Skip to content
އެސްފިޔަ

ގެއްލުނު އެކުވެރިޔާ 5

ކާށިދޫއަށްދާން ދަތުރުހަދަމުން އުފާކޮށް އުޅުނަކަސް،
ޤާދިރަށް ފެނިދާނެތީ ޖެހިލުން ވެފައިވީ ޚާޝިޔާ…

ތާނިޔާ ފިރިމީހަ ނޫނަސް ޚާޝިޔާ ފިރިމީހަވެސް،
ކާށިދޫވީ ރައްޔިތެއް ކަމުވީ އިނގޭ ތަޤްދީރުގާ…

ޚާޝިޔާ އެރަށަށްއަރާ އެތަކެއް ދިމާލަށް ބެލިޔަކަސް،
ތާނިޔާ ފެންނަން ނެތީމާ އެލިބުނީ ހިތަށޭ ތުރާ….

ހާދަހާ ގިނަދުހު އެރަށުގާ މާޖަލުގާ އުޅެވުނަސް،
ތާނިޔާއަށް ނުފެނި ވާންވީމާ އެދެރަވީ ޚާޝިޔާ….

އާދަކޮށް ރޭގަނޑުވަގުތު ވިޔަފާރިޔަށް ގޮސްއުޅުނަކަސް،
ޚާޝިޔާ ފިކުރުގަނެތޭ ފެނުމެއް ދެނެއް އަދި ތާނިޔާ..

ވާވަރަށް ނަގަމުން އަތައް އެކިތަކެތިގޮސް އެބަރާވިޔަސް،
ހާދަ ސިއްސައިންގޮސް ބަލާލެވުނީއެ ފެނުމުން ތާނިޔާ…

ތާނިޔާ އެކަނިން އެ ދުއްކާނުގަ ތަކެތިގަނެލަން ވިޔަސް،
ޚާޝިޔާ އަދިވެސް ހުރީ ލޯބިން ގޮވަންވެސް ނުކެރިފާ…

ހާދަހާ ދުވަހެއްފަހުން މިތުރުން އަނެއްކާ ފެނިލިޔަސް،
ވާދަވެރިކަން ވީ ނެތިފަ ވާހަކަ އެދައްކާ އުޅުމުގާ…

ތާނިޔާ ލޯބިން ވަރަށް ލޯބިން އެހިނިތުން ވެލިޔަކަސް،
ޚާޝިޔާވެސް ނޫންގޮތަށްހުރެ ފެންނަނީ ހިނިތުންވެފާ…

މާމަދުން ވާހަކަތަކެއް އެތަނުގެ ތެރޭ ދައްކާލިޔަސް،
މާދަމާގެ ސަޔަށް ދިނީ ދަޢުވަތު އެދިޔުމަށެ ތާނިޔާ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Nayaa

    Masha allah… u are very talented… vvvvvvv reethi vaahaka lhemeh mee… vrh salhi… mee vrh unique idea eh… vhk lhen.. vrh salhi ingey… dhen vaane gothakaa medhu vrh curious… keep it up darl… alhugandu insha allah abadhuvx support kuraanan… love it

    1. Shaleen
      Nayaa

      Awwwn ??
      Thank you so much Nayaa and it means a lot dear…
      Yeah vaahaka liyumahvure vaahaka lhen liyan faseyha.
      V v v bodah shukuriyyaa Nayaa ah mi lhen ehaa Kamu dhiyaima..
      Oh let’s c dho dhen mi vaan ulheny kihinei Kan????
      V v v ufaavejje alhugandah thihaa support kuraa kujjei veema ingey ..
      Luv you .
      And alhugandu abadhuves handhaan bahattaanan
      Nayaa !! You are really special to me … ???

Comments are closed.