(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.) އިރު އޭގެ ވާޖިބު އަދާކުރަމަށް ފަހު ދުނިޔެއާ އަލްވަދާޢުކިޔުމަށް ތައްޔާރުވަމުންދިޔަ ވަގުތެވެ. ޖަރީ ކުލަތަކުން މުޅި އުދަރެސްމަތި ވަނީ ވިރުވާ އަޅާފައެވެ. ބެލްކަނީ ރެއިލިންގައި އަތް އަޅުވާލައިގެން އިނދެ، ފެންނަމުންދިޔަ ޤުދުރަތީ ރީތިކަމަށް ޚުޝާމަދުކުރުމުގައި އަހަރެން ވަގުތުތައް ގުނަމުންދިޔައީ ވެރިވެފައިވާ ހަމަހިމޭންކަމުން އުފާ ލިބިގަންނަމުންނެވެ. އެހެނަސް އެ ވަގުތު ވެސް އަހަރެންގެ ސިކުނޑިތެރޭގައި އެތަކެއް ޚިޔާލުތަކެއް ދައުރުވަމުންދިޔައެވެ. މީހަކާ ހިއްސާކުރަން ހިތް ނޭދޭ އެތައް ވާހަކަތަކެކެވެ. އަހަރެންގެ […]
ފަތިސްނަމާދު ކޮށް ހަދައިގެން މަންމަމެން އުޅުނީ ނަމާދަށް ދާން ވާއިރަށް ސައި ހެދޭތޯއެވެ. އަހަރެން ވެސް އެެއްޗެއް ކާލައިގެން ތައްޔާރުވާން ދިޔައީމެވެ. ފެންވަރާ ނަލަވެގެން އަތަރު ލައިގެން އީދު ހެދުމުގައި ނިކުތީމެވެ. އޭރު ގޭތެރެ އޮތީ ހަމަ ހިމޭން ވެފައެވެ. ބައްޕަ ގުޅާފައި ތިރީގައި ހުރި ވާހަކަ ބުނުމުން ލަސްނުކޮށް ގެއިން ނިކުތީމެވެ. ސިނޑީގެ ހަރުފަތްތައް ދުވެފައި ގިރާ ކުރަމުން ދަނިކޮން މީހެއްގެ ގައިގާ ޖެހި ޚުބާބް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނުރުހުންވެ އެ މީހާގެ މޫނަށް […]
އޭއޯ ކީއްވެ ؟ މަންމަ މެން ހިތް ހަމަ ނުޖެހޭން ވީ ” ޒަކުޥާން ހިތް ހަމަ ނުޖޭ ގޮތަކަށް ބުނެލިއެވެ . ޒަކުވާން އަމިއްލަ ނަފްސާ ސުވާލު ކުރެވެން ފެށުވުނެއެވެ . އަހަރެން ގެ ކުށަކީ ކޮބައިބާ ވައެވެ . އެ މީހުން ގެ ކުރިމަތީގައި އަހަރެންނަކީ އެއްވެސް މީހެއް ނޫނެއެވެ . ނަމަވެސް ޒަކުވާން ދެރަވެފައި އިން ވަރު ނުދެއްކުމަށް ހިތުލީމެއެވެ . އަދި ޒައިނާ މައިންބަފައިން ހިތް ހަމަ ނުޖެހުނަސް ޒައިނާ އާ […]
“އެވާހަކަ ދޯ؟.. ކޮބާ މިހާރު އެއްކަލަ ދިޔާން؟” ޖަނަން އަހާލިއެވެ. އެސުވާލުން އަހަރެންނަށް ފުރަތަމަވެސް ލިބުނީ ހައިރާންކަމެކެވެ. ޖަނަން، ދިޔާންގެ ވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އެވަރަކުން އަހަރެން މިތަނަށް އެގެނައީ އެބުނާ ދިޔާންގެ ވާހަކަ ދައްކަން ހެއްޔެވެ؟ ވަރަށް ފޫހިވެއެވެ. ” ޖަނަން ކީއްކުރަންތަ އޭނަ ތި ހޯދަނީ؟ އޭނަގެ ވާހަކަ ދައްކަންތަ މިތަނަށް ތިއައީ؟ މަށަކަށް ނޭނގެ އޭނަ ވީތަނެއް! އަހަރެން މިދަނީޔޯ ދެން އަޒްވާ ދޫކޮއްލާފައި ދެން އުނދަގޫނުކުރާނަމޯ.. ސޮރީޔޯ…ބްލާ..ބްލާ..ބްލާ… އެހެން ކިޔާފައި […]
ކިޔުން ތެރިންގެ ސަމާލު ކަމަށް . ،މި ވާހަކަ އަޕްލޯޑް ނުކުރެވިގެން ދިޔައީ …. ވަރަށް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުންނެއެވެ . ނަމަވެސް ރޯދަ މަހު ގެ ފަހު 10 ގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ވާހަކަ އެޕިސޯޑް ތަށް ނިކުންނާނެ ވާހަކަ ދަންނަވާލަން ޒައިނާ އަށް ޝައްކުވާ މީހަކަށް އެބަ ވެއެވެ . މީނާ އައީ ކޮން އިރަކު ބާވައެވެ . އަހަރެން ނުދަންނަ މީހަކު ވެއްޖެ ނަމަ އަހަރެން ނެގި […]
ވަރަށް ބޮލަށް ފަސޭހަދޯ މިދިޔަ ދުވަސްތަކުގައި އަހަރެންގެ ޚަބަރެއް ނުވީމަ؟ އަސްލު އަހަރެން އެދުވަހު މީހަކާ އިންނަ ވާހަކަ ބުނީ މަޖަލަކަށް. އަޒޫ ހަދާ އެއްޗެއް ބަލައިލަންވެގެން. އެހެން ހުއްޓާ އަހަރެން އެކްސިޑެންޓެއްވީ. އެހާ ބޮޑުވަރެއް ނުވޭ އެކަމު އަހަރެންގެ އަތް ބިންދައިގެން ދިޔަ.. ދެން ބޯވެސް ފެޅިފައޮތް. އެހާ ބޮޑަކަށް ނޫން.. މިހާރު އަހަންނަށް ފާޑަކަށް ޔަޤީން ވެއްޖެ.. އަޒޫއަށް އަހަންނަކީ އެއްވެސް މީހެއް ނޫންކަން.. ވެދާނެ އަހަރެން މެރީކުރާ ވާހަކަ ބުނީމަ އަޒޫ ޚަބަރު […]
ނޯޓް : މިވާހަކައިގެ ފުރަތަމަ ޕެރެގްރާފްގައިވާ ފެށުމުގެ ބައެއް ނެގިފައިވަނީ އެހެން ވާހަކައެއްގެ ފެށުމަކުންނެވެ. އަދި މިވާހަކަ ލިޔުމަށްޓަކައި އަޅުގަނޑުގެ އެކުވެރިއެއްކަމަށްވާ، ޒާރާ ވެދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަމެވެ! ❤️ ހަނދުމަހުގެ ސާދަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ ރިހި އަލިން ރޯޝަންވެފައިވާ ގދ.މަޑަވެލީ ރަށްދެބައި މަގުން، ބަނދަރުމައްޗާއި ދިމާއަށް ހިނގާލާފައި އަންނަ ޒުވާން ދެމަފިރިންނަކީ، އެކަކު އަނެކަކުދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކަކު އަނެކަކާދިމާއަށް ބަލައިލާގޮތާއި ކޮށްލައި ހަރަކާތްތަކުން އެ ވާހަކަ […]
ވައި ބާރުވެ، އުޑުމަތި ކަޅު ވިލާތަކުން ބަނަކޮށްލަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ވިދައިލި ވިދުވަރުގެ ގަދަ އައްޔާއެކު ގުގުރަން ފެށިއެވެ. އަންނަން އުޅޭ ކޮޅިގަނޑުން ސަލާމަތްވެ ތިބުމަށް އިންޒާރެއްދޭ ފަދައިންނެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް މީހުންތައް ދުވެނަގަނީއެވެ. ކޮންމެ މީހަކުވެސް ބަލަނީ ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯއެވެ. ފަޒާގައިވަނީ “ބޫން” އަދު ހިއްޕާލައިފައެވެ. އެހާވެސް ވައި ގަދައެވެ. ނަމަވެސް ގެއެއްގެ ދޮރުމަތީގައި ތެމިފޯވެގެން ހުރި އަންހެންކުއްޖާގެ ފިކުރެއް ޚިޔާލެއް ހުރިހެންނެއް ހިޔެއްނުވެއެވެ. އެވަގުތު މަގުމަތީގައި ހިނގަމުންދާ އެއްވެސް […]
ޒައިނާ އާއި ޒަކުވާން ގެ ގުޅުމަށް އެތަކެއް ހީނަރު ތަކެއް އައިސްފިއެވެ . އެތަކެއް ގޮން ޖެހުން ތަކެއް ކުރިމަތި ލާން ޖެހުނެއެވެ . އެތަކެއް ރެޔަކު ޒައިނާ ނިދެނީ ޒަކުވާން ގެ ހަދާނުގައެވެ . އެތަކެއް ރުޔުމެއް ރޮއެފައެވެ . ޒައިނާ ޒަކުވާން އަށް އެތަކެއް އާދޭހެއް ކުރަމުން ގެންދެއެވެ . ތި ގޮތަށް ކަންތައް ނުކުރުމަށެއެވެ . ” ރާނިޔާ … ޒަކުވާން ނުވެސް ގުޅާ . ވަރަށް ދުވަސް ވެއްޖެ ނުގުޅާ ތާ […]