Skip to content
އެސްފިޔަ

ގެއްލުނު އެކުވެރިޔާ 03

ޚާޝިޔާ ހަމަޖެހި ބުދެއްހެން ވިސްނުމާ ފިކުރުގަވިޔަސް،
ތާނިޔާ އަންނާނެހޭ އަނބުރާ އުޅެން އެ ނަސީބުގާ؟..

ކާމިޔާބަށް އެދި ދެކެން މަންމަގެ ދެލޯ ހަމަ އެދުނަކަސް،
ތާނިޔާ ފެނުމެއް ނުވޭ މައިލަގޮނޑި އެދުނަސް ހަމަހިލާ…

ރާޅުނެގި އުސްމިން ހަޔާތުގެ ދަތުރުގާ ގޮސް ބެހުނަކަސް،
ވާޅުނުވެއޭ މަންމަމެން ހަމަ ފަތަފަތާ ނުމެގެނބި އެތާ…

ތާނިޔާއަށް ވީނުވީއެއް ނޭނގި ތިން ހަފްތާ ވިޔަސް،
އާއިލާއާ ރައްޓެހިންވީ ދެރަވެ ނިކަމެތިވެފަ ހުވާ…

އާދެ ހިތް ކުދިކުދިވެ ތެޅެމުން ގޮސް އެކީގާ ރޫޅުނަސް،
ނާދެޔޭ ޒަޚަމެއް ފަސޭހަވަމުން އެ މަންމަގެ ނަފްސުގާ…

މާދަމާ ލިބިދާނެ ޚަބަރުގެ އިންތިޒާރުގަ ހުރެވުނަސް،
އާދަކޮށް ދުވަހޭ ދަނީ އަލި އަނދިރިކަން ވެރިކޮށް މިތާ..

ތާނިޔާ ނެތުމުން މިތާދެން ޚާޝިޔާ މާޔޫސްވިޔަސް،
ޤާދިރާއެކު ތާނިޔާ އަދު ވީމަ ވެރި ކުރުވީ އުފާ…

އާދަކޮށް ޑިޔުޓީ ކުރަން ޖޮބްގާ އެހެންގޮސް ހުރެވުނަސް،
މާނަ ފުންވީ ފޯނު ކޯލުން، ލިބިދިނީ އެ ހިތަށް އުފާ…

ޚާޝިޔާ ބުނެލީ “ހެލޯ” ނުމެދަންނަ ނަމްބަރަކަށް ވިޔަސް،
ތާނިޔާ ދިން ރައްދަކުން އުފެދެން ފެށީ ހިތުގައި އުފާ….

ޤާދިރަށް އަދި ނޭނގި ނަމަވެސް ތާނިޔާ އެ ގުޅާލިޔަސް،
ޚާޝިޔާ އުފަލުން ހުރީ ލިބުނީމަ ޚަބަރެއް ހަމަ ހުވާ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.