ދިރުމެއްނެތް ދިރިއުޅުން 42
އާދިލްގެ ނަން އިވުމާއެކު އަހަންނަށް ބޭއިހްތިޔާރުގައި ރުޅިއާދެވުނެވެ. އެއީ އަހަރެންގެ ބައްޕައެވެ. އެކަމަކު އަހަންނަށް ރުޅިއާދެވުނީ އަހަންނަށް ލިބެންވާ އެއްވެސް ލޯތްބެއް ނުލިބި ގެއްލުމުގެ އަސްލަކީ އެއީ ކަމަށް ވާތީއެވެ.
“އަ…. އަހަރެން… ތީ…ތީކާކު؟” ވާނުވާ އޮޅުންނުފިލާހުރި އަހަރެން އަޅައަޅައިގަންނަމުން އަހާލީމެވެ.
“ޒީން… އަހަރެންގެ ސުވާލަށް އަދިވެސް ޖަވާބެއް ނުލިބެ.. އަހަރެން އެހީ ކޮބާހޭ އަހަރެންގެ އަގުބޮޑު ޖަވާހިރު؟ މިއަށް ޖަވާބު ދިނީމަ މީ ކާކުކަން ބުނެލާނަން.” އެކޮޅުން ވާހަކަ ދެއްކި ފިރިހެން މީހާގެ އަޑުގައި ވަނީ މަލާމާތުގެ ރާގެވެ.
“އަޖައިބެއްނު… އަހަންނަށް ކިހިނެއްތަ އިނގެނީ؟ އެނގޭ ކަމެއްގެ ވާހަކައިން ސުވާލު ކުރީމަދޯ ޖަވާބު ދޭން އެނގޭނީ… ތިބުނާއެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެބަލަ… އަހަންނަކީ ބޮޑު ފަގީރެއް.. ޖަވާހިރާ ޔާގޫތާ މުތީ އެއީ އަހަރެން ދެކެފަވެސްހުރި އެއްޗެއްނޫން.” އަހަރެން ރުޅިއައިސްގެން އަދަބު ކުޑަ ގޮތަކަށް ވާހަކަ ދެއްކީމެވެ.
ވާނީވެސް އެހެން ނޫންހެއްޔެވެ. މުޅި ދުވަހު އަހަންނަށް ފެންނަމުންދިޔަ މަންޒަރުތަކާ އިވުނު އަޑުތަކަށް އަހަރެން ހުރީ މުޅިން ރޫޅިފައެވެ. ރޯވެ އަނދަމުންދާ ގަދަ އަލިފާންގަނޑުގެ ހުޅު އިތުރަށް ބޮޑުކުރުވީ މި ފޯނުކޯލްގެ ސަބަބުންނެވެ. ވީއިރު އަހަންނަށް އިހްތިރާމާއެކު ވާހަކަ ދެއްކޭނީ ކިހިނެއްހެއްޔެވެ؟
“އަސްތާ! ހާދަ ރުޅިއެއްގަ…. ހެހެހެހެ… އާދިލްއަކީ ތިހާ ރުޅިގަދަ މީހެއް ނޫން… ދެން އެންމެ ރަނގަޅު. ވާހަކަ މިދައްކަނީ ވަހީދު.. އަހަރެން މިހޯދާ ޖަވާހިރަކީ އަހަރެންގެ ދަރިފުޅު ނާސިފް… ގޭގަ އުޅެންޏާ ބުނޭ ވަރަށް އަވަހަށް މިގެއަށް ޖައްސާލާށޭ.” ވަހީދު ވަގުތުން ފޯނު ކަނޑާލިއެވެ.
އަހަރެން އަމިއްލަ ނަފްސަށް ލަދުވެތިވިއެވެ. ނާސިފްގެ ބައްޕައާ ވާހަކަ ދެއްކުނު ގޮތުންނެވެ. ފޯނު ބޭއްވުމަށްފަހު އަހަރެން އަވަސް އަވަހަށް ގޮސް ނާސިފް ކޮޓަރި ކައިރިޔަށް ހުއްޓިލީމެވެ. އަދި މަޑުމަޑުން ޓަކި ޖަހާލީމެވެ.
“އަނހަ! ނާސިފްގެ ވައިފް ދޯ؟ ހަޒްބެނޑް ކާން ނުގޮސް ލަސްވެގެންދޯ ތިއައީ.. ދެންމެ އެވަނީ ފާޚާނާއަށް.” ކުޑަކޮށް ދޮރު ހުޅުވާލައިން ހުރެ އިޝާލް ވާހަކަ ދެއްކިއެވެ.
“ނާސިފްގެ ބައްޕަ ދެންމެ ގުޅި ނާސިފް ހޯދަން. ނުކުތީމަ ބުނެލަދީ އެގެއަށް ދާށޭ.”އިޝާލްގެ ވާހަކަތައް އަޑު ނީވޭކަމަށް ހަދަމުން އިސްޖަހާލައިން ހުރެ އަހަރެން އިޝާލްއާ ވާހަކަ ދެއްކީމެވެ.
“ކިހިނެއް އެގެއަށްދާނީ؟ މިހާރު މިގޭގަ ނަތޫވެސް ނެތް.. ނަތޫ މިދިވަސްކޮޅު މާލެ ދިޔައިމަ އަހަރެންވެސް މިބަލަނީ ގިނައިރު މިގޭގަ އުޅެވޭތޯ… ނަޖުމާ މިހާލުގަ އޮންނާތީ އަހަރެން ވަރަށް ދެރަވޭ.. ނަތޫވެސް އެހުންނަނީ މީހަކާ ނީންނާންވެގެން. މަންމަ ބަލަންނޭ ކިޔާފަ.” ނަޖުމާ ކައިރި އިށީންދެލައިން އިނދެ ފަރީދު ވާހަކަދެއްކީ މާހިލްއާއެވެ.
“އާނ ތިވެސް ދޮގެއް ނޫން. އަހަންނަށް ހީވަނީ އެކަމު ދޮންތަ މިހާރު މީހަކާ އިނިއްޔާ މާރަނގަޅު ވާނެހެން. އޭރުން އެމީހަކުވެސް މަންމައާ ދޮންތައަށްވެސް އެހީތެރިވާނެތާ… މިދެން މަގޭ ވިސްނުން.. އެކަމު ދޮންތަ އެއްވަރަކަށްވެސް ނޫޅެ އެކަހަލަ ކަމަކާ. ކީއްކުރާނީ؟ ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވެސްނުވެ. މިހާރު ތޭވީސް އަހަރު ވަނީ.” މާހިލް ފަރީދާ ދިމާލަށް ބުނެލިއެވެ.
މެންދުރު ކެއުމުގައި ނާސިފް ފިޔަވާ ހުރިހާ އެންމެން ތިއްބެވެ. ވަހީދުގެ އެދުމުގެ މަތިން ނާސިފް ދިޔައީ އެގެއަށެވެ. ޒީންގެ މޫނުމަތިން ފެންނަ ނުތަނަވަސްކަން ނަތޫއަށް ނުހަނު ރަނގަޅަށް ފާހަގަވިއެވެ. އެހެން ނަމަވެސް އެކަން އެނގޭކަމަށް ހަދަން ނަތޫ ބޭނުމެއް ނުވެއެވެ. ނަޝްފާއާ އިޝާލްގެ ކުރިމަތީ ޒީންގެ އަމިއްލަ ވާހަކަތައް އަހަން ނަތޫ ބޭނުމެއް ނުވިއެވެ.
“ޒީން… އަހަރުމެންނާ އެކީ ކާން އިށީންދޭ.. މިކަހަލަ ދުވަހެއްގަ އެންމެނަށް އެއްކޮށް ކާލާ ހަދާލެވޭނީ.” ނަތޫ ބުނެލިއެވެ.
ދެކޮޅު ހެދުމެއްނެތި އަހަރެން ގޮނޑިއެއް ދަމާލަމުން ވަގުތުން އިށީނީމެވެ. އިއްތިފާގުން އަހަރެން އިށީންނަން ޖެހުނީ އިޝާލްއާ ކުރިމަތި ވާގޮތަށް އިން ގޮނޑީގައެވެ. އިޝާލްއަށް ނުބަލާން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ތައްޓަށް އެއްޗެތި އެޅުމަށްފަހު އަހަރެން ކާންފެށީމެވެ. އޭރު ނަތޫއާއި ނަޝްފާ ކާންފަށަމުން ކޮންމެސް ވާހަކައެއް ދައްކަމުން ދިޔައެވެ.
ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ އަހަރެންގެ ފައިތިލައިގައި އިޝާލްގެ ފައިތިލަ ހާކާލުމުންނެވެ. ކުއްލި ސިހުމާއެކު އަހަރެން އިޝާލްއަށް ބަލައިލީމެވެ. އިޝާލް އިނީ ހަމަޖެހިލައިން ކާށެވެ. ކަމެއް ނުވާކަމަށް ހަދަމުން ނަޝްފާއާއި ނަތޫއަށް ވަށްކަޅިން ބަލައިލުމަށްފަހު އަހަރެން މަސައްކަތްކުރީ ހަމަޖެހިލެވޭތޯއެވެ. އަނެއްކާވެސް ވީ ސިކުންތު ކޮޅެއްގެ ދިގުމިނެވެ. އިޝާލް ކާން ފެށުމުގެ ގޮތުން ނެގި އޫ ގަސްތުގައި ވައްޓާލިކަން އަހަންނަށް ހަމަ ރަނގަޅަށް އެނގެއެވެ. އަހަރެން އަރިވެލުމަށްފަހު ބަލައިލީމެވެ. ވެއްޓުނު އޫ އޮތީ އަހަރެންގެ ފަޔާ ނުހަނު ގާތުގައެވެ.
“އޯހ!! ސޮރީ އެވެއްޓުނީ އޫ…. އަހަރެން މިނަގަނީ.” އިޝާލް އެހެން ބުނުމަށްފަހު ތިރިވެލިއެވެ.
އަހަރެން މިފަހަރުވެސް ސިއްސިއްސައިން ދިޔައީ އިޝާލް ގެންގުޅުނު އުލުގެ ބުޑުން އަހަރެންގެ ފައިތިލައިގާ ހާކާލުމުންނެވެ. ކުއްލިޔަކަށް އަހަންނަށް ފައި ދަމާލެވުނެވެ. އެޔާއެކު އިޝާލް ގޮނޑީގައި އިށީނެވެ.
“ޒީން… ކިހިނެއްވީ؟” ނަތޫ ސުވާލު ކޮށްލީ އަހަރެން ސިއްސައިން ދިޔަކަން އެނގުމުންނެވެ.
“ކައްޓެއް ހެރުނީ ކަންނޭނގެ… ޒީން ކައިރި ނެތް ފެންތައްޓެއްވެސް. އަން… އަހަރެންގެ ފެންތަށި ބޯލާ…. އަޅެ މިމަސް ތެލުލުމުގެ ކުރިން ކަށިވެސް ނުނަގަނީތަ؟” އިޝާލް އަހަންނަށް ފެންތަށި ދިއްކޮށްލިއެވެ.
އަހަރެން އެފެންތަށީގައި ހިފުމަށްފަހު ކޯވަރެއް ބޯލީމެވެ. އެއީ ނަޝްފާއާ ނަތޫއަށް އޮޅުވާލުމުގެ މަގްސަދުގައި އަހަރެން ކުރިކަމެކެވެ. ކޮންމެ ގޮތެއްގައި ވިޔަސް އިޝާލްގެ ފަރާތުން އަހަންނަށް އުންމީދެއް ލިބިއްޖެއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަހަރެންގެ ސިކުނޑި އަހަންނަށް ވިސްނައިދިނީ އިޝާލް އަހަންނަށް ޖެއްސުން ކުރަން ބޭނުންވަނީކަމެވެ. ނޫނީ ކޮންމެސް ގޯނާއެއް ކޮށްލަން ބޭނުންވަނީކަމެވެ.
އަނެއްކާވެސް އަހަރެމެން ކާންފެށީމެވެ.
“ހެލޯ.. ނާސިފްއާ ވާހަކަ ދައްކާލަން ބޭނުންވަނީ…. އޯކޭ ބުނެބަލަ ނަޝްފާ ގުޅައިފިއޭ…” ނަޝްފާ އޭނާގެ ޖީބުން ކުޑަވަރެއްގެ ފޯނެއް ނެގުމަށްފަހު ވާހަކަދެއްކިއެވެ.
އަހަރެން ސިއްސައިން ދިޔައީ ނަޝްފާ ބުނެލި ވާހަކަ އަޑުއިވުމުންނެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ހަމަޖެހިލައިން ކާން އިން ނަޝްފާގެ މޫނަށެވެ. އަހަރެންގެ މޫނަށް އިޝާލް ބަލައިލިކަން އަހަންނަށް އެނގެއެވެ. އެޔާއެކު އަހަރެން އެއްވެސް ކަމެއް ވީކަމަށް ނުހަދާ އަނެއްކާ ކާންފެށީމެވެ.
“ހެލޯ… ނާސިފް.. އާދެބާ އަހަރެން ބަލާ..” އެހެން ބުނުމަށްފަހު ނަޝްފާ ފޯނު ކަނޑާލަމުން ޖީބައްލާ ފޯނު ފޮރުވާލިއެވެ.
މިފަހަރު ޒީންއަށް ކުއްލިޔަކަށް ބަލައިލެވުނީ އިޝާލްގެ މޫނަށެވެ. ހަމަ އެވަގުތު އިޝާލްވެސް އަހަރެންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އަހަރެން ހާސްވާކަން އެނގުނަ ނުދިނުމައްޓަކާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރީމެވެ. އެހެނަސް އަހަރެންގެ ހާސްކަން އިޝާލްއަށް ނަގައިގަނެވުނީ ކަންނޭނގެއެވެ.
“ޒީން… މިގޭގަ ތިއުޅެނީ މަހަކު ކިހާވަރެއް ދީގެން؟” އިޝާލް ސުވާލުކޮށްލިއެވެ.
“އޭތް! އަހަރެން ނިމުނީ.. އިރުކޮޅަކުން ނާސިފް އަންނާނެ ބޭރަށް ދާން ބަލާ. ދެން ދަނީ އިނގޭ.. ޒީން! ކާއެއްޗެތި ވަރަށް މީރު އިނގޭ. ބާއި…” ޓިޝޫއަކުން ތުން ފުހެލަމުން ނަޝްފާ ނުކުތެވެ.
“ނަޝްފާ!… މަޑުކޮށްބަލަ… މަވެސް ދާންޖެހޭ ފުރުމުގެ ކުރިން އެއްޗެއް ގަނެލަން.” ނަތޫ އަވަސްއަވަހަށް ޓިޝޫއިން ތުން ފުހެލަމުން ހިނގައިގަތެވެ.
ކުއްލިޔަކަށް އިވުނީ ގޭގެ ދޮރު ލެއްޕުނު އަޑެވެ. ޔަގީނުންވެސް ނަތޫއާ ނަޝްފާ ބޭރަށް ދިޔައީއެވެ. އަހަރެންގެ ހިތް ބިރުގަންނަން ފެށީ އެހިސާބުންނެވެ. ޖެހިލުންވެފައި އިނދެ އަހަރެން ކަމުން ދިޔައިރު އަހަރެންގެ މޫނުމަތީގައިވާ ނުތަނަވަސްކަން ހަމަ ރަނގަޅަށްވެސް އިޝާލްއަށް ފާހަގަވާނެއެވެ. އަހަރެން ލަސްލަހުން ކަމުން ދިޔައީ އެސަބަބާހެދިއެވެ. އެހެނަސް އިޝާލްގެ ކެއުމުގައި އަވަސްކަމެއްވެއެވެ.
ހަމަޖެހިގެން އިނދެ އިޝާލްއަށް މިވަގުތު ކެވެނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމަ ގައިމުވެސް އަހަރެން ޖެހިލުންވެއެވެ. އަހަންނާ އިޝާލް ގޭގައި އެކަހެރިކޮށް ތިއްބާ ނާސިފްއަށް އާދެވިދާނެ ތީއެވެ. އަހަރެންގެ މޭގަނޑު މިވަރަށް ތެޅޭއިރު ނާސިފްއަށް ފެނިދާނެތީ އިޝާލްގެ މޭނުކަރަނީ ކީއްވެބާއެވެ؟ އަހަރެންގެ ލޯބިވެރިޔަކީ އިޝާލްކަން އެނގޭނަމަ ހަމަގައިމުވެސް ނާސިފް މިގޭގައި އިޝާލް ބަހައްޓަން ބޭނުމެއް ނުވާނެއެވެ.
“ޒެޑް. އައި. އެން… ޒީން! ކައިވެނި ޕާރޓީގެރޭ އަހަރެން ފޮނުވި ހާރު އަޅާނެކަމަށް އަހަރެން ފަހަރެއްގަ ވެސް ހިއެއް ނުކުރަން.” ސިއްސައިންގޮސް އަހަރެން ބަލާލީ އިޝާލްގެ މޫނަށެވެ.
“ހެހެ… ހާސްނުވޭ… ތިދޮންދޮން ކަރުގަ އަހަރެންގެ އަތުން ބީހިލަން ނުލިބުނަސް މުޅި އެރޭ……. މުޅިއެރޭ ޒީންގެ ކަރު ވަށާލާފަ އޮތީ އަހަރެން މަތިން ހަނދާން ވާފަދަ އެއްޗެއްދޯ؟
“އެއީ އަހަރެން ހަޔާތުގަ އައި އެންމެ ހިތާމަވެރިރޭ… ޒީންގެ ޕާރޓީ ހިނގަމުން ދިޔަ ވަގުތު ނޭވާ ހާސްވެގެން އަހަރެން އެޑްމިޓްވެސް ކުރި.. ކުޑަކޮށްވެސް ހިތްހަމަޖެހުމެއް ލިބުނީ އެރޭ ޕާރޓީ ނިންމާފަ އައިސް ސޯފާގަ އިނދެގެން ބައްޕަ ވާހަކަދެއްކި އަޑު އިވުނީމަ… އޭރު އަހަރެން ހުރީ ކޮޓަރި ދޮރުކައިރީ… ޒީންގެ ކަރުގަ އަހަރެން ހަދިޔާކުރި ހާރު އެޅިކަން އެނގުނީމަ އެރޭ ވަރަށް ހިތްހަމަޖެހުނު… ދެން އެންމެ ހިތްހަމަޖެހުނީ….. ބައްޕަ ބުނި ޒީންގެ އިނގިލީގަ އަޅާފަ އިނީ ބްރޯކެން ހާރޓެއް އިން އަނގޮއްޓިއެކޭ…. އެވާހަކައިން އަހަންނަށް މާނަ ނެގުނީ ތީވަރަށް ޒާތެއްގެ ކައިވެންޏެއްކަން. އެވާހަކަތައް އަޑުއިވުނީމަ ހީވީ އަހަރެން ވެފަހުރި ބަލި މުޅިން ފިލައިން ދިޔަހެން. ދެން އަހަރެން ބޭނުންވީ އެކަން ޔަގީންކުރަން ޒީންއާ ދިމާވެލަން. އެކަންވެސް މިއޮތީ ކޮއްފަ… އަހަންނަށް މިހާރު ނާސިފްއާ ޒީންގެ ހަޔާތުގެ ނޭނގޭ އެއްވެސް އެއްޗެއް ނެތް.
“މިގޭގެ ކުލި ކިތަންމެ ބޮޑަސް ކުޑަޔަސް ނާސިފްއަކީ ޒީން ގެންގުޅެވޭ ފެންވަރުގެ މީހެއް.. އޯކޭ… އެވާހަކަ ބާއްވަމާ!… މިގެއާދޭތެރޭ ހިތްހަމަޖެހޭތަ؟ އިންޓީރިއާ ޑިޒައިންއާ ހުރިހާ ކަމެއް ދެން؟” ނާސިފް ކައިނިންމާލި ގޮތަށް ޓިޝޫއެއް ނަގަމުން ސުވާލުކޮށްލިއެވެ.
“ރީތި ގެއެއް. ގޭގެ ބޭރުންނާ އެތެރެއިން ބާލާ ކޮންމެ މީހަކަށް ފެންނާނީ ރީތިކަން. ކުރެހިފަވާ ޗާރޓެއްގެ މައްޗަށް ބިނާކޮށްފަވާ އުސް އިމާރާތެއް. އެކަމަކު އަހަންނަށް މިތަނުން ހިތްހަމަ ޖެހުމެއް ނެތް. އުފާވެރިކަމެއްވެސް ނެތް. އަހަރެންގެ ދިރިއުޅުމުގަ އެއްވެސް ދިރުމެއް ނެތް. އަހަރެންގެ ހަޔާތް ހިނދުކޮޅަކަށްވެސް ދިރުވައިދިނީ…. އިޝާލް. އެކަމު އަހަންނަކަށް ނޭނގެ މިހާރު އިޝާލްތީ ކާކުގެ…. ފިރިއެއް ކަމެއްވެސް. އަހަންނަކަށް ނޭނގެ ތީ ދަރިއެއްގެ ބައްޕައެއް ނޫންކަމެއް ވެސް. ކޮންމެ ގޮތެއްގައި ވިޔަސް އަހަންނަށް މަޖްބޫރުވީ… އަހަރެން މިކައިވެނި ކުރީ އެހެންވެ. އަދިވެސް އަހަންނަކީ…….” އަހަރެން ވާހަކަ ދައްކަމުން ދިޔައީ އިޝާލްއަށް ބަލައިވެސް ނުލައެވެ.
“އިޝާލް… އަހަރެން…… ނާސިފްއާ ކައިވެނި ކޮށްގެން އުޅުނަސް، ނާސިފް އަހަރެންދެކެ ލޯތްބެއްނުވާނެ. ނުވެސް ވެވޭނެ. އަހަރެންވެސް ލޯތްބެއް ނުވޭ…. އަހަރުމެން ދެމީހުންވެސް މި ކައިވެނީ ކުރީ ދެފަރާތުން މަޖްބޫރުވެގެން.. އަހަންނަށް މިގޮތަށް އުޅެން ވަރަށް އުނދަގޫ… ވަރަށް އުނދަގޫ… މީ އަހަރެން ބޭނުންވި ކަހަލަ ދިރިއުޅިމެއް ނޫން. ނާސިފްއަށްވެސް އިނގޭނެ އަހަރެން މިދިރިއުޅުން އެއްގޮތަކަށްވެސް ބޭނުން ނޫންކަން.” އަހަރެންގެ ލޮލުން މޭޒުމައްޗަށް ކަރުނަތިއްކެއް ވެއްޓުނެވެ. އިޝާލް އިނީ އަހަރެންގެ ކޮންމެ ހަރަކާތަކަށް ބަލަންނެވެ.
“ޒީން… ބަންދުވެފަވާ ކޮއްޓެއް ތެރެއިން ނުކުމެ، މިނިވަންކަމާއެކު އުދުހިލާފަ އުޅެން މަސައްކަތެއް ނުކުރަންތަ؟” އިޝާލްއަށް އެހިސާބަށް ބުނެވުނު އިރު ބެލް ރިންގވާން ފެށިއެވެ.
ކޮންމެސް މީހަކު ގެއަށް ވަންނަން ބޭނުންވީކަން އެނގުމުން އިޝާލްއާއި ޒީން ވާހަކަ މެދު ކަނޑާލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޒީން ގޮސް މަޑުމަޑުން ދޮރު ހުޅުވާލިއެވެ.
ކުރިމަތީ ހުރީ ނާސިފްއެވެ. ވިރިވިރި ހުރި އަހަރެން މަޑުމަޑު ތުރުތުރެއް އަޅަމުން ދިޔައެވެ. އިޝާލްއާއި އަހަރެން ގޭތެރޭގައި އެކަނި ތިބިކަން ނާސިފަށް އެނގުމުން ވާނެގޮތެއް އަހަންނަކަށް ނޭނގެއެވެ. ނާސިފް އެތެރެއަށް ވަނުމާއެކު އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ. މަޑުމަޑުން އަހަރެން ފަސް އެނބުރި ބަލައިލީ ނާސިފްގެ ހަރަކާތްތަކަށެވެ. އޭރު ނާސިފް ގޮސް ކާގެއަށް ވަންނަނީއެވެ. އަހަރެންގެ ފައި ހީވީ ބިމުގައި ހަރުލިހެންނެވެ. ދެލޯ މަރާލައިންހުރެ ވެށީގެ ތެރެއަށް އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Vv reethi mi part vs Maasha Allah…Unmeedhu kuran next part vs avahah kiyaalan libeyne kamah ❤️😊
Thanks ifoo..
In sha Allah Hama dhuvahah kiyaalan libeyne.
Maasha Allah mi part ves varah varah reethi… Next part kiyaalan libeyny kon iraku??????
Thanks vempire girl
Next part up kollaanee Thursday ga in sha Allah
Masha Allah❤️❤️❤️ vrh reeethi mi part vx!!💗💗💜💜💜💛💛❤️❤️ Mihaaru heeve adhi kuriyah vure vx vahka reethi vefa liyumuge fenvaru bodu thanun hama rangalhu henn👍👍👍👍💯💯💕💕 siiisss! this storyy issssz soooooo interesting😍😍😍😍😍💙💙💚💚💚 i just wannna reeaaad a long long partt😭😭😇❤️ and Sorrryy for the “lui” cmnts on last two partss😭😭😭
LUUUVV YOU SOOOOOOOOOOOO MUCHHHHHH!!!!!!!!❤️❤️❤️❤️❤️❤️❤️❤️
Fahfashun shukuriyyaa Lily
V ufaaverikan libunu comment eh.
It’s okay lui / baru comment viyas Hama…
Shaleen Hama ufaavey komme kujjeige comment libuneemaves
Ekam haassakoh story related comments Hama emme beynunvanee..
Shaleen ge liyumuga huri rangalhu kuranvaa kankan ves ingen beynunvey.
Dhen vaahaka ehaa interesting ey buneleema Hama finifini ufalei libijje.
Thanks adhives
And Lysm👍🌹
Ehnve ey buneveny shaleen sis theeee enme best ey
Vrh understand vaaane
Bunaa bahuga ithubaaaru hunnaane
Abadhuvx kiyuntherin bunelyma hama v varakun part thah dhigu kohladheyne
Hama faahagavaa kanthahthah baivaru
Shaleeeeeennn sissssuu!!! Lily akah nethey shaleeenge liyumuga rangalhu kuraane kameh😂
ekam ingey kuriah vure liyumuge baii hama vrhh rangalhukan
Lily vxx mihaaru vahka kiyaa kiyaa konmes varakah liyun rangalhu vaaane😭😭
Asluga shaleeeen misssss menge vahakathakun lily men kahala baivaru kudhinnah improvement aaadhey🙂
Lyt❤️❤️
Mi part vex varha reethi
Shaleen sis ge vaahaka libuneema varha ufaaveje
And thankolheh dhigukoh genas dhineeba
Unmeedhu kuran next part kiyaalan libeeney kama
I love you so much shaleen sis
Thanks imko..
Hurihaa kudhinves story ge parts dhigukollan demand kuraathee vvv ufaavey.
Ekamah Hama v bodah thanks, dhen shaleen furathama vhk liyan feshi iru 700 words ammukoh liyevenee. But ufalaa ekee Hama bunelaanee mi part42ga Hama innaane 1106 words. So shaleen hama balan veevaraku. Dhigu kohleveytho…
Sure 😊 shaleen v try kuraanan Hama part 43 Thursday ah up kolleveytho ingey.
Also I love you so much imko
To lily
Awwwwww 💖💖💖
T
H
A
N
K
Y
O
U
S
O
M
U
C
H
Haadha inthizaareh kurevihjeyy mi vhk ah.. Vrh kiyaa hiyvefa huhtaa thi up kury… Thanks so much and keep up the wonderful work. Love this part too.. Can’t wait for the next😘
Hello Quiin Lilac
Furathamaves Hama shukuriyyaa comment kolleema.
Nikah Ufaavejje vaahaka ah inthizaaru kuraakan inguneema.
Shaleen abadhuves try kuran nunidhaa indheves 00:00 ah vhk up kolleveytho.
Kiyuntherin inthizaaru kuraavarakah shaleen ves hihvaru koffa dhuvahah vhk up kolleveytho balanee..
Yess .. next part (Thursday )ah inthizaaru kolladhee..
shaleen ves mihuree hama edhuvas aadheytho inthizaaruga..
Anekkaaves shukuriyyaa
inthizaarah nimun ai iru miothy anehkaaves inthizaaru kuran jehifa….kihinehtha alhe mi vanee ? Naasif aa zeen gulhen hama beynun vani
Hehe.. anekkaaves inthizaaru kuraakahala gothakah dho mivee..
Ekam adhives Inthizaaru kollaane kamah shaleen ummeedhu kurany ingey..
Vaagoiy balaalaama dho?
Zeen and Naasif…….. Dhen kiyaalaane vaahaka dho Kokkla modi 👍