Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 41

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
October 19, 2023 3 Mins Read
8 Comments

އަހަރެން ކައިރީގައި ހުރި ނަޝްފާގެ އުނަގަނޑުގައި ނާސިފްގެ އަތް އަޅުވާލިއެވެ. އެޔާއެކު ހިނިއައިސްފާހުރެ ނަޝްފާވެސް ނާސިފްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކުރިޔަށް ހިނގައިގަތެވެ. އަހަރެންގެ ކުރިމަތީ އެފަދަ ލަދުކުޑަ ގޮތަކަށް ނާސިފްއަށް ދާން ކެރުނީތީ ހައިރާންވަމެވެ. ކަޅި ހުއްޓި އެސްފިޔަ ޖަހާނުލާ އަހަންނަށް ބެލުނީ ނާސިފްއާ ނަޝްފާއަށެވެ. އަހަންނަށް އޮޅިއްޖެއެވެ. އިޝާލް އަކީ ނަޝްފާގެ ފިރިމީހާނަމަ ނާސިފް މިއުޅެނީ ކިހިނެއްހެއްޔެވެ؟ އަހަންނާ ނާސިފް ފިޔަވާ މިތަނުގައި ދެމަފިރިންނަކީ ކޮބައިބާއެވެ؟ ނަތޫއާ އިޝާލްހެއްޔެވެ؟ އިޝާލްއާ ނަޝްފާ ހެއްޔެވެ؟ ނަޝްފާއާ ނާސިފް ހެއްޔެވެ؟ ކުއްލިޔަކަށް އަހަންނަށްގެ ބޮލަށް ބަރުވާން ފެށިއެވެ.

“ޒީން” އިޝާލް ގޮވާލިކަމެއް ޒީންއަކަށް ނޭނގެއެވެ. އެހެން ނަމަ އިޝާލްގެ އަޑަށް ޒީން ބަލައިލީހެވެ.

“ޒީން!…. އެއީ ފިރިމީހާއެއްނު؟ އޭނަ އެދައްކާ މަންޒަރު ބަލަން ޒީންއަށް ކެތްވޭތަ؟ ހެހެ…” އިޝާލްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ޒަހަރެއް ހެންނެވެ. އިޝާލް އަހަންނަށް މަލާމާތްކުރިކަން އަހަންނަށް އެނގުނީ ހުރަހަކާނުލައެވެ. އެހެނަސް އަހަރެން އަޅާނުލާ ހުރީމެވެ. ކެތްތެރިވީމެވެ.

“ކިހާދެރަ…. އޭނައާ އިނީ ވަރަށް އިތުބާރުކޮށްފަދޯ؟ ލޯބިނެތި މަޖްބޫރުވިޔަސް ތިޔަށް ކިޔާނީ ކައިވެނި….. ބޮޑު ގެއެއް ހުރީމަ މުއްސަނދިކަމާ އަރާމު ލިބޭނެކަމަށްދޯ މިތާ ތިއުޅެނީ؟ ޕިސްޕިސް… މައިންބަފައިން ނެތި ޔަތީމު ވީދުވަހު ދިރިއުޅުމުން ވެސް ޒީންއަށް ތިލިބެނީ ވޭނެއްނު… ހާދަ ދިރުމެއްނެތް ދިރިއުޅުމެކޭ….” އިޝާލް ބުނެލިއެވެ.

ނާސިފްގެ ބޭއަދަބީ އަމަލުން އަހަރެން ލަދުގަންނަން ޖެހުނީއެވެ. އަހަރެން މިދުނިޔެއިން އެންމެ ހިތްއެދޭ މީހާގެ ކުރިމަތީގައެވެ. އިޝާލްގެ އެބަސްތައް އިވި ވަގުތުން އަހަންނަށް ލޯމަރާލެވުނެވެ. އިޝާލްގެ ތޫނު ހަންޖަރެއްފަދަ ބަސްތަކުން އަހަރެންގެ މުޅި ހަށިގަނޑު ހީވީ ޅިޔައެޅުނު ހެންނެވެ. ވަގުތުން އަހަންނަށް ރޮވުނެވެ. އަހަރެން އިޝާލްއާ ދިމާލަށް ބަލާލީމެވެ. އަހަރެންގެ ދޫ ހަރަކާތް ނުކުރިޔަސް ދެލޯ އިޝާލްއަށް އާދޭސްކުރާކަން އިޝާލްއަށް އިހްސާސް ވާނެއެވެ.
އަހަރެންގެ ދެލޯ އިޝާލްއާ މުޢާމަލާތު ކުރަމުންދިޔައީ އާދޭހާއި ފުސް ކަރުނައިގެ ތެރެއިންނެވެ.

އަހަރެންގެ ދެލޯ ވަނީ އިޝާލްގެ ދެލޮލުގެ ނަޒަރާ ބައްދަލުވެފައެވެ. އަހަރެންގެ ދެލޮލުން ފައިބަމުންދާ ކަރުނަތަކާއެކު އެދެލޯ ދިޔައީ އިޝާލްއާ ސުވާލު ކުރަމުންނެވެ. އިޝާލްއަށް ތިވަރުގެ ބަދަލެއް އައީ ކީއްވެހެއްޔެވެ؟ އަހަރެން އެންމެ ބޮޑަށް ހިތުގައި ޖެހުނީ ނާސިފްގެ ސަބަބަކުން ނޫނެވެ. އިޝާލްއަށް އައިސްފައިވާ ބަދަލުންނެވެ. އަހަރެން ވާނީ މާކުރިންވެސް އިޝާލްއަށް އަހަރެންގެ މަޖްބޫރީ ހާލަތު ކިޔައިދީފައެވެ. އެކަން އެނގިހުރެ އަހަންނަށް ހަމްދަރުދީ ވުމުގެ ބަދަލުގައި މިއަދު މަލާމާތް ކުރަނީހެއްޔެވެ؟ ނާސިފްގެ އެމަންޒަރު ފެނި އަހަންނަށް ހިތްވަރުދޭން ހުރި އިޝާލް އަހަންނަށް ތިހެދީ ކިހިނެއްހެއްޔެވެ؟

އަހަރެން އިޝާލްއަށް ހުރިހާ ވާހަކައެއް ބުނެދޭން ބޭނުމެވެ. އިޝާލް ބުނީ ތެދެކެވެ. އަހަރެންގެ ދިރިއުޅުމުގައި ދުވަހަކުވެސް ދިރުމެއް ނުވެއެވެ. ކުރީގައިވެސް އެކަން ހިނގީ އެފަދައިންނެވެ. މިއަދުވެސް އެކަން މިހިނގަނީ އެފަދައިންނެވެ. މިދިރިއުޅުމުގައި ލޯތްބެއް ނުވެއެވެ. ކުރީގަވެސް އެފަދައެވެ. މިހާރުވެސް ހަމަ އެހެންނޫންހެއްޔެވެ؟ އަހަރެންގެ މޫނާއި ލޮލުގެ މައުސޫމްކަން އަހަރެންގެ ލޮލަށް ބަލަން ހުރިއިރު ވެސް އިޝާލްއަށް ނުފެނޭހެއްޔެވެ؟ އަދިވެސް އަހަރެން ބޭނުންވަނީ ހަމައެކަނި އިޝާލްއެވެ. އަހަރެންގެ އެންމެ ފަހު ނޭވާއާ ހަމައަށްވެސް އަހަރެން އިޝާލްއަށް އިންތިޒާރު ކުރާނަމެވެ. އަހަރެންގެ ލޯވެސް އިޝާލްއަށް ބަލަން ހުރެ މިބުނެދެނީ އަދިވެސް ހަމަ އެވާހަކަތަކެވެ.

“އިޝާލް! އާދެބަލަ އަހަރެން ކޮޓަރިޔަށް.” ކޮޓަރި ދޮރުމަތީ ހުރެ ނާސިފް ވަރަށް ބާރަށް އިޝާލްއަށް ގޮވާލިއެވެ.

އިޝާލް ހިނގައިގަތުމާއެކު އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ސިއްރު ސިއްރުން އަހަރެންގެ ދެއަތުން ފުހެލީމެެވެ. އިޝާލް ދިޔަކަން ޔަގީންވުމުން އަހަރެން ދެން ހިނގައިގަތީ ނާސިފްގެ ކޮޓަރި ހުރަސްކޮށް އަހަރެންގެ ކޮޓަރިއާ ދިމާލަށެވެ. ނަތޫ ހޯދަން ބޭނުންވާތީއެވެ. އަހަރެންގެ އިހްސާސްތައް ނަތޫގެ ކުރިމަތީ ބަންޑުންކޮށްލަން ބޭނުމެވެ. މިދިރިއުޅުމުގައި ނާސިފްއާއެކު އެންމެ ހިނދުކޮޅަކުވެސް ހުންނަން ބޭނުން ނުވާކަން އަންގަން އަހަރެން ބޭނުމެވެ.

އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވާލީ ވަރަށް އުންމީދާއެކުގައެވެ. ނަމަވެސް ކޮޓަރިން ފެނުނީ ދިރުމެއް ނެތް ފަޅުކަމެވެ. އަހަރެންގޮސް ފާޚާނާ ތަޅުގައި ހިފާލީއެވެ. ތަޅުގައި ހިފާލުމާއިއެކު އަލިކަމެއްނެތް ފާޚާނާގެ ދޮރު ހުޅުވުނެވެ. އަހަރެން ހައިރާންވީ ކޮޓަރީގައި ނަތޫ ނެތުމުންނެވެ. ވިސްނާކަށް އެންމެ ސިކުންތެއްވެސް އަހަރެން މަޑުނުކުރަމެވެ. ދިޔަގޮތަށްގޮސް ނަޝްފާ ހުންނަ ކޮޓަރީގެ ދޮރުގައި ހިފާލީމެވެ. ތަޅުނުލާ ހުރުމުގެ ސަބަބުން އިސާހިތަކު ވަރަށް އަވަހަށް ދޮރު ހުޅުވުނެވެ.

“ޒީން.. ކިހިނެއްވީ؟” އެނދުމަތީގައި އޮތް ނަޝްފާ ކުއްލިޔަކަށް ސިއްސައިންގޮސް ތެދުވަމުން ބުނެލިއެވެ.

“ނަތޫ ކޮބާ؟” ހާސްވެފައިވާ މޫނަކާއެކު އަހަރެން ވަގުތުން ސުވާލުކޮށްލީމެވެ.

“ނޭނގެ… މި ރޫމްއަކަށް ނާދޭ. އިޝާލްއަށް ކަންނޭނގެ….” އަހަރެން ބޭނުންވާ މިންވަރަށް ޖަވާބު ލިބުމުން އަހަރެން އެކޮޓަރިން ނުކުތީމެވެ. އިޝާލްއޭ ކިޔައިން ނަޝްފާ ބުނަން ބޭނުންވި ޖުމްލަ ފުރިހަމަ ކުރާއަޑު އަހަން އަހަރެން ބޭނުން ނުވީއެވެ.

އަހަރެންގެ ފިޔަވަޅުތައް ލަސްލަހުން ނަގަމުން ކުރިޔަށް ހިނގައިގަތީ ނާސިފްގެ ކޮޓަރިން ވާހަކަ ދައްކާއަޑު އިވުނުހެން ހީވެގެންނެވެ. ކޮޓަރީގެ ދޮރުކައިރީގައި ލެނގިލައިން އަހަރެންހުރީ އެތެރެއިން ދައްކަމުންދާ ވާހަކަތައް ކަނުލާ އަޑުއަހާލުމުގެ ބޭނުމުގައެވެ.

“ކޮބާ ދެން މިހާރު ކީކޭ ބުނާނީ؟” ނާސިފް ސުވާލު ކޮށްލިއެވެ.

“އޯކޭ… މަ ގަބޫލުކޮށްފިން.” ވަރަށް މަޑުމައިތިރި ކަމާއެކު އިޝާލް ބުނެލިއަޑު އަހަންނަށް އިވުނެވެ.

“ތި ނިމުނީނު. މަވެސް ގަބޫލުކޮށްފިން. އިޝާލް!… ދެން ހިނގާ ކާންދާން. ނާސިފް ބުނެފައޮތީ ޒީން ހުރީ ކައްކާފައޭ.” ނަތޫ ބުނެލި ފަހު ޖުމްލަ އަޑުއިވުމާއެކު އަހަރެން ބާރު ހިނގުމެއްގައި ކާގެއާ ދިމާލަށް މިސްރާބުޖެހީމެވެ.

އިޝާލްއާ ނާސިފް ކޮޓަރީގައި ތިއްބެވެ. ނާސިފްގެ ކޮޓަރިން ނުކުމެގެން ނަތޫ ހިނގައިގަތީ ނަޝްފާގެ ކޮޓަރިއާ ދިމާލަށެވެ. ދޮރު ހުޅުވާލާފައި ނަތޫ އެތެރެއަށް ވަދެ ތަޅުލިއެވެ. އެއަށްފަހު ނަޝްފާ އޮތް އެނދުމަތީ އިށީންދެލިއެވެ.

“ނަޝްފާ!… ކާން ދާކަށް ނުވޭތަ؟” ނަތޫ ސުވާލުކޮށްލިއެވެ.

“މެޑަމް ގޮވީމައެއްނު ކާން ދާންވާނީ.. އަދި ހަމަ މިއޮންނަނީ.. ދެންމެ މިތަނަށް އައި ނަތޫ ހޯދަން. ވަރަށް ހާސްވެފަ ފާޑަކަށް ހުރީ.” ނަޝްފާ ތުއިގޮތަކަށް ވާހަކަދެއްކިއެވެ.

“ކިހިނެއްވީބާ؟ އަދި މިގެއަށް އައިއްސުރެން އަހަންނަށް ޒީންއާ ހަމަޖެހިލައިން ވާހަކަ ދައްކާނުލެވެ. ދާންވީދާން. ޒީންއަށް ހެލްޕްވެސް ވާންޖެހޭނެއްނު.” ނަތޫ އާދައިގެ ގޮތަކަށް ބުނެލިއެވެ.

ކާމޭޒުގެ ސުފުރާމަތި ފަޅު ފިލުވަމުންދިޔަ ޒީންގެ ހަރަކާތްތަކުގައި މިއަދު އަވަސްކަމެއް ނެތެވެ. މެހެމާނުންނަށްޓަކާ އެހަށިގަނޑުގައި ޖޯޝެއްނެތެވެ. ފޯރިއެއްނެތެވެ. ބަލާ މީހަކަށް ޔަގީންވާނީ ޒީންގެ މުޅި ދުވަސް ޚަރާބުވެފައިވާކަމެވެ. މުޅިމީހާ ވަނީ މިލާ މޯޅިވެފައެވެ. ކުއްލިޔަކަށް ޒީން ސިއްސައިން ދިޔައީ ނަތޫގެ އަޑު އިވުމުންނެވެ.

“ޒީން.. ހެލްޕްވާން މިއައީ..” ނަތޫ ބުނެލީ ކުރު ޖުމްލައެކެވެ.

“ކޮބާ ނަޖްމައްތަ؟ ހާލު ރަނގަޅުތަ؟” ނަތޫ ދެއްކި ވާހަކަ އަޑުނީވޭ ކަމަށް ހަދަމުން އަހަރެން ބުނެލީމެވެ.

“މާހިލް އެބަހުރި ރަށުގަ… ޗުއްޓީއަށް އައީ.. އެއީ ދެން މަންމަ ކައިރި ހުރެލަން. އަހަރެން މިއައީ ގެ ކައިރި މީހަކާ ކައްކަން ހަވާލުކޮށްފަ. އޭނަދެން ކައްކާފަ ކާންދޭނެ އަހަރުމެންގޭ މީހުންނަށާ ފަރީދުބެއަށް.” ނަތޫ ތަފްސީލުކޮށް ކިޔައިދިނެވެ.

“ކީއްކުރަން މާލެ ތިއައީ؟ ކޮންއިރަކު ނާސިފްއާ ރައްޓެހީ؟” ކާން ހަދަމުން އަހަރެން ސުވާލުކުރީމެވެ.

“މިއައީ….” ނަތޫގެ ޖަވާބު މެދުކަނޑާލަންޖެހުނެވެ.

ކުއްލިޔަކަށް ރިންގ ވަމުންދިޔަ ފޯނުގެ އަޑަށް އަހަރެން ހުއްޓުންއެރިއެވެ. ކާގެއިން ނުކުމެ، ނާސިފްގެ ކޮޓަރިއާ ދިމާލަށް ބަލައިލުމަށްފަހު މަޑުމަޑުން ގޮސް އަހަރެން ފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ.

“ހެ…ހެލޯ!” ފުރަތަމަ ވާހަކަދެއްކީ އަހަންނެވެ.

“އާދިލްގެ ޒީން…. މަގޭ ރަންކޮޅާ… އުފާވެރި ދުވަހަކަށް އެދެން…. ކޮބާ އަހަރެންގެ އަގުބޮޑު ޖަވާހިރު؟” ދައްކަމުން ދިޔަ ވާހަކަ އަޑުއިވުމާއެކު އަހަންނަށް ވީގޮތެއް ނޭނގުނެވެ.

އާދިލްގެ ނަން އިވުމާއެކު އަހަންނަށް ބޭއިހްތިޔާރުގައި ރުޅިއާދެވުނެވެ. އެއީ އަހަރެންގެ ބައްޕައެވެ. އެކަމަކު އަހަންނަށް ރުޅިއާދެވުނީ އަހަންނަށް ލިބެންވާ އެއްވެސް ލޯތްބެއް ނުލިބި ގެއްލުމުގެ އަސްލަކީ އެއީ ކަމަށް ވާތީއެވެ.

“އަ…. އަހަރެން… ތީ…ތީކާކު؟” ވާނުވާ އޮޅުންނުފިލާހުރި އަހަރެން އަޅައަޅައިގަންނަމުން އަހާލީމެވެ.

– ނުނިމެ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

މާޒީ 3

Next

އައިނާ (3) 3

Next
October 20, 2023

އައިނާ (3) 3

Previews
October 16, 2023

މާޒީ 3

8 Comments!

  1. Ifoo says:
    October 19, 2023 at 4:19 am

    Vv reethi mi part vs Maasha Allah❤️.. Next part vs avahah kiyaalan libeyne kamah Unmeedhu kuran 😊

    1. Shaleen says:
      October 19, 2023 at 8:52 am

      Thanks my dear
      Shaleen Hama v balaanan next part ves Avahah up kolladheveytho in sha Allah.
      Mihen libey comments akee shaleen ah v bodu hihvarei
      So 👍
      Lysm ❤️

  2. vempire girl says:
    October 19, 2023 at 6:22 am

    Maasha Allah mi part ves varah varah varah reethi… Next part kiyaalan libeyny kon dhuvahakun????

    1. Shaleen says:
      October 19, 2023 at 8:54 am

      Thanks my girl
      V ufaavejje..
      Komme part akah libey comment akee shaleen ah v bodu hihvarei.
      So ummeedhu kuran abadhuves shaleen ah support dheynekamah.
      And next part will be on Monday in sha Allah.
      Lysm 🌹

  3. love imko 💕💕 says:
    October 19, 2023 at 6:38 am

    Mi part vex varha reethi
    Next part kiyaalan libeeney kama unmeedhu kuran
    Shaleen sis ge vaahaka libuneema varha ufaaveje
    Unmeedhu kuran next part vex kiyaalan libeeney kama

    1. Shaleen says:
      October 19, 2023 at 8:55 am

      Thanks imko
      Ufaavey gavaidhunves comment kollaatheeve.
      Shaleen ah support dhevvan thihen kuraa comment ge sababun v hihvaru libey.
      Next part will be on Monday in sha Allah.
      Lysm 🤗

  4. Lily says:
    October 19, 2023 at 8:59 am

    ❤️❤️❤️
    Lysmm

    1. Shaleen says:
      October 19, 2023 at 9:40 am

      🤗🤗🤗
      Lysmmm

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 42←


All Right Reserved!