ލޯބި 4
އަހަރެން ލޯބިވެރިޔާ އަށް ބޮސް ދިނުމުގެ ފުރުސަތު ނުލިބުނީ އެކަން ހުއްޓުވީމައެވެ. އެކަން ހުއްޓުވުމުން އަހަރެން އެކަން ކުރުމަށް ފަސް ޖެހެވުނެވެ. އަހަރެންނަކަށް އެކަން ކުރާކަށް ނުކެރުނެވެ. ސަބަބަކީ ކުރިމަތީގައި ރުޅި އައިސް ރަތް ވެފައި އެހުރީ ލޯބިވެރިޔާގެ މަންމަ ނޫން ދެވަނަ މީހެއް ނޫނެވެ. އަހަރެން ހުރީ ބިރުން ތުރުތުރު އަޅަ އަޅައެވެ.
ލޯބިވެރިޔާގެ މަންމަ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިހުރެ ލޯބިވެރިޔާ އަކީ ކިޔަވާ ކުއްޖެއް ކަމާ، ލޯބިވެރިޔާ އަށް މީގެ ފަހުން ވައިވެސް އެޅިގެން ނުވާނެ ކަމާ، ލޯބިވެރިޔާގެ ގޭ ދޮށަށް މީގެ ފަހުން އައިސްގެން ނުވާނޭ ކިޔާ އަޑުގެ ނެތް ތަނަށް ހަޅޭއް ލަވަން ފެށިއެވެ. އޭރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. އަދި ލޯބިވެރިޔާގެ އަތުގައި ހިފައި ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. އަހަރެން އެވަރުންވެސް ހިތްވަރު އެލުވައެއް ނުލަމެވެ. އަހަރެން ގޮސް ލޯބިވެރިޔާގެ އަތުގައި ހިފައި އަހަރެން ކައިރިއަށް ގެނެސް ލޯބިވެރިޔާގެ މަންމަ ގާތު އަހަރެން ލޯބިވެރިޔާ ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުނީމެވެ. އެހެންނަމަވެސް ލޯބިވެރިޔާގެ މަންމަ އަށް އަޑު އިވުނު ކަމަށްވެސް ނަހަދާ އަހަރެން ގާތު އަހަރެންނަކީ މާ ގިނައިން ފައިސާ ލިބޭ މީހެއް ނޫން ކަމާ ލޯބިވެރިޔާ ދެއްވަން ބޭނުންވަނީ ފައިސާ ވެރިޔަކާ ކަމަށް ބުނެ ހަޅޭއް ލަވަން ފެށިއެވެ.
އެހެން ބުނުމުން އަހަރެން ހިތަށް ވަރަށް އަސަރު ކުރީއެވެ. އަހަރެން އަދިވެސް ހިތްވަރު ކުރާނަމެވެ. ލޯބިވެރިޔާގެ މަންމަ އަނެއްކާވެސް ލޯބިވެރިޔާގެ އަތުގައި ހިފައި ގެއަށް ދިޔުމަށްޓަކައި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ލޯބިވެރިޔާ އެކަމަށް އިންކާރު ކުރިއެވެ. އަދި އަހަރެން ދެކެ ލޯބިވާ ވާހަކަ އާއި އަހަރެން ނޫން މީހަކާ ލޯބިވެރިޔާ ނީންނާނެ ކަމަށާއި، ލޯބިވެރިޔާ އިންނާން ބޭނުމީ ފައިސާ ވެރިޔަކާ ނޫންކަމާ މަންމަ ގެ ރުހުން ނުލިބުނަސް ބައްޕަ ގެ ރުހުން ލިބޭނެ ކަމަށާ އަހަރެންނާ ކައިވެނި ކުރާނެ ކަމަށްވެސް ރޮމުން ކިޔާދިނެވެ. ލޯބިވެރިޔާގެ މަންމަ ހުރީ އެ ވާހަކަތަށް އަޑުއަހާފައި ރުޅި އައިސް ރަތްވެފައެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ދިޔުމަށް ހިނގައިގަތެވެ.
ލޯބިވެރިޔާގެ މަންމަ ދިޔުމުން އަހަރެން ލޯބިވެރިޔާގެ ގައިގައި ވަރަށް ބާރަށް ބައްދާލިމެވެ. އަދި ލޯބިވެރިޔާގެ މޫނަށް ބޮސް ދިނީމެވެ. އާ ދުވަހަކަށް މަރުހަބާ ކީ އެއްބައި މީހުންނަށް އުފާވެރި އަނެއް ބައި މީހުންނަށް ބަހާރު މޫސުން ގެނުވަމުންނެވެ. އަހަރެން ހެނދުނު ތެދުވެ ފެންވަރައިލައިގެން ލޯބިވެރިޔާގެ ބައްޕަ ގެ ރުހުން ހޯދުމަށްޓަކައި އެ ގެއަށް ދިޔައީމެވެ. އޭރު ލޯބިވެރިޔާގެ ބައްޕަ ލޯބިވެރިޔާ ގާތު ވާހަކަ ދައްކަން އިނެވެ. ފަހަރުގައި އެ ވާހަކަ ދައްކަނީ ކަމަށްވެސް ވެދާނެ އަހަރެންގެ ޒަމީރު ބުނުމުން އަހަރެން އަވަސް އަވަހަށް ކައިރިވެލީމެވެ. ލޯބިވެރިޔާގެ ބައްޕަ ވަރަށް އޯގާތެރި ކަމާއެކު ލޯބިވެރިޔާ އަހަރެނާ ކައިވެނި ކުރުމަށް ރުހޭ ކަމަށް ބުންޏެވެ. އަހަރެން އެ ދުވަހު ވަރަށް އުފާވިއެވެ. ނަމަވެސް އެ އުފާވެރިކަން ހިތާމަވެރިކަމަށް ބަދަލުވީ އަހަރެންގެ ކުރިމަތީގައި ލޯބިވެރިޔާގެ މަންމަ ހުރުމުންނެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށީ ލޯބިވެރިޔާގެ މަންމަ އަހަރެން ކައިރިއަށް ޖެހުމުންނެވެ.
ނުނިމޭ………
ލިޔުންތެރިޔާގެ ބަސް: މި ބައިވެސް ރީތި ވާނެ ކަމަށް އުއްމީދުކުރަން. ވަރަށް އަވަހަށް އަނެއް ޕާރޓް ވެސް ގެނެސްދެވޭތޯ ބަލާނަމެވެ. އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Salaam readers mee mi vaahakaige 4 vana part mi part vex reethi vaane kamah ummeedhu kuran v avahah 5 vana part genesdheveytho balaanan Insha Allah stay safe and love you readers????
Alhey dhn vaanee kihineh baa ???? curious ly waiting. I think mamma dhekolhu hadhaanee hn?????wow mi bai vss vrh salhi. Loved every single bit of this episode princess ❤️❤️❤️❤️stay safe❤️❤️❤️sh ❤️❤️❤️TC ❤️❤️❤️
Lailac Baby iraadhakurevviyyaa dhergotheh nuvaane hehehe 5 vana part submit kohlaafa vaanee v avahah libeyne kanneyge love you?????