Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 46

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 5, 2023 4 Mins Read
18 Comments

ޚިޔާލު ތަކުން އެއްކިބާވަމުން، ކުއްލިޔަކަށް އަހަރެން ފައިގާ އަޅާފައިވާ ރަޖާގަނޑު ދުރަށް އެއްލާލަމުން ފާހާނާއަށް ވަނީ އަވަސް އަވަހަށް ރީތިވެލުމުގެ ގޮތުންނެވެ. އަހަރެންގެ ހަރަކާތްތަކުގެ އަވަސްކަމާއެކު ވެވުނުގޮތަކަށް އަހަރެން ރީތި ވެލީމެވެ.

ހިނދުކޮޅެއްތެރޭ އަހަރެން ވަރަށް ބާރަށް ކޮޓަރިން ދުވެފައި ނުކުތީމެވެ. ހަމަ އެ ބާރު މިނުގައި ގޮސް ބެލްކަނިން ތިރިއަށް ބަލާލީމެވެ. ނާސިފް ފެނޭތޯއެވެ. އެހެނަސް ނާސިފް ފެންނާކަށް ނެތެވެ. ފެނުނުހާވެސް އެއްޗަކީ ނާސިފްގެ ކާރު ހަލުވި މިނުގައި ކުރިޔަށް ދުއްވާފައި ގޮސް އޮބާލިތަނެވެ.

“ޒީން… ކިހިނެއްވީ؟ ކީއްތިކުރަނީ؟ ފާހާނައިގަ ހުއްޓަ ދުވާއަޑު އިވިގެން އަހަރެން މިނުކުތީ…” ބެލްކަނިން ޒީން ފެނުނާއެކު ނަތޫ ވާހަކަދެއްކިއެވެ.

“ނަ… ނަތޫ… ނާސިފް… ނާސިފް އެދިޔައީ އަހަރެން… އަހަރެން” ހާސްވެފައިވާ އަހަރެންގެ ދެލޮލުން ކަރުނަހިލެމުން ދިޔަވަރަކަށް އަހަންނަށް ބުނެވުނީ އެވަރަށެވެ.

“ކިހިނެއްވީ؟ ނާސިފް ކީއްކުރީތަ؟ ޒީން ކޮންކަމަކާ ތިރޮނީ؟ އަޅެ ނާސިފް ކީއްހޭ ކުރީ ޒީންއަށް؟” ޒީންގެ ކޮނޑުގައި ހިފާ ބާރަށް ތަޅުވާލަމުން ނަތޫ އަހާލިއެވެ.

“އަހަރެ…އަހަރެން… ވަރި… ވަރިކޮށްފަ… އެދިޔައީ” ކަރުނައިން ބަރުވެފައިވާ ލޮލަކުން ނަތޫއަށް ބަލަމުން އަހަރެން ކިޔައިދިނީމެވެ.

“ޒީން..! ޒީން މޮޔަވީތަ؟ ކޮންއިރަކުތަ ޒީން ނާސިފްގެ މައްޗަށް ހަމްދަރުދީ ވެގެން ތިއުޅެނީ؟ ޒީން އަބަދުވެސް ބޭނުންވީ އިޝާލްއެއްނޫންތަ؟ މިއަދު އިޝާލްއަށްޓަކާ ޒީން މިނިވަންވީމަ ދެން ކޮންކަމަކާ ތިރޮނީ؟ ޒީން!… ޒީން އަނެއްކާ މިހާރު ނާސިފްދެކެ… ލޯބިވަނީތަ؟” ނަތޫގެ ހަރު އަޑުން އަހަންނާ އެތައް ސުވާލެއް ކުރިއެވެ.
ހިތްހަމަ ނުޖެހުމުގެ ރާގެއްގައެވެ. ހީވެއެވެ. ނަތޫގެ ވިސްނުމުގައި މިއަދު އަހަންނަކީ ކުށްވެރިއެކެވެ. އިޝާލްއަށްޓަކާ ވީ ލޯތްބަށް ބޭވަފާތެރިވަމުން ނާސިފް ފަހަތުން ދުވަނީއެވެ.

“އަހަންނަކަށް ނޭނގެ ނަތޫ… ލޯބި ނުވިޔަސް…. އެއީ ގޯސްމީހެއް ނޫނޭ.. އަހަންނަށް ހަމްދަރުދީ ވެވެނީއޭ…. މިއީ ގޯސްކަމެއް ނޫނޭ… ނަތޫ… ނާސިފްއަކީ ވަރަށް…ވަރަށް ރަނގަޅު މީހެއް….. އަހަރެންގެ ހަޔާތުން އެދިޔައީ ވަރަށް ރަނގަޅު މީހެއް… ނަތޫ… އަޅެ ނާސިފަކީ ވަރަށް ރަނގަޅު މީހެކޭ…. އަހަންނަށް އެކަން މިވިސްނުނީ މާފަހުން..” މޮޔަވެފައިވާ މީހެއްފަދައިން އަހަރެން ނަތޫއަށް ކިޔައިދިނީމެވެ.

ބޭއިހްތިޔާރުގައި އަހަންނަށް ރޮވެންފެށިއެވެ. ގިސްލެވެން ފެށިއެވެ. ލޯބިނުވާ މީހަކަށްޓަކައެވެ. ޒީންއެވެ. ތީބޮޑު މޮޔައެއް ނޫންހެއްޔެވެ؟ ލޯތްބެއް އުފެދިފައިނުވާ ނަފްރަތުގެ ހިތެއްގައި އަނދަ އަނދާހުރި އަލިފާނުގެ ބަދަލުގައި މިއަދު ތިވާނީ ކޮންއެއްޗެއްހެއްޔެެވެ؟ ހިތުގައި ރޯވަމުންދިޔަ ހޫނު ގިނީގެ ބަދަލުގައި މިއަދު ފިނިފެނުގެ ކަރުނައެއް ތިލޮލޮން ފައިބާތީ މުޅިދުނިޔެ ޒީންއަށް މަލާމާތް ނުކުރާނެހެއްޔެވެ؟

“ޒީން… ނާސިފަކީ ޒީން ލޯބިވާ މީހެއްވެސް ނޫނެއްނު… ނާސިފްއާހެދި ޒީން ރޮންޏާ… ދެން އިޝާލް ކިހާދެރަވާނެ… ޒީން ހާދަ ފިނޑިޔޭ.. ނާސިފް ދިޔައިމަ ޒީންއަށް ފުރުސަތު ހުޅުވުނީނު؟.. އިޝާލް މިހާރުވެސް ހުންނާނީ ޒީންގެ އިންތިޒާރުގަ.. މިވީހާ ދުވަހުވެސް އޭނަ އެހުންނަނީ ޒީންއަށްޓަކާ މީހަކާވެސް ނީންދެ.. އިޝާލްއެވީ ގުރުބާނީ ޒީން ވިސްނަންޖެހޭނެދޯ؟…. ނަތޫ ކަންބޮޑުވެފައިހުރެ ޒީންއާ ވާހަކަ ދައްކަމުންދިޔައެވެ.

“ނަތޫ… ނަތޫ… އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ ނަތޫވީނު މެންދުރު މިގެ ނޫން ކޮންމެސް އެހެން ތާކަށް ދާން.. ޕްލީޒް….. ދެން އަހަންނަށް އެންމެރަނގަޅު މިރޭ އަށެއްގެ ފަހުން އައިއްޔާ… ޕްލީޒް… އަޅެ ޕްލީޒް… އަހަރެން ބޭނުންވަނީ އެވަގުތު މިތާ އެކަނި ހުރެލަން.. މިކަން ކޮށްދޭނަންތަ؟” އަވަސް އަވަސް އަރުވާލާފައި އަހަރެން ވާހަކަދެއްކީމެވެ.

“ޒީން… އަނެއްކާ އަނެއް ވާހަކަ… ޒީން ތިހާ ދެރަވެފަ ހުއްޓަ އަހަރެން ހަމަ ދާންވީ؟… މިހާރުވެސް ތިއުޅެނީ މޮޔައެއްހެން… ޒީން އަމިއްލަ ނަފްސަށް ކަމެއް ކޮށްފާނެތީ އަހަރެން ބިރުގަނޭ… އަހަންނަށް ޕްރޮމިސްކުރޭ ގޯސްކަމެއް ނުކުރާނަންކަމަށް.. އޭރުން އަހަރެން ގޮސްފާނަން…” ހާސްވެފައި ހުރި ނަތޫ އަހަންނަށް ގިނަ ޝަރުތުތަކެއް ކުރިއެވެ.

“އާނ.. ގަބޫލުކޮށްބަލަ… އަހަރެން ނޫޅެން އެއްވެސް ގޯސްކަމެއް ކުރާކަށް… އެކަމަކު ހަމަ އަށެއް ޖަހާއިރަށް މިގެއަށް އައިސްދެއްޗެ.. އަހަރެން ހުންނާނަން.” ނަތޫއަށް ޔަގީންކަން ދެމުން އަހަރެން ބުނެލީމެވެ.

ނަޝްފާގެ އިތުރުން ނާސިފްއާ ވަހީދު ފްލައިޓަށް އެރުމަށްޓަކާ ހިނގައިގަތެވެ. އެމީހުން އެކަކު އަނެކަކަށް ވާހަކަދެއްކުން އެއްކޮށް ހުއްޓިފައި ވާކަހަލައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ކިރިޔާވެސް ފެންނަނީ ނާސިފްގެ ފަރާތުންނެވެ.

“ނަޖުމާ!… އަހަރެން މިފުރަނީ އެއްކޮށް ޒީން ކައިރިށް މާލެ ބަދަލުވާން. އަހަރެން އެކޮޅަށް ދިޔައިމަ ނަތޫ މިކޮޅަށް އަންނާނެ. ނަޖުމާ ތިހާ ބަލިވެފަ އޮންނާތީ އަހަންނަށް ވަރަށް އަސަރުކުރޭ. އަހަންނަށް އެނގޭ ނަޖުމާ ދައްކަން ބޭނުން އެއްވެސް ވާހަކައެއް ނަޖުމާއަކަށް ނުދެއްކޭނެކަން. އެކަމަކުވެސް އަހަރެން ވީ ލޯތްބައްޓަކާ ހިތްހެޔޮކުރާތި.” ފަރީދު ވާހަދެއްކީ ނަޖުމާގެ އަތުގައި ހިފާލައިން އިނދެއެވެ.

“ނަޖުމާ.. މިވަގުތު ޖައުފަރުވެސް ރަށުގަ ނެތީމައާއެކީ މިވާހަކަތައް ދައްކަން އަހަންނަށް މިހާ ކައިރިން ފުރުސަތު މިލިބުނީ… އިއްޔެ އަހަރެން ކިޔައިދިނީމެއްނު އަހަންނަށް ނަޖުމާއާ ކައިވެނި ނުކުރެވި ޒީނިޔާއާ ކައިވެނި ކުރަން ޖެހުނު ސަބަބު… ހަގީގަތުގަ ނަޖުމާ ނެތީމަ އަހަރެން ބޭނުންވި ގޮތަށް އަހަރެންގެ ދިރިއުޅުމުގަ ދިރުމެއް ނެތީ… މިއަދުވެސް އަހަރެން މިޖެހުނީ ތިހާލުގަ އޮއްވަ ނަޖުމާ ދޫކޮށްފަ ދާން… ހިތްހެޔޮކުރާތި….. ވަރަށް ލޯތްބާއެކު… ވަރަށް ސަލާމް.” ނަޖުމާގެ އަތުން އަތް ދޫކޮށްލަމުން ފަރީދު ހިނގައިގަތެވެ.

ސިޓިން ރޫމް ފާރުގައި އިން ގަޑީގެ ކަށިތަކަށް ބަލަން ސޯފާއިގާ އަހަރެން އިނީމެވެ. ހިތް ނުތަނަވަސް ވެފައިވާވަރުން ބައެއް ފަހަރަށް އަހަރެންގެ މޭނުބައިކުރާހެން ހީވެއެވެ. އަނެއްބައި ފަހަރަށް ހާސްވެ ބަނޑުކައްކާހެން ހީވެއެވެ. ކޮންމެހެން ވިޔަސް މިއަދު އަހަންނަށް ގޭގެ ވެރިމީހާއާ ބައްދަލުކުރުން މުހިއްމެވެ. އެއީ ކާކުތޯ ބަލަން އަހަރެންގެ ޝައުގުވެރިކަން ހުރިވަރުންނެވެ. ގޭގެ ވެރިމީހާގެ މަގްސަދަކީ ކޮބައިތޯ ބަލަން އަހަރެން ބޭނުމެވެ. އަހަންނަށް މިވަރުގެ ފުރިހަމަ ހިޔާވަހިކަމެއް ދައްކައިދިން މީހަކީ އަހަންނަށް ކިހާމުހިއްމު މީހެއްކަން އެނގެން ޖެހޭނެއެވެ.

ދޮރު ހުޅުވުނު އަޑަށް އަހަރެން ބަލައިލީމެވެ. އެތެރެއަށް. ވަދެގެން އައީ އިޝާލްއެވެ. އިޝާލް ފެނުމާއެކު އަހަރެން ވަރަށް ކަންތައް ބޮޑުވިއެވެ. އެއީ މިގަޑީގައި އެއްވެސް މީހަކު މިތަނަށް އައުމަކީ ނާސިފް ބުނި ފަދައިން އަހަރެންވެސް ބޭނުންވާ ކަމެއްނޫނެވެ.

“އިޝާލް.. މިވަގުތު އިހަށް މިތަނުން ނުކުމެލަންވީނު… އަހަންނަށް އެންމެ ރަނގަޅު މިރޭ އައިމަ.. ޕްލީޒް… މިވަގުތު އަހަރެން ބޭނުމެއް ނޫން މިތަނަށް އިތުރު މީހަކު އަންނާކަށް.” އަހަރެން ބޮޑާ ހާކާފަދަ ގޮތަކަށް ޝަކުވާ ކުރަމުން ބުނެލީމެވެ. އިޝާލް ފޮނުވާލަން ބޭނުންވާތީއެވެ.

“ޒީން… ކިހިނެއްވީ އަހަރެން އައިމަ؟ ކޮންކަމަކާ މާހާސްވެފަ ތިހިރީ؟ ހަމަޖެހިލާފަ ވެގެން އުޅޭގޮތް ބުނެބަލަ؟” އިޝާލް ވާހަކަދެއްކިއެވެ.

“އިޝާލް ޕްލީޒް.. ބަލާބަލަ. މިހާރު ހަތަރެއް ޖަހަން އެންމެ ދެމިނެޓް އެއިނީ.. އަވަހަށް މިތަނުން ނުކުމެބަލަ. އިޝާލް ޕްލީޒް….” ހާސްވެފައިހުރެ އަހަރެން އާދޭސް ކުރަމުން ދިޔައީ އިޝާލް ގޮތްދޫ ނުކުރާން ހުރުމުންނެވެ.

“ހަތަރެއް ޖެހީމަ ކިހިނެއްތަވީ؟ ތިބުނާ ގަޑިޔަށް މިތަނުން އަހަރެން ނުކުންނަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ.. ޒީން.. ހަތަރެއް ޖެހީމަ ކިހިނެއްތަވީ؟” އިޝާލްވެސް ގޮތްދޫ ނުކުރާންވެގެން އިތުރަށް ސުވާލުތަކެއް ކުރިއެވެ.

“އިޝާލް! އަހަރެން ބުނިއްޔާ ދާނަންތަ؟” އަހަރެން އަހާލީމެވެ.

“އަހަރެން މިތަނުން ދާންޖެހޭވަރުގެ ސަބަބެއް އޮތިއްޔާ ވަގުތުންވެސް ދާނަން… ގޮސް ޒީން ބުނި އިރަކުން އަންނާނީ.. ދެން ބުނެބަލަ ވެގެން އުޅޭގޮތެއް؟” އިޝާލް އަނެއްކާވެސް ސުވާލު ކުރިއެވެ.

“އިޝާލް އަހަންނަށް ވަގުތެއްނެތް. ހުރިހާ ވާހަކައެއް ފަހުން ބުނާނަން ދެން ނުކުމެބަލަ.. އަހަރެން މިހުރީ….. މިހުރީ މިގޭގެ ވެރިމީހާގެ އިންތިޒާރުގަ…. ދެން މި ބުނީނު… ޕްލީޒް.. އަޅެ އަހަރެން އާދޭސް ކޮށްކޮށްހުއްޓަ އެޖެހީ ހަތަރެއް….. ދެން ނުކުމޭ.” އަހަރެން އެވަރަށް އާދޭސް ކުރުމުންވެސް އިޝާލް ނުކުންނަ ހިޔާލެއް ނުކުރިއެވެ. ވަގުތުން އަހަންނަށް ރުޅިއާދެވުނެވެ.

“ޒީން.. ޒީންގެ އިންތިޒާރަށް ނިމުން ތިއައީ މިގޭގެ ވެރިމީހާ މިތާ ހުއްޓައޭ… އަހަންނޭ މީ މިގޭ ވެރިމީހަކީ..” ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އިޝާލް ބުނެލިއެވެ.

“އިޝާލް…. ނޫން… އަހަރެން ގަބޫލެއް ނުކުރާނަން.” ދެލޯ ހަނިކޮށްލައިން ހައިރާން ވެފައިހުރެ އަހަންނަށް ބުނެވުނެވެ.

“އެންމެ ރަނގަޅު… ގަބޫލު ކުރާވަރުގެ އެއްޗެއް އަހަރެން ދައްކަފާނަން.” އިޝާލް ޖިންސްގެ ފަހަތު ޖީބުން އެއްޗެއް ނަގަމުން ބުނެލިއެވެ.

އިޝާލް ނެގީ ގަނޑުކޮޅެކެވެ. އަދި އެ ގަނޑުކޮޅު އަހަންނަށް ފެންނަގޮތަށް ދައްކާލިއެވެ.

“ޒީޝަލް ގޭގެ ވެރިމީހާ އިޝާލްއަށް… މިއަދު 4:00 އަށް ގެއަށް ގޮސްދިނުމަށް އެދެން.. ޒީން ހުންނާނީ އިޝާލްގެ އިންތިޒާރުގަ.. އަހަރެން މި ފުރަނީ އިޝާލްއަށްޓަކާ ޒީން ވަރިކޮށްދީފަ…”

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ކަލާގެ ހިނިތުންވުން 6

Next

ދިރުމެއްނެތް ދިރިއުޅުން 47

Next
November 7, 2023

ދިރުމެއްނެތް ދިރިއުޅުން 47

Previews
November 4, 2023

ކަލާގެ ހިނިތުންވުން 6

18 Comments!

  1. Big fan says:
    November 6, 2023 at 12:28 am

    Zeen please go to Naasif💔💔💔

    1. Shaleen says:
      November 6, 2023 at 6:13 am

      Hi Big fan
      Dhen mivaahakaiga vaagothei balaalamaa dho.
      Anekkaaves next part ah inthizaaru kollaafa.
      🤗

  2. Lily_. says:
    November 6, 2023 at 2:21 am

    Masha Allah ❤️
    Vrhh vrh reeeethi💯

    1. Shaleen says:
      November 6, 2023 at 6:14 am

      Thanks dear…
      Ufaavejje 😊

  3. Ifoo says:
    November 6, 2023 at 4:47 am

    Aww 😍.. Maasha Allah Vv reethi mi part.. Unmeedhu kuran next part vs avahah kiyaalan libeyne kamah ❤️😊
    Alhe maa avahee nimeyleh.. Hama Ehaa kiyaalaa hithun kiyaalan fashaairah ihanee nimifa hen heevanee 😩
    Next part Vv beynun mihaaru kiyaalan Thursday ge kurin next part upload kohla dheveyne tha.. But shaleen ah vanyaa igey😊
    Once again mi Part Vv reethi 💯❤️

    1. Shaleen says:
      November 6, 2023 at 6:18 am

      Thanks ifoo
      Yeah aslu mi part v kuru.
      Midhiya dhuvasthakuga shaleen mi ulhunee v ves balikoh. Ehenve kurevunu varakee mee.
      So balaanan next part veevarakun dhigukolleveytho.
      Okay shaleen next part ge last checking hadhaalaafa Hama hih Hama jeheyvaruveema up kollaanan
      In sha allah.
      Adhives effaharu nooni ethahfaharaku 👍

  4. love imko 💕💕 says:
    November 6, 2023 at 5:16 am

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama
    Once again varha reethi mi part vex
    Varha furihamaa mi part vex
    But zeen go to naasif please

    1. Shaleen says:
      November 6, 2023 at 6:20 am

      Thanks imko
      Shaleen Hama balaanan next part ves up kolleveytho.
      Dhen hingaa dho vhk kiyaalamaa zeen Naasif n ishaal……..????

  5. vempire girl says:
    November 6, 2023 at 5:52 am

    Maasha Allah mi part vx varah varah reethi….. Anehka zeen ah naasif dheke loabi vevuny thr???? Next part konirakun Thursday ga dhw???? Once again maasha Allah mi part vx varah reethi 🤗…

    1. Shaleen says:
      November 6, 2023 at 6:22 am

      Thanks my girl
      Zeen ah mivanee kihineitha dho ????
      Next part up kolladheynan shaleen Hama chk kollaafa
      In sha Allah
      Ehenveema mi vhk nimendhen kiyaalaane kamah ummeedhu kuran.
      🙂

  6. ނަދާ says:
    November 6, 2023 at 9:35 am

    alhey haadha curious kohlaafa thi nimaalee. heeves nukuraa gothakah mivani. but vaahaka hama habeys husband ah ves inthizaaru nukurevey varah mi vaahakayah eba kurevey.. i am so in love with this. gsw shaleen.

    1. Shaleen says:
      November 6, 2023 at 11:46 am

      Nadhaa….
      Shaleen hevvaalaifi ingey. 🤭
      Ekanu husband ah inthizaaru kuranvaane vaahaka ah inthizaaru kuriyas…
      Majaa kujjei thee..
      Thanks ingey vhk ehaa kamudhaatheeve.
      Dhen wait kollaa Hama vaahakaige part47 v avahah up kolladheynan. In sha Allah…
      Thihaa ginain dhen inthizaaru kuran nujeheyvaru kolladheynvee dho..
      Ummeedhu kuran vaahakaige EMME FAHU JUMLA ves kiyaalaane kamah.
      Yeah..m vhk adhi heekuraagothahves / heenukuramo gothahves nimmaalan jehidhaane.
      Ekam ves shaleen Hama bunelan thi dhevvaa support shaleen ah dhevvaane kamah ummeedh kuramey.
      I am getting better now in sha allah
      Thanks 😍

  7. LIM🖤 says:
    November 6, 2023 at 2:06 pm

    Vrh vrh vrh reethi mi part vx😍 next part maadhamaa upload kohdheveyne tha?
    Konme faharaku vx vrh curious kohlaafa mj ninmaalany👀
    Serious koh vx shaleen ge vhk thah v reethi 🥰

    1. Shaleen says:
      November 6, 2023 at 4:15 pm

      Hi
      Thanks LIM..
      Komme faharakuves curious vaathee maa bodah inthizaaru kuran jehenee dho.. hehe
      Nikah bodah Ufaavaavey shaleenge vaahakathah reehchey bunaatheeve.😊

      Part47 up kollumaa dheytherey shaleen miadhu v visnaifin.. Gina readers thihen inthizaaruga thibeytheeve..
      Ehenveema balamaa maadhamaa ah part47 kiyaalan libeyne kamah.
      In sha Allah

  8. Shaaaa says:
    November 6, 2023 at 6:23 pm

    Alhe zyn aa eashal aa gulhuvabaa pleasee
    Anywaysss vhk Hama obi as always

    1. Shaleen says:
      November 6, 2023 at 10:39 pm

      Hi Shaaaa..
      Shaleen chk kolli iruga Mi comments huree pending ga.
      Ehenve vaguthun approve kolladheefa mi inee ingey.

  9. Shaaaa says:
    November 6, 2023 at 7:45 pm

    Alhey zyn aa eashal aa gulhuvabaa
    Pleeasee
    Anywaysss vhk Hama obi as always

    1. Shaleen says:
      November 6, 2023 at 10:37 pm

      Thanks Shaaaa..
      V ufaavejje vhk kamudhaatheeve. Dhen zeen n ishaal dho…. ???
      Balamaahingaa kihineitho mi vanee..
      THANKS for waiting dear

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 47←


All Right Reserved!