Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 45

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 1, 2023 5 Mins Read
22 Comments

 

” އާނ… މެންދުރު އަހަރުމެން ދިޔައީ ނާސިފްއާއެކު ކޯޓަށް.. ދެން ބޭރުގަ ގިނަވަގުތު އުޅުނީ އެކިކަންކަމުގަ….” ނަޝްފާ ބުނެލިއެވެ.

ނަޝްފާ ބުނި ޖުމްލައިން އަހަންނަށް ލޮޅުން އެރިހެން ހީވިއެވެ. ނާސިފްއާއެކު ނަޝްފާ ކޯޓަށް ދާންވީ ކޮން ސަބަބަކާހެއްޔެވެ؟ ވަގުތުން އަހަރެންގެ މޫޑް ބަދަލުވިއެވެ. ވާނުވާ ނޭނގޭ ދިރިއުޅުމެއްގައި އަހަރެން ހިތްވަރުކުރުމުގެ މާނައެއް އެބައޮތްހެއްޔެވެ؟ އަހަރެން ހިޔާލު ތަކަކަށް ގެއްލިފައި އިންދާ ކުއްލިޔަކަށް ސިއްސައިން ދިޔައީ ނާސިފްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“ނަޝްފާ!…. ކޮބާ ހުރިހާ ކަމެއް ރެޑީތަ؟” ކޮޓަރިއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު ނާސިފް ސުވާލުކޮށްލީ ނަޝްފާއަށެވެ.

“އާނ…އަހަރެން ރެޑީ..” ނަޝްފާ ދިނީ ކުރު ޖަވާބެކެވެ.

“އެކަމު އަދި ތިހުރީ ރީތިވެސްނުވެ.. ވަރަށް އަވަހަށް ރެޑީ ވެގެން ނުކުމެލާ. ފޮށިތައްވެސް ނެރޭތި” ނާސިފް ބުނެލިއެވެ.

“ކުއްލިޔަކަށް ހާދައަވަހަށް؟” ހައިރާންވެފައިހުރެ ނަޝްފާ އަހާލިއެވެ.

“މިހާކުރިން މިދަނީ ފުރަތަމަ ބައްޕަ ކައިރިއަށް..އެހެންވެ މިބުނީ..” އަނެއްކާވެސް ނާސިފް ބުނެލިއެވެ.

“އެހެންވީމަ ދެން…. ނަތޫއާ ނަޝްފާ މިތަނުން ނުކުމެލަންވީނު.. އަހަރެން ބޭނުން ހަމަ ކުޑަ އިރުކޮޅަކަށް ޒީންއާއެކު އެކަނިވެލަން.” ނާސިފް ބުނެލި ޖުމްލައިން ނަޝްފާއާ ނަތޫ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ޒީން…އިތުރު ކަމެއް ބޭނުމިއްޔާ ބުނެލާތި… އެހާ ބަލިކޮށް އުޅޭތީ މިބުނެލީ.” ކޮޓަރިން ނުކުތުމުގެ ކުރިން ނަތޫ ބުނެލިއެވެ.

ނަތޫ އާއި ނަޝްފާ ކޮޓަރިން ނުކުތެވެ. އެއަށްފަހު ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ނާސިފް އައިސް އެނދުކައިރިޔަށް ހުއްޓުނެވެ.
އަހަންނާ ނުހަނު ގާތަށް އައިސް ހުއްޓުމާއެކު އަހަރެން އިސްޖަހާލީމެވެ. ނާސިފްއާ ދިމާލަށް ބަލައިލަން ނުކުރިގެންނެވެ. އަހަރެންގެ އަތްފައި ވަގުތުން ފިނި ވާންފެށިއެވެ. ކުރިން އަހަރެންގެ މިޒާޖުގައި ގޮތެއް ހުއްޓަސް އަހަރެން މިހާރު މަސައްކަތް ކުރަނީ މަޑުމަޑުން އެކަން ރަނގަޅު ކުރެވޭތޯއެވެ.

“ޒީން!… އަހަރެން މިއަދު ފުރަން… ނަޝްފާއާ އެކީ ރަޝިޔާއަށް… އަހަރެން މިދަނީ ހަތަރު މަސް ވަންދެން އެކޮޅުގަ މަޑުކުރާގޮތަށް. ބައްޕަވެސް މި ދަތުރުގަ އަހަންނާއެކީ ދާނެ.
އެހެންވީމަ އަހަރެން ފުރައިން ދިއުމުގެ ކުރިން އެބަޖެހޭ ޒީންއަށް ގޮތެއް ހޯދައިދޭން..” ނާސިފް ވާހަކަ ދައްކަމުން ދިޔައީ ދެއަތް ފުރަގަހަށް ލައިން ހުރެއެވެ.

ނާސިފްގެ އަނގައިން ބުނަމުން ދިޔަ ކޮންމެ ޖުމުލައަކަށް ޒީންގެ ހށިގަނޑާއި މޫނަށް އަންނަމުންދާ ބަދަލުތަކަށް ނާސިފް ދިޔައީ ފަރުވާތެރި ކަމާއެކު ބަލަމުންނެވެ. ނާސިފްއަށް ފެނުނީ ނާސިފް އެހެން ބުނެލުމާއެކު ޒީން އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅާލި ތަނެވެ. ޒީންއަށް ކުޑަކޮށް ހުއްޓުން އެރިއެވެ. ޒީންގެ ފަރާތުން މިފަހަކަށް އައިސް ފެންނަންފެށި ބަދަލު ނާސިފްއަށް ނުހަނު ކަމުދިޔައެވެ. އަދި އެއީ މިވީހާތަނަށް ޒީންގެ ފަރާތުން ފެނުނު އެންމެ މަޖާ ބަދަލުވެސްމެއެވެ.

“ނާސިފްއަށް އުފާވެރި ދުވަސްތަކަކަށް އެދެން… އެހެންވީމަ ދެން އަހަރެން ރަށަށް ފޮނުވާ… އަހަރެންގެ ހިތްހަމަޖެހުމާ އުފާވެރި މާޒިމީއާ ނުފޮހެވޭ ހަނދާންތައް ވަނީ ރަށުގަ…. ކުރިންވެސް އުޅުނުގޮތަށް އަހަރެން ރަށުގަ އުޅެފާނަން… ކޮންމެހެން ވިޔަސް ނާސިފްގެ މިގޭގަ އަމުދުން ނާސިފްނެތި އަހަރެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެއްނު؟” ނާސިފްއަށް ރައްދު ދެމުން އަހަރެން ބުނެލީ ބޭނުންވާގޮތެވެ. އޭރުވެސް އަހަރެން ނާސިފްއަށް ބަލައި ނުލަމެވެ.

“ޒީން.. އަހަރެން އުންމީދު ކުރަން އަހަރެންގެ މައްޗަށް ޒީން އަބަދުވެސް ހިތްހެޔޮ ވާނެކަމަށް…” ނާސިފް ބުނި ވާހަކައިން ކުއްލިޔަކަށް އަހަންނަށް ބަލައިލެވުނީ ނާސިފްގެ މޫނަށެވެ.

“އަހަންނަށް މިހާރު އަހަރެން ބައްޕަގެ އެދުން ފުރިހަމަކޮށްދެވިއްޖެ. ހަމަ އެގޮތަށް ޒީންއަށްވެސް އާދިލްގެ އެދުން ފުރިހަމަ ކޮށްދެވިއްޖެކަމަށް އަހަންނާ ޒީންވެސް ގަބޫލުކުރާނީ.. ކައިވެނީގެ ސަބަބުން ކިތަންމެ ކުޑަ ދުވަސްކޮޅެއް އަހަރުމެންގެ ހަޔާތުގަ ވެފަވިޔަސް… އެމީހުން ބޭނުންވި ގޮތަށް ކަންތައްތައް ކޮށްދެވުނު ކަމަށް އަހަރެން ދެކެނީ… އަހަރެން ޒީންއަށް އަނިޔާވެރިއެއް ނުވަން… ބަދަލުގަ އޯގާތެރިވީ… މިހެން ކުރާ މަޖްބޫރު ކައިވެންޏަކީ އެއްގޮތަކަށްވެސް އުޅެން ފަސޭހަ ދިރިއުޅުމެއްނޫން…..” ނާސިފް ބުނި ވާހަކަ އަޑުއިވުމުން ވަގުތުން އަހަންނަށް އިސްޖަހާލެވުނެވެ.

އެއަށްފަހު ނާސިފް ދެއްކި ވާހަކައަށް ވިސްނަން އަހަރެން އިނީމެވެ. ރައްދުގައި އެއްވެސް އެއްޗެއް ބުނަން އަހަރެން ބޭނުން ނުވީ ކީއްވެކަމެއް އަހަންނަކަށް ނޭނގުނެވެ.

“އަން.. މިއޮތީ އަހަރެން ނިދާ އުޅުނު ކޮޓަރީގެ ތަޅުދަނޑި… ޒީންއަށް މުހިއްމު ބައެއް އެއްޗިހި އެކޮޓަރީގަ ހުންނާނެ…” ފަޓްލޫނުގެ ކުރިމަތީ ޖީބުން ތަޅުދަނޑި ނެގުމަށްފަހު ނާސިފް އެތަޅުދަނޑި އަހަރެންގެ އުނގުގައި ބާއްވާލިއެވެ. އެޔާއެކު އަނެއްކާވެސް އަހަންނަށް ބަލައިލެވުނީ ނާސިފްގެ މޫނަށެވެ.

“މީ… މި.. ކީއްކުރަން އަހަރެން އަތަށް؟ އެކަމު މީ ނާސިފްގެ ގެއެއްނު. އަހަރެން އަތަށްދިން ތަޅުދަނޑިފަތި ނާސިފްއާ ހަވާލުކޮށްފަ އަހަރެން ދާނީ ރަށަށް.” އަހަރެންގެ ފުރިހަމަ ނިންމުން ނާސިފަށް ކިޔައިދިނީމެވެ.

“ނޫން…. ތި ބާއްވާ… ޒީންއަށް ނޭނގުނަސް މިގެއަކީ ޒީންއަށް ވަރަށް ހާއްސަ ގެއެއް. ކޮންމެ ގޮތެއް ވިޔަސް ހަގީގަތަކީ… މިގެއަކީ އަހަންނާ އެއްވެސް ގުޅުމެއް ހުރި ތަނެއް ނޫން… މިގޭގަ މިއުޅުނީ ކުއްޔަކަށްވެސް ނޫން. ފުރަތަމަ ރޭވެސް އަހަރެން ބުނިންދޯ ގޭގެ ވެރިފަރާތުންނޭ ޒީންއަށް ތަޅުދަނޑިފަތި ހަވާލުކުރީ.” ނާސިފް ކޮންމެސް ވަރަކަށް ތަފްސީލުކޮށްދިނެވެ.

“އެކަމަކު…ކީއްވެ؟ ކިހިނެއް އަހަންނަށް މިގެ އެހާ ހާއްސަވީ؟… އަހަންނަކަށް ނުވިސްނޭ ނާސިފް ތިކިޔާއެއްޗެއް. ގޭގެ ވެރިފަރާތަކީ ކާކު؟ އަހަރެން ބޭނުން އެމީހަކީ ކާކުކަން އެނގެން. އެމީހަކާ ވާހަކަ ދައްކަން.” ހާސްވެފައިހުރެ އަހަރެން ނާސިފްގާތުން އެދުނީ ގޭގެ ވެރިފަރާތާ ބައްދަލުކޮށްދިނުމަށެވެ.

“އެންމެ ރަނގަޅު… އަހަރެން ވަރަށް އުފާވެއްޖެ. އަހަންނާ ޒީންގެ މިހަޔާތުގެ އެންމެ ފަހުވަގުތު އަހަރެންގާތު ތިވަރުގެ ކުޑަކުޑަ ކަމަކަށް އެދުނީތީ.. އަދި ތިއީ އަހަރެން ގާތު އެދުނު ފުރަތަމަ އަދި އެންމެ ފަހުގެ ކަންތައް ކަންނޭނގެ… އަހަރެން ތިކަން ފުރިހަމަކޮށްދެވޭތޯ ބަލާނަން..” ނާސިފް އަހަންނަށް ދިނީ ޔަގީން ކަމެވެ.

“އަހަރެން ފުރައިން މިދަނީ ޒީން އެކަނި މިގެއަށް ދޫކޮށްފައެއް ނޫން.. އަދި ޒީން ނިކަމެތި ކޮށްލާފައެއްވެސް ނޫން…. އަހަރެން އޮންނާނީ ޒީންގެ ފަރީދުބެއާ ވާހަކަ ދައްކާފަ… މިރޭ ނޫނީ މާދަން ނަމަވެސް އޭނަ ޒީންއާ ހަވާލުވާން އަންނާނެ… ދެން… ގޭގެ ވެރިމީހާއާ ބައްދަލުކުރަން މިއަދު ހަވީރު ހަތަރެއް ޖަހާއިރު މިތާ ޒީން މަޑުކޮށްލާ.. އަހަރެން ފުރުމުގެ ކުރިން އެކަންވެސް ހަމަޖައްސަދޭނަން. އެކަމު އެވަގުތު ޒީންއާއެކު އެހެން އެއްވެސް މީހެއް މިގޭގަ ހުރުމުގެ ބޭނުމެއް ނެތް.” ކަންކަން ކުރަންވީގޮތް ނާސިފް ކިޔައިދިނެވެ.

“މި ކިޔާލާފަ ގަބޫލު ކުރާތި… ތީގަ ތިއޮތީ އަހަރެންގެ އަތުން ލިޔެފަވާ ތެދު ހަގީގަތް.” ނާސިފް އެހެން ބުނުމަށްފަހު ފަހަތު ޖީބުން ކަރުދާސް ގަނޑެއް ނަގަމުން އަނެއްކާވެސް ޒީންގެ އުނގުގައި ބާއްވާލިއެވެ.

ހަމަ އެވަގުތު ނާސިފް ލަސް ހިނގުމެއްގައި ކޮޓަރިން ނުކުތެވެ. ފަސްއެނބުރި އަހަންނާ ދިމާލަށް ބަލައިވެސް ނުލައެވެ. ދޮރު ލައްޕާލުމަށްފަހު ނާސިފް ނުކުތުމުން އަހަރެންގެ ހަރަކާތްތަށް މަޑުޖެހިލިއެވެ. އެ ކަރުދާސްގަނޑު ހުޅުވާލަން އަހަރެންގެ އަތް ހަރަކާތްތެރިވި ނަމަވެސް އަނެއް ސިކުންތުގައި އަހަރެންގެ އެ ހަރަކާތްތައް އިރުކޮޅަކަށް ހުއްޓުން އެރިއެވެ.. އަހަރެންގެ ސިކުނޑިޔަށް ސަވާރުވި ވިސްނުންތަކެއްގެ ސަބަބުންނެވެ.

“މިކޭކް މިއީ…. މިގޭގެ ވެރިމީހާ މިކައިވެންޏަށް އަހަންނަށާ ޒީންއަށްދިން ހަދިޔާއެއް. ދެން މި….. މިޕާރސަލްމީ ހަމައެކަނި ޒީންއަށް ދީފަވާ ހަދިޔާއެއް. ކޭކް ފަޅާފަ ހަދިޔާ ބަލައިލަންވީނު؟”

މިއީ ކައިވެނި ކުރެވުނުރޭ އަހަންނާ ދިމާލަށް ނާސިފް ބުނެލި ވާހަކައެވެ. އެރޭވެސް ނާސިފް ބުނީ ގޭގެ ވެރިމީހާގެ ވާހަކައެވެ. އެއީ ކާކު ހެއްޔެވެ؟ އަނެއްކާވެސް އަހަރެންގެ ހިތަށް އައީ ދާދި ދެންމެއަކު ނާސިފް ބުނެލި ވާހަކައެވެ.

“ގޭގެ ވެރިމީހާއާ ބައްދަލުކުރަން މިއަދު ހަވީރު ހަތަރެއް ޖަހާއިރު މިތާ ޒީން މަޑުކޮށްލާ.. އަހަރެން ފުރުމުގެ ކުރިން އެކަންވެސް ހަމަޖައްސަދޭނަން. އެކަމަކު އެވަގުތު ޒީންއާއެކު އެހެން އެއްވެސް މީހެއް މިގޭގަ ހުރުމުގެ ބޭނުމެއް ނެތް.”

އަހަރެން ކުއްލިޔަކަށް ބިރުގަތެވެ. މިބޮޑުގޭގައި ނުދަންނަ މީހަކާއެކު އެކަނި މަޑުކުރަން ޖެހުމަކީ އަހަރެން ނުހަނު ޖެހިލުން ވާނެކަމެކެވެ. އެހެން ނަމަވެސް އަހަރެން މިކަމާ ކުރިމަތިލާން ޖެހެއެވެ. އަހަންނަށް މިވަރުގެ ހިމާޔަތެއް ހޯދައިދިން މީހެއްގެ ހަގީގަތް ހޯދަން އަހަރެން ބޭނުމެވެ. ހިޔާލުތަކުގެ ތެރެއިން އެއްކިބާވަމުން ނާސިފް ދިން ގަނޑުކޮޅު ނަގާ އަހަރެން ހުޅުވާލީމެވެ.

“އަހަންނާއެކު ޒީން ހޭދަކުރަން ޖެހުނު އުފަލެއްނެތް ހިތްދަތި ދިރިއުޅުމަށް މަޢާފަށް އެދެން. އަހަރެންގެ ފަރާތުން ހިތާމައެއް ލިބިފައި ވާނަމަ އެކަމަށްވެސް މަޢާފްކުރާތި. އުންމީދު ކުރަނީ މިއަދަށްފަހު އަހަންނާ ނުލާ ކުރިޔަށްއޮތް މުސްތަގްބަލުން ޒީންއަށް އުފާވެރި ހަޔާތެއް ލިބޭނެކަމަށް. މިއަދު އަހަރެން ޒީން މި މިނިވަންކޮއްދެނީ ޒީންގެ އެންމެ ބޮޑު އުފަލާ ހިތްހަމަޖެހުމަށް އަހަރެންގެ މިނިންމުން ވާނެތީ. ހެޔޮހިތުން ބުނަން.. މިއަދަށްފަހު ޒީންތީ އަހަރެންގެ އަތްނބެއް ނޫން.”

އަހަރެން އަތުން އެކަރުދާސްގަނޑު ދޫވެގެން ވެއްޓުނެވެ. އަހަރެންގެ ހަރަކާތްތަކާއި ހިތުގެ ވިންދު މުޅިން ހުއްޓުނުހެން އެވަގުތު ހީވިއެވެ. އަހަރެންގެ ދެލޮލުން ކަރުނަ ފައިބަންފެށީ ދާދި އަވަހަށެވެ. ކުއްލިޔަކަށް އަހަރެން ހަނދާންވީ މާޒީއިން ވަގުތުކޮޅެކެވެ.

“ޒީން!… އަހަންނަށްވެސް އެނގޭ މިދުވަސްކޮޅު ޒީންއަށް ހުރެވޭނީ ވަރަށް ފާޑަކަށްކަން… އެކަމު ގަބޫލު ކުރަންވާނެދޯ މިހާރު ދެން ތި ނޫން ގޮތެއް ނެތްކަން.. އެންމެންނަށްވެސް އެބަ އިނގޭނު ޒީންވެސް ތިކަމާ އެހާ ނުގަބޫލުކަން. މިހާރު ކައިވެނި ކުރަން ހަފްތާއަކަށްވީ.. މާދަމާ ތި ފުރަނީ މާލެދާން.” ނަތޫ ވާހަކަ ދެއްކީ ފަރީދުމެން ގޭ ގޯތި ތެރޭގައި ހުރެއެވެ.

“ނަތޫ… އެންމެންވެސް ތިކިޔަނީ އެކައްޗެއް.. އެކަމަކު އަހަރެން ނެތޭ އެކައިވެނި ކުރާހިތެއް.. ހަމަ ގައިމުވެސް އަހަރެންގެ ރުހުމުގަ އަހަރެން ބޭނުންވެގެން ކުރާނެ ކަމެއްނޫން އެއީ… ފުރަންވާ އިރުވެސް އަހަރެން މިހުންނަނީ އިޝާލްއާ ބައްދަލުކޮށްލަންވެސް ނުކެރިފަ… ނަތޫއަށް އިނގޭނެ… އިޝާލްއާ ނުލާ އަހަރެން ކިހިނެއްތަ އެހެން މީހަކާއެކީ ދިރިއުޅޭނީ؟..” މާޔޫސްވެފައިހުރި އަހަރެން ގޭގެ ފާރުގައި ކޮނޑާއި ބޯޖައްސާލައިންހުރެ ބުނެލީމެވެ.

“ޒީން… ދެން ތި ކައިވެނި ކުރޭ… ފަހަރެއްގަ ނާސިފްއަކީ ޒީންއަށް ވަރަށް އޯގާތެރި ފިރިއަކަށްވެސް ވެދާނެ. މިހެން ރަށަށް އައިސް އުޅޭއިރުވެސް އޭނަ ކިހާ އަޚްލާގު ރަނގަޅު.. މީހުންނަށް ކިހާ އިހްތިރާމް ކުރޭ… ދެން ނާސިފްގެ ބައްޕަ… ހަމަ އެއައީ ޒީން ބަލާ މިރަށަށް… އަހަންނަށް ހީވަނީ ނާސިފްގެ އާއިލާވެސް ރަނގަޅު ވާނެހެން. އަހަރެން މިހެން ބުނަން ބޭނުން ނުވިޔަސް ބުނަންތަ؟ ޒީންއަށް ނާސިފްގެ ލޯބި ލިބިއްޖެއްޔާ އިޝާލް މަތިން ހަނދާންވެސް ނުވާނެ… މިހެން ބުނެވުނީތީ ސޮރީ… އެކަމު މީހުން ބުނޭ ލޯތްބަކީ ޖާދޫއެއްފަދަ އިހްސާސެކޭ..” ކޮންމެހެން ނާސިފްއާ ގުޅުވަން ބޭނުން ނުވިޔަސް އެންމެ ފަހުވަގުތު ނަތޫ ބެލީ އަހަންނަށް ވިސްނައިދެވޭތޯއެވެ.

ޚިޔާލު ތަކުން އެއްކިބާވަމުން، ކުއްލިޔަކަށް އަހަރެން ފައިގާ އަޅާފައިވާ ރަޖާގަނޑު ދުރަށް އެއްލާލަމުން ފާހާނާއަށް ވަނީ އަވަސް އަވަހަށް ރީތިވެލުމުގެ ގޮތުންނެވެ. އަހަރެންގެ ހަރަކާތްތަކުގެ އަވަސްކަމާއެކު ވެވުނުގޮތަކަށް އަހަރެން ރީތި ވެލީމެވެ.

ހިނދުކޮޅެއްތެރޭ އަހަރެން ވަރަށް ބާރަށް ކޮޓަރިން ދުވެފައި ނުކުތީމެވެ. ހަމަ އެ ބާރު މިނުގައި ގޮސް ބެލްކަނިން ތިރިއަށް ބަލާލީމެވެ. ނާސިފް ފެނޭތޯއެވެ. އެހެނަސް ނާސިފް ފެންނާކަށް ނެތެވެ. ފެނުނުހާވެސް އެއްޗަކީ ނާސިފްގެ ކާރު ހަލުވި މިނުގައި ކުރިޔަށް ދުއްވާފައި ގޮސް އޮބާލިތަނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އައިނާ (3) 6

Next

ނަފުރަތުން ލޮތްބަށް 1

Next
November 2, 2023

ނަފުރަތުން ލޮތްބަށް 1

Previews
October 31, 2023

އައިނާ (3) 6

22 Comments!

  1. Ifoo says:
    November 2, 2023 at 12:11 am

    Maasha Allah ❤️.. Vvv Reethi mi part vs.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊
    Maa avahah nimenee Ehaa kiyaalaa hithun kiyaalaa irah.. Vedhaane dhw maa kiyaa hih veema heevaa goi kamah vs😅
    One again mi Part Vv reethi
    Saleen ah avas sifaa akah edhn.. Take care igey 😊

    1. Shaleen says:
      November 2, 2023 at 7:00 am

      Thanks ifoo
      Yeah next part ves Hama Monday ah up kolleveytho balaanan in sha Allah.
      Aslu kiyaa hithun innaathee Hama nimmaalan beynun nuvanee hen shaleen ah ves heevanee.
      In sha Allah shaleen GE haalu v avahah rangalhu vaane.
      Thanks again dear

  2. love imko 💕💕 says:
    November 2, 2023 at 5:20 am

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama
    Once again varha reethi mi part vex
    Shaleen sis ge vaahaka libuneema varha ufaaveje
    Shaleen sis ah avas sifaa akah edhen
    I also varha Bali

    1. Shaleen says:
      November 2, 2023 at 7:03 am

      Thanks imko
      Next part will be on next Monday in sha Allah
      Shaleenves v ufaavey shaleen ah dhevvaa support ah.
      And thanks for the 🙏.. also imko ahves Avas shifa akah edhen
      Again thanks

  3. Nadhoo says:
    November 2, 2023 at 10:47 am

    alhey noon….. naasif aa zeen dhuru nukureyyy….kihineh baa vaan miulheni ehaa curious kohlaafa nimaalai thi inthizaaruga hunaanan kiyaa hithun

    1. Shaleen says:
      November 2, 2023 at 10:53 am

      Thanks Nadhoo for the comment
      Shaleenves v dheravey mi vhk GA Naasif AA zeen dhurukollan jehuneema.
      Ekamaku mi vhk Hama kuriyah gendhan hama jehifa in gothah mihisaabah ai iru vhk gosfa mi inee..
      Pls wait for the left parts
      Mihaaru baakee innaanee mi vaahakaige 5 parts…
      Total 50 parts Inna vhk eh.
      So adhives shaleen ummeedhu kuran Nadhoo ves ehen kudhinves vhk GE EMME FAHU JUMLA aa hama ah vhk kiyaalumuga kuriyah dhaane kamah..
      THANKS AGAIN

  4. LIM🖤 says:
    November 2, 2023 at 11:56 am

    Vrh reethi mi part vx vrh reethi ekm hithah eri gotheh noon mi vy kee ekm dhn kuraane kameh neiy..gey veri meehaa aky ishaal kannenge
    Heevanee ingey 🙃
    Ones again shaleen ge vhk thah v reethi abadhu vx 🥰♥️

  5. Shaleen says:
    November 2, 2023 at 12:38 pm

    Thanks Lim
    Oohhh… V dherakoh dho mi dhimaavee.
    Zeen divorce veema.
    Geyge verimeehaa ishaal ???
    Let’s see dho
    Next part ah inthizaaru kuramaa..
    Thanks dear

  6. vempire girl says:
    November 2, 2023 at 12:58 pm

    Maasha Allah mi part ves varah varah reethi…. Alhey naasif nashafa aa marry kurythr???? Dhen e geaky ishaal zeen ah dhin geyeh dhw???? Kyhvethr Komme faharaku curious kohlaafa nimmaalany???? Dhn abadhu beleyny mi vhk up vefa in thw… Monday ga up vaane kan ingey iruves….. Mee hama 💯 ge vaahaka eh…. Once again maasha Allah mi part ves varah varah reethi and balikoh ulhemun vx vaahaka up kohdheythy varah varah varah ufaavey… Shaleen ah avas shifa akah edhen🤲….
    💓💓LYSM💓💓

    1. Shaleen says:
      November 2, 2023 at 2:29 pm

      Ohh my girl … Thank you so much ingey mioh baru comment ah..
      V dhuvaalu thah ebahuri dho….
      Naasif nashfa ge gulhun ????
      Geyge verimeehaa …… ???
      Let’s see dho mi vaahakaiga kuriyah huri baithah kihineitho mi vanee balaalan…
      Baakee 5 part in mulhi vaahaka nimeyne in sha Allah…
      Ummeedhu kuran vaahakaige fahu jumlaves hifattaalaane kamah…
      Aan curious kollaafa nimmaalaathee dho?? Shaleen GE readers eba jehey shaleen kair vhk nimendhen gengulhen..
      Ehenve curious kollaafa nimmaalanee..
      Oh ehenveema dhuvah vure kuriyah inthizaaru kuraatheeve shaleen beynun surprise eh dheyn kommes dhuvahakun
      Part eh up kolla dheynan ehnveema dhuvahah noonas ingey .. in sha Allah.
      💯 Ge vaahaka ekey buneema ufaavejje nulaahiku… Ekam shaleen akee school exams GA vhk liyumun zero libunu meehei.. ekam readers ah shaleen GE vaahaka kamudhaathee mihaaru ingey one ge fahathah dhe zero laafa 100 libeykan. . Thanks my girl… V ves ufaavejje.

      Yeah .. balikoh ulhunas readers dheke v loabi vey.. v bodah miss vey..
      Lysm dear

  7. Lily says:
    November 2, 2023 at 7:19 pm

    Heyyyy myyy loabivaaa sissssss
    Busy vegen handhaan vx neh miadhu vahka kiyan libey kan😭😭
    Adhi nukiyan ingeyyy kiyaalaafa fahun cmnt eh kohlaanan😭
    Hope u willl wait for my comment

    1. Shaleen says:
      November 2, 2023 at 11:30 pm

      Hiiiiii my loabivaa Lily
      It’s okayyyyyy… Hama free velaafa vhk kiyaaleema shaleen ah hama okay.
      Dhen lily ge comment ah wait kuran nubunyasss asluuu Hama v v v wait kurevey Lily ge comment ves libeyne kamah..
      So I am waiting bodu koh and kudakohvesss.

  8. Lily_. says:
    November 3, 2023 at 7:24 am

    Alheyy vrh ufaavehje lily ge cmnt ah unmeedhu kuraa kan ingunymaa😘 as usual vahaka hama vrh reeethii❤️❤️ keep going your hard work my sisss💗 dhen mihaaru heevey eba zeeenge dhiri ulhumah dhirumen annan ulheyhen😂 Naasif karudhaas kolhehga liyefa dhinyma heevany vrh ladhu raki meeheh hennn🤓🤓 i don’t know why ethan kolhu lily ah hama vrh faahaga vi😆

    1. Shaleen says:
      November 3, 2023 at 10:03 am

      Kobaa hurihaa comment publish vejje dho shaleen approve ah jahaaleema.
      Yeah aslu thihen regular comments dhey kudhin v miss vaane hama. Emme part egga comment eh nukolliyas. Gaimuves shaleen ah vanee ehen.
      Dhen zeen ge dhiriulhun kuriyah dhaagoiy balaalamaaa dho..? Hama inthizaaru kollaashey buneveynee.. adhives vaahakaige EMME FAHU 5 parts ah…
      So hingaabala next part in balaalamaa Naasif kyvvetho egothah zeen vari kuree… ???
      Let’s wait dho….

      Thanks again Lily for the comment

  9. Lily_. says:
    November 3, 2023 at 7:28 am

    Vrh ufaavehje lily ge cmnt ah unmeedhu kuraa kan ingunymaa😘 as usual vahaka hama vrh reeethii❤️ Masha Allah.. Keep going your hard work my sisss💗 dhen mihaaru heevey eba zeeenge dhiri ulhumah dhirumeh annan ulheyhen😂 Naasif karudhaas kolhehga liyefa dhinyma heevany vrh ladhu raki meeheh hennn🤓 I don’t know why ethan kolhu lily ah hama vrh faahaga vi😆

  10. Lily_. says:
    November 3, 2023 at 7:30 am

    Shaleeenn siiiisssss??
    Alhugandu mihaaru 2 faharu cmnt kohfin ekm fennaaakah neh😭😭

    1. Lily_. says:
      November 3, 2023 at 7:32 am

      Mi cmnt vehje dhww
      Anehka 3 vana faharah eba kohlan😭😂

  11. Lily_. says:
    November 3, 2023 at 7:35 am

    Vrh ufaavehje lily ge cmnt ah unmeedhu kuraa kan ingunymaa😘 as usual vahaka hama vrh reeethii❤️ Masha Allah.. Keep going your hard work my sisss💗 dhen mihaaru heevey eba zeeenge dhiri ulhumah dhirumeh annan ulheyhen😂 Naasif karudhaas kolhehga liyefa dhinyma heevany vrh ladhu raki meeheh hennn🤓 I don’t know why ethan kolhu lily ah hama vrh faahaga vi😆
    (mi comment publish nuvihyaa dhen cmnt eh nukuraanan😭😭)

  12. Lily_. says:
    November 3, 2023 at 7:37 am

    Whaattt kihineh mi vany????😭😭
    3 faharu kohfin mihaaru
    Aslu vahka ah kuri cmnt fiyavaa hurihaa cmnt eh published dhww?? 😭

    1. Shaleen says:
      November 3, 2023 at 10:06 am

      Yeah baeh faharah kuraa comments hurey pending ga.
      Dhen shaleen ah innaane e comments approve kolleven.
      Eyrah vaguthun publish vaane.
      Shaleen Hama check kuran pending ga ves comments hureytho

  13. Lily_. says:
    November 3, 2023 at 7:40 am

    Mi cmnt vx publish vaane ekm lily vahaka ah kura cmnt eh nuvey🤣🤣

    1. Shaleen says:
      November 3, 2023 at 9:54 am

      Ok don’t worry Lily.
      I can approve it Hama shaleen ah libifa ineeya.
      Chk kollaafa approve kollaanan.
      Eyrah comment box in fennaane

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 46←


All Right Reserved!