އަހަރެންނަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. ގާދިރަށް ދެން އިތުރަކަށް ބައްޕަ ކިޔާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.ގާދިރު އަހަންނަށް ކިތަންމެ ހެވަސް، އޭނާ އެ ހިންގަމުންދާ މުޑުދާރު ޢަމަލަށް އަހަންނަކަށް ކަނު ލޮލަކުން ނުބެލޭނެއެވެ.ހިތަށް ތަދުވިޔަސް، މީހަކަށްޓަކައި ދިރިއުޅުމުގައި އަހަރެންް ގަބޫލުކުރާ ހެޔޮ ގޮތްތަކާއި ނުބައި ގޮތްތަކަކަށް ބަދަލެއް ނުގެނެވޭނެ އެވެ. އެއީ އެކަން އޮންނާނެ ގޮތެވެ. **** ’އަހަންނަށް ވަރިހަމަ ޝާމާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް.ވިޔަފާރިވެސް ކަލެޔަށް.ތިހިރީ ތިމާ ބޭނުންވާ ގޮތަށް ވަރިވެސް ކޮށްފައި. […]
ފަތިސް ނަމާދު ބަންގީގެ އަޑަށް އަދާރާ އޭނާ ކިޔަވަން އިން މުސްޙަފް ލައްޕައިލިއެވެ. އޭރުވެސް އޭނާ ނިދާ އެނދުގެ ހެޑްބޯޑު މަތީގައި ބަހައްޓާފައި ހުރި ކުޑަ ކުޑަ ސްޕީކަރުން މެދުކެނޑުމެއް ނެތި ޤުރުއާނުގެ މޫރިތި ކަލިމަތައް އިވި އިވި ހުއްޓެވެ.ދަމު ނަމާދުކޮށް ނިންމި ގޮތަށް އޭނާ އެ އިނީ ޤުރުއާން ކިޔަވާށެވެ. ކީރިތި ޤުރުއާނަށް އެ ހިތުގައި ޖެހިފައިވާ ލޯބި ވަރަށްވެސް ފުނެވެ.އެކަމުގެ ހެއްކަކީ ޤުރުއާނުން ބޮޑު މިންވަރެއް އޭނާއަށް ހިތުދަސްވެފައިވާކަމެވެ.އަދި އޭނާގެ އުއްމީދަކީ ވެސް މުސްތަގުބަލުގައި […]
އަނޫކް ބުނި ކެފޭ ކައިރިއަށް އަހަރެން ގޮސް މަޑުކޮށްލިއިރު އަހަރެންގެ އިންތިޒާރުގައި އޭނާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.އަހަރެން ފެނުމުން އެތެރެއަށް އައުމަށް އިޝާރާތްކޮށްފައި ކުރިން ހިނގައިގަތީ އޭނާއެވެ.ތަންކޮޅެއް އެތެރޭގައި އެކަހެރިކޮށް ހުރި މޭޒެއްގައި އޭނާ ގޮސް އިށީނުމުން އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީނީމެވެ. ***** ’ކޮބާ ކިހިނެކޭ ވީ ބްރޯ…‘ އަނޫކް ދިޔައީ ސީދާ މައުޟޫއަށެވެ. **** ކަން ހިނގައި ދިޔަ ގޮތް އަހަރެން އަލިފުން ޔާ އަށް އޭނާއަށް ކިޔައިދިނީމެވެ.އޭނާގެ ނިތައް ގިނަވީ […]
ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ދާއިންއާއި އޭނާގެ ރައްޓެހިން ތިބީ ރަށުގެ އަތިރިމަތި ސަރަހައްދުގައި ހަދާފައިވާ ބީޗްވިއު ރެސްޓޯރެންޓްގެ އޯޕަންއެއާރގައި ކޮފީ ބޯށެވެ. އޭރު އެތަނުގައި ދާއިންމެން ހަތަރު މީހުންގެ އިތުރުން އެހެންވެސް ދެ މޭޒެއްގަ ހައެއްކަ މީހުން ކޮފީ ބޯން ތިއްބެވެ. މުޅިތަނަށް ވެރިވެފައިވަނީ ސާދަވިލޭރޭގެ ހަނދުގެ ނަލަނަލަ އަލިކަމާއި އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިގެ ހިތްގައިމުކަމެވެ. ތަނުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމާއި މަޑުމައިތިރިކަމެވެ. މާލޭގެ ހަލަބޮލި މާހައުލުގައި އުޅެ ފޫހިވެފައި […]
ހަމައެވަގުތު މަންމަ، ކާފަ އަހަރެންދެކެ ލޯބިވާވަރު ހާމަކޮށްދިނުމަށް ކިޔައިދިން ވާހަކައެއް މަތިން ހަނދާންވިއެވެ. އެވާހަކަ ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ދެލޮލުން ކަރުނަ ހިލެއެވެ. ކާފަ ހަމަ އަސްލުވެސް އެދުވަހު އެގޮތަށް ކަންތައް ކުރިހެއްޔެވެ؟ ސުބުޙާނަﷲ! ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އެއީ އަހަރެންގެ އުމުރުން 4 ވަރަކަށް އަހަރުގައި ހިނގިކަމެކެވެ. އަވައްޓެރި ގެއެއްގެ ކުއްޖަކު ގޮނޑިއަކާއި ބޯޅައެއް ހިފައިގެން ކުޅެން އުޅުނެވެ. އަހަރެންވެސް އެކުއްޖަ އާއިއެކު ބޯޅަ ކުޅެން ބޭނުންވެގެން އެކުއްޖާގެ ކައިރިއަށް ދިޔުމުން އެކުއްޖާ […]
’އާނ ރެޑީގަ ހަމަ…ކައެ ގުޅަންދެން މިހުންނަނީ. ހާދަ ރަނގަޅު ގަޑިއެއްގައި ތިގުޅާލީ… އޭ ބޭރުގަތަ؟ އޭ ކައެ ކޮންތާކު؟!‘ އެކޮޅުން ވާހަކަ ދެއްކީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަނޫކެވެ.އަހަރެންގެ ދިރިއުޅުމުގެ ވަރަށް ގިނަ ސިއްރުތަކެއް އެނގޭ ރަހުމަތްތެރިއެކެވެ.އޭނާއަކީ ޕޮލިހުގައި މަސައްކަތްކުރާ ޒުވާނެކެވެ. ’ބުރިޖް ވިއު ކައިރީގައި‘ އަހަރެން ބުނެލީމެވެ.’ކަލޭ؟ ބުރިޖް ވިއު ކައިރީ؟ މިއޮއް ފަދަ ގަޑީގަ؟ކައެ އަކާ ނުވެސް ގުޅޭ…ކަލޯ ކައެއަށްވެސް އެ އިޝްގީ ބަލިގަނޑު ލައްވައިލީތަ؟ހެހެހެ…‘ އަނޫކަކީ ސަމާސާ ބޮޑު މީހެކެވެ.’ތީ އެންމެ […]
އަހަރެންްގެ ދުލުން ބޭރުވި އެ ބަސްތަކުން އެންމެންނަށް ސިހުން ގެނުވިއެވެ.ބިރެއް ފެނިގެން ބަލައިލިހެން މަންމަ އަހަންނާއި ދިމާލަށް ބަލައިލިއެވެ.އުސައިދުގެ މޫނުމަތިންވެސް ފާޅުވެގެން ދިޔައީ ޖެހިލުންވުމުގެ އަސަރެވެ.އޭނާގެ ކުރިމަތީގައި އަހަރެން އެފަދަ ގޮތަކަށް ބަސް ބުނި އަޑު އިވުނު މިއީ ފުރަތަމަ ފަހަރު ކަމަށް ވީމާ ތޯއްޗެކެވެ.ބައްޕަވެސް ހުރީ ނިތައް ރޫ ގިނަވެ ދެލޯ މުދުނަށް އަރައިފައެވެ. ’ޒައިފް ކީކޭތަ ތިކިޔަނީ!؟‘ބައްޕަ ވަރަށް ހިތްހަމަނުޖެހިފައި އަޑަށް ބާރުލާފައި ބުނެލިއެވެ.އެހެނަސް އިޝާރާތުން އަހަރެން ބައްޕަ ގާތުގައި ހަމަޖެހުމަށް އެދުނީމެވެ. **** […]
. އެކަމަކު އަހަރެންނަކީ ހާދަ ބޮޑު ނިކަމެއްޗެކެވެ. އެފަދަ ބާރެއް އެފަދަ ހިއްމަތެއް އަހަރެންނަށް ލިބޭނީ ކޮންފަދައަކުން ހެއްޔެވެ ؟ ނޫނެކެވެ! ނޫނެކެވެ. ގަދަފަދަ އަސަރުހުރި ބާރެއް އެބައޮތެވެ. ފިޑިންގެ ހިތްވަރު ގަދަ ކުރުވާ އެމަތިވެރިބާރަކީ ލޯބީގެ ވަރުގަދަ ބާރެވެ. އަންވަރުއުއެވެ. ކަލޭ އަހަރެންދެކެ ލޯބިވާން ފަށައިފިނަމަ ހަމަކަށަވަރުން އަހަރެންގެ ހިތް އެފަދަ މަތިވެރި ކަންތަައް ތަކެއް ޙާސިލް ކުރުމަށް އެކަށީގެންވާ ވަރަށް ހިއްމަތްތެރި ވެދާނެއެވެ.އެކަމަކު ކިހާ ދެރަހެއްޔެވެ. އަހަރެންނަކީ ރަޙްމު ލިބުން އެކަށީގެންވާ މީހަކީމެވެ. މިހެނީ […]
ވާހަކަ ކިޔުން ތެރިންނަށް . ނިހާޔަތަށް މާފަށް އެދެމެއެވެ . މިދުވަސް ކޮޅު އަޅުގަނޑު އެސްފިޔަ އަށް ” ދުރުވާން ޖެހުނަސް \” މި ސީރީސް ގިނަ ދުވަސް ވެގެން ގޮސްފިއެވެ . އަޅުގަނޑުގެ ދިރިއުޅުމުގެ މަސައްކަތާ ހެދި ވާހަކަ އަޕްލޯޑް ނުކުރެވިގެން ދިޔުމުން ކިޔުން ތެރިން އަދި ވާހަކަ އަށް ކޮމްންޓް ކުރަމުން އަންނަ ފަރާއްތަކަށް މާފަށް އެދެމެއެވެ . ވާހަކައިގެން ކުރިޔަށް ދާނަމައެވެ . ” އަދި ކިރިޔާ ދޯ އަހަރެން ކައިރީ ބުންނަން […]