ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 7
ގެޔަށް އައިސް ޖަޒްލާ އެނދުމައްޗަށް ބަންޑުން ވެއްޓި ގަތެވެ. އޭރު އޭނާގެ ސިކުނޑީގައި އެތައް ޚިޔާލް ތަކެއް ދައުރުވަމުން ދިޔައެވެ. ޒީވާން އޭނާ އަށް ޚާއްސަ ނަޒަރކުން ބަލން ހުރިހެން އޭނާއަށް ހީވަނީއެވެ. ޒީވާންގެ ޚިޔާލު ސިކުނޑިން ނެރެނުލެވިގެން އުޅެނީ އެހެނވެއެވެ. ނަމަވެސް އެތައް ރީތި އަންހެން ކުދިންނެއް ޒީވާނ ްއަށް ވާނެ އެވެ. އެހުރިހާ ކުދިންގެ ތެރެއިން އޭނާއަށް ބަލަންވީ ކީއްވެ ހެއްޔެވެ؟ ފިރެހެނ ކުއްޖަކުހިތް އެދޭ ކަހަލަ ސިފައެއް އޭނާގެ ކިބަޔަކު ނެތެވެ. އެހެންކުދިން އުޅޭހެން ތުއި ވެގެނ ްފިރެހެނ ްކުދިންގެ ސަމާލުކަން ހޯދާކަށް އޭނާ އެއް ނޫޅެއެެވެ. ކުލަކުލައިގެ ލިޕްސްޓިކުން ތުންފަތް ފަވައިލައިގެން މޫނުގައި އެކި ފައުންޑެޝަން ތަކާއި މޭކަޕް ތައް އުނގުޅައިގެން ފިރެހެނުންނަށް ތިއްތި ދެއްކޭކަށް އޭނާ ނޫޅެއެވެ. އެސްފިޔަތައް މަސްކަރާ އިން ޖަރީކޮށް އިސްތަށިގަނޑު ކުލަކުލައިން ޑައި ކޮށގެންނެއްވެސް އޭނާއެއް ނޫޅެއެވެ. ދުނިޔެއަށް ނަން މަޝްހޫރު ސެލިބްރިޓީން ފަދައިން ހެދުން އަޅައި އެމީހުންގެ އުޅުން ކޮޕީ ކޮށްގެންނެއް ނޫޅެެވެ. މިއުޅޭ މުއްސަނދި އަންހެން ކުދިން ފަދައި އަގުބޮޑިތި ދަބަސްތަކާއި މޮޅެތި ބްރޭންޑް ތަކުގެ ލެޕްޓޮޕް ތަކެއް ނުގެންގުޅެއެވެ. މީރުވަސް ދޮވާ އަގުބޮޑެތި ސެންޓު ފުޅި ތަކެއް އޭނާ ނުގެން ގުޅެއެވެ.
އެހެންނޫނަސް ފިރެހެން ކުދިންގެ ނަޒަރުން ސަލާމަތް ވުމަކީ އޭނާ ބޭނުންވާ ގޮތެވެ. ކޮންމެހެން މަޖުބޫރުވެގެން ނޫނީ އޭނާ ފިރެހެން ކުއްޖަކާއި އަނގައިންނެއް ނުބުނެއެވެ. އެވެސް ސްކޫލް ކަމެއްގައި ނަމައެވެ. މަގުމަތިން ކްލާސް ފިރެހެން ކުއްޖަކު ފެނުނަސް އޭނާ ބަލަނީ ދުރަށް ދެވޭތޯ އެވެ. މަގުމަތިން ދިމާޗެގެން ކުއްޖަކު ވާހަކައެއް ފަށަން އުޅުނަސް އޭނާ ބަލަނީ އެތަނކުން ދުރަށް ދެވޭ ތޯ އެވެ. އޭނާގެ މި ބީރައްޓިހި ކަމުން ކްލާހުގައި ވެސް އޭނާގެ އެކުވެެރިންނެއް ނުތިބެއެވެ. ނަމަވެސް އެއީ އޭނާ ގެ ހިތަށް ހަމަޖެހުން ގެނުވައިދޭ ކަމެކެވެ.
ފައުޒާން ގެ ތޫނު ނަޒަރުން ޖަޒްލާގެ ހިތަށް އުނަދގޫ ވެއްޖެއެވެ. ފައުޒާންގެ ނަޒަރުން ސަލާމަތްވުމަށް ހިތް އެދެން ފަށައިފިއެވެ. ފައުޒާން ދުވަހަކު ވަސް ނުފެނަ ތާކަށް ދާން ޖަޒްލާ ގެ ހިތް އެދެން ފެށިއެވެ. ނަމަވެސް ދުވެފައި ފިލަން ދާނީ ކޮންތާކަށް ހެއްޔެވެ؟ ކޮލެޖުން ކެނޑެވިދާނެ އެވެ. ނަމަވެސް އޭރުން އޭނާގެ ކިޔެވުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ މިއަދު ކިޔަވަމުން އަންނަނީ ސަރުކާރުން ްފޯރުކޮށްދިން ސްކޯލާރޝިޕެއްގެ ދަށުންނެވެ. މި ކޮލެޖުން ކެނޑިގެން ގޮސް އެހެން ކޮލެޖަކަށް ވަންނާނެ ތަނަވަސް ކަމެއް އޭނާގެ އަތަކު ނެތެވެ. އަމިއްލަ ވަޒީފާ އެއް ނެތުމުން އޭނާ އަށް މަޖުބޫރު ވެފައި ވަނީ މައިންބަފައިންނަށް ބަރޯސާ ވުމަށެވެ. ގޭގެ ޚަރަދުތައް މަންމަ އާއި ބައްޕަ ބަލަހައްޓާއިރު އެމީހުންނަށް އިތުރު އުނދަގުލަކަށް ވާކަށް އޭނާގެ ހިތެއް ނޭދެއެވެ.
ޚިޔާލުގެ ކަނޑުން ފެންމައްޗަށް އޭނާ ތިލަ ކުރީ ރިންގް ވަމުން ދިޔަ އޭނާގެ ފޯނެވެ.ބަންޑުން އޮތް ފޯނު ނަގައި ސްކުރީން އަށް އަރާފައި ހުރި ނަން ކިޔާލުމާއެކު ޖަޒްލާގެ މޫނަށް ވެރިވީ ހައިރާން ކަމެވެ. ގުޅީ ނިއަމްމެން ކްލާސް ބެލެނިވެރިއެއް ކަމަށްވާ ހުޒާމާ އެވެ.
“ހަލޯ”
ފޯނު ކަންފަތުގައި ޖައްސާލި ޖަޒްލާގެ މޫނުގައިވީ ހައިރާން ކަމެވެ. އެހައިރާންކަމުގެ އަސަރު އޭނާގެ އަޑުގައި ވެސް އެކުލެވިފައި ވިއެވެ.
“ހަލޯ. އަސްލު ވަރަށް ބޮޑު ވާހަކަ އެއް ބުނަންވެގެން މި ގުޅީ”
ހުޒާމާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ހުޒާމާގެ ވާހަކައަށް ޖަޒްލާ މަޑުމަޑުން ހޫމް އަޅުވައިލިއެވެ. ހުޒާމާގެ އަޑާއި ރާގު ހުރިގޮތުން އޭނާ ބުނަން އުޅޭ ވާހަކަ އެއް އެހުމަށްޓަކައި ޖަޒްލާގެ ކަންފަތް ތެޅިފޮޅެން ފެށިއެވެ.
” އަރީކާ މިއަދު ގެޔަށް އައިއްސަ ބުނީ ވާހަކަ އެއް. މަށަށް ތެދެއް ކަމެއް ނޭނގެ. އެވަރު ކުދިން ހަދައިގެން ވެސް ވަރަށް ވާހަކ ދައްކާނެ. އެކަމް މިވާހަކައިގެ ގޮތުން ނުބުނެ ހުންނަން ނުކެރުނީ. އަރިކާ ބުނީ އެކުލާހުގަ އުޅޭ ޒައިން ނިއަމް އާ ތޮޅެނީ އޯ. އެކުއްޖާ ބުނި މިއަދު ކްލާހުގަ ޒައިން ނިއަމް ކޮއްޕާލި ވާހަކަ ވެސް. ދެން ނިއަމް ވެއްޓުނީމަ ރޯންފެށީމަ އޭ އާންޓީ މެން އައީ ވެސް. ނިއަމް ނުކިޔާތަ ގެޔަށް އައިސް އެކަހަލަ ވާހަކަ އެއް.”
ހުޒާމާ ވާހަކަ ނިންމާލަމުން ޖަޒްލާ ކައިރީ އަހާލިއެވެ.
“އާން. ނިއަމް ވަރަށް ސްކޫލްގަ ވާ ކަންތައް ގެޔަށް އައިސް ނުކިޔާނެ. ދެން ކުރިން ދުވަހު އާންޓީވެސް ބުނި އެކުއްޖާ މާ މަޑުން ހުންނާތީ އެ ވާހަކަ.”
ޖަޒްލާގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ސްކޫލުން މާހައުލުން ދަރިފުޅަށް ކުރިމަތިވާ އަނިޔާ ތަކުން ދަރިފުޅު ސަލާމަތް ކުރަން އޭނާ ބޭނުމެވެ.އެ މައުސޫމު ހިތުގައި އެޅުނު ކޫރުން ތަކުގެ އަގު އޭނާ އަކަށ ނުދެވޭނެ އެވެ.
“އާންޓީ މެންނަށް ވެސް ނުބެލޭތީ ދޯ އެހެންވަނީ. އަސްލު ސްކޫލް މާހައުލު ކުދިންަށް ރައްކާތެރި ތަނަކަށް ހެދޭނީ އާންޓީމެން ވެސް އެއަށްވުރެ ފަރުވާތެރި ވެގެން. ދެން ކޮއްޕާ ހަދާއިރު ވެސް އާންޓީ މެންނަށް ނުފެންނާތީ ދޯ. ދެން އަޅެ ކިހިނެއްތަ ހަދާނީ. ސްކޫލަށް ފޮނުވަން ވެސް މިހާރު ބިރުގަންނަން ފަށައިފި. ”
ޖަޒްލާ ހީވީ ހިތުގައި ހުރި އުދާސް ތައް އެއްފަހަރުން ބޭރު ކޮށްލަން އުޅުނު ހެންނެވެ.
“އަސްލު އަހަރެމެންނަށް ގޯސް ވާނީ އާންޓީން ދޯ. އެކަމް އެހާ ކުދިން ގޮވައިގެން އުޅޭ އިރު އޮންނާނީ ނުބެލިފަ ދޯ. އަހަރެމެން ގޭގަ ދެތިން ކުދިން އެއްފަހަރާ ބަލަން ޖެހުނަސް މިހުންނަނީ ބޮލަށް އުނދަގޫ ވެފަ. އެކަމަކު އާންޓީމެން ވިހި ވަރަކަށް ކުދިން އެބަލަ ހައްޓަނީ. އަދި ކިޔަވައިދެމުން މަސައްކަތް ކުރެވުމުން. އަހރެންނަށް އިނގޭ ޖަޒްލާ ތީ އަދި ވަރަށް ޔަންގް ކުއްޖެއްކަން. ޖަޒްލާ އާނޓީ މެނަށް ގުޅައިގެން އެއްޗެކޭ ކިޔުމުގެ ކުރިން މިބުނި ކަންތައްތަކާ ވިސްނާތި. ”
ހުޒާމާގެ ވާހަކަ އަށް ޖަޒްލާ ހޫމް އަޅުވައިލިއެވެ. ނަމވެސް އޭނާގެ ހިތުގައި އަނދަމުން ދިޔަ ހިތްހަމަ ނުޖެހުމުގެ އަލިފާނ ްހަމަ ގަދައަށް އަދަމުން ދިޔައެވެ.
“އަނެއްކާ ކޮންމެ ދުވަހަކު އާންޓީ މެންނާ ދިމާވާނެ. އެމީހުންނާއި ދިމާލަށް އެއްޗިހި ކިޔާފި ނަމަ ދެން މިހާރު ހެން ވާހަކ ދައްކަން އުނދަގޫވާނެ. ކިތަންމެ ބުންޏަސް އާންޓީ މެންގެ ހިތުގަ ވެސް އޮންނާނެ އެއްޗިހި ކީކަން. އެހެންވެ ބުނަީ ދުލަކީ ވިހަގަދަ ހަންޖަރެކޭ އެއްފަދަ އެއްޗެކޭ. އަނެއްކާ ބުނެވިއްޖެ ބަހެއް އަނބުރައެ ނުގެނެވޭނެ. ބަސްބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެއް. ނަމަވެސް ބަހެއް ބުނުމަށް ފަހު ތިމާ އަކީ ބަހުގެ އަޅެއް. އަދި ޖަޒްލާ ވިސްނާތި. ކިހިނެއް އިނގެނީ ކުރިޔަށް ވާން އޮތްގޮތެއް. ހަމަ ޖަޒްލާ އަށް އެހީ އަށް އެދިގެން އެމީހުން ކައިރިޔަށް ދާން ވެސް ޖެހިދާނެ. އޭރުން ކިހާ ލަދު ގަންނާނެ. އެކަމަކު މިވާހަކ އަކީ ނުދައްކާ ދޫކޮށްލާ ވަރުގެ ވާހަކ އެއްނޫން. ކޮންމެހެން ވެސް މިކަން އާންޓީމެން ގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ. ރީތި ކޮށް ވާހަކަ ދައްކާ. ވީގޮތް ކިޔައިދީ.އަދި އިތުރަށް ސަމާލު ވުމަށް ބުނޭ. އާންޓީ މެން ކުއްވެރިކޮށް އެއްޗެއް ބުނުމުގެ ކުރިން އެމީހުންގެ ސައިޑުން ވެސް ވިސްނާލާތި”
ހުޒާމާ އަށް ޖޒްލާގެ އަޑުގައިވީ ރުޅި ވެރިކަން އިހުސާސް ކުރެވި ޖަޒްލާ ގެ ރުޅި މަޑުކުރުވަން މަސައްކަތްކުރިއެވެ. ހުޒާމާގެ ވާހަކަ ނިމުނުއިރު ޖަޒްލާ ހުރީ ކޮންމެ ވެސް ވަރަކަށް ހަމަ ޖެހިފައެވެ.
“އާން.އާންޓީ އަށް ގުޅާފަ މި ވާހަކ ބުނާން. ދެން އާންޓީމެން ކުއްވެރި ކޮށް އެއްޗެއް ނުބުނަން ވަރަށް މަސައްކަތް ކުރާނަން”
ޖަޒްލާގެއަޑުން ވެސް ކުރިޔަށް ވުރެ ހަމަޖެހިފައި ހުރިކަން ދޭހަވެއެވެ.
“އޭ ޖަޒްލާ..ދެން އިހަށް ބާއްވަނީ އިނގޭ. އަރީކާ ކުއްތަޅާ ވަރުން މިއުޅެނީ”
މިހެން ބުނުމާއެކު ހުޒާމާ ފޯނު ކަނޑާލިއެވެ.ފޯނު ބޭއްވި ގޮތަށް ޖަޒްލާ އޮތީ ފުން ވިސްނުމެއްްގެ ތެރޭގައެވެ. ސްކޫލް މާހައުލުން ނިއަމް އަށް ކުރިމަތިވަނީ ކޮން ކަހަލ އަނިޔާ ތަކެއް ބާއެވެ؟ އެވާހަކަ އޭނާ ކައިރީ ނިއަމް ނުބުނަނީ ކީއްވެ ބާއެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Wow mi parts vss v reethi
Mi stry ge kuree ep ah comment kuri hirihaa Kudhinnah vrh bodah Thanks. Alhugandahah fenunu iru commment section close vefa hure
masha allah… mi bai vx vrh reethi… waiting for the next part…
but rangalhu kohlan jehey 2 kameh bunelaanan…
ކުށްވެރި މި ބަސް ކިޔާއިރު އިންނާނީ ށަވިޔަނި ސުކުނެއް… އެކަމް ލައިލެކް ލިޔެފަ އިނީ އަލިފު ސުކުނެއް… ދެން ފަހަރަކުން ލިޔާއިރު ސުކުންތަކަށް ވިސްނައިގެން ލިޔެލައްޗެ…
ދެން އަގުބޮޑިތި ނުކިޔާނެ… އަގުބޮޑެތި ކިޔާނީ… ޑަވިޔަނީގަ އިންނާނީ އެބެފިލި…
ދެން ލިޔެ ނިންމާލާފަ އަދި އެއްފަހަރު ސަމާލުވެގެން ލިޔުން ކިޔާލައްޗެ… ޓައިޕިންގ މައްސަލަ އެބަހުރި ފުދޭވަރަކަށް ގިނައިން… ކިޔުންތެރިންނަށްވެސް އުނދަގޫވާނެ އެހެން ހުންނަނަމަ ކިޔަން… އަސްލު ނަޔާއަށްވެސް ބޮޑު ކަމަކަށް ވަނީ ލިޔެ ނިންމާފަ ކިޔަން… ހެހެހެ… އެކަމް އޭރުން ޓައިޕް ކޮށްފަ ހުންނަ މައްސަލަތައް ހައްލުކޮށްލެވޭނީ
ummeedhu kuran mi buni kanthah rangalhu kohlaane kamah 🙂 vhk hama habeys…
stay home
stay safe
take care
lyssm darl
In reply to nayaa
Thnk u sooo much nayoo for ur lovely commt❤️❤️❤️❤️. Aslu vs readers ge comment makes writers laugh???. Nd im really happy that you like this part???.thn nayaa stryge mistakes fahaga kohla dheefa ineema vss thnks. Nd next time stry ga ibaarai kurumuga huri kuhthah vss fahaga kohla dhiyumakee alhugandu ge vrh bodu edhu. Kiyuntherin dhevva bina kuranivi faadu kiyumakee liyun therin ge kuri erun. Aslu stry liyefa check vss nukoh mi up date kuree. Avhah readers ah stry kiyalan foaru kohdheyn vgn. Sorry fr the spelling mistakes.
Im really happy that I have such an amazing friend. Who reads my strys and comment.
Tc❤️
Ss❤️
Sh❤️
Lysm❤️
In reply to zahu
Thank u soooo much, zahu dhooneee❤️❤️❤️aslu vss zahu ge comment fenifa it motivated me to write the next part ❤️❤️❤️❤️im really happy that I’ve such a good frnd who suppors me❤️❤️❤️❤️
Stay safe ❤️
Stay home ❤️
Take care ❤️