ދިރުމެއްނެތް ދިރިއުޅުން 47
އިޝާލް ނެގީ ގަނޑުކޮޅެކެވެ. އަދި އެ ގަނޑުކޮޅު އަހަންނަށް ފެންނަގޮތަށް ދައްކާލިއެވެ.
“ގޭގެ ވެރިމީހާ މިއަދު 4:00 އަށް ގެއަށް ގޮސްދިނުމަށް އެދެން.. ޒީން ހުންނާނީ އިންތިޒާރުގަ. އަހަރެން މި ފުރަނީ ޒީން ވަރިކޮށްފަ…”
އިޝާލް ދައްކާލި ގަނޑުކޮޅުގައި ވާއެއްޗެއް އަހަރެން ކިޔާލީމެވެ. އެ ލިޔުންކޮޅުގެ ތިރީގައި ވަނީ ނާސިފް ސޮއި ކޮށްފައެވެ. އަހަރެން ހައިރާން ވިއެވެ. ނާސިފް އެވަނީ އަހަރެން ވަރިކުރިކަން އިޝާލްއަށް އަންގާފައެވެ. ގައިމުވެސް ނާސިފް ނުބުނާނަމަ މިހާރު އަހަންނަކީ މިނިވަނެއްކަން އިޝާލްއަކަށް ނޭނގޭނެއެވެ.
“ހައިރާން ވެއްޖެދޯ؟ މިއޮތީ…. ޒީންއަށް ދިންކަހަލަ ގަނޑުކޮޅެއް. ނާސިފްގެ ބޭނުމަކީ އަހަންނަށާ ޒީންއަށް ދިން ގަނޑުކޮޅުގަ އޭނާގެ ސޮއި އިނުން… އޭރުން ޒީންއަށް މިއީ ތެދެއްކަން ގަބޫލު ކުރަން ފަސޭހަ ވާނެ… މިއީ ނާސިފް މިކަން ކުރަން ނިންމި ގޮތް.. ނާސިފްގެ މި ސޮއި، މިއަދު ޒީންއަށް ދިން ގަނޑުކޮޅުގަވެސް އިން ދޯ؟؟؟ ޒީން… އެހެންވީމަ… މިހާރު ގަބޫލުކޮށްފިންތަ މިގޭގެ ވެރިމީހަކީ އަހަރެންކަން.” ހައިރާން ވެފައިހުރި ޒީންއަށް ބަލައިލަމުން އިޝާލް ސުވާލުކޮށްލިއެވެ.
“ޒީން! އާދެބަލަ އަހަރެން ކައިރިއަށް… ޕްލީޒް… މިހާރު އަހަންނާ ޒީންއަށް މިއޮތީ ފުރުސަތު ލިބިފަ.. އަހަރުމެންގެ ބްރޭކްއަޕްވި ރިލޭޝަންޝިޕް އަލުން ވަރުގަދަކުރަން ހިނގާ…” ބިންމައްޗަށް ގަނޑުކޮޅު ވައްޓާލަމުން ދެއަތް ހުޅުވާލައިން ހުރެ އިޝާލް އަހަންނާ ކައިރިވެލިއެވެ.
“ނޫން އިޝާލް.. ތިހެން ނޫޅޭ.. އަހަރެން މިހުރީ ނާސިފްގެ ޢިއްދައިގަ.. އިޝާލްވެސް ޖެހޭނެ އެކަން ގަބޫލުކުރަން.. އަހަންނަށް އަދި ވަގުތު ބޭނުންވޭ…” އިޝާލްއާ ދުރަށް ޖެހިލަމުން އަހަރެން ބުނެލީމެވެ.
“ޒީން… ނާސިފް އެދިޔައީނު.. އޭނައަށް ކޯއްޗެއްތަ އިނގޭނީ. ވިސްނަބަލަ… އަހަރެންގެ ގޭގަ ޒީން ތިހުރީ… ކައިވެނި ކުރީއްސުރެ ވަރިވަންދެން.. މިއީ އަހަރެން އިއްޔެއަކު، މިއަދަކު ހޯދި ފުރުސަތެއް ނޫނޭ… ޒީންއަށް ނޭނގުނަސް ޒީނިޔައްތަ ނިޔާވި ދުވަހު އަހަރެން އޮންނާނީ ޒީންދެކެ ލޯބިވާ ވާހަކަ ނާސިފްގާތު ބުނެފަ.. އެއީ އޭނަ އަހަރުމެން ރަށަށް ދިޔަ އެންމެފަހު ދަތުރުގަ..” ޒީންއަށް ނޭނގިފައިވާ ހަގީގަތެއް އިޝާލް އޮޅުން ފިލުވައިދިނެވެ.
“ކިހިނެއް ނާސިފް ގާތު ބުނީ؟.. ކިހިނެއް މި ގޭގަ އަހަރުމެން… އަހަންނާ ނާސިފް…..؟” ބޭއިޚްތިޔާރުގައި އަހަންނަށް އަހާލެވުނެވެ.
“ޒީން.. އާދެބަލަ އަހަންނާއެކީ ނާސިފް އުޅުނު ކޮޓަރިއަށް..” އިޝާލް ބުނެލި ޖުމްލައިން އަހަންނަށް ލިބުނީ ހައިރާން ކަމެވެ.
ކުއްލިޔަކަށް އަހަރެން ބިރުގަނެ ޖެހިލުންވާން ފެށިއެވެ. އަހަރެންގެ މޫނުމަތިން އިޝާލްއަށް އެކަން އެނގުނެވެ. އިޝާލްގެ ކުރިމަތީ އަހަރެން ހަމަޖެހެން މަސައްކަތް ކުރިޔަސް އެކަންވީ ނާކާމިޔާބެވެ.
“ކިހިނެއްވީ؟ އާދެބަލަ.. އަހަރެން ނޫޅެން ކަމެއް ކުރާކަށް.. ޒީން!…. އަހަރެންމީ ކާކު؟ މީގެ އެތައް އެތައް އަހަރެއް ކުރިން ޒީން އަހަންނަށް އިތުބާރު ކުރީމެއްނު.. އެކަމު މިއަދު ކިހިނެއް ތިވަނީ؟ އަހަންނާ އެކު އެކޮޓަރިއަށް ދާން ބުނީމަ ކީއްވެ ފަސްޖެހެނީ؟ ކޮބާ އޭރު އަހަންނަށް ކުރި އިތުބާރު؟” އިޝާލް ހައިރާންވެފައިހުރެ ސުވާލުކުރިއެވެ. އެވަގުތު އިޝާލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އިތުރުން ހިތާމައިގެ އަސަރު ފާޅުވިއެވެ.
“އަ… އަހަރެން ދުވަހަކުވެސް… އެކޮޓަރިއަށް ނުވަންނަން.” އަހަރެން މަޑުމައިތިރި އަޑަކުން ބުނެލީމެވެ.
“އަހަންނަށް އެނގޭ… ހުރިހާ އެއްޗެއްވެސް އަހަންނަށް އެނގޭ ޒީން.. ނާސިފް އަހަންނާ ދިމާވާ ކޮންމެ ވަގުތަކު ޒީންގެ ވާހަކަތައް ކިޔައިދޭ.. އެހެންވީމަ އަހަންނަށް ނޭނގޭ އެއްކަމެވެސް ތިމީހުންގެ ދިރިއުޅުމުގަ ނުހިނގާ.. އެންމެ ބޮޑު ވަރަކަށްވެސް ތިދެމީހުން އެކަކު އަނެކަކު ގައިގަ އިޚްތިޔާރަކާނުލާ ބީހިލިކަން އިނގޭ… އެވެސް ތިމީހުން ބޭނުންވެގެން ނޫން… ދެން އެއަށްވުރެ ބޮޑުވަރެއްނުވެ. އެޔަށްވުރެ ބޮޑުކަމެއް ނުވެސްހިނގަ… އެހެންވެ މިބުނީ… އަހަންނަށް ނޭނގޭ އެއްވެސް އެއްޗެއް ނޯންނާނެ. ޒީން ހުން އައިސްފަ ހުރިރޭވެސް..” އިޝާލް ވާހަކަ ހުއްޓާލަމުން ކުއްލިޔަކަށް އަހަރެންގެ އަތުގައި ހިފައިން ނާސިފް އުޅުނު ކޮޓަރިޔަށް ހިނގައިގަތެވެ.
ފްލައިޓްގައި އިން ނާސިފް ދެލޯމަރާލައިން އިނދެ ވިސްނަމުން ދިޔައީ ހިތްހަމަޖެހިފައި އިނދެއެވެ. ހުރިހާ ގޮތަކުންވެސް ނާސިފްގެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބިފައި ވާކަމުގެ އިހްސާސް އަމިއްލައަށް ކުރެވެމުން ދިޔައިރު ނާސިފް ދިޔައީ ދޭތެރެ ދޭތެރެއިން އަމިއްލަ ނަފްސަށް ހިނިތުންވަމުންނެވެ.
އެމަންޒަރު ބަލަން ނަޝްފާ އިނީ ނުހަނު މަޑުމައިތިރި ކަމާއެކުއެވެ. މަޑުމޮޅިވެފައެވެ. އުފާވެރިކަމެއްނެތް އެމޫނުގައި ވަނީ ފަޅުކަމެވެ. ނާސިފްއަށް އުނދަގުލެއް ވެދާނެތީ ނަޝްފާ އަނގައިންވެސް ނުބުނެއެވެ. ނާސިފްގެ ޚިޔާލީ ދުނިޔެއިން މިވަގުތު ނާސިފް ނެރެން ނަޝްފާ ބޭނުމެއް ނޫނެވެ.
ނާސިފްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޒީން ވަރިކުރާ ވާހަކަ ބުނުމުން ވަހީދު އެކަމާ ދެކޮޅު ނުހެދިކަމެވެ. ވަހީދު ބޭނުންވި ކައިވެނި ނާސިފްވަނީ އިންކާރު ކުރުމަކާނުލާ ކޮށްދީފައެވެ. ނާސިފް ދެކޭގޮތުގައި އިޝާލްއާ ޒީންގެ ގުޅުން ރަނގަޅުވާނީ ނާސިފް ދުރަށް ދިޔުމުންނެވެ. ވަހީދަށްވެސް އެކަން އެނގޭނެއެވެ. އިޝާލް ޒީންދެކެ ލޯބިވާވަރު އެއީ ނާސިފަށް އަޖައިބެއް ކަހަަލަ އެއްޗެކެވެ. އެދެމީހުންގެ ދިރިއުޅުން ލޯތްބައްޓަކާ އިސްރާފްވާން ނާސިފް ބޭނުން ނުވީއެވެ. އެހެންވެ ކަންކަން ނިންމުމުގައި ނާސިފް ބެލީ މަސްލަހަތަށެވެ. އެންމެނަށްވެސް ފައިދާވާނެ ގޮތަށެވެ.
މަރާލާފައިވާ ދެލޯ ހުޅުވާލަމުން ފްލައިޓްގެ ކުޑަކުޑަ ދޮރުން ނާސިފް ބަލައިލީ އަލްވަދާއު ކިޔަމުންދާ ރާއްޖޭގެ ޖަޒީރާ ރަށްތަކަށެވެ. އިރުކޮޅެއް ފަހުން ހަމަހިމޭން ޖައްވެއްގެ ތެރޭގައި ވަޔާއެކު އުދުހެމުންދިޔަ ބޯޓު ވިލާތަކުގެ ތެރެއިން ރާއްޖެ ފަހަނައަޅާ ގޮސް ގެއްލިއްޖެއެވެ.
“ހުޅުވާލަބަލަ ނާސިފް އަލަމާރީގެ އެހެރަ ދޮރު..” އަތުން އިޝާރާތް ކުރަމުން އިޝާލް ބުނެލިއެވެ.
އަހަރެން އެ ދޮރު ހުޅުވާލީމެވެ. އަހަންނަށް ފެނުނީ އަހަރެންގެ މާޒީގެ ހަނދާންތައް ގުޅިފައިވާ ފޮއްޓެވެ. އެފޮށީގެ މަތިގަނޑުގައި މަޑުމަޑުން އަހަރެން އަތް ހާކާލަމުން ދިޔައީ ހައިރާން ވެފައި އިނދެއެވެ. އަހަރެން ޝައްކު ކުރާކަށް ޖާގައެއް ނެތެވެ. ޔަގީނެވެ. މިފޮށީގެ ވާހަކަވެސް ނާސިފް ވަނީ އިޝާލްއަށް ކިޔައިދީފައެވެ.
“ޒީން.. ތީގަހުރީ ހުސް އަހަރުމެން ދެމީހުންގެ އެކިއެކި ހަނދާންތައް. އެކަމަކު އަހަރެން ޒީންއަށް ނުދޭ އެއްޗެއް މީގެ ހަތް އަހަރު ކުރިން އަހަރުމެން ދެމީހުންގެ ތިހަނދާންތަކެމުގެ ތެރޭގަ އެބައޮތް… ޒީންއަށް ނޭނގިގެން ނަމަވެސް އަހަރެންގެ ފަރާތުން ލިބުނު އެއްޗެއް ކަމަށްހަދާފަ މިހާދުވަސް ވީއިރު ފޮރުވާފަ އޮތީ..” އިޝާލް ބުނެލި ވާހަކައިން އަހަރެން ސިއްސައިން ދިޔައެވެ.
“ކީކޭ؟ މީ.. މީހުސް އިޝާލްގެ ފަރާތުން ލިބުނު އެއްޗިހި.. މީގަ އެހެން މީހަކު ދީފައޮތް އެއްޗެއް ނޯންނާނެ.” އަހަރެން ބުނެލީ އެވާހަކަ ގަބޫލުކުރަން އުނދަގޫ ވުމުންނެވެ.
“ޒީން.. އެންމެ ރަނގަޅު.. ޒީން އެންމެ ލޯބިން އެންމެ ބޭނުންވެގެން ތީގަ ބާއްވާފައޮތް އަދި އެންމެ ލައިކްވާ އެތި އަހަންނަށް ދައްކަބަލަ.” އިޝާލް ބުނެލިއެވެ.
“މީ… މީ އިޝާލް އަހަންނަށް ދީފައޮތް އަހަރެން އެންމެ ލައިކްވާ ހަދިޔާއަކީ.” ރަނގަޅަށް ބަލާލުމަށްފަހު ހިކި އަނަރޫފަ ވެފައިވާ ފިނިފެންމާ އެ ފޮށިތެރެއިން ނަގަމުން އަހަރެން ދައްކާލީމެވެ.
“ޒީން.. އަހަރެން ބުނަންތަ ވާހަކައެއް؟ ގަބޫލު ކުރައްޗެ… ތި ފިނިފެންމާ ތީ ނާސިފް ޒީންއަށް ދިން އެއްޗެއް. ހަނދާންވޭތަ ތި ފިނިފެންމާ ގެންދިޔަ ކުޑަ ކުއްޖާ…. އެކުއްޖާއަށް އޮޅިގެން އަސްލު ނާސިފް ބާއްވާފައޮތް ފިނިފެންމާ ގެންދެވުނީ އަހަރެންދިން ޕާރސަލްއާއެކީ.” ކުރު ގޮތަކަށް ކަންތައްތައް ހިނގިގޮތް ކިޔާދެމުން އިޝާލް ބުނެލިއެވެ.
“ނޫން.. ނާސިފް އެދުހު އަހަންނަށް ގެނެސްދިނީ ސެންޓްފުޅިއެއް.” ނާސިފް ދިން ހަދިޔާ ބަޔާންކޮށްދެމުން އަހަރެން ބުނީމެވެ.
“އާނ.. އެއީ ނާސިފްއަތުން ތި މާ ނުދެވުނީމަ ފަހުން ގެންދިޔަ އެއްޗެއް ކަންނޭނގެ.” އިޝާލް ކިޔައިދިނެވެ.
އަހަންނަށް ހަދަންވީ ގޮތެއް ނޭނގުނެވެ. އަހަރެން އެހާ ލޯބިން ފޮރުވި މި ފިނިފެންމަލުގެ ހަގީގަތް އެނގުމުން އެއްލާލަންވީ ހެއްޔެވެ؟ ނޫނީ އިޝާލްގެ ކުރިމަތީގައި އަނެއްކާވެސް އުފުލިފައިވާ ގަދަރަކާއެކު މި ފިނިފެންމާ ބާއްވަންވީހެއްޔެވެ؟ އެހެންނަމަ އިޝާލްގެ ހިތަށް އަރާނީ ކީކޭބާއެވެ؟ ކަންތައް ކުރަންވީގޮތް އަހަންނަށް އޮޅިއްޖެއެވެ. އަހަރެންގެ ހިތުގައި އަދިވެސް އެމަލަށް ގަދަރަކާއި ލޯތްބެއްވެއެވެ.
“އަހަރެން މި އެއްލާލަންވީތަ؟” ބޭއިހްތިޔާރުގައި އަހަންނަށް އަހާލެވުނެވެ.
“ތީ ޒީންގެ އަމިއްލަ ކަމެއް.. ކޮންމެހެން ވިޔަސް ޒީން ލޯބިވަނީ އަހަރެންދެކެ… އެކަމަކު އަހަންނަށްވުރެ ކުރިން ފިރިއެއްގެ މަގާމު ހޯދީ ނާސިފް.. މިހާރު ދެން އަހަންނަށް އިނގޭ ނާސިފްގެ ހަނދާންތަކާ ދުރުވާން ޒީންއަށް އުނދަގޫވެފަ ހުންނަކަން… ތެދެއްތަ މިބުނެވުނީ؟” އިޝާލް އަހަންނާ ވަރަށް ގާތަށް ޖެހެން މަސައްކަތް ކުރަމުން އަހާލިއެވެ.
އެ ސުވާލުން އަހަރެން ސިއްސައިން ދިޔައެވެ. އިޝާލްގެ ކުރިމަތީ އެޔަށް ތެދުތެދަށް ޖަވާބު ދޭން އަހަންނަކަށް ނުކެރޭނެއެވެ. އެހެން ނަމަވެސް އިޝާލް އެބުނީ ތެދެކެވެ. މިހާރު ނާސިފްގެ ހަނދާންތަކާ ދުރުވާން އަހަންނަށް ވަކި ފަސޭހައެއް ނުވާނެއެވެ. އެއީ އަހަރެންގެ ހަޔާތުން ބީވެދިޔަ ކައިރި މާޒީއިން ޞަފްހާއެކެވެ.
“ހިނގާ މިތަނުން ނުކުންނަން…” އިޝާލްގެ އެ ހަރަކާތާ ދުރުވާން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ.
“ޒީން…އާދެބަލަ އަހަރެން ކައިރިއަށް ޕްލީޒް…. ހަމަ އެންމެ މިނެޓަކަށް.. އަހަރެން ވަރަށް ކެތް ކޮށްފީމެއްނު.. ދެން އިތުރަށް އަހަރެން އިމްތިހާން ކުރަން ނޫޅޭ ޒީން..” އިޝާލް ހީވަނީ ކެތްތެރިކަން ކޮޅުން ލާފައިވާހެނެވެ.
“އިޝާލް… ތިހެން ނޫޅޭ.. އަހަރެން ބުނެފީމެއްނު އަހަރެން މިއިނީ ޢިއްދައިގައޭ… މިތާ މީހަކު ނެތަސް އިޝާލްއަށް އެނގޭނު ތީ ގޯސްކަމެއްކަން… އަހަރެންދެކެ ލޯބިވާ އިޝާލް އަހަރެންގެ އިހްސާސްތަކަށް އިހްތިރާމް ކުރާނެ…. އިޝާލް!.. ޕްލީޒް” ކުއްލިޔަކަށް އިޝާލް އަހަރެންގެ އަތުގައި ހިފާ ކައިރިކޮށްލަން ފެށުމުން އަހަރެން ހިތްހަމަ ނުޖެހިފައި ހުރެ ބުނީމެވެ.
“އެންމެ ރަނގަޅު. އަހަންނަށް ޔަގީންކަން ދީބަލަ… ތިންމަސް ހަމަވީމަ އަހަންނާ ކައިވެނި ކުރަން ތައްޔާރުތަ؟” އަހަރެންގެ އުނަގަނޑުގައި އިޝާލްގެ ދެއަތުން ވަށާލައިން ހުރެ، އަހަރެންގެ ކަނދުރާ ކައިރިން ކަންފަތްދަށުގައި ވައި އަޑަކުން އިޝާލް ބުނެލިއެވެ.
އަހަންނަށް ވަގުތުން ދެލޯ މަރާލެވުނެވެ. އަހަރެން ގައިން ހީބިހި ނަގައިން ދިޔައީ ދާދި އަވަހަށެވެ. އެޔާއެކު އަހަރެންގެ ހަށިގަނޑުގައިވާ އެންމެ ކުދި ލޯލިތައް ހިނދުކޮޅަކަށް ނަމަވެސް އިޝާލްގެ ހަރަކާތަށް ކިޔަމަންވިއެވެ.
“އާނ…” ވިސްނާލުމަށްފަހު މަޑުމަޑުން އަހަރެން ބުނެލީމެވެ. އެޔާއެކު ހަމަ ވަގުތުން އިޝާލް އަހަންނާ ދުރަށް ޖެހިލިއެވެ.
“ނަ… ނަޝްފާއަކީ ނާސިފްއާ ކޮން… ގުޅުމެއް އޮންނަ މީހެއް؟” ޖަވާބު ބޭނުންވެފައިވާ ސުވާލެއްކަމުން ދެލޯ މަރާލަމުން ބިރެއްނެތި އަހަރެންގެ ސުވާލު އަމާޒުކޮށްލީ އިޝާލްއަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Mi part vex varha reethi
Unmeedhu kuran next part kiyaalan libeeney kama
Shaleen sis ah avas sifaa akah edhen
Unmeedhu kuran imko ah avas sifaa libeeney kama
Thanks imko
Next part ves Hama v avahah v ves avahah kiyaalan libeyne. In sha Allah. May be maadhamaa ves. Shaleen mi try kuranee Hama v avahah vaahaka up kollan. Dhen inee 3 parts veema.
Imko ah Avas shifa akah edhen.
Maasha Allah mi part vx varah varah reethi…. Mihaaru hama heevany zeen loabi vany naasif dhekehen…. Alhey nashfa eii kaaku thr????
Thanks my girl…
V ufaavejje comment libuneema.
Dhen balamaa dho kihineitho vaan miulheny..
Baakee in 3 parts in mulhi vhk nimeyne in sha Allah.
So shaleen beynunvanee maa Gina dhuvahu dhen thikudhin inthizaaru kuran nujeheygothah avahah vaahaka up kolladheyn. In sha Allah.
Imko ge comment ah shaleen koffa in reply kiyaalahchey.
Let’s see dhen nashfa akee ……… ????
Next part ga 🤔
Aww😍.. Maasha Allah Vv reethi mi part vs.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊
Vv ufaa vehje mi part avahah kiyaalan libuneema.. Ehaa kiyaalaa hithun kiyaalan fashaairah maa avahah nimey thee mahsala akee.. But next part avahah kiyaalan libenyaa ok😊
Once again mi Part Vv reethi 💯👍
Thanks ifoo
Yeah.. thikudhinge request akah avahah mi part mi up kolladhinee.
Abadhuves kiyaahithun kiyan fesheema nimenee dho… ???
Next part ves balaanan avahah up kolleveytho/ mihaaru shaleen inee vhk ekkoh nimifa. Ehenveema final checkings hadhaalaafa Hama up kollaanee avahah in sha Allah.
And once again thanks 👍
may b nashfa is naasif ge kokko eh hen heevani. naasif dheke zeen loabi vevuneetha ? and i think naasif kurin ves zeen dheke loabi vaakan neygey
Hi Nadhaa..
Nashfa and Naasif ge relation balaalan inthizaaru kollamaa next part ah..
Zeen Naasif dheke lwbi vaanebaa? Loabi veveynebaa ? Nooni Naasif ves zeen dheke loabi veybaa ?
Interesting dho….
Ehenveema hingaa dho mivaagoiy balaalamaa..
Dhen v avahah mulhi vaahaka nimidhaane in sha Allah.
Ummeedhu kuran vaahakaige fahu jumlaves hifattaalaane kamah.
Thanks Nadhaa … Ufaavey vaahaka ah guess kuraatheeve
Shaleen ge vhk thah v reethi abadhu vx 🥰
I’m waiting for the next part ♥️
Heevanee hama nadhaa buni gothah nashfaa akee naasif ge kokko hen…gaimu vx vhk nimen dhn inthizaaru kuraanan♥️
Hi LIM
Ufaavey komme faharaku shaleenge vhk thah reethi kamah bunelaatheeve.
Next part Hama v avahah kiyaalan libeyne in sha Allah.
Abadhuves site chk kollahche vhk up veytho dhen…
Nashfa and Naasif ah guess kureema bunelaanee hingaashey wait kollan next part kiyaalan.
Thanks vhk nimendhen inthizaaru kollaanekan inguneema.
Once again thank
Maadhamaa next part kiyaalan libeyne tha😩
I will try ingey ifoo..
Hama maadhamaaves kiyaalan libidhaane in sha allah