ދިރުމެއްނެތް ދިރިއުޅުން 50 (ފަހުބައި)
“އެންމެންވެސް އަހަންނަށް މާފުކުރޭ…. އަހަންނަށް ހީވަނީ މިކަން ދިމާވާންޖެހުނު އެންމެ ބޮޑު މެދުވެރިއަކީ އަހަރެންހެން… އަހަރެންގެ ސަބަބުން ކަންނޭނގެ މިކަން މިހެން……” ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން ޖެހުނީ ފަރީދްއަށް ރުއިން ކޮންޓްރޯލް ނުކުރެވިގެންނެވެ.
ހިނދުކޮޅަކަށް ނަމަވެސް ރުއިން ހުއްޓާލަމުން ކުއްލިޔަކަށް އެންމެންނަށްވެސް ބަލައިލެވުނީ ފަރީދުގެ މޫނަށެވެ. ދެބުމަ ގޮށްޖަހާލައިން ހައިރާންވެފައިތިބެ ސުވާލުގެ ނަޒަރުން އެންމެވެސް ދިޔައީ ފަރީދާ ދިމާލަށް ބަލަމުންނެވެ. ފަރީދު ކުރި ކުށަކީ ކޮބާހެއްޔެވެ؟ ބައެއްގެ ފުރާނައަށާ ހަށިގަނޑަށް މިވަރުގެ ބޮޑު ގެއްލުމެއްދޭން ފަރީދަށް ކެރުނީ ކޮން ފައިދާއެއް ފަރީދަށް ވާނެތީހެއްޔެވެ؟
“ފަރީދު… ކީކޭ؟ މީކޮންކަންތައް ގަނޑެއް؟” ޚާލިދު އަހާލީ ހިތްހަމަނުޖެހިފައި ހުރެއެވެ.
“އަހަރެން.. ކުށެއް ނުކުރަން.. އެކަމަކު… އަހަންނަށް ނާސިފް ކައިރި… ބުނެވުނު ގޮތް ގޯހީ… އޮޅިގެން އަހަންނަށް ބުނެވުނީ…. ކޯޓަށްދާން ކިޔާފަ އިން ގަޑިޔަކީ….ދެއެއް ޖަހާއިރޭ…. އެހެންވެ ނާސިފް އެވާނީ އެވަގުތު ކޯޓަށްދާން ކަމަށް އެދިޔައީ..” ސަމާލު ކަމާއެކު އަޑުއަހަންތިބި އެންމެންނަށް ފަރީދު ކިޔައިދިނީ ކަންވީގޮތެވެ.
“ސުބްހާނަ ﷲ !!… ކޮންއިރަކު ނާސިފްކައިރި ފަރީދު ގަޑި ބުނީ؟ އަހަރުމެންނަށް ނުވެސް އެނގޭ އޭނަ ރާއްޖެ އައިކަމެއްވެސް.. ކިހިނެއް އޭނަ ރާއްޖެ އައިކަން ފަރީދަށް އެނގުނީ.” ހަމަޖެހެން މަސައްކަތް ކުރަމުން ޚާލިދު ބުނެލިއެވެ.
“ނާސިފް… ބޭރަށް ފުރުމުގެ ކުރިން އަހަންނަށް ގުޅާފަ ބުނި ޒީން ވަރިކުރާ ވާހަކަ.. އެހެންވެ މާލެ ބަދަލުވާށޭ ބުނީމަ އަހަރެން މިއައީ… އެދުހު ނާސިފް ކިޔާދިން ޒީން ދިރިއުޅެނީ އިޝާލްގެ ގޭގަކަން… ނާސިފް ބޭނުންވީ އެމީހުންނަށް ކައިވެނި ކުރެވި އާދިލްގެ ވަސިއްޔަތް ފުރިހަމަކޮށްދެވުނީމަ ޒީން ވަރިކުރަން. އެއީ ޒީންފަދަ އަންހެން ކުއްޖަކު މިނިވަން ކަމެއް ނެތި މުށުތެރޭގަ ބެހެއްޓުމަކީ….. ނާސިފް ބުނީ ނާސިފްއަކަށް އެހާ ފަސޭހަ ކަމެއް ނޫނޭ. އެނގޭތަ؟ ނާސިފްއަށް ޒީންއާ އިޝާލްގެ ލޯބީގެ ވާހަކަތައް ކިޔައިދިނީ ހަމަ އިޝާލްގެ ދުލުން.. އެހެންވެ ނާސިފް ކަންތައް އެކުރީ އަހަރުމެން އެންމެންގެ މަސްލަހަތައް ވިސްނާފަ…” ފަރީދު ކުރު ގޮތަކަށް ކިޔައިދިނެވެ.
“ނާސިފް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިން… ނާސިފް ޒީންއާ ކައިވެނި ކުރިފަހުން ވިލިނގިލީގަ ހުރެ އިޝާލްވެސް ދުވަސްކޮޅަކަށް ވަގުތީގޮތުން މާލޭއަށް ބަދަލުވެލީ.. އެއީވެސް ނާސިފް ބުނެގެން.. ނަތޫވެސް ހަމަ އެދުވަސްކޮޅު މާލެއައިސް އެގޭގަ ހުރީ ނާސިފްއާ އިޝާލް ބުނެގެން… އަހަންނަށް ވަރަށް ވާހަކަތައް ކިޔައިދިން ނާސިފް…… އެންމެ ބޮޑަށް ޒީންއާ އިޝާލްއަށް ދިރިއުޅުމެއް ހޯދަދޭން މަސައްކަތް ކުރީ ނާސިފް… ނާސިފް ރަޝިޔާއަށް ދިއުމުގެ ކުރިން އިޝާލް އޮތީ އެކައިވެނީގަ ބައިވެރިވާން ނާސިފްއަށް ދަޢުވަތު ދީފަ… އެހެންވެ ނާސިފްއާ އޭނާގެ ކޮއްކޮ ރާއްޖެ އައީ ރޭގަ.. އިއްތިފާގުން އަހަންނަށް ރޭގަ އެމީހުން ދިމާވީ މަގުމަތިން… ހުޅުލެއިން އައިސް ފެރީއިން ފޭބިތަނާ…” ފަރީދު އިތުރައް ތަފްސީލުކޮށްދިނުމުގެ ކިޔާދިނެވެ.
“ގެއެއްގެ ނަން ކިޔާފަ ބުނީ ހެނދުނު އެގެއަށް ދައްޗެއޭ.. ދެން މިއަދު ވަރަށް ހެނދުނު އަހަރެން އެގެއަށް ދިޔައިމަ ނާސިފްއާ ބައްދަލުވި ގަޑީގަ ކައިވެނިކުރާ ގަޑި އަހަރެން ބުނީ… އެއީ އަހަންނަށް އެކަމު އޮޅިގެން ގޯސްކޮށް ކުރެވުނު ކަމެއް.. ހަމަތެދެއް… އަހަރެން އެއްވެސް މީހަކަށް ދެރައެއް ދޭން ކުރި ކަމެއް ނޫން. މިވަރުގެ އުފަލެއް ޒީންއަށް ލިބެން އުޅުނުތަން އަހަރެން ދުވަހަކުވެސް ނުދެކެން. އަހަރެންވެސް ޒީންގެ ފަރާތުން އެންމެ އުންމީދު ކުރީ މިދުވަސް އޭނައަށް ވަރަށް އުފާވެރި ވާނެކަމަށް….” ފަރީދު އަޑުހަރުކޮށް ރޮމުން އިސްދަށަށް ޖަހާލިއެވެ.
“ޒީންގެ އެހީތެރިއަކަށް ޒީން ބޭނުންވޭ.. ކޮންބޭފުޅެއްތޯ އެތެރެއަށް ވަދެލާނީ؟” ނަރުސް ކުއްޖާގެ އަޑުން އެންމެންވެސް ދިރުމެއް ލިބުނެވެ.
“އަޅުގަނޑު ވަދެލަން ބޭނުމީ..” ލޮލުން ކަރުނަ ފޮހެލާ މޫނު ރީތިކޮށްލަމުން ނަތޫ ހިނގައިގަތެވެ.
“ޑޮކްޓަރ ހުރީ ޕޭޝަންޓަށް ބޭނުންވާ ބޭސް ލިޔެދެއްވާފަ… ވަރަށް އަވަހަށް ގެއަށް ދޫކޮށްލާނެ.. ޑޮކްޓަރގެ އެއްވެސް އުންމީދެއްނެތް ދެން ޕޭޝަންޓަށް އަލުން ހިނގޭނެ ކަމުގެ.. ލިބިފަ ހުރި ގެއްލުމުގެ ސަބަބުން އެހެން އެވީ.. އަޅުގަނޑުމެންނަށް ދެން އިތުރަށް ދެވޭނެ ފަރުވާއެއް ނެތް.” ނަރުސް ކުއްޖާ ކުރިޔަށް ހިނގަމުން ދިޔަވަރަކަށް ނަތޫއަށް ކިޔައިދިނެވެ.
ހޮސްޕިޓަލުގައި ޒީން އޮތް ރޫމްއަށް ވަދެވުމާއެކު ނަތޫ ހިނިތުންވެލިއެވެ. ނަމަވެސް ރައްދުގައި ޒީންގެ ފަރާތުން އެއްވެސް ހިނިތުންވުމެއް ނުފެނުނެވެ. ނަތޫ ކުރިޔަށް ހިނގަމުން ދިޔަ ފިޔަވަޅަށް ހުއްޓުންއެރީ ރޫމްގެ ދޮރު ހުޅުވާލިއަޑަށެވެ.
“ޒީން!! ހާލު ރަނގަޅުތަ؟ ދޮންބެ… ދޮންބެ މިވަގުތު ކުޑަކޮށް ރަނގަޅު.. ވެންޓިލޭޓަރގަ އޮތީ އޮކްސިޖަންވެސް ދަށްވާތީވެ.. މިވަގުތު ވަދެލެވިދާނެ… ބޭނުންތަ ވަންނަން؟” ފައިގައި ބޭސްއަޅައިގެން ހުރެ ކޮރުޖަހަމުން އެތެރެއަށް ވަދެގެން އައި ނަޝްފާ ބުނެލިއެވެ.
އެ އަޑަށް އަހަންނަށް ތެޅިގަނެވުނެވެ. ނާސިފް ދެކެލާހިތުންނެވެ. އެހެނަސް އަހަރެންގެ ހަރަކާތްތައް މަޑުޖައްސާލަން މަޖުބޫރުވީ އަހަރެންގެ ފައިގައި އެއްވެސް އިހްސާސެއް ނެތުމުންނެވެ. ހިނދުކޮޅަކަށް އަހަރެން ދެލޯ މަރާލުމަށްފަހު ލޯހުޅުވާލީމެވެ.
“އަހަރެން… އަހަންނަކަށް ނު.. ނުހިނގެ ނަޝްފާ!! އަހަރެން… އަހަރެންގެ ފައިގަ އިހްސާސެއް ނެތް.” އަހަރެންގެ ދެލޮލަށް ކަރުނަތައް ބަރުވާން ފެށުމާއެކު ބުނެލީމެވެ.
“ހުއްދަ ހޯދައިން ވީލް ޗެއާރ އެއްގަ ދެވިދާނެއްނު… އަހަރެން އަންނާނަން އަހާލާފަ.” ނަޝްފާގެ ވާހަކައަށް އެއްބާރުލުން ދެމުން ނަތޫ
ހިނގައިގަތެވެ.
“އަހަރެން ކިހާ ބަދުނަސީބު… އިޝާލް…އިޝާލް އަހަރެންގެ ހުވަފެންތައް ފުނޑުފުނޑު ކޮށްލާފަ އަހަންނާ….. އަހަންނާ މުޅިން..ވަކި…” އަހަންނަށް ބުނެވުނީ އެހިސާބަށެވެ.
އެނދުގައި އިން ޒީން ބާރަށް ރޯންފެށުމާއެކު ޒީންގެ ބޮލުގާ ހިފަހައްޓާލަމުން ނަޝްފާ ބައްދާލިއެވެ. މިވަގުތު ޒީންއަށް އެންމެ ބޭނުން ވަނީ އެހެންމީހުންގެ ފަރާތުން ދެވޭ ހިތްވަރެވެ. ޒީންވެސް ހިތްވަރު ކުރަމުން ނަޝްފާގެ ބަނޑާއި އުނަގަނޑުގައި ކަހަލަ ގޮތަކަށް އޮޅުލައިގަންނަމުން ބައްދާލިއެވެ. ނުހަނު ބާރަށެވެ.
އިޝާލްގެ ނިމުން އައި ގޮތުގެ ބަދުނަސީބުކަމާމެދު ސަހީމާއާއި ޚާލިދު ހުއްޓުމެއްނެތި ހިތާމަކުރަމުން ދަނީއެވެ. ފަރީދުވެސް ހަމަ އެފަދައެވެ. އެހެނަސް ފަރީދުގެ އެންމެ ބޮޑު ފިކުރަކީ ނާސިފްއަށް ގަޑި ކިއުނުގޮތުން އެކަމާމެދު ހިތް ނުތަނަވަސްވުމެވެ. ބުނެވުނު ކުޑަކުޑަ ބަހެއްގެ ސަބަބުން މިވަރުގެ ނުރައްކާތެރި ހާދިސާއެއް ހިނގާނެކަން ފަރީދަށް ވިސްނާލެވޭނީވެސް ކިހިނެއްހެއްޔެވެ؟ ފަރީދު ހިތާމަކުރަމުން ދިޔައިރު އެކިފަހަރު އެކި އެއްޗިހި ހިތަށް އަރަމުން ދެއެވެ. ގެއިން ނުކުތުމުގެ ކުރިން ރަނގަޅު ގަޑި ބުނެލަން ހަނދާން ނުވީ ކީއްވެބާއެވެ.؟ ކުށްވެރިއެއް ފަދައިން ފަރީދު ވިސްނަމުން ދިޔައީ ބޮލުގައި އަތްއަޅާލައިން އިނދެއެވެ.
ވީލްޗެއަރ މަޑުމަޑުން ދުއްވާފައި ގޮސް ނަރުސް ކުއްޖާ ވަނީ ނާސިފް އޮތް ރޫމްއަށެވެ. އަހަރެން އިން ވީލްޗެއަރ ނާސިފް އޮތް އެނދުކައިރިއަށް ޖައްސާލުމަށްފަހު ނަރުސް ކުއްޖާ ދުރަށް ގޮސްލިއެވެ.
އިސްޖަހާލައިން އިނުމަށްފަހު ފެންކަޅިވެފައިވާ ދެލޮލުން އަހަރެން ބަލާލީ ނާސިފްއަށެވެ.ފުސް ކަރުނަ ތަކުގެ ތެރެއިން އެވަގުތު އަހަންނަށް ނާސިފް ފެނުނީ ދެލޯމަރާލައިން އޮތްތަނެވެ. މީން ދުވަހަކުވެސް ނާސިފްއަށް ބަލައިނުލާހާ ފަރުވާތެރިކަމާއެކު އިރުކޮޅެއް ވަންދެން އަހަރެން ނާސިފްއަށް ބަލައިލީމެވެ. ލޮލުގައިވާ ކަރުނަތައް ފޮހެލަމުންނެވެ.
“ނާސިފް..” އަހަރެން ގޮވާލީ އަހަރެންގެ އަޑަށް ނާސިފް ބަލައިލާތޯއެވެ. ނާސިފްގެ ހިލަމެއް ނުވިއެވެ.
“ނާސިފް…” ދެވަނަ ފަހަރަށް އަހަރެން ނާސިފްއަށް ގޮވާލީ ހިތާމަވެރި އަޑަކުންނެވެ. ނާސިފްގެ އެއްވެސް ހަބަރެއް ނުވިއެވެ. ނާސިފްގެ ފަރާތުން އެއްވެސް ޚަރަކާތެއް އަހަންނަކަށް ނުފެނުނެވެ.
“ނާސިފް.. ލޯހުޅުވާލަބަލަ…. މީ ޒީންއޭ…” ނާސިފްގެ އަތްތިލައަށް ފިތާލަމުން އަހަރެން ގޮވާލީމެވެ.
އަހަރެންގެ އަތުގެ އިހްސާސް ނާސިފްގެ ސިކުނޑިއާ ހަމައަށް ފޯރީ ކަންނޭނގެއެވެ. ވަގުތުން އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ކުއްލިއަކަށް ލޯހުޅުވާލުމަށްފަހު ނާސިފް އަހަންނާ ދިމާލަށް ބޯ އަނބުރިލިއެވެ. އެވަގުތު ނާސިފްގެ ހަށިގަނޑުގައިވާ ކެކުޅުމުގެ ތެރެއިން ހިތްވަރާއެކު ނާސިފް އޭނާގެ ހިނިތުންވުން އަހަންނަށް ހަދިޔާކޮށްލިއެވެ.
“ޒި..ޒީން…..ތި…ހެދުމުގަ…..ފެނުނީމަ…..އަ…އަހަރެން….ވަރަށް…
އުފާވެއްޖެ…” ވޭނީ އަޑަކުން ނާސިފް ބުނެލި ޖުމްލައިން އަހަރެން އިސްޖަހާލަމުން ލައިގެން އިން ހެދުމަށް ބަލައިލީމެވެ.
“ތި..ދިންއިރު…. އަހަރެން…ހިއެއް ނުކުރަން….ޒީން ތި ހެދުން.. ލާނެކަމަކަށް.” އުނދަގުލާއެކު އަނެއްކާވެސް ނާސިފް ދެއްކީ ހެދުމުގެ ވާހަކައެވެ. އެއާއެކު އަހަރެން ކުއްލިޔަކަށް ކަމެއް ހަނދާންވިއެވެ.
“ޒީން.. ބައްޕަ ބުނާކަމެއް ކޮށްދެވިދާނެތަ؟… އިޝާލް ގާތު އަހާފަ ނަމަވެސް ކައިވެނި ކުރަންދާން މި ހެދުން ލެވިދާނެތަ؟ މިއީ ބޭރުން ގެނެސްފަ އިން ވަރަށް ރީތި ހެދުމެއް.. ޒީންއަށް ދެން ޕާޓީގަ އަނެތް ވެޑިންގް ޑްރެސް ލެވިދާނެއްނު.” ކޮތަޅެއް ދިއްކުރަމުން ފަރީދު ބުނެލިއެވެ.
“ޒީން… ތިހެދުން…ރީއްޗަށް…ދައް…ދައްކާލަން….. ތެދުވެބަލަ” އަހަރެން ސިއްސައިން ދިޔައީ ނާސިފް ހިތްވަރާއެކު ބުނެލި ޖުމްލައިންނެވެ.
“ނާސިފް… ނާސިފް އެހާގިނައިން ވާހަކަ ނުދައްކާ.. މިހާރުވެސް އޮކްސިޖަން ވަރަށް ދަށް…” ފެންކަޅިވެފައި އިނދެ އަހަރެން ބުނެލީމެވެ.
“ނާސިފް! އަހަންނަށް… އަހަންނަށް މާފް ކުރޭ… އަހަންނަށް މިހެދުން ކިތަންމެހާވެސް ރީތި. މިހެދުން ކިތަންމެ ވަރަކަށް…. ލެއިން ތަތްތެޅިފަ އޮތަސް… އޮޕަރޭޝަންގެ ފަހުންވެސް…. މިހެދުން އަހަރެން ލާން ބޭނުންވީ…މިއަދަކީ ވަރަށް ހާއްސަ ދުވަހަކަށް ވީމަ…. އެކަމަކު މި ހެދުން ދައްކާލަން….. ދައްކާލަން ތެދުވުމުގެ ބާރު އަހަރެންގެ….. އަހަރެންގެ ދެ ފަޔަކު ނެތް… މިއަދު އަހަރެންގެ މުޅި ހަށިގަނޑު…. އެއްތަނުން އަނެއްތަނަށްވެސް ދަނީ ފުރޮޅު…. ފުރޮޅުލީ ގޮނޑިއެއްގެ އެހީގަ…” އަހަރެން ކަރުނަތައް ފޮހެމުން ވާހަކަ ދެއްކީމެވެ.
“އަހަންނަކީ މިހާރު ނުކު…. ނުކުޅެދޭ މީހެއް…… ނާސިފް… އަހަރެން މިއަދު މުޅިން އެކަނި ވެއްޖެ.. މި އެކްސިޑެންޓްގަ އިޝާލް….. އިޝާލްވެސް މުޅި އުމުރަށް އަހަންނާ އެވަކިވީ.” އަހަރެންގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައީ ނާސިފްގެ ކުރިމަތީގައި ކޯރެއް ފަދައިންނެވެ.
“ނާސިފް! އަހަރެންގެ ހަޔާތަށް…… ކުޑަ ނަމަވެސް ދިރުމެއް ދިނީ ނާސިފް…. މިއަދު އަހަރެންގެ ސިކުނޑި އަހަންނަށް…. އެކަން ވިސްނައިދޭ. މިޢާލަމުން އަހަރެންނާ ވަކި ވުމުގެ ކުރިން…… އަހަރެންގެ ބައްޕަ އާދިލް އަހަންނަށް ހޯދައިދިން… ހަމައެކަނި ނަސީބަކީ ތީ.. މިއަދު އަހަންނަށް އަހަރެން ބައްޕަގެ…. އަގު ވަޒަން ކުރެވިއްޖެ.. މިދުނިޔޭގަ ނެތަސް އަހަރެންދެކެ…. އެ ބައްޕަ ލޯބިވާ ވަރުވެސް އަހަންނަށް އިހްސާސްވެއްޖެ.” އަހަރެން ދައްކަމުން ދިޔަ ޖަޒްބާތީ ވާހަކަތައް އަޑުއަހަން އޮތުމަށްފަހު ނާސިފްގެ ދެއަތް ތިލައިން އަހަރެންގެ އަތްތިލަ ފޮރުވާލިއެވެ.
“ނާސިފް!.. ނާސިފްއަށް ނޭނގުނަސް… ނާސިފް އަހަރެން ދޫކޮށްލާފަ ދިޔައީ…. އަހަރެންގެ ހިތުގަ އެންމެ ބޮޑަށް… ނާސިފްއަށް ލޯބި އުތުރި އަރަން ފެށި ހިސާބުން… އެކަމަކު އެކަން އަހަންނަށް… ސިއްރުކުރަން މަޖްބޫރުވީ.. ނޭނގުމުގެ ތެރެއިން ނާސިފްއާ ނަޝްފާގެ ގުޅުމަށް ބޭކާރު ޝައްކެއް ކުރެވުނީމަ… އަނެއްކޮޅުން އިޝާލްވެސް އަހަރެންގެ އިންތިޒާރުގަ…. އެހާ ދުވަސް ގުރްބާން ކުރީމަ….. އެހެންވީމަ އަހަންނަށް ނާސިފްދެކެ ލޯބިވެވުނު ވާހަކަ…. ނަތޫ ކައިރިވެސް ބުނާކަށް ނުކެރުނު… ނަތޫއަކީ އަހަންނާ އިޝާލްގެ ގުޅުން ދަމަހައްޓަން މަސައްކަތް ކޮށްދިން މީހަކީ…” ނާސިފްދެކެ ލޯބިވާކަން ހާމަކުރަން އަހަންނަށް ލިބުނު ފަހު ފުރުސަތުގައިވެސް ކަންވީގޮތް އަހަރެން ކިޔައިދިނީމެވެ. އަހަންނަށް މަޖްބޫރުވީ ކަންތައްތަކުގެ ވާހަކައިން އަހަރެން ބެލީ ނާސިފްއަށް ވިސްނައި ދެވޭތޯއެވެ.
“ޒި…ޒީން.. އޭރުވެސް… މިހާރުވެސް… އަހަރެން… އަހަރެން… ޒީންދެކެ.. ވަރަށް… ވަރަށް ބޮޑަށް… ލޯބިވޭ…” ކުރު ނޭވާ ތަކެއް ދުނިޔެއަށް ދޫކުރަމުން ނާސިފް ހާމަ ކޮށްދިނީ އަހަރެންދެކެ ލޯބި ވާކަމެވެ. އެއީ ފަހަރެއްގައިވެސް ނާސިފްގެ ފަރާތުން އަޑު އިވިދާނެކަމަށް އަހަންނަށް އުންމީދު ނުކުރެވުނު އަގުބޮޑު ބަސްތަކެކެވެ. އެވަގުތު އަހަރެންގެ ހިތް އެތައް ގުނައަކަށް އުފަލުން ފުރުނެވެ.
“ނާސިފް ! ތި އެނދުން ތެދުވެގެން…… އަދި އެއްފަހަރު އަހަރެންގެ ކައިރިއަށް އާދޭ… އާދޭސް ކޮށްފަ ބުނަން… އަހަންނަށް ފުރުސަތެއް ދީ…. އަހަރެންނަކީ ނުކުޅެދޭ މީހަކަށް ވިޔަސް…. އަހަރެންގެ ފަހުނޭވާއާ ހަމައަށް…. ނާސިފްއާއެކީ ދިރިއުޅޭނަން…. ނާސިފް!… އާދޭސް ކޮށްފަ ބުނަން.. ނާސިފް އެންމެ ލޯބިވާ… އެންމެ ލޯބިވާ މީހާއާ އިނަސް… އަހަންނަށް އެންމެ ރަނގަޅު.. ރަމްޒީ ގޮތުން ދެވަނަ އަތްނބެއްގެ މަގާމުގަ އިންނަން ވިޔަސް…. އަހަންނާއެކު އުޅެން އާދޭ ނާސިފް!!…. ޕްލީޒް”
އަހަރެންގެ ހުއްޓުމެއްނެތް އާދޭސްތައް އަޑުއަހަން އޮތް ނާސިފްގެ އަތްތިލަ މަޑުމަޑުން އަހަރެންގެ އަތާ ވަކިވެގެން ދާންފެށިއެވެ. އެޔާއެކު ނާސިފްއަށް ގުޅާފައިވާ މެޝިނުން އެލާމް އަޅަން ފެށިއެވެ. ކުއްލިޔަކަށް އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިނދުކޮޅަކަށް ގަނޑުވިހެން ހީވިއެވެ. އެއަޑުން އަހަންނަށް ލިބުނީ ބިރުވެރި އިންޒާރެކެވެ
އެންމެ ކައިރީގައި ހުރި ނަރުސް ކުއްޖާ ޑޮކްޓަރަކަށް ގޮވުމަށް އެދެމުން އަހަންނާ ދާދި ގާތުގައި ހުއްޓިލިއެވެ.
“ސޮރީ.. މިހާރު ޕޭޝެންޓްގެ ހާލު ވަރަށްދަށް. އެހީތެރިޔާ ދެން ޖެހޭނީ މިތަނުން ނުކުންނަން.” އަހަރެން އިން ވީލްޗެއަރގެ އަތްގަނޑުގައި ހިފާލަމުން ނަރުސް ކުއްޖާ މަސައްކަތް ކުރީ އަހަރެން އެތަނުން ނެރޭށެވެ.
“ނޫން…. ނޫން… ނާސިފް…. ނާސިފް… ނާސިފް ބާއްވާފަ އަހަރެން ނުދާނަން…. އަޅެ އަހަންނަށް ހިނގޭނަމަ…… ނާސިފް…. މި މީހުން އަހަރެން ނާސިފްއާ ދުރުކުރަނީ… އަހަރެން ނާސިފް ދޫކޮށް ނުދާނަން… ނޫނެކޭ…. އަހަރެން ނުނެރޭށޭ…..”
ނަރުސް ކުއްޖާ އަހަރެން ނެރެމުންދިޔަ ވަގުތު އަހަރެން ދިޔައީ މޮޔައަކު ފަދައިން ވީލްޗެއަރގެ އަތްގަނޑުގައި ދެއަތުން ތަޅާ އާދޭސް ކުމުންނެވެ. އަހަރެންގެ ރުއިމާ ފައިބަމުންދާ ވޭނީ ކަރުނަތަކަށް އެއްވެސް ހުއްޓުމެއް ނެތެވެ. އިޝާލްއަށް މަރުގެ ރަހަ އަހަންނާ ދާދި ގާތުން ލިބުމަށްފަހު ނާސިފް މަރުގެ ތުންފަތްމައްޗަށް ހުށަހެޅުނީއެވެ. އަހަރެންގެ އަތުގަ ވަރަށް ލޯބިން ހިފާލައިން އޮވެ އަހަރެންގެ ކުރިމަތީގައި ޚަރަކާތް ހުއްޓުނީއެވެ. އިޝާލް ވަޅުލުމުގެ ކުރިން ނާސިފްއަށް ކަފުން ހޯދަން ޖެހުން ވެގެން ދިޔައީ އަހަންނަށް ކެތްކުރަން ނުހަނު އުނދަގޫ ކަމަކަށެވެ.
އަހަރެންގެ ސިކުނޑިއަށް އެއްފަހަރާ ދެމަރުގެ ހަގީގަތް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ލޮލަށް ފެނުނު ވޭނީ ކޮންމެ މަންޒަރެއް އަހަރެންގެ ހިތަށް ގަބޫލު ކުރަން ފަސޭހަ ވާނެހެއްޔެވެ؟ މިހުރިހާ ކަމަކާއެކު މިއަދު އަހަރެންގެ ހިތާ ހަށިގަނޑަގަ މިކަން ތަހައްމަލް ކުރާނެ ހިތްވަރެއް ނެތެވެ. ވަގުތުން އަހަރެން ހޭނެތިގެން ވެއްޓުނެވެ.
“ދަރިފުޅާ ނަޝްފާ!… ހިތްވަރުކުރޭ… މިއީ ކޮންމެ މީހަކަށްވެސް… ބައްދަލުވާނެ ދުވަހެއް… އަހަރުމެން ޖެހޭނީ ހިތްވަރު ކުރަން…” ނާސިފްގެ މަރުގެ ހަބަރު ލިބުނުތާ ބައި ގަޑިއިރެއްވަރު ފަހުން ވަހީދު ވާހަކަ ދެއްކީ ނަޝްފާއަށެވެ.
“ބައްޕާ… އަހަރުމެން ދެން ކިހިނެއް ހަދާނީ..؟ ދޮންބެ އެއީ އަހަރެންގެ… އެއްބަނޑު މީހެއް ނޫނަސް… އަހަރެން ދޮންބެދެކެ ހާދަހާ ލޯބިވެއޭ.. އެކަހަލަ ދޮންބެއެއް އަހަންނާ…. ވަކިވީމަ އަހަރެން މުޅި އުމުރު ހިތާމަ ކުރަން ޖެހޭނެ…” ނަޝްފާ ވާހަކަ ދެއްކީ ވަހީދު ކޮނޑުގައި ބޯއަޅާލައިން ހުރެއެވެ.
ސަހަރާއިން އެއްފަރާ ބައްދަލު ކުރަން ޖެހުނު ދެ އާއިލާގެ އެންމެންގެ ލޮލުން ފެންނަނީ ހިތާމައިގެ ކަރުނައެވެ. ވަހީދާއި ނަޝްފާއެވެ. ޚާލިދާއި ސަހީމާގެ އިތުރުން ނަތޫއާއި ފަރީދެވެ. ކަށުކަމާކެމިގެ ހުރިހާ ކަމަކަށްފަހު އެންމެންވެސް ގެއަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ.
ވީލްޗެއަރގައި އިން ޒީންގެ ލޮލުން އޮހޮރުނުންދަނީ އެއިން ކޮންމެ މީހެއްގެ ލޮލުން އޮހޮރޭ ކަރުނައިގެ އެތައް ގުނައެއްގެ ކަރުނައެވެ. ޒީންގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓިފައެވެ. މުޅި މީހާގެ ދިރުންވަނީ ހަމައެކަނި އެ މައުސޫމް ދެ ލޮލުން އޮހޮރޭ ބޭވަފާތެރި ކަރުނަތަކުގައެވެ.
ގޭގެ ދޮރުމައްޗަށް ހުއްޓާލި ކާރުން ފޭބުމާއިއެކު ޒީންއަށް ބާރު ބާރަށް ރޯން ފެށުނެވެ. މުޅި ޒީޝަލް ގޭގެ އެއްކޮޅުން އަނެއް ކޮޅަށް ވަނީ ކައިވެންޏަށްޓަކާ ތައްޔާރު ކޮށްފައިވާ އުފާވެރި ހަނދާންތަކެވެ. އެ މަންޒަރު ފެނި ޒީންގެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ. ޒީޝަލް ގެއަކީ ޒީންއަށްޓަކާ ހަމައެކަނި އެންމެ ހަނދާނެއް ފޮރުވިފައިވާ ގެއެއް ނޫނެވެ.
ނާސިފްއާ ކައިވެނި ކުރި ފުރަތަމަ ރެއިން ފެށިގެން ނާސިފްގެ ހަނދާންތައް ވަށާލާފައިވަނީ މިގޭގައެވެ. ނާސިފްގެ ހަނދާންތައް އާކުރަން މިވަގުތު އަހަންނަށް އެންމެ ފުރިހަމަ ބިނާއަކީވެސް މިއީއެވެ. އަނެއްކޮޅުން އިޝާލްއެވެ. މިއީ އަހަންނާއެކު ރާޖާ އެއްފަދައިން އުޅުމަށް އިޝާލް ބިނާކުރި ގަނޑުވަރެވެ. އެހެން ނަމަވެސް މިއީ މިއަދު ދިރުމެއްނެތް ހުވަފެނީ ކިއްލާއެކެވެ. ޒީންއަށްވެސް ހަމަ އެފަދައެވެ.
ހަމަހިމޭންކަމުގެ ދެދުވަސް ފާއިތުވުމަށްފަހު މިއަދަކީ އަހަރެން ރަށަށް ދާން ފުރާދުވަހެވެ. ފަރީދު ބައްޕަގެ އިތުރުން ނަތޫވެސް މިދަތުރުގައި އަހަންނާއެކު ރަށަށް ދާނެއެވެ. ކޮންމެ ގޮތެއްގައި ވިޔަސް ޚާލިދްއާއި ސަހީމާވެސް މާލޭގެ މި ބޭވަފާތެރި ފަސްގަނޑުގައި އިތުރަށް ހުންނާކަށް ނޭދެއެވެ.
“ދަރިފުޅާ ޒީން!… މިގެ ކުއްޔަށް ނެގި މީހުންނާ ބައްޕަ އޮންނާނީ ތަޅުދަނޑިފައްޗެއް ހަވާލުކޮށްފަ.. އެމީހުން ކޮންމެ މަހަކު ޒީންއަށް ކުލީގެ ގޮތުގަ ލިބޭ ފައިސާ ފޮނުވަދޭނޭ.. އަހަރުމެން ރަށުގަ ތިއްބަސް އެކަންކަން މިކޮޅުން ކުރިޔަށް ގެންދާނެ….. ކޮބާ ފޮށިތައް ނެރޭ ފަރީދު!…” ޚާލިދު ދެއްކި ވާހަކަ އަށް އަހަރެން އަޅާނުލާ އިނީމެވެ.
“ޒީން… މިއޮތީ ރަނުގެ ގޮތުގަ އިޝާލް ދިން ފޮށި.. ފައިސާއާއި ގޭގެ ރަޖިސްޓަރީ ތީގަ އޮންނާނެ… އަން… ދެން މިއޮތީ ސާރޖަރީ ހަދަން ވެއްދުމުގެ ކުރިން ޒީންގެ އިނގިލިން ނަރުހުން ނެގި އަނގޮއްޓި.” ރަނުގެ އިތުރުން ކައިވެންޏަށްޓަކާ އިޝާލް އަހަރެންގެ އަތުގައި އެޅުވި އަނގޮއްޓި ސަހީމާ އަހަންނާ ހަވާލު ކުރިއެވެ.
“ޒީން..! ގެނޭ ދަބަހަށް ލައިދޭނަން… ދެން ރަށަށް ގޮސް ވާނެ ޑޮކްޓަރުން ބުނިގޮތަށް ކަސްރަތު ކުރަން… ހިނގާ ދެން ދާން… އެންމެން އެތިބަ ނުކުތީ.” ޒީންގެ އެއްވެސް ހިލަމެއްނުވެ މާ މަޑުން އިނުމުން ނަތޫ ބުނެލިއެވެ.
އަހަރެން އިން ގޮނޑީގެ ފުރޮޅު މަޑު މަޑުން އަނބުރަމުން ގޮސް އަހަރެން މަޑުކޮށްލީ ފޯނު ބައިންދާފައިވާ ކަބަޑް ކައިރިއަށެވެ. އެކަބަޑުގެ ދެވަނަ ވަތްގަނޑު ދަމާލަމުން އަހަރެން ބަލައިލީމެވެ. އެއަށްފަހު ފުންކޮށް ވިސްނަން އިނުމަށްފަހު އަހަރެން އެކަބަޑުން އެއްޗެއް ނެގީމެވެ.
އެއީ އަހަރެންގެ އަލަތު ކައިވެނީގެ ދުވަހު ނާސިފް އަހަންނަށް ދިން އަނގޮއްޓިއެވެ. ނާސިފް ބުނީ ތެދެކެވެ. އެ އަނގޮއްޓި ނާސިފް އެގޮތަށް ހެއްދީ ސަބަބެއް ނެތިއެއް ނޫންކަން މިއަދު އަހަރެން ގަބޫލުކުރަމެވެ. އާނއެކެވެ. އެއީ މާނަފުން އަނގޮއްޓި އެކެވެ. “ދިރުމެއް ނެތް ދިރިއުން” ނޫން އެއްޗެއް އެ އަނގޮއްޓިން އަހަންނަށް ރަމްޒެއް ނުވެއެވެ. އެހެން ކަމުން މިއަދުން ފެށިގެން މުޅި ޢުމުރަށް ބޭންދުމައްޓަކާ، އަހަރެންގެ ވައަތު ކަށި އިނގިލީގައި އެ އަނގޮއްޓި އަޅާލީމެވެ. ފެންކަޅި ވެފައިވާ ލޮލަކާއިއެކު އަހަރެން އިން ގޮނޑި ދުއްވާލީ މި ގެއާއި މުޅި މާލެއަށް ވަދާއީ ސަލާމް ކުރަމުންނެވެ.
ނިމުނީ…
25 Comments!
Comments are closed.







Hi.. 👋
Readers emme beynunvi gothah vaahakaige nimun nethas shaleen mi vhk liyefa mi inee vaki title akah veema seedha Hama migothah vaahaka kuriyah gendhiyaee…
Furathamaves vaahakaige namunves Ingeyne vhk akee konkahala vhk ehkan… So ehenve migothah mi vhk nimmaalee gasthuga.
Dhen
Shaleen GE mi vhk ah part1 to last part aa hamayah positive/ negative comment kolladhin hurihaa kudhinnah ves varah bodah shukuriyyaa🙏
( Part1 to part49 ah comment kollaafa huri kudhin) 👇
Nadhoo, Lily , kokila
Lim, vampire girl, love imko,
Ifoo, Nadhaa, shaaaa,
Big fan, anonymous, kokila modi,
Quiin Lilac, santhimariyambu, shiunee,
Aluu, meera, Mal, uknown, alxx,
Newsherr, kaii, sum, zeen,
Ghost girl, aal, sheen, Safi,
Pinkyy, Aakko,
Mi kudhinnah adhi HAASSAKOH emme ginain Comment kolli kudhin faahaga koh SHUKURU dhannanvan.
Hama rovijje 😭😭
Mi part vex varha reethi
Zeen akah Naasif and eashal nulibun
Once again varha reethi mi part vex
I miss you too shaleen sis
Unmeedhu kuran AA vaahaka libeeney kama
Thanks imko
Vhk GE title AA eggothah gendhanyaa vaahaka Hama nimeynee mihen. So ei veegothakee..
Dhen ehn vaahaka eh adhi up kureveyne dhuvahei bunaakah nengey. Ehen namaves ummeedhu kuran kommes dhuvahakun adhi AA vhk eh kiyaalan dhevidhaane kamah.
In sha allah
Aww😘❤️.. Vvv Reethi mi vhk ❤️.. Ehnme fahun Ekakahves Zeen nulibunee dhw but v reethi mi vhk.. Unmeedhu kuran shaleen ge ehn vhk eh kiyaalan libeyne Kameh ❤️..
Adhi ehn vhk akun nama vs shaleen aa dhimaavaane Kamah Unmeedhu kuran 😊
Take care always ❤️
Byee 👋
Thanks ifoo
Story base koffa mibunee zeen ah.
So title akee dhirumei nei dhiriulhun
Ehnveema zeen ge hayaathuga Hama dhirumei nethifa mi vhk mi nimunee.
Dhen when vhk eh hama shaleen ah up kurevey goiy veeyaa up kollaanee.
Ummeedhu kuran support dhevvaane kamah.
Thanks for the commentssssssssss.
Love you moreeee
Masha allah
Vrh reethi vahaka eh
Vrh shauguveri kamaa eku kiyaalevunu
Kuriah oehthanuga ves aa vahaka thah kiyaalan libeyne kamah unmydhu kurann..
And handhaan veytha lily bunymen vahaka eh??
Vrh handhaan vaaane ingeyy sissssssu!! Ekm ingey haalathu huri gothun ehaa avahah ithuru vahaka akaa ehkoh bahdhal nuvaane kan vess..
Ehen viyas lily hama inthizaaru kuraanan
Vrhh loaabi veyyyy <33
Hi Lily.
Thank you very much..
Ufaavejje shauguverikamaaeku mi vhk ekkoh kiyaaleema.
Shaleen handhaan ebahuri Lily buni vhk.
Ehenveema shaleen ummeedhu kuranee ehn vhk eh adhi liyeleveyne kamah kommes dhuvahakun. Vaki dhuvahei bunelan nengunas.
Dhen v ufaavejje Hama v ginain comment kolli kujjei veema.
Sending So much 💕
Maasha Allah mi part vx varah varah reethi 🤗…. Alhey ekm haadha dheraey e vee goii….. Kury part thah kiyaafa kudakoh heeviyey zeen loabi vany naasif dhekehen and naasif vx loabi vany zeen dhekehen….. Haaadha dheraey dhw mi v goii…. SHALEEN ge aa vaahaka eh fennaane kondhuvahakun dhn????? Once again mi part vx varah varah reethi…… Shaleen BALIKOH ulhemun vx vaahaka up kohdheythy varah varah bodu koh shukuriyya…..
TAKE CARE
LYSM💓💓💓
Yes my girl
Furathamaves Ethah Haas fashun shukuru fonuvaalan.
Shaleen GE mi vhk ah ehaa bodah shauguveri ve, v ginain comment kolleema.
Dhen zeen and Naasif ge loabi dhamahattan chance nulibunee. Title ge gothun shaleen GE mi vhk innaanee Hama zeen ah v dheravaagothah..
And ehen vhk eh dhen adhi up kolleveyne dhuvahei nenge.
Bt shaleen v kuraahihvaa kamei liyumakee.
Dhen balamaa dho. Mi dhuvas kolhu dhen shaleen aslu Bali kamunvess.
Ehen namaves shaleenge dharani fudhijje kamah ummeedh kuran. Vhk ekkoh up kollevuneema.
V v v loabivey thiya comment kuraa kudhin dheke. And I will miss u hama life time ga thikudhin mathin …
Sending kissessssss
OMG. mi vee kihineh. i thought nasif ah kamah zeen libeynee.. but the whole story is just perfect.. ehves foohi kameh nethi interesting aaeku kiyaalevunu hama. really nice. waiting for your new story. Unmeedhu kuran new stroy eh varah avaha fennaane kamah. Abadhuves follow kuraa kujjeh thy. Take care darling ❤️
Hi Reem
Furathamaves bunelaanee shaleen v loabi veyey Reem dheke.
Dhen shaleen ah follow kuraa kujjei Kan inguneema adhi ufalun folhijje hama 🌺
Dhen zeen n Naasif ge vhk dho.. loabi viyas hama dhuniyeyga ebahuri loabi nulibifaves dho ..
Dhen mi aslu vhk GE title ge gothun zeen ah v dhera dheyn jehunu vhk eh mee.
So thanks dhen thihaa kehtherikamaa eku vhk nimendhen kiyaaleema .
Shaleen ummeedhu kuran adhives kommes dhuvahakun vhk eh up kolleveyne kamah.
In sha Allah.
V Gina loabi ❤️
Omggggg…whyyyy!! roe roe lolun karuna hsvaanama mihaaru hunnaany husvefa😭😭. Mikahala ending eh annaanekan ingunas mihaa hihdhathi vaane kamakah hiyeh nukuran. My heart broke hama aslah..💔 ekms Shaleen thi kuri hihvarah assari bahaa saabas dhn.. ummeedhu kuran mikahala reethi vhk anehkaaves genesdheyne kamah.. but pls give a happy ending next time😭🙏.. luv luv luv ur story from the very beginning.. keep up the good work❤️
Hi my Quiin
Shaleen adhi dhuvahakuves nukiyan mikahala ending eh Anna story eh.
Ehnve Hama try kollee evves dhirumei nei dhiriulhumeigge life liyeveytho.
Dhen ekamves thihaa hihvaru kollaafa vhk kiyaaleema shaleenge bodu saabas Hama quiiin ah… Shaleen anekkaaves madu madun try kureveytho balaanee reethi vhk akah in sha Allah.
Ufaavejje mi vhk hurihaa kudhinnahves kamudhiyaima.
Thanks again.
And shaleen GE furihama loabi Quiin aa eku ❤️
i am still crying…. umeeddhukuri gothakah noon mi vy but mi vaahaka hama hithaa kulhelaifi….aslu life ga ves kantha hingaani mikahala gothakah ehen veema hama best story..Shaaleen ge new story akah inthizaaru kuaaraa nan
Thanks Nadhoo.
Nadhoo dhevvi support ahves.
And ehen story eh hama ready vevuneeyaa up kollaanan In sha Allah.
Adhi nengey ehen vaki bunaakah ekam.
Loabi v vey 💕
Vrh vrh Reethi mi part vc
Vrh miss vaane sisss😭
Aslu hageegathuga alhugadakee vrh vrh vhk liyaa hiy vaa kuhjjeh, n thikahala liyuntheri ehgga vhk kiyaalan libeythy vrh fahruverivey. N Alhugadu dhekey gothuga thiee mi site ge enmme best😘
Thigothugaa kuriah dhaane kamah unmmeedhukuran.
Thikahala liyuntheri eh hureethy vrh vrh fahruverivan
Vrh vrh Reethi mi part vc
Vrh miss vaane sisss😭
Aslu hageegathuga alhugadakee vrh vrh vhk liyaa hiy vaa kuhjjeh, n thikahala liyuntheri ehgga vhk kiyaalan libeythy vrh fahruverivey. N Alhugadu dhekey gothuga thiee mi site ge enmme best😘
Thigothugaa kuriah dhaane kamah unmmeedhukuran.
Thikahala liyuntheri eh hureethy vrh vrh fahruverivan
Vhk liyumaa kankan kurumun vrh mind fresh vey dhw aslu
shiunee my dear 👋
Thanks a lot bodu bodu koh…
V miss vaane shiunee mathinves .
Oh shiunee vhk liyaa hihveytha?
Ufaavejje. Liyaa hihvaa kujjei dhimaaveema.
If u need any help pls send me a msg
[email protected]
Dhen shaleen bunelaanee Hama v ufaavejjey site ge best award shaleen ah dhineema. Hehe
Thanks a lot
Ufaaveri msg eh ingey…
Shaleen ah hama vaguthu vee varakun beynunvey Hama liyuntheri kamuga kuriyah dhaan.
And yess dear
Liyuntheri kamakee v visnun thoonuve mind fresh vey and Hama dhen dhivehi bahah varah loabi jehey kamei…
Thanks again my dear
Lysm
Miadhu mee vahka kiyaalan libey dhuvass dhw😭😭
Vrh vrh vrh handhaaan veyyyyyyy
Mihaaru mi gadi mee cmnt kohfa shaleeenge reply ah inthizaaru kuraa gadi😅
Oh my Lily
U missed me soooo much Means a lot..
Dhen shaleen mioh reply kolleenu my dearest.
Send me a message [email protected]
Yeaaahhh i misssedd u a lottt
It’s okay dear i can wait
Nukereyne msg kuraakah im tooo shyy😭😭
Btw shaleeen eii sisge hama aslu name tha??
Hey lily
Oh it’s okay ingey
No shaleen ei Hama mi site ga use kuraa name.
My favourite name.
Ekam aslu name noon
Vrh reethi vhk eh
Haadha dhera eyy 😭
Vrh reethi vhk eh