Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 25

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 29, 2024 5 Mins Read
8 Comments

“މީކާލް … ފޯނު ބާއްވާލަނީ..” ކުއްލިޔަކަށް އަހަރެން ފޯނު ކަނޑާލީ ބޭރު ދޮރާ ދިމާލަށް ބަލައިލަމުންނެވެ.

އޭރު އެއްކަލަ މީހާ އަހަންނަށް ހަތަރު ވަރަކަށް ފަހަރު ފުއްޓަކި ޖަހާލިއެވެ. އަހަރެން މުޅިން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އެއީ އަހަންނަށް ބިރުވެރި މީހެކެވެ. ކުލީ ކޮޓަރި ހުރިކަމަށް ބުނެ، ކުރިމަތީ ހުރި ގެޔަށް ގަދަކަމުން އަހަރެން ގެންދަން އުޅުނު މީހާއެވެ. އަހަރެންގެ އިއްފަތް ފޭރުމަށް ކަރު ހިއްކާފައިވާ އެމީގެ އުނދަގޫ ދުވަސް ދުވަސް ކޮޅުން ޖެހެމުންދާތީ އަހަރެން ބޭރަށް ނުކުމެ އުޅެންވެސް ޖެހިލުން ވެއެވެ. އަހަރެން ހީކުރީ ފައިވާނާއި އިލޮށިފަތީގެ ބާރު ދައްކާލުމުން އޭނާގެ އުނދަގޫ ހުއްޓުނީ ކަމަށެވެ.

“އަހްމަދުބޭ” މޭޒު ދަށުގައި އޮތް މަރުތޭލެއް ނަގާ ވަރުގަދަޔަށް ހިފައްޓާލަމުން އަޑުގެ އެންމެ ބާރު މިނުން އަހަރެން ހަޅޭއް ލަވައިގާތީ އެމީހާ ފޮނުވާލުމުގެ ނިޔަތުގައެވެ.

އަހަރެންގެ ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުނުކަން އަހަންނަށް ސާބިތުވީ އެމީހާ ފަޔަށް ބާރުލާފައި ހިނގައި ގަތުމުންނެވެ.

“ކިހިނެއްވީ ޝަލީން؟ ހާދަ ބާރަކަށް ގޮވަނީ؟ ކީއްކުރަން މަރުތެޔޮ ނެގީ؟” ކުރު ސޯޓެއް ލައިން ހުރި އަހްމަދުބެ ކޮޓަރި ދޮރުން ބަލައިލަމުން ބުނެލިއެވެ.

“ކުރަތްޕެއް ފެނުނީ” އަހަރެން ވާހަކަ އޮޅުވާލަމުން ބުނެލީމެވެ.

“ބޮޑު ދޮގެއް… ޝަލީންތީ ކުރަފިދެކެ ބިރެއް، ފަކުރެއް ގަންނަ ކުއްޖެއް ނޫން. ކޮން ތާކުންތަ ކުރަފި ފެނުނީ؟ މަރުތޭލުން ޖެހީމަ ކުރަފި ޗަހެއްނޫންތަ ވާނީ؟”  އަހަންނާ ދިމާލަށް އަންނަމުން މުހައްމަދުބެ ބުނެލިއެވެ.

މުހައްމަދުބެ އެބުނީ ތެދެކެވެ. ހަގީގަތުގައިވެސް އަހަރެން މީ ކުރަފިދެކެ ބިރުގަންނަ، ފަކުރުގަންނަ ކުއްޖެއް ނޫނެވެ. ގިނަ ފަހަރަށް ގޭތެރެއިން ފެންނަ ކުރަފި މެރުން އެއީ، މަޖަލަކަށް ހަދަމުންވެސް އެ މަރަނީ ހަމަ އަހަރެންނެވެ.

“ގޭ ދޮރުން ބޭރަށް ދިޔައީ… އަހަރުމެން ކޮޓަރިޔާ ދިމާލުން މައްޗައް ކަންނޭނގެ އެރީ.” މަގުމައްޗަށް އިރުކޮޅަކާ ބަލަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީމެވެ.

“މަތީ ކޮޓަރި ކައިރިއާ ދިމާ..؟ ދެން ކޮބާ؟ ތިއުޅެނީ ބޭރުންތަ ކުރަފި ފެންނާތީ؟ އެވަރަކަށް ނޫން ތިބަލަނީ ބޭރަށް” އަހަންނާ އެކު ބޭރަށް ނުކުންނަމުން އަނެއްކާވެސް މުހައްމަދުބެ ބުނެލި ވާހަކައިން އަހަރެން ހިތްހަމަ ޖެހުނެވެ.

“އާނ!!! ބަލާލަ… އެހެރީ އެކޮޅުގަ…” ހަގީގަތުގައި އަހަރެން ދެއްކީ އިނގިލީގެ އިޝާރާތުން އެމީހާއެވެ.

އެމީހާވެސް ހުރީ ފާޑަކަށް މުހައްމަދު ބެއާ ދިމާލަށް ބަލަންނެވެ. ތަންކޮޅެއް ދުރުގައި ހުރުމަށްފަހު އެމީހާ ހިނގައި ގަތީ ގޯޅިއެއް އަޅަމުންނެވެ. ޔަގީނެވެ. މުހައްމަދުބެއަށް އަހަރެން އެމީހާ ދެއްކީ ކަމަށް ހީކޮށް ބިރުން ފިލީ ކަންނޭނގެއެވެ. ދެންވާ އަދިކިރިޔާ މިވީ ރަނގަޅަށްތާއޭ އަހަރެންގެ ހިތަށް އެރިއެވެ.

“އެކޮޅުގައޭ؟ އެއީ މީހެއްނު؟ ކުރަތްޕެއް ދައްކަބަލަ..” މުހައްމަދުބެ އެހެން ބުނަމުން ފާރަށް ބަލަން ފެށިއެވެ.

“އެވީ ރަނގަޅަށް… ދެން ނުކެރޭނެ މިހިސާބަށް އަންނާކަށް…. މިހާރު ނެތް ކަންނޭނގެ… އެވާނީ އަހަރެން މުހައްމަދުބެއަށް ދައްކާލީމަ، ބިރުން ގޮސް ފިލީ ކަމަށް…. ކިހާ ބާރަށް ދިޔައިމަ… ފެންނަންވެސް ނެތެއްނު މިހާރު… ގޭތެރެ ކީއްކުރަން މަގު މަތިންވެސް ދެން ނުފެންނާނެ ކަންނޭނގެ..” އަހަރެން އެމީހާ ފެނޭތޯ މަގުމަތި ބަލައިލަމުން ބުނެލީމެވެ.

މުހައްމަދުބެ ހޭންފެށުމުން، އަހަރެން އެތެރެއަށް ވަދެ ފޯނު ނަގައިގެން ސިޑިތަކުން މައްޗަށް އެރީމެވެ. ކޮންމެޔަކަސް މިއީ އަހަރެން ވިސްނަންވެއްޖެ ކަމެކެވެ. އަހަރެން އެކަނި ގެއިން ބޭރަށް ނުކުންނަން ޖެހިލުން ވާނީ ދެން ކިހާވަރަކަށް ހެއްޔެވެ؟ މިއީ އަދި އަހަރެން ގޭގައި ހުންނާތީ ވާވަރެވެ. އެހެން ނުކުންނަ ވަގުތުތަކުގައި، ޔާނީ ނޫނީ އިޝާނީ ހުންނަ ކަންވެސް ނަސީބެވެ.

ދުވަސްތައް ވޭތުވަމުން ގޮސް އަހަރެންގެ ޖީ.ސީ.އީގެ ނަތީޖާ ލިބިއްޖެއެވެ. އަހަންނަކީ މާމޮޅަށް ކިޔެވޭ ކުއްޖެއް ނޫނަސް ހަމަ ގައިމުވެސް މަޖްބޫރު ހަތަރު މާއްދާއިން ފާސްވި ކަންވެސް އެއީ އަހަރެންގެ ނަސީބެވެ. އޭގެ އިތުރުންވެސް އެހެން މާއްދާއަކުން ފާސް ވެފައިވާތީ އަހަރެން އުންމީދު ކުރި ވަރަށް ވުރެ ހިތްހަމަ ޖެހުނެވެ.

އެއް ދުވަހެއްގެ މެންދުރުގެ ވަގުތެވެ. މީކާލްގެ ފޯނުން އަހަންނަށް އައިސްފައިވާ މެސެޖެއް އަހަރެން ކިޔާލީމެވެ.

“ޝަލީން… އަހަރެން ފޯނުގެ ސްޕީކަރ މައްސަލަ ޖެހިގެން ދައްކާ ވާހަކަ އަޑު ނީވޭނެތީ މިމެސެޖް ކޮށްލީ… އަހަރެން ބޭނުން ވަރަށް އަވަހަށް ޖަވާބެއް. ޝަލީން މަންމަމެންގެ ރުހުން ހޯދާފަ ރައްޓެހިވާނަމޭ ބުނީމެއްނު! މިއަދު އަހާބަލަ މަންމަ ކައިރި. ޕްލީސް… މީކާލްއަށް ވަރަށް އުނދަގޫ ސިއްރުން ވާހަކަ ދައްކައިން އުޅެން.” މީކާލްގެ މެސެޖަގައި ލިޔެފައިވެއެވެ.

ވަގުތުން އަހަރެން ރިޕްލައި ފޮނުވާލީމެވެ. “ތިކަހަލަ ވާހަކައެއް ބުނަން ޝަލީން ވަރަށް ލަދުގަނޭ… އެކަމަކު ވަރަށް ބަލާނަން މަންމަ ގާތު ތިވާހަކަ ދައްކާލެވޭތޯ… އެކަމުވެސް އަދި ޝަލީން އަށް ދެދުވަސް ބޭނުން. ޕްލީސް.”

ޖެހިގެން އައި ދުވަހެވެ. ކޮޓަރިތެރޭގައި އެކަނިމައި އެކަނި އަހަރެން ހުރީމެވެ. ވަރަށް ޖެހިލުންވެ ހުރެ ފަހަރަކު ދިމާލަކަށް ހިނގާލަނީ އަތުގެ މުށު ތެރެއަށް ފޯނު ލައިން ހުރެއެވެ. މަންމައަށް ގުޅަން ފޯނުގައި ނަމްބަރު ޖަހާލަމުން ގޮތް ހުސްވެފައިވާ ފަދައިން ފޯނު ބާއްވަނީއެވެ. ގިނަ ވަގުތު ތަކެއްގެ ބޭކާރު ހަރަކާތް ތަކަށްފަހު ވަރަށް ހިތްވަރު ކޮށްލާފައި އަހަރެން ގުޅާލީމެވެ.

“ހެލޯ” އެކޮޅުން ފޯނު ނެގީ މަންމައެވެ.

“މަންމަ ކިހިނެއްތަ؟” އަހަރެން އަހާލީމެވެ.

“މަންމަ ރަނގަޅޭ… ޝަލީން ކިހިނެއްތަ؟” މަންމަ ބުނެލިއެވެ.

“ދެން…. ރަނގަޅު ހަމަ…” ކުރު ޖަވާބެއް ބައިބައި ކުރަމުން އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.

“ދެން ރަނގަޅޭ؟ ހާދަ ފާޑަކަށް…. ކިހިނެއްވީ އަނެއްކާ؟” ޝައްކުގެ ނަޒަރަކުން މަންމަ އަހާލިއެވެ.

“ކަމެއް ނުވޭ.. ބައްޕަ ވެސް ރަނގަޅުތަ؟ ދޮންތަ ވެސް ދެން އެންމެން.” އެއްފަހަރާ ގިނަ ސުވާލުތަކެއް ކުރަމުން އަހަރެން އަހާލީމެވެ.

“އާނ އެންމެން ރަނގަޅު ހަމަ” އަނެއްކާވެސް މަންމަ ބުނެލިއެވެ.

“ކޮންބައެއް ތިތާ ކައިރީގަ ތިބީ؟” ވަށައިގެން ބަޔަކު ތިބިތޯ ޔަގީން ކުރުމުގެ ގޮތުން އަހަރެން ބުނެލީމެވެ.

“ބަޔަކު ނެތް. ކިހިނެއްވީ؟ ހީވަނީ ކޮންމެސް އެއްޗެއް ބުނަން އުޅޭހެން. އަޅެ ބުނެބަލަ ވެގެން އުޅޭގޮތް؟” އަނެއްކާވެސް މަންމަ ބުނެލިއެވެ.

“ހޫމްމްމްމް….. މަންމަ ރުޅި ނާންނަންޏާ އެކަމު… ނޭނގެ ވިއްޔަ މަންމަ ބުނާނެ އެއްޗެއްވެސް މިކަމާ.” އަހަރެން ބުނެލީ ވަރަށް ލަދުން ހުރެއެވެ.

“ދެން ބުނެބަލަ… މަންމައަށް އިނގޭނީ ބުނީމަދޯ. ކިހިނެއްތަ ވީ؟” އަނެއްކާވެސް އާދޭހުގެ ރާގުގައި މަންމަ ބުނެލިއެވެ.

“އަހަރެން ކުއްޖަކާ ރައްޓެހިވިޔަސް އެންމެ ރަނގަޅުތަ؟” ދެލޯ މަރާ ފިއްތައިން ހުރެ އަހަރެން ބުނީމެވެ.

“ހެހެހެ…. ކިޔަވާ ނިމުނީނު… ދެން ޝަލީންއަށް ރަނގަޅު ކުއްޖެއް ހުރިއްޔާ މަންމައަށް އެންމެ ރަނގަޅު.” މަންމަގެ ހިނިތުން ވުމާއެކު ބުނެލި ޖުމްލައިން އަހަރެން މަރާފައިވާ ދެލޯ ހަމަ ކުއްލިޔަކަށް ހުޅުވާލީމެވެ.

“އަޅެ މަންމަ ހާދަ ރަނގަޅޭ.” އަހަރެންގެ އުފާވެރިކަން މަންމައަށް އިހްސާސް ކޮށްދެމުން ބުނެލީމެވެ.

“ކޮން ރަށެއްގެ ކުއްޖެއްތަ؟ އޭނަގެ މައުލޫމަތު ކިޔާދީބަލަ. މަންމައަށް އެވެސް އިނގެން ވާނެއްނު” އިތުރަށް އިނގެން ބޭނުންވާތީ މަންމަ ބުނެލިއެވެ.

“މީކާލް… އަސްލު ތ.އޮމަދޫ ކުއްޖެއް. އެކަމު އެމީހުން މައިންބަފައިންނާ އެކީ އުޅެނީ ކާށިދޫއަށް ބަދަލުވެގެން.” އަހަރެން ކުރު ގޮތަކަށް ކިޔައިދިނީމެވެ.

“އެހެންވިއްޔާ ބޭބެއަށް އިނގޭނެ ވަރަށް ގިނަ ކާށިދޫ މީހުން. އަޅެ އަހާލާނަން.” މަންމަ ބުނެލިއެވެ.

އެދުވަހު މަންމަ ފޯނު ބޭއްވުމާއެކު އަހަރެން ވަގުތުން މީކާލްއަށް މެސެޖް ފޮނުވާލީމެވެ. އަހަރެންގެ ފަރާތުން ލިބުނު ހިތްހަމަޖެހޭ މެސެޖަކީ މީކާލްއަށް ވަރަށް މުހިއްމު އެއްޗަކަށް ވިއެވެ.

“އަހަރެން ބަލާނަން ވަރަށް އަވަހަށް ޝަލީންއާ ބައްދަލުކުރަން މާލެ ދެވޭތޯ. އަހަރެން ކިޔަވާ ނިމިފަ ހުއްޓަސް މާލެ ގޮސް ހަމަ ހުންނާނީ ކިޔަވަން ހުރި ގޭގަ. އެއީ ތިގެޔާ ވަރަށް ކައިރިއެއްނުދޯ؟ އުންމީދު ކުރަން ބައްދަލުވާނޭ ކަމަށް.” މީކާލްގެ މެސެޖްގައި ވެއެވެ.

އަހަންނާއި މީކާލްގެ ފޮނި ވާހަކަތަކާ އަސަރުގަދަ މެސެޖްތަކުގެ އިތުރުން އުންމީދީ އެތަށް ހުވަފެންތަކެއް ދެކެމުން ދިޔައީމެވެ. އެއީ އަހަންނާ މީކާލްގެ އަމިއްލަ ކަންކަމެވެ. އަހަންނަށް ފޯނެއް ލިބުމާއިއެކު މީކާލްއަށް ކެނޑިނޭޅި މެސެޖްތައް ކުރަމުން ދިޔައީ އާދަޔާއި ޚިލާފަށެވެ.

“ޝަލީން… މަންމަ ބުނި ޝަލީން ކުއްޖަކާ ރައްޓެހިވި ވާހަކަ… ކުއްޖަކާ ރައްޓެހިވިޔަސް، ގެއިން ބޭރުން ދެމީހުން އެކަނި ގޮސް ތަންތާ ބައްދަލު ކުރުން މަންމަ އޮތީ މަނާކޮށްފަ.. އެހެންވީމަ ރައްޓެހިވެގެން އުޅޭ ކުއްޖާ ގާތު ބުނާތި ގެޔަށް އައިސް ބައްދަލުކުރާށޭ.” އަނެއް ދުވަހަށް އިރު އެރުމާއެކު، ސައި ބޯން އިނދެ މަރިއްތަ ބުނެލިއެވެ.

“އާނ… އަހަންނަށް އިނގޭ މަންމައަށް ދުވަހަކުވެސް އަހަރެން ބޮޑެއް ނުވާނެކަން.. އަހަރެން ހީކުރީ ވިސާމާ ގެއަށްވެސް އޭރު އެހެން ޔާނީއާ އެކީ ފޮނުވީ ސްކޫލްގަ އުޅޭތީ ކަމަށް. އެކަމު ކިޔަވާ ނިމުނީމަވެސް މަންމަގެ ތި ޝަރުތު އަދިވެސް އޮވޭދޯ؟.. ” އަހަރެން ބުނެލީ ހިތް ނުތަނަވަސް ވެފައި ހުރެއެވެ.

“އާނ… ޝަލީން މަންމަ ބުނާ ގޮތަކަށް މަރިއްތަ ކައިރި އުޅެން ވާނީ.. ޝަލީން ދެން ބަސްއެހީމަ އެނިމުނީ އަނެއްކާވެސް.. ދެން ނޫޅެންތަ ކޯހެއް ހަދާކަށް.” މަރިއްތަ އަހަންނާ ސުވާލުކޮށްލިއެވެ.

“ނޫން.. ކޯހެއް ހަދާނަން.. މުހައްމަދުބެ ކައިރި ބުނެގެން މިއުޅެނީ ފޯމެއް ގެންނަން.” އަހަރެން ބުނެލީމެވެ.

“ކޮން ދާއިރާއަކުން ކުރިޔަށްދާނީ؟” މަރިއްތަ އަހާލިއެވެ.

“ގުރްއާން ޓީޗިނގް ހަދަންވެގެން” އަހަރެން ބުނެލީމެވެ.

“އާނ… ރަށުގަ ރަނަގަޅުވާނީ ތިކަން.” ސައި ބޮއެ ނިމުނު ތަށިތައް ނަގަމުން އަނެއްކާވެސް މަރިއްތަ ބުނެލިއެވެ.

އަހަރެން އެދުވަހު ދޭތެރެ އަކުން މީކާލްއަށް މެސެޖް ކުރަމުން ދިޔައިމެވެ. އަހަންނާ ބައްދަލު ކުރަން މާލެ އަންނަން ބޭނުންވެފައި މީކާލް ހުރީ އިންތިހާ ދަރަޖައަށެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ.
އެހެނަސް މީކާލް މާލެ އަންނަ ވާހަކަ ބުނުމުން ބައެއް ފަހަރަށް ހިތް ބިރު ގަންނަނީއެވެ. މީކާލްއާއެކު ވަގުތު ހޭދަކުރަން ބޭނުންވާ ކޮންމެ ފަހަރެއް ހިތަށް އެރުމުން ޒައިޝްގެ ހަނދާންތައް އަހަރެން ވަށާލައެވެ.

ޒައިޝްދެކެ ވީލޯބި އަދިވެސް އަހަރެންގެ ހިތުން ފިލާނުދަނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިޔަސް އޭގެ ޖަވާބުވެސް އަހަންނަށް އެނގެއެވެ. އެއީ އަހަރެން ޒައިޝްދެކެ އިންތިހާ ދަރަޖައަށް ލޯބިވާތީއެވެ. އެހެނަސް މީހަކު ހައިރާން ނުވާނެހެއްޔެވެ؟ ޒައިޝްދެކެ އަހަރެން މިވަނީ ކޮން ކަހަލަ ލޯތްބެއްބާއެވެ؟ އަހަރެންގެ ލޯބި ޒައިޝްއަށް ނުފެނުނު އިރުވެސް ޒައިޝްއަށްޓަކާ އަހަރެންގެ ހިތާއި ސިކުނޑި މޮޔަވެފައި މިވަނީ ކީއްވެބާއެވެ؟

މީކާލް އަހަރެން ދެކެ ލޯބިވެއެވެ. އަހަންނަށް އެކަން އިހްސާސް ކޮށްދެއެވެ. މީކާލް އަހަންނަށް އިންތިޒާރު ކުރެއެވެ. އެކަން އޭނާ އަހަންނަށް އޮޅުވާލުމެއް ނެތި ސާފުކޮށްދިނީ އޭނާގެ ތެދުވެރިކަމާ ވަފާތެރި ކަމުންނެވެ. ބިޓުން ހިތި ޒަމާނުގައިވެސް އަހަންނަށްޓަކާ އެހާ ދުވަސް ގުރުބާންކުރީ އެއްވެސް އަންހެން ކުއްޖަކާ އެނިޔާތުގާއި ވާހަކަދައްކާ ނުލައެވެ. އެއީ މީކާލް އަހަރެންދެކެ ލޯބިވީ ގޮތެވެ. އެކަން އަހަންނަށް އަންގައިދޭން ކޮންމެ ބަންދެއްގައި މީކާލް އެކުރަނީ އަހަރެންގެ ހައްގުގައި ކަނޑު ފަޅު ހުރަސްކޮށް އެތައް ދަތުރެކެވެ. އެގޮތުގައި އަހަރެން ދެކިލާހިތުން މާލެ އައި ދުވަސްތައް ވަކި މަދެއްނޫނެވެ.

އެހެންވެ އަހަރެންގެ ހިތުގައި މީކާލްއަށް ލޯބި ނެތަސް ގަދަރެއްވެއެވެ. އަހަރެން ބުނިގޮތަށް މީކާލް އަހަރެން ކިޔަވާ ނިމެންދެން މަޑު ކުރާނެ ކަމަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަމެވެ. އެހެނަސް މީކާލް އޭނާގެ އަޒުމުގައި ސާބިތުވެ ހުރީ އަހަންނަށްޓަކައެވެ. ވީއިރު އަހަރެންގެ ހައްގުގާ މީކާލް އެހާ ދުވަހު މަޑުކޮށްގެން ހުރުމުން އަހަރެން މީކާލްއާ ގުޅެން ޖެހޭނެއެވެ. އެއީ އަހަރެން ވިސްނާގޮތެވެ. މީކާލް އަހަރެންދެކެ ލޯބި ވާވަރަށް އަހަންނަށް މީކާލް ދެކެ ލޯބި ނުވެވުނަސްހެވެ. އެހާ ދުވަހާއި ވަގުތު އަހަރެންގެ ހަނދާނުގައި މަޑު ކުރީތީ އަހަރެން މީކާލްއަށް ލަނޑެއް ނުދޭނަމެވެ.

ހަފްތާތައް ވޭތުވަމުން ގޮސް އަހަރެން ކޯސް ފަށަން ތައްޔާރުވި ދުވަހެވެ. ކްލާހަށް ހަމަކުރަންޖެހޭ ތަކެތި ހޯދާ ރެޑީކޮށްލުމަށްފަހު އަހަރެން ހަމަޖެހިލީމެވެ. އެއީ ކްލާސް ފެށުމުގެ ތިން ގަޑިއިރު ކުރިއެވެ. ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ ފޯނަށް އައި މެސެޖްގެ ނޮޓިފިކޭޝަން އަޑަށެވެ.

“ޝަލީން… މެސެޖެއް..” އަހަރެންގެ ފޯނުން ގޭމެއް ކުޅެން އޮވެ ޔާނީ ބުނެލީ އަހަންނަށް ފޯނު ދިއްކޮށްލަމުންނެވެ.

“ޝަލީން… މާދަން އަހަރެން މާލެ ދާނަން. ޝަލީން ދިމާވާނެކަމަށް އުންމީދު ކުރަން. ވަރަށް ރަނގަޅު ތިގެއިން މީޓް ކޮށްލެވޭ ގޮތް ހަދާދިނަސް.”

މީކާލް ކޮށްފައިވާ މެސެޖް އަހަރެން ކިޔާލިއިރު އަހަރެންގެ ތުންފަތުގައި ކުޑަ ހިނިތުންވުމެއް ހުއްޓެވެ. އެހެނަސް ހަމަ އެމެސެޖާއެކު އަހަރެންގެ މޭގައި އޮތް ހިތް ބާރުބާރަށް ތެޅި ފޮޅޭކަން އިހްސާސް ވާނީ ހަމައެކަނި އަހަންނަށެވެ.

“އޯކޭ..” ގެ ރިޕްލައިއެއް އަހަރެން ފޮނުވާލީ ފަރުވާކުޑަ ގޮތަކަށެވެ. އެހެނަސް އެއީ އަހަރެންގެ ހަށިގަނޑު ގައިވާ ތުރުތުރުގެ ސަބަބުން ބުނެލި ކުރު ޖަވާބެކެވެ.

“ހެލޯ” ރިންގް ވާންފެށި ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އަހަރެން ބުނީމެވެ.

“ޝަލީން… ދަރިފުޅާ! މަންމަ ވާހަކައެއް ބުނަންވެގެން މިގުޅާލީ.” މަންމަ އަހަންނާ ވާހަކަ ދައްކަމުން ދިޔައިރު މަންމަގެ ވާހަކަދެއްކުމުގެ އާންމު ރޫހުގަނޑުގައި ވަނީ ހަމަ ހިމޭންކަމެވެ.

“ކިހިނެއްވީ މަންމާ؟ ކިޔާބަލަ؟” އަހަރެން ބޭނުންވީ މަންމަ ދައްކާ ވާހަކަ ކަނުލާ އަޑުއަހާށެވެ.

“ބޭބެ ބަލައިފި މީކާލްއަކީ ކޮންކަހަލަ ކުއްޖެއްތޯ؟ ކާށިދޫ މީހެއް ގާތު އަހައިގެން… އެމީހާ ބުންޏޯ ތީ އެހާ ރަނގަޅު ކަމެއް ނޫނޯ. މިބުނީ އެހާ ރާނގަޅު ބައެއް ނޫނޯ އެ އާއިލާ އެއީ.. މީކާލްވެސް އެއީ ވަރަށް އަންހެން ކުދިންނާ ހެދިގެން އުޅޭ ކުއްޖެކޯ.” މަންމަ ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެންގެ ކަންފަތުގައި ހީވީ ވަރުގަދަ ގުގުރިއެއް ޖެހިހެންނެވެ. އަހަރެންގެ ހަރަކާތް ތަކާއިއެކު ހުއްޓުމެއް ނެތި ޖަހަމުންދިޔަ ލޮލުގެ އެސްފިޔަތައް ހުރިގޮތަށް ގަނޑުވިފަދައެވެ.

ނުނިމެ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބޭވަފާތެރިޔަކީމޭ 1

Next

ބޭވަފާތެރިޔަކީމޭ 2

Next
November 30, 2024

ބޭވަފާތެރިޔަކީމޭ 2

Previews
November 29, 2024

ބޭވަފާތެރިޔަކީމޭ 1

8 Comments!

  1. Nawar says:
    November 30, 2024 at 6:00 am

    Mi part vx varah varah reethi….
    Alhey…… nawar heekury meekaal akee varah rangalhu kuhjeii kamah….
    Whn next??

    1. Shaleen says:
      November 30, 2024 at 8:40 am

      Thanks Nawa
      V ehen gothei dho mi vee??
      Dhen kuriyah in Bai kiyaalamaa dho
      Next part anekkaaves v Ava’s kollaanan in sha allah

  2. Your fav bab says:
    November 30, 2024 at 10:59 am

    Nawar I agree with u….
    varah reethi

    1. Shaleen says:
      November 30, 2024 at 11:57 am

      Thanks dear
      Kuriyah huri baithakah inthizaaru ….. 🤗

  3. gurrrrl says:
    November 30, 2024 at 9:07 pm

    vrh reethi mi part ves when next part cant wait for it
    keep it up
    love you shaleen

    1. Shaleen says:
      November 30, 2024 at 9:48 pm

      Thanks dear
      Next part v avahah in sha Allah.
      Love you 🤟

  4. cutie girl says:
    December 1, 2024 at 8:19 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    shaleen and miykaal dhuru nukurachey
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

    1. Shaleen says:
      December 1, 2024 at 11:07 am

      Thanks dear
      Next part v avahah kiyaalan libeyne in sha Allah.
      V ufaavejje thihen support dheytheeve
      🖐️🤗

Comments are closed.

Next Episodeޝަލީން 26←


All Right Reserved!