުރީ ދޫއްކޮށްލައިގެންނެވެ. ކޮންމެ ކަމެއްވެސް […]