ދިރުމެއްނެތް ދިރިއުޅުން 37
ކާރުން ފޭބިގޮތަށް ނާސިފްގެ މިސްރާބު ހުރީ ހަތަރު ފަންގިފިލާގެ އުސް އިމާރާތަކަށެވެ. ބަލާބެލުމަށް އެއީ ޖާގައިގެ ގޮތުން ތަނަވަސް ގެއެކެވެ. މުއްސަންޖެއްގެ މިލްކިއްޔާތުގައިވާ ޗާލު ގެއެކެވެ. ހަމަޖެހިލައިން އުޅެލެވޭނެފަދަ ހިތްގައިމު އެތައްކަމެއް އެގޭގެ ބޭރުން ބަލައިލާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ކޮންމެ ފަންގިފިލާއެއްގެ ބެލްކަނީގައި އެކި ކުލަކުލައިގެ މާއަޅާ ރީތި ގަސްތައް އިންދާފައިވެއެެވެ.
ވެއްޓަށް ޖެހެމުންދާ ކޮންމެ ވައިރޯޅިއަކަށް އެކި ހުނަރު ދައްކަމުން އެގަސްތައް ނަށަމުންދެއެވެ. ރަނގަޅަށް ނަޒަރު ހިންގާ ބަލައިލުމުން އަހަންނަށް ފެނުނީ އެގޭގެ ނަންބޯޑެވެ. އަހަރެން އެނަން ކިޔާލީމެވެ. “މ.ޒީޝަލް” މިއީ އަނެއްކާ ކޮން ގެއެއްބާއެވެ؟ އަހަރެން ހިތާހިތުން ސުވާލުކުރަމުން ނާސިފްގެ ފަހަތުން ގެއަށް ވަނީމެވެ.
“އާދޭ…. މިއީ މި އެޕާރޓްމަންޓްގެ ހަތަރު ކޮޓަރި… ކޮންމެ ކޮޓަރިއެއްގަ ފާޚާނާވެސް ހުންނާނެ. ކޮންމެ ކޮޓަރިއެއްގަ ބެޑްރޫމް ސެޓްވެސް ހުންނާނެ…. ދެން ބަލާބަލަ… އަހަރުމެން މިތިބީ މިގޭ ސިޓިންގރޫމްގަ… މިހުރީ ނޫކުލައިގެ ސޯފާ ސެޓާ ކުޑަ މޭޒެއްވެސް. ދެން އެހެރީ ޓީވީ… ޒީން ބަލަން ބޭނުން ކޮންމެއިރަކު ޓީވީ ބަލަންވީ… ފަހަތުގަ މިހުރީ ފޮތް ހަރުގަނޑު. މަޝްހޫރު ދިވެހި ވާހަކަތަކާ، އިނގިރޭސި، އުރުދޫ އަދި ޕާކިސްތާނު ވާހަކައިގެ ތަރުޖަމާތައްވެސް ހުންނާނެ. ބޭނުން އިރަކު ބޭނުން ފޮތެއް ނަގައިން ކިޔާލުމަކީ ޒީންގެ އިޚްތިޔާރުގަވާކަމެއް. ދެން އާދޭ…. ސިޓިންގ ރޫމްއާ ޖެހިގެން ދެން މިހުރީ ކައްކާ ކެވޭގޮތަށްހުރިތަން. ކައްކަން ބޭނުންވާ ގިނަ އެއްޗިހި މިތާ ކަބަޑްތަކުގަ ހުންނާނެ. އެބަ އަންނަން އަހަރެން ކޮޓަރި ފާޚާނާއަށް ވަދެލާފަ.” ގޭތެރޭގެ އެކިތަން ވަކިވަކިން ކިޔައިދިނުމަށްފަހު ނާސިފް ކޮންމެސް ކޮޓަރިއަކަށް ވަނެވެ.
ފޯނު ބައިންދާފައިވާ ކަބަޑްގެ ދެވަނަ ވަތްގަނޑު ހުޅުވާލުމަށްފަހު، އަވަސް އަވަހަށް އަހަރެން މުށުތެރޭގައިވާ އަނގޮޓި ފޮރުވާލީމެވެ. އެއަށްފަހު ވަރުބަލިވެފައި ހުރިވަރުން އަހަރެންގޮސް ސިޓިންގްރޫމް ސޯފާގައި އިށީންދެލީމެވެ. ނާސިފް އައުމުގެ ކުރިން ހަމަޖެހިލުމުގެ ނިޔަތުގައެވެ.
ނާސިފް ބުނާގޮތުންނަމަ މިއީ ގެއެކެވެ. އެކަމަކު ވޮށްކޮޅެއް ދިއްލާފައި ނެތަސް އަހަންނަށް މިއީ ގަނޑުވަރެކެވެ. މިގޭގެ ބޮޑެތި ބޮޑެތި ކޮޓަރިތައްފެނި އަހަރެން ހައިރާން ވެއްޖެއެވެ. އަދި އެހެރަ ފޮތް ހަރުގަނޑެއްތާއެވެ؟ މީގެ ކުރިން އަހަންނަށް ފެނިފައިވަނީ އަހަރެން ގެންގުޅުނު ކިޔަވާލާނެ ފޮތްކޮޅެވެ. އެކަމަކު މިއީ ފޮތުގެވެސް ހަޒާނާއެކެވެ. އަހަރެން މި މަޑުމަޑު ސޯފާގައި އިނދެ އެހަރުގަނޑުން ކިޔާފަ ނުކިޔާނީ ވަކިކޮން ފޮތެއްހެއްޔެވެ؟ ޚިޔާލު ތަކުގެ ތެރޭގައި އިންދާ ނާސިފް އަންނަކަން އަހަންނަށް އެނގުނެވެ.
ނާސިފް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނުއިރު ނާސިފްގެ އެއް އަތުގައި ވަނީ ކޭކެކެވެ. އަނެއް އަތުގައި ވަނީ ކުޑަވަރެއްގެ ވަޅިއެކެވެ. މަޑުމަޑުން ގުދުވެލުމަށްފަހު ނާސިފް އެކޭކް ބައިންދާލީ ސޯފާކައިރިއިން ކުޑަ މޭޒުމަތީގައެވެ. ނާސިފްގެ ހަރަކާތްތަކަށް ބަލަމުން ދިޔަވަރަކަށް އަހަންނަށް ފެންނަނީ ރޭވުންތެރިކަމާ އިންތިޒާމްތަކުގެ ފުރިހަމަކަމެވެ. ހަށިގަނޑު ސީދަލަށް ދަމާލަމުން ނާސިފް އޭނާގެ ޖީބުން ޕާރސަލް ކޮށްފައިވާ ކުޑަކުޑަ ފޮއްޓެއް ނަގާ މޭޒުމަތީ ބައިންދާލިއެވެ.
“މިކޭކް މިއީ…. މިގޭގެ ވެރިމީހާ މިކައިވެންޏަށް އަހަންނަށާ ޒީންއަށްދިން ހަދިޔާއެއް. ދެން މި….. މިޕާރސަލްމީ ހަމައެކަނި ޒީންއަށް ދީފަވާ ހަދިޔާއެއް. ކޭކް ފަޅާފަ ހަދިޔާ ބަލައިލަންވީނު؟” ނާސިފް އިށީންދެލަމުން ޒީންއާ ވާހަކަދެއްކިއެވެ.
“ކީއްވެ މިގެއަށް ތިއައީ؟ ކޮބާ އަންނައުނުތަކާ ރީތިވާން ބޭނުންކުރާ އެއްޗިސް. ހެދުންތައް ނެތިއްޔާ މާދަމާ ރީތިވާންވެސް އުނދަގޫވާނެ. ކޮންއިރަކުން އެއްޗިހިތައް ގެންނާނީ؟” ނާސިފް ދެއްކި ވާހަކައަށް ވަކިއެއްޗެއް ނުބުނެ ޒީން ސުވާލުކުރީ ކިޔަމަންތެރި ކަމާއެކުގައެވެ.
ޒީން އެގޮތައް ވާހަކަދެއްކުމުން ނާސިފް ހައިރާންވިއެވެ. މިއީ ނާސިފްގެ ކުރިމަތީ އެހާ ހިތްތިރިކަމާއެކު ޒީން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ބޭއިހްތިޔާރުގައި ނާސިފްއަށް ހިނިތުންވެވުނެވެ. އެވަގުތު ނާސިފްގެ ހިތަށް ލިބުނު ފިނިކަން ބުނެދޭން ދުލާއި ގަލަމަކަށް ކުޅަދާނައެއް ނުވާނެއެވެ.
“ޒީން އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ. ހުރިހާ އެއްޗިހިތައް އެބަހުރި މިގޭގަ… އަހަރުމެން ބީޗް ސައިޑްގަ ތިއްބަ ބައްޕަމެން އެދިޔައީ ޒީންގެ އެއްޗިހިތައް ގެނެސްދީފަ ފުރަން. އަން މިއޮތީ ވަޅި. ދެން ޕާރސަލް.” ނާސިފް އޮޅުން ފިލުވައިދިނުމަށްފަހު ކޭކް ފެޅުން އަވަސް ކުރުމަށް އެދުނެވެ.
ހިތުގެ ބައްޓަމަށް އަޅާފައިވާ އެކޭކްގައި އައިސިންގ ޖަހާފައިވަނީ ފިޔާތޮށި ކުލައިންނެވެ. އޭގައިވަނީ ފިޔާތޮށި ފިނިފެންމާތަކެކެވެ. ކޮންމެ މަލެއްގެ ކައިރީގައި ފެހިކުލައިގެ ފަތެއްވެއެވެ. ވެވަކަށް އަތުރާފައިވާ އެމާތަކާއި ފަތްތައް ފެނުމުން އަހަންނަށް ލިބުނީ އުފާވެރިކަމެވެ. ފިނިފެންމަލަކީ އަބަދުވެސް މާމަލުގެ ރާނީއެވެ. އަހަރެން ސިއްރު ސިއްރުން ނަމަވެސް އެންމެ ބޮޑަށް އުފާވީ ހަޔާތުގައިވެސް އަލަށް ކޭކެއް ފަޅާލަން ލިބުމުންނެވެ. އެހެނަސް އެއުފާ އަހަރެން ފާހަގަކުރީ ހަމައެކަނި އަހަރެންގެ ހިތުގައެވެ. އަހަރެންގެ އެއްވެސް ހަރަކާތަކުން ބޭރުފުށުން އެކަން ނާސިފްއަށް އަންގާކަށް ބޭނުމެއް ނޫނެވެ.
އެއްވެސް އިބާރާތްކޮޅެއް ލިޔެފައި ނުވާ އެކޭކް ފަޅާލުމަށް އަހަރެން ވަޅި ނެގީމެވެ. ފަރުވާކުޑަ ގޮތަކަށް ކޭކްގައި ވަޅިހިންގާލަމުން ޅިޔައެއް އަޅާލީމެވެ. އުފާވިޔަސް ނާސިފްގެ ލޯމައްޗަށް ފޫހިކަން ދައްކަމުންނެވެ. އެއަށްފަހު އަހަރެން ވަޅި ބާއްވާލުމަށްފަހު އެކުޑަކުޑަ ޕާރސަލްނަގާ ކަނޑާލީމެވެ. އަހަރެންގެ ޚަރަކާތްތަކަށް ބަލަން އިން ނާސިފް ހީވަނީ ދެލޮލުގެ އެސްފިޔަވެސް ނުޖަހާން ނަދުރުގަތްފާ ވާހެންނެވެ. އޭގައި ވަނީ ތަޅުދަނޑިފައްޗެކެވެ.
އަހަރެން އެކަމާ ހައިރާންވިއެވެ. މިއީދެން ކޯއްޗެއްހެއްޔެވެ؟ އަހަންނަން ނާސިފްގެ މިގޭގެ ތަޅުދަނޑިފަތި މުހިއްމެއް ނޫނެވެ. އެހެނަސް އެކަމާ ބެހޭގޮތުން އަހަރެން ވަކިއެއްޗެއް ނުބުނެ އިނީމެވެ.
“ތީ މިގޭގެ ތަޅުދަނޑިފަތި. ޒީން ތިއާ ހަވާލުވޭ. މިގޭގެ މަސައްކަތްތައް ކުރަން މާދަމާއިން ފެށިގެން މީހަކު އަންނާނެ. ކައްކާ، އެއްޗިހިދޮއެ، އިސްތިރިކޮށް، ގޭތެރެ ސާފު ކުރުންކަހަލަ ކަންކަން ކޮއްލަން…. ޒީން ނުޖެހޭނެ އަހަންނާ ގުޅުންހުރި އެއްވެސް ކަމެއްގެ ޒިންމާ ނަގާކަށް…” ނާސިފްގެ ނިންމުން ކިޔައިދިނެވެ.
އަހަރެން ވަކިއެއްޗެއް ނުބުނަމެވެ. ނާސިފްގެ ކަންކަން ކުރަން ކޮންމެ ތާކުން ކޮންމެ މީހަކު ގެނަޔަސް އަހަންނަށް ކީއްހެއްޔެވެ؟ ޝަކުވާތައް ހިތުގައި ފުނިޖައްސަމުންވެސް އަހަރެން އިނީ ދެލޮލަށް ނިދިބަރުވެފައެވެ. ހަށިގަނޑު ވަރުބަލިވެފައެވެ.
“ޒީން… ކޭކު ކޮޅެއްވެސް ކާނުލާނަންތަ؟ އެންމެ ރަނގަޅު. ބުނަންތަ؟ އަހަރެންގެ ދިރިއުޅުމާ ގުޅުންހުރި ވަރަށް މުހިއްމު ނިންމުމެއް އަހަރެން ނިންމައިފިން….. އެބަ ވިސްނަން ވަޒީފާއަކަށް ދާން. ލާންޗް ދަތުރުކުރަން. ވަރަށް އަވަހަށް އެކަން ހަމަޖެހޭގޮތަށް އިނީވެސް. ދެން ވާނެގޮތަކީ އަހަންނަށް ގޭގަ ހުރެވޭނީ މަދުފަހަރަކު… ފަހަރެއްގަ އެގޮތްކަންނޭނގެ ޒީންއަށް އެންމެ ރަނގަޅު ވާނީވެސް. މިބުނީ ގިނައިން އަހަރެން ގޭގަ ނޫޅުނީމަ ކަންނޭނގޭ ޒީންއަށް ފަސޭހަވާނީ… މިހާރު މިއޮތީ ޒީން ބައްޕަގެ ދަރަނި ފިލާފަ… އަނެއްކޮޅުން އަހަރެން ބައްޕަގެ ދުވަސްވީ އެދުން ފުރިހަމަކޮށްދެވިފަ… އެހެންވީމަ ދެން އަހަރެން ބޭނުންވަނީ ހަމަޖެހިލައިން ވަޒީފާ އަދާކުރަން.” ނާސިފްގެ ވިސްނުމަށް ކަންކަން ރާވާލާފައިވާގޮތް ނުހަނު ތަފްސީލުކޮށް ކިޔައިދިނެވެ.
“އަހަންނެއް ބޭނުމެއް ނޫން ނާސިފްގެ މިގަނޑުވަރުގަ އުޅޭކަށް. ފިނިފެންމަލުގެ ދާނެއްގަ ނިދައިގެން، ބިލިގާއިން ފެންވަރާފަ… ހިތައް އެރީމަ ބޭނުންހާ އެއްޗެއް ކައި ބޮއެފަ، މަލްމަލް ގޮނޑީގަ އިށީންދެއިނދެ ކުތުބުޚާނާ ހުސްވަންދެން ފޮތްކޮޔާކަށް އަހަރެންގެ ޝައުގުވެރި ކަމެއްނެތް….” އަތުގައިވާ ތަޅުދަނޑިފަތި މަޑުމަޑުން މޭޒުމައްޗަށް އެއްލާލަމުން އަހަރެން ބުނީމެވެ.
ނާސިފް ދިޔައީ ސިއްސައިންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އިހްތިރާމާއެކު ވާހަކަދެއްކި ޒީންއަށް ހަމަ ކުއްލިޔަކަށް މިވީ ކިހިނެއްހެއްޔެވެ؟ ޒީންގެ ޠަބީޢަތު ބަދަލުވުމުގެ އަސްލަކީ ނާސިފްކަން ނާސިފްއަށް އަބަދުވެސް އެނގެއެވެ. ޒީންގެ އެފާޑުގެ ބޭއަދަބީ ޚަރަކާތުން ނާސިފްއަށް ލިބެނީ އެތައް ފިލާވަޅެކެވެ.
“ނާސިފް ވަޒީފާއަށް ދަމުން މިބޮޑު ގޭގަ އަހަރެން ބޭންދުމަށްވުރެ އަހަންނަށް މާރަނގަޅު ފަރީދު ބައްޕަ ކައިރިއަށް ރަށަށް ފޮނުވިޔަސް. މިގެއަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެންގެ މުޅި ހަޔާތް ބޭކާރުމިވީ….. އަހަރެން ހިތްހަމަޖެހޭ އެއްވެސް ސިފައެއް ނާސިފް ގައިގަނެތް. އަހަރެން ނާސިފްގެ އޯގާތެރިކަމެއް ބޭނުމެއްވެސް ނޫން… ނާސިފްއަށް އަހަރެން އަބަދުވެސް ނަފްރަތުކުރާނަން. އެހެން މީހުންހެން އަހަރެންވެސް ބޭނުންވޭ ލޯބިވާ މީހާއާއެކީ ދިރިއުޅުމުގަ ކުރިޔަށްދާން…. ނާސިފްގެ ބައްޕައަށް ހީވަނީދޯ އަހަންނަކީވެސް ނާސިފްކަހަލަ މޮޔައެއްހެން… ވަހީދު ބޭނުންވީމަ ގޭމަކަށް ހަދައިން އަހަރެން އެގެންގުޅެނީ….” ޒީން ބޭނުންވާގޮތް ހާމަކޮށްލިއެވެ.
“ޒީން!….” ނާސިފްގެ ބާރު އަޑުން ފުރަތަމަ ފަހަރަށް އަހަންނަށް ގޮވާލިއެވެ.
“އަހަރެންގެ ބައްޕައަކީ އަހަރެން ވަރަށް އިހްތިރާމް ކުރާމީހެއް. ޒީންއަށް ވުރެބޮޑަށް އަހަރެން ބައްޕަގެ ގޮތް އިނގޭނީ ޒީންގެ ބައްޕަ އާދިލްއަށް…. ޒީންއަށްވުރެ ބޮޑަށް އަހަރެންގެ ބައްޕަގެ ގޮތް އެނގޭނީ ޒީނިޔާއަށް، ފަރީދަށް، އަހަންނަށް…. އެހެންވީމަ ދެން ތިވާހަކަ ހުއްޓާލާ…. ނިދަންދޭ…. ބިރުންއިނދެ އަހަންނަށް އިންތިޒާރު ނުކުރާތި…. އަހަރެން މިރޭވެސް…. ދުވަހެއްގަވެސް ޒީންގައިގަ އަތްލާކަށް ނެތީން. އެންމެ އެތެރޭގަހުރި ދެކޮޓަރި ތެރެއިން ޒީންގެ އެއްޗިހިތައް ހުރި ކޮޓަރީގަ ޒީން އުޅޭ. ދެން އިން ކޮޓަރިޔަކީ އަހަންނަށް ވަރަށް ހާއްސަ މީހަކު ބަހައްޓަން ނިންމާފަ ހުރި ކޮޓަރިއެއް…..” ހިތްހަމަ ނުޖެހިފައިހުރެ ނާސިފް ދައްކަން ހުރި ވާހަކަތައް ދައްކާ ނިންމާލިއެވެ. އެއަށްފަހު އަހަރެން ދެކެ ހިތްހަމަ ނުޖެހިފައިހުރެ ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.
-ނުނިމޭ-
🎉 ނޯޓް: ދުވަހުގެ ތަހުނިޔާ ހުރިހާ ޓީޗަރުންނަށް އަރިސްކުރަން. 🌹
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Masha Allah
Varah reeethi❤️
varh busy koh ulheythy 36 vana part ah cmnt nukohlevuny😭
Sorrryy!!
Thanks Lily
Baehfaharah comment miss viyas massalaeh noon.
Ufalakee vhk kiyaalaatheeve.
Ummeedh kuran next part ves kiyaalaane kamah.
Lysm ❤️
Lahba kiyaalaanan IA
Happy teachers day my dearr shaleen miss❤️!! Wishing you success and happiness in your future💗💫!
(Cmnt kuri gady avas kohlaafa kuryma handhaan nethuny wishh kohlan😭)
Quran teacher ekeytha buny??😭 mihaaru maa rangalhah handhaaneh neh…
Happy teachers day 🎉
I like this story
Next, part kiyaalan libeeney kama unmeedhu kuran
Mi part vex varha reethi mi part vex
shalee ge vaahaka libuneema varha ufaaveje
Once again varha reethi mi part vex
Thanks for the comment and the warm wish.
Next part ah inthizaaru kollamaa…
Lysm ❤️
Maasha Allah mi part ves varah avahah. Next part konirakun?.. varah avahah kiyaalan libeyne kamah ummeedhu kuran..
Thanks vampire girl
Shaleen Hama try kuraanan next part ves Hama 00:00 ah up kolleveytho in sha Allah
Lysm ❤️
Aww Vv reethi mi part vs Maasha Allah ❤️😊
Thanks ifoo .
Shaleen ummeedh kuran anekkaaves next part kiyaalaane kamah.
V ufaavey vhk kiyaalaafa comment kollaathee
Lysm ❤️
Thank you Lily
Yes Quran teacher eh…
Nikah bodah Ufaa vejje wish kolleema.
Avas aruvaalaafa msg kuraa iru ehenves vedhaane.
It’s okay
Hama dhuvahah wish kolleenuthi…
Thanks a lot 👍
! HAPPY TEACHER’S DAY! shaleen
Thank you sooo much my dear…
Vrh reethi vaahaka eh
~WISH U A VERY HAPPY TEACHERS DAY ~😀❤️👩🎓🎓🌹🌹
LOVE U SO MUCH❤️😘
SHALEEN MISS
#SHALEEN#ALHUGADAH KUDAIRUHSSURE VRH VRH REETHI NAMEH
GOOD NIGHT
Thanks for the comment and the wish.
Lysm ❤️
Oh shaleen ge name ehaa reethi veema ufaa vejje. Hama egothah shiunee akee shaleen ah v familiar name eh.
Thanks for the comment again
Next part kiyaalan libeyny kon dhuvahaku??????
Hi Vempire girl
Dhemme comment fenunee
Mihaaruves innaane fennan DD part 38