Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެން

ސައިކޯ 05 ވަނަ ބައި ( ފަހުބައި )

HeRO Level 1
November 26, 2024 9 Mins Read
2 Comments

ބޭއްވި ބައްދަލުވުމުގައި ޓީމް އާއި ރެކޯޑިންގ ތައް ހިއްސާކޮށް، އިތުރަށް ތަހްޤީގް ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ ކަންތައްތައް އަވަސްކޮށް ކުރުމަށް ނިންމީމެވެ. ހާމިދާގެ އަސްލު ޤާތިލަކީ އަހްމަދު ނޫން ކަން ޓީމް އެންމެނަށްވެސް އެނގިގެން ދިޔައެވެ. އެގޮތުން  އަލުން ކޭސްގެ ތަހްޤީގް ފެށުނު ހިސާބަށް އަނބުރާލީމެވެ. ރެސްޓޯރަންޓް  ސްޓާފުންގެ ބަޔާނުގެ ރެކޯޑިންގް އަލުން އަޑު އަހައި ކުރިއަށް ގެންދިޔައީމެވެ. އަވަސް ނިޔާ ޔަކަށް ބޭނުން ވެފައި ހުރިލެއް ބޮޑުކަމުންނާއި، ކޭސް ޕްރެޝަރުގެ ސަބަބުން އެންމެ ބޮޑު ކަންތައް ކުރަން އަޅުގަނޑު އަދި ޓީމް އެންމެން ވެސް އޭރަކު ހަނދާނެއް ނެތެވެ. އެއީ ރެސްޓޯރެންޓްގެ ކެމެރާ ރެކޯޑިންގ ބެލުމެވެ.

އަވަސް އަރުވާލަފައި ކަހަލަ ގޮތަކަށް ރެސްޓޯރަންޓް ސަރަހައްދައް މިސްރާބު ޖަހައިލީމެވެ. އަދި އެތަނުގެ ކެމެރާ ރިކޯޑިންގ ބެލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީ އަކާއި އެކު އެތަނަށް ގޮސް މަސައްކަތް ފަށައިގަތީމެވެ.

————————————————

ހާމިދާ ގެއްލުމުގެ ހަފްތާ ކުރިން

ދުވަސްވަރަކީ ބޮޑު ޢީދަށް ރަށުތެރޭ އެކި އެކި ކަންކަމަށް ތައްޔާރު ވަމުން އައި ދުވަސް ވަރެކެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އެކި އެކި ކުލަ ކުލައިގެ ބޮކި ފަތިތަކުން ރަށުތެރެ ދިއްލުމަށް މީހުންތައް އެއްވެ މަސައްކަތް ކުރަމުންދާ މަންޒަރެެވެ. އަދި ޢީދު މަޅި ޖެހުމަށް ބޭނުންވާ ސާމާނުތައް އެއް ކުރުމުގައި އެއްބަޔަކު އަވަދި ނެތި އުޅޭ އިރު، އަނެއް ބަޔަކު ޢީދު ދުވަހުގެ ކުޅިވަރުތައް ކުޅުމަށް ތައްޔާރު ކުރަން ހަމަޖެހިފައި އޮތް ތަނުގައި މަސައްކަތް ކުރިއަށް ގެންދެއެވެ. ހަމަ މި ބޮޑު ޢީދުގައި ރަށުތެރޭ އެހެން ކަމަކަށް ވަކި ބަޔަކު ވަރަށް ސިއްރިޔާތުގައި ވާން ޖެހޭ ތައްޔާރީތައް ވަމުން ގެންދިޔައެވެ.

——————————————————–

އެންމެ ފުރަތަމަ ކެމެރާ ރެކޯޑިންގ ބެލީ ހާމިދާ އައި ޕާޓީގެއެވެ. ހާމިދާގެ ރައްޓެހި ސަމާހަތު ބުނި ގޮތަށް ވީޑިއޯ އިންވެސް ހާމިދަާ ފެންނަނީ އަބަދުވެސް އެކަހެރިކޮށެވެ. ކަމަކާ ފިކުރު ބޮޑުވެފައި ހުންނަހެނެވެ. އަދި އިރު އިރު ކޮޅަކާ ފޯނުން މީހަކާއި ވާހަކަ ދައްކާ ތަންވެސް ރެކޯޑިންގ ތަކުން ފެނިގެންދިޔައެވެ. ކުއްލިއަކަށް ފެނުނީ ހާމިދާ ފޯނެއްގައި ހުރެފައި ރެސްޓޯރަންޓް ބޭރަށް ނިކުތް މަންޒަރެވެ. އެވެސް ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށެވެ. އެގޮތުން ރެސްޓޯރަންޓް ބޭރުގައި ހުރި ކެމެރާތައް ޗެކްކުރުމާއިގެން އަވަސްވެ ގަތީމެވެ. ރެސްޓޯރަންޓް އާއި މާދުރު ނޫން ސަރަހައްދުން ޖަންގަލީ ފެށެއެވެ. އެ ޖަންގަލީ އަކީ އަހްމަދު ހައްޔަރު ކުރެވިގެން ދިޔަ ހިސާބެވެ.

———————————————————

ހާމިދާ ގެއްލުމުގެ ހަފްތާ ކުރިން

ރޭގަނޑު ހަމަހިމޭން ވަގުތެވެ. މަގުން ހިނގާލާފައި ބާރުބާރަށް މީހަކުދެއެވެ. އަތުގައި އަތްދަބަހެއް ކަހަލަ އެއްޗެއް އަޅުވައިފައި އޮތެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ބިރުންހުރެ، ބަޔަކަށް ފެނިދާނެތީވެ ފިލަން ދާ މީހެއް ގޮތަށެވެ. އަނދިރި ހިސާބަކު ހުރި ފަޅު ގެޔެއް ކަހަލަ ތަނެއް ފެނުމުން ހިނގުން މަޑުޖައްސާލައި ގެޔަށް ވަންނަން އޭނާ މިސްރާބު ޖެހިއެެވެ. ގޭ އެތެރޭގައި ބާ ވެފައި ހުރި އެނދެއް ކަހަލަ އެއްޗެއްގައި އިށީންދެލައިގެން މީހަކު ހުއްޓެވެ. “ސިމަޅޭ..” ކިޔާފައި މީހަކު ގޮވާލި އެވެ.

” އަހާން.. ބޭބީ.. ހާދަ އިންތިޒާރެއް ވެއްޖެޔޭ… ” ސިމަޅޭ ވަރަށް ލޯބިން ނަމަވެސް ޝަކުވާގެ ރާގަކަށް ބުނެލިއެވެ. އަދި އެމީހަކާ ބައްދާލަމުން ކަންފަތް ކައިރީ ސިއްރުން ކަހަލަ ގޮތަކަށް ބުންޏެވެ.

” ހަމީ.. ކޮބާ ޕެކޭޖް؟؟ .. ”

އެ ޕެކޭޖަކީ ހާމިދާ އައްޑޫ އަށް ދެތިން ދުވަހަށް ގޮސް ހުރި އިރު ސިމަޅޭގެ ރައްޓެއްސަކު ސިމަޅޭ އާއި ހަވާލުކުރަން ފޮނުވި އެއްޗެކެވެ. އަދި ސިމަޅޭ  ހާމިދާ ކައިރި އެ ޕެކޭޖް ނުހުޅުވައި އިންގޮތަށް ގެނެސްދޭން ބުންޏެވެ. ސިމަޅޭގެ ނުބައި ވިސްނުން ހާމިދާއަަކަށް ނުވިސްނެއެވެ. އެއީ ސިމަޅޭ ދެކެ ހާމިދާ ލޯބިވާ ވަރު ބޮޑުކަމުންނެވެ.

” މިއޮތީ ޕެކޭޖް.. ދެން އަވަހަށް ހުޅުވައި ބަލަމާ ކޯއްޗެއް ތޯ ތީގައި ހުރީ؟؟” ޕެކޭޖް ތެރޭގައި ހުރި އެއްޗެއް ބަލާލާ ހިތުން ހާމިދާ ބުނެލިއެވެ.

” ވަރަށް ބިރުންހުރެ ތި ޕެކޭޖް މި ގެނައީވެސް .. އަނެއްކާ އެހާ ފަޅު ތަނަކަށް.. މީހަކަށް ފެނިއްޖެއްޔާ ޒަމާން ދާނެ.. ” ހާސްކަން ބޮޑުގޮތަކަށް ހާމިދާ ބުނެލިއެވެ.

ސިމަޅޭ ފޯނު ރިންގ ވާން ފެށުމުން ފޯނު ނަގައި ބަލާލިއެވެ. ގުޅަނީ ޝަންކަރެވެ.

ހާމިދާ ސިމަޅޭއަށް ޖެއްސުމަކަށް ކޮން ބިޓެއްހޭ ކިޔާފައި ފޯނު ނަގަން އަތްހިންގާލިއެވެ. ނަމަވެސް ސޭވް ކޮށްފަ އިން ގޮތުން ކުޑަކޮށް ސްކްރީނަށް ބަލަން ހުރެވުނީއެވެ.

” ދެން އަވަހަށް ދޭ ގެޔަށް..  “ސިމަޅޭ ފޯނު ޖަހައި ގަންނަމުން ބުންޏެވެ.

ސިމަޅޭ ހާމީދާ ގާތު  ގެއަށްދިއުމަށް އެދުނެވެ. ހާމިދާވެސް އެކަމާ ދެކޮޅު ނަހަދާ އަވަސް އަވަހަށް ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ. ސިމަޅޭ އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ. ޝަންކަރު ބުނި ގޮތުގައި އޭނާ ޝިޕްމަންޓް ހިފައިގެން ސިމަޅޭމެން ރަށު ފުވައްމުލަކަށް ޢީދު ވިލޭރޭގަ އަރާނެއެވެ. އަދި ސިމަޅޭ އޭނާ ރިސީވް ކުރުމުގެ ކަންތަކާއި މަޝްވަރާކޮށް އެންމެ ފައްކާ މޮޅު ޕްލޭނެއް ހެދުމަށްފަހު ފޯނު ބާއްވައި ސިމަޅޭވެސް ގެޔާއި ދިމާލަށް ހިނގައި ގަތެވެ.

ޢީދުވިލޭރޭ ސިމަޅޭ ހުރީ ރަށުގެ ބަނދަރު ސަރަހައްދުގައި ޝަންކަރުގެ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޝަންކަރު އެންމެ ފަހުން ގުޅީ މިއަދު މެންދުރެވެ. އަދި އޭރު އައްޑޫ  އަތޮޅު ފޭދޫގައި ހުރި ވާހަކަ ބުންޏެވެ. މިރޭ ފުވައްމުލަކަށް މިރަށުން ދާ މަސްދޯންޏެއްގައި ރަށަށް އަންނާނެ ވާހަކަ ބުންޏެވެ. ބަނދަރު ސަރަހައްދުގައި ގަޑިއިރެއް ވީ ފަހުން އެބުނާ މަސްދޯންޏެއް ރަށުގެ ބަނދަރަށް ވަންނަ ތަން ފެނުނެވެ. ސިމަޅޭ ވަރަށް އުފަލުން ހުރެ އެއް އަތުން އަނެއް އަތުގައި ޖަހާ ޔެސް އޭ ބުނެ .. ދޯނި ލަފާ ދިމާލަށް ޝަންކަރު ފެނޭތޯ ބަލަހައްޓައިގެން ހުއްޓެވެ. ޝަންކަރު ވަރަށް ބަރު ކޮށް ފޮށިގަނޑެއް ދަމަމުން ކަހަލަ ގޮތަކަށް ރަށުގެ ޖެޓީއަށް ބޭލިއެވެ.  ސިމަޅޭ ވަރަށް އުފަލުން ހެވިފައި ހުރެ އެދިމާލަށް ހިނގައިގަންނަން އެޅި ފުރަތަމަ ފިޔަވަޅުގައި ހުއްޓުނީ ލިބުނު ކުއްލި ސިހުމަކުންނެވެ. ކުލަ އެއްޗެހީގައި ތިބި ބަޔަކު ގޮސް ޝަންކަރާއި އޭނާގެ ފޮށި ހިފެހެއްްޓައި އަދި ފުލުހުންގެ ޓީމް ސަރަހައްދަށް އައިސް ޝަންކަރު ގެނައި ފޮށި ކަނޑައި ބެލި ބެލުމުން މަސްތުވާތަކެތި ފޮށިފުރެންދެން ހުއްޓެވެ. އެޅި ފިޔަވަޅުގައި އަނބުރާލީ ބަނދަރު ސަރަހައްދުގައި ހުރި ކެފޭ އަކަށެވެ. އަވަސް އަވަހަށް ފޯނުން ޝަންކަރުގެ ނަންބަރު ބްލޮކް ކޮށްލައި ސިމް ކާޑްވެސް ހަލާކު ކޮށް އެއްލާލިއެވެ. އޭރު ސިމަޅޭ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަދި ރުޅިވެރިކަންވެސް އެހާމެ ގަދަކޮށެވެ. އަދި ޝަންކަރު ހައްޔަރު ކުރެވި ސުވާލުކުރުމާއި ތަހްގީޤް ފެށިގެންދިޔައެވެ. މުޅި ތަހްގީޤް ގަވެސް ޝަންކަރު ބުނީ އޭނާ ފުވައްމުަލަކަށް އައީ މީހަކު ގުޅައިގެން ކަމަށް ނަމަވެސް އޭނާގެ އެއްވެސް ތަފްސީލެއް ޝަންކަރަކަށް ނޭނގޭ ކަމުންނާއި، ލިބުނު ހުރިހާ ހެކިތައް ޝަންކަރު ކޮޅަށް ބުރަވުމުން ޝަންކަރަށް 25 އަހަރުގެ ޖަލު  ހުކުމެއް ކުރެވިގެންދިޔައެވެ.

ހާމިދާގެ ޕާޓީއަށް ދިއުމުގެ ކުރިން

ފޯނު ރިންގް ވާއަޑަށް ހާމިދާ ފޯނަށް ބަލާލިއެވެ. ގުޅަނީ ސިމަޅޭ އެވެ. ފޫހިގޮތަކަށް ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އަދި ހާމިދަޔާއި ވަރަށް އަވަސްކޮށް ބައްދަލުވާން ބޭނުންވާ ވާހަކަ ބުންޏެވެ. ނަމަވެސް ހާމިދާ ދެކޮޅު ހެދިއެވެ. އެއީ އެދުވަހަކީ ސިމަޅޭ އާއި ބައްދަލު ވާ ކަހަލަ ދުވަހަށް ތުރެއް މާ ބިޒީ އަދި އުނދަގޫ ދުވަހަކަށް ވާތީއެވެ. ސިމަޅޭ ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ހާމިދާ އެހާވަރަށް ބުނުމުން ވެސް ސިމަޅޭ އެކަމާ އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ސިމަޅޭ ފެށީ ހާމިދާއަށް ބިރު ދައްކާށެވެ. ދިމާނުކޮށްފިއްޔާއި ޕާޓީ އަށް އަންނާނެ ވާހަކަ ބުނެއެވެ. ވަގުތުން ހާމިދާ އެއްބަސްވިއެވެ. އަދި ޕާޓީ މެދުތެރެެއިން ސިމަޅޭ އާއި ބައްދަލު ކުރަން ނިންމައި ފޯނު ބޭއްވިއެވެ. ނަމަވެސް ހާމިދާ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެ ހިތްނުތަނަވަސް ވެފައެވެ. އެއީ ސިމަޅޭ އާއި އެ ދުވަހު ދިމާކުރުމަކީ އެހާ ރަނގަޅު ދުވަހަކަށް ނުވާތީ އެވެ. އެކަމަކު ވެސް ޕާޓީއަށް ހާމިދާ ދިޔައީ އެވެ.

ޕާޓީ ނިމެން ކައިރިވެފައި ވަނިކޮށް…

ހާމިދާަ ކަންބޮޑުވެ ޖެހިލުންވާ ކަހަަލަ ގޮތަކަށް ރެސްޓޯރަންޓް ބޭރު ޖަންގައްޔާއި ދިމާލަށް ދެއެވެ. ރެސްޓޯރަންޓް ކިރިޔާ ފެންނަ ސަރަހައްދުގައި ހުރި ގަސްބުޑެއް ކައިރީ ލެނގިލައިގެން ސިމަޅޭ ހާމިދާ އަންނާނެ އިރަކަށް އިންތިޒާރުކުރަމުން ދެއެވެ. މާ ގިނަ އިރުތަކެއް ނުވެ ހާމިދާ ސަރަހައްދަށް އައެވެ.

” ސިމަޅޭ!! ” ހާމިދާ ގަސްބުޑު ކައިރިއަށް އައިސް ގޮވާލިއެވެ.

ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ހާމިދާ ލޯ ހުޅުވާލިއެވެ. ނިއްކުރި އާއި ދިމާލުން ލޭ  އަންނަ ކަހަލަ އިހްސާސް ވާހެން ހީވުމުން ހާމިދާ އަތް ނިއްކުރި އާއި ދިމާލަށް ނަގަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމެއް ނުވި އެވެ. ރަނގަޅަށް ހާމިދާ އޭރު ހުރި ތަނުގެ ހާލަތު ކުލަވާން ފެށިއެވެ. ނިކަ ގަހެއް ކަހަލަ ތަނެއްގައި ހާމިދާ ހުރީ ބަނދެފައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމުންނާއި، ސަރަހައްދަކީ މީހުން ނޫޅޭ ސަރަހައްދެއް ކަމުން އެތަނުގެ ބިރުވެރިކަން ހާމިދާޔަށް އިހްސާސްވެ  ސަލާމަތަށް އެދި ހަޅޭއްވެސް ލަވަމުން ގެންދިޔައެވެ.

” އާހް ” ހާމިދާ ހަޅޭއްލަވައި ގަނެވުނީ މީހަކު ބާރަށް ކަންކަށި މަތީގައި ޖެހުމުންނެވެ.

އަދި ކުރިމަތީގައި ހުރި މީހާ ފެނުމުން އިރުކޮޅަކަށް ހާމިދާޔަށް ހުރެވުނީއެވެ. ވީ ތަދު މަތިންނާއި ގަންފައި ހުރި ބިރުވެސް ފިލި ކަހަލަ އެވެ. ގަބޫލުކުރަން ދަތިވެފައި ހުރެވެސް ހާމިދާ ބުނެލިއެވެ.

” ސިމަޅޭ!!!!!!! ” ހައިރާންވެފައި ހުރެ ހާމިދާ ބުނެލިއެވެ.

” ކަލޭ ހީކުރީތަ! ހުރިހާ ކަމެއް ބަސްޓް ކޮށްލާފަ ހުރީމަ މަށަށް ނޭނގޭނެ ކަމަށް !!؟؟ ” ސިމަޅޭ ވަރަށް ރުޅިވެރި ގޮތަކަށް ބުންޏެވެ.

އެއީ މީގެ ކުރިން ހާމިދާ އަށް ފެނުނު ސިމަޅޭ އެއް ނޫނެވެ. މީހާ ހުރީ ވައްތަރަކަށް ދާހިއްލާ ފޯވެފައެވެ. އަދި ނޭފަތާއި ދިމާލުން ހުދުކުލައިގެ ޕައުޑަރު ކަހަލަ އެއްޗެއް އުނގުޅިފައި ހުއްޓެވެ. ދެލޯ ހުރީ ރަތްވެފައެވެ.

” ސިމަޅޭ.. ޕްލީޒް… އަހަރެން ދޫކޮށްލާ!!!.. ތި ދައްކަނީ އަހަންނަށް އެއްވެސް ވަރަކަށް އިނގޭ ވާހަކަ އެއް ނޫން.. މީތަ ތި ބައްދަލުވާން ބުނި ސަބަބަކީ؟؟!!! ” ހައިރާންވެ ހުރެ އާދޭސް ކޮށް ރޮމުން ހާމިދާ ބުންޏެވެ.

” ކޮންމެހެން މަށަށް އޮޅުވާލަން އުޅޭނެ ކަމެއް ނެތް.. ތީތަ ލޯބިވާ ގޮތަކީ ؟؟؟!! ” ސިމަޅޭ އިތުރަށް އަޑުހަރުކޮށް ބުންޏެވެ.

” އަޅެ.. ސިމަޅޭ… އަހަރެން ދޫކޮށްލާ.. ޕްލީޒް… ” އާދޭސްކުރަމުން ހާމިދާ ރޮމުން ގިސްލަމުން އެއްވާނަކަށް ގޮވަމުން ދިޔައެވެ.

ނަމަވެސް ސިމަޅޭ އަށް އަޑުނީވޭ ކަހަލަ އެވެ. އިތުރަށް ސިމަޅޭ ދިޔައީ ރުޅިގަދަވަމުންނެވެ. ހާމިދާ ބަނދެވިފައި ހުރި ގަހަށް ފުރަގަސް ދެމުން ވައްތަރަކަށް ކަންފަތުގައި އަތްއަޅާލައިފައި ލައިގެން ހުރި ޓީޝާޓް ހިއްލާލައި، ނެގި ވަޅި ހަރާލީ ހާމިދާަ ލޮލަށެވެ. އަދި ކޮށްޕާލި ބާރުމިނުގައި ކުޑަކޮށް ތަޅުވާލުމަށްފަހު ވަޅި އާއި އެކު އުފުރާލީ  ހާމިދާގެ އެއް ލޮލެވެ. ހާޅޭކުގެ އަޑުން މުޅި ސަރަހައްދު ގުގުމާލިއެވެ. ނަމަވެސް އެއަޑު އަހާނެ ނުވަތަ އިވޭނެ ހިސާބަކުވެސް މީހަކު ނޫޅޭނެކަން ސިމަޅޭއަށް އިނގެއެވެ.

ދެން ފެށީ މޫނު މަތީ އަދި ގައިގެ އެކި ތަންތާ ވަޅި ދަމާށެވެ. ސިމަޅޭ ވަޅި ގެންގުޅޭ ގޮތުން ހީވަނީ ކުރެހުންތެރިއަކު އޭނާގެ ކުރެހުމުގައި ކުލަޖައްސަން ފިހިކޮޅު ގެންގުޅޭހެނެވެ. އަދި މޮޔައެއް ހެން ހަޅޭއް ލަވަމުން ދިޔައެވެ. ވަރަށްވެސް އަނިޔާވެރިއެވެ. ރަހުމުކުޑައެވެ. އޭރު ހާމިދާ މަރުވެއްޖެއެވެ.

ރޭގަނޑުގެ ވަގުތެކެވެ.. ރަށުގެ އެންމެ ނާމާން އަދި ފަޅު ހިސާބެވެ.. ގަސް ބޯ ޖަންގައްޔެއް ތެރެއިން ވަރަށް އަވަސް އަރުވާފަ ދާ ކަހަލަ ގޮތަކަށް މީހަކު ބޮޑު ގޯންޏެއް ވަރަށް އުނދަގުލުން ދަމަމުން ކަހަލަ ގޮތަކަށް ރަށުގެ ކުޅި އާއި ދިމާލަށް ގެންދެއެވެ… ބަލާބެލުމަށް ހީވަނީ ކަމެއް ފޮރުވަންވެގެން އުޅޭ ހެނެވެ.. ކުޅި ކައިރިއަށް ދެވުމާއި އެކު ގެންދިޔަ ގޯނި ވަރަށް އުނދަގުލުން ނަގާ އެއްލާލި އެވެ.. އެއަށްފަހު އެ ގޯނި ރަނގަޅަށް އަޑިއަށް ފެތެންދެން ބަލަން ސިގިރެޓެއް ކަހަލަ އެއްޗެއް ބޯލަން އެތާންގައި ހަމަ ޖެހިލައިގެން ހުރިއެވެ. އިވުނު އަޑުން އަހްމަދު ތެޅިގަންނަ ކަހަލަ ގޮތަކަށް މުޅި ސަރަހައްދަށް ބަލައިލިއެވެ. އަދި ބޯން ހުރި ސިގިރޭޓް އެއްލާލައި، އަވަސް އަރުވާލައި ސަރަހައްދު ދޫކޮށްދާން ދުއްވައިގަތެވެ. ދުވުމަށް ކުއްލި މަޑުޖެހުމެއް އައީ ފެނުނު މަންޒަރުންނެވެ. ނިކަ ގަހެއް ކައިރީ ކަޅު އެއްޗިސް ލައިގެން މީހަކު ހުއްޓިލައިގެން ހުރި ތަން ފެނުނެވެ. އަދި އެމީހާ ހަނާ އަޅަމުން ގެންދިޔައެވެ. އަދި މަޑުމަޑުން އެދިމާލަށް ހިނގައި ގަނެވުނެވެ. ވަކި ހިސާބަކާއި އަރާ ހަމަވި ތަނުން އިތުރު އަޑެއް އިވި އެދިމާލަށް އަހްމަދު ބަލާލިއެވެ. ބަލާލި ވަގުތު ބަރު އެއްޗަކުން އަހްމަދުގެ ބޮލުގައި ޖެހި އަހްމަދު ހޭނެތިގެން ސަރަހައްދަށް ވެއްޓުނެވެ.

ކުއްލިއަކަށް އަހްމަދު ފުންމައިގެން ތެދުވިއެވެ. އޭރު ވެސް ސަަރަހައްދު ވަރަށް އަނދިރިއެވެ. މާބޮޑަކަށް ވިސްނާކަށް ނަހަދާ އަހްމަދު ތެދުވެ ސަރަހައްދު ބަލައިލިއެވެ. ފެނުނު މަންޒަރު އަހްމަދަށް ވީ ވަރަށް ބޮޑު އުފަލަކަށެވެ. ނިކަގަހުގައި ބަނދެ މަރުވެފައި އޮތް މީހެއްގެ  ހަށިގަނޑު ފެނުމުން އަވަސް އަވަހަށް އެތަނަށް ގޮސް ބަނދެފައި އޮތް ހާމިދަާގެ ހަށިގަނޑު ނިއުޅާލުމަށްފަހު ކޮނޑުމައްޗައް ވައްޓާލަމުން އަހްމަދު އުޅޭ ޖިފުޓި ގަނޑަާއި ދިމާލަށް ހިނގައިގަތެވެ. މި ހުރިހާ މަންޒަރެއް ބަލަން ދުރުގައި ހުރި ގަސްތަކަކުން ނިވާވެގެން ސިމަޅޭ ސިގިރެޓެއް ބޯލަން ހުއްޓެވެ. އަދި އަހްމަދު އެ ޖިފުޓި ގަނޑެއް ކަހަލަ ތަނަކަށް ވަނުމުން ސިމަޅޭ ވެސް އެތަނުން ދިޔައެވެ.

———————————————————

ރެސްޓޯރަންޓް ކެމެރާގެ ބާކީ ފުޓޭޖްތައް ހިފައިގެން އޮފީހަށް އައިސް ކޮފީ ތައްޓަކާއި އެކު އޮފީސް މޭޒު ކައިރި ގޮނޑީގައި ޖައްސާލީމެވެ. އަދި އިތުރަށް ވިސްނަން ފެށީމެވެ. އަހްމަދުގެ ބަޔާނަށެވެ. އޭނާ ހާމިދާ މަރާލި ކަމަކަށް އެއްބަހެއް ނުވެއެވެެ. ނަމަވެސް އެހެން އެންމެން މަރާލި ކަމަށް އެއްބަސްވެއެވެ. ހަމަގައިމުވެސް އެހުރިހާ މަރެއްގެ ޒިންމާ އަހްމަދު ނަގަންޏާއި ހާމިދާގެ މަރުގެ ޒިންމާ ނުނަގަންވީ ކީއްވެ ބާވައެވެ؟؟.. ސުވާލުތައް ފުނި ޖެހެން ފެށުމާއި އެކު، ވިސްނުން އެއްފަރާތްކޮށްލައި އަހްމަދާއި ބައްދަލު ކުރުމަށް އެދުމަށް އަވަސްވެގަތީމެވެ. އަދި ފޯނު ނަގައި ސިމާހް އަށް ގުޅައި އަހްމަދާއި ބައްދަލުކުރަން ދާން ހަމަޖެހުނު ވާހަކަ އާއި ރޭގަނޑު 20:00 އަށް ދާން ޖެހޭ ވާހަކަ ބުނެ ފޯނު ބޭއްވީމެވެ.

———————————————————

ޖެހިގެން އައި ދުވަހު އިރުއޮއްސުނު ވަގުތެވެ. ކޮފީއެއް ބޮއެލާނަމޭ ހިތާ ރެސްޓޯރެންޓަށް ދާން ރެޑީވެލީމެވެ. އަދި ގެއިން ނިކުމެ ސައިކަލަށް އަރަން ބެލިއިރު ފަހަތު ފުރޮޅު ވައި މަދުހެން ހީވުމުން ސައިކަލު ބަހައްޓާފައި ރެސްޓޯރަންޓް ސަރަހައްދަށް ދާން ހިނގައި ގަތީމެވެ. ސިމާހް އަށް ވެސް، އަދި ޓީމް އެހެން މެންބަރުންނަށްވެސް ގުޅީމަ ފޯނު ނުނަގާތީ ފަހަރަކު މީހަކަށް ގުޅަމުން ހިނގަމުން ރަށުގެ ޖަންގަލީ ހިސާބު ކައިރި ރެސްޓޯރަންޓާއި ހިސާބަށް ދެވުނެވެ. ރިންގް ވި ފޯނު ނެގިހެން ހީވެގެން ފޯނަށް ބަލާލި ވަގުތު އަތުގައި އޮތް ސައިކަލު އަދި ތަޅުދަނޑި ބިންމައްޗަށް ވެއްޓުނެވެ.

ޗޮސް ކަނޑާލައި ތަނޅުދަނޑި ނަގަން ގުދުވި ގަޑިއަކީ ފަހަތުން މީހަކުގެ ހަމަލާއެއް އަހަރެންނާއި އަމާޒުވެ ނަމަވެސް ލައްވަާނުލި ގަޑިއެކެވެ. އަވަސް އަވަހަށް ގުދުވި ބާރުމިނުގައި ތެދުވެ ބަލާލީމެވެ. ކުރިމަތީގައި މޫނު ނިވާ ކޮށްގެން ތިބި ދެ މީހަކު އަހަރެންނަށް ހަމަލަ ދޭން ތައްޔާރަށް ހުއްޓެވެ. އެމީހުންގެ ނުބައި ނިޔަތް އެނގުމާއެކު، އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެކަމަކު އަހަރެން ހިތްވަރު ގަދަކޮށް، ދިފާޢުވުމަށް ތައްޔާރުވީމެވެ. އެކަކު އަހަރެންގެ ކަރުގައި ހިފަން އުޅުމުން، އަހަރެން އަވަހަށް އެއްފަރާތަށް ޖެހިލީމެވެ. އޭނާގެ އަތް ބޮއްސުންލައިގެން ދިޔަ ވަގުތު، އަހަރެން އަވަހަށް އޭނާގެ ބުރަކަށީގައި ޖަހާލީމެވެ. އެހިނދު އަނެއް މީހާ އަހަރެންގެ ފަހަތުން އައިސް، އަހަރެންގެ ދެ އަތް ފުރަގަހަށް ލައި ހިފަހައްޓާލިއެވެ. އަހަރެން ވަރުގަދައަށް ތެޅިގަތުމުން، އޭނާގެ ހިފުން މަޑުވިއެވެ. އެ ވަގުތު އަހަރެން އަވަހަށް ބުރުއަޅާލައި، އަތުގެ އުޅަބޮށިން އޭނާގެ ނޭފަތަށް ޖަހާލީމެވެ. އޭނާ ފަހަތަށް ޖެހުނު ވަގުތު، އަނެއް މީހާ އަހަރެންގެ ފައިގައި ހިފާލިއެވެ. އަހަރެން ވެއްޓުނު ނަމަވެސް، އަވަހަށް ތެދުވެ ކައިރީގައި އޮތް ގަހެއްގެ ގޮފި ނަގައި، އެ މީހާގެ އަތަށް ޖަހާލީމެވެ. އޭނާގެ އަތުން ލޭ އައުމާއެކު، އަނެއް މީހާ އަހަރެންގެ މައްޗަށް އެރިއެވެ. އެކަމަކު އަހަރެން އަވަހަށް އެއްފަރާތަށް ޖެހިލައި، އޭނާގެ ފައިގައި ހިފާ ދަމާލީމެވެ. ދެ މީހުންވެސް މިހާރު ވަނީ ވަރުކަހިވެފައެވެ. އަހަރެން އަވަހަށް ތެދުވެ، ކައިރީގައި އޮތް ބޮޑު ގަލެއް ނަގައި އުފުލާލީމެވެ. އެ ވަގުތު ބާރު އެތިފަހަރެއް އަހަރެންގެ ބޮލަށް އަރައި އަނބުރާގަނެގެން ކަހަލަ ގޮތަކަށް ބިންމައްޗަށް އަހަރެން ވެއްޓުނެވެ.

———————————————————

ދަންވަރު ބާރަ ޖެހުމާ ގާތެވެ. މުޅި ރަށު ތެރެއަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. ގަޑީގެ ގޮތުން މަގެއް މަތިން މީހެއްގެ ހިލަމެއް ވެސް ނެތީއެވެ. ނަމަވެސް މި ހަމަ ހިމޭން ރޭގަނޑު އަހަރެންނަކަށް  ހިމޭނެއް ނުވިއެވެ. ވޭނީ އާހް އެއް ލައްވަމުން  ބުރަކަށި ޖައްސާލެވުނީ ކައިރިގައި އިން ރުއް ގުޅިއެއްގައެވެ. މަޑުމަޑުން މޫނާ ދިމާލަށް އަތް ހިއްލާ ނިއްކުރީގެ ދިލަ ނަގާ ދިމާލުގައި އަތް ޖައްސާލީމެވެ. ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްސަ ހުރި ކަހަލަ އިހުސާސް އެއް ވިއެވެ. ކުޑަކޮށް ކައިރި ވަށައިގެންވާ މާހައުލު އަހަންނަށް  ސިފަ ވާން ފެށިއެވެ. ތަންކޮޅެއް ދުރު ނޫން ހިސާބެއްގައި ދެ މީހަކު އޮށޯއްވެގެން އޮތް ކަހަލަ ގޮތަކަށް ފެނުނެވެ. ކުޑަކޮށް ލޯ މަރާލާފައި އަނެއްކާ ވެސް ބަލާލީމެވެ. ލެގިލައިގެން އިން ރުއްގުޅި ކައިރި ފެން ފުޅިއެއް ކަހަލަ އެއްޗެއް އޮތުމުން  ފެން ފުޅި ނަގަން އަތް މަޑުމަޑުން ގެންދިޔައީމެވެ. އޭރުވެސް ގައިގެ އެތަންމިތަނުން ދިލަ ނަގަާ ރިއްސުމުގެ އިހުސާސް ދިޔައީ ކުރެވެމުންނެވެ. ފެންފުޅި ނަގާ މުޅި މޫނުގައި ފެން ފޮދެއް އުނގުޅާލީމެވެ.. އިރުކޮޅަކަށް ނަމަވެސް ލިބުނު އަރާމަކާއި އެކު ކުއްލިޔަކަށް ހޭނެތުނު ކަހަލައެވެ.

” އަޔާޒް… “

ސަމާސާ ރާގަކަށް މީހަކު ގޮވާލިއަޑު އިވުނެވެ. އަޑުން އެއީ ކާކުކަން ދެނެގަންނަން މާގިނައިރެއް ނުނެގިއެވެ.

އަހަރެން އަޑު  އައި ދިމާލަށް ބަލާލީމެވެ. ކުރިމަތީގައި ހުރި މީހާ މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ނަފުރަތުގެ ނިޝާންތަކެވެ. އަހަރެންގެ ހިތުގައި ކުއްލިއަކަށް ބިރުވެރިކަމެއް އުފެދުުފެދުނެވެ. މި ވަގުތު އަހަރެންނަށް ހީވަނީ ކުރިމަތީގައި މި ހުރީ އަހަރެން ދުވަހަކުވެސް ދެކެފައިނުވާ މީހެއްހެންނެވެ.

” ސިމާހް ، ތިޔަ ކުރި ކަމަކީ ވަރަށް ނުބައި، ލާއިންސާނީ ޢަމަލެއް. ހާމިދާއަކީ މާތް ﷲގެ ޚަލްޤެއް. އޭނާގެ ފުރާނަ ނެގުމުގެ ޙައްޤު ކަލޭއަކަށް ނެތް,” އަހަރެން ބުނެލީމެވެ. އަހަރެންގެ އަޑުގައި ހުރީ ރުޅިވެރިކަމާއި ހައިރާންކަމެވެ.

ސިމާހް ހީލަމުން ބުންޏެވެ. “އަޔާޒް، ތިޔަ ދައްކަނީ ކޮން ވާހަކައެއް؟ އަހަރެން ކުރި ކަމަކަށް އެއްވެސް ހިތާމައެއް ނުކުރަން. ހާމިދާ މަރުވާން ޙައްޤު. އޭނާ އަހަރެންގެ ސިއްރުތައް ހާމަކޮށްފާނެތީ އަހަރެން އޭނާ މަރާލީ!”

ސިމާހް ގެ މޫނުމަތިން ފެންނަނީ ފަޚުރުވެރިކަމެވެ. އޭނާގެ ވާހަކައިގެ ތަފްޞީލުތައް އަހަރެންގެ ކަންފަތުގައި ޖެހުމާއެކު، އަހަރެންގެ ހަށިގަނޑުގައި ހުރި ލޭތައް ގަނޑުވެގެން ދިޔަހެން ހީވިއެވެ.

“ހާމިދާ ވަރަށް އާދޭސްކުރި، އަޔާޒް. އާދޭހާއި އެކު އޭނާ ދޫކޮށްލުމަށް އެދުނު. އެކަމަކު އަހަރެން އޭނާގެ ކަރުގައި ހިފައި، ނޭވާ ހާސްކޮށްލީ. އޭނާގެ ލޮލުން ފެންނަމުންދިޔަ ބިރުވެރިކަން ދެކެ އަހަރެންނަށް ލިބުނީ އުފަލެއް,” ސިމާހް ބުންޏެވެ.

އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. ލޮލުން ކަރުނަ އައިސް، އަތްފައި ފިނިވި އެވެ. “ސިމާހް، ތިޔައީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް. ތިޔަ ކުރި ކަމަކީ މަޢާފު ނުކުރެވޭނެ ކުށެއް. ތިޔައީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް…”

“ނޫން އަޔާޒް! އަހަރެން ކުރި ކަމަކަށް ލަދެއް ނުގަނޭ. އަދި ބިރެއްވެސް ނުގަނޭ. ކަލޭ ހިތަށް އަރަނީ އަހަރެން ހައްޔަރުކޮށްގެން މިކަން ނިމޭނެ ކަމަށްތަ؟ ނުނިމޭނެ!” ސިމާހް ހަޅޭއްލަވަމުން ބުންޏެވެ. އޭނާގެ ލޯ ފެންނަނީ  އަނދައަނދާ ހުރި ގޮތަކަށެވެ.

އަހަރެން ސިމާހް ގެ ދެއަތް ފުރަގަހަށްލައި ބާރަށް ހިފަހައްޓައިގެން ހުރެ ބުނެލީމެވެ. “ސިމާހް، ތިޔަ ހިސާބުން ހުއްޓޭ! ތިޔައީ ޤާނޫނާ ޚިލާފު ޢަމަލެއް. ކަލޭ ކުރި ކަމުގެ އަދަބު ކަލެއަށް ލިބެންޖެހޭނެ.”

ސިމާހް ހިނިގަނޑެއް ލަމުން ބުންޏެވެ. “އަޔާޒް، ކަލޭ ހިތަށް އަރަނީ މިހާ ފަސޭހައިން މިކަން ނިމުނީ ކަމަށްތަ؟ ކަލޭ ހަނދާން ބަހައްޓާ! އަހަރެން މިތަނުން ނުކުމެއްޖެ ދުވަހަކުން، ކަލޭގެ ފުރާނަ ދުއްވާލާނަން. އަހަރެންގެ އަތްދަށުން ކަލޭ ސަލާމަތެއް ނުވާނެ! ހާމިދާއަށް ކުރި ކަންތައް ކަލެއަށްވެސް ކުރާނަން. ކަލޭގެ ގާތްތިމާގެ މީހަަކަށް ވިޔަސް ރަހުމެއް ނުކުރާނަން!”

އޭނާގެ ބަސްތަކުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހެންނަމަވެސް، އަހަރެން ވަރުގަދަ ކަމާއެކު ޖަވާބުދިނީމެވެ. “ސިމާހް، ތިޔަ އިންޒާރުތަކުން އަހަރެން ބިރެއް ނުގަންނާނަން. ތިޔައީ ނުބައި މީހެއްކަން މިހާރު އެނގިއްޖެ. ތިޔަ ކުރި ކަމުގެ އަދަބު ކަލޭއަށް ލިބޭނެ. އަދި ކަލޭ ދުވަހަކުވެސް މިނިވަންވެގެން ނާންނާނެ.”

ފުލުހުންގެ ސައިރަންގެ އަޑު ކައިރިވަމުން އަންނަ އިރު، ސިމާހްގެ މޫނުމަތިން ފެންނަނީ ނުރައްކާތެރި، ރުޅިވެރި ނަޒަރެކެވެ. އޭނާ ބާރަށް ހަޅޭއްލަވަން ފެށިއެވެ. “އަޔާޒް! ތިޔައީ ބޮޑު ގޯހެއް! އަހަރެން ކަލޭއަަށް ދައްކާލާނަން! ކަލޭ ދުވަހަކުވެސް ހިތްހަމަޖެހިގެން ނޫޅޭނެ! އަހަރެންގެ ބަދަލު  ހިފަާނަން!”

އަހަރެން ސިމާހް ގެ އަތްތައް ބާރަށް ހިފަހައްޓައިގެން ހުއްޓާ، ފުލުހުން އައިސް ސިމާހް ބިޑިއަޅުވައި ވެހިކަލަށް އެރުވުމަށް ގެންދިޔައެވެ. ސިމާޙް ހައްޔަރުގައި  ގެންދިޔައިރުވެސް، އޭނާ ދިޔައީ އަހަރެންނަށް އިންޒާރު ދެމުންނެވެ.

އަހަރެން ވަށައިގެންވާ ޖަންގަލީގެ މަންޒަރަށް ބަލާލީމެވެ. ހިތުގައި ބިރުވެރިކަމާއި ހިތާމަ އުފެދިފައި ހުއްޓާ، އަހަރެންގެ ސިކުނޑީގައި ސިމާހްގެ ބަސްތައް އަޑުގަދަކޮށް ގުގުމަމުން ދިޔައެވެ. އެހެންނަމަވެސް، ޤާނޫނު ތަންފީޒުކުރުމުގެ ޒިންމާ އަދާކުރުމަށް އަހަރެން ވަރުގަދަ ކަމާއެކު ތައްޔާރަށް ހުރީމެވެ. ހާމިދާގެ ޢާއިލާއަށް ޢަދުލު އިންސާފު ހޯދައިދިނުމަށް އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަން ޔަޤީން ކުރީމެވެ.

= ނިމުނީ =

———————————————————

ޖަންގަލީގެ އަނދިރި ތެރޭގައި، ބިޔަ ގަހެއްގެ ގޮފިތަކުގެ މެދުގައި، ހިތްދަތި އަދި ނުރައްކާތެރި މަންޒަރެއް ފެންނަން އޮތެވެ. އެއީ ދަންޖެހި، ފުރާނަ ދޫކޮށްފައިވާ މީހެއްގެ ހަށިގަނޑެވެ. މި މަންޒަރު ދައްކުވައިދެނީ އިންސާނާގެ އަނިޔާވެރިކަމާއި ރަހުމުކުޑަކަމުގެ ނަތީޖާއެވެ.

އޭނާގެ ހަށިގަނޑު ހުރީ ގަހުގެ ގޮފިތަކުގެ މެދުގައި ގަދަކަމުން ހިފަހައްޓާފައެވެ. ދަނުގެ ވައު އޭނާގެ ކަރުގައި ބާރުކޮށް އޮޅިފައިވާ ގޮތުން، އެހެން މީހަކު އޭނާގެ ފުރާނަ ދުއްވާލުމަށް ކުރި މަސައްކަތުގެ ބޮޑުކަން ހާމަވެއެވެ. އޭނާގެ ލޯ ހުޅުވިފައި ހުރި ނަމަވެސް، އެ ލޯތަކުގައި ފެންނަނީ ބިރުވެރިކަމާއި ހައިރާންކަމެވެ. މޫނުމަތީގައި ހުރި ވޭންގަންނަ ސިފައިން، އެންމެ ފަހު ވަގުތު އޭނާ ތަހައްމަލުކުރި އަނިޔާގެ ބޮޑުކަން ދޭހަވެއެވެ.

އޭނާ ލައިގެން ހުރި ހެދުން ވަނީ ރެނދުލާ، ހަލާކުވެފައެވެ. މިއީ އޭނާއާ ދެކޮޅަށް ހިންގުނު އަނިޔާވެރި ޢަމަލުގެ ހެއްކެކެވެ. އަތްތައް ފުރަގަހަށް ގަދަކަމުން ބަނދެފައިވާ ގޮތުން، އޭނާއަށް ދިފާޢުވުމުގެ ފުރުޞަތު ނުލިބުނުކަން އެނގެއެވެ. ފައިތަކުގައި ހުރި ފަނޑު ނިޝާންތަކުން، އޭނާ ދަމައިގެން ގެނައިކަން ހާމަވެއެވެ.

އޭނާގެ ހަށިގަނޑުގައި ހުރި އަނިޔާގެ ނިޝާންތަކުން، މި ޢަމަލު ހިންގުމުގައި އެއް މީހަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން ދޭހަވެއެވެ. ކަރުގައި ހުރި އިތުރު ނިޝާންތަކުން، އޭނާ ދަންޖެއްސުމުގެ ކުރިން ވެސް އަނިޔާކޮށްފައިވާކަން އެނގެއެވެ. މި މަންޒަރަކީ އިންސާނީ އަނިޔާވެރިކަމުގެ އެންމެ ހަޑިމުޑުދާރު ސިފަ ދައްކުވައިދޭ މަންޒަރެކެވެ.

Share Article

Follow Me Written By

HeRO

Level 1

Other Articles

Previous

ތިނެސްކަން ލޯބި (21)

Next

ޙަޤީޤަތް ހޯދުމޭ 33

Next
November 26, 2024

ޙަޤީޤަތް ހޯދުމޭ 33

Previews
November 26, 2024

ތިނެސްކަން ލޯބި (21)

2 Comments!

  1. Your fav bab says:
    November 27, 2024 at 7:44 pm

    Hey
    Hello
    Hi
    Varah reethi
    Hope you will continue this carrier in the future
    Slayyyy!!!!!!!!
    Kayyyyyyy!!!!!!
    BTW can we be friends no matter what hope to get some answers ASAP

    1. HeRO says:
      November 28, 2024 at 12:18 am

      Thankyou 😁

Comments are closed.



All Right Reserved!