Skip to content
އެސްފިޔަ

ލޭގެ ތޫފާން (ޣައްޒާ)

އޮއި ދެމޭ ކޯރުގައި ކުޑަކުދިން ބެހިދަނީ،
އޮއިވާރާ ލޭގެ ތޫފާނުގާ ގެނބި ދަނީ

އޮވެ ފަލަސްޠީނު ޅަދަރިން މައިން ވަކިވަނީ،.
ކޮއި ލޮލުގެ ފަދަ މިއުންމަތް ޝަހީދުވެ ދަނީ

ކޮން ކުށެއްތޯ އޮތީ މުސްލިމުން އެގޮވަނީ
ކޮން ބައެއްތޯ މިއަޑުތައް އަހަން ކުޅެދެނީ؟

ކޮން ހިސާބެއްގަތޯ މުސްލިމުން ތިތިބެނީ؟
ކޮން ޖަވާބެއް އިލާހަށް ދެވެން ފަހެ އޮތީ؟

ނެތްހެ ކުޅަދާނަކަން މުސްލިމުން ވާން އެހީ؟
ނެތްހެ ހައްގައްޓަކާ ބަސްބުނާނޭ ވެރީން؟

ނެތި މިއުންމަތް ފަނާ ކޮށްލުމޭ ގަސްދަކީ
ނެތި ރަހުމު ހިތު ޔަހޫދީން އަމާޒަށްވަނީ

މަސްޖިދުގެ ހުރުމަތާ މާތްބިމުގެ ބަރަކަތީ
ފަސްނުޖެހި ދޭން ހިމާޔަތް ވަށާލަން ވަނީ

އަސްކަރީ ބާރުގައި މާތް ޖިހާދޭ ވަނީ
ފަސްލެވޭ ގިނަ ޝަހީދުން އެ ގުރްބާން ވަނީ

ކޮން ލޮލެއްތޯ މިތާ ކަރުނައިން ނުފުރެނީ؟
ކޮންމެ ބަޔަކުމެ މިތާ އެ ދިދަ އުފުލާލަނީ

Comments (8)

  1. vempire girl

    Maasha Allah varah reethi….. Shaleen ah lhen vx hadhan ingey dhw???? Adhives eh faharu varah varah reethi…..

    1. Anonymous
      vempire girl

      Thanks dear
      Yes lhenves hedheytho try kuran

  2. love imko 💕💕

    Masha Allah varha reethi mi part vex

    1. Anonymous
      love imko 💕💕

      Thanks imko

  3. Ifoo

    Vv reethi mi lhen Maasha Allah ❤️

    1. Shaleen
      Ifoo

      Thanks ifoo

    2. Shaleen
      Ifoo

      Thanks lily

  4. Lily_.

    Masha Allah
    Lolun hama karuna aissi

Comments are closed.