Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ލޯބި 3

Princess Level 210 Stories100 Comments
April 17, 2021 2 Mins Read
2 Comments

އަހަރެން އެކަމާ ރުއި ވަރު ދެނެވޮޑިގެންވާނީ ﷲ އެވެ. އިންސާނަކަށް ކެތް ކުރެވޭނީ ވެސް ވަކި ވަރަކަށެވެ. ހަމަ އެފަދައިން އަހަރެންނަކަށްވެސް ކެތެއް ނުކުރެވުނެވެ. ކޮންމެ އަކަސް އަހަރެން ނިންމީ ލޯބިވެރިޔާގެ މަންމަ އާއި ސިއްރުން ނަމަވެސް ލޯބިވެރިޔާ އާއި ބައްދަލު ކުރުމަށެވެ. ލޯބިވެރިޔާގެ އެ ރީތި ސޫތަ ބަލާނުލާ އަހަރެންނަކަށް ދެނެއް ކެތެއް ނުކުރެވޭނެއެވެ.

އެއް ރެއެވެ. ލޯބިވެރިޔާގާތު އެ ރޭ 9 ޖަހާއިރު ރަށުގެ ތުނޑިއަށް އައުމަށް އަހަރެން ދަޢުވަތު ދިނީމެވެ. ލޯބިވެރިޔާ އެ ދަޢުވަތު ޤަބޫލުކުރިއެވެ. އެރޭ 9 ޖެހިއިރު އަހަރެން ލޯބިވެރިޔާގެ ގޭގެ ދޮރާށި މަތީގައި ލޯބިވެރިޔާ ގެ އިންތިޒާރުގައި ހުރީމެވެ. މާ ގިނަ އިރު ތަކެއް ނުވެ ލޯބިވެރިޔާ ނުކުމެއްޖެއެވެ. އެ ރީތި ސޫރަ ފެނުމުން އަހަރެންނަށް ހިނިތުން ވެވުނެވެ. އައިސް ބްލޫ ކުލައިގެ ޖިންސް އަކާ ފިޔާތޮށިކުލައިގެ ޓޮޕް ކޮޅެއްގައި ލޯބިވެރިޔާ ވަރަށް ހިތްގައިމެވެ. އެ ރީތި ދޮން މޫނު ކަޅު ކުލައިގެ ޝޯލް އެއްގެ ތެރެއިން ފެންނައިރު ހީވަނީ ސާދަ ވިލޭރޭގެ ހަނދެއް ހެންނެވެ. ހަމަ އެހާވެސް ރީއްޗެވެ.

އަހަރެންނަށް ލޯބިވެރިޔާ އަށް ބަލަހައްޓައއިގެން ހުރެވުނީ ކިހާ އިރަކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ސިއްސައިގެން ދިޔައީ ލޯބިވެރިޔާ ކިހިނެއް ވީހޭ އެހުމުންނެވެ. ޖަވާބު ގައި އަހަރެން ކަމެއް ނުވޭ ބުނުމަށް ފަހު ލޯބިވެރިޔާގެ އެ ހިމަ އަތުގައި ހިފާލުމަށްފަހު ރަށުގެ ތުނޑި އާ ދިމާލަށް ހިނގައިގަތީމެވެ.

ރޭގަނޑުގެ ވަގުތު ވުމުން މަގުމަތީގައި މީހުން އުޅޭލެއް ވަރަކަށް މަދެވެ. އަަަހަރެންނާ އަހަރެންގެ ލޯބިވެރިޔާ ތުނޑި އަށް ގޮސް ރާޅު ބީއްސާ ހިސާބުގައި އިށީނީމެވެ. އެއީ ވަރަށްވެސް ރީތި ރެއެކެވެ. އުޑުމަތި ވަރަށް ސާފެވެ. އަހަރެން ލޯބިވެރިޔާގެ ހިމަ އުނަގަނޑުގައި އަތް ވަށާލީމެވެ. އެވަގުތު ލޯބިވެރިޔާ ސިހިގެން ދިޔައެވެ. ހަމަ އެއާއެކު މޫނަށް ޖަންބު ކުލަ ވެރިވިއެެވެ. އަދި އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ.

އަހަރެން ސުވާލެއް ކޮށްލަންހޭ އެހުމުން ޖަވާބުގައި ލޯބިވެރިޔާ ބޯ ޖަހާލިއެވެ. އަދި އަހަރެން ދެކެ ލޯބިވޭތޯ ލޯބިވެރިޔާގެ އެ ދޮން މޫނަށް ބަލަހައްޓައިގެން އިނދެ އަހަރެން ސުވާލު ކުރީމެވެ. ލޯބިވެރިޔާގެ ޖަވާބަކަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ލޯބިވެރިޔާ ބޯ ޖަހާލިއެވެ. އަހަރެން ގެއަށް ދިޔުމަށްޓަކައި އެތަނުން ތެދުވީމެވެ. އަދި ލޯބިވެރިޔާ ގެ މޫނުގައި ދެ އަތުން ހިފަހައްޓައިގެން ހުރެ އަހަރެން ވެސް ލޯބިވެރިޔާ ދެކެ ވަރަށް ލޯބިވާ ވާހަކަ ބުނީމެވެ. ވަގުތުން ލޯބިވެރިޔާ ގެ މޫނު ރަތް ވިއެވެ. އަހަރެން ލޯބިވެރިޔާގެ މޫނު އަހަރެންގެ މޫނާ ގާތް ކޮށްލީ ބޮސް ދިނުމަށްޓަކައެވެ. ނަމަވެސް އެ ފުރުސަތެއް އަހަރެންނަކަށް ނުލިބުނެވެ.

ނުނިމޭ…..

ލޯބިވެރިޔާ އަށް ބޮސް ދިނުމަށް ފުރުސަތު އޭނާ އަށް ނުލިބުނީ ކިއްވެބާއެވެ؟ ލޯބިވެރިޔާ އެކަމަށް އިންކާރުކުރީބާއެވެ؟ މި ސުވާލު ތަކާ މެދު ވިސްނާލާށެވެ. އަދި އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ.

ލިޔުންތެރިޔާގެ ބަސް: މި ޕާރޓް ވެސް ރީތި ވާނެ ކަމަށް އުއްމީދުކުރަން. އަޅުގަނޑު މި ދުވަސްކޮޅު ތަންކޮޅެއް ސްކޫލް ބިޒީ ކަމުން ވާހަކަ ލިޔުމަށް ވަގުތެއް ނުވެއެވެ. އެކަމަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެން. އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

loabi viyas
Previous

ލޯބި ވިޔަސް… 3 ވަނަ ބައި

Next

ބީވެ ދިޔަޔަސް…

Next
April 17, 2021

ބީވެ ދިޔަޔަސް…

Previews
April 17, 2021

ލޯބި ވިޔަސް… 3 ވަނަ ބައި

loabi viyas

2 Comments!

  1. Nayaa Nayaa says:
    April 17, 2021 at 3:34 pm

    masha allah… vrh reethi mi prt vx… anekkaa keehbaa evee?? curious to know… dhen anna prt thankolheh dhigu kohleveythw try kohlahche ingey medamooooooo… magey loabivaa kuda ahthaa roadha tha miadhu?? hehehehe waiting for the nxt prt…
    lysssssssssssssssssssssmmm
    sh
    ss
    tc

  2. Princess says:
    April 17, 2021 at 9:17 pm

    Salaam readers. Mee mi vaahakaige 3 vana part. Next part submit kohlaafa vaanee. iraadhakurevviyyaa v avaha kiyaakan libeyne. Adhi mi part vex reethi vaane kamah ummeedhu kuran stay safe and love you readers???

Comments are closed.

Next Episodeލޯބި 4←


All Right Reserved!