އަހަރެމެން ތެރޭގައި ހަނގާކުރުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. މިއީ ނައްތާލަންޖެހޭ ދަށުދަރަޖައިގެ ޢަމަލެކެވެ. ހަނގާކުރުމަކީ ހަމައެކަނި އަތްފައިން ގެއްލުން ދިނުމެއްނޫނެވެ. ހަނގާކުރުމަކީ އަނގަބަހުން ނުވަތަ ވަސީލަތެއް ބޭނުންކޮށްގެން ގެއްލުން ދިނުމެވެ. އުނދަގޫ ކުރުމެވެ. އަނިޔާކުރުމެވެ. އަދި މި ނޫންވެސް އެކި ގޮތްގޮތަށް ހަނގާކޮށްއުޅެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ހަނގާކޮށްއުޅެއެވެ.
ބައެއް މީހުން އެކަން ކުރަނީ މަޖަލަކަށެވެ. ބައެއްފަހަރު ދެރައެއް ދިނުމުގެ ގޮތުންވެސް ހަނގާކުރެއެވެ. ހަނގާކުރެވޭ މިހާއާމެދު ނުވިސްނައެވެ. އެމީހާގެ އިހްސާސްތަކާއިމެދު ނުވިސްނައެވެ. އަނެއްބަޔަކު ހަނގާކުރަނީ މީހުންގެ ސަމާލުކަން ހޯދުމަށެވެ. ނުވަތަ އޭނަގެ ހުރި ޖެހިލުންކުޑަކަމާއި ބާރުވެރިކަން ދެއްކުމަށެވެ. ބައެއް ކުދިންނަކީ ހަނގާކުރިޔަސް ކެތްކޮށްގެން ތިބޭ ކުދިންނެވެ. މަސްލަހަތަށް ޓަކައެވެ. ނަމަވެސް އަނެއްބައި ކުދިންނަކީ ހަނގާކުރުމުން ރައްދުދޭ ކުދިންނެވެ. ބުނާ ބަހަކަށް ނުވަތަ ކުރާ ޢަމަލަކަށް ރައްދުދޭ ކުދިންނެވެ. ނަމަވެސް މިއީ އެންމެ ރަނގަޅުގޮތެއްނޫނެވެ. ބަދަލުގައި ރައްދު ދިނުމުން އިތުރު ހަމަނުޖެހުން އުފެދިގެންދެއެވެ. ހަނގާކުރުމާއި ކުރިމަތިލާންވާނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކުގައެވެ.
ހަނގާކުރުން ހުއްޓުވާނީ ކިހިނެތްބާ؟ ތިމާއަށް ނުވަތަ އެހެން މީހަކަށް ވެސް ހަނގާކުރާތަން ފެނިއްޖެނަމަ ، އެކަން ނުކުރުމަށް ބުނެ ހުއްޓުވާށެވެ. އަދި އެކަމުގެ ހުރި ގެއްލުމާއި ނުބައިކަމާއި ކިޔައިދޭށެވެ. އަދި ހަނގާކުރުމުގެ ޢަމަލެއް ހިނގާނަމަ އެކަން ކަމާބެހޭ އެންމެންނަށް އަންގަންވާނެއެވެ. ސުކޫލުގެ މާހައުލުގައި މި ކަހަލަ ކަމެއް ހިނގާނަމަ، މުދައްރިސުންނާއި ޕްރިންސިޕަލްއަށް އަންގަންވާނެއެވެ.
ހަނގާކުރުން ދެނެގަންނާނެ ބައިވަރު ގޮތްތަށް ވެސް ހުރެއެވެ. މިގޮތުން މީހުންގެ ކުރިމަތީގައި ތިބާގެ އަގުވައްޓައިލާ ގޮތަށް ވާހަކަދެއްކުމަކީ ހަނގާކުރުމެވެ. އަދި މީހެއްގެ ގައިގައި ހުންން ސިފައަކަށް މަލާމާތްކޮށް ޖޯކު ޖެހުމަކީވެސް ހަނގާކުރުމެވެ. މީހުން ނުރުހޭ ވަނަމުން ގޮވުމާއި، ނުކުރާ ކަންކަން ބޮލުގައި އެޅުވުންވެސް ހިމެނޭނީ ހަނގާކުރުމުގެ ތެރޭގައެވެ. މީހެއްގެ މައްޗަށް ބާރުފޯރުވުމުގެ ނިޔަތުގައި ބިރުދެއްކުމާއި އަމުރުކުރުމާއި އަދި ކަންކަމަށް މަޖުބޫރުކުރުމަކީ ހަނގާކުރުމެވެ.
ހަނގާކުރުން ހުއްޓުވުމުގެ ގޮތުން ކުރެވެން އޮތް ހުރިހައި ކަމެއް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. މިކަން ކުރުމަށްޓަކައި ، ކުޑައިރުއްސުރެން ފެށިގެން ދަރިންނަށް މިކަމުގެ ނުބައިކަމާއި އަދި ހުރި ގެއްލުން ކިޔައިދީ ހަދަންޖެހެއެވެ. އަދި އަނެކުންގެ އިހްސާސްތައް ދަންނަންޖެހޭނެކަން ވިސްނައިދޭންޖެހެއެވެ. ހަނގާކުރެވެން ފެށޭތަނުން ، ކަމާބެހޭ މީހުންނާއި މިކަން އެންގުން ވަރަށް މުހިންމެވެ. އެހެންނޫންނަމަ މިކަން ފުޅާވެ ނުހުއްޓުވޭ ހިސާބަށް ހިނގައިދާނެއެވެ.
މީހަކު ތިބާއަށް ހަނގާކުރާނަމަ ބިރުނުގަނެ އެކަމުން ސަލާމާތްވާން މަސަތްކަތްކުރާށެވެ. ހަނގާކުރުމުން ސަލާމާތްވުމަކީ ތިމާއަށް ލިބިފައިވާ ހައްޤެއްކަމާއި އަދި އެކަމުން ސަލާމާތްވުމުގެ ބާރު ލިބިގެންވާކަން ގަބޫލުކުރާށެވެ. ތިމާއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ޖެހިލުންވެ ހިތްދަތިނުވާށެވެ. އަދި ކެރިގެން ކުރިމަތިލުމަށް އަޒުމު ކަނޑައަޅާށެވެ. ހަނގާކުރުމުން ސަލާމާތްވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. ހަނގާކުރުމަކީ ވަރަށްވެސް ދަށުދަރަޖައިގެ ޢަމަލެކެވެ. ހަނގާކުރުން ބަލައިނުގަންނާށެވެ.
( ނިމުނީ )
10 Comments!
Comments are closed.

Actually story eh genainam it would be better but never mind.
Yea bully case there’s a lot
If I am not wrong emme ginain bully kuranee alhuvaa kiyaagen!!!
Literally bro girls and boys eh vaahaka dhahkaalius ship kohfaane!!!
Soooo…..and….yaa
ya that is true … btw thankiu for ur idea … iraadhakurehvihyaa vrh avahah biruveri vaahaka eh nikunnaane … 😊
You are right youe fav bab…
Ana ge vaahaka eii vx fennaane kamah ummeedhu kuran…
ya that is true … thankiu for ur support and comment ❤️ … iraadhakurehvihyaa vrh avahah biruveri vaahaka eh nikunnaane … 😊
You and butterfly aa same island thr??
Mi liyun vx varah varah reethi….
Ana ge vaahak akah vx ummeedhu kuran….
ya i and butterfly are from same island
vrh ufaavehje mi liyun reethi veema .. thankiu❤️
iraadhakurehvihyaa vrh avahah biruveri vaahaka eh fenigendhaane …
Heyy bestie
Vrh reethi mazumoonu as always maasha allah..
Vrh interesting and muhimmu liyumehmi..
Mi mihaaru mujuthamau ga hama vrh aammu kameh..
Biruveri story ge inthizaaru ga❤
Lyssm dory 💜🦋
thankiu bestie 😊❤️ aslu ves mee mihaaru aamu kameh… dhera kan kan .
biruveri vaahaka ehkoh liye ninmaalaafa laanan ❤️❤️
Hey anaa
Happy to read a something new from you again
miee hama husss thedhu vaahaka. school therey kan kamuga vess miee mihaaru kome dhuvahaku vaakameh. hithaamaveri kameh. hageegathuga mihaaru school aky vess hangaage gedhoreh.
and happy to hear vhk eh nerey vhk can’t wait
In sha allah shiher hurihaa part eh vess kiyaanan
Your writings are amazing ma sha allah, allahumma baarik
From your writings i can say you have the talent for writing. it’s not possible to succeed without an issue. i hope you can succeed in this. I can’t wait for your story
wishing you best of luck<3
hey shihaaama thankiu for ur comment … i am happy to see u in reading my stories again❤️😊 i am writing a biruveri vaahaka eh and ehkoh vaahaka nimuneema upload kohlaanan .. in sha allah …