ޝަޔާލް ގެ އަތުތެރެއިން ސަލާމަތް ވުމަށް ޔާޝާ ގަދަ ހަދަމުން ދިޔައެވެ. ނަމަވެސް އެކަތައިގެ ބާރު އެކުލެވޭ އެއަތުގެ ތެރެއިން އޭނާއަށް ސަލާމަތް ވާނެ ގޮތެއް ނޭނގުނެވެ . ގަދަހަދަމުން ދިޔަ ޔާޝާ ގެ ހަށިގަނޑުގައި ހިފާ ޝަޔާލް އޭނާ އެނދުމައްޗަށް ވައްޓާލިއެވެ. ޝިކާރައަކަށ ްދަހިބެތި ވެފައިވާ ވަލު ކުއްތާ އެއް ފަދައިން އޭނާ ޔާޝާގެ ގައިމައްޗަށް ވެއްޓިގަތެވެ. ރަހުމެއް ނެތި އޭނާ ޔާޝާގެ އިއްފަތްތެރިކަން ފޭރިގަތެވެ. ޔާޝާގެ ރުއިމާއި ހަޅޭކު އަޑުތައް އޮބިގެންދިޔައީ އެވެ. ގޭތެރޭގައި އެއްވެސް ދިރޭ ފުރާނައެއް ނެތެވެ. ޝާން އާއި ދިފްލާ ނިދީގެ އާލަމުގައި ފީނަނީ އެވެ.
“އޯހް ޝިޓް”
ހަމަ ހޭވެރިކަން ވުމާއެކު ޝަޔާލް އަވަހަށް ޔާޝާ ގެ ގައިމަތިން ތެދުވިއެވެ. ނަމވެސް އޭރު ވަނީ ވަގުތު ފާއިތު ވެފައެވެ. އޭނާ އަކށް ޔާޝާގެ ހިނިތުންވުމެއް އަނބުރާ ނުގެނެވޭނެއެވެ. ޔާޝާ ގެ އިއްފަތްތެރިކަން އަނބުރައެއް ނުގެނެވޭނެއެވެ. އެ މަޑު ހިތުގައި ލެއްވުނު ފުން ޒަޚަމު ފިލުވައެއްނުލެވޭނެއެވެ. އޭނާ ހިތާހިތުނ ްހެވީ މެޓަލް ލަވަތަކަށް ލައުނަތް ދިނެވެ. ދެން ހެވީ މެޓަލް ލަވ އެއް ނުޖަހަން އަޒުމް ކަޑައެޅިއެވެ. ޝަޔާލް ޔާޝާ އުރައިލައިގެން ގެންގޮސް ބާތް ޓަބްގެ ތެރެއަށް ލިއެވެ. އަދި ބެޑްޝީޓް ބަދަލު ކޮށްލުމަށް ފަހު ދެމީހުންގެ އަންނައުނު ތައް ހޮވާލިއެވެ. އެއަށް ފަހު އޭނާ ގޮސް ޔާޝާ ފެންވރުވާލިއެވެ. އަދި އުރައިލައިގެން ބޭރަށ ްނެރެ ޔާޝާ އޭނާގެ ޓީޝާރޓް އެއް ލެެއްވިއެވެ. ޔާޝާ އަށް އެ ޓީޝަރޓް ބޮޑު ކަމުން އޭނާގެ ކަކުލާއި ހަމައަށް އަރައެވެ.
އެހުރިހާ އިރު ވެސް ފުރާނަ ނެތް މަސްގަނޑެއް ފަދައިން ޔާޝާ ހުއްޓުން އަރާފައި ހުރީ އެވެ. އޭނާގެ ބޮޑު ދެލޯ ކަރުނައިން ފުރިފާ ވާއިރު ކިރިޔާ އެސްފިޔަ ޖަހާލިޔަސް އެކަރުނަތިކިތައް އޭގެ މަގާމް ދޫކޮށް ފައިބަފާނެއެވެ. ޝަޔާލް ޔާޝާ ގެނެސް ޑްރެސިންޓޭބަލް ގެ ޖައިރީ ހުރި ގޮޑިގައި ބެހެއްޓުމަށް ފަހު ޔާޝާގެ އިސްތަށިގަޑު ހިއްކަދޭން ފެށިއެވެ.
ދެންމެ ހިނގާ ދިޔަ ކަންތަކުން ޔާޝާގެ ސިކުނޑި ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ ދުވަހަކު ވެސް ޝަޔާލް ގެ ފަރާތުން އޭނާ އުންމީދު ކުރި ކަމެއް ނޫނެވެ. އޭނާގެ ސިކުނޑީ ގައި އެތައް ޚިޔާލް ތަކެއް ދައުރުވަމުން ދިޔައެވެ.
ހިމޭނުން އިން ޔާޝާގެ ހަށިގަނޑު ހަރަކާތްކުރަން ފެށިއެވެ. އިނތަނުން ތެދުވުމާއެކު އޭނާ ފިޔަވަޅު އަޅަން ފެށީ ކޮޓަރީގެ ދޮރާދިމާލށެވެ. އެ މޫނުގައި އެއްވެސް އަސަރެއްނެތެވެ. ޗާބީ ދީފައިވާ ބުދެކޭ ޔާޝާ އެކޭ އެއްފަދައެވެ. ފަސްއެނބުރި ބަލައިވެސް ނުލައި ޔާޝާ ގޮސް ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލިއެވެ. ހުޅުވިގެން ފިޔަ ދޮރުނ ްބޭރަށް ޔާޝާ ނިކުތެވެ.
ޔާޝާގެ ހަރަކާތް ތަކަށް ސަމާލުވެ ބަލަން އިން ޝަޔާލް އިނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އޭނާ ގެންނަ ހަރަކާތަކުން ޔާޝާ އިތުރަށް ނުރުހިދާނެތީ ޝަޔާލް ކަންބޮޑުވެއެވެ. އިންތަނުން ތެދުވުމާއެކު ޝަޔާލް ޔާޝާގެ ފަހަތުން ހިނގައިގަތެވެ. ޔާޝާ ދާތަނެއް ބެލުމަށް އޭނާގެ ސިކުނޑި ވިސްނައި ދިނުމުންނެވެ. ޝަޔާލް ޔާޝާގް ފަހަތުން ހިނގަމުން ދިޔައެވެ. އެކަމުގެ ހިލަމެއްވެސް ނުވާ ޔާޝާ ހިނގަމުން ދިޔައީ އޭނާގެ ކޮޓަރިޔާއި ދިމާލަށެވެ. ކޮޓަރިޔާއި ހަމައަށް އާދެވުމާއެކު ލަސްނުކޮށް ޔާޝާ ކޮޓަރި ތެރެއަށް ވަނެވެ.
ޔާޝާ ގޮސް ކޮޓަރި ތެރެޔަށްވަނުމާއެކު ފަހަތުން އައި ޝަޔާލް ޔާޝަގެ ކޮޓަރި ދޮރުގައި ބޯ ޖައްސާލިއެވެ. މިފަަދ ދަނޑިވަޅެއްގައި ޔާޝާ އެކަނި ދޫކޮށްލުމަކީ އޭނާއަށް ހެދޭ ވަރަށް ބޮދު ގޯހެއްކަމަށް ތަކުރާރުކޮށް އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ޔާޝާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު އޭނާގެ ހިތް ނުތަނަވަސް ކުރަމުން ދިޔައެވެ. ޔާޝާ އަކީ ހިތްވަރުގަދަ ކުއްޖެއްކަން އޭނާއަށް އިނގެއެވެ. ނަމަވެސް ކިތަންމެ ހިތްވަރުގަދަ ކުއްޖަކަށް ވެސް އެފަދަ ކަމެއް ދިމާވުމުން ހިތްވަރު އެލިދާނެއެވެ. އޭނާގެ ސަބަބުން ޔާޝާ އަމިއްލަ ނަފްސަށް ކުޑަ ނަމަވެސް ގެއްލުމެއް ދީފިނަމަ ދުވަހަކު ވެސް އޭނާ އަށް އަމިއްލަ ނަފްސަށް މާފެއް ނުދެވޭނެއެވެ. ޔާޝާގެ މުޅި ދިރި އުޅުން ބަރުބާދު ކޮށްލެވުނު ކަމުގެ ފިކުރުން މިހާރުވެސް އޭނާގެ ހިތްވަނީ ހާސްވެފައެވެ. މި ހާސްކަމުގެ ކަނޑުގައި އޭނާ ފަތަމުން ދަނިކޮށް ޔާޝާ އަމިއްލަ ނަފްސަށް ކުޑަނަމވެސް އަނިޔާ އެއް ދީފި ނަމަ އެކަން ވާނީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމަކަށެވެ.
ލެއްޕިގެން ދިޔަ ކޮޓަރީގެ ދޮރާއެކު ހުރިތަނަށް ޔާޝަ އަށް ތިރި ވެވުނީއެވެ. ބޮޑެތި ކަރުނަ ތިކިތައް އޭނަގެ ކޯތާފަތްމަތިން ތިރިޔަށް ފިރުކެން ފެށިއެވެ. ދޮރު ގައި ލަެގިލައިގެން ހުރި އިރު ޔާޝާ ގެ ދެލޮލުގައި ވަނީ ވޭނެވެ. ނިމުމެއްނެތް އުދާހެވެ. ކައިވެންޏެއް ކޮށް އުފާވެރި ދިރިއުޅުމެއްއުޅެނ ްޔާޝާ ވެސް ބޭނުންވިއެވެ. ނަމަވެސް އެ ޚިޔާލުތައް ކުލައެއް ނެތް ހުވަފެނަކަށް ވެދާނެކަނ އޭނާއަށް ގަބޫލް ކުރެވުނެވެ. އޭނާ ފަދަ އަންހެން ކުއްޖަކާއި އިންނއން ބޭނުން ވާނީ ކާކުހޭ އަމިއްލަ ހިތާ ސުވާލް ކޮށްލެވުނެވެ. އޭނާގެ ކިބައިން އެ އުފާވެރިކަން އަނިޔާވެރިޔަކު ނިއުޅުވައިގަތީއެވެ. އެކަމުގައި އޭނާގެ ކުށެއްނެތިއެވެ. ކުށެއް ނެތް މައުސޫމް އަންހެން ކުއްޖަކަށް މިހުރިހާ ދެރަ އެއް ލިބުނީ ކީއްވެބާ އޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ދުވަހަކު ވެސް އެ ރަހުމް ކުޑަ ޝަޔާލް އަށް މާފު ނުދޭން އޭނާ އަޒުމް ކަނޑައެޅިއެވެ.

“ޒެލް މަޑު ކޮށްބަލަ”
އަތިރި މަތީގެ ހިމުން ދޮންވެލިގަނޑުގައި ރައުލް އަށް އަތުނުވާން އަލީޒާ ދުވަމުން ދިޔައެވެ. ރައުލް އަލީޒާ އަތުލަން މަސައްކަތް ކުރަމުން ދިޔައެވެ. ރައުލް ދުވުން ބާރު ކޮށްލުމަށް ފަހު އަލީޒާ އާއި އެއްވަރު ކޮށްލިއެވެ. ދުވަމުން ދިޔަ އަލީޒާގެ ހަށިގަނޑު ގައި ފަހަތުން ގޮސް ބައްދާލިއެވެ.
“ރައު ބަލާބަ. ސަންސެޓް ވަރަށް ރީތި ދޯ.”
ރައުލްގެ އަތުތެރޭގައި ހަމޖެހިލަމުން އަލީޒާ ބުނެލިއެވެ. އޭރު އަލީޒާގެ ކަޅި ހުއްޓިފައި ހުރީ ލޮނުގަނޑުގެ ތެރެއަށް ވަދެ އެންމެންގެ ނަޒރުތަކުން ފިލަން މަސައްކަތް ކުރަމުން ދިޔަ އިރަށެވެ.
“ބޭބީ. ހިނގާ ރޫމް އަށް.”
އަލީޒާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލމުނ ްރައުލް ބުނެލިއެވެ. ރައުލް ނުވިސްނާ ހުއްޓާ އަލީޒާ ރައުލްގެ އަތުތެރެއިން ދެމިގަތެވެ. އަދި ކުޑަކޮށް ގުދު ވެލުމާއެކު ލޮނު އަތްގޮށްޓެއް ނަގައި ރައުލްގެ މޫނަށް ޖަހައިލިއެވެ.
ސިހިފައި ރައުލް މޫނު ފޮޅާލިއެވެ. އަދި އަލީޒާ އާއި ފިމާލަށް ބަލއިލިއެވެ. ރައުލްގެ ހަރަކާތްތައް ހުރި ގޮތުން ރައުލް އެއުޅެނީ އޭނާ މޫދަށް ލާން ކަން އަލީޒާ ދެނެގަތެވެ. ރައުލް އަށްއަތުނުވާން އަލީޒާ ދުއްވައިގަތީއެވެ. ރައުލް ވެސް އަލީޒާގެ ފަހަތުން ދުއްވައިގަތެވެ. ދުވަމުން ގޮސް އަލީޒާ އަށް ދެވުނީ ޕޫލާއި ދިމާލަށެވެ. ފަހަތުން ރައުލް އަންނަކަން އިނގޭތީ އަލީޒާ މަޑު ކުރާކަށް ނުހަދައެވެ. ދުވެފައި ދިޔަގޮތަށް ގޮސް އޭނާ ޕޫލް ތެރެއަށް ފުންމާލީއެވެ. ފަހަތުން އައިސް ރައުލް ވެސް ފުންމާލީ އެވެ. އަލީޒާ ފަތައިގަތް ނަމވެސް ދުރަކަށް ނުދެވުނެވެ. ރައުލް އައިސް އޭނާ އަތުލައިފިއެވެ.
“ދެން ކޮންތާކަށް ދާނީ”
ރައުލް އަލީޒާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ރައުލް ކަނފަތް ދަށުގައި ވާހކަ ދެއްކުމުން އަލީޒާ ހީލި ކަރުވައިގަނެގެން ތެޅިގަތެވެ. އަނބިމީހާގެ ހަރަކާތްތައް ބަލަން ހުރި ރައުލްގެ މޫނު މަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.
ޕޫލް އިން އަރައިގެން ކޮޓަރިޔާއި ދިމާލަށް ދެކުދިން ދިޔައީ އަތު ގުޅުވައި ލައިގެންނެވެ.
އުފާވެރި ކަމާއެކު ހަފްތާއެއްގެ ހަނީމުން ނިމްމާލުމަށްފަހު ރައުލް އަދި އަލީޒާ އެނބުރި މާލެ އަތުވެއްޖެއެވެ.

36

2 Comments

  1. zahuu

    April 17, 2021 at 1:23 pm

    Wow next prt konirakun waiting lailac sisyyyy

  2. Lailac Baby

    April 18, 2021 at 4:18 am

    Esfiya account nei faraaithah mi vhk ah comment kurravaan mi link beynun kurahvaa
    https://www.tellyupdates.com/yeh-rishta-kya-kehlata-hai-17th-april-2021-written-episode-update-no-telecast/
    Luv u all readers❤️❤️❤️

Comments are closed.