Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 43

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
October 25, 2023 4 Mins Read
17 Comments

ކުރިމަތީ ހުރީ ނާސިފްއެވެ. ވިރިވިރި ހުރި އަހަރެން މަޑުމަޑު ތުރުތުރެއް އަޅަމުން ދިޔައެވެ. އިޝާލްއާއި އަހަރެން ގޭތެރޭގައި އެކަނި ތިބިކަން ނާސިފަށް އެނގުމުން ވާނެގޮތެއް އަހަންނަކަށް ނޭނގެއެވެ. ނާސިފް އެތެރެއަށް ވަނުމާއެކު އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ. އެއާއިއެކު މަޑުމަޑުން އަހަރެން ފަސް އެނބުރި ބަލައިލީ ނާސިފްގެ ހަރަކާތްތަކަށެވެ. އޭރު ނާސިފް ގޮސް ކާގެއަށް ވަންނަނީއެވެ. އަހަރެންގެ ފައި ހީވީ ބިމުގައި ހަރުލިހެންނެވެ. ދެލޯ މަރާލައިންހުރެ ވެށީގެ ތެރެއަށް އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.

“މިތާ މަޑުކޮށްބަލަ. ނާސިފްވެސް މައްޗަށް ދިޔަގޮތަށް އަންނަން އެބައުޅޭތަ؟” ނަޝްފާ ބުނެލީ ޝަކުވާގެ ރާގަކަށެވެ.

“އަންނާކަށްނު ދިޔައީ. އަންނާނެ….ނަޝްފާ! ދެން މިއަދު ކޮން ކަމެއް އޮތީ؟” ގެކައިރި ޕާރކް ކޮށްފައިވާ ކާރުގައި ލެނގިލައިން ހުރެ ނަތޫ އަހާލިއެވެ.

“ނާސިފް އައިމަ ކޯޓަށް ދިއުމެއްނު ދެން އޮންނާނީ..” ނަތޫއަށް ހަނދާންކޮށްލަދެމުން ނަޝްފާ ބުނެލިއެވެ.

“ހޫމްމް… ހުރިހާ ކަމެއްވެސް ރަނގަޅަށް ދިޔައިއްޔާ ރަނގަޅު. އެކަމު ނަޝްފާއަށް ހީވޭތަ އެގޮތް ރަނގަޅުވާނެހެން؟” ނަތޫ ކަންބޮޑުވެފައި ހުރެ ސުވާލުކޮށްލިއެވެ.

“ދެން އެންމެ ރަނގަޅު ވާނީވެސް އެގޮތެއްނު…. ނަތޫ ފުރުމުގެ ކުރިން މިކަން ނިންމަން އަހަންނާ ނާސިފްވެސް ބޭނުން ވަނީ.” ނަޝްފާގެ ނިންމުން ނަތޫއަށް އަންގާލިއެވެ.

“އެހެންތަ؟… އެހެރަ އަންނަނީ ނާސިފް.. އިޝާލްވެސް އެބައާދޭ.” ނަތޫ ހީލަމުން ބުނެލިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އޮށޯއްވެލައިން އޮތުމަށްފަހު އަހަރެން މަޑުމަޑުން ތެދުވެ އެނދުގެ ހެޑްބޯރޑްގައި ލެނގިލީމެވެ. ކުޑަ އިރުކޮޅަކަށް ނިދިފައި ހޭލެވުމުން އަހަރެންގެ ހަށިގަނޑުގައި ވަނީ ވަރުބަލިކަމެވެ. އޭގެ އިތުރަށް މުޅި ހަށިގަނޑު ވަނީ ހޫނުވެފައެވެ. އަހަރެންގެ ވިސްނުމުގައި ވަނީ މިއަދު ހިނގާދިޔަ ކަންތައްތަކެވެ. އިޝާލްއާ އަހަރެން އެކަނި ގޭގައި ތިބުން އެއީ މައްސަލައެއް ކަމަށް ނާސިފްއެއް ނުހެދިއެވެ. ވެދާނެއެވެ. ނަޝްފާގެ ފަރާތުން ނާސިފްއަށް ލޯބި ލިބޭނަމަ އަހަރެންދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނެތީއެވެ. ނޫނީ އިޝާލްއަކީ ނާސިފްގެ ރައްޓެއްސަކަށް ވީތީ އަހަރެންގެ ކުރިމަތީ އިޝާލްއަށް އިންޒާރެއް ދޭން ބޭނުންނުވީ ކަންނޭނގެއެވެ. އެއްގޮތަކަށްވެސް ނާސިފްއަކީ ކޮންކަހަލަ މީހެއްކަން އިންސާފް ކުރާކަށް އަހަންނަކަށް ނޭނގެއެވެ.

އަހަރެން މަޑުމަޑުން ކޮޓަރިން ނުކުތީމެވެ. ނައިޓީގައި ހުރެ ލަދުން ނަމަވެސް ލަސް ފިޔަވަޅުތަކެއް ނަގަމުން ކުރިޔަށް ހިނގައިގަތީމެވެ. ނަޝްފާއާ ނާސިފް ކޮބައިތޯ ބަލައިލަން އަހަރެންގެ ހިތް އެދެން ފެށުމުންނެވެ. ހަވީރު ބޭރަށް ދިޔަގޮތަށް ނަތޫއާ އިޝާލްވެސް ގެއަކަށް ނާދެއެވެ. ފުރަތަމަވެސް އަހަރެން ނަތޫއާ ނަޝްފާ އުޅޭ ކޮޓަރި ދޮރުގެ ތަޅުގައި ހިފާލީމެވެ. އެޔާއެކު ވަރަށް އަވަހަށް ދޮރު ހުޅުވުނެވެ.

މުޅި ކޮޓަރީގައި ވަނީ އަނދިރިކަމެވެ. ކަރަންޓް ބޯރޑްގައި އިނގިލި ޖައްސާލަމުން އަހަރެން ކޮޓަރި ދިއްލާލީމެވެ. ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ނާސިފްގެ ޓީޝާޓެވެ. އެ ޓީޝާޓް އޮތީ ނަޝްފާގެ ލަގެޖްމަތީ ފަރުވާކުޑަގޮތަކަށް ބާއްވާލާފައެވެ. އަހަރެން ވަރަށް ހައިރާން ވިއެވެ. ނާސިފްގެ ޓީޝާޓް އެކޮޓަރީގައި އޮންނަންވީ ސަބަބެއް އަހަންނަކަށް ނޭނގުނެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގާލަމުން އަހަރެން ދޮރު ލައްޕާލީ އެއްވެސް މީހެއް ކޮޓަރީގައި އުޅޭކަމުގެ އިޝާރާތެއް ނުވުމުންނެވެ.

އަލަމާރި އެކި ދިމާއިން އަންނައުނުތައް ނަގަމުން އެނދުމައްޗަށް އުކަމުންދިޔަ ނާސިފް ހުރީ ކޮންމެސް ވަރަކަށް ވަރުބަލި ވެފައެވެ. އޭރު ގަޑިން ދަންވަރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ހުރިހާއެއްޗެއް ހަމަ ކުރުމަށްފަހު އަންނައުނުތައް ފަތްޖަހަމުން ލަގެޖަށް އަޅަންފެށީ އެނދުގައި އިށީންދެ އިނދެއެވެ. އެހެން އިންނައިރު ބައެއްފަހަރަށް ނާސިފް ވިސްނުމެއްގެ ތެރެއަށް ގެއްލޭހެން ހީވެއެވެ. އަނެއްކާވެސް ތަރުތީބުން އެއްޗިހި އަޅަންފަށައެވެ. ކުއްލިޔަކަށް ނާސިފްއަށް ބަލައިލެވުނީ ދޮރުގެ ތަޅު އެނބުރުނުހެން ހީވެގެންނެވެ. ޔަގީނެވެ. މިވަގުތު ދޮރުގެ ތަޅުގައި ހިފަނީ ޒީން ފިޔަވާ އެހެން މީހެއް ނޫނެވެ.

“ޒި…ޒީން….” އަވަސް އަވަހަށް ދޮރު ހުޅުވާލުމަށްފަހު ކޮޓަރިން ނުކުންނަމުން ނާސިފް އަހަންނަށް ގޮވާލިއެވެ. އެއަށްފަހު ނާސިފް ކަޅިޖަހާނުލާ އަހަންނަށް ބަލަމުން ދިޔަކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. ވެދާނެއެވެ. އަހަރެން މިކަހަލަ ތުނިފޮތީގެ ނައިޓީއެއްގައި ފުރަތަމަ ފަހަރަށް ފެނުމުން ނާސިފްގެ އިހްސާސްތައް ހޭލައިގަތީ ކަންނޭނގެއެވެ.

އޭރުވެސް އަހަރެން ހުރީ ނާސިފްގެ ކޮޓަރި ކައިރީގައެވެ. ކުރެވުނު ކަންތަކުގެ ސަބަބުން އަހަރެން ހުރީ ވަރަށް ލަދުންނެވެ. އެހާއަވަހަށް ނާސިފް ދޮރު ހުޅުވާނެކަން އެނގޭނަމަ އަހަރެން އެދޮރުގެ ތަޅުގައި ނުހިފާނަމެވެ. އަހަރެންގެ ފިޔަވަޅަށް އެހާ އަވަހަށް ހުއްޓުން އެރީ އެހެންވީމައެވެ.

“ޒީން… މިގަޑީގަ…. ކިހިނެއްވެފަ ޒީން ތިހުރީ؟ ބަލީތަ؟” ނާސިފް އަހަންނާ ސުވާލު ކޮށްލި ވަގުތު އޭނާގެ މޫނުމަތީގައި ހުރި ހާސްކަން އަހަންނަށް ނުހަނު ރަނގަޅަށް ފެނުނެވެ.

“ނު…ނޫން… އެއްވެސް ބައްޔެއް ނޫން.” އަހަރެން ދޮގުހަދަން މަސައްކަތްކުރީ ސަލާމަތްވުމުގެ ނިޔަތުގައެވެ.

“ޒީން.. އަހަންނަށް އެނގޭ ތިހަދަނީ ދޮގެއްކަން. ޒީންގެ މޫނުމަތިން އަހަންނަށް ވަރަށް ހީވޭ ބަލިވެފަ ހުރިހެން. އެހެންވިއްޔާ ބުނެބަލަ! މިދަންވަރު ނުނިދާ ކީއްކުރަނީ؟ ކާކު ހޯދަނީ؟” ނާސިފް ވަރަށް ޔަގީންކަމާއެކު ވާހަކަ ދައްކަމުން އަހަންނާ ވަރަށް ގާތަށް ޖެހިލިއެވެ.

އަހަރެން ދޫކޮށްލާ ނޭވާގެ ހޫނު އިހްސާސްވާހާ ކައިރިއަށް ނާސިފްޖެހިލިއެވެ. ޔަގީނެވެ. މި ހަމަހިމޭން ވަގުތު އަހަރެންގެ ހިތުގެ ތެޅުން އަވަސްވެފައިވާ އަޑުވެސް ނާސިފްއަށް ނީވެނެކަމެއް ނޭނގެއެވެ. ނާސިފް އަހަރެންގެ ކަންފަތްދޮށަށް އޭނާގެ މޫނުކައިރިކޮށްލިއެވެ. އެވަގުތު އަހަރެން ގައިން ހީބިހިނަގައިން ދިޔައީ ކިހާއަވަސް މިނެއްގައިކަން އަހަންނަށްވެސް ބުނެދޭކަށް ނޭނގެއެވެ.

“ހުން ހުރިތޯ ބަލައިލަން ތިކަރުގަ އަހަރެންގެ އަތް ޖައްސާލިޔަސް އެންމެ ރަނގަޅުތަ؟ ހަމައެކަނި މިރޭ….. މިފުރުސަތު ނުލިބުނިއްޔާ ދެން އެއްވެސް ފުރުސަތެއް އަހަންނަކަށް ނުލިބޭނެ.” ސިއްރު ސިއްރުން ނާސިފް ބުނެލީ އަހަރެންގެ ކަންފަތް ދޮށުގައެވެ.

އަހަރެންގެ ދެލޯ ވަގުތުން މެރުނީ ނާސިފްގެ އެޖުމްލަ އަޑުއިވުމުންނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ހުރީމެވެ. ނާސިފްއަށް އެހުއްދަ ދޭންވީކަމެއް ނުދޭންވީކަމެއް އަހަންނަކަށް ނޭނގުނެވެ. އިންކާރު ކުރަންޖެހޭނަމަ ސަބަބަކީ ނާސިފްދެކެ އަހަރެން ލޯބިނުވުމެވެ. ނޫނީ އަހަރެންގެ ކުރިމަތީ އެހެން އަންހެނަކު ގެންގުޅޭކަމެވެ. އެކަމަށް ހުއްދަ ދޭންވާނަމަ ސަބަބަކީ އެއީ އަހަރެންގެ ފިރިމީހާކަމެވެ. އަނެއް ސަބަބީ ނާސިފްއަކީ އޯގާތެރި ހިތްހެޔޮ މީހެއްކަމެވެ.. ތެދެކެވެ. ނާސިފް އަބަދުވެސް ބުނެއެވެ. “ޒީންގެ ނުގަބޫލުގައި އަހަރެން ޒީން ގައިގައި އިނގިލި ކުރިވެސް ޖައްސާ ނުލާނަނެވެ.” މިވީހާ ދުވަހު އަހަންނަށް އެންމެ ފުރިހަމައަށް ނާސިފްގެ ފަރާތުން ލިބުނު ހިތްހަމަޖެހުމަކީ އެ އިތުބާރެވެ.

ނާސިފްގެ އަތް މަޑުމަޑުން އަހަރެންގެ ކަރާހަމަޔަށް އުފުލާލިއެވެ. އެއާއެކު އަހަރެންގެ ލޮލުގެ ނަޒަރު ނާސިފްގެ އަތްތިލައަށް ހުއްޓުނުކަން ނާސިފްއަށް އެނގުނީ ކަންނޭނގެއެވެ. ހިނދުކޮޅަކަށް ނާސިފްގެ އެއަތްތިލައަށް ހުއްޓުން އެރިއެވެ. އެވަގުތު އެކަން ފާހަގަ ވުމުން އަހަރެން މަޑުމަޑުން އަނެއްފަރާތަށް ބޯއަނބުރާލީމެވެ. ފާޅުގައި އިންކާރު ކުރަން ނުކެރިގެންނެވެ. އެވަގުތު ނާސިފް އަހަރެންގެ ކަރުގައި އޭނާގެ އަތްތިލަ ޖައްސާލިއެވެ. އެއަތްތިލައިގެ ފިނިކަން އިހްސާސްވުމުން އަހަންނަށް ތެޅިގަނެވުނެވެ. އޭރުވެސް އަހަރެން ނާސިފަށް ބަލައިނުލާ އެހުރިގޮތަށް ހުރީމެވެ. ނިއްކުރި މަތިން އަހަރެންގެ ކަންފަތް ކައިރިޔަށް ވެއްޓިފައިވާ އިސްތަށިކޮޅު ނަގާ ކަންފަތުގެ އަނެއްފަރާތައްލާ ހަމަޖައްސާލަދިނީ ނާސިފްގެ ފިނި އިނގިލިތަކުންނެވެ.

ކުއްލިޔަކަށް އަހަންނާ ނާސިފްއަށް ސިއްސައިން ގޮސް ބަލައިލެވުނީ މީހަކު ކަރުކެހިލި އަޑަށެވެ. އޭރުވެސް ނާސިފްގެ އިނގިލިތައް ވަނީ އަހަރެންގެ ކަންފަތްމަތީގައެވެ. ތެޅިގަންނަމުން އަހަރެން ނާސިފްއާ ދުރަށް ޖެހިލީ ކުރިމަތީ ހުރި އިޝާލްއަށް އެމަންޒަރު ފެނުމުންނެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މަގުމަތިން ދުއްވާފައިދާ މަދު އުޅަނދުތަކުގެ ބަރުގަނޑުގެ އަޑުން ކޮންމެސް ވަރަކަށް މާހައުލު ގުގުމާފައިވެއެވެ. ފަޒާގެ ތެރެއަށް ޖެހެމުންދާ ފިނިފިނި ވައިރޯޅި އިރުއިރުކޮޅާ އައިސް ހަށިގަނޑުގައި ބީހިލަނީ ނުހަނު ލޯބިންނެވެ. ޕޭމަންޓްމަތިން ހިނގަމުންދިޔަ ނަތޫއާ ނަޝްފާ ހަލަބޮލި ވާހަކައެއްގައި ތިބެ ކުރިޔަށް ދިޔައެވެ.

“ކޮފީ ނިންމާފަ އަޅެ އިޝާލް މި ފޮނުވާލެވުނީ ގޭގެ ތަޅުދަނޑިވެސް ނުދީ.. ނޭނގެ ނާސިފްމެން މިހާރު ނުނިދާނެ ކަމެއްވެސް.” ކުއްލިޔަކަށް ހަނދާންވެގެން ނަޝްފާ ބުނެލިއެވެ.

“ސާބަސް އެހެންވިއްޔާ! ދެން ތިވީ ބޭކާރު ދަތުރަކަށްނު.. އަދި މިއޮއްދަންވަރު… ހަމަ ޔަގީން މިހާރު ޒީން ނިދާފަ އޮންނާނީ.. މަށަކަށް ނޭނގެ ނާސިފްގެ ގޮތެއް. އޭނަގެ ގޮތް ބޮޑަށް އިނގޭނީ ނަޝްފާއަށް.” ނަތޫ ބުނެލިއެވެ.

“ދެން އޯކޭ… ގެއަށް ނުވަދެވުނިއްޔާ އަންނާނެތާ… އަހަރެން ކޮންމެހެން މިގަޑީގަ ނޫޅެން ނާސިފްއަށް އުނދަގޫ ކުރަން ގުޅާކަށް. ދޮރު ހުޅުވިއްޔާ އިޝާލް އަންނާނީ އެކޮތަޅު ހިފައިގެންތާ.” އެއްވެސް ފަރުވާލެއްނެތި ނަޝްފާ ބުނެލިއެވެ.

“އާނ… ނަޝްފާވެއްޖެ ހަމަ މިގަޑީގަ ތިބުނާ ކޮތަޅެއް ގެންނަން.” ނަތޫ ބުނެލިއެވެ.

“ދެން އަހަރެން ކީއްތަ ކުރާނީ؟… އޭރު ގެއިން ނުކުތްއިރު ހަނދާން ނެތީމަ.. އެކަމު ދެން ނޫޅެން މިރޭ އެކޮތަޅު ހަވާލުކުރާކަށްވެސް.. ހިނގާ ގެޔާދިމާލަށް. މިހާރުވެސް ބޭރުގަ މާ ލަސްވެއްޖެ..” ވާހަކަ މެދުކަނޑާލަމުން ނަޝްފާ ބުނެލިއެވެ.

“އިޝާލް… ކޮންއިރަކު އައީ؟ ހިއެއް ނުކުރަން މިހާ ލަހުން އަންނާނެ ކަމަކަށް.” ހިނިއައިސްފައިހުރެ ނާސިފް ސުވާލުކޮށްލިއެވެ.

“ސޮރީ… ނުބައި ގަޑިއެއްގަ ދޯ މިއާދެވުނީ؟ ވަދެވޭނެ ކަމަކަށް ނޫން މިއައީ… އަދި ތިހާ ރޮމޭންޓިކް ކަމެއް ފެންނާނެ ކަމަކަށްވެސް ނޫން މިއައީ… ނަޝްފާ ބުނެގެން އެއްޗެއްބަލާ.. ދެން ތަޅުނުލާ ހުރީމަ ވަދެވުނީ..” ކުރިޔަށް ހިނގަމުން އައި އިޝާލް ޒީންގެ ކުރިމަތީ ހުއްޓި ހުރެ ޒީންއާ ދިމާލަށް ބަލަމުން ބުނެލިއެވެ.

އޭރު އިޝާލް އަހަންނާ ދިމާލަށް ބަލަމުން ދިޔައީ ދެލޯ ހަނިކޮށްގެން ހުރެއެވެ. އަހަރެންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް އިޝާލް ބަލަމުން ދާކަން އެނގުމުން އަހަރެން ލަދުގަތެވެ. ކޮންމެސް ވަރަކަށް އަހަރެން ރަކިވިޔަސް އެކަން އަހަރެންގެ މޫނުމަތިން ދައްކާކަށް ނުކެރުނެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހުރީ އިޝާލްއަށް އެ މަންޒަރު ފެނުމުން ޖެހިލުންވެފައެވެ. އިޝާލް ދެން އަހަންނާ ދޭތެރޭ ވިސްނާނީ ވެސް ކިހިނެއްބާއެވެ؟ އަނެއްކޮޅުން ނާސިފްގެ ކުރިމަތީ އިޝާލް ހުރުމުން އެކަމާވެސް އަހަރެން ޖެހިލުންވެއެވެ. އަހަރެންގެ ލޯބިވެރިޔަކީ އިޝާލްކަން ނާސިފަށް އެނގިއްޖެނަމަ ވާނެގޮތެއްވެސް ނޭނގެއެވެ.

“ނޫނޭ… އޯކޭ… އަހަންނަކަށްވެސް ނޭނގެ މިރޭ ދޮރު ތަޅުނުލެވި ހުރިކަމެއް. އެންމެ ފަހުން ގެއަށް ވަނީ އަހަރެން. އެހެންވީމަ އެއީ އަހަރެންގެ މައްސަލަ.” ނާސިފް އިޝާލްއާ ވާހަކަ ދައްކަން ހުއްޓާ ޒީން ކުރިޔަށް ހިނގައިގަތެވެ.

ޒީން ގޮސް ނިދާ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. ޒީންގެ ފަހަތުން ނާސިފްވެސް ގޮސް ވަނީ ޒީންގެ ކޮޓަރިއަށެވެ. އެމަންޒަރު ބަލަންހުރި އިޝާލްގެ ހިތަށް ހީވީ ތޫނުއެއްޗެއް ހަރާލިހެނެވެ. ކުރިން ދުވަހު ޒީން ދެއްކި ވާހަކަތަކާ މިރޭ ފެނުނު މަންޒަރުތަކާ އެއްވެސް ގުޅުމެއް ނެތެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު ހިއްވަރު ކުރަމުން އިޝާލް ކުރިޔަށް ހިނގައިގަތީ ނަތޫއާ ނަޝްފާ ނިދާ ކޮޓަރިޔާ ދިމާލަށެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އައިނާ (3) 4

Next

ޕާރުސަލް

Next
October 26, 2023

ޕާރުސަލް

Previews
October 24, 2023

އައިނާ (3) 4

17 Comments!

  1. Ifoo says:
    October 26, 2023 at 12:50 am

    Vv reethi mi part vs Maasha Allah.. Unmeedhu kuran next part vs avahah kiyaalan libeyne kamah😊
    Next part Adhi dhigukoh genas dheveyne tha.. Ehaa kiyaa hithun kiyaalan fashaairah ihanee nimifa😞
    Zeen and naashif divorce vanee tha.. Mi part kiyaaleema heevanee divorce vaan ulhey hen..
    Next part Thankolheh dhigukoh genas dheyne kamah Unmeedhu kuran☺️

    1. Shaleen says:
      October 26, 2023 at 9:17 am

      Thanks my dear
      V ufaavejje vhk ah relate koffa in msg eh veema😊❤️👍
      Next part ves in sha Allah v avahah kiyaalan libeyne.. shaleen Hama mi balanee anekkaaves Hama Monday ah next part hurihaa gothakunves ready kolleveytho..
      Ifoo dhen ehaa bodah request kollaafa ineemaves Hama balaanan in sha Allah next part dhigukollan ingey…
      Happy?? 🤗

      Zeen and Naasif ah vaane gotheivves balaalan inthizaaru kollamaa..

      Ufaaveri msg eh ifoo ge faraathun mi inee libifa..
      Bodah ufaavee vhk dhigukoh gennan request kollaafa ineema.. so Hama v v v try kuraanan.
      Thanks again dear

  2. love imko 💕💕 says:
    October 26, 2023 at 5:37 am

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama
    Shaleen sis ge vaahaka libuneema varha ufaaveje
    Next part thankolheh dhigukoh genas dheene kama unmeedhu kuran

    1. Shaleen says:
      October 26, 2023 at 9:22 am

      Thanks imko 🤗
      Next part ves Hama Monday GA kiyaalan libeyne in sha Allah..
      Shaleen ves nikah Ufaavejje Hama imko ge comment libuneema..
      Next part dhigukoh gennan request kollaafa ineema vvv ufaavejje.
      Inthizaaru kollaa next part dhikukoh kiyaalan libeyne kamah in sha allah.
      I will try my best Hama…
      V bodah balaanan kommes minvareivves dhigukolladheveytho.
      Ummeedhu kuran vhk ah inthizaaru kuraane kamah.
      Thanks dear 😊

  3. Anonymous says:
    October 26, 2023 at 10:42 am

    alhey varah intresting ey hama iru iru kolha beley vaahaka up veytho. zeen and naasif dhuru nukurey naasif haadha ragalhey…. inthizaaru kuraa nan next part ah ves

    1. Shaleen says:
      October 26, 2023 at 10:49 am

      Thanks my dear…
      Ufaavejje vaahaka ah thihaa gadhayah inthizaaru kuraa reader akaa dhimaaveema.. 😘
      Zeen and Naasif ah vaagothei dhen balaalaama dho…
      Ummeedhu kuran mulhi vaahaka nimmaalaa EMME FAHU jumla ves kiyaalan inthizaaru kuraane kamah…

      Ufaavejje varah vess…
      Again thanks for waiting curiously

  4. vempire girl says:
    October 26, 2023 at 1:08 pm

    Maasha Allah mi part ves varah varah reethi…. Next part thankolheh dhigu koh genes dheyne kamah ummeedhu kuran… Nashafa eii naasif ge kuryge loabi veriyaa the??? Mihaaru varah curious vehje. Dhn vaa goii balaalaa hithun…. Adhives eh faharu mi part varah varah reethi…

    1. Shaleen says:
      October 26, 2023 at 1:52 pm

      Thanks my girl
      V bodah Ufaa vejje vhk reethi kamah repeat kohves bunelaafa ineema
      So anekkaaves repeat koh thank you ..
      Yes… Readers ge request ah mihaaru mi balanee Hama next part dhigu kureven in emme bodah dhigukolladheveytho.. in sha Allah..
      Curious kamaaeku dhen Hama wait kolladheebaa alhe next part ah.
      Ufaavey ingey. 👍❤️

  5. Shaaaa says:
    October 26, 2023 at 5:11 pm

    Hii sissyyy… Vhk vrh vrh rythi… Alhe eashal aa zyn AA gulhuvabaa…
    pls dont take this wrong ingey… ekm dhn in part thankolheh dhigukoh genesdhevidhaane thrr… Shaleen sis ah vanyya ingey ekm… Vrh ummeedhukuran next part thankolheh dhiguvaane kamah
    Luv ya sissyyy

    1. Shaleen says:
      October 26, 2023 at 6:51 pm

      Hi 👋
      Thanks ingey vaahaka reethi kamah bunelaafa ineema.
      Let’s c dho eshaal and zeen ge future kuriyah in gothaa Naasif and zeen ge future kuriyah dhaagoiy kihineitho
      Yeah I am trying Hama more than 1000words liyeveytho. In sha Allah.
      Readers beynun vaagothah kuriyah gendhan shaleen ves mi masakkai kuranee..
      Lysm 🌹

  6. Lily says:
    October 27, 2023 at 12:08 pm

    Ehen v ma next part vrh dhigu vaaane dhw??😆

    1. Shaleen says:
      October 27, 2023 at 4:12 pm

      Hi Lily
      Shaleen Hama mi try kuranee 1000+ words himanaaleveytho..
      V balan eba dhigu kureveytho ingey..
      Kureege parts thakah vure dhiyukolleveytho mibalee..
      V v dhiguvaaneyeyves nubuneveyne.
      Shaleen ah vaagothakee kithamme dhigas kiyaa hithun hutta nimuneeyaa Hama heevanee kuruhen.
      Hehe..

  7. LIM🖤 says:
    October 27, 2023 at 3:10 pm

    Mi part vrh vx reethi….
    Dhn in part vx vrh avahah kiyaalan libeyne kamah unmeedhu kuran♥️…..
    Dhn heevanee ishaal aa nashfaa aa hen relationship akah enme avahah dhaanee…heevanee ingey🙃

    1. Shaleen says:
      October 27, 2023 at 4:16 pm

      Hi Lim🖤
      Thanks varah bodah vaahaka reethikamah buneleema..
      Yeah in sha Allah Hama v avahah dhuvahah kiyaalan libeyvaru kolladheyn shaleen mi masakkai kuranee..
      Ufaavey vaahaka ah inthizaaru kuraatheeve.
      Lim ge guess (ishaal /nashfa ) dhimaaveytho balan vhk GE emme fahu jumla aa hama ah inthizaaru kollahche.

  8. LIM🖤 says:
    October 28, 2023 at 4:48 pm

    Insha allah vhk ge enme fahun jumla aa hama ah vx inthizaaru kuraanan🙃….shaleen ge vhk thah v reethi abadhu vx🥰…and I’m very happy cuz ur replying my every messages even if ur busy😘

    1. Shaleen says:
      October 28, 2023 at 5:28 pm

      Thanks Lim🖤 for the second comment.
      Ufaavejje nikah bodah Lim inthizaaru kuraane vaahaka buneema.
      And v ufaavejje shaleen ge vhk thah kiyaalaakanves inguneema. 😊
      Yes reply kureema readers AA Inna connection rangalhu kureveynee..
      Shaleen ah v muhimmu baeh shaleenge readers and comment kuraa kudhinnakee

  9. Anonymous says:
    November 6, 2023 at 7:47 am

    Koba vaahakaige aneh part 🥺🥺

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 44←


All Right Reserved!