
ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 5
ޖަޒްލާ ބިރުން އުޅުނު ހަގީގަތް އައިސް އޭނާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އަބަދަށް ފޮރުވަން ބޭނުންވި ސިއްރު އެކުވެރިންނަށް ހާމަ ކުރަން ވީ ވަގުތު އައިސް ޖެހިއްޖެއެވެ.
“އެއީ ދޯ!”
ޖަޒްލާ ފުން ނޭވާ އެއް ދޫކޮށްލިއެވެ.
“އިއްޔެ ޝެބީ ކައިރީ ބުނީމެންނު މަންމަގެ ފްރެންޑެއްގެ ދަރިފުޅު ބޭބީ ސިޓް ކުރަން ޖެހިގެން ވަރަށް ބިޒީ އޭ. އެ ގާލް އަކީ އެ ފްރެންޑްގެ ދަރިފުޅު”
ބެންޗްގައި ލެނގިލަމުން ޖަޒްލާ ނިތްކުރި މަތީގައި ހުރި ދާތިކިތައް ފޮހެލިއެވެ.
“އޯހް އެހެން ދޯ ވީ.”
ޝަބާގެ ގެއްލިފައިވީ ހިނިތުންވުން އަނބުރާ އަތުވެއްޖެއެވެ.
މާހައުލުގައިވި ނުތަނަވަސް ކަން ފިލާގޮސްފިއެވެ. އެކުދިންގެ ގެއްލިފައިވީ ހިނިތުންވުން ތައް އަނބުރާ އަތުވެއްޖެއެވެ. ދެން އެކުދިންގެ ސަމާލުކަން އަތުލީ ރިންގު ވަމުން ދިޔަ އީރަމްގެ ފޯނެވެ.
“ކާކު ”
ޖަޒްލާ އަހައިލީ އޭނާ އަށް ފޯނުގެ ސްކްރީން ނުފެނުމުންނެވެ.
“ކިޔާން”
އީރަމްގެ ފޯނަށް ބަލައިލަމުން ޝަބާ ޖަޒްލާ ކައިރީ ބުނެލިއެވެ. ފޯނު ހިފައިގެން ވާހަކަދައްކަން އީރަމް އެކުދިންނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.ފޯނުން ދައްކާ ވާހަކައެއް އިވި އެކުވެރިންގެ ހިތުގައި އޭނާއާއި ކިޔާންގެ ގުޅުމާމެދު ޝައްކު އުފެދިދާނެތީއެވެ. ނަމަވެސް އޭނާގެ އެކުވެރިން އޭގެ މާނަ ނެގީ މުޅިން ތަފާތު ކޮށެވެ.
“ހޫން. ރޯމިއޯ ގުޅީމަ ޖޫލިއެޓް އެދިޔައީ މާފޮޅުވަން”
ހީލައިފަ ޖަޒްލާ ޝަބާ އާއި ދިމާލަށް ބަލައިލިއެވެ.
“އާނ ދެން އަހަރެމެންނަށް އަޑު އިވޭ ހިސާބަކު ނުތިބޭނެެއެއްނު. ދިމާކޮށްފާނެތީ ވެސް”
ޝަބާ ގެމޫނުގައި ވަކި ހިއްޕާލައިފައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭނާ ޖަޒްލާގެ މޫނަށް ބަލއިލީ އޭނާ ދެއްކި ވާހަކ އާއި ގުޅުވައިގެން އެއްޗެއް ނުބުނުމުން ނެވެ. އެދިމާލަށް ބަލއިލުމާއެކު ޝަބާގެ ދެލޯ ބޮޑު ވެއްޖެއެވެ. އޭނާގެ ހިތުގެ ހިގުން އަވަސްވެއްޖެއެވެ. މޭގެ ތެރޭގައި އޮތް ހިތް ތެޚެން ފެށިގޮތުން ހީވީ މޭކަށިގަނޑު ފަޅާލައިފައި ބޭރަށް ނިކުންނަން އުޅުނު ހެންނެވެ.
ފައުޒާން އާިއ ވާހަކަ ދައްކަމުން އެއަންނަނީ ޒީވާން އެވެ. ރީތި ކަމުގެ ނިމުމެއް ނެތެވެ. ލޯބިކަމުގެ ކޮޅެއް ނެތެވެ. ޒީވާން ފެނުމާއެކު ޝަބާ ގެ ޚިޔާލުގެ ނައު އެހެން ދިމާލަކަށް މިސްރާބް ޖަހައިފިއެވެ.
މޮޑެލް ހިނގުމުގައި ހިގާލައިފި ދެ ފިރެހެން ކުދިން ދިޔައިރު ކެމްޕަސްގައި ތިބި ގިނަ އަންހެން ކުދިންގެ ނަޒަރު ހުއްޓިަފއިވީ ރީތިކަން ހުސްކޮށްލައިގެން ތިބި ދެ ޒުވާނުންނަށެވެ. ދެޒުވާނުންގެ މިސްރާބް ވެސް ހުރީ ސީދާ ޖަޒްލާ މެން ތިބި ބެންޗާ ދިމާލަށެވެ.
“ހައި ” ސީދާ ޖަޒްލާގެ ދެލޮލަށް ބަލން ހުރެގެން ފައުޒާން ބުނެލިއެވެ. ފައުޒާން އައިސް އެމީހުންގެ ކުރިމަތީ ގައި އިށިންނިއެވެ. ފައުޒާން އަށް ޖަވާބު ދޭކަށް ޖަޒްލާ ނޫޅުނެވެ. އޭނާގެ މޫނުގައިވީ ފޫހިކަމެވެ. ދެންމެ އޭނާ ފައުޒާން އާއި ދިމާލަށް ބަލން ހުރީ އެމީހުން އެދިމާލަށް އައިސް ފާނެތީ ބިރުންނެވެ. ކޮންމެހެން ފައުޒާންގެ ޖާދޫގަ ޖެހިގެން އެމޫނުން ނަޒަރު ވަކި ނުކޮށް ލެވިގެން ނެއްނޫނެވެ.
ފައުޒާން އައުމުން ޖަޒްލާ އަށް އިހުސާސް ކުރެވުނީފޫހިކަމެވެ. އެތަނުން ދިޔުމަށް އޭނާގެ ހިތް އެދެން ފެށިއެވެ. ފައުޒާން އޭނާގެ މޫނަށް ބަލާވަރުން އޭނާ ހުރީ ވަރަށް އެދނގޫ ވެފައެވެ.
“އަސްލު މިއައީ ފައު އަށް އިކޮނޮމިކްސް ގަ ކިޔެވި ބައިގެ ނޯޓްސް އެކްސްޕްލެއިން ކޮށްލަދޭށޭ ބުނަން ވެގެން.”
ޒީވާން އަމިއްލަ އަށް އެކްސްޕްލެއިން ކޮށް ނުދީ އެމީހުން ގާތަށްއައީ ކީއްވެ ބާއޭ ޖަޒްލާ ގެ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި ޒީވާން އާއި މެދު ވެސް ޝަކުވާ އުފެދުނެވެ.
“ޝެބީ ކިޔައިދީ ބަލަ. ”
ޖޒްލާ މަސައްކަތް ކުރީ އެކަމުން ރެކޭށެވެ. ނަމވެސް ތަގުދީރު ވެސް އޭނާ އާއި އެއްބައެއް ނުވިއެވެ.
“މަށަށް ވުރެ ޖޭޒް ދޯ މޮޅުވާނީ އީކޮން އަށް”
ޝަބާ ޖަޒްލާ ގެމޫނަށް ބަލައިލިއެވެ. އެހެންނޫނަސް ފައުޒާން ވެސް ބަލމ ްހުރީ ޖަޒްލާއަށެވެ. ޒީވާން ކުރިމަތީ އެހާ ގިނައިން ވާހަކަ ދައްކާކަށް އޭނާ އަކަށް ނުކެރޭނެއެވެ.
ޖަޒްލާ ފުން ނޭވާ އެއް ދޫކޮށްލީ އޭނާއަށް ފާޑަކަށް މަޖުބޫރު ވުމުންނެވެ. ޖަޒްލާ ފޮތަށް ނަޒަރު ހުއްޓާލުމަށް ފަހު ފިލާވަޅު ކިޔައިދޭން ފެށިއެވެ.
ޖަޒްލާ ގެ ލުއި މިޔުޒިކެއް ފަދަ ހިތްގައިމު އަޑު އައިސް ފައުޒާން ގެ ކަންފަތުގައި ބޮސް ދިނީ ފިނި ފިނި ވައިރޯޅިއެއްގެ ސިފައިގައެވެ. އެއަޑުގެ ޖާދޫގައި ޖެހިފައި ހުރި ފައުޒާން ގެ ކަނފަތަށް ޖަޒްލާ ކީ އެއްވެސް ލަފްޒެއް ފަހުމް ވީ ހެނެއް ހިޔެއްނުވެެއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ޖަޒްލާ ގެ ހަނދެއް ފަދަ ސާފު ދޮން މޫނަށެވެ. ވާހަކަ ދައްކާ އިރު ޖަޒްލާގެ ރަތް ލޭ ކުލައިގެ ދެތުންފަތް ހަރަކާތް ކުރާ ގޮތަށެވެ. ދޭތެރެ އަކުން ޖަޒްލާ އެސްފިޔަ ޖަހައިލާ ގޮތެވެ. ޖަޒްލާ ނޯޓްސް ކިޔައިދި ނިންމަލިކަން ފައުޒާން އަށް އިހުސާސް ކުރެވުނީ ޖަޒްލާ އިސް އުފުލުމުންނެވެ. ހަތަރު ކަޅި ބައްދަލު ވި ވަގުތު ފައުޒާން ގެ ހިތަށް ގޮތެއް ވި ކަން ގައިމެވެ. ހިނިތުންވެފައި ހުރެ ލޯބީގެ ވައިރޯޅިތައް އޭނާގެ މޫނުގައި ބޮސްދިނެވެ. އޭނާގެ މުޅި ހަށިގަނޑު ގައި ލޯބީގެ ބާންޏެއް ދަތުރު ކޮށްލިއެވެ. އެހެނަސް ފައުޒާން އަށް ޖަޒްލާގެ ލޮލުން ފެނުނީ ފޫހިކަމާއި ސިހުމާއި ބިރުގަތުމުގެ މަސްހުނި އިހުސާސް ތަކެކެވެ. އެދެލޮލުން ލޯބީގެ ޒައްރެއްގެ މިންވަރު ވެސް ފެނޭތޯ ފައުޒާން ހޯދަނިކޮށް ޖަޒްލާ ނަޒަރު ވަކި ކޮށްލައިފި އެވެ. ފައުޒާން ގެ ހިތް މާޔޫސް ކުރުވަމުންނެވެ. ނަމަވެސް އެވަރުން އޭނާ ހުއްޓައެއް ނުލާނެއެވެ. ގަދަ ކަނޑު ގައި ފަތައިގެން ނަމވެސް އޭނާ ޖަޒްލާ ގެ ލޯބި ހާސިލް ކުރާނެއެވެ.
ވަށައިގެންވި މާހައުލުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ހާލު ޒީވާން އިނީ ފޯނުން އޭނާގެ ލޯބިވެރިޔާ އަށް މެސެޖް ކުރާށެވެ. ޔަލްވީ މިއަދު ސްކޫލަށް ނާންނާތީ ފޫހިވި ވާހަކަ އެވެ. ޔަލްވީ މަތިން ވަރަށް ހަނދާން ވާ ވާހަކައެވެ. އޭނާ ލޯބިވެރިޔާ އަށް މެސެޖްގެ ޒަރިއްޔާ އިން އެތަކެއް ސަމާސާ ކުރަމުން ދިޔައެވެ. މެސްޖް ތަކަށް ރިޕްލައި ކުރައިރު ޔަލްވީގެ މޫނަށްއަރާ ކުލާވަރު ބަލައިލަން އޭނާގެ ހިތް އެދެމުން ދިޔައެވެ. އޭނަގެ ކުރިމަތިން ޔަލްވީގެ ޖަންބެއް ފަދައިން ރަތްވެފައިވާ ލޯބި މޫނު ސިފަވަމުން ދިޔައެވެ. ޚިޔާލު ތަކުގެ ތެރޭގައި ހުރެ އޭނާއަށް ހިނިތުންވެލެވުނީ އެހެންވެއެވެ.
ޒީވާން ގެ ހަރަކާތް ތަކަށް ކަޅި ޖަހައި ނުލައި ބަލަން ހުރި ޝަބާގެ ސިކުނޑީގައި އެތައް ސުވާލު ތަކެއް ބުރު ޖަހަމުން ދިޔައެވެ. ޒީވާން މާ އުފާ ވެފަ ހުރެ މެސްޖް ކުރަނީ ކާކަށް ތޯ ބެލުމުގެ ޝައުގުވެރިކަން ްއޭނާގެ ހިތުގައި އުތުރި އަރައިގަތެވެ. އެވަގުތު އޭނާގެ ހިތަށް ވެރިވީ ޔަލްވީގެ ނަމެވެ. މޫނު ކުނިކޮށްލެވުނީ ހިތަށް އައި ޚިޔާލުންނެވެ. ޒީވާން އެހާ ލޯބިނ ްމެސްޖް އެކުރަނީ ޔަލްވީ އަށް ބާއޭ އޭނާގެ ހިތަށް އަރަން ފެށިއެވެ. އެސުވާލު އައިސް އޭނާގެ ހިތުގައި ވަކިއަޅާ ނަޅަން ފެށިއެވެ.
ޚިޔާލީ ދުނިޔޭގައި އުދުހެމުން ދިޔަ ހަތަރު ޒުވާނުނަށް ހަމަ ބިމަށް ްފޭބުނީ ރިންގް ވީ ބެލްގެ އަޑުންނެވެ. އޭރު އެކުދިންނާއި ދިމާލަށް އީީރަމް ވެސް އާދެއެވެ.
5 ޒުވާނުން ވެސް މިސްރާބު ޖެހީ ކުލާހަށް ދިޔުމަށެވެ. ދެން އޮތީ އިކޮނޮމިކްސް ގަޑިއެވެ.އެކުދިން ހުސް ގޮޑިތަކުގައި އިށިންނި އިރު މިފަހަރު ވެސް ޖަޒްލާއަށް ހުންނަން ޖެހުނީ ފައުޒާން ކައިރީަގއެވެ. ހިތާހިތުން ރުޅި އައިސް ގެން އެނދި ނަމަ ވެސް ޖަޒްލާ އިނީ ހިމޭނުންނެވެ.
“އޯކޭ. މިސް މިއަދު ދޭނީ ޕީޕީޓީ އެއް ހަދަން. މިމަސައްކަތް ނިންމަނ ްޖެހޭނީ މާދަމާ ނޫން އަނެއްދުވަހަށް.”
މިސް ގްރޫޕްތައް ބަހަން ފެށިއެވެ. ގްރޫޕް ބެހިއިރު ޖަޒްލާ ފައުޒާން ޝަބާ އީރަމް ޒީވާން އަދި ޔަލްވީ ދިޔައީ އެއް ގްރޫޕަށަވެ.
“އޯކޭ. މިގަޑި މިސް މިދެނީ ޕީޕީތީ އާއި ބެހޭ ގޮތުން މަޝްވަރާ ކުރަން.”
“ހުރިހާ އެންމެން ވެސް ޖެހޭނެ ދާން”
ޝަބާގެ ނަޒަރު ހުއްޓިަފައި ހުރީ ޖަޒްލާގެ މޫނަށެވެ.
“ތެދެއް. ނުދާ މީހުންގެ ވާހަކ މިސް ކައިރީ ބުނާނީ. މިސް ގެ ރުޅި ގަދަ ކަން އެންމެނަށް ވެސް އިނގޭނެ. ސޯ އައިމް ހޯޕިން އެވްރީވަން އަންނާނެކަމަށް.”
ޒީވާން ޝަބާ އާއި އެއްބައިވިއެވެ. އޯކޭ އޭބުނެ އެންމެން އެއްބަސް ވުމުނ ްޖަޒްލާ އަށް ފާދަކަށް މަޖުބޫރުވެގެން އެއްބަސްވިއެވެ.