Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 39

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
October 11, 2023 4 Mins Read
12 Comments

ވަގުތުން ދެންހުރި ކަރުދާސްތަކާއި ސިޓީފަދަ ތަކެތި ނަގަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ މޮނީޓަރ ފޮތެކެވެ. އަވަސް ހަރަކާތަކާއިއެކު ނާސިފް އެފޮތް ހުޅުވާލިއެވެ. އިސާހިތަކު ލޫދިގެން ލުއި އުދުހުމެއްގައި ގޮސް ވެއްޓުނީ ފޮޓޮއެކެވެ. ނާސިފް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭގައި ވަނީ ނާސިފްގެ އެކުވެރި އިޝާލްއެވެ.

ހަތް އަހަރު ފަހުން ނާސިފްގެ ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. އެދުހު އިޝާލްގެ ޕާރސަލްއާއިއެކު އެކުޑަކުއްޖާ ނާސިފްގެ ފިނިފެންމާވެސް ދިނީ ޒީންއަށެވެ. މިހާރު އެކަން ޔަގީނެވެ. މިއޮއް ހުރިހާ ދުވަހު ޒީން އެންމެ ނަފްރަތު ކުރާ ނާސިފްގެ ހަދިޔާއެއް އެނގިހުރެ ނުފޮރުވާނެއެވެ. އެއީ ހުވަފެނެއްގައިވެސް ނާސިފްގެ ނަމުގައި ޒީން ކުރާނެ ކަމެއް ނޫނެވެ. ނާސިފްއަށް ވިސްނުނީ އެގޮތަށެވެ.

އާ އެތައް ސުވާލެއް ނާސިފްގެ ހިތުގައި އުފެދެމުން ދިޔައެވެ. އަދި ބައެއް ސުވާލުތަކުގެ ޖަވާބުވެސް ނާސިފްއަށް ލިބެމުންދިޔައެވެ. މަޑުމަޑު ތުރުތުރެއް އެކުލެވިފައިވާ ނާސިފްގެ ދެއަތުން ހުރިހާއެއްޗެއް އަނެއްކާވެސް ފޮއްޓަށް އެޅުމަށްފަހު މަތިޖާހާލިއެވެ. އެއަށްފަހު އިރުކޮޅެއް ވަންދެން އެފޮއްޓާދިމާލަށް ބަލަން އިނެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.

“”އޯކޭ… އަހަރެން ދޯންޏަށްއަރަނީ… މަ ހިއެއް ނުކުރަން އިޝާލް މަފުރާތަނަށް އަންނާނެ ކަމަށްވެސް. ދެން އަވަހަށްދޭ. އެހެރަ އަންހެންކުއްޖާ ހީވަނީ އެހެން ކަމެއްހެން އިޝާލްއަށް ގޮވާއިރު…… އަނެއްކާ ލޯބިވެރިޔާތަ؟” ހިނިތުން ވެލަމުން ނާސިފް ސަމާސާކޮށްލީ އިޝާލްއާއެވެ.

“އުނހު…. އެއީ މަގޭ އެއްނޫން. އެކަމު އެމަންޖެ އުޅެނީ ނާސިފް ރީތިވެގެން.” އިޝާލް އަތުގެ އިޝާރާތުން ނަތޫއަށް މަޑުކޮށްލުމަށް އެދުނެވެ. އިޝާލް ބޭނުންވީ ނާސިފް ހެއްވާލާށެވެ. ނާސިފް ހިނިއައިސްފައި ހުރެ ދެއަތަށް ބޯހޫރާލަމުން ދޯންޏަށްއެރިއެވެ.

ނާސިފްގެ ފަހަތުން އިޝާލް ގޮސް ދޯންޏަށް އެރިއެވެ. އެހެން މީހުންނާ އެކަހެރި ވެލުމުގެ މަގްސަދުގައި އިޝާލް ގޮސް ނާސިފްގެ ކޮނޑުގައި އެލިގަންނަމުން ނާސިފް ދުރަށް ޖައްސާލިއެވެ.

“އޭތް…. މަ މިއޮއްހާ ދުވަހު ނުބުނެއެއްނު މިހުރީ.. އެކަމު ދެން އެހާ އަވަހަށް މިރަށަށް ނާދެވިދާނެއޭ ނާސިފް ބުނީމަ މިވާހަކަ މިބުނެލަނީ… މަށަށް އެގޮވަނީ މަގޭ ލޯބިވެރިޔާއެއް ނޫން. އެކަމު މިވާހަކަ ސިއްރުކުރާމަތިން ބުނެފާނަން. މައެންމެ ލޯބިވަނީ ފަރީދުބެ ގޭގަ އުޅޭ ޒީންދެކެ… އޭނަވެސް މަދެކެ ވަރަށް ލޯބިވޭ.” ބާރު ހިނިގަނޑެއް ޖަހާލާ ނާސިފްގެ ކޮނޑުން އަތް ވަކިކޮށްލަމުން އިޝާލް މަޖާވެފައި ދޯނިން ފައިބަން ހިނގައިގަތެވެ.

ނާސިފް ވަގުތުން ހުއްޓުން އެރިއެވެ. އިޝާލްގެ އެބާރު ހިނިގަނޑު އަޑު އިވުނަސް ނާސިފްއަށް ފަސްއެނބުރި އިޝާލްއަށް ބަލާލާކަށް ނުކެރުނެވެ. އިވުނު ވާހަކައިގެ ސަބަބުންނެވެ. ކޮންމެ ގޮތެއްގައި ވިޔަސް މިހާރު މިރަށުން ފަހު ފިޔަވަޅު ދޫކޮށް ދޯންޏަށް އެރިއްޖެއެވެ. ނާސިފްއަށް ޔަގީނެވެ. ޒީންއާއި ނާސިފްގެ މަޖްބޫރު ކައިވެނީގެ ވާހަކަ އެއްގޮތަކަށްވެސް ބުނެވިފައި ނުވާތީ އިޝާލް އެވަނީ ފޮނި ހުވަފެނެއްގެ ތެރޭގައެވެ. ހަގީގަތް ނޭނގޭ އޮޅުމެއްގެ ތެރޭގައެވެ.

މާޒީގެ ޚިޔާލުން އެއްކިބާވެލަމުން ނާސިފް އެފޮށި ގެންގޮސް އަލަމާރީގައި ބައިންދާލިއެވެ. ހާސްވެފައިވާ މޫނުން ދާތައް ފޮހެލުމުގެ ބޭނުމުގައި ފާޚާނާއަށް ވަނުމަށްފަހު އިޝާލް ކޮޓަރިން ބޭރަށް ނުކުމެލިއެވެ. ސޯފާއާ ހަމައަށް ދެވުނު ވަގުތު ފޯނު ރިންގްވީއަޑު އިވުނެވެ.

ރިންގް ވަމުންދިޔަ ފޯނުގެ އަޑަށް ސިއްސައިން
ގޮސް އަހަންނަށް ހޭލެވުނެވެ. އެޔާއެކު އަހަރެން ލަދުގަނެފައިވާ މީހެއްފަދައިން ލަސްލަހުން ތެދުވެ އިށީންދެލީމެވެ. އިސްޖަހާލައިން އިނަސް އަހަރެން ކޮންމެސް ވަރަކަށް ނާސިފްގެ ހަރަކާތްތަކަށް ބަލައިލަމެވެ. އޭރު ނާސިފް ލަސް ހިނގުމެއްގައި ގޮސް ފޯނު ނެގި އެވެ. އެވަގުތު އަހަރެންގެ ޒިންމާއަކަށްވީ ނާސިފް ވާހަކަ ދައްކާ ނިމެންދެން އަޑުއަހަން އިނުމެވެ.

“ހެލޯ…… އެހެންތޯ؟….. އާދެ! …. މަހަކު ކިހާވަރެއްތޯ؟….. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ނާސިފް ފޯނު ބޭއްވިއެވެ.

ފޯނު ބޭއްވުމަށްފަހު ނާސިފް ހިނގައިގަތީ އެޕާރޓްމަންޓުން ނުކުންނާށެވެ. އޭރު ޒީން އިނީ ސޯފާގައެވެ. ޒީން ހޭލާ އިންކަން ނާސިފްއަށް ކަނޑައެޅިގެން އެނގެއެވެ. އެހެން ނަމަވެސް ފެނުނު މަންޒަރު ނުފެންނަ ކަމަށް ހަދަމުންގޮސް ނާސިފް ދޮރުގެ ތަޅުގައި ހިފާލިއެވެ.

“ސައި ބުއިންތަ؟ އަހަރެން ސައި ހެދިން…. ހެދިކާ ހެދީ އަމިއްލައަށް…… ދެން….. ނާސިފް އަންނާނެ ކަމަށް މަޑުކޮށްގެން އޮއްވަ…. ނިދުނީ…” ކޮޅަށް ތެދުވެލާފަ އަހަރެން ބުނެލީ މަޑުމައިތިރި ރާގެއްގައެވެ.

“މީ… މީ… ކާގެއާ ބައެއް ތަންތަން ހުންނާނީ އެހެން ގޮތަކަށް…” ކުރިން ދެއްކި ވާހަކަތަކަށް ނާސިފް އެއްވެސް ރައްދެއް ނުދިނުމުން އަނެއްކާވެސް އަހަރެން ބުނެލީމެވެ. އެހެންނަމަވެސް މިފަހަރު އަހަރެން ދައްކަން އުޅުނު ވާހަކަ ފުރިހަމަ ކުރެވޭ ވަރެއް ނުވިއެވެ. ނާސިފް ވާހަކަ ދައްކަން ފެށީއެވެ.

“ޒީން ބޭނުން ގޮތަކަށް މިގޭގެ ކަންކަން ކުރިޔަސް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ. ގޭތެރޭ މަސައްކަތް ކުރާނެ އިތުރު މީހަކު ނުހޯދީވެސް ހަމަ ޒީން ބުނެގެން…. ދެން ތިބުނީ ސައި ބުއިންހޭ؟ އަހަރެން ސައެއް ނުބޮން.. ބޮޑަށް ހީކުރީ ހާއްސަ މީހަކު މިގެއަށް ސައިބޯން އަންނާތީ ސައި ތައްޔާރުކޮށްފަ ހުރީކަމަށް… އެކަމަކު އަހަންނަށް ސަޔަށް ދައުވަތު މިލިބުނީ ދެންމެ.. ދެން ކީއްކުރާނީ؟ މިހާރު ސައިގަޑިވެސް ކެޓީ…. އެކަމަކު އެހާއްސަ މީހަކީ އަހަރެންކަން އިނގުނީމަ ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދަނީ…. ގެއަށް އާދެވޭނީ މިރޭ ވަރަށް ލަހުން.” އަހަންނަށް ބަލަންހުރެ ނާސިފްގެ ވާހަކަތަށް ފައްޗަކަށް އަމުނާލުމަށްފަހު ގެއިން ނުކުތެވެ.

ނާސިފްގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އަހަރެން އެއްޗެކޭ ނުބުނަމެވެ. އެއީ މިރޭ އަހަރެން ބޭނުންވި ގޮތެވެ. ނާސިފް ދިޔުމާއެކު އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ގޮތުގައި ހުރެވޭނެ މީހަކީ ހަމައެކަނި އަހަރެން ނޫންކަން ނާސިފް ދެންމެ އަހަންނަށް ވިސްނައިދީފިއެވެ. ވީފޫއްސަކުން ހެދިކާތަށް ކުނިއެއްޗަށް އަޅާލާ ތަށިތައް ނެގުމަށްފަހު އަހަރެން ދިޔައީ ނާސިފްގެ ކޮޓަރިއަށް ވަދެލާށެވެ. ކޮޓަރި ތަޅުލާފައި ހުރުމުން އަހަންނަށް އެކޮޓަރިއަށް ވަދެވޭގޮތެއް ނުވިއެވެ. އަޖައިބެއް ނޫންހެއްޔެވެ؟ ހަފްތާއެއް ވީއިރުވެސް ނާސިފްގެ އަންނައުނު ދޮވެ އިސްތިރި ކުރަންވެސް އަހަންނާ ހަވާލެއް ނުކުރެއެވެ.

އިޝާލްއާ މުޅިން ދުރަށް ދިޔަ ހިސާބުން އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ކަރުނައެވެ. އެހެން ނަމަވެސް ނާސިފްގެ ހަޔާތަށް އަހަންނަށް އާދެވުމަށްފަހު އަހަރެންގެ ރަހްމަތްތެރިޔަކީ ހަމައެކަނި ފޫހިކަމެވެ. ނޫނީ ފޫހިކަމުގެ އިންތިހާއެވެ. ކޮއްޓަކަށް ލާފައިވާ ދޫންޏެއް އުދުހިއުދުހި އުޅޭހެން އަހަރެންވެސް މިޖެހެނީ މިގޭތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނާކަށް ނޫންހެއްޔެވެެ؟ އަހަރެންގެ މަގާމަކީ މިނިވަންކަމަށް ނެތި ބަންދުވެފައި އިނުންހެއްޔެވެ؟

“އިޝާލް… މިހާރަކަށް އައިސް ކޮންތާކު ތިއުޅެނީ؟ ހާދަ ގިނައިންނޭ ބޭރުގަ ތިއުޅެނީ؟ ރޭވެސް ގެއަށް ނިދާކަށް ނާދެ.. ދަންވަރު ބެލި އިރުވެސް ގެޔަކުނޫޅޭ. ފަތިސް ނަމާދަށް ގޮވަން ބެލިއިރުވެސް ގެޔަކު ނޫޅޭ. އަދި ކިރިޔާދޯ ގެއަށްތިވަނީ؟” ޚާލިދު ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

“އާނ… އެވީގޮތަކީ މިދުވަސްކޮޅު ތަންކޮޅެއް ބޯހަމަޖެހެނީ ބޭރުގަ އުޅެލީމަ. ބައްޕަމެން މިކަމާ ނުވިސްނަބަލަ… ބައްޕަމެން ބޭނުންވަނީ ގެއްލިގެން އުޅުނު އުފާވެރިކަން އަހަންނަށް ހޯދައިދޭކަށްނު.. އަހަރެން އެއްވެސް ގޯސްކަމެއް ނުކުރަން. ބައްޕާ! އަހަރެން އެބަވިސްނަން މީހަކާއިންނަން.” އިޝާލް އެހެން ބުނަމުން ކޮޓަރިއަށް ވަނީއެވެ.

އާދައިގެ މަތިން ދުވަހެކެވެ. ހެނދުނުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ހޭލިގޮތަށް ބޮލަށް އަޅައިން ފެންވާރާލުމަށްފަހު ހެދުން ލައިގެން ކޮޓަރިން ނުކުތީމެވެ. އިސްތަށިގަނޑުގައި އޮޅާފައިވާ ތުވާލި ގެންގޮސް ބެލްކަނީގައި ހިއްކަން އަޅުވާލުމުގެ ބޭނުމުގައެވެ. އިސްތަށިގަނޑު ހިއްކަނމުން ސިޓިންގްރޫމްއާ ހަމައަށް ދިއުމުގެ ކުރިން ނާސިފްގެ އަޑު އިވުނެވެ. ފޯނުން ވާހަކަ ދައްކާ އަޑެވެ. އެހެން ނޫނީ ނާސިފަކީ މާހެނދުނާ ގެއިން ނުކުންނަ މީހެކެވެ. މިއަދު މިގަޑީގައި ނާސިފް ގޭގައި އިނުމުގެ ބޭނުމަކީ ކޮބާބާއެވެ؟ ޝައްކު ވެފައިވާ އަހަރެން ނާސިފް އަށް ނުފެންނަގޮތަށް ހުރެ މަޑުމަޑުން އިސްތަށިގަނޑު ހިއްކަނމުން ދިޔައީމެވެ. ބޭނުމަކީ ނާސިފް ފޯނުން ދައްކާ ވާހަކަ އަޑުއަހާލުމެވެ.

“އެހެންތަ؟ ތިގޮތްހަމަ އެންމެ ރަނގަޅުވާނެ…….. މާލެ އައިސް މަށަށް ގުޅާލާތި އިނގޭ……ކޮޓަރި ހަމަޖައްސާނަން….. ދެން… އަހަރެންގެ ކާރުގަ ދާނަން ބަލާ… މަދޯ؟…. އެއީ ދެން މަށަށް ލައިސެންސް ނުލިބިގެން… އެކަމު މިދިޔަ ހަފްތާގަ އެވެސް ލިބިއްޖެ….. އެހެންވީމަ މަށަށް ދެވިދާނު…. އޯހ… ކީކޭ ބުނާނީވެސް… އަހަރުމެން ދެމީހުންވެސް ނިންމި ގޮތަށް ހަމަ ކުރިޔަށް ގެންދަމާ….” ނާސިފްގެ ވާހަކަ ކުއްލިޔަކަށް މަޑުޖައްސާލީ ޒީން ފެނުމުންނެވެ. އޭރު ތުވާލިން އިސްތަށިގަނޑު ހިއްކަމުން ޒީން ސޯފާއާ އަރާ ހާމަކުރިއެވެ. އަދި ނާސިފް ބަލަންއިންދާ އިތުރަށް ހިނގުން ބާރުކޮށްލިއެވެ.

“އޭ… އޯކޭ.. މިގަޑީގަ ދެން ފޯނު ބާއްވަނީ..” ނާސިފް ބެލީ އަވަސް އަވަހަށް ފޯނު ބޭއްވޭތޯއެވެ.

ބެލްކަނީގައި ތުވާލި އަޅުވަން އަހަރެން ހުރީ ވިސްނުމެއްގައެވެ. އަހަރެން ފެންނަ ކޮންމެ މީހަކަށްވެސް އެކަން އެނގޭނެއެވެ. އެއީ އެހެންނޫނީ ހަރަކާތްތެރި ވާވަރަށްވުރެ އަހަރެންގެ ހަރަކާތްތައް ލަސްވީމައެވެ. ނާސިފް ފޯނު ބޭއްވިކަން އެނގުނަސް ތުވާލި އަޅުވާ ނިމިގެން އަހަރެން ބެލްކަނީގައި މަޑުކޮށްލީމެވެ. އަނެއްކާ ނާސިފް….. ނާސިފަށް އެގުޅީ ކާކަށް ބާއެވެ؟ ކޮޓަރި އަކާއި ކާރުވެސް ހަމަޖެއްސީހެއްޔެވެ؟ ނާސިފް އަނެއްކާ ސިއްރު ލޯބިވެރިއެއް ގެންގުޅެނީބާއެވެ؟ މާތްކަލާކޯއެވެ! އަނެއްކާ އަހަރެންގެ ހަޔާތަށް އަންނަން މިއުޅެނީ ކިހާވަރެއްގެ ޒަލްޒަލާއެއްބާއެވެ؟

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ފެށި ލޯބި އޮޔާ ދިޔުމުން 10

Next

ފެށި ލޯބި އޮޔާ ދިޔުމުން 11

Next
October 13, 2023

ފެށި ލޯބި އޮޔާ ދިޔުމުން 11

Previews
October 11, 2023

ފެށި ލޯބި އޮޔާ ދިޔުމުން 10

12 Comments!

  1. Ifoo says:
    October 12, 2023 at 12:42 am

    Vv reethi mi part vs Maasha Allah ❤️😊.. Unmeedhu kuran next part vs avahah kiyaalan libeyne kamah

    1. Shaleen says:
      October 12, 2023 at 7:30 am

      Hi ifoo thanks
      Next part will be on next Monday in sha allah

  2. vempire girl says:
    October 12, 2023 at 5:16 am

    Maasha Allah mi part ves varah reethi… Next part konirakun????

    1. Shaleen says:
      October 12, 2023 at 7:32 am

      Hey 👋
      Thanks for the comment
      Next part Monday GA in sha allah

  3. love imko 💕💕 says:
    October 12, 2023 at 7:01 am

    Mi part vex varha reethi
    Next part kiyaalan libeeney khonirakun
    Shaleen sis ge vaahaka libuneema varha ufaaveje
    Next part kiyaalan libeeney kama unmeedhu kuran

    1. Shaleen says:
      October 12, 2023 at 7:33 am

      Thanks imko
      Next part Monday GA kiyaalan libeynekamah balamaa in sha allah

  4. Nadhoo says:
    October 12, 2023 at 12:10 pm

    varah salhi mi part…. neygey keehve kameh mihaaru hama beynun vani naasif ah zeen liben

    1. Shaleen says:
      October 12, 2023 at 4:16 pm

      Thanks nadhoo.
      V ufaavejje nadhoo ge comment ves libuneema ❤️
      Aan nadhoo beynunvaagoiy dho
      Dhen vaahakaiga e inee mihaaruves Naasif ah zeen libifa dho.
      Dhen story kuriyah dhaagothakah balamaa vhk kihineitho vanee…

      Naasif AA ekee zeen ulheyneetho ?
      Ishaal ah zeen libeynetho?

    2. Shaleen says:
      October 12, 2023 at 4:24 pm

      Hey my loabivaa Lily ❤️
      Shaleenves Hama miss vey varah bodah dhuvaskolhei vejje Lily ge habaru nuvaathaa.
      Anyways Hama emme rangalhu, shaleen gaboolukuran hama exam ah time dheynvaanekan.

      And thanks for the comment
      Thanks for the support 😊❤️

      Ummeedhu kuran vaguthu libemundhaa varakun shaleenge mi vhk kiyaalaane kamah.

  5. Lily says:
    October 12, 2023 at 2:30 pm

    Hey my loabivaa Shaleeen siss
    It seems like we haven’t talked in ages dhww??
    I was kinda busy with my exams ehnve cmnt nukurevuny
    I missed you alot my dearr
    Anyways, this part is beautiful tooo
    Masha Allah
    Keeep going your outstanding hard work
    Waiting for the Monday’s part <33

  6. Santhimariyanbu says:
    October 14, 2023 at 12:31 pm

    Haadha lahey part thah gennaleh
    Ehenve SHALEEN ge vhk thah foohy

    1. Shaleen says:
      October 14, 2023 at 3:08 pm

      Thanks for the comment
      Mi comment v ufalaaeku balaigannan.
      Shaleen ah lahun vhk up kurevey sababu innaane hama comment section ga buneladheefa.
      Dhen shaleen aslu vhk up kuran fashanee ekkoh vhk draft koh nimmaalaafa noon. Ehn namaves liyevemun dhaavarakun upload kuranee.
      Dhen shaleen ekkoh mulhi vaahaka draft koh nimmaalevuneeya avahah genesdheynan in sha Allah.
      Thank you santhimariyambu

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 40←


All Right Reserved!