Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 44

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
October 29, 2023 5 Mins Read
14 Comments

ޒީން އޭނާ ނިދާ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެއާއިއެކު ފަހަތުން ގޮސް ނާސިފްވެސް ވަނީ ޒީން ނިދާ ކޮޓަރިއަށެވެ.
އިޝާލްގެ ހިތަށް ހީވީ ތޫނުއެއްޗެއް ހަރާލިހެނެވެ. ކުރިން ދުވަހު ޒީން ދެއްކި ވާހަކަތަކާ މިރޭ ފެނުނު މަންޒަރާ އެއްވެސް ގުޅުމެއް ނެތެވެ. ނަޝްފާވެސް އިޝާލްއަށް ބުނެދީފައިވަނީ ޒީންއާ ނާސިފް ނިދަނީ ވަކި ކޮޓަރިއެއްގައި ކަމެވެ. ހިއްވަރު ކޮށްލާފައި އިޝާލް ކުރިޔަށް ހިނގައިގަތީ ނަތޫއާ ނަޝްފާ ނިދާ ކޮޓަރިޔާ ދިމާލަށެވެ.

“ކީއްކުރަން މިތަނަށް ތިއައީ؟” އަހަރެން ނާސިފްގާތު އަހާލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“ބިރުނުގަނޭ… ތެދައްބުނެބަލަ އަޅެ… އަހަރެން އައިމަތަ އަސްލު ބިރުން ތިހުރީ؟ އަހަރެންދެކެ އެހާ ބިރުގަނޭތަ؟” އިޝާލްއަށް ޝައްކު ކުރަމުން ނާސިފް ނުސީދާގޮތަކަށް އަހާލިއެވެ.

ވާނީވެސް އެހެން ނޫންހެއްޔެވެ. އިޝާލްއަށް ޝައްކު ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. ނާސިފްއަށް ވަނީ އިޝާލްއާއެކު ޒީން ގޭގައި އެކަނިތިބި ވަގުތެއްގައި ގެއަށް އާދެވިފައެވެ. އެހެނަސް އެއީ އެއްވެސް މައްސަލައަކަށް ނުހަދާ އެދުވަހު ނާސިފް އެކަންތައް އޮއްބާލީއެވެ.

އަނެއްކާވެސް ޝައްކުގެ ނަޒަރުން މިރެއެވެ. ނަޝްފާ ބުނެގެން އެއްޗެއް ބަލާ އައުމުގެ ނަމުގައި އިޝާލް މިގެއަށް ވަންނަންވީ މިފަދަ ދަން ގަޑިއެއްގައިހެއްޔެވެ؟ ނާސިފްއަށް ކޮޓަރިން ނުނިކުމެވުނު ނަމަ އެވަގުތުވެސް ޒީންއާ އިޝާލް އެކަހެރިކޮށް ދިމާވީހެވެ. އެހެން ކަމުން ނާސިފްއަށް އޭނާގެ ހިތުގައި ޝައްކު އުފައްދަން މަޖްބޫރުވީއެވެ. ފަހަރެއްގައި ޒީން ނާސިފް ކޮޓަރި ދޮރުގެ ތަޅުގައި ހިފީ އޭނާ އުޅޭތޯ ޔަގީންކުރަންވެސް ކަންނޭނގެއެވެ. މިއީ ނާސިފްގެ ހިތަށް އަރަމުންދާ ޝައްކާއި ވަހުމުން މިންވަރެކެވެ.

“އަ… އަހަރެން…. އަހަރެން ބޭނުމީ ނިދާލަން. ނާސިފް ނުކުންނަންވީނު!” ޖެހިލުން ވެފައިހުރެ އަހަރެން ބުނެލީމެވެ.

” އަހަރެން މިތަނަށް މިވަނީ ޒީންއަށް ބޭސް ދޭން ބޭނުންވާތީ. ދެން ތިހުރީ ހުންއައިސްފަ ހުރިވަރު… ފެންހާކަދެންތަ؟ ޒީންއަށް ނިދަންވެސް ފަސޭހަވާނީ ބޭސްކައިފަ ފެންލީމަ. އަންނާނަން ބޭސް ހިފައިން.” އޯގާތެރި ކަމާއެކު އެހެން ބުނަމުން ނާސިފް ނުކުތެވެ.

ޒީންއަށް ވިސްނެމުން ދިޔައީ ކުޑައިރުކޮޅެއް ކުރިން އިޝާލްގެ ކުރިމަތީ ހިނގާދިޔަ ހާދިސާއާ މެދުގައެވެ. އެކަމުގެ ސަބަބުން އިޝާލްގެ އަމިއްލަ ނަފްސަށް މަލާމާތްކުރާނޭހެން ޒީންއަށް ހީވެއެވެ. ނާސިފްގެ އެ އަމަލަކީ އިޝާލްއަށް ފެންނަން ޒީން ބޭނުންވި ކަމެއް ނޫނެވެ. އޭގެ ސަބަބުން އިޝާލްގެ ހާލަތަށް އައިސްފާނެ ބަދަލަކަށް ޒީން ކަންބޮޑުވެއެވެ. ކޮންމެ ގޮތެއްގައި ވިޔަސް އިޝާލްއަށް ކުރެވެނީ ޝައްކެކެވެ. ޒީން ބޭނުންވަނީ ފުރުސަތެއް ހޯދައިން ނަމަވެސް އިޝާލްއަށް އެވާހަކައިގެ ހަގީގަތް ކިޔާދޭށެވެ.

ހެނދުނުގެ އެންމެ ކުރީކޮޅުގެ ވަގުތެވެ. ކާގޭގައި ސަހީމާ ސައި ތައްޔާރު ކުރުމުގައި އުޅުނެވެ. ފޯނު ރިންގވާން ފެށުމާއެކު ސަހީމާގޮސް ފޯނު ނެގިއެވެ.

“ހެލޯ… މަންމާ! ކިހިނެއްތަ؟” އެކޮޅުން ވާހަކަދެއްކީ އިޝާލްއެވެ.

“ދަރިފުޅާ! ކިހިނެއް؟ ކޮންތާކު ތިއުޅެނީ… ދަބަހެއް ހިފައިން އެދުހު ގެއިން ނުކުތްގޮތަށް ގެއަކަށް ނާދެ. ބައްޕަ ބުނި މާލެއިން ދިމާވި ވާހަކަ. ދެން މާލޭގަ ހުއްޓަސް ހުންނަ ތަނަކާ ކުރާކަމަކާ ބުނެލީމަދޯ މަންމަވެސް ހިތްހަމަޖެހޭނީ.” ސަހީމާ އޭނާގެ ޝަކުވާތައް އިޝާލްއަށް އަޑުއިއްވާލިއެވެ.

“މަންމަ ހާސްނުވޭ.. އަހަރެން ރަނގަޅު. ދުވަސްކޮޅަކު މިކޮޅުގަ މަޑުކޮށްލާފަ ވިލިނގިއްޔަށް ދާނަން.” އެއްވެސް ޖޯޝެއްނެތް ގޮތަކަށް އިޝާލް ޖަވާބުދިނެވެ.

“އިޝާލް!… ހާދަ ފާޑަކަށް.. ކިހިނެއްވީ؟ އަނެއްކާ ނާސިފްއާ ދިމާވީތަ؟” ސަހީމާއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ.

“ނާސިފްދޯ…. އޭނަވެސް ދެން ދިމާވޭ.. މަންމަ ތިވާހަކަ ނުދައްކާ… އަހަރެން މިވަގުތު ފޯނު ބޭއްވީ އިނގޭ.” އިޝާލް ފޫހިގޮތަކަށް ވާހަކަދެއްކުމަށްފަހު ފޯނު ބޭއްވިއެވެ.

ކާގެއަށް ވަދެގެން އައި ޚާލިދު ސަހީމާއަށް ބަލައިލިމުން ގޮނޑިއެއްގައި އިށީންދެލިއެވެ. އެއަށްފަހު އަނެއްކާވެސް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ޚާލިދު ވާހަކަ ދެއްކިއެވެ.

“ސަހީމާ!… ހާދަ ހީވޭ މޫނަށް ފުސްބުރާފަ ހުރިހެން.. ކަމެއް ގޯސްވީތަ؟ އޮޅުން ފިލުވާލަން ބޭނުންވާތީ ޚާލިދު ސުވާލުކޮށްލިއެވެ.

ސައި ގިރަމުންދިޔަ އިރުވެސް ޚާލިދު ބުނި ވާހަކަ އަޑު ނީވޭކަމަށް ހަދަމުން ސަހީމާ އަނގައިން ނުބުނެ ހުރީއެވެ. މޭޒުމަތީގައި ފަހަރަކު ތައްޓެއް ގެނެސް އަތުރަމުން ސަހީމާ އޭނާގެ މަސައްކަތުގައި ކުރިޔަށް ދިޔައެވެ.

“ސަހީމާ!… އަޅެ އަހަރެން ވާހަކަ މިދައްކަނީ މިހިރަ ހަތަރު ފާރާތަ؟… ވެގެން އުޅޭ ގޮތެއް ބުނީމަދޯ އަހަންނަށްވެސް އެނގޭނީ… ތިހެން އަނގައިން ނުބުނެ ހުރީމަ ބޮޑަށް ހީވަނީ އަހަރެންގެ މައްސަލައެއް އޮވެގެން ހިތްހަމަ ނުޖެހިފަ ހުންނަހެން. ބުނެބަލަ ކިހިނެއްތަވީ؟” ސަހީމާގެ ހަމަހިމޭންކަން ފެނި ޚާލިދު އަނެއްކާވެސް އަހާލިއެވެ.

“ޚާލިދުއަށް ބޮޑުވާ އެއްކަމެއްވެސް ނޯވޭނު… ކަންކަމާ ދޭތެރޭ ވިސްނާ މީހުންތާ ހާސްވެސް ވަނީ…. ހިތްހަމަވެސް ނުޖެހޭނީ… ޚާލިދު ހަމަ ތިހުންނަނީ ހަމަޖެހިލާފަ…” ސަހީމާ ހިތްހަމަނުޖެހިފާ ވާހަކަ ފަށާލިއެވެ.

“އަޖައިބެއްނު… ވާހަކަ ދައްކަން ފެށިޔަސް ތަގްރީރު ތިގެންދަނީ މާދުރު ދުރުން… ދެން އަހަންނަށް ކިހިނެއް ތި މަޢުލޫގެ ތެރެއަށް ވަންނަން އެނގޭނީ… ވެގެން އުޅޭގޮތެއް ސާފުކޮށް ބުނަންވީނު.” ސައިބޯން ފަށަމުން ޚާލިދު ބުނެލިއެވެ.

“މި ވިސްނަނީ އިޝާލްއާ ދޭތެރޭ… މިދުވަސްކޮޅު ވިލިނގިއްޔަށް ނައިސް މާލޭގަ އުޅޭތީ… ގައިމު އިޝާލް މާލެދިޔަ މަގްސަދެއް އޮންނަންވާނެދޯ؟… އުޅޭތަނަކާ ކުރާކަމެއްވެސް އަހަރުމެން މައިންބަފައިންނަށް އެނގެންވާނެދޯ؟… އަހަރެން ހާސްވަނީ އެކަމާ އެކަންޏެއް ނޫން… އިހަށް ދުވަހުވެސް ހޮސްޕިޓަލުގަ އިޝާލްގޮވައިން އުޅެންްޖެހުނު ގޮތް އަހަރެން ހަނދާނެއް ނުނެތޭ… އިޝާލް ގޯސް ކަމެއް ކޮށްފާނެތީ އަހަންނަށް ކަންތައް ބޮޑުވަނީ… އިޝާލް ގޮސް މާލޭގަ އުޅޭ ނޫޅޭ ގޮތެއް އެނގެންވާނެއްނު..” ސަހީމާ ޝަކުވާގެ ރާގުގައި ހުރިހާ ވާހަކައެއް ކިޔާލިއެވެ.

“ހޫމް… ތީދޯ ތިވިސްނާ ކަމަކީ؟… އާދެބަލަ އަހަރެން ކައިރި އިށީންނަން..” ހަމަޖެހިލަމުން ޚާލިދު ސަހީމާއަށް ދައްކާލީ ކައިރީގައި ހުރި ގޮނޑިއެވެ. އެޔާއެކު ސަހީމާ އައިސް އެގޮނޑީގައި އިށީންދެލިއެވެ.

“ސަހީމާ!… އަހަންނަށް އިތުބާރު ކުރަމެއްނު… ބުނަންތަ؟ އެސޮރު ކޮންމެ ދުވަހަކުވެސް މާލެއިން އަހަންނާ ދިމާވޭ.. ވާހަކަވެސް ދައްކަން.. ތިބުނާކަހަލަ ގޯސް ކަމެއް، ގޯސް ސިފައެއް އެސޮރުގައިން އަހަންނަށް ފާހަގައެއް ނުވޭ.. އެކަމަކު ޒީންގެ ކައިވެނީގެ ފަހުން އޭނާގެ ގައިގަ އެހުންނަ މަޑުމައިތިރިކަން އަދިވެސް ހުރޭ.. އެހެން ވެދާނެދޯ؟ އެކަމު އޭގެ މާނައަކީ އެސޮރު ދެން އަބަދު އެކަމާ ފަތާނެއެކޭ ނޫނެއްނު….” ދައްކަމުންދިޔަ ވާހަކަ މެދު ކަނޑާލަމުން އަނެއްކާވެސް ޚާލިދު ސައިފޮދެއް ބޯލިއެވެ.

“ދެން ތިބުނީ މާލޭގަ އުޅޭނޫޅޭ ގޮތެއް ނޭނގެއޭ… އެސޮރު ނުޖެހޭނެ މާލޭގަ ގޮތެއް ނެތިފަ ހުންނާކަށް… އެކަން އެންމެ ރަނގަޅަށްވެސް އެނގޭނީ ސަހީމާއަށް… އަނެއްކާ އަނެއްކޮޅުން އެއުޅެނީ ރަށުކޮޅުން ޖައުފަރުގެ ނަތޫ އައިއްސިގެން…. އެކުދިން ދެން ވަގުތު ހޭދަކުރާ ވަރަކުންނޫންތަ އިޝާލްވެސް ހަމައަކަށް އެޅޭނީ… އިޝާލް އަދި މިގެއަށް ވެސް އަންނާނެ… އެހެންވީމަ ސަހީމާ ތިހާ ހާސްނުވެބަލަ… އަހަރެން މާލެ ގޮސް ބަލާނަމޭ… ދެން ހީލާފަ ސައިބޯންފަށާ…” ޚާލިދުގެ ވާހަކަތަކުން ސަހީމާއަށް ހިތްހަމަޖެހުން ލިބުނެވެ.

އިރުގެ އަލިކަން ކޮޓަރިތެރެއަށް ވެރިވުމާއެކު މޫނު މައްޗަށް ގޮތެއް ހަދާލަމުން އަހަރެން ދެލޯ ހުޅުވާލިއެވެ. ތެދުވެލަން މަސައްކަތް ކުރި ވަގުތު އަހަރެންގެ އަތް އަޅުވާލެވުނީ ނާސިފްގެ ބޮލުގައެވެ. ކުއްލިޔަކަށް ސިއްސައިންގޮސް އަތް ދުރުކޮށްލަމުން އަހަރެން ރަނގަޅަށް ބަލައިލީމެވެ. އޭރު ނާސިފް އިނީ އެނދުގައި ބޯއަޅުވާލައިން ނިދާފައެވެ.

އަހަރެން މަޑުމަޑުން ހަމަޖެހިލައިން އިށީންދެ ވިސްނާލީމެވެ. ރޭގައި ނާސިފްގެ އޯގާތެރިކަން އަހަންނަށް ލިބުނެވެ. އަހަރެން އުންމީދު ނުކުރާހާވެސް ފުރިހަމައަށެވެ. އަހަންނަށް ބޭސްދިނެވެ. އަހަރެންގެ ބޮލުގައި ފެންލައިދިނެވެ. ހީކަރުވާކަން އެނގުމުން އަހަރެންގެ ގައިގައި ރަޖާއަޅައިދިނެވެ. އެވަގުތު އަހަރެން ދެލޯމަރައިން އޮތީ ނިދާކަށް ނޫނެވެ. އެހެން ނަމަވެސް އެއީ ނާސިފްގެ އަމަލުތައް އިންސާފް ކުރުމުގެ ގޮތުން އަހަރެން ގަސްތުގައި ހަދާލި މަކަރެކެވެ. އެހެނަސް އެކަމުގެ ސަބަބުން އަހަންނަށް އަނިޔާއެއް ނުލިބުނެވެ. ނާސިފްގެ ފަރާތުން ގޯނާއެއްވެސް ނުލިބެއެވެ. އެކަމުގެ ސަބަބުން އަހަންނަށް ލިބުނީ ހަމައެކަނި ދެއެއްޗެކެވެ. އެއީ ނާސިފްގެ ފަރާތުން ލިބުނު ހިތްހަމަ ޖެހުމާއި އިތުބާރެވެ.

ދެވަނަ ނަޒަރުގައި އަހަންނަށް ވިސްނުނީ އިޝާލްއާ ދޭތެރޭގައެވެ. އިޝާލް އަހަންނާ ދޭތެރޭ ވިސްނާނީ ކިހިނެއްބާއެވެ؟ ނޫނީ އަހަންނާ ނާސިފްގެ ގުޅުމާދޭތެރޭ ވިސްނާނީ ކިހިނެއްބާއެވެ؟ އެކަމާ އަހަރެން މާބޮޑަށްވެސް ކަންތައް ބޮޑުވެއެވެ. އަހަރެން އެންމެ ލޯބިވި މީހާއަށް ރޭގައި ފެނުނު މަންޒަރުގެ ސަބަބުން އަދިވެސް އަހަރެންގެ ސިކުނޑިވަނީ ތަޣައްޔަރުވެފައެވެ. ވިސްނެއެވެ. އިޝާލް އަހަންނަށް މާފްކުރާނެބާއެވެ؟

“ޒީން…. ޒީން… ނާސިފް އެބައުޅޭތަ؟” އަހަރެން ސިއްސައިން ދިޔައެވެ. ނާސިފްވެސް ސިއްސައިންގޮސް ލޯ ހުޅުވާލަމުން އަވަސް އަވަހަށް ތެދުވީ ނަޝްފާގެ އަޑަށެވެ.

“މިދަނީ….” މުށިތައްމަތީ ބާއްވާފައިވާ އަތުކުރި ގަޑި ނަގަމުން ނާސިފް ތެދުވިއެވެ.

“ޒީން… އަދިވެސް ހުން އެބަހުރިތަ؟” ނާސިފް އަހާލިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން އަހަރެން ބޯހަލުވާލީމެވެ. އެޔާއެކު ނާސިފް ދޮރުހުޅުވާލަމުން ކޮޓަރިން ނުކުތެވެ. ހެޑްބޯރޑްގައި ބޯޖައްސާލަމުން އަހަރެން ހަމަޖެހިލީމެވެ. ނާސިފްގެ މަޑުމައިތިރިކަމުން ނަޝްފާއަކީ ކާކުތޯ އަހާލަން އަހަންނަން ނުކެރެނީއެވެ. ކޮންމެ ގޮތެއްވިއަސް ނަޝްފާއަކީ ނާސިފްއަށް ކިހާމުހިއްމު މީހެއްތޯ ނުބެލިޔަސް އަހަންނަށް އެކަން ޔަގީނެވެ. އާނއެކެވެ. ނަޝްފާއަކީ ނާސިފަށް ވަރަށް މުހިއްމު މީހެކެވެ. ވެދާނެއެވެ. އެއީ ނާސިފް ބުނި ލޯބިވެރިޔާ ކަންނޭނގެއެވެ. އަހަރެންގެ ހަޔާތަށް ނާސިފްއައީ އަހަރެން ބޭނުންވެގެން ނޫނެވެ. ހަމައެގޮތަށް ނާސިފްގެ ހަޔާތަށް އަހަރެން އަންނަން ޖެހުނީވެސް ނާސިފް ބޭނުންވެގެން ނޫންކަން މިއީ އަހަރެމެންނަށް އެނގޭ ހަގީގަތެކެވެ. ވީއިރު މިވަގުތު ނާސިފްއާއެކު ނަޝްފާ ހުރުމުން އަހަރެން ކަންބޮޑުވާކަށް ނުޖެހެއެވެ.

ދޮރުގައި ޓަކި ޖަހާލުމަށްފަހު ނަތޫ އެތެރެއަށް ވަނެވެ. އަދި އައިގޮތަށް އައިސް އަހަރެންގެ މަގަތުން އެނދުގައި އިށީނެވެ. ހިނިއައިސްފާއިން ނަތޫއާއެކު އަހަންނަށް ވަކިން ވާހަކަ ދައްކާލުމުގެ ފުރުސަތު މިލިބުނީ އަދި ކިރިޔާއެވެ.

“ޒީން… ރޭގަ ނާސިފްބުނި ޒީން ބަލިވީޔޭ.. މިހާރު ހުން ކިހިނެއްތަ؟” ނަތޫ ސުވާލު ކޮށްލީ ހަމަޖެހިފައި އިނދެއެވެ.

“މިހާރު ކޮންމެސް ވަރަކަށް ރަނގަޅު.. ސައިބޯން ހިނގާ… މާބޮޑަށްވެސް ލަހުން މިހޭލެވުނީ.. އެބަދަން ސައި ތައްޔާރު ކޮށްލަން.” އަހަރެން އަވަސް އަރުވާލަމުން އެނދުން ތެދުވަން މަސައްކަތްކުރި ވަގުތު އަނެއްކާވެސް ކޮޓަރީގެ ދޮރުހުޅުވުނެވެ.

ކޮޓަރިއަށް ވަދެގެންއައީ ނަޝްފާއެވެ. ނަޝްފާ ފެނުމާއެކު އަހަރެން ހައިރާން ވިއެވެ. ނާސިފްގެ ޓީޝާޓް ލައިން ހުރިއިރު ނަޝްފާގެ އަތުގައި ތަބަކެއް ހުއްޓެވެ. ނަޝްފާގެ އަތުގައިވާ ތަބައް ސައިޑް ޓޭބަލްގައި ބައިންދާލީ ނުހަނު ފަރުވާތެރިކަމާއެކުއެވެ. އޭގައިވަނީ ކިރުތައްޓަކާއި ސޭންޑްވިޗެއްގެ އިތުރުން ފެނުކެއްކި ބިހެކެވެ.

“ޝުކުރިއްޔާ ނަޝްފާ… ކާކު ބުނީ ސައިތައްޔާރުކުރަން؟” އަހަރެން ހިނިތުން ވެލަމުން އަހާލިޔަސް ނަޝްފާއާ ދޭތެރޭ އަހަރެންގެ ހިތުގައި ޒާތެއްގެ ހަސަދަވެރިކަމެއް ވެއެވެ.

“މީދެން އެވަރު ކަމެއް ނޫނެއްނު.. އަހަރުމެން ގެއަށް އައީ ރޭދަންވަރު ތިނެއްޖަހަނިކޮށްދޯ ނަތޫ.. ދެން ނާސިފް ނުނިދާ ހޭލާ އުޅޭ ދޭތެރެއަކުން އޭނަ ކޮޓަރިއަށް ގޮސްފަ ތިކޮޓަރިއަށް ގޮސްފަ… އަހަރެން އަހާލީމަ ބުނީ ޒީން ބަލިކަމުން ނުނިދިފައޭ މިހުންނަނީ.. ވަރަށް ރަނގަޅޯ ނަޝްފާއާ ނަތޫ ހެނދުނު އަވަހަށް ތެދުވެގެން ޒީންއަށް ސައި ތައްޔާރުކޮށްދިނިއްޔާ… އެހެންވެ ކުޑަކޮށް ނިދާލާފަ ތެދުވިގޮތަށް މިއުޅެނީ…މިހުރީނު.. އަދި ހަމަ ނިދަންލީ ޓީޝާޓްގަ…” ނަޝްފާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

ރޭގެ ވަގުތެއްގައި ނާސިފްގެ ޓީޝާޓް ނަޝްފާގެ ނިދާ ކޮޓަރިން ފެނުނު ވަގުތު އަހަންނަށް ޝައްކު ކުރެވުނެވެ. އެކޮޓަރިއަށް ނާސިފް ކޮންމެސް އިރެއްގައި ވަދެފައި ވީކަމަށެވެ. އެހެނަސް ނަޝްފާގެ އަނގައިން ބުނެލި ޖުމްލައިން އަހަންނަށް ސާބިތުވީ އެކަމުގެ ހަގީގަތެވެ. އެއީ ނަޝްފާ ނިދާ ވަގުތު ލާން ނާސިފް ދީފައިވާ އެއްޗެއްކަމެވެ. ޔަގީނެވެ. އެމީހުންގެ މެދުގައި ސިއްރު ގުޅުމެއް ވާނަމަ އެ ޓީޝާޓް ލައިން އަހަރެން ކުރިމައްޗަށް އަންނަން ނަޝްފާއަކަށް ނުކެރޭނެއެވެ.

“ތެދެއް… މިއަދު ދެން އަވަހަށް ނުތެދުވެ ވާކަށްވެސް ނެތް. ނަޝްފާ އެއުޅެނީ މިއަދު ފުރަން.. ނާސިފް ބުނެފި އަހަރެން ކައިރި ނަތޫވާނެޔޯ ދުވަސްކޮޅަކަށް ޒީން ކައިރި މަޑުކޮށްލަން. ކިހާ ދުވަހެއްހޭ ބުނީމަ ބުނީ ފަރީދުބެ މިގެއަށް އަންނަންދެނޯ.. ދެން މިޖެހުނީ މަޑުކުރާކަށްނު….ހެހެ..” ނަތޫވެސް އިތުރު ވާހަކަތަކެއް ދެއްކިއެވެ.

“އެކީއްވެ؟؟ ކީއްކުރަން ފަރީދު ބައްޕަ އަންނަނީ… ނުވެސް ބުނެ ތިކަހަލަ ވާހަކައެއް.. އެކަމު ނަތޫ މަޑުކުރީމަ ނަޖުމައްތައަށް ކިހާ ދަތިވާނެ.. އަހަންނަށް އޯކޭ ނަތޫ ރަށަށް ދިޔަސް…. ނާސިފްވެސް ހުންނާނެއްނު!….” އަހަރެންގެ ނިންމުން ނަތޫއަށް އަޑުއިއްވާލީއެވެ.

“ދެން މަންމަގެ ކަންތައް އަހަރެން ހަމަޖައްސާނަން… ނާސިފް ބުނީމަ ދެން މިކޮޅުގަ މަޑުކޮށްލާނީ..” ނަތޫ އަނެއްކާވެސް ބުނެލިއެވެ.

“އިއްޔެ މެންދުރު ދިޔަގޮތަށް ނަތޫމެން ފެނުނީއެއްވެސް ނޫން.. ކޮންތާކު އުޅުނީ؟” އަހަރެން އަނެއްކާވެސް ސުވާލުކޮށްލީމެވެ.

” އާނ… މެންދުރު އަހަރުމެން ދިޔައީ ނާސިފްއާއެކު ކޯޓަށް.. ދެން ބޭރުގަ ގިނަވަގުތު އުޅުނީ އެކި ކަންކަމުގަ….” އަހަރެން ނަތޫއަށް ކޮށްލި ސުވާލަށް ނަޝްފާ ޖަވާބުދިނެވެ.

ނަޝްފާ ބުނި ޖުމްލައިން އަހަންނަށް ލޮޅުން އެރިހެން ހީވިއެވެ. ނާސިފްއާއެކު ނަޝްފާ ކޯޓަށް ދާންވީ ކޮން ސަބަބަކާހެއްޔެވެ؟ ވަގުތުން އަހަރެންގެ މޫޑް ބަދަލުވިއެވެ. ވާނުވާ ނޭނގޭ ދިރިއުޅުމެއްގައި އަހަރެން ހިތްވަރުކުރުމުގެ މާނައެއް އެބައޮތްހެއްޔެވެ؟ އަހަރެން ހިޔާލު ތަކަކަށް ގެއްލިފައި އިންދާ ކުއްލިޔަކަށް ސިއްސައިން ދިޔައީ ނާސިފްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބިރާސް

Next

އައިނާ (3) 6

Next
October 31, 2023

އައިނާ (3) 6

Previews
October 29, 2023

ބިރާސް

14 Comments!

  1. Ifoo says:
    October 30, 2023 at 1:09 am

    Aww😍.. Vv reethi mi part vs Maasha Allah ☺️.. Unmeedhu kuran next part vs avahah kiyaalan libeyne kamah
    I think naasif and nasfaa marry kuran ulhenee.. Or naasif and Zeen ge divorce vaan ulhenee dhw..
    Kiyaalan fashaairah maa avahah nimenee Ehaa kiyaalaa hithun fashaairah.. Adhives hama beynumee dhigukoh kiyaalan mi vhk.. But shaleen ah time vanyaa igey☺️.. Unmeedhu kuran shaleen ah time vanyaa adhives dhigukoh kiyaalan mi vhk libeyne kamah…
    Once again mi part vs V reethi Maasha Allah ❤️💯

    1. Shaleen says:
      October 30, 2023 at 10:24 am

      Thanks ifoo
      Next part ge emme fahuge checking hadhamun mi dhanee
      Dhuvahah ready kuran. In sha Allah…
      Naasif / nashfa / zeen ge hageegathah inthizaaru kuraa kudhin hama vhk nimendhen kiyaalaane kamah ummeedhu kuranee 🙂
      Aslu shaleen ah heevanee ehaa kiyaa hithun hunnaathee hama nimmaalan beynun nuvaneehen dho ifoo ????
      Shaleen v try kuraanan shaleen GE emme best ah.. dhigu koh genesdhevegtho balan…

      Aslu shaleen furathamaves bunelaanee shaleen ge BALI SALAAM gaboolu kohdheyshey.
      Shaleen midhuvaskolhu mi count kuranee early pregnancy ge dhuvasthah…
      So ehenveema v v v hihvaru koggen thikudhinnah mi vhk mi genesdhenee..
      And v Gina kudhin ge edhumuge mathin part 44 ( mi part ) dhigu kollan vv v balikoh ulhemuves v hihvaru koffa mi inee..

      Ummeedhu kuran komme part eh emme dhigu nuviyas readers ah shaleenge Bali haalathu understand vaane kamah.
      EkamakuVESSSS … Readers ge support libeythee, Hama adhives balaanan hih varu koffa dhigu kureveytho..
      in sha Allah
      In sha Allah
      In sha Allah

      Thanks again ifoo thi dhevvaa support ah 🤗
      Mi comment ehn kudhinves kiyaane kamah ummeedhu kuranee.

  2. love imko 💕💕 says:
    October 30, 2023 at 5:55 am

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama
    Thankolheh dhigukoh genas dheene kama unmeedhu kuran
    Once again varha reethi mi part vex varha ufaaveje mi part libuneema
    Naasif and nasfaa get married
    Or zeen one naasif get divorced

    1. Shaleen says:
      October 30, 2023 at 10:30 am

      Thanks imko..
      Ummeedh kuraa gothah next part Hama dhuvahah kiyaalan libeyne in sha Allah. Shaleen v try kuraanan Hama…
      Next part ves shaleen Hama mi balanee shaleen GE emme best ah dhigu kolleveytho..

      Also vhk dhigu kurumaa gulhey gothun innaane @ifoo ge comment ah reply dheefa. Imko ves e comment kiyaala dhevvaathi.

      Once again Hama thanks
      Naasif / zeen and nashfa ah vaagoi balaalan inthizaaru kuraanan ❤️❤️❤️

  3. Nadhoo says:
    October 30, 2023 at 10:13 am

    varah intresting koh hama midhani….ehdhuvvahun aneh dhuvaha. Naasif kihaa ragalhu. alhugandah heevani kithanme dhigu kuriyas vaahaka kiyaahithun thibi kudhinnah dhigu hen hee nuvaanehen. dhen up vaane dhuvahe buneladhi ingili gunan fashan avaha

  4. Shaleen says:
    October 30, 2023 at 11:58 am

    Thanks Nadhoo
    Rangalhu vaahaka eh… Dhigu kuriyas Hama heevanee kuruhen dho… hehehe
    Dhen anei part kiyaalan libeynee Thursday ga in sha allah.
    Count kuran fattaa avahah
    Anekkaa ingilithah hamayah bahattahche. Hehehe
    Thanks again

  5. LIM🖤 says:
    October 30, 2023 at 12:19 pm

    Vrh reethi mi part vx 👀
    Ekm expect kuri gotheh noon mi vee kee mi partga koatah dhiyaeema dhw…ehnve adhi maabodah kiyaalaa hiy vejje🤩 ummeedhu kuran v avahah next part kiyaalan libeyne kamah🙃
    And shaleen ge vhk thah v reethi abadhu vx 🥰♥️

    1. Shaleen says:
      October 30, 2023 at 1:03 pm

      Shukuriyyaa LIM🖤
      Yeah MAA bodah curious kollaafa dho mi nimmaalevenee.
      V avahah hama next part up kollaanan in sha Allah.
      Adhi ves Ethah faharaku LIM🖤 ah shukuriyya

  6. vempire girl says:
    October 30, 2023 at 12:37 pm

    Maasha Allah mi part vx varah varah reethi… Naasif aa zeen aaa divorce vanee thr???? Noony nashafa aa dheanbah kaiveni kuraany the???? Alhe haadha curious kohlaafa ey thi nimmaalany…… Hama inthizaaruga next part ge… Shaleen thihaa balikoh ulhemun vx mi vhk dhuvahah up kohdheythy varah ufaavey…. And avas shifa akah edhen..

    1. Shaleen says:
      October 30, 2023 at 1:13 pm

      My girl
      Thanks dear
      Naasif / nashfa / zeen ?????
      Mi vaagoiy hingaabaa balaalaama inthizaaruga thibegen.
      V avahah Hama vaan ulhey goiy engidhaane.
      Mihaaru dhen vhk GE bodu baives nimunee..
      Dhen othee hama nimmumakah inthizaaru kurun.
      Shaleen ah vaagothakee hurihaa readers maabodah curious kollaafa dho parts mi nimmaalevenee.
      Yes my girl…
      Shaleen aslu vv vv Bali.
      Ehenveiyas shaleen ge indhey v bodah readers ge ithubaaru hoadhun… Ehenve shaleen balaanan Bali haalugaves veevarakun dhuvahah parts up kolleveytho.
      And aneikkamakee comment kuraa komme kujjakah Hama vakin reply kollun.
      So shaleen ge v close kudhin ehenveema mihaaru thee hama.
      UFAAVERIKAN IHSAAS vey thikudhinnaa mihen dhimaaveleemavess

      And thanks shaleen ah dua kolladhineema.
      Thi dua ge sababun shaleen ah Ava’s shifa eh libidhaane in sha Allah 😍

  7. love imko 💕💕 says:
    October 30, 2023 at 9:31 pm

    Get well soon my dear shaleen sis
    Unmeedhu kuran varha avaha Bali ragalu vaane Kama
    Ava’s shifa aka edhen
    But I also Bali

    1. Shaleen says:
      October 30, 2023 at 11:33 pm

      Thanks imko 👍
      Shaleen geves dua akee imko ves varah avahah rangalhuvun.
      In sha Allah..

  8. Lily says:
    October 30, 2023 at 9:37 pm

    Masha Allahhh… im completely speechlessssssss😭 just Masha Allah… Vahak kuriyah dhaa goeh hama vrh bessstt👍💯 alheyyy my dearr! Enme furathama vx ALHAMDULILLAH and i wanna congratulate you and your family for getting a new member… Lily ah kurin thikan ingun nama nubunaanan vahka dhigu koh genesdheyn😭 ihusaas vey hama shaleen sissge situation.. Shaleen sis ah edhuvahegge part gavaidhun upload nukoh dhevunass, kuru koh genesdhevunas eiikii mahsala eh noooon😭😭😊 Congratulations ingey anehkaa vx🎊🎊❤️😍
    Take care❤️❤️
    Lyy❤️

    1. Shaleen says:
      October 30, 2023 at 11:42 pm

      Thanks my Lily..
      Thank you sooo much dear…
      Oooohh it’s okay Lily.
      Aslu shaleen v ufaavey hama “miyahvure dhigukoh mi vhk genesdhevidhaanetha” mihen buneleema.
      Hama v ufaaverikan hithah aadhey comment GA ehen jahaalaafa inas.
      Aslu Hama adhives readers egothah jahaaliyas shaleen Hama v ufaavaane..
      Also shaleen Hama balaanan dhigu kureveytho ves..
      Shaleen beynunvanee readers ge ithubaaru / loabi / ihthiraam.
      E Hama shaleen hoadhan beynunvaa ehchakee..🎁
      Kurukoh liyevunas / dhigu koh liyevunas shaleenge target akee Hama bunefa Inna dhuvahah vhk up kureveytho belun…
      Readers foohi nuvaa gothei shaleen beynun vanee.

      Thanks again Lily ❤️

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 45←


All Right Reserved!