ދިރުމެއްނެތް ދިރިއުޅުން 49
އަހަންނާ އިޝާލް މީގެ އަހަރުތަކެއް ކުރިން އުންމީދުކުރި ކައިވެނި ކުރެވުނީއެވެ. ހުވަފެންތަކެއް ދެކެމުން އައި އެތައް ރެއެއްގެ އުންމީދުތަކުގައި ގޮށްޖަހާލެވުނީއެވެ. ހަގީގަތުގައިވެސް މިއީ އަހަންނާ އިޝާލް އެންމެ އުފާވާނެ ދުވަހެވެ. އަހަރުމެންގެ އާއިލާއާއި ރައްޓެހިންވެސް މިއުފަލުގައި ބައިވެރިވާން ކެތް މަދުވެފައި ވާނޭކަން އަހަރުމެންނަށް އެނގެއެވެ. މިތަނުން ދިއުމައްފަހު ދެން އޮތީ ހަވީރުގެ ޕާރޓީއަށް އެންމެ ރީއްޗަށް ނަލަހެދިލުމެވެ. އެއީ ފަހަށް ރައްކާކުރާނެ ރީތި ފޮޓޯތަކާ އުފާވެރި ހަނދާންތައް ރައްކާ ކުރެވޭނެ އެންމެ އުފާވެރި ވަގުތުތަކެވެ.
“މަރުހަބާ ދެކުދިންނަށްވެސް… ބާއްޖަވެރި ދިރިއުޅުމެއް އުޅެވޭތޯ ބަލާތި.. އެކަކު އަނެކަކުގެ ބަސްއަހައިން އުޅެންވާނީ އިނގޭ.” ކޯޓުން ނުކުންނަމުން ނަތޫ ބުނެލިއެވެ.
“ހެހެ…އާނ.. އަހަރުމެން ބަލާނަން ބަސްއަހައިން އުޅެވޭތޯ.. ދޯ ޒީން” އިޝާލް ހިނިއައިސްފާހުރެ ބުނެލިއެވެ.
“ބަލާނީ އެއް ނޫން… ބަސްއަހައިން އުޅޭނީ… ދުނިޔެމަތީ ހާސިލް ނުކުރެވިގެން އުޅުނު ކަންތައް މިހާރު ދެން ތިއޮތީ ހާސިލްވެފަ. ސްކޫލް ދައުރުން ފެށިގެން ނުކުރެވިފަ އޮތް ކައިވެންޏެއް ތިކުރެވުނީ.. އެހާ ދުވަހުށްފަހު ތިކަންވީމަ ވާނެ އުމުރަށް އުޅެވޭތޯ ބަލަން.” ނަތޫ އަނެއްކާވެސް ސަކަ ގޮތަކަށް ބުނެލިއެވެ. އެއާއިއެކު ޒީންއާއި އިޝާލް ހީލިއެވެ.
ކުރިޔަށް ހިނގަމުން އައިސް ފަރީދު ބައްޕަ އަހަރުމެން ކައިރިއަށް މަޑުކޮށްލިއެވެ. އެއަށްފަހު އަހަރެންގެ ގައިގައި ވަރަށް ލޯބިން ފަރީދު ބައްޕަ ބައްދާލިއެވެ. އަހަރެންގެ މި އުފަލުގައި ފަރީދު ބައްޕައާއެކު މަންމަވެސް ބައިވެރި ވިހެން އަހަންނަށް ހީވިއެވެ. އެއަށްފަހު ފަރީދު އަތް ދިއްކޮށްލީ އިޝާލްއަށް މަރުހަބާ ކިޔުމުގެ ގޮތުން ސަލާމް ކޮށްލާށެވެ.
“އިޝާލް.. ޒީންއަކީ ފަރީދުބެގެ މުޅި ހަޔާތް.. ފަރީދުބެ ދޭން އޮތްހާވެސް ނަސޭހަތަކީ ޒީންއަށް އަނިޔާވެރި ނުވައްޗެއޭ.. އަދި މައްސަލައެއްޖެހޭ ހިނދު ރީތިކޮށް ވާހަކަދައްކައިން އެ މައްސަލައެއް ހައްލުކޮށްފަ ނޫނީ ދެކުދިންވެސް ނުނިދާތި.. އެންމެ ރަނގަޅު ގޮތަކީ ވީހާ އަވަހަށް އެހެން ޖެހޭ މައްސަލަތައްވެސް ވާހަކަ ދައްކައިން ހައްލުކޮށްލުން.. އެކަމު އަބަދުވެސް ވިސްނަންވާނެ.. މައްސަލައެއް ހައްލުވާނީ ކޮންމެސް އެކަކު ގޮތް ދޫކޮށްގެން. އެހެން ނޫނީ އަބަދު ރައްދު ދޭންވެއްޖެއްޔާ މައްސަލަ ބޮޑުވެގެން ކައިވެނީގެ އެންމެ ފަހު ފިޔަވަޅު އަޅަންޖެހޭ ހިސާބަށްދާނީ.. އެކަހަލަ ކަމެއްވެގެން ދެމީހުން އެކުގަ އުޅެން ބޭނުން ނެތިއްޔާ… ރީތި ގޮތުގަ އަހަރެންގެ ޒީން އަހަންނާ ހަވާލުކޮށްދޭތި..” ޖަޒްބާތުގައި ޖެހިފައިހުރެ ފަރީދު ވާހަކަދެއްކިއެވެ.
“ބައްޕާ!” އެވާހަކަތައް އިވުމުން އަހަރެން ދެރަވެފައި ހުރެ ފަރީދު ބައްޕަގެ ކޮނޑުގައި ފިރުމާލީމެވެ.
“މީ މީގެ ކުރިން ޒީންގެ ފުރަތަމަ ކައިވެންޏައްވެސް ފަރީދުބެ ނާސިފްއަށް ދިންކަހަލަ ނަސޭހަތެއް.. ޒީންގެ ފުރަތަމަ ކައިވެނި ރޫޅުމުގެ ކުރިން ނާސިފްވެސް އަހަންނަށް ގުޅާފަ ޒީން ހަވާލުކުރި.” ފަރީދު މިސާލު ނެގީ ނާސިފްގެ ރީތި އަޚްލާގުންނެވެ.
ދުވަހުގެ ކޮންމެ ހާލަތަކުން އަހަރެން ހަނދާން ވަނީ ނާސިފް މަތިންނެވެ. ފަރީދު ބައްޕަވެސް އެބުނީ ތެދެކެވެ. ފަރީދު ބައްޕަގެ އެ ވާހަކަތަކާއެކު އަހަރެން ކުރިމަތިން ނާސިފް ސިފަވާކަހަލައެވެ. ފެންނަން ނެތަސް ހިނދުކޮޅަކަށްވެސް ނާސިފްގެ ހަނދާންތައް އަހަންނާ ވަތްކެއް ނުވެއެވެ. އަހަރެންގެ މިހުރިހާ ހަނދާންތަކަކީ އަހަރެންގެ އެންމެ ސިއްރު ހަޒާނާއެވެ. އެހުރިހާ ކަމެއް އަހަރެން އެއްވެސް މީހަކާ ހިއްސާކުރަން ބޭނުމެއް ނޫނެވެ.
“ފަރީދުބޭ.. އިރާދަކުރެއްވިޔާ އަހަރުމެންގެ ލައިފްގަ ދުވަހަކުވެސް ތިކަހަލަކަމެއް ދިމައެއް ނުވާނެ.. ގަބޫލުކުރޭ.. އަބަދުވެސް ފަރީދުބެ ހުންނާނީ އަހަރެންގެ ގޭގަ ޒީންކައިރި… ރަނާއެކު އެފޮށީގަ އަހަރެން އިންނާނެ ޒީންގެމައްޗަށް މ.ޒީޝަލް ރަޖިސްޓަރ ކޮށްދީފަ ވާކަމުގެ ލިޔުމެއްލާފަ… އެގެއަށް “ޒީޝަލް” ކީވެސް ޒީންއާ އިޝާލްއާ ދެމީހުންގެ ނަމާ ގުޅުވާފަ..” އިޝާލް ބުނެލި ވާހަކައިން ހައިރާންވެފައިހުރެ އަހަންނަށް ސިއްސައިންގޮސް ބަލާލެވުނީ އިޝާލްގެ މޫނަށެވެ.
“މީ ތެދެއް ޒީން.. އަހަރެން އެކަން ކުރީ މަންމައާ ބައްޕަގެވެސް ރުހުމާއެކު..” އިޝާލް ބުނެލިއެވެ.
“ތެދެއް އެއީ.. އަހަރުމެންނަށް އިޝާލްއަށް ދެވުނު އެންމެ ބޮޑު ހަދިޔާއަކީ އެގެ. އެއީ ހަމަ ޒީންއާ ކައިވެނި ކޮށްގެން އުޅެން އިޝާލް ދެކެދެކެ ހުރި ހުވަފެނެއް ހަގީގަތަކަށް ވޭތޯ ކުރެވުނު ކަމެއް.. މި ކައިވެނި ކުރެވޭގޮތަށް އެންމެ ބޮޑަށް މަގުފަހިވީ އިއްތިފާގުންވެސް ނާސިފްއަކީ އަހަރުމެންގެ ރައްޓެއްސަކަށްވީމަ… އެއީ ވަރަށް ހެޔޮ ރަނގަޅު މީހެއް. އެހެން މީހެއްނަމަ އިޝާލްއަށް ޒީން ނުދިނީސްކަން ނޭނގެ… ނާސިފަކީ މިއަދު ތިދެކުދިން އެއްތަން ކުރުވުމުގަ އެންމެ ބޮޑު އެހީތެރިއަކީ.” ޚާލިދު ދައްކަމުންދިޔަ ވާހަކަތައް އަހަންނަށް އަޑުއިވުމުން އަނެއްކާވެސް ނާސިފްމަތިން ހަނދާންކުރަން އަހަންނަށް ފުރުސަތު ލިބުނެވެ.
އަހަންނަށް ވިސްނާލެވުނެވެ. ތެދެކެވެ. ނާސިފަކީ ހަގީގަތުގައިވެސް ވަރަށް މާތް އިންސާނެކެވެ. ނާސިފްގެ ރީތި ސިފައާ އެއްވަރަށް އޭނާގެ ތަބީޢަތުގައި ހަރުލާފައިހުރި ރީތި އާދަތަކާއި މާތް އަޚްލާގުންވެސް އެކަން ހާމަވެއެވެ. ހަގީގަތުގައި ނާސިފްއަކީ ގޯސް މީހެއްނަމަ ބާރުގެ ބޭނުން ކުރެވުނު ދުވަހު އަހަންނަށް ހަދާނީ ހަދާނެ ގޮތެއްނޫންހެއްޔެވެ؟ އެކަމަކު އަހަރެންގެ ބޭނުން ނެތްދުވަހު ނާސިފް ފުރައިން ދިޔައީ ފަރީދު ބައްޕައާ އަހަރެން ހަވާލުކޮށްފައެވެ. ނޫނީ ވަގުތީ ގޮތުން ނަތޫއާ ހަވާލުކޮށްފައެވެ.
“މިހާރު ދެއެއް ޖަހަނީ.. އަވަހަށް ހިނގާ ގެއަށް ދާން… މަންމަމެން ކާރުގަދޯ ދާނީ.. އަހަރުމެން މިދަނީ ސައިކަލުގަ.. އާދޭ ޒީން. މަންމާ…. ރަން ލާފައިން ފޮށި ހިފައިން ކާރަށް އަރާ ބަލަ. މިއޮތީ…” ފޮށި ހަވާލު ކޮށްލުމަށްފަހު އިޝާލްގެ ފަހަތުންގޮސް އަހަރެން ސައިކަލަށް އެރީމެވެ.
“އެއައީ ކާރު.. ހިނގާދާން. މަންމަމެންވެސް އޭގަ ގެއަށް ދާނެއްނު.” އިޝާލް ސައިކަލު ސްޓާރޓް ކޮށްލަމުން ބުނެލިއެވެ.
މަގުމަތިން ދުއްވާފައިދިޔަ ސައިކަލުގެ ފުރޮޅު އެނބުރެނީ ކިހާ އަވަސް މިނެއްގައިކަން ބުނަން ނޭނގެނީ ސައިކަލުގެ ސްޕީޑް ފާސްޓް ކަމުންނެވެ. އެހާ ބާރު ދުވެލީގައި އިޝާލް ސައިކަލު ދުއްވަމުންދާތީ އެކަމާ ކަންބޮޑުވެފައި އިނދެ އަހަރެން އިޝާލްގެ ފައިގާ ޖަހާލީމެވެ.
“އިޝާލް.. ތި މަޑުން ދުއްވަބަލަ.. އަހަރެން ވަރަށް ބިރުގަނޭ..” އަހަރެން ބުނެލީ ބިރުން އިނދެއެވެ.
އަހަރެންގެ އަޑުނާހާ އެބާރު މިނުގައި އިޝާލް ކުރިޔަށް ދުއްވީ އަހަންނާއެކު މަޖާކޮށްލުމުގެ ނިޔަތުގައެވެ. ކުއްލިޔަކަށް ކުރިމަތިން އައި ކާރެއްގައި ޖެހި އަހަންނާ އިޝާލް ވެއްޓުނީއެވެ. ނުހަނު ބާރަށެވެ. އެވަގުތު ވީނުނީގޮތް އަހަންނަކަށް ނޭނގުނެވެ. އިރުކޮޅަކަށްފަހު ލޯހުޅުވާލަމުން އަހަރެން ރަނގަޅަށް ބަލައިލީމެވެ. އޭރު ސައިކަލު އޮތީ އަހަންނާ އިޝާލްގެ ފައިމަތީއެވެ.
މަޑުމަޑުން ބޯ ހިއްލާލަމުން އަހަރެން އިޝާލްއަށް ބަލައިލީމެވެ. އަހަރެންގެ ދެލޯ ބޮޑުވީ އިޝާލްގެ ބޮލުން ފައިބާފައިވާ ލޭގެ ކޯރު ފެނިފައެވެ.
“އިޝާލް….އިޝާލް… ނޫން އިޝާލް…ނޫން.” އަހަރެންނަށް ހަޅޭއްލެވުނު އެންމެ ބާރަކަށް އަހަރެން އިޝާލްއަށް ގޮވަން ފެށީމެވެ.
“އެސޮރު އެއޮތީ މަރުވެފަ..” އަހަރުމެން ވަށާލާފައިވާ މީހުންގެ ތެރެއިން މީހަކު ބުނެލިއަޑު އަހަންނަށް އިވުނެވެ.
އިޝާލްގެ އެއްވެސް ހަރަކާތެއް ނެތްކަން އަހަންނަން އިނގުނީ އެހިސާބުންނެވެ. އެޔާއެކު އަހަރެން މަސައްކަތްކުރީ އިޝާލްއާ ކައިރިއަށް ޖެހިލުމަށެވެ. ކުއްލިޔަކަށް އަހަރެންގެ ހަރަކާތްތައް އިރުކޮޅަކަށް ނަމަވެސް ހުއްޓުނެވެ. އަހަންނަށް އިހްސާސްވީ އަހަރެންގެ ދެ ފައިގާ ވާގި ނެތްކަމެވެ. އަހަރެންގެ ހިތަށް ހީވީ ތޫނު ތަދެއް އެރިހެންނެވެ. ދެރަވިއެވެ. ވަރަށް އަސަރުކުރިއެވެ. އެވަގުތު ކައިރީގައި ހުރި މީހަކު އަހަރުމެންގެ ގައިމަތީ އޮތް ސައިކަލު ނަގަމުން ދިޔައެވެ.
“ކޮބާ އެކާރުގަ އިން މަންޖެ ރަނގަޅުތަ؟ އެ ދުއްވަން އިން ސޮރުގެ ހާލު ވަރަށް ސީރިއަސް… ހޭނެތިފަ އޮތީ.. ޕޮލިހުންވެސް އެއައީ މިހާރު.” ހަލަބޮލި ވެފައިވާ މީހުންގެ ތެރެއިން މީހަކު ވާހަކަ ދެއްކިއަޑު އަހަންނަށް އިވުނެވެ. އޭރުވެސް އަހަރެންގެ ރުއިމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
“ޒީން…” ވަރަށް ބާރަށް އަންހެން ކުއްޖަކު ގޮވާލި އަޑަށް އަހަރެން ކުރިމަތި ބަލައިލީމެވެ.
“ނަޝްފާ” ކުއްލިޔަކަށް އަހަރެންގެ ތުންފަތް ހަރަކާތްތެރިވީ ފައިން ކޮރުޖަހަމުން މީހުންތަކު ތެރެއިން ކުރިޔަށް ހިނގަމުން އައި ނަޝްފާ ފެނުމުންނެވެ.
“ޒީން… އިޝާލްވެސްތަ؟ ސުބްހާނަ ﷲ…. ޒީން! މިވީ ކިހިނެއް؟ އަހަރެންގެ… ނާސިފް…. އެއީ ނާސިފް ދުއްވަން އިން ކާރު…..އޭގަ ތިބީ އަހަރުމެން…” ނަޝްފާ އެހެން ބުނުމަށްފަހު ކޮރުޖަހަމުން އެނބުރި ކާރާދިމާލަށް ހިނގައިގަތެވެ. އަނގަމަތީ އަތް އަޅައިންހުރެ ބާރަށް ރޮމުންނެވެ.
ކުއްލިއަކަށް އަހަރެންގެ ކަންފަތް ދޮށުގައި ތަކުރާރު ވިހެން ހީވިއެވެ.
“ކޮބާ އެކާރުގަ އިން މަންޖެ ރަނގަޅުތަ؟ އެ ދުއްވަން އިން ސޮރުގެ ހާލު ވަރަށް ސީރިއަސް… ހޭނެތިފަ އޮތީ.. ޕޮލިހުންވެސް އެއައީ މިހާރު.”
ނަޝްފާގެ ފަރާތުން އިވުނު ހަބަރުން މުޅިދުނިޔެ އަހަންނަށް އަލްވަދާއު ކީހެން އަހަންނަށް ހީވިއެވެ. ކުއްލިޔަކަށް އަހަރެންގެ ލޯމައްޗަށް ފުސްވަމުން ގޮސް އަނބުރާއިގަތެވެ. އެއަށްފަހު ހިނގި އެއްވެސް ކަމެއް އަހަންނަކަށް ނޭނގުނެވެ.
ހޮސްޕިޓަލުގެ ހަލަބޮލި މާހައުލުގެ ވެއިޓިންގ އޭރިއާގައި މަޑުކޮށްލައިގެން ތިބީ އިޝާލްގެ މައިން ބަފައިންގެ އިތުރުން ފަރީދްއާއި ނަތޫއެވެ. ކޮންމެ މީހެއްގެ ކިބައިން ފެންނަ ޖަޒްބާތީ އަސަރުތަކާއި ހިތާމައިގެ ކުލަވަރުތަކުން މުޅި މާހައުލަށް ހިމޭންކަން އައިސްފައިވެއެވެ.
ކޮންމެ ދެލޮލަކުން އޮހޮރެމުންދާ ކޮންމެ ކަރުނަތިއްކެއް އެމީހުންގެ ހިތާމައިގާ ބައިވެރިވެއެވެ. ދެ އާއިލާއަށްވެސް ނާސިފްއަކީ މުހިންމު މީހެކެވެ. ހަމައެގޮތަށް އިޝާލްވެސް އެއީ އެއްވެސް އާއިލާއަކަށް ބޭކާރު މީހެއް ނޫނެވެ. ހަމައެގޮތުން ޒީންގެ މުހިންމުކަން ހަނދާން ނައްތާލެވޭނެ އެއްވެސް މީހަކު އެތާނގައި ނެތެވެ.
“ކޮބާ ޒީން؟ އޭނަގެ ސާރޖަރީ ނިމިއްޖެތަ؟” ނަރުހުންނާއި ޑޮކްޓަރުންގެ އިންތިޒާރުގައި އެންމެންވެސް ތިބިއިރު ނަތޫ ވާހަކަދެއްކީ ފަރީދުއާއެވެ.
“ނިމުނުތާ އިރުކޮޅެއް ވެއްޖެ… ހީވަނީ ވަރަށް… އަވަހަށް ނެރޭނެހެން.” ކަރުނަ ފޮހެލާ ނޭފަތް ދަމާލަމުން ފަރީދު ޖަވާބު ދިނެވެ.
“ކޮން ގަޑިއަކު….. އިޝާލްގެ ޖަ…. ޖަނާޒާ އޮތީ؟” ސަހީމާ ހިތްވަރާއެކު ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ.
“ޒީންއަށްވެސް ބައިވެރި ވެވޭގޮތަށް… ޒީންއަށް ހޭވެރިކަމެއްވީމަ ހަމަޖެހޭނީ.. ފުލުހުންނާ ޑޮކްޓުން އަދިވެސް ބަލަނީ…. ޢިޝާ ނަމާދު ފަހަށް ކަންނޭނގެ ހަމަޖެހޭނީ..” ސަހީމާގެ ކޮނޑުގައި އަތުން ފިރުމާލަމުން ޚާލިދު ބުނެލިއެވެ.
“ޚާލިދު…. ސަހީމާ…. ނަތޫވެސް…. އެންމެން އަހަންނަށް މާފުކުރޭ…. އަހަންނަށް ހީވަނީ މިކަން ދިމާވާންޖެހުނު އެންމެ ބޮޑު މެދުވެރިއަކީ އަހަރެންހެން… އަހަރެންގެ ސަބަބުން ކަންނޭނގެ މިކަން މިހެން……” ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން ޖެހުނީ ފަރީދަށް ރުއިން ކޮންޓްރޯލް ނުކުރެވިގެންނެވެ.
ހިނދުކޮޅަކަށް ނަމަވެސް ރުއިން ހުއްޓާލަމުން ކުއްލިޔަކަށް އެންމެންނަށްވެސް ބަލައިލެވުނީ ފަރީދުގެ މޫނަށެވެ. ދެބުމަ ގޮށްޖަހާލައިން ހައިރާންވެފައިތިބެ ސުވާލުގެ ނަޒަރުން އެންމެވެސް ދިޔައީ ފަރީދާ ދިމާލަށް ބަލަމުންނެވެ. ފަރީދު ކުރި ކުށަކީ ކޮބާހެއްޔެވެ؟ ބައެއްގެ ފުރާނައަށާ ހަށިގަނޑަށް މިވަރުގެ ބޮޑު ގެއްލުމެއްދޭން ފަރީދަށް ކެރުނީ ކޮން ފައިދާއެއް ފަރީދަށް ވާނެތީހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Dear readers…
Mi vaahaka liyamun dhiya iru shaleen ah emme bodah liyan undhagoovee 2 parts mi
Part49 and final part50 akee.
Baeh faharah shaleen vaahaka liyun medhu kandaalan jehunu.
Ehen namaves emme bodah belee vaahaka thiya kiyuntherinnaa Hama ah avahah genesdheveytho.
Vaahaka up kuran feshi iru vaahakaiga foohi gothei huttas / vaahaka up kurumuga massala eh huttas adhi vaahakaige part thah kurukan faahaga kollaafa hurikan faahaga kurevunu…
So shaleen belee dhen vaahaka shauguveri vaagothah liye / week Aku 2 dhuvahu up kolla dhinin. Dhen adhi Gina readers ge request ah vhk GE parts shaleen ah vee varakun dhigukolla dhinin..
Shaleen belee readers ge hih hama jehumah.
Ehnve finally vasakkathun mi week ge komme dhuvahakuves mi dhanee new parts up kuramun.
Alhamdhu lillah.
Ummeedh kuranee part50 ah v v v inthizaaru kuraane kamah.
Hurihaa kudhinnahves Haas fashun shukuriyyaa
Awwnn♥️💔 hama rovijje💔 ishaal ge naseebugai zeen aa eku ulheven nethy….but Naasif ah zeen libene kamah umeedhu kuran😊
Thanks Nadhoo
Yes v dherakoh mi dhimaavee dho.
Dhen ishaal ah nulibunuthaa.. let’s see vhk dhen kuriyah in part ( final part ) ga kihineitho vanee ???
Ummeedhu kuran 49th vana part AA hamayah dhevvi support last part ah ves libeyne kamah.
Thanks a lot nadhoo
Awwnn Hama rovijje
Mi part vex varha reethi
Ishaal ge naseebugai zeen AA eku ulhevn nethy
Unmeedhu kuran next part kiyaalan libeeney kama
Thanks imko
Ishaal ah dhen miothee zeen nulibifa…
Anekkaaves hingaa next part ah inthizaaru kollamaa.
In sha Allah thi Ummeedh kuraa gothah next part ves Hama emme fahuge checking hadhaalaafa up kolladheynan. In sha Allah.
Dhevvaa support ah v bodah shukuriyyaa
Aww 😍.. Maasha Allah Vv reethi mi part vs ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊..
Ekm e v kiyeh ishaal Maruvee e😞but Vvv Reethi mi part ❤️💯
Thanks ifoo
Next part ves Hama kiyaalan libeyne v avahah in sha Allah.
Emme fahuge checking hadhaalaafa..
Ummeedhu kuran next part ah inthizaaru kuraane kamah.
Ishaal maruvee dho ?? Heeves nukuraa gothakah dho mi vee? Ekam ves ummeedh kuran vhk nimendhen kiyaalaane kamah.
So dhevvaa support ah v shukuru.
Alheyyyy sissssssuuu keeehthikuryyyyyyyy????😭😭😭
Whyyyyyy ishaaaaaallll?????😭
Hi Lily…
Mi vhk kuriyah dhaagothunves ishaal ah inee hama migoiy.
Dhera gothei dho. Ehaa dhuhu dhemeehun ge dream.
Anyway thanks for the comment.
Next part ah inthizaaru kuraane kamah ummeedhu kuran.
It’s okayy ey
Yeaaaaahhh vrhh dhera gotheh lily ahvx hama rovunn
Lahba, lily eba balan irukolhukaa up vefa tho😭
Shaleen Hama v try kurany mi avahah final part up kollan.
Thanks for supporting ☺️
Alhey v dhera gotheh mivee 😩
Ishaal ah zeen aa eky ulhelan furusathu libifa vx noolhevun🥺
Ekm vx hama v reethi mi part vx
Mirey up kohla dheveyne tha next part??
Hi LIM
ohhhh… Hurihaa readers ves ishaal dheke ves v loabi vey dho… Ishaal ah mihen vaakah beynumei nuvey.
Ekam ves kykkuraanee? Ishaal ves zeen ge bas naahaa maabaarah cycle dhuvveema.
Thanks for Ur support
Shaleen Hama mi balanee final checking nimmaalaafa avahah ves up kolleveytho
In sha Allah.
Let’s see Hama mireyves 00:00 ah up kolleveythoa
Once again thanks a lot
Maasha Allah mi part vx varah varah reethi 🤗…. Alhey varah dheragotheh dhw mi v…. Ishaal ge naseebuga huri goii…. Varah dhera😥😥😢…. Dhn ekam naasif maraanulahchey… Dhn inee last part dhw???? Hama inthi….. Alhey ekm naasif maraanulahchey eyrah varah dheravaane… Dhn emme ummeedhu kurany zeen naasif dheke loabi ve naasif zeen dheke loabi vaane kamah ❤️.. once again mi part vx varah varah reethi…… Last part vx varah reethi vaane kamah ummeedhu kuran 🤗…. Shaleen balikoh ulhemun vx vaahaka up kohdheythy varah varah ufaavey….. Mi vhk nimunyma shaleen ge aaa vaahaka eh fennaane kamah ummeedhu kuran 🤗 Vaahaka liyumuge rongun kuriah oii thaanga kaamiyaabu liyuntheri akah SHALEEN vaane kamah ummeedhu kuran … And avas shifa akah edhen 🤲…
💓💓💓 LYSM 💓💓💓
Oh my girl…
Haudhahaavaa lobuvethi comment ekey thi hisaabun thi fonuvaalee. 💖
Ehenveema barukoh ves shukuriyyaa…
Yeah ishaal and zeen ah ves v dherakoh dho mi dhimaavee.. ehaa dhuvahu ekee ulhelan kuri ummeedh ishaal ah Hama kaamiyaab nuvee.. 😔
Dhen othee Naasif ge hihvaru dho?? Zeen ves Eba jehehthaa Naasif beynun vanyaa loabi vaan. Zeen ah vaanee kihinei baa ?? Naasif ah ???? Dhemeehunnah fahi dhiriulhumei libeynebaa ?? Ehenveema kihinei baa vaanee final part ga.???
Dhen final part in mulhi vaahaka nimeyne… Vaahaka ah judge kollamaa final part kiyaalaafa..
Shaleen balikoh ulhemuves Hama THIKUDHINNAHTAKAA vhk ekkoh complete koh up koh dheyn v masakkai koffin.
Yeah dhen shaleen GE aa vaahaka eh Hama v avahah nufenidhaane. Ekamves dheythere akun hama balaanan vhk eh up kolleveytho in sha Allah.
Shaleen GE ves v bodu dream eh liyumuge dhaairaa in kaamiyaabeh libumakee. In sha Allah adhi vaane kamah ummeedhu kuranee.
Thanks again dear
I think naasif kurinves loabivey zeen dheke. but still he ishaal ah takaa gurubaan vy
Hi nadhaa.
Aan dho ishaal ah gurubaan vee Naasif dho.
Dhen hingaa alhe next part ah ves inthizaaru kollaafa vhk ekkoh nimmaalamaa..
Vaagoiy ingidhaanethaa
Miadhu next part kiyaalan libeyne tha
Hi ifoo…
Shaleen reyga v bodah balivee ingey. Ehnve Hama thi kudhin mathin v v v missviyas vhk up kollevey goiy nuvee.
Ehen namaves in sha Allah thikudhin thihaa inthizaaru kuraathee v v v try kuraanan miadhu kommes vaguthrigga up kollan.
In sha Allah
In sha Allah
In sha Allah.
Aslu shaleen ves dheythere akun balivaathee Hama mi balanee up kuran feshiyas ineema nimmaala dheveytho.
Ufaa vamaa…
In sha Allah miadhu kommes time egga. 🤗😎😊🙂