Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 36

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
October 2, 2023 4 Mins Read
6 Comments

އެނދުގައި އޮށޯއްވެލީ އިޝާލްގެ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުމުންނެވެ. ނާސިފްއާ ކައިވެނި ކުރިކަމުގައި ވިޔަސް ޒީންއަށް ދުވަހަކުވެސް އިޝާލްމަތިން ހަނދާން ނައްތާ ނުލެވޭނޭކަން ދެންމެ އިޝާލްއަށް ޔަގީންވިއެވެ. ކުރަމުންދިޔަ ހިތާމަތަކަށް ފަރުވާއެއް ދިނުމުގެ ގޮތުން އިޝާލް އޭނާގެ އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. ވިސްނަމުންދިޔަ ހުރިހާ ތަގައްޔަރު ވިސްނުންތަކަކުން ދުރަށް ދިޔުމުގެ ފުރިހަމަ ޖޯޝާއެކު އިޝާލް ލޯމަރާލީ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުންނެވެ. ހިތްވަރު ކުރުމުގެ އަޒުމާއެކު އަމިއްލަ ސިކުނޑިޔާ ހަނގުރާމަ ކުރުމަށް ތައްޔާރު ވަމުންނެވެ. ޒީންއާ ހަނގުރާމަ ކުރަން އިޝާލް ތައްޔާރު ވަނީއެވެ. މިކަމުގައި ނާސިފްއާ ހަނގުރާމަ ކުރުމަކީ އިޝާލް ބޭނުންވާ ގޮތެއް ނޫނެވެ. އަނެއްކާވެސް ހިނިތުންވުމުގެ އިޝާރާތެއް އިޝާލް އޭނާގެ ތުންފަތަށް ދެމުންދިޔައީ ލޯމަރާލައިން އޮވެއެވެ.

“ޒީން… ހުއްޓާލާ… އަންހެން ކުއްޖަކު ތިހެން ރޯތަން ބަލަން އަހަންނަށް ފަސޭހައެއް ނޫން. ޒީންގެ ހިތުގަ އަހަންނާ ދޭތެރޭ ނަފްރަތުގެހުޅު އަނދަމުންދާކަން އަހަންނަށް އިނގޭ. އެކަމަކުވެސް…. ޒީން….. އަހަރެންގެ ވާހަކަ ގަބޫލުކުރޭ.. ޒީންގެ ރުހުމާ ނުލާ އަހަރެން ޒީންގައިގަ އަތްވެސް ނުލާނަން. އެހެންވީމަ އަމިއްލައަށް ކޮންޓްރޯލް ކުރަމުން ތިރުއިން ހުއްޓާލާ…” ޒީންއަށް ރޮވޭތަން ބަލަން ނާސިފްއަށް ކެތެއްނުވެއެވެ. އެހެންކަމުން ނާސިފްގެ ނަޒަރު ހުއްޓާލާފައިވަނީ މުޅިން އެހެން ދިމާލަކަށެވެ.

“ޒީން… އަހަރެންގެ ވާހަކަ އަޑުއާ… އަސްލު ތަގްދީރަށްޓަކާ ހުރިހާ އެއްޗެއް ދޫކޮށްލީ ޒީން އެކަންޏެއް ނޫން. އަހަރެންވެސް…. އަހަރެންވެސް މިހުރީ ހަމަ ޒީން ތިހުރި ހާލަތުގަ.. މިއޮތީ އަހަރެން ޒީންއަށް ދިން އަނގޮއްޓި…. ޒީން ބޭނުން ގޮތެއް ހަދާ… އަހަންނަށް އެނގޭ ފުރަތަމަވެސް މި ފެނުނު ވަގުތު ޒީންއަށް ގަބޫލު ކުރަން އުނދަގޫވިކަން…. މި އަނގޮއްޓި އަހަރެން މި ޑިޒައިންއަށް ހެދުވީވެސް ވަރަށް ހާއްސަ ސަބަބެއް އޮތީމަ. އެހެން ނޫންނަމަ، މިރޭ އަހަރެން ޒީންއަށް ދޭނީ މިކަހަލަ ނުސީދާ މާނައެއް ނެގޭ އަނގޮއްޓިއެއް ނޫން… ޒީން!… އަހަރެންވެސް ހަމަ ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި… އަހަންނަށް އެކަން ކުރެވެން ނެތީ… އެހެންވީމަ އަހަންނާ ޒީންގެ ހިތް މިއޮތީ ދާދި އެއްގޮތަކަށް ފުނޑު ފުނޑުވެފަ. މި އަނގޮއްޓި މާނަކޮށްދެނީ އެވާހަކަ…. އަހަރެންގެ އުމުރުން ސާދަ އަހަރުގަ ބައްޕަވަނީ އަހަންނަށް މި ކައިވެނީގެ ވާހަކަ ބުނެދީފަ…. ކަންތައްތައް ހިނގި ގޮތާ، މިހެން މިކަން ނިންމަންޖެހުނު ސަބަބު ބުނެދިން…. އަހަންނަށްވެސް ޒީންއަށްވެސް މިނޫންގޮތެއް ނެތީމަ މިހެން މިކަން ވާންޖެހުނީ.” އަނގޮޓިއަށް ބަލަންއިނދެ އިޝާލް އޭނާގެ ޑައިރީން ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ.

“ބައްޕަ އެވާހަކަތައް ދެއްކި ދުވަހު އަހަރެން ވަރަށް ދެރަވި… ވަރަށް ރުއިން…. ގިނަ ދުވަސްތަކަކަށް އަހަރެންގެ ކިޔެވުންވެސް ހުއްޓުނު…. އަހަރެން އެހާ ލޯބިވާ ކުއްޖަކާ ދުރަށްދާން ޖެހުންވީ…. އަހަންނަށް ކެތްކުރަން އުނދަގޫ ކަމަކަށް.. އެކަމަކު އަހަންނަށް އަހަރެންގެ ބައްޕަ ބުނާގޮތް ނުހަދާ އުޅެވޭނެ މަގެއް ފެންނާކަށް ނެތް… އަހަރެން ވިހައިން ހަވަނައަށް ވީދުވަހު އަހަރެންގެ މަންމަ ނިޔާވީ…. ދެން މާމަގެ އެހީއާއެކު އަހަރެންގެ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެންގެ ބައްޕަ…. އެހެންވީމަ ބައްޕައަށްޓަކާ އަހަރެން އަހަރެންގެ ލޯބި ވަޅުލީ…. އަހަންނަށް ލޯބި ވެވުނީ ބައްޕަގެ ބުނާގޮތުންނަމަ، ވިޔާނުދާ ކުއްޖަކާ… އެހެންނޭ ކިޔާފަ އެއަންހެން ކުއްޖާއަށް ބޭވަފާތެރިވީވެސް އަހަރެން.. ހަގީގަތުގަ އެއީ ވަރަށް ރަނގަޅު ކުއްޖެއް.. އޭނާގެ އެއްވެސް ކުށެއްނެތް… އެކުއްޖާ އަދިވެސް އަހަރެންގެ އިންތިޒާރުގަ އެބަހުރި…. ޒީން! އަހަންނަކީ ވަރަށް ގޯސް މީހެއް. އަންހެން ކުދިންގެ ހިތަށް ވޭންދެމުން… އޭގެ ރަހަވެސް އަމިއްލައަށް މިލިބިގަންނަނީ. ދެން ކޮބާ ތިބުނާ ތަގްދީރުން އަހަންނަށްވެސް ލިބުނު އުފަލަކީ؟ ” އެހިސާބަށް ވާހަކަދެއްކުމަށްފަހު ނާސިފް ކުރިޔަށް ހިނގައިގަތެވެ.

ތަންކޮޅެއް ދުރުގައި ނާސިފް ހުއްޓިލައިން ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. އަހަންނަށް މިއިވުނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ މީގެ ކުރިން އަހަރެން ހީކުރީ ނާސިފް އުޅެނީ އަހަންނާ ހިތާވެގެން ކަމަށެވެ. އަހަރެންގެ ނުރުހުމުގައި އެއް ކަމެއްވެސް ނުކުރަނީ އޭގެ ބަދަލުގައި އަހަރެންގެ ރުހުމާއި ލޯބި ހޯދަން ކަމަށް އަހަންނަށް ހީކުރެވުނެވެ. އެހެނަސް މިއީ ތަފާތު ވާހަކައެކެވެ. ކޮންމެ ގޮތެއްގައި ވިޔަސް އަހަރެންގެ ކަރުނަތަކަށްވުރެ ނާސިފްގެ ކަރުނަތަކުގެ އަސަރު ގަދަވާނެއެވެ. އަހަރެން ހައިރާންވީ އެހުރިހާ ކަމަކާއެކުވެސް ނާސިފްގެ ހިތްވަރުގަދަ ކަމުންނެވެ. އޭނާގެ ހިތްތިރިކަމާ މަޑުމައިތިރި މިޒާޖުގެ ސަބަބުންނެވެ. ނާސިފަކީ ހާދަހާ ކެތްތެރި އިންސާނެކެވެ. ބައްޕަގެ ގުރްބާނީގެ ބަދަލުގައި ނާސިފް އޭނާގެ ހަގީގީ ލޯބި ގުރްބާންކުރީއެވެ.

ޒީންގެ ގޮތުގައި އަހަންނަކީ ވަކި ޝަހުސިއްޔަތެކެވެ. އަހަރެން އަބަދުވެސް ބަލަނީ ނާސިފް ރުޅިއަރުވާލެވޭތޯއެވެ. އޭނާގެ ހިތުގަ ޖައްސާލެވޭތޯއެވެ. އަހަންނަކީ މިޒާޖުގެ ގޮތުން ތަފާތު މީހެކެވެ. މީގެ ކުރިން އަހަރެން ހީކުރީ އަހަރެންގެ ލޮލުން ފައިބާ ކަރުނައަށްވުރެ އަސަރުން ފުރިފައިވާ ވޭނީ ކަރުނައެއް ނުވާކަމަށެވެ. އަހަންނާމެދު އަހަރެން ހައިރާން ނުވިޔަސް އެހެން މީހުން ހައިރާންވެދާނެއެވެ. އަހަރެންގެ ހިތްވަރެއް ނެތެވެ. ހިތްތިރިކަމާ މަޑުމައިތިރި މިޒާޖަކީ އަހަރެންގެ ފަރާތުން ނާސިފްއަށް ފެނުނު އެއްޗެއް ނޫނެވެ. އަހަރެންގެ ލޯބި ގުރްބާންކުރީ އަހަރެންގެ ބައްޕައަށްޓަކާ ނަފްރަތުގެ ގިނި އަނދައަނދާ ހުރިހާލުގައެވެ. އަހަންނާއި ނާސިފް އަޅާކިޔާނަމަ ހުރިހާ ގޮތަކުންވެސް ރަނގަޅީ ނާސިފެވެ. މިހާރު އެކަން ގަބޫލުކުރަން އަހަންނަށް މަޖުބޫރެވެ.

“މިތާ ދެން މާގިނައިރު ތިބުމުގެ އެއްވެސް ބޭނުމެއް ނެތް. ޒީން!!!… ޒީން ނުދެކެމެއްނު ތީ އަހަރެންގެ އަތްނބެއް ގޮތަކަށް. އެހެންވީމަ މިރޭވެސް… ކޮންމެދުވަހަކުވެސް ހިތްހަމަޖެހިލައިން އުޅޭ. އަހަރެންގެ ފަރާތުން ޒީންއަށް އެއްވެސް ގޯނާއެއް ނުކުރާނަން. އަދިވެސް އެއްފަހަރު ބުނެލަން.. ޒީންގެ ނުރުހުމުގަ އަހަރެން ޒީންގައިގަ އިނގިލިކުރިވެސް ޖައްސާނުލާނަން. މީ ހަމައެކަނި ކަރުދާސްގަނޑެއްގަ ލިޔެވިފައޮތް ކައިވެންޏެއް.. ޒީން… އެކަމަކު އަހަރެން މިރެއިން ފެށިގެން ޒީންއަށް ޖާދުވީ ހިޔާވަހިކަމެއް ދޭނަން. ކޮންމެސް ދުވަހަކުން ޒީންއަށް ހަގީގަތް ފަޅާއަރާނެ. އެދުވަހަކުން ޒީން އަހަރެންދެކެ ލޯބިނުވިޔަސް، އަހަރެންމަތިން ވަރަށް ހަނދާންވާނެ. އަހަރެންފަދަ ފިރިއެއް ލިބުނީތީ އުފާވެސް ކުރާނެ… އަހަންނާ ދޭތެރޭ ހަމްދަރުދީ ވާންފަށާނެ. އެއީ އަހަންނަށް އެނގޭކަމެއް….. އެކަމު އޭރުން އޮންނާނީ ވަގުތު ފާއިތުވެފަ… ހިނގާ ދާން.” ޒީންގެ އެއްވެސް ހިޔާލަކަށް ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނާސިފް ހިނގައިގަތީ ކާރެއް ހޯދުމަށެވެ.

ދަންވަރުގެ ކަނު އަނދިރީގައި ނަތޫއިނެވެ. ސިޓިންގް ރޫމްގެ ސޯފާގައެވެ. އެހަމަހިމޭން ކަމުގެ ވަގުތުގައި އެކަނިމައި އެކަނި ނަތޫ އިނީ ހަމަގައިމުވެސް ފިކުރެއްގައެވެ. އޭނާގެ ލޮލުން ނިދީގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ.

“ދަރިފުޅާ ނަތޫ!… މިގަޑީގަ މިތާ؟ އަނެއްކާ ކިހިނެއްވީ؟” ޖައުފަރު ހައިރާންވެފައި އަހާލިއެވެ.

މީގެ ކުރިން ނަތޫއަކީ ނިދަން ވަނުމަށްފަހު ކޮޓަރިން ނުކުންނަ ކުއްޖެއް ނޫނެވެ. ގިނަފަހަރަށް އަނދިރީގައި އެކަނި ހުންނަން ނަތޫ ބިރުގަނެއެވެ. އެހެނަސް މިރޭ ނަތޫގެ ކިބައިން ފެންނަ ކަންކަން ތަފާތެވެ.

“ބައްޕާ!… އަހަރެން ވިސްނާލަނީ… އަހަންނަށް އުނދަގޫވަނީ.. ހީވަނީ، މިރޭ އިޝާލް ނޫނީ ޒީންއަށް ކޮންމެސް ކަމެއް ވެދާނެހެން. އެދެމީހުން އެހާ ލޯބިން އުޅެފަވެސް ކައިވެންޏެއް ނުކުރެވުނު….. މިހިރީ ކަންތައްވާގޮތް. އަހަރެން ދުވަހަކުވެސް ހީނުކުރަން އެދެމީހުން ވަކިވާން ޖެހޭނެކަމަށް. އެދެމީހުންނަކީ އަހަރެންގެ އެންމެ ގާތްމީހުން. އެހެންވެ ހޭލާ ހުރެވެސް އަހަންނަށް އެކަމާ ވިސްނެނީ… އެއިން މީހަކަށް ދެރަވެގެންގޮސް ގޮތެއް ވެދާނެތީ” ވައިގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން ނަތޫ ކިޔައިދިނެވެ.

“ބައްޕާ! މަންމަ ޕެރަލައިޒްވެ، އެނދުމަތީ އޮންނަން ޖެހުނީމަ އަހަރެން މާލެވެސް ނުދިޔައީ… މަންމަ ދޫކޮށްލާފަ އަހަރެން ދިޔައިމަ ކިހިނެއް ގޭތެރެ ބަލަހައްޓާނީ… އަހަންނަށް ޕާޓީއަށް ނުދެވުނީމަ، އަހަރެންގެ އުޒުރު ޒީން ގަބޫލުކުރާނެ ކަންނޭނގެ.” ނަތޫއަށް ޕާރޓީއަށް ނުދެވުނު ސަބަބާއެކު ޖައުފަރަށް ކިޔައިދިނެވެ.

“ދަރިފުޅާ! ދެން މާބޮޑަށް ތިކަމާ ނުވިސްނާ.. އެމީހުން މިހާރު އެތިބީ ނަތޫއާ މާދުރުގައެއްނު. ނަތޫ ބަލާބަލަ ނަތޫއަށް ތިކަންކަމާ ނުވިސްނާ އުޅެވޭތޯ. އަވަހަށްދޭ…. ދެންގޮސް ނިދާލާ..” ނަތޫގެ ކޮނޑުގައި ފިރުމާލަމުން ޖައުފަރުބެލީ ހިތްވަރުދެވޭތޯއެވެ.

ފިނިފިނި މާހައުލުން ޖެހެމުންދިޔަ ވައިރޯޅިތައް ޒީންއާ ނާސިފްގެ ގައިގާ ބީހިލަންފެށީ ކާރުން ފޭބުމާއެކުގައެވެ. ކާރަށް އެރިގޮތަށް ނާސިފް ބުނި އެޑްރެސް އަހަންނަށް މާރަނގަޅަށް އެވަގުތު ސާފެއް ނުވިއެވެ. މިއީ އަހަންނަށް މުޅިން އާއަވަށެކެވެ. ކާރުން ފޭބިގޮތަށް މިސަރަހައްދުގެ އެކި ދިމަދިމާލަށް އަހަރެން ބަލަމުން ގެންދިޔައީމެވެ. ހައިރާންވެފައި ހުރެއެވެ. އުސް އިމާރާތްތަކުން މުޅި މާހައުލުވަނީ ވަށާލާފައެވެ.

ކާރުން ފޭބިގޮތަށް ނާސިފްގެ މިސްރާބު ހުރީ ހަތަރު ފަންގިފިލާގެ އުސް އިމާރާތަށެވެ. ބަލާބެލުމަށް އެއީ ޖާގައިގެ ގޮތުން ތަނަވަސް ގެއެކެވެ. މުއްސަންޖެއްގެ މިލްކިއްޔާތުގައިވާ ޗާލު ގެއެކެވެ. ހަމަޖެހިލައިން އުޅެލެވޭނެފަދަ ހިތްގައިމު އެތައްކަމެއް އެގޭގެ ބޭރުން ބަލައިލާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ކޮންމެ ފަންގިފިލާއެއްގެ ބެލްކަނީގައި އެކި ކުލަކުލައިގެ މާއަޅާ ރީތި ގަސްތައް އިންދާފައިވެއެެވެ.
ވެއްޓަށް ޖެހެމުންދާ ކޮންމެ ވައިރޯޅިއަކަށް އެކި ހުނަރު ދައްކަމުން ގަސްތައް ނަށަމުންދެއެވެ. ރަނގަޅަށް ނަޒަރު ހިންގާ ބަލައިލުމުން އަހަންނަށް ފެނުނީ އެގޭގެ ނަންބޯޑެވެ. އަހަރެން އެނަން ކިޔާލީމެވެ. “މ.ޒީޝަލް” މިއީ އަނެއްކާ ކޮން ގެއެއްބާއެވެ؟ އަހަރެން ހިތާހިތުން ސުވާލުކުރަމުން ނާސިފްގެ ފަހަތުން ގެއަށް ވަނީމެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 35

Next

ފެށި ލޯބި އޮޔާ ދިޔުމުން

Next
October 2, 2023

ފެށި ލޯބި އޮޔާ ދިޔުމުން

Previews
September 28, 2023

ދިރުމެއްނެތް ދިރިއުޅުން 35

6 Comments!

  1. love imko 💕💕 says:
    October 2, 2023 at 6:49 am

    I love this story
    When is next part kiyaalan libeeney khondhuvahakun
    I love you so much shaleen ge vaahaka libuneema varha ufaaveje
    Mi part vex varha reethi
    Next part kiyaalan libeeney kama unmeedhu kuran

    1. Shaleen says:
      October 2, 2023 at 2:31 pm

      👋 imko
      Thanks v bodah.
      Next part dhen hingaabalamaa Thursday GA kiyaalan libeyne kamah. In sha Allah.
      Shaleenves Hama v loabivey shaleen ah support dheytheeve.
      Next part ah inthizaaru kollamaa

  2. Ifoo says:
    October 2, 2023 at 9:35 am

    Aww.. Vv reethi mi part vs Maasha allah❤️😊.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Shaleen says:
      October 2, 2023 at 2:34 pm

      👋 ifoo my dear,
      V ufaavejje comment libuneema.
      Bodu bodu koh shukuriyyaa 🤗
      Thi Ummeedh kuraa gothah shaleen Hama masakkai kuraanan next part Hama Thursday GA up kolleveytho
      In sha Allah
      Stay waiting

    2. Shaleen says:
      October 2, 2023 at 2:36 pm

      👋 vampire girl ❤️
      Thanks for the comment 😊
      Yesss
      Ummeedhu kuraatheeve shaleen mihaarussure eba ready van Hama dhuvahah ( Thursday ) ah vhk up kollan.
      In sha Allah.

  3. vempire girl says:
    October 2, 2023 at 1:50 pm

    Mi part ves varah salhi maasha Allah… Dhn in episode varah avahah kiyaalan libeyne kamah ummeedhu kuran..

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 37←


All Right Reserved!