ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 6
ލޯގަނޑު ކުރިމަތީ ހުއްްޓި ލައިގެން ހުރި ޖަޒްލާ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލުމަށް ފަހު ހިނިތުން ވެލިއެވެ. އޭނާ ހިތް ހަމަ ޖެހޭ ވަރަށް ރީތި ވެވުމުންނެވެ. ތުންފަތުގައި އުނގުޅާލައިފާއިވާ ލިޕް ބާމް ގެ އަސަރު ފިޔަވާ އެދޮން މޫނުގައި މޭކަޕް ގެ ރައްރެއްގެ މިންވަރު ވެސް ނުވެއެވެ. ފަސް އެނބުރި އެނދުމަތީގައި ނިދާފަ އޮތް ނިއަމް އަށް ބަލައިލު މާއެކު އެމޫނު މަތީ އުޖާލާ ވެގެން ދިޔައެވެ. ނިއަމް އާއި ދިމާލަށް އޭނާއަށް ދެވުނީ ބޭއިޚްތިޔާރުގަ އެވެ. ނިދާފައި އޮތް ނިއަމްގެ ނިތްކުރީގައި ލޯތްބާ އެކު އޭނާ ބޮސް ދިނެވެ.
އެ ތުއްތު މޫނަށ ްބަލން ހުރިއިރު ޖަޒްލާގެ ދެލޮލުގައި ވަނީ އުފާވެރި ކަމެވެ. ނިއަމްގެ ބޮލުގައި ފިރުމާލުމަށް ފަހު ޖަޒްލާ އެނދުން ތެދުވިއެވެ. އަދި ޑްރެސިން ޓޭބަލް މަިތީގައި އޮތް ފޯނު ހިފައި ގެން އޭނާ ކޮޓަރިން ނިކުތެވެ.
އޭރު އޭނާގެ މަންމަ ޝިފާނާ އަދި ބައްޕަ މާޒިން ކާން ތިއްބެވެ. ކާއެއްޗިހީގެ ވަސް މުޅި ސިޓިން ރޫމްގައި ހިފާލައިފައި ވެއެވެ.
“މަންމާ !ބައްޕާ ! ދަނީ އިނގޭ”
މަންމަ ބޯ ޖަހައިލި ތަން ފެނުމުން އިތުރަށް ލަސްނުކޮށް އޭނާ ދިޔައީ އެޕާރޓްމެންޓުން ނިކުތުމަށެވެ.
އާދައިގެ ހިނގުމެއްގައި ހިގަމުނ ްގޮސް ޖަޒްލާ އަށް ޒީވާން މެން ގެޔަށް ދެވުނެވެ. ބެލް ޖަހާލިއިރު ޖަޒލްާގެ ހިތް އޮބިނޯންނަ ވަރށް ތެޚެމުން ދިޔައެވެ. މިއާދެވުނީ ނުބައި އެޕާރޓް މެންޓަކށް ބާއޭ އޭނާގެ ހިތަށް އަރމުން ދިޔައެވެ. ޖަޒްލާ ޚިޔާލުގެ ނަވުން ބޭލުވީ ހުޅުވިގެނ ްދިޔަ ދޮރުގެ އަޑުންނެވެ. ކުރިމަތީގައި ހުރި ފައުޒާން ފެނުމާއެކު ޖަޒްލާގެ މޫނުގައި ވި ހިނިތުންވުން ފިލައިފިއެވެ. އެމޫނަށް ނުތަނަވަސް ކަމުގެ ހިޔަނި އަޅައިފި އެވެ. ފައުޒާން ގެ ފަހތުން ޖަޒްލާ އެޕާރޓް މެންޓަށް ވަން އިރު ޒީވާން ހުރީ ކިޔާން އަށް ފޯނުން އެއްޗެއް ދައްކާށެވެ. ޔަލްވީ އާއި އީރަމް ތިބީ ޓީވީ އިން އަންނަމުން ދިޔަ ޑްރާމާއަށް ގެއްލިފައެވެ. ޖަޒްލާ ގޮސް އީރަމް ގެ ކައިރީ އިށިންނިއެވެ.
އެވަގުތު ޒީވާން އާއި ކިޔާން ބާރަށް ހޭން ފެށިއެވެ. އޭރު ވެސް ދެމީހުންގެ ނަޒަރު ހުއްޓިަފައި ހުރީ ފޯނަށެވެ.
“ޔަގީން އަހަރެމެންނޭ ކިޔައިގެން ކޮންމެވެސް އެއްޗެކޭ ކިޔަނީކަން.”
ޔަލްވީ އެހެން ބުނީ ނިކަން މަޑުންނެވެ. އަދި އޭނާ ގޮސް ޒީވާން އަތުނ ްފޯނު ޖަހައިގަންނަން އުޅުނެވެ. ޒީވާން ގެނައި ކުއްލި ހަރަކާތަކާއެކު ޔަލްވީ ވެއްޓުނީ އޭނާގެ އުނގަށެވެ. ޔަލްވީ ގެ މުޅި ހަށިގަނޑު ހުއްޓުން އަރައިފަިއ ހުރީ ލިބުނު ޝޮކް ގެ ސަބަބުން ކަންނޭގެއެވެ. ޖަޒްލާއަދި އީރަމް ހުނުން ހިފަހައްޓަން މަސައްކަތ ްކުރަމުން ދިޔައެވެ. ފައުޒާން އިނީ މާނަވީ ނަޒަރަކުން ޖަޒްލާ އަށް ބަލަހައްޓައިގެންނެވެ.
ދޮރު ހުޅުވައިލި ޝަބާގެ މޫނު ފެވިގެން ދިޔައީ ހައިރާންކަމުންނެވެ. ޒީވާން އާއި ޔަލްވީ ތިބި ގޮތް ފެނުމުންނެވެ. ޔަލްވީ އެގްރޫޕްގައި ހުރުމުން ވެސް އޭނާގެ ހިތަށް އުނދަގޫ ވިއެވެ. ގްރޫޕް ވޯރކް ހަދަން އަންނާނަން ތޯ ނުވަތަ ނާންނާން ތޯ އޭނާގެ ސިކުނޑި ދިޔައީ ދެކޮޅަށް ކިރެމުންނެވެ. ނަމަވެސް މިފަދަ ގައިގޯޅި މަންޒަރެއް ފެނިދާނެ ކަމކަށް އޭނާ އުއްމީދެއް ނުކުރެއެވެ. އޭނާ އައީ ވެސް ކަށިން ހިތްވަރު ނެެެރެގެންނެވެ. ފެނުނު މަންޒަރުން އޭނާގެ ހިތްވަރު ގެ ވާފަށް ކަނޑައިގެން ހިނގައްޖެއެވެ. އައިކޮޅަށް ދުއްވައިގަތުމަށް އޭނާގެ ހިތް އެދެން ފެށިއެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިނަދާލީ ވަގުތާއި ހާލަތުގެ ގޮތުންނެވެ. ހިނިތުންވެލައިފައި އެޕާރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅާލީ މޫނުމަތީގައި ވި އަސަރު ފަރުދާ ކޮށްލަމުންނެވެ.
ހިނިތުންވެލަމުން އޭނާ އައިސް އީރަމް ގެ ގާތުގައި އިށިންދެލިއެވެ.ޔަލްވީ ތެދުވަން އުޅުމާ އެކު ޒީވަން އަނެއްކާ ވެސް ޔަލްވީ އޭނާގެ އުގަށް ވަށްޓާލިއެވެ. އިސްޖަހާލި ޝަބާގެ ނަޒަރު ދަތުރު ކޮށްލީ އޭނާފެ އިނގިލި ތަކަށެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ދެންމެ ފެނުނު މަންޒަރު ސިކުނޑިން ނެރއލަން ބޭނުންވިވަރުންނެވެ.
އީރަމް އާއި ޖަޒްލާގެ ހުނުން ކުރީ ފަހަރަށް ވުރެ ބާރެވެ. ދެއަންހެން ކުދިންގެ މޫނު ފަރިވެފައިވީ ހިނިތުން ވުމަކުންނެވެ.
އެހުރިހާ އިރު ވެސް ކިޔާންގެ ނަޒަރު އަމާޒުވެފައިވީ އޭނާގެ ފޯނަށެވެ. މާހައުލުގައި ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ކިޔާން އަށް ނުވާފަދައެވެ. އެކުދިންގެ ހުނުމާއި ސަކަރާތުގެ އެކުވި އަޑުތައް އިވުމުން އޭނާގެ ކަންފަތް މަހުރޫމް ވެފައި ވާފަދައެވެ.
ފައުޒާން ގެ ޚިޔާލުގައިވީ އޭނާ އާއި ޖަޒްލާއެވެ.ދެމީހުން އެކަކު އަނެކަކަާއި ލޯބީގެ ސްމާސާ ތައް ކުރަމުންދިޔައިރު ވެހެމުންދިޔައި ފިނިފެންމަލު ފިޔައިގެ ވާރޭއެވެ. ޖަޒްލާގެ އިސްތަށިގަނޑުގައި މާފިޔަތަށް ހަރުލައިފައި ވާއިރު އެލޯބި މޫނުގައި ރަތްފިނިފެންމަލުގެ ފިޔަތައް ބީހެމުންދިޔައެވެ. ހިތަށް ވެރިވަމުނދިޔަ ޚިޔާލުން ފައުޒާނެގެ މޫނަށް ލާނެތް ހިނިތުންވުމެއް ވެރިވަމުން ދިޔައެވެ.
“އޭހިނގާ ދެން ހަދަން ފަށަން.”
ފަހަރަކު މީހެއްގެ މޫނަށް ޔަލްވީ ބަލައލިއެވެ.
“ކޯންޗެއް ހަދަން ވީ”
ޒީވާންގެ މޫނުގައިވީ ލާނެތް ހިނިތުންވުމެކެވެ.
“ދެން ޒިވީ”
ޔަލްވީ ޒީވާން ގެ އަތުގައި ބޮޑިއެއް އެޅިއެވެ. ޖަންބެއް ފަދައިން ރަތްވެފައި ވާ ޔަލްވީގެ މޫނު ޒީވާން ގެ ޓީޝާރޓްގެ މޭމަތީގައި ފޮރުވައިލިއެވެ.
” އެހެމް. އެހެމް ލަވް ބާރޑްސް. ދެން ހިނގާބަލަ އެބުނާހެން މި ޕީޕީޓީ ހަދަން ފަށަން. މަންމަ ބުނި އިރުއޮއްސެން ވާއިރަށް ގެޔަށް ދާށޭ”
ޖަޒްލާ ވެސް ޔަލްވީ އާއި އެއްބައި ވެލިއެވެ.
“މަންމަގެ ބޭބީ ދޯ! ފޯރ ޔުއަރ ކައިންޑް އިންފޮރމޭޝަން، އަދި އެބައޮތް އިރުއޮއްސުމާއި ދޭތެރޭ ވަރަށް ގިނަ ވަގުތު. އެކމް ދެން ހިނގާ އަވަހަށް ފަށަން. އަވަހަށ ނިމުނީމަ ފަސޭހައެއްނު ދޯ”
ފައުޒާން ގެ ރާގުގައި ވަނީ ސަމާސާއެވެ.
“އާން. މަމިއަންނަނީ ލެޕް ހިފައިގެން.”
ސަކަރާތް ޖެހުމާއި މަަޖަލުގައި ގްރޫޕް މަސައްކަތް ހަދާ ނިމިއްޖެއެވެ. ކިތަންމެފަހަރަކު ޝަބާ އަށް ލޯމަރާލަން ޖެހުނެވެ. ހިތުގައި އަތްއަޅައިގެން ހުރެހިނިތުންވާން ޖެހުނެވެ. ޒީވާން ފެންަހިސާބަށް އާދެވުނު ނަމަވެސް އޭނާގެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ.
ގްރޫޕް މަސައްކަތް ނިންމާލައިފައި ޖަޒްލާއަށ ްގެޔަށް ދެވުނު އިރު ހަވީރު ވެއްޖެއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Hello lailac❤️❤️?
Vrh Sali mi part vxx ❤️❤️❤️?
Masha Allah ❤️❤️?
Keep it up ❤️❤️❤️?
Dhn in part ah waiting ingey❤️❤️?
Stay safe ❤️❤️?and tvgc❤️❤️?
Lysm❤️❤️❤️?
https://www.tellyupdates.com/battle-of-death-and-love-pain-of-love-episode-7/
Mi stry ah comment kurravaan beynun fulhuvaa esfiya account nei faraaithakah mi link beynu kohgn cmnt kurvey eve.???? love you all readers ??? stay safe ???
klw gayaaaaaaa… lailac babyyyyy ethanah cmmnt nukuraathi… balaaba e kiyaa kifu ekoa author bunefa in ehcheh… nayoo hama hnigandu falhaigen dhiyaii… hahaha lol.. mashakah vaa laahikleh noon ethanah cmmnt kurakah.. adhivx hevenee eyyyy.. hahahhaa… plx don’t mind darl ingey… 🙂
hey lailac baby… stry vrh reethi masha allah… konme ep akah cmmnt nukurevunakas vhk kiyan… ramazaan mubaarak ingey…
SH
SS
TC
LYSSSSSM
MYSSM
In reply to nayaa.??hehe i ah vss e reply fenuneyma hevenee. Thnks fr commenting. And i will add another link .okii
https://www.tellyupdates.com/anupamaas-tassnim-nerukar-tests-positive-for-covid-19/
Miothee new link. Guys please dnt comment on the other link. Comment on this link
Mi part vs varah varah reethi??
The story is amazing.. keep it up dear… waiting for the next episode.. and Ramadan Mubarak?❤️
Hiii Lailac baby?
Vrh reethi ingey mi part vx❤️❤️❤️❤️❤️❤️
Keep it up darls ❤️❤️❤️❤️❤️❤️❤️
Masha Allah ❤️❤️❤️❤️❤️❤️❤️❤️❤️
Love u ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Take care ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for the next part ☺️