ގެއްލުނު އެކުވެރިޔާ 4
ނިޔާއަށް ކުރިމަތިވި ހުރިހާ ތުރާ ކިޔަމުން ދިޔަސް،
ޚާޝިޔާ ހުއްޓޭ އަހަންއަޑު، ލިބުނަކަސް ދެހިތަށް ތުރާ…
ވީނުވީއެއްނޭނގި ކެނޑުމުން ދައްކަމުން ވާހަކަ ދިޔަސް،
ޚާޝިޔާ ފޮނުވާއެލީ ވަގުތުން އެ ފޯނަށް މެސެޖްތާ…
ތާނިޔާއާއެކު ކަމަށް ހީކޮށް މެސެޖްތައް ކުރިޔަކަސް،
ޤާދިރޭ ދިޔައީ އެހުރިހާ މެސެޖަކަށް ރިޕްލައި ކުރާ…
ޚާޝިޔާއަށް ނޭނގި އެކަމެއް މާނަސޭޙަތްތައް ދިނަސް،
ޤާދިރޭ ރުޅި ގަދަވަމުން ދިޔައީ އަނާދެކެ އެހިނދުގާ…
ޙާޝިޔާކުރަމުން އެދާހާ މެސެޖަކަށް ނިމުމެއް އަޔަސް،
ޤާދިރޭ ވަގުތުން ގުޅާލީ ޚާޝިޔާއަށް އެ ހިނދުގާ…
ޚާޝިޔާ ފޯނަށް އަރާފާ އޮތް ނަމުން ހިތް ތެޅުނަކަސް،
ދާދި ހިތްވަރު ކޮށްލަމުން ބުނެލީ “ހެލޯ” އޭ ވަގުތުގާ…
ޤާދިރުގެއަޑު ބިރުވެރިކަމާއެކު ޚާޝިޔާއަށް އިވުނަކަސް،
ޚާޝިޔާ ދިޔައޭ ދެމުން ރައްދެއް އެތައް އެ ދިފާޢުގާ…
ޤާދިރުގެ އިންޒާރުތައް ބިރުވެރިކަމާއެކު ލިބުނަކަސް،
ޚާޝިޔާ އެކުރީ މަސައްކަތް ތާނިޔާގެ އެ ޙައްޤުގާ…
ޤާދިރުގެ އިންޒާރަކުން ދެން ތާނިޔާއަށް ނުގުޅުނަސް،
ޚާޝިޔާ ނިންމީ އެގޮތް ޤާދިރުގެ ހަމަޖެހުމައްޓަކާ…
ދާދުވަސްތައް ވޭތުވާން ހިތްދަތިކަމާއެކު ގެއްލުނަސް،
ހާލުގާ އުޅުމަށް އެޖެހުނީ ތާނިޔާ އަދި މަންމަތާ ….
( ނުނިމެ )
****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Alhey varahave reethi mibaives mashaallah. Gaadhiru haadha nulafaaey dhw. But keehkuraaany dhw. Waiting for the next part, take care stay safe.??♥♥❤
Hi Rain lover
Thanks so much ?
Yes dhen let’s read dho kanthah veegoy balaalan.
Thanks for waiting ? ingey.
Mi part lasvee dho. Aslu shaleen men mithibee isolationga and v v bz ramazan annaathyve. Ehnve aslu lasvee ingey.
Thanks a lot ☺️
Oh sad dhw. It’s ok hama liyevunyma genesdhy. Vaahaka aa ehgotheh nuvaanethaa lhemeh dhw. It will take more time to writexplore dhw
Oh sad dhw. It’s ok hama liyevunyma genesdhy. Vaahaka aa ehgotheh nuvaanethaa lhemeh dhw. It will take more time to writexplore dhw
Hi
Aslu vaahaka liyumahvure dheguna faseyha lhen liyelan.ekam aslu mi part Hama lasvegen dhiyaee aslu bodah ramazan ah bz vumuge Sababun.
Dhen ekam balaanan ingey gavaidhun geneveythoves