ޝަލީން 27
ހިނިއައިސްފައި ހުރި ޒާހިރު އަހަރެން ފޯނުގެ ޑިސްޕްލޭއަށް ބަލައިލުމުށް ފަހު މުޅި މީހާ ހަމަހިމޭން ވެއްޖެއެވެ. އެއާއިއެކު ވަގުތުން އަހަރެންގެ ފޯނު ބޭއްވުމަށްފަހު ގެއިން ނުކުމެގެން ދިޔައީއެވެ. އަހަރެން ގާތު އައީ އަމަށަކު ހިންޏެއް ނޫނެވެ. އެވީވެސް އަހަރެން އެންމެ ބޭނުންވި ގޮތެވެ. އެއީ އަހަރެން ހަމަ ގަސްތުގައި ޒާހިރުގެ ފަރާތުން ދެކެން ބޭނުންވި މަންޒަރެވެ.
ރޫމަށް ގޮސް އަހަރެން ކޮލެޖަށް ދާން އެއްޗެހި ރެޑިީ ކުރަންފެށީ އަނެއް ދުވަހުގެ ތާވަލަށް ކަންކަން ކުރުމުގެ ގޮތުންނެވެ. ބައެއް ކަންކަން ހަމަޖައްސާ ލަމުން ދިޔައިރު މީކާލްގެ މެސްޖްތައް އަހަންނަށް ކެނޑިނޭޅި އަންނަމުން ދިޔައެވެ. އަހަރެން ބައެއް ފަހަރު އެއިން ބައެއް މެސެޖަށް ރިޕްލައި ކޮށްލަމެވެ.
“ޝަލީން… ތީ ވަރަށް ހިތުގަ ޖެހޭގޮތެއް. ތިގޮތަށް ކަންތައް ނުކުރޭ.. ހެޔޮނުވާނެ. އިޓްޒް މީ ޒާހިރު.. ދިސް އިޒް މައި ނަމްބަރ..” ޒާހިރުގެ ފަރާތުން ލިބުނު މެސެޖްގައި ވެއެވެ.
“ކިހިނެއް އަހަރެން ނަމްބަރު ލިބުނީ؟ އެހެން ނޫނަސް އަހަރެން މީހަކު ދެރައެއް ނުކުރަން… ހިތުގަވެސް ނުޖައްސަން. އަހަންނަކަށް ނޭނގެ ޒާހިރަށް ތިހެން ވާންވީ ސަބަބެއް.. ނަމްބަރ ލިބުނުގޮތް ބުނެދީބަލަ؟” އަހަރެން ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލާފައި ރިޕްލައި ކުރީމެވެ.
“އަހަރެން އަމިއްލައަށް ހޯދީ.. ޝަލީންގެ ފޯނުން އަހަރެންގެ ނަމްބަރަށް މިސްޑ ކޯލްއެއް ދީފަ ނުކުމެގެން އައީ.” ޒާހިރު ކިޔައިދިނީ އަހަރެންގެ ނަމްބަރ ހޯދިގޮތެވެ.
“ޝަލީން ޕްލީސް… ތި ފޯނުގަ އިން ވޯލް ޕޭޕާރ ބަދަލު ކޮއްލަ ދީބަލަ.. ޝަލީންތީ އަހަންނަށް ވަރަށް މުހިއްމު މީހެއް. ރައްޓެއްސަކަށް ވުރެންވެސް ގާތްކޮށް އަހަރެން ޝަލީންއާ ދޭތެރޭގަ ދެކެނީ.” އަނެއްކާވެސް ޒާހިރު މެސެޖް ކުރިއެވެ.
ތެދެކެވެ. އިޝާނީ ނެގި ފޮޓޯ އެއީ އަހަންނަށް ލިބުނު މީކާލްގެ ފުރަތަމަ ފޮޓޯއެވެ. އިޝާނީ އަހަންނަށް ވަގުތުން އެފޮޓޯ ފޮނުވާލުމާއެކު، އަހަރެންގެ ވޯލް ޕޭޕާރއަށް އެފޮޓޯލީ ކޮންމެހެންވެސް ޒާހިރުއަށް ދައްކާލުމުގެ ނިޔަތުގައެވެ. އަހަރެންގެ އަމާޒަކަށްވީ ޒާހިރަށް އެފޮޓޯ ފެނުމާއެކު އަހަންނަށް ޒާހިރު ކުރަމުންދާ ގޯނާތަކުން ދުރުވުމެވެ.
“ރައްޓެއްސަކަށް ވުރެ ގާތްކޮށް؟ ތިކަން އަހަންނަށް އިނގޭ މާކުރިންވެސް. އެހެންވެ އަހަރެން ކޮންމެހެން މިފޮޓޯ ލީވެސް. އެހެން ނޫނަސް އެއީ އަހަރެންގެ ބިޓު. އެފޮޓޯއަށާ އަހަރެންގެ ފޯނަށް ޒާހިރުގެ އަމުރު ހިނގާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ.” އަހަރެން ބޭނުންވީ ގަސްތުގައިވެސް ޒާހިރު އަހަރެން މަތިން ފޫހި ކުރުވާށެވެ.
އެއްދުވަސް ފަހެވެ. ވަރަށް ހަމަޖެހިލައިން އަހަރެން އޮތީ ސިޓިންގް ރޫމް ސޯފާގައި އޮށޯއްވެލައިންނެވެ. އަރާމު މަޑު ސޯފާގައި އަހަރެން އޮތް އޮތްއިރު ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒުގައި އަހަރެން ވާހަަކަ ލިޔަން ގެންގުޅުނު ފޮތާއި ގަލަން އޮތެވެ. ވާހަކައިގެ ނިންމުން ލިޔަން އިނދެ ރެސްޓެއް ނަގާލަން ބޭނުންވާތީ ފޯނު އަތަށް ލައިން އޮށޯއްވެލީއެވެ.
“ހެލޯ” އަހަރެންގެ އަތުގައި އޮތް ފޯނު ރިންގް ވާން ފެށުމުން ވާހަކަ ދައްކަން ފެށީމެވެ.
“ޝަލީން! ދަރިފުޅު ކިހިނެއްތަ؟ އަނެއްކާވެސް ވާހަކައެއް ބުނަން މަންމަ މިގުޅީ.” އެކޮޅުން ދައްކަމުންދިޔަ ވާހަކަތައް އަހަރެން އަޑު އެހީމެވެ.
“މަންމަ ރަނގަޅުތަ؟ އަހަރެން ރަނގަޅޭ މަންމާ! ކިޔާބަލަ. އަޑުއަހަން މިއޮތީ.” އަހަރެން ބުނެލީ ސޯފާގައި އިތުރަށް ހަމަޖެހިލަމުންނެވެ.
“މީކާލް އަކީ ރަނގަޅު ކުއްޖެއް އިނގޭ… މަންމަ ބުނެގެން މިކޮޅުން ރައްޓެއްސެއް ވަރަށް ރަނގަޅަށް މައުލޫމާތު ހޯދައިފި.” މަންމަ ބުނެލި ޖުމްލައިން އަހަރެން ދިޔައީ އުފަލުން ފޮޅިގެންނެވެ.
“އެކަމު ބޭބެ…. ބޭބެ ނޭނގެ ދޯ ބުނާނެ އެއްޗެއްވެސް؟.” އަހަރެން ހަނދާންވީ އެދުވަހު މަންމައަށް ބޭބެ އިއްވި ހާސަރުތައް މަތީންނެވެ.
ދެދުވަސް މާޒީގެ ތެރެއަށް ވަދެ ނިމުނީއެވެ. މިރެއަކީ އަހަރެންނާ ބައްދަލުކޮށްލަން މީކާލް މުޅިން އަލަށް ގެއަށް އަންނަ ރެއެވެ. އެންމެންވެސް ތިބީ މީކާލްގެ އިންތިޒާރުގާއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަތުގައިވާ އެންމެ ރީތިހެދުން ލައިގެން ތިބީ މީކާލްގެ ދައުވަތަކަށް ރެސްޓޯރެންޓަކަށް ކާން ދިއުމަށެވެ.
މީކާލް އައުމާއެކު އެންމެންވެސް މަޑުމަޑުން ހިނގާލާފައި ދިޔައީ އެންމެ ކައިރީގައި ހުރި ސިންތިޔާނާ ރެސްޓޯރެންޓަށެވެ. އެރޭ އަހަރުމެން އެންމެން ވަރަށް ހަމަޖެހިލައިން ކޭމެވެ. އެކަމަކު އަހަންނަށް އެކެއުން ކެވުނީ ވަރަށް ހާލުންނެވެ. އެއީ އަހަރެންގެ ޖެހިލުންވުމާއި ބިރުން ހުރިވަރުން ވީގޮތެކެވެ.
އެފަދަ ގޮތެއްގައި ދުވަސްތައް ވޭތުވަމުން ދާން ފެށިއެވެ. ވިސާމާއާއި އަހަރެންގެ ގުޅުމަށް ހީނަރުކަމެއް ނާދެއެވެ. ކިޔެވުމުގެ ބުރަ މާހައުލު ބޮލަށް ލައިން އުޅެމުންވެސް އަހަރެން މީކާލްއާ ވާހަކަ ދައްކަމުން ދިޔައިމެވެ. އަހަންނާ މީކާލްގެ ގުޅުން އިތުރަށް ބަދަހިވާ ކޮންމެ ކަމަކަށް އަހަންނާއި މީކާލް ފުރުސަތު ހޯދަމެވެ. އާއިލާގެ މީހުންނާއެކު ގިނަ ވަގުތު ހޭދަ ކުރުމަކީ އެންމެ ބޮޑަށް ކުރާ އެއްކަމެވެ.
އަހަންނާއި މީކާލް އެކަހެރިކޮށް ބައްދަލުކުރުން އަހަރެންގެ މަންމަ ވަނީ މާކުރިންވެސް މަނާކޮށްފައެވެ. މީކާލްއާއެކު އެކަނި ބޭރަށް ދިއުން ވެސް އަހަރެންގެ މަންމަ އަހަންނަށް މަނާ ކުރިއެވެ. ވީއިރު އަހަންނާއި މީކާލް އެކަނިވެލާނެ އެއްވެސް ވަގުތެއް ހަގީގަތުގައިވެސް އަހަރުމެންނަކަށް ނުލިބެއެވެ.
އަހަރެން ހެދި އެއް އަހަރުދުވަހުގެ ކޯހެކެވެ. ކޯސް ފެށިގެން ކުރިޔަށް ދާންފެށިތާ ދެވަނައަށްވީ މަހު މީކާލް ރިސޯރޓްއަކަށް ދިޔައެވެ. ވަޒީފާ އަދާ ކުރުމަށްޓަކާ މީކާލް އެންމެ ކުރަން ބޭނުންވާ ކަމަކީ ރިސޯޓެއްގައި ދުވަސްތައް ހޭދަކޮށްލުމެވެ.
އަހަންނާއި މީކާލް ދުރުގައި ވަގުތުތައް ހޭދަކުރަން ޖެހުނަސް އަހަރުމެންގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް އަހަންނަށް ފާހަގަވީ ކަމަކީ މީކާލް އަބަދުވެސް އުޅެނީ އަހަރެން ދެކެލާހިތުން ކެތްމަދުވެގެން ކަމެވެ. އެންމެ ދުވަހެއްވެސް މެދުކަނޑާ ނުލާ ކޮންމެ ދުވަހަކު އަހަރެންގެ ހާލު ބަލަން މެސެޖް ކުރަމުން ދިޔައެވެ. ލޯބީގެ މެސެޖް ތައްވެސް ކެނޑި ނޭޅި ލިބެމުން ދިޔައެވެ. އެކަމަކު އަހަރެން އެއާއި މުޅިން ތަފާތެވެ. މީކާލް ނަޔަސް އަހަންނަށް އެއްވެސް މައްސަލައެއް ނޫނެވެ. މީކާލް ނުފެނުމަކީވެސް އަހަރެން މާބޮޑަށް ދެރަވާ ކަމަކަށް ނުވެއެވެ. އަދި އަހަންނަށް ނުގުޅާ ކިތަންމެ އިރެއް ވިޔަސް އަހަރެން ހާހެއް ނުވެއެވެ.
އެގޮތުގައި ދުވަސްތައް ވޭތުވަމުން ގޮސް އަހަރެއްގެ ކިޔެވުން ނިމުނީއެވެ. އެއަހަރު ނިމުމާއެކު އަހަރެން ބޭނުންވީ އަހަންނަށް ލިބުނު ސަނަދަކާއެކު ރަށަށް ބަދަލުވާށެވެ. އަހަރެން ކިޔެވުން ނިންމާފަ މުޅިން ރަށަށް ބަދަލުވާން އުޅޭތީ މަރިއްތަމެން ތިބެނީ މާޔޫސް ވެފައެވެ.
“ޝަލީން… ދެން ރަށަށް ބަދަލުވުމުގެ ކުރިން ހިނގާ މިރޭ ޝޮޕިން ކޮށްލަން.” އިޝާނީގެ ރައްޓެހި ކުއްޖެއްގެ ގެއިން ނުކުންނަމުން އަހަންނާ ދިމާލަށް ބުނެލިއެވެ.
“ހޫމް… ހިނގާ ދެން ގެއަށް ދިޔުމުގެ ކުރިން އެހެންވިއްޔާ ފިހާރަތަކަށް.” މަގުމަތިން ހިނގާފައި ދަމުން އަހަރެން ބުނެލީމެވެ.
އެކި ފިހާރަޔަށް ވަންނަމުން ގޮސް އިޝާނީގެ މިސްރާބު ހުރީ ރެސްޓޯރެންޓަކަށެވެ. އެރެސްޓޯރެންޓްގެ މަލަމަތިން އެކިކުލަ ކުލައިގެ ބޮކިތައް ދިއްލެމުންދެއެވެ. ހައިރާން ވެފައިހުރެ އެތަނަށް ބަލަމުން އަހަންނާއި އިޝާނީ ގޮސް އެތެރެއަށް ވަނީ އެކި ވާހަކަތަކުގައި ތިބެގެންނެވެ.
“ސަޕްރައިޒް..” ދޮރުކައިރި ހުރި މޭޒާ ދިމާލުގަ ހުރެ މީކާލް ދެއަތް ފުޅާކޮށްލަމުން އަހަންނާ ދިމާލަށް ބުނެލިއެވެ.
އެއާއެކު މަރިތަމެން އެންމެންގެ އިތުރުން ޒާހިރާއި އިޝާނީވެސް ހިނިއައިސްފައި ތިބެ އަތްޖަހަން ފެށިއެވެ. އެވަގުތު އަހަރެން ހައިރާންވެ ހުރެ ވަށައިގެންވާ މާހައުލަށް ބަލައިލީމެވެ. މޭޒާ ދިމާ ފާރު ޑެކޮރޭޓް ކޮށްފައިވަނީ “ފެއާވެލް” ޖަހާފައެވެ. މުޅިތަނަށް ނަޒަރު ހިންގަމުން ދިޔައިރު އަހަރެން ހުރީ ހައިރާން ވީ ކަމުގައި ވިޔަސް އުފަލުން ފޮޅިފައެވެ.
“އުފާވެއްޖެ؟” މީކާލް އަހަރެންގެ ކަންފަތް ދޮށުގައި ބުނެލީ ރެސްޓޯރެންޓްގެ ތެރޭގައި ޖަހަމުންދިޔަ ލަވައިގެ އަޑު ބާރުކަމުންނެވެ.
“ހޫމް… ވަރަށް….. ކޮން އިރަކު މީކާލް މާލެއައި؟ ނުވެސް ބުނީމެއްނު… ޗުއްޓީތަ؟” އަހަރެން އަހާލީ މާމޮޅަށް އިންތިޒާމު ކޮށްފައިވާ ކަމެއްގެ ތެރެއަށް މީކާލްއަށް ވަދެވިފައި ހުރުމުންނެވެ.
“މިއަދު އައީ… އޮފް ޑޭއެއްމީ… އިޝާނީ ގުޅާފަ ބުނިގޮތެއް ހެދީމަ މިތާ އެއްނު ހުރެވޭނީ.. ހެހެ….” މީކާލް ކިޔާދިނެވެ.
“ޝަލީން…. އަހަރެން ދެން ދަނީ… އުނދަގުލެއް ވެފަ ވާނަމަ މާފަށްއެދެން… އެކަމު ވެޑިންގް އަށް ވަރަށް އިންތިޒާރު ކުރާނަން. އިންވައިޓް ކުރިއްޔާ ޕާރޓީ އޮންނަ ކޮންމެ ތާކަށްވެސް އަހަރެން ދާނަން.” މީކާލްއަށާ އަހަންނަށް އަޑު އިވޭވަރަށް އެހެން ބުނުމަށްފަހު ޒާހިރު ނުކުމެގެން ދިޔައީއެވެ.
މުހައްމަދުބެ އާއި މަރިއްތަ ގޮވުމުންވެސް ޒާހިރު މަޑު ނުކޮށް ދިޔައީއެވެ. އެންމެންވެސް ހަމަޖެހިލައިން ކާން ތިބި ވަގުތު ކޮތަޅަކުން ނަގާފަ އިޝާނީ އަހަންނަށް ދިއްކޮށްލީ އަލްބަމް އެކެވެ. އަހަރެން ކައި ނިމެންދެން އުނގުމަތީގައި އެއަލްބަމް ބާއްވާލައިން ކަމުން ދިޔައީމެވެ.
ކައި ނިމުމުން އެންމެންގެ އެދުމުގެ މަތިން އަހަރެން ހިނިތުންވެ އިނދެ އެއަލްބަމް ހުޅުވާލީމެވެ. ވަގުތުން އަހަރެންގެ ހިނިގަނޑު ފަޅައިން ދިޔައެވެ. އޭގައިވަނީ އަހަރެން އެގެއަށް އައި ދުވަހުން ފެށިގެން ވޭތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަޖާ ކަންކަމުގެ ފޮޓޯއެވެ. އެއިން ކޮންމެ ފޮޓޯއަކާ ދިމާލުގައި އެދުވަހެއްގެ މަޖާ ވާހަކަ ލިޔެފައިވާ ނޯޓް ކޮޅުވެސް ތަތްކޮށްފައި އިނެވެ. އަހަންނާއި އެންމެން އެކަމާ ހެމުން ދިޔައިރު އިޝާނީ ބާރުލާފައި އޭނާގެ ބޮޑު އަޑުން މީކާލްއަށް އިތުރަށް މަޖާ ވާހަކަތައް ކިޔައިދެމުން ދިޔައެވެ. އެވާހަކަތައް އަޑު އިވި މީކާލްވެސް އެންމެނާ އެއްވަރަށް ހެމުން ދިޔައެވެ.
“ހެއި…. ބާރަށް ލަވަ ޖަހާލަބަލަ..” ވައިގެ ތެރޭގައި އަތްތިލަ ހޫރުވާލަމުން މުހައްމަދުބެ ވާހަކަދެއްކީ އެތަނުގެ ވެއިޓަރަކާއެވެ.
“އޯކޭ އޯކޭ ޖަހަނީ…” އެމީހާ ބުނެލި އަޑު އިވުނެވެ.
ކުއްލިޔަކަށް މުޅި ތަނުން ކަރަންޓް ދިޔައެވެ.. ވީގޮތް ނޭނގިފައި އަހަރެން ހާސްކަމުގެ ތެރޭގައި އިނދެ ޖެހިގެން އިން މީކާލްއަށް ބަލައިލީމެވެ. އަނދިރި ކަމުގެ ތެރެއަށް އަހަރެންގެ ލޯ ހޭނުމާއެކު އަހަންނަށް ފެނުނީ މީކާލްގެ އަތުން ވިދުވަރެކެވެ. އަނެއްކާވެސް އަހަރެން ބަލައިލީ އެއަލިކޮޅަށެވެ. ރަނގަޅަށް ބަލައިލުމާއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ ބިރުން އިނދެއެވެ. އަނދިރީގެ ތެރޭގައި މީކާލް ހިފައްޓައިން އިނީ ވަޅިއެކެވެ.
މަޖާ ވެފައި އިން އަހަރެން ވަގުތުން ބިރުން ތުރުތުރު އަޅަން ފެށިއެވެ. މީކާލް އަހަރެންގެ ކަނާއަތް ފަޅީގައި އިން އިރު އަހަރެންގެ ވައަތް ފަޅީގައި އިން އިޝާނީއާ ކައިރިޔަށް މަޑުމަޑުން އަހަރެންގެ ގޮނޑި ޖައްސާލީމެވެ. މީކާލްއާ ދުރަށް ޖެހިލާ ސަލާމަތް ވުމުގެ މަގްސަދު ގައެވެ.
ނުނިމެ
* ކުރިޔަށް ދެން އޮތީ މި ވާހަކައިގެ އެންމެ ފަހު ބައި …. އިންތިޒާރު ކޮށްލައްވާ!!! 🤗
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Alheyyyyyy….
I can’t wait 😊
Mi part vx varah varah reethi….
Hiyy thalhuvaalan thr thibuny dhn iny fahu baey….
Whn next?
Hiiiii Nawar
Thanks for commenting
Next part Hama varah avahah up kollaanan in sha Allah…
Nooney hih thalhuvaakah nooney… Hama dhen next part akee last part
Ehenve nimmaalanee mi
Dhen kuriyah othee BZ dhuvasthakei
Hehe.
Luv 💗 u
mi part ves v reethi masha allah
curiously waitig for next part
keep it up
shaleen and miykaal merry kuruvaa
they both are made for each other
v intreting story eh
v kiyaala hithun kiyani
i appreciate your hard work
Thank you cutie
V ufaavejje comment libuneema.
Dhen hingaabala last part ah inthizaaru kuramaa dho.
Eyrun dhen ingidhaanu nimey goy.
Kiyaa hithun kiyaalaathee inthihaa BODU ufalei libey shaleen ah.
Thanks for appreciating my hard work.
💞 Luv u
Oh!!!
Haadha reechay!!!!!
When next??
Thankssssss baru koh
V ufaavejje vhk reethikamah buneleema. 😊
Next part Hama MAA bodah inthizaaru kuran nujehi up kolladheynan in sha allah
alheyyy haadhahaa reeecheyyyy whn nextt
keep it up shaleen kihinehtha haalu ?
love youu
Thaaaaaaaank you gurrrrl
Next part Ava’s kollanee dho
Balamaa… Avahah kiyaalan libeyne kamah in sha Allah.
Shaleen ge ammu haalu aslu rangalhei noon mivaguthu.
Ehen namaves alhamdhu lillah
Hama kuriyah dhanee in sha Allah.
Love you 😘